Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ބުނެދޭށޭ ރުހެމޭ 15

Saraa Level 910 Stories100 Comments100 Login500 Comments500 Login
April 11, 2019 5 Mins Read
29 Comments

ހައިޒަލް ނައިނާގެ މޫނަށް ނަޒަރު ހުއްޓައިލައިގެން އޮވެ ދެތިން ފަހަރަކު އެސްފިޔަތަށް ތަޅުވާލިއެވެ. އެއާއިއެކު އޭނާގެ ނަޒަރުހުއްޓުނީ ނައިނާގެ އަތްތިލައާއި ގުޅިފައިވާ އޭނާގެ އަތަށެވެ. ހައިޒަލް މަޑުމަޑުން ނައިނާ އޭނާގެ ގަޔާއި ދިމާލަށް ދަމާލިއިރު އަރިއަޅައިލައިގެން ނައިނާ ވެއްޓުނީ ހައިޒަލްގެ ގައިމައްޗަށް ކަހަލަގޮތަކަށެވެ. ދެޒުވާނުންގެ މޫނު ޖެހޭހާ ކައިރީގައިވީއިރު ހައިޒަލްގެ ހޫނު ނޭވާތަށް ނައިނާގެ މޫނަށް އެޅެންފެށިއެވެ. އެވަގުތު ހައިޒަލްގެ ދެއަތްތިލަ ނައިނާގެ ފަންއިސްތަށިގަނޑު ތެރެއަށް މަހާލަމުން އެދެމެދުގައިވީ ދުރުކަން ކުރިއަށްވުރެ ކުޑަކޮށްލިއެވެ. އެއާއިއެކު ހައިޒަލްކޮށްލި ކަމަކުން ނައިނާގެ ދެލޯ ބޮޑުވެގެންދިޔައިރު ހިނދުކޮޅަކަށް ނޭވާލާންވެސް ހަނދާންނެތުނެވެ. ދެ ހަށިގަނޑު ޖެހި ބާރުވެ އެހަށިގަނޑަކަށްވެ ނޭވާކޮޅަށް ދިޔައިރުވެސް ދެޒުވާނުންނަށް ދުރެއްނުވެވުނެވެ. ނައިނާއަށްވެސް މިފަހަރު  ހައިޒަލްގެ އެއަމަލުގައި ބައިވެރިވެވުނީ ދެކޮޅުހެދުމެއްނެތިއެވެ.ހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅަކަށްފަހު ހައިޒަލް މަޑުމަޑުން ލޯހުޅުވާލަމުން ނައިނާގެ މޫނަށް ނަޒަރުހުއްޓާލިއެވެ. އެ މޫނުމަތިން ފާޅުވި ވަރުބަލިކަމުގެ އަސަރުތަކާއިއެކު މަޑުމަޑުން ހައިޒަލްގެ ލޯ މެރިގެން ދިޔައިރު ނައިނާއަށް ހާސްވެފައި ހައިޒަލްއަށް ގޮވާލެވުނެވެ.

ހައިޒަލް ހުންގަދަވެގެންގޮސް ލޯހުޅުވާ ނުލެވިފައި އޮތްއިރު ނައިނާ ފެންފޮތި ލައިދިނެވެ. ހައިޒަލް މާބޮޑަށް ދާހިއްލަން ފެށުމުން ކޯޓް ބޭލުވުމަށްފަހު މެޔާއި ހިސާބުން ފެންފޮތިލާންފެށުމުން ކޮންމެވެސް ވަރަކަށް ހައިޒަލްގެ ހުން ފިިނިވިއެވެ. މުޅި މޫނުގައި ފެންހާކަން ފެށުމާއިއެކު ހުންގަނޑު ވިހެލަން ފެށިއިރު އެ މޫނަށް ވެރިވިފައިވީ ހުދުކަން މަޑުމަޑުން ކެނޑެންފެށިއެވެ. ދަންވަމުންދިޔަވަަރަކަށް ހައިޒަލްގެ ހަށިގަނޑުގެ ހޫނުކަން މަޑުމަޑުން ކެނޑެމުންދިޔައިރު ނައިނާގެ ލޮލަށް ނިދީގެ ބާރު ގަދަ ކުރަންފެށިއެވެ. ނިންޖާއި ހަނގުރާމަކުރަން ލޯ ތަންމިނަށް ހުޅުވައިގެން އިންދާ މަޑުމަޑުން އެސްފިޔަތަކަށް ބަރުވަމުންގޮސް އެނދުގެ އެއްފަރާތުގައި ބޯއަޅާލެވުމާއިއެކު ނައިނާގެ ލޯމެރިގެން ދިޔައެވެ.

ދަންވަމުން ދިޔައިރު ކޮޓަރިތެރެއަށް ވެރިވެފައިވާ ހިމޭންކަން ފުންވަމުންދިޔައިރު ދޭތެރެއަކުން އެ ހިމޭންކަން ފޫދުއްވާލަނީ ހައިޒަލްގެ ފުން ނޭވާތަކުގެ އަޑުންނެވެ. އެނދުގެ އެއްފަރާތެއްގައި ބޯއަޅާލައިގެން ކާޕެޓްމަތީ ނިދިފައި އިން ނައިނާއަށް ހޭލެވުނީ ނިދީގައި ހައިޒަލް ވާހަކަދައްކާހެން ހީވެފައެވެ. ނައިނާ އެނދުން ބޯ ހިއްލާލިއިރު ނިދީގައި އޮވެ ދެފަރާތަށް ބޯހޫރަމުން ދިޔަ ހައިޒަލް ފެނި ލޮލުގައިވި ނިދިވެސް ފިލައިގެން ދިޔައެވެ.

“ހައިޒަލް…” ނައިނާ ހާސްވެފައިހުރެ ހައިޒަލްއަށް ގޮވާލިއެވެ. އޭރު ހައިޒަލް ނިދީގައި ކޮންމެވެސް އެއްޗެކޭ ކިޔަމުން ދެލޯ ހަރަކާތްކުރަމުންދިޔައީ ހުވަފެނީ އާލަމުން ބޭރުވެ ލޯ ހުޅުވަން ބޭނުންވެފައިވީފަދަ ގޮތަކަށެވެ. މުށްކަވައިލައިފައިވާ އަތަށް ބާރުވަމުން އައިރު ހަށިގަނޑަށް ލޮޅުންތަށް އަންނަމުންދިޔަ ގޮތުންނާއި ނޭވާތަށް ފުންވަމުން އައި ގޮތުން ނައިނާވެސް ބިރުގަތެވެ. ނޭނގިހުއްޓާ އެލޮލަށް ކަރުނަތަށް ގިނަވެގަތީ ހިތުގައި ހިނގާލި ބިރުވެރިކަމެއްގެ ސަބަބުންނެވެ. އެއާއިއެކު ނައިނާ ބާރުބާރަށް ހަޅޭލަވައިގަންނަމުން ހައިޒަލްގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ.

“އާޙް…. ނޫން… ނޫން….” ހައިޒަލް ހަޅޭލަވައިގަންނަމުން ކުއްލިއަކަށް ފުންމައިގެން ތެދުވިގޮތަށް ދެފަރާތަށް ބޯހޫރަންފެށިއެވެ. އެއާއިއެކު ދެއަތުން ބޮލުގައި ހިފަހައްޓާލިއިރު ފުންނޭވާތަކެއް ލާންފެށިއެވެ.  ހިނދުކޮޅަކަށް އޭނައަށް އޮވެވުނު ތަން ދެނެގަންނަންވެސް އުނދަގޫވިއެވެ. މޫނުމަތިން ފެނުނު ޖެހިލުންވުމުގެ އަސަރުތަކާއިއެކު ދެފަރާތަށް ނަޒަރު ހިންގަމުން ދިޔައީ އަދިވެސް ހުވަފެނުގެ ތެރޭގައި އުޅެވޭހެން ހީވާންފެށުމުންނެވެ. އެއާއިއެކު ދެއަތުން ބޮލުގައި ހިފަހައްޓާލިއިރު ފުންނޭވާތަކެއް ލާންފެށިއެވެ.

“ހައިޒަލް… އާރޔޫ އޯލް ރައިޓް…” ނައިނާ ހައިޒަލްގެ މޫނާއި ދިމާލަށް ގުދުވެލައިގެން އޮވެ ވާހަކަަދެއްކިއެވެ. އެއާއިއެކު ނައިނާ ނުވިސްނާ ހުއްޓާ ހައިޒަލްގެ ނައިނާގެ އަތުގައި ހިފާ ދަމާލިގޮތުން އަރިއަޅައިލައިގެން އެނދުމައްޗަށް ޖެހުނެވެ. ނައިނާގެ އަނގައިން ބޭރުވި ތޫލި ހަޅޭކުގެ އަޑާއިއެކު ހަށިގަނޑު ސީދާވެގެން ދިޔައިރު ހައިޒަލް ފަހަތުން ނައިނާގެ ހަށިގަނޑުގައި އަތްވަށާލަމުން ނައިނާގެ ބުރަކަށީގައި މޫނު ޖައްސާލީއެވެ. އޭރު ހައިޒަލްގެ ހިތުގެ ތެޅުން ބާރުވެފައިވީވަރު އިހުސާސްކުރެވި ނައިނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ޖަހާލިއިރު ހާސްވެފައި ހައިޒަލްގެ ނަން ކިޔާލެވުނެވެ. އެވަގުތު ހައިޒަލްގެ ކަރުނައިގެ ފިނިކަން ނައިނާގެ ގަމީހުގެ ފެބްރިކްގެ ތެރެއިން އިހުސާސް ކުރެވިގެންދިޔައިރު ނައިނާ ހިނދުކޮޅަކަށް ހުއްޓުންއެރިއެވެ.

“ޑޯންޓް ލީވް މީ އެލޯން… އައިމް ސްކެއަރޑް…” ހައިޒަލްގެ އަޑުގައިވީ ބިރުވެރިކަމާއިއެކު ކުރެހިފައިވާ އަޑަކުން އެހެން ބުނެލީ މީހަކަށް ނީވޭހާ މަޑުމަޑުންނެވެ.

ހައިޒަލް މަރާލެވިފައިވާ ލޮލުގެ ކުރިމަތީ  ހުވަފެނުގެ މަންޒަރުންތައް ނިއުޅެމުންދިޔައީ ފްލޭޝްތަކެއް ފަދައިންނެވެ. ފުރާވަރު އުމުރަށް އެޅުނީއްސުރެ އެ ހުވަފެންތަކަކީ އޭނާގެ ދިރިއުޅުމުގެ އެއްބައިކަމުގައި ވެފައިވީނަމަވެސް އެ ހުވަފެން ފެނިގެން މިރޭ ހިތަށް ކުރިވަރުގެ އަސަރެއް ކުރި ރެއެއް އަދި ނާދެއެވެ. މިހާތަނަށް ފެނުނު ހުވަފެންތަކުގައި މަންޒަރު ފުސްކޮށް ފެންނައިރު މިރޭ ހައިޒަލްގެ ލޮލަށް މަންޒަރު ސިފަވީއިރު އެ މަންޒަރުތަށް ހިތަކުން ނުފޮހެވުނެވެ.

މަޑުމަޑުން ނައިނާ ވަށާލެވިފައިވާ ހައިޒަލްގެ އަތްދޫވެގެންދިޔައިރު ނައިނާ ދުރަށް ޖެހިލިއެވެ. އެއާއިއެކު ހައިޒަލްގެ ހަށިގަނޑު ހިފަހެއްޓުމެއްނެތި އެނދުމައްޗަށް ތިރިވިއިރު ނައިނާ މަޑުމަޑުން އެނދުން ފައިބާ ހައިޒަލްގެ ގައިމަތީ ކިލްޓް ފަތުރާލަދިނެވެ. އެއާއިއެކު ނައިނާ ދުރަށްޖެހިލަން އުޅުނުވަގުތު ނަޒަރު ހުއްޓުނީ ހައިޒަލްގެ އިނގިލިތަކާއި ލާމެހިފައިވާ އޭނަގެ އަތްތިލައަށެވެ. ނައިނާ ހައިޒަލްގެ އަތްތިލަމަތީ އަނެއް އަތްތިލަ ބާއްވާލަމުން ހައިޒަލްގެ މޫނަށް ނަޒަރުހުއްޓާލިއެވެ.

“ގޯޑް… ހީ ހޭޒް ގޯން ތްރޫ ސޯ މަޗް…” ނައިނާގެ ދުލުން އެބަސްތައް ބޭރުވިއިރު ނޭނގިހުއްޓާ އެ ރީތިލޮލުގެ ތެރެއަށް ކަރުނަތަށް ގިނަވެގަތެވެ. ހައިޒަލްގެ މި ހިތާމަވެރި ފަރާތް ފެނި ނައިނާ ހައިޒަލްއާއި ދެމެދު އެންމެ ފުރަތަމަ ދުވަހުއްސުރެ ދެކެމުން އައިގޮތް ބަދަލުވެގެންދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ.

ނައިނާ ފަތިސްވަންދެން ހައިޒަލް ގާތު ހޭލާ އިނުމަށްފަހު ހައިޒަލް ދޫކޮށްދިޔައީ އިރުއަރުމުގެ ނިޝާންތަށް ދުނިޔެމަތިން ފާޅުވާން ތައްޔާރުވަމުންދަނިކޮށެވެ.

******************

އިރުގެ އެންމެ ފަހު ދޯދިތައް ދުނިޔެއާއި އަލްވަދާއުކީއިރު އަލިފާން ކުލަތަކުން އުދަރެސް ފެވިގެންދިޔައެވެ. އަލިފާން ރޯކޮށްލައިފައިވާ ވިލާތަކުން އުޑުމަތި ޖަރީކޮށްލިއިރު ބިމަށް ވެރިކޮށްލި ރަންކުލަ އަޖައިބެއްހާ ރީއްޗެވެ. މަޑުމަޑުން ދުނިޔެ އަނދިރިކަމަށް ގެނބިގެންދިޔައިރު ނައިނާއާއި އާއި ޝަލީން ތިބީ ޕާރކް އެންމެ ގަސްތަށް ބޯ ދިމާލުގައި ބެހެއްޓިފައިވާ ބެންޗެއްގައި އިށީދެލައިގެންނެެވެ. މަޑުމަޑުން ބާރުވަމުން އައި ވައިރޯޅިތަކާއިއެކު މާހައުލުގައި ކޮފީގެ ދެވިހިފާފަދަ މީރުވަސް ހިފަމުންދިޔައެވެ.

ޝަލީން ހުއްޓުމެއްނެތި ވާހަކަދައްކަމުންދިޔައިރު ނައިނާ ހިޔާލަކަށް ގެއްލޭހެން ހީވެފައި ނައިނާގެ މޫނަށް ނަޒަރުހުއްޓާލިއެވެ. އޭރު ނައިނާ އިނގިލިތަކާއި ކުޅެލަކުޅެލައި އިންއިރު މޫނުމަތިން ފެނުނީ ކަމަކާއި ވިސްނާފަދަ ކުލަވަރެކެވެ. ޝަލީން އިރުކޮޅެއްވަންދެން އެ މޫނުމަތީގެ ކުލަތައް ދިރާސާކުރަން

އިނދެފައި ނައިނާއަށް ގޮވާލުމާއިއެކު ނައިނާ ބަލާލީ ސިހިފައިކަހަލަގޮތަކަށެވެ.

“ސިސް… ސުވާލެއްކޮށްލަންތަ؟” ނައިނާ ބުނެލުމާއިއެކު ޝަލީންގެ ފުރިހަމަ ސަމާލުކަން ނައިނާއަށް ހުއްޓުނެވެ.

“ހުވަފެނުގައި ކުރީގެ ފްލޭޝްބެކްސް ފެންނަނީ އަސްލު ކިހިނެތްވެގެންތަ؟ ޔޫ ނޯރ ލައިކް މޫވީސްގައި ފެންނަގޮތަށް…” ނައިނާ ސުވާލުކުރިއިރު ހަނދާންވީ ހައިޒަލް މަތިންނެވެ. ކޮންމެވެސް ސަބަބަކާއިހެދި އަދިވެސް ހައިޒަލް ނިދީގައި ތަހައްމަލުކުރި އުނދަގޫ އޭނާގެ ހިތަށް އުނދަގޫކުރެެއެވެ. އެ ހިޔާލު ރޭގަނޑުގެ ނިދިން މަހުރޫމްކުރާއިރު ހައިޒަލްއާއިމެދު ވިސްނަން މަޖުބޫރުކުރެއެވެ. ހައިޒަލްއަށް އެހީވާން ހިތް އެދިގޮވާއިރު ހައިޒަލް ފޮރުވާ ހަގީގަތް ހޯދުމުގެ ޝައުގުވެރިކަން ހިތުގައި ހިނގާލައިފިއެވެ.

ނައިނާގެ ސުވާލާއިއެކު ޝަލީން ނައިނާގެ މޫނަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. ނައިނާ އެފަދަކަމެއް އޮޅުން ފިލުވަން ބޭނުންވާ ސަބަބު އިނގެންބޭނުންވެފައިވާކަމުގެ ނަޒަރަކުންނެވެ.

“ނައި ތެދަށް ބުނެބަލަ… ނައި މަންމަމެންގެ އެކްސިޑެންޓްގެ ޓްރައުމަރ ނައިއަށް އުނދަގޫކުރަނީތަ؟” ޝަލީން ނައިނާގެ މޫނަށް ނަޒަރުހުއްޓާލަމުން ސުވާލުކޮށްލިއިރު އެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރެވެ. ނައިނާއާއި މެދު ވިސްނާވަރު އެކަމުންވެސްވީ ހާމައަށެވެ.

މީގެ 5 އަހަރުކުރިިން ޝަލީންއާއި ނައިނާ ދިމާވީ ނައިނާ މަންމަމެންގެ ކުއްލި މަރުން ނައިނާއަށް ނަފްސާނީ ގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައި ހުރި ދުވަސްކޮޅެވެ. މައިންބަފައިންގެ މަރުން ލިބުނު ޝޮކްގައި ވަރަށް ނާޒުކް ފައްތަރެއްގައި ނައިނާ ހުރިއިރު ނައިނާ ތަހައްމަލްކުރި ވޭންތައް އެންމެ ގާތުން ޝަލީން ދެކުނުއިރު ޝަލީންގެ އެހީތެރިކަން އެދުވަސްކޮޅު ނައިނާއަށް އިންތިހާއަށް ލިބިގެންދިޔައިރު އެދެމެދުގައި ވަރުގަދަ ގުޅުމެއް އުފެދިގެންދިޔައެވެ. އޭގެފަހުން މިވީހާތަނަށްވެސް ނައިނާގެ އިހުސާސްތަށް ދެނެގަތުމުގައި ޝަލީން ކާމިޔާބުކޮށްފައިވެއެވެ.

އެތަށް ދުވަސްތަކަކަށްފަހު ނައިނާ ހިތާމަތަކުން ހިންދެމިލިއިރު ފަސްއަހަރުފަހުން ނައިނާ އެވޭންތައް ތަހައްމަލުކުރުމަކީ ޝަލީން ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ. އޭނަ އަބަދުވެސް ބޭނުންވަނީ ނައިނާ ހިނިތުންވެފައި ހުރުމެވެ. އުފާވެރި ކުއްޖެއްގެ ގޮތުގައި ނައިނާ ފެނުމެވެ.

“ނޫން… ސިސް ހާސްނުވެބަލަ… އައިމް ޓޯޓަލީ ފައިންއޭ… ދެން ބުނެބަަލަ…” ނައިނާ ޝަލީންއަށް ޔަގީންކަން ދިނުމުގެ ގޮތުން ހިނިތުންވެލިއެވެ.

“ގިނަ ފަހަރު ހުވަފެނުގައި ފްލޭޝްބެކްސް ފެންނާނީ ވަރަށް އޯވްފުލް އިވެންޓެއް ގޯތްރޫކޮށްފައި ހުރީމަ… އެފަދަ ކަމަކުން ލިބޭ ވޭން ވަރަށް ގިނަ ދުވަހަށް ދެމިގެންދާނެ… އެ ހަނދާންތައް އަބަދުވެސް  ސިކުނޑިއަށް އުނދަގޫކުރާނެ.. ބައެއްފަހަރު ޝޮކްލިބި ހަނދާންތައް ފުހެވިގެންދިޔަޔަސް ދުވަސްވާވަރަކަށް ކޮންމެވެސް ސިފައެއްގައި އެ ހަނދާންތައް ތިމާއަށް އުނދަގޫކުރާނެ… ނިދީގައި އެ މަންޒަރުތަށް ފެންނަންފަށާނެ… ތިމާގެ އުޅުމާއި މިޒާޖަށް ބަަދަލުތަކެއް އަންނާނެ… އެކި މީހުން މި އިހުސާސްތަށް ކުރެވޭނީ އެކިވަރަށް… މީގެ އެންމެ ސީރިޔަސް ސްޓޭޖްގައި މީހާ ޑިޕްރެސްވެ، އަމިއްލަ ނަފްސުދެކެ ފޫހިވާގޮތްވޭ… މި ހާލަތަށް ކިޔަނީ ޕީ.ޓީ.އެސް.ޑީ(ޕޯސްްޓް ޓްރައުމެޑިކް ޑިސްއޯރޑަރ)….” ޝަލީން ވާހަކަދައްކަމުންދިޔައިރު ނައިނާގެ ލޮލަށް ކަރުނަ ގިނަވާގޮތްވީ ހައިޒަލް ކަނޑައްތުކޮށްފައިވާ ވޭންތައް ކޮންމެވެސް ވަރަކަށް އިހުސާސްކުރެވިފައެވެ. ރޭގަނޑުގެ ނިންޖަކީ އެންމެންނަށް އަރާމްއަކަށް ވާއިރު ހައިޒަލްއަށް އެ ނިދިވެފައިވަނީ ވޭނަކަކަން އިހުސާސްވިއިރު ނައިނާގެ ހިތުގައި ރިއްސާލިއެވެ. ކިތަންމެ ރެއަކު އެކަނިހާލުގައި އޮވެ ހައިޒަލް ނިދީގައި ހާދަވަރަކަށް ތެޅިފޮޅޭނެއެވެ. އެތައް ރެއެއްގެ ނިދިން މަހްރޫމްވެ ހާދަ ވޭނެއް ތަހައްމަލްކުރާނެއެވެ. އޭނަ ހައިޒަލްއަށް އެހީވާން ބޭނުމެވެ. އެ ގިލަންވެރިކަމަށް ނިމުމެއް ގެންނަ ބޭނުމެވެ. ހައިޒަލްގެ އެކަނިވެރި ހަޔާތުގައި ހުޅުކޮޅެއް ދިއްލާދީ އެ ހަޔާތް ރޯޝަންކޮށްލަދޭން އޭނަ ބޭނުންވެއެވެ.

**************************

ފުދޭވަރަކަށް ހޫނުގަދަ ދުވަހެކެވެ. އިރުގެ އެންމެ ދިލަ އަލި ދުނިޔެމައްޗަށް އަތްގަދަކުރަން ފެށިއިރު ފަޒާގައިވީ ފިނިކަން މަޑުމަޑުން ކެނޑެންފެށިއެވެ. އިރުގެ ރަންއަލިން މުޅި ދުނިޔެމައްޗާއި ފަޒާ ރޯޝަން ކުރިއިރު ދޭހަށް ވެރިކޮށްލުވި ކުލަ އަޖައިބެއްހާ ނަލައެވެ.

ނައިނާ ކެބިންގެ މޭޒުކައިރީ އިންއިރު އޭނާގެ ނަޒަރު ހުއްޓިފައިވީ ހައިޒަލްގެ ކެބިންއަށެވެ. ތުނި ބިއްލޫރިގަނޑަކުން ދެކެބިން ވަކިކޮށްފައިވާއިރު ބްލައިންޑަރސްތަށް ހިއްލާލައިފައިވުމުން ހައިޒަލްގެ ކެބިންގެ މަންޒަރު އެތާ އިންނައިރު ނުހަނު ރީއްޗަށް ފެނެއެވެ. ޗޮކްލެޓްކުލައިގެ އެކްޒެޓިވް ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން ހައިޒަލް އިންއިރު އަޅިކުލައިގެ ގަމިހާއި ފަޓްލޫނުގައި ފެންނަލެއް ކިތަންމެހާވެސް ފުރިހަމައެވެ. ކޯޓް ގަޔާއި ވަކިކޮށްލައިގެން އިންއިރު ގަޔަށް ހިފިފައިވާ އަޅިކުލައިގެ ގަމީހުގެ ތެރެއިން ކަސްރަތީ ރީތި ހަށިގަނޑުގެ ފުރިހަމަކަން ހާމަވެއެވެ. އުޅަބޮއްޓާއިހަމަޔަށް އަތުކުރި އޮޅާލައިފައިވާއިރު ގޮނޑީގައި އަތްވިއްދައިލައިގެން އިންގޮތުން އެ ވަރުގަދަ މުލައްދަނޑީގެ ރީތިކަންވީ ހާމައަށެވެ.

ހައިޒަލް ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން ލޯ މަރައިލައިގެން އޮތް އިރު ކަމަކާއި ވިސްނަމުންދާހެން ހީވެއެވެ. އަބަދު ހިނިތުންވުމެއްގެ އަސަރު ފެންނަ މޫނުން މިއަދު ފެންނަ ކުލަވަރު ތަފާތެވެ. ނައިނާ އިރުކޮޅެއްވަންދެން ހައިޒަލްގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިންއިރު ހައިޒަލްގެ ހިމޭންކަމުން ކިތަންމެ ވަރަކަށްވެސް ހިތަށް އުނދަގޫވިއެވެ. ކޮންމެ ދުވަހަކު ހައިޒަލްއާއި އަރާރުން ވަމުންގޮސް ނޭނގިހުއްޓާ އެއަރާރުުންވުންތައް އޭނަގެ ދިރިއުޅުމުގެ ބައެއްކަމުގައިވެގެންގޮސްފިއެވެ. އެކަމަށް ނައިނާ އާދަވެގެންދިޔައިރު މިއަދު އެދެމެދަށް ވެރިވެފައިވީ ހިމޭންކަމުގެ ސަބަބުން ހަށިގަނޑުން ބައެއް މަދުވެފައިވާހެން ހީވެއެވެ. އެރޭގެ ފަހުން އެދެމެދަށް ވެރިވެފައިވާ ނުތަނަވަސްކަމުން ނައިނާގެ ހިތަށް ނޭނގޭ ވޭނެއް ލިބެނީ ކީއްވެގެންކަމެއް ނޭނގެއެވެ. އެރޭ އެދެމެދުގައި ހިނގައިދިޔަ ގާތްކަމަށްފަހު އޭނާއަށް ހައިޒަލްއަށް މެދު ވިސްނެން ފަށައިފިއެވެ

ނައިނާ މަޑުހިނގުމެއްގައި ކެބިންއިން ނިކުމެގެން އައިސް ހައިޒަލްގެ ކެބިން ދޮރުގައި ޓަކިދިނެވެ. އެވަގުތު ހައިޒަލް އެތެރެއިން ވަންނާށޭ ބުނެލުމާއިއެކު ނައިނާ ދޮރުހުޅުވާލަމުން ކެބިންތެރެއަށްވަނެވެ.

ބިއްލޫރި ބިތްކައިރީ ބަހައްޓާލެވިފައިވާ އޮފުއަރަމުންދިޔަ ރޯޒްވުޑް މޭޒެއް ކައިރީގައި ހައިޒަލް އިންއިރު އޭނާގެ ފުރިހަމަ ސަމާލުކަން ދެވިފައިވަނީ އަތުގައި އޮތް ފައިލްއަށެވެ. ނައިނާ އައުމުންވެސް ފައިލްއިން ނަޒަރުވަކިކޮށްނުލާ އިންގޮތުން ނައިނާގެ މޫނަށް ނުބަލަން ހުވާކޮށްގެން އިންހެން ހީވިއެވެ.

“ސަރ… ޒިޔާން ސަރ ހަވާލުކުރި ފައިލްއެއް…” ނައިނާ ހައިޒަލް އިން މޭޒާއި ކައިރިވެލުމަށްފަހު އޭނަ ގެނައި ފައިލް މޭޒުމަތީ ބާއްވާލިއެވެ. އެވަގުތުވެސް ނައިނާގެ ނަޒަރު ހައިޒަލްގެ މޫނަށް ހުއްޓުނީ ހައިޒަލް އެންމެ ފަހަރަކު ނަމަވެސް އޭނާއަށް ބަލާލާނެކަމަށް އުއްމީދުކުރެވުނުވަރުންނެވެ. ހައިޒަލް އަޅާލުމެއްނެތި އިންގޮތުން ނައިނާ މާޔޫސްވީއިރު ހިތަށް ކުޑަކޮށް ތަސައްލީއެއް ލިބުނީ ހައިޒަލް ކުލަފަޑުވެފައިވާ މޫނުގެ ކުލަ މިއަދު ތަންކޮޅެއް އުޖާލާވެފައިވާކަން ފާހަގަކުރެވިފައެވެ. އެއާއިއެކު އެ ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިވިއެވެ.

ނައިނާ އިސްޖަހާލަމުން ދުރަށް ހިނގައިގަތްއިރު ހައިޒަލް ގޮވާލުމާއިއެކު ފިޔަވަޅުތަކަށް ހުއްޓުމެއްއައެވެ. އެއާއިއެކު އަޑުވެސް ކަރުތެރޭ ތާށިވެގެންދިޔަފަދަ އިހުސާސެއްކުރެވުނެވެ.

“ނައިނާ…” ހައިޒަލް އަޑުން ފުރަތަމަ ފަހަރަށް އޭނާގެ ނަންކިޔާލި އަޑުއިވިފައި ތުންފަތަށް ރީތި ހިނިތުންވުމެއްވެރިވިއިރު ހިތަށް ލިބުނު އުފާ ބަޔާންކޮށްދޭނޭ ގޮތެއް ނޭނގުނެވެ.

ނައިނާ އެނބުރި ބަލާލީ އެންމެ ރީތި ހިނިތުންވުމާއިއެކުގައެވެ. އޭރު ހައިޒަލްގެ ނަޒަރު ނައިނާއާއި އަމާޒުވެފައިވީގޮތުން ނައިނާ ފިނިވާގޮތްވިއެވެ. އެހެންދުވަސްތަކާއި ހިލާފަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ތަފާތު ނަޒަރަކުންނެވެ. ހައިޒަލްގެ ލޮލުން މިއަދު ފެނިލި އަސަރުން ނައިނާ އުއްކޮޅެއްފަދައިން ވިރިގެން ހިނގައިދާނެހެން ހީވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 44

Next

މާޒީ (ތިންވަނަބައި)

Next
April 11, 2019

މާޒީ (ތިންވަނަބައި)

Previews
April 11, 2019

ވިންދޭ ލޯބި ތީ އެދޭ 44

29 Comments!

  1. strange girl says:
    April 11, 2019 at 10:20 pm

    wow varah salhi…..eagerly waiing for nxt part…btw ibarai kurun mi vaahaka ga hama ehvana

    1. dhiraa wish says:
      April 12, 2019 at 7:09 am

      thnks

  2. Ehkala kaleyge says:
    April 11, 2019 at 10:51 pm

    Wooow… hyvany Hama film eh Tere ulhevey hn…v kamudhey..hehe..wn next prt???

    1. dhiraa wish says:
      May 14, 2019 at 10:04 pm

      thnku.. insha allah v avahah

  3. Shaiko says:
    April 12, 2019 at 12:02 am

    I heekuree avas news website ga jehi vaahaka kama mee. Alun mi site ga genesdhenee kamah. Same name ineema ehen heevee. Kiyaaleema engijje thafaathukan.

    1. dhiraa wish says:
      May 14, 2019 at 10:05 pm

      ????

  4. jiji says:
    April 12, 2019 at 6:54 am

    Story is just fabulous???…mi part vec v v reethi..dhiraa…Thanks for bringing a beautiful story like this..It’s makes happy..hehe…pleeezu upload next part soon ngeyyy…..luv ya???May God bless u

    1. jiji says:
      April 12, 2019 at 6:58 am

      N one more thing That I forgot to say , cover pic v v salhi nge..I just luv it!!!???

    2. dhiraa wish says:
      April 12, 2019 at 7:12 am

      thnkx

  5. ❤❤juliet❤❤ says:
    April 12, 2019 at 7:22 am

    Kn irakun next prt???

    1. dhiraa wish says:
      April 12, 2019 at 12:50 pm

      insha allah v avahah

  6. shara says:
    April 12, 2019 at 8:32 am

    Reyga v try kurin comment post kurevey thoa,, hama eh gothakah vx nuvi,,? net work problems eh ulhey thy, anyway, v reethi mi prt vx,, keep it dear,, god bless u ???

    1. dhiraa wish says:
      April 12, 2019 at 12:50 pm

      thnks

  7. Koo says:
    April 12, 2019 at 8:39 am

    Vvvvv riithi mi part vx Dhiraaa ❤️❤️❤️❤️

    1. dhiraa wish says:
      April 12, 2019 at 12:51 pm

      thnks

  8. Daisy girl says:
    April 12, 2019 at 9:32 am

    Aah theriy!!! Va Va nalaey ???????Hama Habeys ?????naina is in luv with haizal rom kan!!! ????

    1. dhiraa wish says:
      April 12, 2019 at 12:52 pm

      hehehehe

  9. Koo says:
    April 12, 2019 at 3:15 pm

    Hehe Dhiraa when nxt part?? Koo bunii miulhey Laalu mn Kobaa hey.. Koo thimiihun mathin miss vey eba❤️❤️❤️

    1. dhiraa wish says:
      April 12, 2019 at 7:52 pm

      insha allah v avahah. miss u too.. googlega gahaalaa laalu men kobaithww

  10. Findhu says:
    April 12, 2019 at 3:43 pm

    Avahah genes dhehchey pls pls pls

    1. dhiraa wish says:
      April 12, 2019 at 7:53 pm

      insha allah

  11. Pari says:
    April 13, 2019 at 11:47 pm

    Koba 14 vana bai, hoadha hoadha nufenunu

    1. dhira wish says:
      April 14, 2019 at 1:44 am

      pari cover pic ge thireega in dhirage name ah click kohlaa eyrun hurihaa parts eh fenigen dhaane… sorry for the late reply

  12. hasnain says:
    April 14, 2019 at 8:17 am

    wow nice story .beautiful

    1. dhiraa wish says:
      April 20, 2019 at 9:55 pm

      thnks

  13. faisu says:
    April 14, 2019 at 8:19 am

    wow nice story .beautiful wonderful

    1. dhiraa wish says:
      April 20, 2019 at 9:53 pm

      thnks

  14. faisu says:
    April 14, 2019 at 8:19 am

    very nice. wonderful

    1. dhiraa wish says:
      April 20, 2019 at 10:08 pm

      thnkx

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 16←


All Right Reserved!