Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

މޮޔަ ހިތް މަގޭ…20

lilly Level 510 Stories100 Comments100 Login500 Comments
January 12, 2020 6 Mins Read
30 Comments

އަހަރެންގެ ހިތް ބުނާގޮތުގައި އަމީން ލަޔާ ކައިރީގައި ރައްޓެހިވާން އެހީ ޔޫއާންގެ އެދުމަކަށެވެ… ލަޔާ އަކީ އަހަރެންގެ އެންމެ ގާތް އެކުވެެރިޔާ ކަން ޔޫއާން އަށް އެނގޭނެއެވެ.. އަމީން ލަޔާ އާ ރައްޓެހިވުމުން ޔޫއާން އަށް އަހަރެންނާއެކު އުޅޭނެ ފުރުސަތުތައް ގިނަ ވާނެއެވެ.. ޔޫއާންގެ ސިކުނޑިއަށް މި ކަހަލަ ހިޔާލެއް އަންނާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ.. މިކަމުގެ ސަބަބުން ލަޔާ އަހަރެންނާ ދުރުވާނެއެވެ…

ލަޔާ ދެ ޖޫގޯ ހިފައިގެން އައެވެ.. އަހަރެންގެ އަތަށް އެއް ޖޫގޯ ދީފައި އަތިރި އާ ދިމާލަށް ދާން ހިނގާށޭ ބުނެފައި އަހަރެންގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ.. އަހަރެން ވަގުތުން އަތް ދަމައިގަތީމެވެ..”މިރޭ މިހާރު މާލަސް ވެއްޖެ އެންނު ދޯ ހިނގާ ގެއަށް ދާން.. އަހަރެން އަތިރި އަށް ދާ ހިތް ކެންޑިއްޖެ”.. އަހަރެން އަތިރި އަށް  އެ ގެންދާ ސަބަބު ނޭނގޭ ކަމަށް ހެދީމެވެ.. “ހޫން ތި ވަރަށް ކަޑަ ވީ .. ދާން  ބުނެފަ ނުދިޔައީމަ ކޯޗަކަށްތަ ވަނީ.. ހިނގާ ދާން”…”ނޫނެކޭ މާ ލަސް ވެއްޖެޔޭ މިހާރު..”….” ދެން މައީ ފަނި ނަހަދާ ހުރެބަލަ”…”އަޖައިބެއް ލަޔާ.. ކީއްކުރަންތަ މާ ވަރަކަށް އަތިރި އަށް ދާން ތިއުޅެނީ.. އަނެއްކާ މީހެއް އަހަރެމެންގެ އިންތިޒާރުގައި ހުރީތަ އެތާ؟؟؟”.. ލަޔާ ފާޑަކަށް ސިހޭ ގޮތްވިއެވެ.. ނަމަވެސް އެކަން ފޮރުވަން މަސަތްކަތްކުރިއެވެ..”އަ..އަދި އަހަރެން ކަ..ކައިރީގަތަ އަހަނީ؟؟ މައީ ވިއްޔަ ބުނީ އަތިރި އަށް ދާން ހިނގާށޭ”…”އަހަރެން ބުނެގެން އަތިރިއަށް ދަންޏާ އަހަރެން ބުނީމަ އަތިރި އަށް ނުގޮސް ގެއަށް ވެސް ހަމަ ދެވިދާނެ އެންނު”…”އަޅެ ދެން ކީއްތަ ވީ؟؟”…”އަހަރެންނަށް ހީވަނީ ތި ސުވާލު ލަޔާ އަމިއްލަ ނަފްސާ ކޮއްލިއްޔާ  މާ ރަނގަޅު ޖަވާބެއް ލިބޭނެ ހެން”…”އެ އޭން؟؟ “…”ލަޔާ!!! އަހަރެންނަށް ވެސް ކެއްވާނީ ވަކި ވަރަކަށް .. އަހަރެން ޔޫއާން ދެކެ ކުޑަކޮއްވެސް ލޯބިނުވާކަން އަދި ނުވެސް ވާނެ ކަން ހަމަ އެންމެ ރަނގަޅަށް އިނގޭނީ ލަޔާ އަށް.. ދެން ކީއްވެތަ އަހަރެން ޔޫއާން ކައިރިއަށް ގެންދަން ތިއުޅެނީ..”….”ކީކޭ؟؟ ޔޫއާން ކައިރިއަށޭ؟؟ މައިޝާ!! ކަމުގެ ހަގީގަތް ބަލާފަ ވާހަކަ ދައްކާބަލަ.. ބަލަ މައީ ބުނެގެނޭ އަތިރި އަށް މި ދަނީ”….”އަހަ އަހަ އިތުރަށް ދޮގުހަދަން ނުވިސްނަބަލަ.. އާދޭސް ކޮއްފަ މިބުނީ ލަޔާ.. އަހަރެންނަށް ހުރިހާ ކަމެއް އިނގޭ… އާމިން ދެންމަ ގުޅި ލަޔާގެ ފޯނަށް.. އަމީން ހީކުރީ ލަޔާ ކަމަށް ފޯނު ނެގީ.. އަމީން ކީ އެއްޗިސް.. އަހަރެން ލަޔާ ކައިރިއަކު އިތުރަށް ބުނެދޭކަށް ނުޖެހޭނެ ކަންނޭނގެ… ލަޔާ ބުނެގެން އަހަރެން ޔޫއާން އާ ވާހަކަ ވެސް އެބަ ދައްކަމެއްނު… ލަޔާ ބުނެގެން ޔޫއާން  ދައްކާ ބޭކާރު ވާހަކަ ތައްވެސް އެބަ އަޑު އަހަމެއްނު.. ލަޔާ އަހަރެމެން ދެމީހުން ކިތަންމެ ވަރަކަށް އަޅުވައި ކިޔަސް އަހަރެން ލަޔާ އާ ދިމާލަކަށް އެކައްޗެކޭ ވެސް ނުބުނަމެއްނު!! އެކަމު މިހާރު ތިދަނީ މާ  މައްޗަށް… ލޯބިވެރިޔާއް ޓަކައި އެތަށް އަހަރެއްގެ އެކުވެރި ކަމުގައި ތި ކޮޅުފައިން ޖަހަނީ.. ލަޔާ ކީއްތަ ވާނީ އެންމެ ފަހަރަކުވެސް އަހަރެންގެ ހިތަށް އަރާނެ އެއްޗަކާމެދު ވިސްނާލިއްޔާ… އަހަރެން އެއްޗެކޭ ނުބުނެ މަޑުން އިންނާތީ އެކަމުގެ ނާޖާއިސް ފައިދާ ތި ނަގަނީ”…”މައިޝާ!!! ދެން ހުއްޓާލާ.. އާދޭސް ކޮއްފަ މިބުނަނީ.. ބަލަ މީ އަހަރެން ބޭނުންވެގެން ކުރާހާ ކަންކަމެއްނޫނޭ… އަހަރެންވެސް ވަކި ބޭނުމެއްނޫނޭ.. މައީ އަށް އޮޅުވައިލައިގެން މިހެން ކަންތައްކުރާކަށް .. އަހަރެންނަށް މިހެން ކަންތައް ކުރަން ވަނީ މަޖުބޫރު ވެފައޭ!.. އަޅޭ މައީ ޔޫއާން އާ ރައްޓެހިވެބަލަ.. އެންމެ ފަހަރަކު… .. އާދޭސް ކޮއްފަ މިބުނަނީ.. މައީ އަހަރެންނާ ދޭތެރޭ ދުވަހަކުވެސަ ރައްޓެއްސެއްގެ ގޮތުގައި ދެކުނު ނަމަ އަހަރެން މި ބުނާ ކަންތައް ކޮއްދީ”…”އަހަ އަހަ އަހަރެން ދޯ މި ގޯސް ވީ.. އަހަރެންނަށް ވެސް ބުނެވިދާނެ.. ލަޔާ އަހަރެންނާ ދޭތެރޭ ދުވަހަކުވެސް ރައްޓެއްސެއްގެ ގޮތުގައި ދެކުނު ނަމަ މި ކަން ހުއްޓާލާށޭ ވެސް.. ވާނެތަ؟؟”….ލަޔާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ..”މައީ ބޭނުމެއްނޫންތަ އަހަރެން އުފަލުގަ އުޅޭކަށް”…”ތި ކަމަކާ މި ކަމަކާ ހުރީ ކޮން ގުޅުމެއް.. ދެން ތިބުނީ އަހަރެން ޔޫއާން އާ ރައްޓެހިވީމަ ލަޔާ ހުންނާނީ އުފަލުގައޭތަ؟؟ އަޖައިބެއްތީ”….”އާން!! މައީ ޔޫއާން އާ ރައްޓެހިވެގެން އުޅޭ ހާ ދުވަހަކު އަހަރެން ހުންނާނީ އުފަލުގަ”….”ލަޔާ!! މޮޔަވެގެންތަ ތިއުޅޭނީ އަހަރެންނަށް ޔަގީން އަމީން ގެ ކަންތައްކަން ތީ.. އެކަމަކު ތީ ބޮޑުވަރު އިނގޭ”…”މައިޝާ!! މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އަހަރެންނަށް ވަނީ އަމީންދެކެ ލޯބިވެވިފަ. ވަރަށް ބޮޑަށް … އަހަރެން ބޭނުމެއްނޫން ދުވަހަކުވެސް އަމީން އަހަރެންނަކަސް ގެއްލޭކަށް.. އެކަމަކު…އެ..ކަމަކު އަމީން އަހަރެންނާ އެކީ އުޅޭނީ މައީ ޔޫއާން އާ ރައްޓެހިވީމަ.. މައީ ޔޫއާން އާ ރައްޓެހިނުވާނަމަ އަމީން ބުނީ އަހަރެމެން ދެމީހުން ޖެހޭނީ ބްރޭކް އަޕް ވަށޭ”.. ލަޔާ ދެފައި މައްޗަށް ތިރިވެގެން އިނދެ ބާރަށް ރޯންފެށިއެވެ… “އެހަށް ހިނގާ ގެއަށް ދާން.. އަމީން ކައިރީ ބުނޭ އަހަރެން ނުދިޔައީ އޭ..އިނގޭ” އަހަރެން ލަޔާގެ ކަރުނަތަށް ފުހެލަމުން ދެމީހުން އެކީ ގެއާ ދިމާލަށް ދިއުމަށް މިސްރާބު ޖެހީމެވެ.. ލަޔާ ފޯނު ނަގައި އަމީން އަށް ގުޅަން އުޅުމުން އަހަރެން އެކަން މަނާ ކުރީމެވެ.. ތި ކަރުނަތައް ރީއްޗަށް ފުހެފަ ތަންކޮޅެއް ހަމަ ޖެހިލީމަ ގުޅަން މަޑުކުރޭ”… ލަޔާ ހަމައަކަށް އެޅުނީމަ އަމީން އަށް ގުޅިއެވެ.. “އަމީން.. ސޮރީ އިނގޭ ނުދެވުނީމަ.. މައިޝާ ކުއްލިއަކަށް ބުނެފި ގެއަށް ދާން ހިނގާށޭ އަތިރި އަކަށް ނުދާނަމޯ ރުޅިއަރާ ރަތްވެފަ ހުރީ ވެސް”….”އޯށިޓް އަހަރެންގެ ބޯ ގަޅި ކަމުން ވީ ކަމެއް ތީ.. އަހަރެން ލަޔާ އަށް ގުޅިން ތިމީހުން ލަސްވެގެން.. އަހަރެންނަކަށް ނޭނގެ ފޯނު ނެގީ މައިޝާ ކަމެއް… ޕްލޭން މުޅިން ފްލޮޕް ވީ… ތިކަމާ ހެދި ޔޫއާން އެބައިން ލައިޕް ސަކް ވެފަ އަހަ އަހަ މިހާރު ދެ ސިނގެރޭޓު ފޮށި ބޮއެ ހުސްކޮއްފި”…”ދީބަލަ ޔޫއާން އަތަށް ފޯނު” ލަޔާ ބުނެލިއެވެ… “ކިހިނެއްވީ ފަހަރީ” ޔޫއާން ވަރަށް ފާޑަކަށް ބުނެލިއެވެ..”މައިޝާ ޔޫއާން އާ ކައިރިވެސް ނުވާނެ ތި ވަރަށް ސިނގެރޭޓު ބޮންޏާ…މައިޝާ ދެކެ ލޯބިވަންޏާ ސިނގެރޭޓު ބުއިން ހުއްޓާލާ …ސުޕާރި ކެއުން ހުއްޓާލާ .. ޝީޝާ ބުއިންވެސް އެއްކޮއް ހުއްޓަން ޖެހޭނެ.. ނޫނީ އަހަރެން މިބުނީ މައިޝާ ޔޫއާން އާ ދުވަހަކުވެސް ވައި ވެސް ނޭޅޭނެ ގެރެންޓީ”….”މައިޝާ ލިބުނު ދުވަހަކުން ހުއްޓާނަމޭ”…”ތިހެން ވީރު މައިޝާ މަތިން ހަނދާން ނައްތާލާ”…”ނޫނޭ.. ނޫނޭ!!! މި އެއްލާލީ ސިނގެރޭޓު ފޮށި ..މި ނިމުނީ އިނގޭ”…އަހަ އަހަ މިރެއަށް ދޯ ނިމުނީ” ލަޔާ ފޯނު ކަނޑާލިއެވެ.. މާލަސް ތަކެއް ނުވެ ގެއަށް އާދެވިއްޖެއެވެ.. އަހަރެން ދިޔަ ގޮތަށް ނިދަން އޮށޯތީމެވެ.. ނަމަވެސް ނިދޭ   ގޮތެއް ނުވިއެވެ.. ނަމަވެސް ނިދޭތޯ ލޯމަރައިގެން އަހަރެން އޮތީމެވެ..

ވަށައިގެން ވަނީ ކަނޑެވެ… ނޫކުލަ ގަދަ ކަނޑުގެ މެދުގައި އިން ކުޑަ ކުޑަ ރަށެއްގައި އަހަރެން އޮތީ އޮށޯވެލައިގެނެވެ.. ރަށެކޭ ބުނިއެއްކަމަކު އެތާ އެއްވެސް ދިރުމެއް ނެތެވެ.. 10 ފޫޓުގެ ވެލި ގަނޑެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.. އެ ދޮން ވެލިގަނޑުމަތީގައި އޮށޯވެލައިގެން އަހަރެން އޮތީ ސާފު އުޑުމައްޗަށް ބަލަހައްޓައިގެނެވެ..ވަރަށް ވެސް ހިއްގައިމެވެ.. ކުއްލިއަކަށް މޫސުން ބަދަލު ވާން ފެށިއެވެ.. ސާފު އުޑުމަތި އިސާހިތަކު ކަޅު ކަން ގަދަ ވިލާ ގަނޑުތަކުން ފޮރުވާލިއެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ… ކަނޑުން ބިޔަ ބިޔަ ރާޅުތަށް ނަގަން ފެށިއެވެ.. ވަރަށް ވެސް ބިރުވެރިއެވެ.. ދުވާލެއް ރޭނގަޑެއް ވަކި ކުރާކަށް ނޭނގެއެވެ.. އެހާވެސް އަދިރިއެވެ.. އެތަށް އިރެއް ވީ އިރުވެސް ވާރޭ ހުއްޓާލާކަށް ނޫޅެއެވެ.. އަހަރެންގެ ގަޔަށް ވެހެމުން ދިޔަ ވާރޭ ތިކި ތަށް ހީވަނީ ތޫނު ތޫނު ކަށިތަކެއް ހެނެވެ.. އެހާވެސް ވޭން ގަދެވެ.. އަހަރެން ލެވުނު ހާބާރަކަށް ހަޅޭ ލަވަން ފެށީމެވެ.. ނަމަވެސް އަހަރެން ކުރި ހިއްވަރު ވީ މުޅިން ބޭކާރެވެ.. ދެން އަހަރެންނަށް ފެނުނު މަންޒަރުން މޭގަނޑު އަތަށް ނައީ ހަމަ ކިރިއާއެވެ.. ދޮންވެލި ގަނޑުގިރެން ފެށައިފިއެވެ.. އަހަރެން މި އޮށް ބޮޑު ކަނޑުގެ ތެރެއަށް ބެހިގެން ދާކަށް މާ ގިނަ އިރެއް ނެތެވެ.. “މައީ!!!!!” ކުޑަ ކުޑަ ބޮއްކުރަލަކާ ފަލި ޖަހަމުން ލަޔާ އަންނަ ތަން އަހަރެންނަށް ފެނުނެވެ.. އަހަރެންނަށް ކުޑަ ކުޑަ ހިއްވަރެއް ލިބުނެވެ.. ލަޔާ އަަތް ދިއްކޮއްލާފައި އަވަހަށް އަރާށޭ ބުނެލިއެވެ.. އަހަރެންނަށް ބޮއްކުރަލަށް އެރުނީ ހަމަ ކިރިޔާއެވެ.. ދޮންވެލިގަނޑު އެއްކޮށް ގިރިގެން ދިޔައެވެ… އަހަރެން ލަޔާ ގައިގާ ބައްދާލީމެވެ…ކުއްލިއަކަށް ލަޔާ އަހަރެން ބޮއްކުރަލުން ބޭރަށް ކޮއްޕާލިއެވެ.. އަހަރެން ހުރީ އެކަހަލަ ކަމެއް ވާނެ ކަމަށް  ކުޑަކޮއްވެސް ތައްޔާރު ވެގެނެއް ނޫނެވެ… އިސާހިތަކު ބިރުވެރި ކަމުން ފުރިގެންވާ ބިޔަ ކަނޑުގެ ތެރެއަށް އަހަރެން ވެއްޓިގެން ދިޔައެވެ.. ލަޔާގެ ތުންފަތް މައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ..

އަހަރެންނަށް ހޭލެވުނީ ގަޑިއެލާމު ވާ އަޑަށެވެ.. ރޭގަ ނިދުނު އިރެއްވެސް ނޭނގެއެވެ.. ތެދުވާހިތް ނެތުމުން އަހަރެން އަނެއްކާވެސް ނިދަން އޮށޯތީމެވެ.. “ދަރިފުޅާ އަދިވެސް ތެދުވާކަށް ނުވޭތަ މިހާރު އެއޮތް ރޭގަނޑު 7 ޖަހަނީ އޭ” އަހަރެންނަށް ހޭލެވުނީ މަންމަ އަހަރެންގެ ފޫކޮޅަށް ހޫނު ހަމަލާއެއް ދިނުމުންނެވެ.. “އައްދޯއި.. މަންމާ” …”އައްދޯއި އޭ ކިޔާނެ ކަމެއް ނެތް ދަތް އުނގުޅައިގެން ފެން ވަރަން ދޭ.. ކަންނެތް އަންހެން ކުއްޖެއް އަހަރެންނަށް ލިބިފަ މި ހުރީ ޕިސް ޕިސް”… މަންމަ ދިއުމުން އަހަރެން އަވަހަށް ފެން ވަރައިލައިގެން ނިކުތް އިރު ލަޔާ އަހަރެންގެ ކޮޓަރީގައި އިނެވެ..”އަމައްޔާއި އައިކަން ބުނެލިނަމަ ދޯ އަހަރެން ބިރޭ ގަތީ”.. އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ..”އޯ އަހަރެން ހަނދާން ނެތުނީ އޭ ބުނަން .. މިރޭ އެބައޮތް މިށަން އެއް”..”ކިޔާބަލަ”..”މިރޭ އޮންނަ ފުޓްބޯލް މެޗަށް ދާން ހިނގާބަލަ”…”ބަލަ ލަޔާ އެއީ ހާދަ ދުރޭ.. އަހަރެންގެ ދެ ފައި ދުވަސް ދުއްވާލަންތަ ތިއުޅެނީ”…”ޕިސް ޕިސް ދާނެ ގޮތެއް ހަމަ ޖައްސައިފީމޭ”…”އެހެންތަ ކިހިނެއް ދަނީ؟؟؟ ލަޔާގެ ބަފައިބެ ޕިކަޕުގަތަ؟؟؟ އަހަ އަހަަ”…”ހޫން މައީ މަޖަލެއްނޫނޭ ފާޑުފާޑަށް އަހަރެންގެ ބަފައިބެ ޕިކަޕާ ނުބެހެއްޗޭ ނުލާހިކު ބާރަށް ދުވޭ ވިއްޔަ އަހަ އަހަ.. އޭ ތިއެއް ނޫނޭ އަމީން އާއި ޔޫއާން އަންނާނެ އަހަރެމެން ދެމީހުން ބަލާ ދަނޑަށް ދާން”….”އަހަރެންނެއް ނުދާނަން ޔޫއާން އާ އެއްކޮށެއް .. އެނޫން ވަރިހަމަ ކޮންމެ މީހަކަސް”…”ހާން!!! އަހަރެން ބުނާނަން އަމީން ކާރީ އެހެން މީހެއް ގޮވައިގެން އަންނާށޭ”….”އާން މަންމަ މެން ވަރަށް ގަބޫލު ވާނެ އެމީހުނާ އެކީ ދާން…އެހެންޏާ!! ހުއްދަ ހޯދަން އަހާ އިރަށް ގޭންވެސް ނެރެ ލަފާނެ” ޕިސް ޕިސް ނޫނޭ މަންމަ މެން ކައިރީ ބުނާނީ ރައިހާން އާ އެކީއޭ ދެމީހުން ދާނީ”        ީ”…”މަންމަ މެން ރައިހާން އަށް ގުޅާފަ އަހަރެމެން ދިޔަތޯ އަހައިފިއްޔާމު އޯ؟؟؟؟”…”އަހަރެންް ރައިހާން އަށް ގުޅާފަ   ބުނެފިން މަންމަ މެން އަހާފިއްޔާމު ބުނާށޭ އަހަރެމެން ދިޔައީ ރައިހާން އާ އެކީ އޭ… އޯލް ސެޓް އޭ މައީ”…..”އޯކޭ” އެންމެފަހުން އަހަރެން އެއްބަސް ވީމެވެ… 8 ޖަހާލި ކަންހައިރު އަހަރެންނާއި ލަޔާ ބަސް ސްޓޮޕް ކައިރީ އަމީން މެން އަނަން ދެން ތިބީމެވެ.. 5 ވަރަކަށް މިނެޓް ފަހުން އަމީން އާއި ދާއިން (ނީޝާއްތަ ގެ އެއްބަނޑު އެއްބަފައި ކޮއްކޮ) އައެވެ.. ލަޔާ އަމީންގެ ސައިކަލު ފަހަތަށް އެރުމުން އަހަރެންވެސް ދާއިންގެ ސައިކަލި ފަހަތަށް އެރީމެވެ.. 5 ވަރަކަށް މިނެޓް ދުއްވުމަށްފަހު ދަނޑާހަމައަށް އާދެވުނެވެ.. އަހަރެންނާއި ލަޔާ ދަނޑަށް ވަދެފައި އެންމެ ކައިރީގައި ހުރި ބެންޗްގައި އިށީންދެލީމެވެ.. “އޭ މައީ ބަލަ އެތިބީ ޔޫއާން މެން” ލަޔާ ކަނާތްފަރާތަށް ބަލާލަމުން ބުނެލިއެވެ.. އަހަރެންނަށް އެންމެ ފުރަތަމަވެސް ފެނުނީ ޔޫއާން އާ ވާހަކަ ދައްކަން އިން މާޔާއެވެ.. މާޔާ އަކީ އަމީންގެ ކޮއްކޮއަކަށް ވުމުން ލަޔާ މާޔާ އާ ކުޑަކޮށް ވާހަކަ ދައްކާ ހަދައެވެ.. އަދި އަހަރެންނާއި މާޔާ އާ ދެމީހުން ވެސް ވާހަކަ ދައްކުވަން އުޅެއެވެ.. އަހަރެމެން ފެނުމުން ޔޫއާން މެން މިކޮޅަށް އައެވެ.. ޔޫއާން ފާޑަކަށް އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.. އަހަރެން ޔޫއާން އާ ދިމާލަށް ލޯ އަޅާލުމުން ޔޫއާން ހީލިއެވެ.. މިރޭގެ ފުޓުބޯޅަ މެޗު ވަރަށް ފޫއްސެވެ.. އަހަރެން އިނީ މެޗު އަވަހަށް ނިމޭތޯ ދުއާ ކޮއްލަ ކޮއްލައެވެ.. މެޗް ނިމުމުން އަހަރެންނާއި ލަޔާ ގޭޓު ކައިރިއަށް ދިއުމަށް ހިނގައިގަތީމެވެ.. ގާކޮޅެއްގައި އަޅައިފައިި އަހަރެން ވެއްޓެން ދަނިކޮށް ކޮންމެސް މީހެއް އަހަރެން ހިފެއްޓިއެވެ.. އެއީ ކާކު ކަން ދެނެގަންނާކަށް އަހަރެންނަކަށް އުނދަގުލެއް ނުވިއެވެ.. ޔައިޝް އަހަރެން ނެގިއެވެ..”ލޯންގް ޓައިމް ނޯ ސީ .. މައީ އަހަރެންނާ ދިމާވާ ކޮންމެ ފަހަރަކު ހަމަ ގާކޮޅެއްގައި އަޅައި ގަންނަނީއޭ ދޯ އަހަ އަހަ”…”އަހަ އަހަ ގާކޮޅަށް ވެސް އިނގެނީ ކަންނޭނގެ ޔައިޝް ކައިރީގަ ހުރިކަން” އަހަރެންނަށް ވެސް ހިނިއަންނަ ގޮތް ވިއެވެ.. އަހަރެންގެ ކަރު ފެންނަން ހުރުމުން ޔައިޝް އަހަރެންގެ ބުރުގާ ރީތި ކޮއްލިއެވެ.. އަހަރެމެން ދެމީހުން އެތާ ވާހަކަ ދައްކާލަން ތިބީމެވެ.. “މައީ ހިނގާ ދާން .. އަވަހަށް” ލަޔާ އަހަރެންނަށް ގޮވާލިއެވެ… ލަޔާ އިން ދިމާލަށް ދިއުމަށް އެނބުރެލި ވަގުތު އަހަރެންނާއި ޔައިޝްގެ ހަރަކާތް ތަކަށް ބަލަން ހުރި ޔޫއާން އަހަރެންގެ ލޮލުގައި އަޅައިގަތެވެ.. ޔޫއާން ސިނގެރޭޓެއް ރޮއެ ކޮއްގެން ހުރި އިރު ވަށައިގެން ވަނީ ދުމެވެ… ޔޫއާން ލޮލުން ހީވަނީ އަލިފާން އަރާހެނެވެ.. ޔޫއާން އަހަރެންނާ ދިމާލަށް އަންނަން ފެށުމުން އަހަރެން އަވަހަށް ލަޔާ ކައިރިއަށް ދިޔައީމެވެ..”މައީ .. އަމީން ބުނީ ދާއިން ގޮއްސިއޭ  ގެއަށް .. މައީ ދާށޯ ޔޫއާން އާ އެކީ”…”ނޫން .. ހިނގާފަ ދާން ޖެހުނަސް އަހަރެން ޔޫއާން އާ އެކީ ނުދާނަން”…”ޕިސް ޕިސް މައީ ގޮތް ދޫ ކޮއްބަލަ”….”ނުދާނަމޭ އެންނު މި ބުނީ”…ލަޔާ ގޮސް އަމީން ކައިރީ އެހެން ބުނުމުން އަމީންގެ ރައްޓެއްސަކަށް ގޮވާލައިފައި އަހަރެން ގެއަށް ލާދޭށޭ ބުނިއެވެ.. އަހަރެން އަވަހަށް އެ ސައިކަލު ފަހަތަށް އެރީމެވެ.. ޔޫއާން އާއެކީ ދިއުމަށް ވުރެ އަހަރެންނަށް މިގޮތް ވެސް މާ ރަނގަޅެވެ.. އަހަރެން ދާ ތަން ބަލަން ހުރި ޔޫއާން އެތާހުރި ކާރެއްގެ ލޯނގެއްގައި ރުޅިއަރައިގެން ގުންމުށުން ޖަހާލި ތަން އަހަރެންނަށް ފެނުނެވެ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lilly

Level 510 Stories100 Comments100 Login500 Comments

?just a girl tht hides a thousand ?feelings behind the happiest smile?.. ✨i just love to read n write storiess.?. n share the best? n worst? memories with u guyss..?? feel free to tell me anything..?? will always love u guyss??

Other Articles

Previous

އެހެނަސް ވާހަކައިގެ ކިޔުން ތެރިންނަށް

Next

ވަމޭ ގާތުގައި 12

Next
January 12, 2020

ވަމޭ ގާތުގައި 12

Previews
January 12, 2020

އެހެނަސް ވާހަކައިގެ ކިޔުން ތެރިންނަށް

30 Comments!

  1. Umny ??? says:
    January 12, 2020 at 4:39 am

    Wow it’s amazing and when is the next part?

    1. lilly says:
      January 12, 2020 at 8:33 am

      thank u soo much umnyy.. next mi week therey submit kuraanan ok dhw?❤❤❤❤❤❤❤

  2. ☕Coffee☕ says:
    January 12, 2020 at 8:27 am

    Ooh hama bunaane ehcheh ves neh. Varah reethi ‏‎مشاء الله❤️❤️❤️❤️❤️❤️❤️❤️❤️?????????? Lilly hama molhiyyey❤️

    1. lilly says:
      January 12, 2020 at 8:34 am

      thank u soooooo much coffee ..alah tha mi story ah comment thi kury??❤❤❤❤❤❤❤❤❤❤❤❤

  3. ☕Coffee☕ says:
    January 12, 2020 at 12:16 pm

    Hmm alah mi comment kuree. Ekamu kiyan ingey baraabarah. Busy kamun comment eh nukureveni hama. ????

    1. lilly says:
      January 12, 2020 at 3:23 pm

      ehehe yaa i thought new reader eh kamah

  4. Lamko says:
    January 12, 2020 at 2:50 pm

    Ayyoa sis mi part hama habbu…..mashaa allah varh varah varah reethi….. Ur so creative in story writings……. ❤️❤️❤️???and im speechless hama bunaane ehcheh neynge….. Whn nxt part….. Curiously waiting for the next part….. Ly❤️❤️❤️??

    1. lilly says:
      January 12, 2020 at 3:24 pm

      thank u soooo much lamkooo next part mi week therey submit kuraanan❤❤❤❤❤❤❤❤ lymm

  5. Esherr says:
    January 12, 2020 at 9:15 pm

    Vv salhi mi part vex..maa sha allah??❤

  6. Yulyy says:
    January 12, 2020 at 9:29 pm

    Niceeeeee… I like tht bad attitude vaalaa yuaan ekm yuaan Mai aa gulheykah beynumeh noon he sometimes seems like a idiot??♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. lilly says:
      January 12, 2020 at 10:16 pm

      yeah.. totally❤❤❤❤❤❤❤❤

  7. Tuti says:
    January 12, 2020 at 9:30 pm

    Reethi story.. vvv ves????????????????..

    1. lilly says:
      January 12, 2020 at 10:17 pm

      thank u tuti❤❤❤

  8. Miku says:
    January 12, 2020 at 10:43 pm

    Anehkaa yaish aiii dhw???
    Raihaan aa maisha aa gulhey nama

    1. lilly says:
      January 12, 2020 at 11:06 pm

      nooney yaish hama fenuny… they r friendss.. he will never come in her life again …100%.. u have my word?????❤

  9. Miku says:
    January 13, 2020 at 1:39 pm

    Anehkaa yaish aiii dhw???
    Raihaan aa maisha aa gulhey nama?

  10. magnumm says:
    January 13, 2020 at 1:53 pm

    lillllllllyyyyy……how r u gurl❤..btw this part is quite amazing?I juss really really lav itt??hehe..umm ehcheh ahaalantha…lily boduvegen adhaakuran beynun vany kon job eh thr???hehe….lav u btw

    1. lilly says:
      January 13, 2020 at 3:33 pm

      thank u soooo much… magnummmm…. lilly adhi nuvisnan adhaakuraane job akaa medhu eh… ??

    2. magnumm says:
      January 13, 2020 at 4:18 pm

      ahahaha….ehen dw lilly…kurin vaa hiyy v doctor akah…ekm mihaar beynun vany cabin crew akan varn???…hehe…neyge dhennnn?

  11. magnumm says:
    January 13, 2020 at 1:55 pm

    lillllllllyyyyy……how r u gurl❤..btw this part is quite amazing?I juss really really lav itt??hehe..umm ehcheh ahaalantha…lily boduvegen adhaakuran beynun vany kon job eh thr???hehe….n lav u btw

    1. lilly says:
      January 13, 2020 at 3:34 pm

      lav u moree❤❤

    2. lilly says:
      January 13, 2020 at 4:59 pm

      hehe.. eh vs desicion eh final eh vaagotheh nuvey dhoo… thy lilly vs ulhey haalakee.. law kiyavan vv beynun.. ehnve business stream nagai gn mi ulheny vs????❤

  12. Lamko says:
    January 13, 2020 at 3:56 pm

    Lilly nxt part avahah up kollahchey….. And dhigu vc kollahchey…… Vrh vrh beynun nxt part kiyaalan❤️❤️❤️

    1. lilly says:
      January 13, 2020 at 4:55 pm

      .. no problem❤❤

  13. Anonymous says:
    January 15, 2020 at 4:50 pm

    Koba nxt part adhi vc nunikumey??

  14. Shina says:
    January 16, 2020 at 8:55 am

    Well any kind lik kor or Chinese. I really love Korean and Chinese dramas ???

    1. lilly says:
      January 16, 2020 at 3:19 pm

      ehehe no i dont watch those.. i watch eng movies ❤?

  15. Kooky says:
    January 17, 2020 at 12:05 am

    Alhe kobaa thr next part….?

    1. Shukko says:
      January 21, 2020 at 10:00 pm

      Woow next part avahah neren ulhey
      Dhw

  16. Anonymous says:
    February 5, 2020 at 2:53 pm

    Kobaa thr nxt part…..alhey avahah up kohlla dheeba…… Gaamu buni nxt week ga up kuraanamey…. Ekm adhi vx up eh nukure……

Comments are closed.

Next Episodeމޮޔަ ހިތް މަގޭ…21←


All Right Reserved!