Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް (ދެވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
November 16, 2019 8 Mins Read
22 Comments

ނިދިފައި އޮތް ނައިޒަކް އަށް ހޭލެވުނީ އޭނާގެ ކޮޓަރީގައި ޓަކި ޖަހާ އަޑަށެވެ. ނަމަވެސް ނައިޒަކް އަށް ރަނގަޅަކަށް ދެލޮލެއް ނުހުޅުވުނެވެ. ދެލޯ އެއްކޮށް ތަތްލާފައިވާ ކަހަލައެވެ. ގަދަކަމުންވެސް ނައިޒަކް ދެލޯ ހުޅުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އެއިން ކޮންމެ ފަހަރަކު ނައިޒަކްގެ ދެލޮލަށް ތަދުވެއެވެ. ނައިޒަކް މަޑުމަޑުން އަތް ގެންގޮސް ސައިޑް ޓޭބަލް މަތީގައި އިން ފެންޖަގުގައި ހިފެހެއްޓިއެވެ. އަދި މަޑުމަޑުން އޭތި ގާތަށް ގެނެސް ނައިޒަކް އޭގެން ފެންފޮދެއް އަތުގައި ހައިކައިލުމަށްފަހު ދެލޮލުގައި ރަނގަޅަށް ފެން ހޭކިއެވެ. ނަޞީބަކުން މިފަހަރު ނައިޒަކް އަށް ދެލޯ ހުޅުވައިލެވުނެވެ. އެއީ ކޮންމެ ފަހަރަކުވެސް ނައިޒަކް ނިދާ ހޭލާއިރު ވާ ގޮތެކެވެ. މީގެ ކުރިން ނައިޒަކް ދެލޮލުގައި ފެން އުނގުޅުމަށްފަހުގައި ނޫނީ ނުނިދާނެއެވެ. ނަމަވެސް މިއަދު މާބޮޑަށް ވަރުބަލިވެފައި ހުރުމުގެ ސަބަބުން ނައިޒަކް އަށް އެކަން ކުރަންވެސް ހަނދާންނެތުނީއެވެ. “ޒެކް..ޒެކް.” ޝިވާންގެ އަޑު ކަންފަތުގައި ޖެހުމުން ނައިޒަކް ފެންޖަގު ސައިޑްޓޭބަލް މަތީގައި ބެހެއްޓުމަށްފަހު އެނދުން ތެދުވެލިއެވެ. “އެބަ ހުޅުވަން އިރުކޮޅަކުން.” ނިދިބަރު އަޑަކުން ނައިޒަކް އެހެން ބުނެ އަލަމާރިން ތުވާއްޔެއް ނަގައިގެން ފާޚާނާއަށް ވަނެވެ. ފެންވަރައިގެން ނުކުތްތަނުން ޢަޞްރު ނަމާދަށް ބަންގި ގޮވަން ފަށައިފިއެވެ. ނައިޒަކް އަނެއްކާވެސް ފާޚާނާއަށްވަދެ ވުޟޫކޮށްލައިގެން ނުކުމެ ނަމާދުކުރުމައިގެން އަވަސްވެގަތެވެ.

ނަމާދުކޮށް ނިންމައިގެން ނައިޒަކް އަލަމާރިން ގޭގައި އުޅޭއިރު ލާކަހަލަ އާދައިގެ ޓީޝާޓެއް ނެގިއެވެ. އަދި ގަމީސް ބައިލައި ކޮނޑުގައި އެޅުވުމަށްފަހު ނައިޒަކް އެ ޓީޝާޓް ބޮލުން ވައްޓައި ގަޔަށް މަހައިލިއެވެ. ރަތްކުލައިގެ ޓީޝާޓާއި ނައިޒަކްގެ ދޮން ހަންގަނޑާއި ނުހަނު ގުޅެއެވެ. ނައިޒަކް ކުޑަގޮތަކަށް ތައްޔާރުވެލައިގެން ކޮޓަރީގެ ސްވިޗްތަށް ނިއްވައިލުމަށްފަހު ކޮޓަރިން ނުކުތެވެ. އޭރު ޝިވާން ސޯފާގައި ޓީވީ ބަލަން އިން މަންޒަރު ނައިޒަކް އަށް ފެނުނެވެ. “ޝިއްބޭ ކިހިނެތްވީ މާވަރަކަށް ގޮވީ؟” ސިޑިން ފައިބަމުން ނައިޒަކް އެހިއެވެ. އޭރު ޓީވީގެ ސްކްރީނަށް ގެއްލިފައި އިން ޝިވާން ނައިޒަކް އާއި ދިމާލަށް ބަލައިލިއެވެ. “ހެހެ.. ތުއްތަ ބުނިވިއްޔަ ޒެކް މިއަދު އައި ވާހަކަ. އެހެންވެ ހަމަ ޒެކް ދެކިލާހިތުން އޮފީހުން އައިއްސަ އެހާވަރަކަށް ގޮވީ.” ނައިޒަކް ޝިވާން ގާތުގައި ސޯފާގައި އިށީނުމުން ޝިވާން ބުންޏެވެ. “އެ ގަޑީގަ ނިދިފަ އޮތީ. ޝިއްބެ ޓަކިޖެހި އަޑަށް ހަމަ ހޭލެވުނީ. ދެން ތެދުވެ ނަމާދުކޮށްލައިގެން މި ނުކުތީ.” ނައިޒަކް ބުންޏެވެ. “ހްމްމް. ވަރަށް ރަނގަޅު. ނަމާދަށްވުރެ މުހިންމު އެއްވެސް ކަމެއް އޮވެގެން ނުވާނެ. އަބަދުވެސް ނަމާދަށް ސަމާލުކަން ދޭން ވާނެ. ޝިއްބެވެސް ނައިޒަކް އަށް ގޮވާފަ ދިޔައީ ބަންގި ގޮވަން އުޅޭތީވެ ނަމާދަށް ތައްޔާރުވާން.” ޝިވާން އަބަދުވެސް ދޭ ނަޞޭޙަތް ނައިޒަކް އަށް ދިނެވެ. ޝިވާންގެ ނަޒަރުގައި ނައިޒަކް އަކީ އޭނާގެ ދަރިއެއްފަދަ ކުއްޖެކެވެ. ނައިޒަކްގެ ހިތުން ޝިވާންއަށްވެސް ޚާއްޞަ ޖާގައެއް ދެވިފައިވެއެވެ. ކުޑަމިނުން ބައްޕައެއްގެ މަޤާމު އޭނާގެ ހިތުން ޝިވާންއަށް ދެވިފައިވެއެވެ. ނައިޒަކްގެ އުމުރުން އެންމެ ސާދަ އަހަރުގައި އޭނާގެ ތުއްތަ ޝިވާންއާއި ކައިވެނި ކުރިއެވެ. ޝިވާން އެ އާއިލާއާއި ގުޅުނު ފަހުން އަބަދުވެސް ނައިޒަކް އާއި އެކީ ވަގުތު ހޭދަކުރެއެވެ. ނައިޒަކް ޓިއުޝަންއަށް ދާ ވަގުތުތަކުގައި އުޝާ ނޫނީ ރިޝާނާ އާއި އެކީގައި ޝިވާން ވަގުތު ހޭދަކުރެއެވެ.

ނައިޒަކް އާއި ޝިވާން ފޯރީގައި ވާހަކަދައްކަން ތިއްބައި މެދުކަނޑައިލަން ޖެހުނީ މަތިން އާރިޝްގެ އަޑު އިވުމުންނެވެ. “މަ ދުނިޔޭގާ ނެތީވިއްޔާ.. ކަލާޔަށް އަލްވަދާޢް ކިއްޔާ.. ކުރާނީ ކީއްހެ ޔާރާ ދެން.. ބުނާށޭ ލޯބިވާ…” ގަމީހުގެ އަތުކުރީ ގޮށް އަޅުވަމުން އާރިޝްއަށް ސިޑިން ފޭބުނީވެސް ލަވައެއް ކިޔަމުންނެވެ. “ކުރާނެ ކަމަކީ ތި ޓިކްޓޮކް އަންއިންސްޓޯލް ކޮށްލާނީ.” ނައިޒަކް އެއިންގޮތަށް އިނދެ އާރިޝްއާއި ދިމާލަށް ބަލައިވެސްނުލައި ބުންޏެވެ. “މިއުޅޭ ޒެކް އެއް ދޯ.. ޓިކްޓޮކް އަންއިންސްޓޯލް ކޮށްލީމަ އެ ދިޔައީ ތިއްތިބެގެ ހިތުގެ އެއްފަޅިއެއްނު.” ހިތާއި ދިމާލުން މޭގައި އަތްއަޅަމުން އާރިޝް ބުންޏެވެ. އާރިޝް އެހެން ބުނި ރާގުން ޝިވާންއަށް ހެވުނެވެ. ނައިޒަކްއަށްވެސް ޖެހުނީ ހުނުން ކޮންޓްރޯލް ކޮށްލާށެވެ. އެހެނަސް ދެންވެސް ރުޅިއަންނަކަމަށް ހެދެމުން ނައިޒަކް ދެއަތް އުރައިލިއެވެ. “ތިއްތިބެ ނަމާދުކޮށްފިންތަ؟” ނައިޒަކް ސުވާލުކުރުމުން އާރިޝް ބޮލުގައި އަތްފުނާއަޅަމުން ގޭގެ ބޮޑުދޮރާއި ދިމާލަށް ހިނގައިގަތެވެ. “މި ދަނީ މިސްކިތަށް ދާން.. މައުލާޔަ ޞައްލި ވަސައްލިމަ ދާއިމަން އަބަދަން އަޢްލާ ޙަބީބިކަ ޚައިރިލް ޚަލްޤި ކުއްލިހިމި.” އާރިޝް ގެއިން ނުކުމެގެން ދިޔައީ ޢަރަބި މަދަޙައެއް ކިޔަމުންނެވެ. ނައިޒަކް އާއި ޝިވާން ދެފަރާތަށް ބޯހޫރުވައިފައި ހެވައިގަތެވެ. “ހަމަ ރަނގަޅަށް ދެވި ހިފާފަ އެހުރީ. ނަޞީބެއްނު އެވަރުންވެސް ނަމާދުކުރާކަން.” ޝިވާން ހުނުން ކޮންޓްރޯލް ކުރަމުން ބުންޏެވެ.

“ޝިވާން ހިނގާ ކާން.” ކޮޓަރިން ނުކުމެ ސިޑިން ފައިބަމުން މުނީޝާ ބުންޏެވެ. “ކައިގެން އައީ. ދެން ނެތް އިތުރަށް ކާހިތެއް.” ޓީވީ ސްކްރީނަށް ބަލަހައްޓައިގެން އިނދެ ޝިވާން ބުންޏެވެ. “ޝިއްބެވެސް މިހާރު ހާދަވަރަކަށް ސްޓާޕްލަސް ބަލަނީ.” ނައިޒަކް އަށް ކަމެއް ފާހަގަކުރެވުނު ފަދައަކުން ބުންޏެވެ. “އާނ.. ތުއްތަވެސް ބަލާތީ ދެން ޝިއްބެއަށްވެސް ބެލެނީ.” ބޮލުގެ ފުއްކިބައިގައި އަތް ހައިކައިލަމުން ޝިވާން ބުންޏެވެ. “ހްމްމް.. މިހާރު ތި ބަލާ މެޗުތަކެއް ނުބެލޭނެ.” މުނީޝާ ޝިވާން ގާތުގައި އިށީންނަމުން ބުންޏެވެ. “ހެހެހެ.. މުނީ ތިހެން ބުންޏަސް އަހަރެން ފޯނުން ބަލަމޭ. މިހާރުވެސް ޕްރީމިއަރ ލީގުން މެންޗެސްޓަރ ޔުނައިޓެދް ކުރި ހޯދާފަ އޮތީ.” ޝިވާން ރާގަކަށް އެހެން ބުނުމުން އެއީ މުނީޝާއަށް ޖެއްސުމަށް ބުނި ވާހަކައެއްކަން ނައިޒަކްއަށް އެނގުނެވެ. ނައިޒަކް ވެސް ބޭނުންވީ އަދި އިތުރަށް މުނީޝާ ރުޅި އަރުވައިލުމަށްޓަކައި ޝިވާންގެ ވާހަކައިގައި ބައިވެރިވާށެވެ. “ޝިއްބޭ… އަހަރެން އަޑުއެހިން އީޑެން ހަޒާޑް ޗެލްސީއިން ވަކިކުރާ ވާހަކަ. އެއީ ތެދެއްތަ؟” ޝިވާންގެ ކޮނޑުގައި ޖަހައިލަމުން ނައިޒަކް އެހިއެވެ. “ތިއެއް ނޭނގެ އަލަ…” ޝިވާންގެ ވާހަކަ އެހިސާބުން މެދުކެނޑުނެވެ. “ހޫނ.. ހޫނ.. ތި މެޗެއްގެ ވާހަކަ ދައްކާނީ ދެން އެހެން އެހެން ގަޑިއެއްގަ. މިހާރަކު ނޫން. ވަރަށް ފޫހިކުރައްވާފަ މީނީ.” ޓީވީ ރިމޯޓު ނަގައި ޗެނަލް ބަދަލުކޮށްލަމުން މުނީޝާ ބުންޏެވެ. “އޭތް އޭތް އެއޮތް ރީތި ޑްރާމާ ދައްކަނިކޮށް ތި ބަދަލުކުރީ.. ގެނޭ.” ޝިވާން ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ. “އުހުނ. މަ ވަރަށް ފޫހިކުރައްވާ ޑްރާމާއެއް އެއީ.. ހަހް. ދިވްޔަ ޑްރިޝްޓީ އެކޯ. އެއްވެސް އަސްލެއް ނެތް ޑްރާމާއެއްނު. ދެން ކީއްކުރަން؟” ކަންތައްގަނޑު ފެށުނީ އެހިސާބުންނެވެ. ޝިވާން އުޅުނީ މުނީޝާގެ އަތުން ރިމޯޓު އަތުލާށެވެ. ނަމަވެސް މުނީޝާ އެއަށްވުރެ މާ ޚުޝިޔާރެވެ. ޝިވާން އަތް ގެންދާ ކޮޅު ނޫން އަނެއްކޮޅަށް މުނީޝާ އޭނާގެ އަތް ގެންދެއެވެ. ދެމީހުން ރިމޯޓާއި ހިފަމުން ދިޔައިރު ހީވަނީ ދެކުޑަކުދިން ހިފާހެންނެވެ.

“އަޅެ ތީ ކުޑަކުދިންތަ ރިމޯޓާ ހިފަން؟” އާރިޝް ގޭތެރެއަށް ވަދެ ފެނުނު މަންޒަރަކުން ބޮލަށް އުނދަގޫވިވަރުން ބުންޏެވެ. މުނީޝާ އާއި ޝިވާން އެއްތަން ވެއްޖެއްޔާ އަބަދުވެސް ދެމަފިރިން ކޮންމެވެސް ކޫސަނި ކަމަކާ ހިފާނެއެވެ. މުޅި ގޭތެރޭގައި ހަރުލައިފައިވަނީ އެ ދެމަފިރިންގެ ހުނުމުގެ އަޑެވެ. އާރިޝް ޚުޝިޔާރު ކަމާއިއެކު ގޮސް މުނީޝާގެ އަތުން ރިމޯޓު އަތުލިއެވެ. “ދެން ތިއްތިބޭ.” ފަހުއަކުރަށް ދަމައިލަމުން މުނީޝާ އާރިޝްއަށް ގޮވައިލިއެވެ. “އުހުނ.. ތި ދެމީހުން ހިފަންޏަކާމުން މި ރިމޯޓެއް ނުލިބޭނެ.” އާރިޝް އެހެން ބުނެ ޓީވީ ނިއްވައިލިއެވެ. އަދި ރެކްމަތީގައި ރިމޯޓު ބޭއްވުމަށްފަހު ވަކިން ހުރި ސޯފާއެއްގައި އިށީނެވެ. އެހާހިސާބުން އަނެއްކާ އަނެއް ކަންތައް ފެށުނީއެވެ. ނައިޒަކް އިނީ ރުޅިމޫނު ހަދައިގެންނެެވެ. ޝިވާން އާއި މުނީޝާ ބަލި ޤަބޫލުކޮށް ދެމީހުންވެސް ދިޔައީ ކޮޓަރިއަށެވެ.

އާރިޝް އޭނާގެ ޖީބުން ފޯނު ނެގިގޮތަށް އޭނާގެ ހިތުގެ ވިންދު ކަމުގައިވާ ޓިކްޓޮކް ހުޅުވައިލިއެވެ. “އޯ ކަރަމް ޚުދާޔާ ހޭ.. ތުޖެ މުޖްސެ މިލާޔާ ހޭ.. ތުޖްޕޭ މަރްކޭހީތޯ…” ނައިޒަކް އައި ރުޅިން ސޯފާއިން ތެދުވެ އާރިޝްގެ ފޯނު އަތުލިއެވެ. އަދި އެއަށްފަހު ފޯން ލޮކްކޮށްލިއެވެ. “ޕިސް ޕިސް.. ޒެކް އަށް ހާދަ އަސަރެކޭ ތި ކުރަނީ.. ޒެކް އިންސްޓާ ހުޅުވައިގެން އިންނައިރު ތިއްތިބެ ޒެކްގެ ފޯނެއް އަތެއްނުލަމެއްނު. ގިވް މީ މައި ފޯން ޒެކް.” ފޯނަށް އިޝާރާތް ކުރަމުން އާރިޝް ބުންޏެވެ. “ގޮތެއްގެ މަތިން ފޯނު ދެވޭނީ.” ނައިޒަކް އަތް ފުރަގަހަށް ލަމުން ބުންޏެވެ. “ކޮން ގޮތެއް؟” އާރިޝް އޭނާގެ އަތް ތިރިކޮށް ސޯފާގެ އަތްގަނޑުގައި އަތް ބާއްވަމުން އެހިއެވެ. “އަހަރެން އިންނަ ތަނެއްގަ މީގެ އަޑުވެސް އިވިގެން ދެން ނުވާނެ. ހުވާ މިބުނީ ބޮލަށް ނުކުޅަދާނަވާވަރުވޭ ވިއްޔަ.” ނައިޒަކް އެހެން ބުނުމުން އާރިޝް ކަޅި މައްޗަށް ހިންގައިލިއެވެ. “ދެން އަބަދު ކޮޓަރީގައެއް ނޯވެވޭނެ ދޯ. ހެޑްސެޓެއްވެސް ނެތޭ ތިއްތިބެ އަތުގައެއް. އެހެންވެ މިހެން މި ވަނީ.” އާރިޝް ދެރަވާކަމަށް ހެދެމުން ބުންޏެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ނައިޒަކް އާރިޝްއަތަށް ފޯނު ދީފައި އޭނާގެ ކޮޓަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ. ނައިޒަކް ކުއްލިއަކަށް އާރިޝް އަތަށް ފޯނު ދީފައި ދިޔުމުން އާރިޝް އިނީ ވާނުވާ ނޭނގިފައެވެ. މިނެޓްތަކެއް ފަހުން ނައިޒަކް ކޮޓަރިން ނުކުތީ ރަތްކުލައިގެ ވާގަނޑުލީ ސެމްސަންގް ހެޑްސެޓެއް ހިފައިގެންނެވެ. “އަނ.. މީތި ތިއްތިބެއަށް. ދެން ތި ޖަހައިގެން ޓުކުޓުކު ބަލަން އިނދޭ.” ނައިޒަކް އެހެން ބުނެ ހެވައިގަނެފައި އާރިޝް އާއި ދިމާލަށް ހެޑްސެޓް އެއްލިއެވެ. އާރިޝް ޚުޝިޔާރުކަމާއިއެކު ހެޑްސެޓްގައި ހިފައި ‘ތެންކްސް’ އޭ ބުނެ އޭތި އޭނާގެ ފޯނާއި ގުޅުވައިލިއެވެ.

އެދުވަހުގެ ހަވީރު ހަތަރެއް ޖެހި ވަގުތު ނައިޒަކް ރީތިވެލައިގެން ކޮޓަރިން ނުކުތެވެ. އައިސްބްލޫ ޖިންސަކާއި އޮރެންޖް ކުލައިގެ ގަމީސް ލައިގެން ހުރިއިރު ނައިޒަކްގެ ރީތިކަން އިތުރުކުރުވާފައިވާ ފަދައެވެ. ބޮލުގެ އިސްތަށިގަނޑު އެއްފަރާތަކަށް ގެނެސް ސްޓައިލްކޮށްފައިވި ގޮތުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ނައިޒަކް މަޑުމަޑުން ހިނގައިފައި ގޮސް މުނީޝާގެ ކޮޓަރީގައި ޓަކި ޖެހިއެވެ. ދެތިން މިނެޓް ފަހުން އެތެރެއިން މުނީޝާ ދޮރު ހުޅުވިއެވެ. “ޒެކް.. ކޮންތާކަށް؟” ނައިޒަކް އަށް އެތެރެއަށް ވަންނަން ތަން ދައްކަމުން މުނީޝާ އެހިއެވެ. “ކޮބާ ޝިއްބެ؟” ކޮޓަރީގައި ހުރި ބޮޑު ސޯފާގައި އިށީންނަމުން ނައިޒަކް އެހިއެވެ. “ފާހަނާގަ. ކިހިނެތްވީ؟” އެނދުމަތީގައި ހުރި އަންނައުނުތައް ފަތްޖަހަމުން މުނީޝާ ބުންޏެވެ. “އޯކޭތަ ޝިއްބެގެ ސައިކް ނެގިޔަސް؟ ހަމަ ދުއްވާލަން ދާހިތުން މިއުޅެނީ.” ސައިޑް ޓޭބަލް މަތީގައި އޮތް ތަޅުދަނޑި ފައްޗަށް ބަލަހައްޓައިގެން އިނދެ ނައިޒަކް ބުންޏެވެ. “އޯކޭ.. ނަގާ. އެއޮތީ ތަޅުދަނޑި. ތުއްތަ ބުނާނަން ޝިއްބެ ގާތުގަ އިނގެ.” އަންނައުނުތައް އަލަމާރިއަށް ލަމުން މުނީޝާ ބުންޏެވެ. ނައިޒަކް ވައިއަޑުން ‘ޔެސް’ އޭ ބުނަމުން ސައިކަލު ތަޅުދަނޑި ހިފައިގެން އެ ކޮޓަރިން ނުކުތެވެ.

ސިޑިބަރިއާއި ހަމައަށް ދެވުނު ތަނުން ކުއްލިއަކަށް ކަމެއް ހަނދާންވެގެން އުޅޭ ފަދައަކުން ނައިޒަކް ގޮސް ރިޝާނާގެ ކޮޓަރި ދޮރުމަތީގައި ހުއްޓުނެވެ. އަދި މަޑުމަޑުން އެ ކޮޓަރި ދޮރުގައި ޓަކި ޖެހިއެވެ. އިރުކޮޅެއްނުވެ ރިޝާނާ ކޮޓަރީގެ ދޮރު ހުޅުވިއެވެ. “ދޮންބޭބޭ.. ކަމަކުތަ؟” ނައިޒަކް އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން އަތުގައި އޮތް ތަޅުދަނޑި ފަތި ރިޝާނާއަށް ދައްކައިލިއެވެ. އަދި އެއްބުމަ އަރުވައިލަމުން ދާނަންހޭ އެހިއެވެ. ނައިޒަކް އެ ބުނި އެއްޗެއް ނަގައިގަނެވުނު ރިޝާނާ މިދަނީއޭ ބުނެ ކޮޓަރީގެ ދޮރު ލައްޕައިލިއެވެ. ނައިޒަކް ތިރިއަށް ފައިބައި ސޯފާގައި އިށީނީ ރިޝާނާ ނުކުންނާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ.

ބަރާބަރު ފަނަރަ މިނެޓް ތެރޭ ރިޝާނާ ތައްޔާރުވެގެން ނުކުތެވެ. ކަކުލާއި ހަމައަށް އަންނަ ރަތްކުލައިގެ ހެދުމަކާއި މަޑު ނޫކުލައިގެ ޖިންސެއް ލައިގެން ރިޝާނާ ހުރިއިރު ކަރުގައި ބޮޑު ރަންފަށެއް އަޅުވައިފައިވެއެވެ. ދެއަތުގައި ރަން ތަނޑިއެއް އެޅިފައިވީއިރު އިސްތަށިގަނޑު ވަނީ މިނިވަންކަމާއިއެކު ދޫކޮށްލެވިފައެވެ. ތުންފަތުގައި މަޑު ރަތްކުލައެއް ޖެއްސުން ފިޔަވައި އިތުރު  މޭކަޕެއް ކުރެވިފައެއް ނުވެއެވެ. “ދޮންބޭބޭ.. އައިމް ރެޑީ.” ނައިޒަކްގެ ކުރިމައްޗަށް ހުއްޓެމުން ރިޝާނާ ބުންޏެވެ. “ހިނގާ ދަމާ ދޯ.” ނައިޒަކް ސޯފާއިން ތެދުވެ ރިޝާނާ ގޮވައިގެން ގެއިން ނުކުތެވެ. އަދި ގަރާޖުން ސައިކަލު ނެރެ ގޭޓާއި ހަމައަށް ގެންގޮސް ސައިކަލަށް އެރިއެވެ. ރިޝާނާވެސް ހަލުވި ހިނގުމެއްގައި އައިސް ސައިކަލު ފަހަތަށް އެރިއެވެ. “ރިޝޫ ކޮންތާކަށް ދާން ބޭނުންވަނީ؟” ސައިކަލު ސްޓާޓްކޮށްލަމުން ނައިޒަކް އެހިއެވެ. “އޯކޭ ކޮންމެ ތަނަކަށް ދިޔަޔަސް. ބުރެއް ޖަހާލަނިކޮށް އެވީ.” ނައިޒަކް ހުޅުމާލެއަށް ދާނީއޭ ބުނެ ސައިކަލުގައި ހުޅުމާލެ ދާން މިޞްރާބުޖެހިއެވެ.

ބޮޑުތަކުރުފާނު މަގުގައި ސައިކަލު ދުއްވަމުން ދިޔައިރު އެތައް ބައެއްގެ ނަޒަރުތައް އެދެބެންނަށް ހުއްޓެމުން ދިޔައެވެ. ފެންނަ ފެނުމަށް އެއީ ދެބެން ކަމަކަށް އެކަކުވެސް ޤަބޫލެއް ނުކުރާނެއެވެ. ނަމަވެސް ޙަޤީޤަތަކީ އެއީ ހަމަ އެއްލޭ ހިނގާ ދެ ކުދިންކަމެެވެ. ސިނަމާލެ ބަރިޖަށް އަރައި ވަކި ތަންކޮޅަކުން ނައިޒަކް ސައިކަލުގެ ދުވެލި ބާރުކޮށްލިއެވެ. “ރިޝޫ ބާރަށް ހިފަހައްޓައިގެން އިންނައްޗޭ އިނގެ. މިކަހަލަ ތަންތަނުގަ މަޑަކުން ނުދުއްވޭނެ.” ރިޝާނާއަށް އަޑުއިވޭވަރަށް ބާރަށް ނައިޒަކް ބުންޏެވެ. ނައިޒަކް އެހެން ބުނުމުން ނައިޒަކްގެ އުނަގަނޑުގައި ހިފަހައްޓައިލެވިފައިވި ރިޝާނާގެ އަތަށް އިތުރަށް ބާރުކޮށްލިއެވެ. ނަމަވެސް ރިޝާނާ އެހެން ހެދީ ނައިޒަކް އެހެން ބުނުމުންނެވެ. ޙަޤީޤަތުގައި ރިޝާނާ އެއްވެސް ވަރަކަށް ބިރެއް ނުގަނެއެވެ. ޖެހިލުމެއްވެސް ނުވެއެވެ. އެހެނަސް ލޯބިވާ ބޭބެގެ ބަސް ޤަބޫލުކުރަން ޖެހޭނެތާއެވެ. ބައްޕަ ދުނިޔޭގައި ނެތް އިރު ކުޑަމިނުން އެއްބަނޑު އެއްބަފާ މީހާގެ ބަސްއަހަން ޖެހޭނެތާއެވެ. ދިގު ދަތުރަކަށްފަހު ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި ނައިޒަކް ސައިކަލު ޕާކްކުރިއެވެ.

ނައިޒަކް ރިޝާނާގެ އަތުގައި ހިފައިގެން ޕާކް ތެރެއަށް ވަނެވެ. ކުޑަކުދިންގެ ހުނުމުގެ އަޑާއި ބޮޑެތި މީހުންގެ ހުނުމުގެ އަޑުން މުޅި ޕާކު ވަނީ އެއްކޮށް ފަޅުފިލުވައިލައިފައެވެ. ޕާކުގެ ފެހި ވިނަގަނޑު މަތިން ދެބެން ހިނގައިލައިފައި ގޮސް ޕާކުގައި ހުރި ބެންޗުތަކުން ކުރެ ބެންޗެއްގައި އިށީނެވެ. “ދޮންބޭބޭ.. ދޮންބޭބެ ޖަޕާނުގަ އުޅުނުއިރު ކޮންކަހަލަ އެކްސްޕީރިއަންސް އެއް ކުރެވުނީ؟” ބެންޗުގައި ރަނގަޅަށް ލެނގިލައި ދެއަތް އުރައިލަމުން ރިޝާނާ ބުންޏެވެ. ނައިޒަކް ފަހަތުން ރިޝާނާގެ ކޮނޑުގައި އަތްއަޅުވައިލިއެވެ. އެއީ ނައިޒަކްގެ ކަށީގައި ހިފައިފައި ހުންނަ ކަމެކެވެ. ނައިޒަކް ގާތުގައި މީހަކު އިނދެއްޖެއްޔާ ފަހަތުން އަތްނާޅުވައެއް ނައިޒަކް އަކަށް ނީންދެވޭނެއެވެ. “އެންމެނަށް އެއްކޮށް ކިޔާދޭން ދޮންބޭބެ ބޭނުންވަނީ… އެކަމްވެސް ރިޝޫއަށް ކިޔާދޭނަން ކުޑަކޮށް އިނގެ.” ރިޝާނާގެ ބޮލު އިސްތަށިގަނޑުގައި ހިފައި ކުޑަކޮށް ދަމައިލަމުން ނައިޒަކް ބުންޏެވެ. “ޕިސް.. ތަދުވެޔޭ.” ރިޝާނާ އެހެން ބުނެ ނައިޒަކްގެ ފައި ފަލަމަސްގަނޑުގައި ބޮނޑިއެއް އަޅައިލިއެވެ. ނައިޒަކް އޭނާގެ ފައި ފަލަމަސަގަނޑުގައި ފިރުމައިލަމުން ހެވައިގަތެވެ. “ހުވާ މިބުނީ ޖެއްސުން ކުރުމުގެ އެއްވަނަ.” ރިޝާނާ ދެބުމަ ގޮށްޖަހައިގެން އިނދެ ބުންޏެވެ. “ހަހް. ރުޅިއައުމުގެ އެއްވަނަ.” ނައިޒަކް ރިޝާނާގެ ކޮލުގައި ހިފައި ފިތައިލަމުން ބުންޏެވެ. ނައިޒަކްގެ އެ ޢަމަލުން ރިޝާނާ އިތުރަށް ރުޅިއައުން ނޫންކަމެއް ނުވިއެވެ. “ރިޝޫ ރުޅިއައީތަ އެހެން ބުނީމަވެސް؟ އޯކޭ ސޮރީ. މި ކިޔާދެނީ އިނގެ ޖަޕާން އެކްސްޕީރިއަންސް.” ރިޝާނާގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލުމުގެ ގޮތުން ނައިޒަކް ބުންޏެވެ. އެކަން ވަރަށް ފަސޭހައިން ކާމިޔާބުވެސް ވިއެވެ. ރިޝާނާ ހިނިތުންވެލަމުން ބެންޗުގައި ރަނގަޅަށް ލެނގިލައި އޭނާގެ ހުރިހާ ސަމާލުކަމެއް ނައިޒަކްއަށް ދިނެވެ.

“އެންމެ ފުރަތަމަ މިކޮޅުގަ ހުރި ދޮންބޭބެގެ ޖަޕާން ފްރެންޑް ނީކާއޯ އާ އެއްކޮށް އެއަރޕޯޓުން ނުކުމެފަ ދިޔައީ ރެސްޓޯރެންޓަކަށް ކާން. ވަރަށް ބޮޑު ރެސްޓޯރެންޓްއެއް އެއީ. ހުސްވެސް ޙަލާލު އެއްޗެހި އެތަނުގަ ހަދަނީ. ވަރަށް ފެންވަރުގެ ކުކުޅަކަށް އަހަރުން ދެމީހުން އޯޑަރު ކުރީ. ބައިގަޑިއިރު ތެރޭ ޑިޝް ހަދައިލައިގެން ގެނެސްފި. އްމްމްް… ޔަމީ.. ހަމަ ހިތަށް އަރަނީ މިހާރުވެސް އެ ކެވޭނެ ނަމައޭ. ވަރަށް މީރު އެތަނުގަ ހަދާ އެއްޗެހި. ދެން އެތަނުން ނުކުމެފަ ޓެކްސީއެއްގަ ވަރަށް މަޝްހޫރު ހޮޓަލަކަށް ދިޔައީ. އެތަނަށް ކިޔަނީ ޕެލެސް ހޮޓެލް. ވަރަށް ސަޅި އެ ހޮޓެލް. ބައިވަރު ކޮޓަރިތައް ހުރޭ އެތަނުގަ. ދޮންބޭބެމެން ތިބީ އެތަނުން ރޫމް ނަމްބަރު ސެވެން ޒީރޯ ތްރީގަ. އެ ރޫމްވެސް ވަރަށް ބޮޑުވެފަ އަނެއްކާ ހާދަ އަރާމޭ. ބެލްކަންޏެއް ނުހުންނާނެ އެތާކުއެއް. ބޭރު ފެންނާނެހެން ބިއްލޫރި ޖަހާފަ ހުންނަނީ އެތަނުގަ. ފުރަތަމަކޮޅު އެ ބިއްލޫރިޖަހާފަ ހުރިތާ ކައިރިއަށް ދާން ވަރަށް ބިރުގަތް އިނގެ. ދުރުން ބަލައިލާއިރުގަ ހިއެއްނުވާނެ ބިއްލޫރި ޖަހާފަ ހުންނަހެންވެސް. ކައިރިވާވަރަކަށް ހީވަނީ ހަމަ ވެއްޓެން އުޅޭހެން.. ހެހެހެ.. އެކަމަކުވެސް ވަރަށް މަސައްކަތުން ބިރު ކަނޑުވާލީމު. އޭގެފަހުން ކޮންމެދުވަހަކު ކަހަލަގޮތަކަށް ބިއްލޫރިގަނޑުގަ މޫނު ޖައްސައިގެން ބޭރު ބަލަން ހުންނަން ކަމެއް ނެތިއްޔާމުން. ވަރަށް ސަޅި އެކްސްޕީރިއަންސެއް އެކުރެވުނީ. އަދިވެސް ވަރަށް ދާހިތްވޭ. އެކަމް ދެން މިކޮޅުން ޖޮބެއް ހޯދައިގެން މިކޮޅުގަ އުޅޭނީ ދެން.” ނައިޒަކް އެހުރިހާ ވާހަކައެއް ކިޔައިދިންއިރު ރިޝާނާއަށް އިނދެވުނީ އޭނާ އެގޮތަށް އުޅޭ މަންޒަރުގެ ޚިޔާލީ ފޮލާ ކައްކާށެވެ. “ރިޝޫ!” ރިޝާނާގެ މޫނު ކައިރިން އަތް ހުރަސްކޮށްލަމުން ނައިޒަކް ރިޝާނާއަށް ގޮވައިލިއެވެ. “އެނ… ހެހެ، ސަޅި އިނގެ.. ރިޝޫ ހިތަށް އަރާ ރިޝޫއަށްވެސް ބޭރު ޤައުމަކަށް ދެވޭނެނަމައޭ.” އެއްދިމާލަކަށް ނަޒަރު ހުއްޓައިލައިގެން އިނދެ ރިޝާނާ ބުންޏެވެ. “އިންޝާﷲ ރިޝޫ އަށް އަދި ދެވޭނެ. އެންމެ ސެވެންޓީން އެއްނު އަދި. އެހެންވީމަ އަދި މަންމަ އެހާ ހިތްހަމައެއްނުޖެހޭނެ ރިޝޫ އެކަނި ގޮސްގެން. ދޮންބޭބެ ދިޔައީ ދޮންބޭބެއަށް އެންމެ ނަވާރަ އަހަރުގަ. ރިޝޫވެސް އެހާހިސާބަށް ދިޔައީމަ ބޭރު ޤައުމަކަށް ދެވޭނެކަމަށް ބަލަމާ.”

ހީ ސަކަރާތް ޖެހުމުގައި ދެބެން ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ސައިކަލު ޕާކްކޮށްފައި ހުރި ސަރަހައްދަށް ދިޔައެވެ. ނައިޒަކް ސައިކަލަށް އެރުމުން ރިޝާނާވެސް ސައިކަލު ފަހަތަށް އެރިއެވެ. ސައިކަލު ސްޓާޓް ނުކުރެވެނީސް މީހަކު ގޮވާހެން ހީވެގެން ނައިޒަކް ފަހަތް ބަލައިލިއެވެ. “ހޭއި ނައިކު. ހާދަ ދުވަސް ވެއްޖެއޭ ނުފެންނަތާ.” އެ މީހަކު އައިސް ނައިޒަކް ގާތުގައި ހުއްޓެމުން ބުންޏެވެ. “އަމް. ސޮރީ. ނޭނގުނު. ކާކުތީ؟” ނައިޒަކް ތަންކޮޅެއް ގާތްގޮތަކަށް އެމީހާއާއި ސުވާލުކުރިއެވެ. އެ ސޫރަ ފެނުމުން އެއީ ކުރިންވެސް ދިމާވެފައި ހުރި މީހެކޭ ނައިޒަކްގެ ހިތަށް އެރިއެވެ. ނަމަވެސް އެ ހީ ޔަޤީނާއި ގާތެއް ނުކުރެވުނެވެ. “ސާބަހޭ ނައިކޫ. މަމީ ނައިކުގެ ކްލާމޭޓެއްނު. ބެސްޓް ފްރެންޑް. ޝަމީމް އަޙްމަދް.” މެއާއި ދިމާލުގައި އިނގިލި ކުރި ޖައްސައިގެން ހުރެ ޝަމީމް ބުންޏެވެ. “އޯ… އާނ ހަނދާންވެއްޖެ. ޝައްމު ދޯ.. ހަމަ އެއްގޮތަކަށްވެސް ހަނދާނެއްނެތޭ. ޝައްމު ކޮންތާކަށް ވަދެ ފިލައި މިއޮތް ހުރިހާ ދުވަހު ތިއުޅުނީ؟” ޝަމީމްގެ ކޮނޑުގައި ޖަހައިލަމުން ނައިޒަކް އެހިއެވެ. “މަތަ ފިލައިގެން މިއުޅެނީ؟ ނައިކު އެއްނު. އަހަރެން ހަމަ ކިޔެވުން ނިންމާލި ގޮތަށް މެލޭޝިޔާއަށް ދިޔައީ. މީގެ ދެތިން ހަފްތާ ކުރިން ރާއްޖެ އައީ. އެއައިގޮތަށް މިކޮޅުގަ ވަޒީފާގަ މިއުޅެނީ. މިގަޑީގަ ކޮންކަމެއް އޮތީ؟” ޝަމީމް ކުރުގޮތަކަށް އޭނާ މާޒީވި ދުވަސްތައް ހޭދަކުރި ގޮތް ނައިޒަކްއަށް ކިޔައިދިނެވެ. “ކޮއްކޮ ގޮވައިގެން ދުއްވާލަން ނުކުމެ މިއުޅެނީ. މިހާރު މާލެ ދާން މި ދަނީ.” ނައިޒަކް ބުންޏެވެ. “އޯހް.. ވާނެ އިނގެ ދެމީހުން ދިމާވާން. މަދިޔައީއޭ.. ބާއި ބްރޯ އެން ސިސް.” ޝަމީމް ދެބެންނަށްވެސް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ހިނގައިގަތެވެ. ރިޝާނާއަށް ހިނިތުންވެލެވުނީ ޝަމީމް ހިނގައިގަތްތާ މިނެޓްތަކެއް ފަހުންނެވެ. “ދާންވީ ދޯ.” ނައިޒަކް ބުންޏެވެ. “އާނ.” ނައިޒަކް ސައިކަލު ސްޓާޓް ކޮށްލުމަށްފަހު ހަލުވި ދުވެއްޔެއްގައި މާލެ ދާން މިޞްރާބު ޖެހިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

މި ހަޔާތް އަލި ކޮށްދިނީ ޔާރާ…

Next

އެހެނަސް 2

Next
November 16, 2019

އެހެނަސް 2

Previews
November 16, 2019

މި ހަޔާތް އަލި ކޮށްދިނީ ޔާރާ…

22 Comments!

  1. Meekkomee says:
    November 16, 2019 at 8:12 am

    Varah reethi ingyy mi part ves dhonthy????whn is next part?? Waiting for it??????????❤️❤️❤️Kirin part ga comment nukuriyas…. ???❤️I read it ingyy…..❤️❤️❤️.lysm?????❤️❤️❤️

    1. Dhonthy says:
      November 16, 2019 at 11:23 am

      Thank you Meekkomee <3 <3 <3 Seedhaa vaki dhuvaheh bunaakah neynge ekam varah avahah upload kolladheynan inge dear 🙂 🙂 🙂 And love you too Meekkomee. Once again Thank you so much <3 <3 <3

  2. Maisha maii says:
    November 16, 2019 at 9:26 am

    Wow❤❤❤❤varah reethi ingey mi part vx???waiting for next part

    1. Dhonthy says:
      November 17, 2019 at 1:19 pm

      Thank you so much Maisha maii <3 <3 Dhen oiy part upload vefa eynee. Avahah kiyaalaa inge dear.

  3. magnumm says:
    November 16, 2019 at 9:32 am

    Woowww Amazing???aslu vx u hate vanings tha DIVYA DRISHTI ah hehe..for me v salhi flim eh ngey???n aarash ah red headset eh dhinyma hyvejje dhonthy ge fav colour v ma ey hama???lol….waiting for the next ingey?????…plx don’t las kuranings???

  4. Kairaa says:
    November 16, 2019 at 9:58 am

    Varah varah reethi mi part vx ingey dhonty……waiting for the nxt part……and whn nxt…..ly dhonty……

    1. Dhonthy says:
      November 16, 2019 at 11:25 am

      Thank you so much Kairaa <3 <3 <3 Keep waiting dear 🙂 🙂 Dhen oiy episode v avahah upload kolladheynan inge dear. And love you too kairaa <3 <3 <3 <3 <3

  5. magnumm says:
    November 16, 2019 at 11:38 am

    Dhonthi ge dislike eh tha DIVYA DRISHTI aee???..alhe kihaa salhi drama eh aee???…hehe btw mi part vx v v habbu ngey???…hithah araa ehcheh bunelantha…u ge fav kula ah v ma aarish ah e kulaige headset eh dhyfa aee???…hehe…Lysm buddy???waitingssss fr da next

  6. Dhonthy says:
    November 16, 2019 at 12:08 pm

    Nooney v reethi e drama. Ekam hama vaahakaiga egothau liyelee. Hehehe. 🙂 🙂 Thank you so much. Aan alhugandau enme reethi kula akee abadhuves red kula. Adhi vulunookulaves v salhi. Hehe. Love you too magnum. V avahah dhen oiy episode upload kolladheynan inge. 🙂 🙂 <3 <3 <3 <3 <3 <3

    1. Dhonthy says:
      November 16, 2019 at 12:44 pm

      Sorry.. vulunookula eh noon.. Vilunookula. Hehhe

  7. malsamalkkomal says:
    November 16, 2019 at 12:25 pm

    Wow.mi part ves varah salhi nge..whn next.waittingg dhnothy.lysm ?

    1. Dhonthy says:
      November 17, 2019 at 1:21 pm

      Thank you so much Malkko <3 <3 <3. Eynee thivana episode upload vefa. Avahah kiyaalaa inge dear. And love you too Malkko <3 <3 <3 Mwah

  8. Yanaa says:
    November 16, 2019 at 12:46 pm

    Mi???part??? varah ??reethi ???maa sha Allah ?waiting ???for??? the ?next ???part ??Lysm sis

    1. Dhonthy says:
      November 16, 2019 at 2:36 pm

      Thank you so much yanaa for the beautiful and lovely comment dear <3 <3 <3 <3 Keep waiting dear. And love you too dear <3 <3 <3 🙂

  9. rainstorm says:
    November 16, 2019 at 3:34 pm

    salhi…. tiktok fan eh hen haacha hyveyey… hehe…. btw cover picga ethibiii…. faisu hasnaink jannath arishfa n kaaaku dhn eynii…. e kuhja eh neyngunu…

    1. Dhonthy says:
      November 16, 2019 at 4:30 pm

      Ehhehe. Kurin belin tik tok. mihaaru ehaavarakah nubalan. dhn eynee Hollywood ga ulhey Emma Watson. Eyna eiy beauty and the beast ga ulhey belle. Hehe. Hope you got cleared. 🙂 🙂 🙂 🙂 And thank you so much rainstorm <3

    2. rainstorm says:
      November 16, 2019 at 7:13 pm

      omg mu name is also ema… what a coincidence dhw… hehe…. welcome dhonthy… dhonthy ah mihaar i neyngunas thankolheh kurin we talked dhw… anehka e dhonthy tha thii… haadha hiiveyey… missed u sissy ?????????????❤❤❤

    3. Dhonthy says:
      November 17, 2019 at 12:16 am

      hehe.. Neyngunu thee konkujjeiykameiy rainstorm jahaafa ineema. anyways Thank you so much

  10. Kuthoo says:
    November 16, 2019 at 8:31 pm

    Vaahaka varah reethi. Waiting for the next episode. Good luck.???????????????

    1. Dhonthy says:
      November 17, 2019 at 12:13 am

      Thank you so much dear <3 <3 <3 <3 Keep waiting inge Kuthoo. V avahah upload kolladheynan thinvana episode

  11. Kylie says:
    November 17, 2019 at 3:02 pm

    V reethi mi part vx…… Can’t wait fr nxt part… Lysm dhonthy…

    1. Dhonthy says:
      November 17, 2019 at 3:58 pm

      Maa fahun comment mi fenunee. Eynee thinvana episode upload koffa. Love you too Kylie <3 <3 <3 <3

Comments are closed.

Next Episodeމަޢާފް (ތިންވަނަ ބައި)←


All Right Reserved!