ޝައިމަންއަށް ބަލައިލެވުނީ އެ ދެމީހުންނާއި ދިމާ ބަލަހައްޓައިގެން ހުރި ފައިނާއަށެވެ. ޝައިމަން ބަލައިލުމުން ފައިނާ ބޯޖަހާލީ ފަޒީންއަށް އެކަން އެނގިއްޖެޔޭ ބުނުމުގެ ގޮތުންނެވެ. “ދޮންބޭ.. ސޮރީ.. ” ޝައިމަން އިސްޖަހާލަމުން އެހެންބުންޏެވެ. ” އިޓްސް އޯކޭ ޝައިމް.. އެކަމާ ނުވިސްނާ.. ދެން މަންމަ އަށް ފަރުވާދޭން ވީހާވެސް އަވަހަކަށް ބޭރަށް ފުރޭތޯ.. ޑޭޑް ކައިރީ ވެސް ބުނަންޖެހޭނެ..” ފަޒީން ޝައިމަންގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.
އެރޭގެ ކެއުމަށް ފަހު ފަޒީންއާއި ޝައިމަންގެ އެދުމުގެ މަތިން ފަތުހީ ޓެރެހަށް އެރިއެވެ. ” ދަރިފުޅުމެން ކޮންވާހަކައެށް ދައްކަންވެގެން މިތަނަށް ތިއައީ” ފަތުހީ ޓެރެސްއަށް އެރިއިރު ޝައިމަން އާއި ފަޒީންގެ އިތުރުން ފައިނާވެސް އިނެވެ. ” ޑޭޑް.. މިއަދު އަޅުގަނޑު މަންމަގެ ރިޕޯޓް ގެނައިން” އެހެން ބުނެ ޝައިމަން ފަޒީންގެ މޫނަށް ބަލައިލިއެވެ. ” ކީކޭ ޑޮކްޓަރު ބުނީ” ފަތުހީއެހެން އެހުމުން ޝައިމަން ހިނދުކޮޅަކަށް ހިމޭން ވިއެވެ. ނަމަވެސް ހިތްވަރުކޮއްފައި ޑޮކްޓަރު ކިޔައިދިން ހުރިހާ ވާހަކަ ތަކެއް ފަތުހީއަށް ކިޔައިދިނެވެ. ޝައިމަން ދައްކަމުން ދިޔަވާހަކަ ތަކުން ފަތުހީއަށް ދިޔައީ ވަރަށް ފުންއަސަރު ތަކެއް ކުރުވަމުންނެވެ. ކައިރީގައި ހުރި ސޯފައިގައި އިށިއިނދެވުނީ އިތުރަށް ކެތް ނުކުރެވުމުން ނެވެ. ލޯބިވާ ބައްޕައަށް ވަމުންދާގޮތް ފެނި ފަޒީން އަކަށްވެސް ދުރުގައެއް ނުހުރެވުނެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް ފަތުހީގެ ކައިރީ އިށިއިނެވެ. ފެންނަމުން ދިޔަމަންޒަރުން ފައިނާ ހުރީ ނުހަނު ދެރަވެފައެވެ. ” މަންމަ ގޮވައިގެން ބޭރަށް ފުރަން ޓިކެޓް ހަމަޖައްސަން ވީނު” ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ ޝައިމަންގެ އަޑެވެ. ފަތުހީ ވަގުތުން އުޅުނީ އެކަން ހަމަޖެއްސޭތޯއެވެ. ދެތިން ފޯން ކޯލަކަށް ފަހު އެއް ދުވަސް ފަހުން އިންޑިޔާއަށް ދާން ޓިކެޓް ހަމަޖެއްސިއެވެ.
އެއް ދުވަސް ފަހުން ފަތުހީއާއި ސަލްމާގެ އިތުރުން ޝައިމަން އިންޑިޔާއަށް ދާން ފުރިއެވެ. ފަޒީން ނުދިޔައީ އޮފީސް ކަންތައް ބަލަހައްޓަން މިކޮޅުގައި މީހަކު ހުންނަން ޖެހޭތީއެވެ. ތިންމީހުން ދާތީ ސަމާ ޝަކުވާ ކުރަން ހެދުމުން ބުނީ މަންމަ ބަލިކޮން އުޅޭތީ ޑޮކްޓަރަށް ދައްކާލަން ދަނީކަމުގައެވެ. އެހެންވެ ސަމާ ފަހުން ޝަކުވާއެއް ނުކުރިއެވެ. ނަމަވެސް އޭނާގެ ހިތުގައި ވަނީ ނޭންގޭ ބިރުވެރިކަމެއް އުފެދިފައެވެ. ފުރުމުގެ ކުރިން ސަލްމާ ދެއްކި ވާހަކަ ތަކުންވެސް އޭނާ އިތުރަށް ނުތަނަވަސް ވާގޮތް ވިއެވެ. ” ދަރިފުޅާ… ރަނގަޅަށް ބަސް އަހައިގެން ކިޔަވާތި.. ދަރިފުޅުވާނެ އިނާއްތައާއި ދޮންބެގެ ބަސް އަހައިގެން އުޅެން… ދަރިފުޅަށް އިނގެއެއްނު މަންމަވެސް އަބަދު ކައިރީގައި ނުހުންނާނެކަން ދޯ.. އެހެންވީމަ ދަރިފުޅުވާނެ ވަރަށް ޒިންމާދާރު ކުއްޖަކަށް ވާން އިނގޭ ދަރިފުޅާ”
ފަތުހީމެން ފުރިތާ ހަފްތާއެއް ވީއެވެ. ކިއާރާގެ ޓެސްޓުތަށް ވެސް ނިމެން ކައިރިވީއެވެ. ސަމާވެސް ބާކީއޮތީ އެންމެ ދެޓެސްޓެވެ. ޝައިމަން ނެތުމުން ކިއާރާ ހުންނަނީ ވަރަށް ނެގިމަޑުވެފައެވެ. އެކަން އެންމެންނަށްވެސް ވަނީ ފާހަގަކުރެވިފައެވެ. “ސިސް، ކުޑޭނެތީމަ އެކަމާ ދެރަވެފައި ދޯ ތިއިންނަނީ..”އެއްދުވަހެއްގެ ހަވީރު ކިއާރާ ޓެރެހުގައި އިންދާ ސަމާ އެހިއެވެ. އޭނާގެ އަޑުގައި ސަމާސާގޮތް ހުއްޓަސް އޭނާވެސް މިހާރަކަށް އައިސް ހުންނަނީ ކަމަކާ ދެރަވެފައެވެ. “މާއްކޮގެ ކުޑޭނެތޭ ކިޔާފަ ސިސް ދެރަވާންޖެހޭތަ؟ މާއްކޮއެއްނު ކުޑޭނެތީމަ ދެރަވެގެން ތިއުޅެނީ.. މިހާރު އަބަދު ހުންނަނީ ކޮންމެވެސް ކަމަކާ ވިސްނަން… ސިސް ކައިރީބުނެބަ.. ޔޫ ކޭން ޝެޔާ އެނީތިން ވިތް މީ” ސަމާސާ ރާގު ދޫކޮއްލަމުން ކިއާރާ ބުންޏެވެ. “ނޭންގެ ސިސް.. ހީވަނީ ކަމެއް ގޯސް ވާން އުޅެނީއޭ..” ސަމާ ބުނިއެއްޗަކުން ކިއާރާވެސް ހިތް ނުތަނަވަސް ވާގޮތް ވިއެވެ. ” ހޭ.. ކީއްވެ ތިހެން ތިބުނީ.. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް.. ބީ ޕޮޒިޓިވް ޑިއާ..” ސަމާގެ ބުރަކަށީގައި ފިރުމާލަމުން ކިއާރާ އެހެން ބުންޏެއް ކަމަކު އޭނާގެ ހިތުން ވެސް ކަމެއް ގޯސް ވާން އުޅޭކަމަށް ސިގުނަލް އަޅަމުން ދިޔައެވެ.
ދުވަސްތަށް ފާއިތުވަމުންގޮސް މަހެއް ވީއެވެ. ސަމާ އާއި ކިއާރާވެސް ކިޔެވުން ނިމި ޗުއްޓީދުވަސް ތަށް ކަމުން ތިބެނީ ފޫހިވެފައެވެ. ކިއާރާގެ ބޮޑުދައިތަ އެތައް ފަހަރަކު ރަށަށް ޗުއްޓީހޭދަކޮއްލަން ދާން ބުންޏެވެ. ނަމަވެސް ކިއާރާ ދާން ބޭނުންނުވީއެވެ. އޭގެ ތެރެއިން ދުވަހެކެވެ. ކިއާރާ އާއި ސަމާ ތިބީ ޓީވީ އިން ދައްކަމުން ދިޔަ ފިލްމަކަށް ގެއްލިފައެވެ. ކުއްލިޔަކަށް ގޭގެ ބެލް އަޅާލި އަޑުއިވުނެވެ. ސަމާ ތެދުވެ ދޮރު ހުޅުވަން ދިޔައިރުވެސް އޭނާގެ ލޯ އިނީ ޓީވީގައެވެ. އޭނާ ސިއްސައިގެން ދިޔައީ ދޮރުމަތީ ހުރި މީހާ ކަރު ކެހިލުމުންނެވެ. ސަމާ ސޮރީއޭ ކިޔާ އެމީހަކާ ދިމާބަލައިލިއެވެ. ދެން ފެނުނީ ހަޅޭލަވައިގަންނަމުން އެމީހެއްގެ ގައިގައި ބައްދައިގަން ތަނެވެ. ސަމާ ބައްދައިގަތުމުން ކުރިމަތީ ހުރި ޝައިމަންވެސް ނުވެއްޓުނީ ކިރިޔާއެވެ. އޭނާގެ ކޮއްކޮގެ ޅަކަން ހިތަށް އަރާ އޭނާއަށް ހެވުނެވެ. ސަމާގެ އަޑަށް ސޯފާގައި އިން ކިއާރާވެސް ސިއްސައިގެން ދިޔައެވެ. ވީ ކީއްތޯ ބަލާލި އިރު ކުރިމަތީ ހުރި ޝައިމަން ފެނި އޭނާވެސް ހުރިތަނަށް ގަނޑުވިއެވެ. ޝައިމަންއަށްވެސް ކިއާރާ ފެނުމުން ވީ އެވަރެވެ. އެކަކު އެނެކަކުގެ ލޮލަށް ގެއްލިފައި ތިބެވުނީ ކިހާއިރަކު ކަމެއްވެސް ނޭންގެއެވެ. ދެމީހުންވެސް ސިއްސައިގެން ދިޔައީ ސަމާ ވާހަކަދައްކަން ފެށުމުންނެވެ. “ކޮބާ ޑޭޑް އާ މަމް… ” ސުވާލަށް ޖަވާބު ނުދީ ޝައިމަން އޭނާގެ ކޮއްކޮގެ އަތުގައި ހިފައިގެން ގެންގޮސް ސޯފައިގައި އިށިއިނެވެ. ކިއާރާވެސް އެމީހުންގެ ފަހަތުން ގޮސް ސޯފާއެއްގައި އިށިއިނެވެ. “ކުޑޭ ވަރަށް ބަނޑުހައި… ހިނގާބަ ކާން.. އޭގެ ފަހުން ވާހަކަ ދައްކާނީ… ކޮބާ ދޮންބެމެން.؟” ސަމާ ފެއްޓި ވާހަކަ މަޑުޖައްސާލަމުން ޝައިމަން ބުންޏެވެ. “އިނާއްތަ ބަލިކޮން އުޅޭތީ ދޮންބެ މިއަދު އޮފީހަކަށް ނުދެ.. ވެއްޖެ ކޮޓަރީގައި… އަންނާނަން އިގޭ ގޮވައިގެން..” ސަމާ ސޯފާއިން ތެދުވަމުން ބުނެލިއެވެ. ސަމާ ދިއުމުން ތަނަށް ވެރިވެގެން ދިޔައީ ހަމަހިމޭން ކަމެވެ. “ޓެސްޓުތަށް ނިމުނީތަ؟” ހަމަހިމޭންކަން ފޫއަޅުވާލީ ޝައިމަންގެ އަޑުންނެވެ. ކިއާރާ ހަމައެކަނި ބޯޖަހާލީއެވެ. އެނެއްކާވެސް ހަމަހިމޭން ވިއެވެ. “ދައްތަ ކިހިނެއްތަ މިހާރު؟” މިފަހަރު ވާހަކަ ދެއްކީ ކިއާރާއެވެ. އެސުވާލަށް ޖާވާބެއް ދެވުމުގެ ކުރިން ސަމާ އައެވެ.
“މި އައީ ދޮންބެ އާއި ބައްދަލުކޮއްލަން އޮފީހުން މީހަކު އައިސް އެބަ އިނޭ ބުނެފަ.. ހެ ހެ ހެ” ސަމާ އައިސް އެނެއްކާވެސް ޝައިމަން ކައިރީ އިށިއިނެވެ. އިރުކޮޅެއް ނުވެ ފަޒީން ސިޑިން ފައިބައިގެން އައެވެ. ސޯފާއާއި ހިސާބަށް އަރާ އޭނާ މަޑުޖެހިލިއެވެ. ކުރިމަތީ އިން ޝައިމަން ފެނުމުން އޭނާ ސަމާއާއި ދިމާލަށް ބަލައިލިއެވެ. އޭރު ސަމާ އިނީ ހިނިގަނޑު ފަޅައިގެން ދާވަރުގައެވެ. “ޝައިމް… ކޮންއިރަކު އައީ…” ” ހަމަ ދެންމެ..” ކޮއްޅަށް ތެދުވަމުން ލޯބިވާ ދޮންބެގެ ގައިގައި ކުޑަކޮން ބައްދާލަމުން ޝައިމަން ބުނެލިއެވެ. ” ކޮބާ އިނާއްތަ؟ ބަލިވާހަކަ އަޑުއެހިން.” ދެން ދެމީހުން އެއްކޮން ސޯފާގައި އިށިއިންނަމުން އެނެއްކާވެސް ޝައިމަން ވާހަކަ ދެއްކިއެވެ. ” އާ.. އެހެންވެ މިއުޅެނީ ހޮސްޕިޓަލަށް ދާން.. ރެޑީވެގެން އަންނާނެ އިރުކޮޅަކުން..” ފަޒީން ޖަވާބު ދިނެވެ. އެހެންބުނިއިރު ފައިނާ ސިޑިން ފައިބައިގެން އާދެއެވެ. “ޝައިމް.. ކޮންއިރަކު އައީ؟” ފައިނާވެސް ޝައިމަން ފެނުމުން ކޮއްލީ އެ ސުވާލެވެ. “ހެހެހެ… ހަމަ ދެންމެ… އަވަހަށް ހޮސްޕިޓަލަށް ދާން އުޅޭ” ޝައިމަން ހީލަމުން ބުނެލިއެވެ. ފަޒީންމެން ނިކުމެގެން ދިއުމުން ޝައިމަން ތެދުވީ ކޮޓަރިޔަށް ދާށެވެ. ” ކުޑޭ އުޅުނީ ބަނޑުހައި ވެގެންނެއްނު؟” އޭނާ ތެދުވުމުން ސަމާ ބުންޏެވެ. ” އާ… އެކަމް ދެން ފެންވަރައިގެން އައިސް ކެވޭނީ..” އެހެން ބުނެ ޝައިމަން ސިޑިން އަރަން ހިނގައިގަތެވެ. ދަމުން އޭނާ ކިއާރާ އަށް ބަލައިލިއެވެ. އޭރު ކިއާރާވެސް އިނީ ޝައިމަން އަށް ބަލަހައްޓައިގެންނެވެ. އެހެންވެ ޝައިމަން ބަލައިލުމުން ކިއާރާ ލަދުން އިސްޖަހާލިއެވެ. ޝައިމަންގެ ތުންފަތް މަތީ ކުޅެލީ ލާނެތް ހިނިތުން ވުމެކެވެ. އެހުރިހާ މަންޒަރެއްވެސް ދިޔައީ ސަމާއަށް ފެންނަމުން ނެވެ.
ފެންވަރަން ކޮޓަރިޔަށްވަން ޝައިމަން ފުރަތަމަވެސް ޖައްސާލީ އެނދުމަތީގައެވެ. އެހެން އޮތް އިރު އޭނާގެ ސިކުނޑީގައި ކުޅެވެމުން ދިޔައީ ކިއާރާގެ ހިޔާލް ތަކެވެ. އެހެންއޮއްވާ އޭނާ ދެން ހަނދާންވީ އޭނާގެ މަންމަ ބުނި ވާހަކަ އެވެ. އެޔާއެކު އެ މޫނުމަތީވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. ” ދަރިފުޅާ… ދަރިފުޅު ކިއާރާ ދެކެ ލޯބިވޭދޯ؟” ސަލްމާ ކޮއްލި ސުވާލުން އެނާ ފުރަތަމަ ހައިރާން ވިއެވެ. ދެން ފެނުނީ އިސްޖަހާލި ތަނެވެ. ” މިހާރު މަންމަ އަށް ޔަގީން…. ދެން ކޮންއިރަކުން ކިއާ ކައިރީ ބުނަނީ؟” އެނެއްކާވެސް ސަލްމާ އެހިއެވެ. ” ދެން މަންމާ..” ޝައިމަން ލަދުގަތެވެ. “އަޅެ އެހާ ލަދުގަންނަން ތީ އަންހެން ކުއްޖެއްތަ؟ … މަންމަ އަށް ޔަގީން ކިއާއަށްވެސް ދަރިފުޅު ކަމުދާކަން… ލަސް ނުކޮން ބުނަން އުޅޭ.. އެހެން ނޫނީ ތެޔޮ ނާށި ކާޅު ޖަހައި ގަންދާނެ.” ޝައިމަން އޭނާގެ މަންމަ ބުނި ގޮތަށް ކަންތައް ކުރަން ނިންމިއެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަ ވަގުތުވެސް ޝައިމަންގެ ނަޒަރު އިރުއިރު ކޮޅުން ކިއާރާއަށް ހުއްޓެއެވެ. ހަމަ އެގޮތަށް ފަޒީންއާއި ފައިނާގެ އިތުރުން ސަމާގެ ނަޒަރުވެސް ޝައިމަން އަށް ހުއްޓެއެވެ. ” ކުޑޭ.. ކީއްވެތަ ޑޭޑްމެން ނައީ” ސަމާއަށް އެންމެފަހުން ނީންދެވިގެން އަހާލިއެވެ. އެކަމާ ނުވިސްނާއިން ޝައިމަން ކޮށިއެރިއެވެ. “މާއްކޮ.. ޑޭޑް ބުނެއެއްނު ކާގަޑީ ވާހަކަ ދައްކާކަށް ނުވާނޭ” މިފަހަރުވެސް ވާހަކަ އޮޅުވާލެވޭތޯ އޭނާ ބެލިއެވެ. ނަމަވެސް ސަމާ އިނީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ” ހެޔޮ.. އޭރު ކުޑޭ އައިއްސަވެސް ހެދީ ތިހެން.. އަހާއިރަށް ވާހަކަ އޮޅުވާލީ…” ސަމާ ޝަކުވާ ކޮއްލިއެވެ. ” އޯކޭ.. ހިނގާ ކައިގެން ޓެރެސްއަށް” ޝައިމަން އެހެންބުނުމާއެކެ ސަމާ ކެއުން އަވަސް ކޮއްލިއެވެ. ” މާއްކޮ އަޅެ ކޮށިއަރާފާނެ… ލަސްލަހުން ކައިބަލަ..” ސަމާގެ ކައިރީ އިން ކިއާރާ ސަމާ ހުއްޓުވަމުން ބުނެލިއެވެ.
ކައިނިމިގެން އެންމެ ފުރަތަމަވެސް ޓެރަހަށް އެރީ ސަމާއެވެ. ސަމާ ސިޑިން އެރިތަން ބަލަން އެންމެންވެސް ތިއްބެވެ. “ސައިމް.. ވަޓް ހެޕެންޑް؟” ފަޒީން ޝައިމަންގެ ކޮނޑުގައި އަތް ބާއްވަމުން އަހާލިއެވެ. ” މަމްގެ ތެރަޕީ ފެށިއްޖެ.. ދެން ޑޭޑް ބުނީ ބޭސްކޮށް ނިމެންދެން އެކޮޅުގަ މަޑު ކުރަނީއޭ.. އިޓް މޭ ޓޭކް މަންތްސް ދޮންބެ.. ހައު އޭމް އައި ގޮއިންޓު ޓެލް ދެޓް ޓު ހާ؟” ޝައިމަން އިސް ޖަހާލައިގެން ހުރެ ޖަވާބު ދިނެވެ. ” ކިއާ އަށް ހީވަނި މާއްކޮ ކައިރީ ބުނަންވީހެން.. އޭނަ އެއީ މިހާރު ބޮޑު ކުއްޖެއް.. ޝީ ވިލް އަންޑާސްޓޭންޑް..”
އެންމެން ޓެރަހަށް އެރިއިރު ސަމާ އެމީހުންގެ އިންތިޒާރުގައި އިނެވެ. “މާއްކޮ..” ފަޒީން ސަމާއާއި ޖެހިގެންއިން ގޮނޑީގައި އިށިއިންނަމުން ގޮވާލިއެވެ. ” ދޮންބޭ.. މަމް އައް ކިހިނެއް ވީތަ؟ މަމް ވަރަށް ބޮޑަށް ބަލީތަ؟” ސަމާ އެހެން ބުނިއިރު އެ އަޑުގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. ފަޒީންއަށް ބަލައިލެވުނީ ދެންތިބި މީހުން ގެ މޫނަށެވެ. ” ދޮންބޭ… ބުނެބަލަ.. މަމް އަށް ކިހިނެއް ވީތަ؟ އަޅުގަނޑު މީ މިހާރު ކުޑަ ކުއްޖެއް ނޫނޭ..” މިފަހަރު އޭނާ އެހެން ބުނީ ފަޒީންގެ މޫނަށް ބަލާލަމުންނެވެ. އޭރު އޭނާގެ ލޮލުގައި ފައިބަން ތައްޔާރު ވެފައި ހުރި ކަރުނަ ޖަމާވެފައި ހުއްޓެވެ.
ހުރިހާވާހަކައެއް ކިޔާދީ ނިމުނު އިރު ސަމާ އިނީ ފައިނާގެ ގައިގަ ބައްދާލައިގެން ރޯށެވެ. “ކީއްވެތަ އަޅުގަނޑު ކައިރީ ކުރިން ނުބުނީ؟ މަމް ނައީ ކީއްވެ؟” ކަރުނައިން ފުރިފައިވާ ލޮލަކުން ޝައިމަން އަށް ބަލާލަމުން ސަމާ އަހާލިއެވެ. ” މާއްކޮ ކައިރީ ނުބުނީ މާއްކޮ ޓެސްޓް ދުވަސް ވަރުވީމަ.. މަމް އެންޑް ޑޭޑް އެކޮޅުގައި މަޑުކުރީ މަމްގެ ޓުރީޓްމެންޓް ފެށުނީމަ.. ޑޭޑް ބޭނުންވީ ޓުރީޓްމެންޓް ނިމެންދެން އެކޮޅުގައި މަޑުކުރަން..” ޝައިމަން ލޯބިވާ ކޮއްކޮއަށާއި ދޮންބެއަށް ބަލާލަމުން ޖަވާބު ދިނެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔައީ ހަލުވިކަމާއި އެކުއެވެ. އެ ދުވަހު ފައިނާ ޑޮކްޓަރަށް ދައްކާ ހެދި ޓެސްޓުތަކުން އޭނާ ބަނޑުބޮޑުކަން އިނގުނެވެ. ނަމަވެސް އެ އުފާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އެކަކަށްވެސް އިހުސާސްއެއް ނުކުރެވުނެވެ. ސަމާއަކީވެސް މިހާރު ކުރީގެ ސަމާއެއް ނޫނެވެ. އޭނާ ހުންނަނީ ބަސް މަދުވެ ހަމަ ހިމޭން ވެފައެވެ. އެމީހުންނަށް ގެއްލިފައިވާ ކޮއްކޮ އަނބުރާ ގެންނާނެ ގޮތެއް އެތަނުން އެކަކަށް ވެސް ނޭންގެއެވެ. އެހުރިހާކަމެއްގެ އިތުރުން ޝައިމަންވެސް ކިއާރާއާއި މެދު ވިސްނަމުން ދިޔައެވެ. ލޯބިވާ ވާހަކަ ބުނަން ބޭނުމެވެ. ނަމަވެސް ލިބޭނެ ޖަވާބެއް ނޭންގޭތީ ބިރުގަންނަނީ އެވެ. ނަމަވެސް އެ ބިރު އެއްފަރާތް ކޮއްފާ އެކަމާ ކުރިމަތިލާން އޭނާ ބޭނުން ވިއެވެ.
“ކިއާ… ” އަދައިގެ މަތިން ފަތިހު ޓެރަހަށް ނިކުމެ ހުރި ކިއާރާ ސިހުނީ ފަހަތުން ޝައިމަންގެ އަޑަށެވެ. “ހުމމމ” ފަހަތަށް އެނބުރެމުން ކިއާރާ ބުނެލިއެވެ. ” އަމް… ވާހަކައެއް އަހާލަން…” ވާހަކަ ފަށާނެ ގޮތެއް ނޭނގި ހުރެ ޝައިމަން ބުންޏެވެ. އޭނާ ހިތަށް އެރިއެވެ. އަދި މި އުޅެނީ ޑިނާއަކަށް ދާން އަހަން ނުކެރިގެންނެވެ. ލޯބިވާ ވާހަކަ ބުނާނީ ކިހިނަކުން ހެއްޔެވެ. “އަހާބަލަ… ހަމަ އެހާ ބޮޑު ވާހަކަ އަކީތަ؟” ޝައިމަންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން ކިއަރާ ގާތަށް ހިނިއައެވެ. ” އަމް.. މިރޭ އެކުވެރިން ކޮޅެއް އެބައޮތް ޑިނާ އަކަށް ދައުވަތު ދީފަ… ދެން އެމީހުން ބުނީ އަންނަން ވާނީ ޕާޓްނާއެއް ގޮވައިގެންނޭ… ދެން… ވިލް ޔޫ ބީ މައި ޕާޓްނާ ފޯ ޓުނައިޓް” ބުނަން ނުބުނަން ހުރެފައި އޭނާ އަހާލިއެވެ. ޝައިމަންގެ ޕާޓްނާއޭ ބުނުމުން ކިއާރާގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. ” އަމް… ވަރަށް ފޯމަލް ޑިނާއެއްތަ.. ވަރަށް ބައިވަރު މީހުން ތިބޭނެތަ.. ކިއާ އަތުގަ ނުހުންނާނެ އެކަހަލަ ގެޓް ޓުގެދާ އަކަށް ލާނެ ހެދުމެއްވެސް..” ސީދާ އާނއެކޭ ބުނާކަށް ކިއާރާއަކަށް ނުކެރުނެވެ. ” އަޅެ ހަމަ އެހާރީތި ހެދުމެއް ނޫންތަ ކިއާ ލަނީކީ… ދެން އެންމެ ދެ ތިން ކުދިން ނޭ ދާނީ.. ދެން ބުނެބަ ދާނަންތަ” ޝައިމަން އެނެއްކަވެސް ސުވާލު ކުރިއެވެ. ލަދުން ހުރެ ބޯޖަހާލުން ނޫން ކަމެއް ކިއާރާއަކަށް ނުކުރެވުނެވެ.
އިރު އޮއްސުނު އިރު ކިއާރާ ހުރީ އޭނާގެ ވާޑްރޯބް ކުރިމަތީއެވެ. އެނާ އަތުގައި ހެދުން އެބަހުއްޓެވެ. ނަމަވެސް އެތަނުން އޭނާއަށް ކަމުދާއެއްޗެއް ނުފެނުނެވެ. އެއީ ޝައިމަން އާއި އެކު އެކަހަލަ ގޮތަކަށް ބޭރަށް ދާ ފުރަތަމަ ފަހަރަށް ވުމުން ކަމަށްވެސް ވެދާނެއެވެ. ގަޑިން ހަތެއް ޖެހީވެސް އޭނާ އެގޮތަށް އެ ހެދުންތަށް ހާވަން ހުއްޓައެވެ. އިރު އޮއްސުނު ފަހުން ކިއާރާ ނުފެނިގެން އޭނާ ހޯދަން އެކޮޓަރިއަށް އައިސްވަން ފައިނާ އަށްވެސް ލިބުނީ ހައިރާން ކަމެކެވެ. “ކިއާ.. ވާޑްރޯބް އާކުރަން އުޅޭ ދުވަހެއްތަ..” ހެދުން ތަކަށް ލޯ ލައިގެން ހުރި ކިއާރާ ސިއްސައިގެން ދިޔައެވެ. އެވަގުތަކީ އެކޮޓަރި ދޮރުމަތިން ސަމާ ހުރަސް ކުރި ވަގުތެވެ. އޭނާވެސް ކިއާރާ ކުރާ ކަމެއް ބަލަން އެ ކޮޓަރިއަށް ވަނެވެ. ” ނޫން.. މިއުޅެނީ ލާނެ ހެދުމެއް ނޭންގިގެން… މި ހެދުން އޯކޭތަ؟” އަތުގައި އޮތް ރަތް ކުލައިގެ ހެދުން ދައްކާލަމުން ފައިނާ އާއި ސަމާ ކުރެން އަހާލިއެވެ. ” ސިސް ޑޭޓަކަށް ދަނީ ދޯ” ސަމާ އެހެން ބުނެލުމާއިއެކު ކިއާރާގެ އަތުގައި އޮތް ހެދުން ދޫވެ މޫނު މައްޗަށް ރަތް ކުލަ އަރައިގެން ދިޔައެވެ. ” އޭ.. ތެދެއް.. ކާކު ކާކު…” ފައިނާވެސް ހެވިފައި ކިއާރާއާއި ސުވާލު ކުރަން ފެށިއެވެ. ” އޭ ނޫން.. ޑޭޓަކަށް ނޫނޭ.. އެއި ޝައިމް ބުނީ…” ކިއާރާއަށް ބުނެވުނީ އެވަރަށެވެ. “ކުޑޭ…” ޝައިމަން އަށް ގޮވަމުން ސަމާ އެ ކޮޓަރިން ނިކުތީ ދުވަމުންނެވެ. ” މާއްކޮ ނޫން..” ސަމާ ފަހަތުން ކިއާރާވެސް ކޮޓަރި ދޮރާ ހަމައަށް އެރިއެވެ. ނަމަވެސް އޭރު ސަމާ ޝައިމަންގެ ކޮޓަރި ދޮރުން އެތެރެއަށް ވަދެއްޖެއެވެ. ލަދުން ހުރެ އޭނާ ފަހަތަށް އެނބުރުނެވެ. ” ހުމމ.. ޝައިމް ބުނީ ކީކޭއޭ..” ފައިނާވެސް ސަމާސާ ރާގަކަށް އަހާއިއެވެ. ” އަޅެ.. ޑޭޓެއް ނޫނޭ.. ޝައިމް ބުނީ ފްރެންޑްސް އާއެއްކޮން ޑިނާ އެކޭ..”
ޝައިމަންވެސް ސިހުނީ ލާނެ ގަމިހެއް ނޭނގިގެން އުޅެނިކޮން ސަމާ އޭނާއަށް ގޮވާލި އަޑަށެވެ. “ކިހިނެއްވީ މާބާރަކަށް ތި ގޮވަނީ” ކޮޓަރިއަށް ވަން ސަމާ ކުރެން އޭނާ އަހާލިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުރީ ކުރިމަތީ ހުރި ގަމިސް ތަކަށެވެ. ” ހުމމ.. މިތާވެސް އެހާލު ދޯ..” ޝައިމަން ހުރިގޮތުން ސަމާއަށް ބުނެވުނެވެ. ” ކޮން ހާލެއް… އޭ މާއްކޮ ބުނެބަ ކުޑޭ ލާނެ ގަމިހެއް…” ސަމާ ބުނި އެއްޗަކަށް މާބޮޑު ސަމާލު ކަމެއް ނުދީ ޝައިމަން އަހާލިއެވެ. ” ކުޑޭ އަތުގަ މަދީތަ ގަމިސް؟” ” މަދީކީނޫނެ.. ގިނައީ.. އެހެން ވެއެއްނު ލާނެ އެއްޗެއް ނޭންގިގެން މިއުޅެނީ” ޝައިމަން އެހެން ބުނުމުން ސަމާ އޭނަގެ ކުރި މައްޗައް އެރިއެވެ. ” ހަމަ ޑޭޓެއް ދޯ.. ސިސް ވެސް އެބަ އުޅޭ ލާނެ ހެދުމެއް ނެތިގެން..” ސަމާ އެހެން ބުނުމުން ޝައިމަން ސިހުނެވެ. ” ސިސް ކައިރީ ނުބުނައްޗޭ ޑޭޓެކޭ” ” އޯހް… ސަޕްރައިޒެއް ދޯ..” އެތައް ދުވަހެއް ފަހުން ކުރީގެ ސަމާ ފެނުމުން ޝައިމަން އަށް ބުނެދޭން ނޭނގޭ އުފަލެއް ލިބުނެވެ. އެހެންވެ ކަބަޑް މަތީ އިން މަހުމާ ފޮށިވެސް އޭނާ ދައްކާލިއެވެ. ” އޯ އެމްޖީ.. ޕްރޮޕޯޒް…” އެ ފެނުމުން ސަމާއަށް ވީގޮތް ވެސް ނޭންގުނެވެ. އުފަލުން ޝައިމަންގެ ގައިގަ ބައްދާލިއެވެ. “އޯކޭ.. ދެން ބުނެބަ ލާނެ އެއްޗެއް..” ” ދެމީހުން ގުޅޭގޮތަށް ހެދުން ލީމަ ރަނގަޅުވާނީ” ސަމާ އެހެން ބުނުމުން އެއްޗެއް ހަނދާންވާ ގޮތަކަށް ޝައިމަން ނިއްކުރީގައި ޖަހާއިއެވެ. “މާއްކޮ ދޭބަ ސިސްއަށް މިދޭން” އެނދުމަތީ ބައިންދާފައިން ކޮތަޅު ނަގަމުން އޭނާ ބުންޏެވެ. އޯކޭ އޭ ބުނަމުން ސަމާ އެ ކޮޓަރިން ނިކުމެގެން ދިޔައީ ހެމުން ހެމުން ނެވެ.
ސަމާ އައިސް ދިން ކޮތަޅު ބަލައިލި އިރު އޭގާ އޮތް ހެދުން ފެނި ކިއާރާ ހައިރާން ވިއެވެ. އެއި ފެހި ކުލައިގެ ކަކުލުން ތިރިއަށް ހުންނަ ވަރުގެ ހެދުމެކެވެ. އަތް ދިގުކޮން ހުރި އިރު އަތާ ކޮނޑުމަތި ހުރީ ރޭނދާ ފޮތިންނެވެ. “އަދިވެސް ބުނާނެ ޑޭޓެއް ނޫނޭ.. ހެހެ.. ” އެހެންބުނެ ފައިނާ އާއި ސަމާ ނިކުމެގެން ދިޔައީ ކިއާރާއަށް ރެޑީވާން ވަގުތު ދީފައެވެ.
އަށްގަޑި ބައިވި އިރު ޝައިމަން ހުރީ ކިއާރާގެ އިންތިޒާރުގައި ސިޓިންރޫމްގައެވެ. އެހެން މާގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ކިއާރާ ސިޑިން ފައިބާގެން އަތަން ފެނި ޝައިމަން އާޝޯހް ވިއެވެ. އެހާވެސް ކިއާރާ ފުރިހަމައެވެ. ކިއާރާއައިސް ޝައިމަންގެ ކުރިމަތީ ހުޓުނުއިރުވެސް އޭނާ ހުރީ އެހާލުގައެވެ. ” ކިހިނެއްވީ… ކިއާ ހަޑީތަ؟” ޝައިމަން ބަލަހައްޓައިގެން ހުރުމުން ރަކިވިއެއްކަމަކު ކިއާރާ އަހާލިއެވެ. ” އޭ.. ނޫން.. ޔޫ ލުކް ސްޓަނިންގް..” ޝައިމަންއަށް އިހްތިޔާރަކާ ނުލާ ބުނެވުނެވެ. ކާރުގައި ރެސްޓޯރެންޓަށް ދިޔައިރުވެސް ޝައިމަންއަށް އިރު އިރު ކޮޅުން ކިއާރާއަށް ބަލައިލެވެއެވެ. ކާރު ޕާކު ކުރުމަށްފަހު ދެމީހުން ރެސްޓޯރެންޓް ތެރެއަށް ވަދެގެން ދިޔައިރު އެތާ ތިބި ގިނަ ބައެއްގެ ލޯތަށް އެ ޖޯޑަށް އަމާޒުވަމުން ދިޔައެވެ. ” ކޮބާ ޝައިމްގެ ފްރެންޑްސް؟” ކިއާރާއަށް ރެސްޓޯރެންޓް ތެރެއިން ވަކި ބަޔަކު ފާހަގަ ނުކުރެވުމުން އަހާލިއެވެ. އެވަގުތު އެ ތަނުގެ މުއައްޒިފެއް އައިސް އެމީހުން ކުރިމަތީ ހުއްޓުނެވެ. އެމީހާ ގާތު ޝައިމަން ކޮންމެސް އެއްޗެއް ބުނުމުން ހިނިތުން ވުމަކާއެކެ އެ ރެސްޓޯރެންޓްގެ ފުރަތަމަ ފަންގިފިލާއަށް އަރަން ހިނގައިގަތެވެ. ޝައިމަންވެސް ކިއާރާގެ އަތުގައި ހިފައިގެން އެމީހާ ފަހަތުން ހިނގައިގަތެވެ. ކިއަރާ ހުރީ ވާނުވާގައެވެ.
ފުރަތަމަ ފަންގިފިލާއަށް އެރުމުން ކިއާރާ ހައިރާން ވިއެވެ. އެއީ ލޯބި ވެރިންނަށް ހާއްސަ އޭރިޔާއެކެވެ. ދެން އޭނާ ހަނދާންވީ ފައިނާމެން ކީ ވާހަކަ އެވެ. “އިޒް ދިސް އަ ޑޭޓް؟” ޝައިމަންއާ ކުޑަކޮން ކައިރިވެލާ ހަމައެކަނި އޭނަޔަށް އަޑު އިވޭވަރަށް ކިއާރާ އަހާލިއެވެ. ޝައިމަންގެ ފަރާތުން ހަމައެކަނި ލިބުނީ ހިތުން ވުމެކެވެ. އެމީހުންނާއި އެކު އައި މީހާ އިށިއިންނަން ވީ މޭޒް ދެއްކުމައްފަހު އަނބުރާ ދިޔައެވެ. ކިއާރާ ހުރީ އެ މޭޒުމަތި ޒީނަށް ތެރި ކޮއްފައިވާ ގޮތުން ހައިރާން ވެފައެވެ. މޭޒުމަތީ ހުދު ފޮތި އަޅާފައި ވާއިރު ރަތް ފިނިފެންމާ ބޮނޑިއެއްވެއް ބާއްވާފައިވެއެވެ. އޭގެ އިތުރުން އުއްބައްތިއެއްވެސް ބައިންދާފައި އިނެވެ. އެމީހުންނަށް އިށިއިނދެ ހަމަނުޖެހެވެނިސް މެނޫ ހިފައިގެން ވެއިޓަރަކު އައެވެ. “ސޯ.. ވަޓް ޑޫ ޔޫ ވޯންޓް؟” ޝައިމަން ކިއާރާ ކުރެން އަހާލިއެވެ. ” ޝައިމް ވަޓްސް ގޮއިން އޮން.. ބުނީމެއްނު ގެޓް ޓުގެދާ އެކޭ…”
4 Comments!
Comments are closed.


Me first dhw..mi story ge mihi saabah fahtaigen kiyaafa comment kohlaanan..In Sha Allah????❤❤
Haadha dhuvaheh vehjeyeyy up nuvaathaa… ekamuves mibaives v reethi☺
Wow. ???Varah reethi..❤️?❤️????. Dhn thankolheh avahah next part up kohdhee thi ????
Wooooowwww… Omg, omg,…. Haadha reehchey dhw.. I just love the way you write this…. Masha allah keep up the good work dear… Please avahah up kohdhehchey dear.. Cant wait for the next part.. ???????????