އަޅި ކުލައިގ ދޫެ ސްވެޓް ޕޭންޓްސާއެކު ކަޅު އަތް ދިގު ސުވެޓާއެކެވެ. ހީލްއެއް އެތެރެއަށް ލާފައި އިން ޖިންސު ފޮތީގެ ސްނިކާސްގައި އެ އަންހެން ކުއްޖާގެ ބައްޓަން އެއްގޮތަކަށްވެސް ހާމަވާކަށް ނެތެވެ. ގުދުރަތުން އޭނާއަށް ލިބިފައިވަނީ ދޮންކުަލައިގެ ހަނގަޑެކެވެ. ހިތިފަތު ބުމައަކާއި ބޮޑު ދެލޮލުން ހިމާޔަތް ހޯދާ ނޫކުލައިގެ ކަޅިރަވައެކެވެ. މަޑު ފިޔާތޮށިކުލައަކަށް ދާ ތުންފަތުގެ ފޮނި މީރުކަން އިހްސާސްކޮށްލަން ލިބޭނީ ހަމަގައިމުވެސް ނަސީބުވެރިއަކަށެވެ. އޭނާގެ ފަން އިސްތަށިގަނޑުގައި ހުދުކުލަ ޖައްސާފައިވިޔަސް ބަލާލަން ހުތުރެއް ނޫނެވެ. ޕޭންޓްސްގެ ޖީބަށް އަތް […]