Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 16

Mimmi7 Level 210 Stories100 Comments100 Login
January 17, 2020 4 Mins Read
7 Comments

އަނެއް ދުވަހު ޒާޔާއަށް ހޭލެވުނީ ރާޔާ އައިސް އޭނާއަށް ގޮވުމުންނެވެ. އިރުކޮޅަކު ގޮވުމަށްފަހު ރާޔާ ދިޔައެވެ. ރާޔާ ދިއުމުން ޒާޔާ ކަންނެތްކަމާއި އެކު އެނދުން ތެދުވެ ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ހަތެއް ޖެހީއެވެ. “އަޅެ ހާދަ އަވަހަކަށް އެ ގޮވީ…. ރަނގަޅަށް ނިދާ ވެސް ނުލެވޭ” ހެނދުނު ހެނދުނާ ހޭލަން އާދަވެފައި ނުވުމުން ޒާޔާ ޝަކުވާ ކޮށްލިއެވެ. އެކަމަކު ވެސް އެހެން މީހެއްގެ ގޭގައި އުޅޭއިރު ހިތަށް އަރާހާ ގޮތަކަށް ނޫޅެވޭނެ ކަން އެނގޭތީ ޒާޔާ އެނދުން ތެދުވެ ފާހަނައަށް ވަނެވެ.

“ދަރިފުޅާ މިއަދު ކޮލެޖަށް ވެސް ދާން ނުޖެހޭ އެއްނުން އެހެން ވީމަ ޖެހޭނެ ކޮންމެސް ވަގުތަކު މަންމައަށް މިހިރަ ފަންކާ ސާފު ކޮށްލަދޭން” ހެނދުނުގެ ނާޝްތާ ކުރަން ކާ މޭޒު ދޮށުގައި އިށިން ރަޔާން ގާތު ރިޝްފާ ބުނެލިއެވެ. “ލައްބަ މަންމާ އަޅުގަނޑު ހުސް ވަގުތު ކޮޅެއް ލިބުނީމަ ސާފު ކޮއްލާނަން” ރީތި ހިނިތުންވުމެށް ހަދިޔާ ކުރަމުން ރަޔާން ބުނެލިއެވެ. އެވަގުތަކީ ޒާޔާ އާއި ރާޔާ ވެސް އައިސް ކާމޭޒު ކައިރީ އިށިން ވަގުތެވެ.. “އަހާން ދަރިފުޅުމެން ވެސް އައީ ދޯ…. މަންމަ ހުންނާނެ ވަރަށް މީރުކޮށް މަސް ހުންޔާ ރޮއްޓާ ހަދާފަ…. ޒާޔާ ކަން ދޯ އެކަހަލަ އެއްޗިހި” ރިޝްފާ ޒާޔާއަށް މަސްހުނި އަޅަން ތައްޓެއް ދިއްކޮށްލަމުން އަހާލިއެވެ. ޒާޔާ މަޑުމަޑުން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

ޙަޤީޤަތުގައި ޒާޔާއަކީ ދުވަހަކުވެސް ވެސް މަސްހުނި އަދި ގަރުދިޔަ ފަދަ ދިވެހި ކާނާ ކައި އުޅޭ ކުއްޖެއް ނޫނެވެ. އޭނާ ބަލަނީ ވީހާ ވެސް ބޮޑަކަށް ސަރުބީ ހިމެނޭ ފަދަ ކާނާތަކާއި ދުރުވެވޭތޯއެވެ. ޒާޔާގެ ހަށިގަނޑަށް ލިބިފައިވާ ރީތި ބައްޓަމުގެ ފަހަތުގައި ވާ ސިއްރަކީ މިއީ ކަމަށް ވެސް ބުނެވިދާނެއެވެ. ނަމަވެސް ރިޝްފާ އެހާ މަސެއްކަތުން އަދި އެހާ ލޯބިން ހެދުމުން ނުކާނަމޭ ބުނާކަށް ވެސް ޒާޔާއަށް ނުކެރުނެވެ. ރިޝްފާ އޭނާއަށް ދިން ތަށީގެ މެދަށް މަސްހުނީ ކޮޅެއް އަޅާ ރޮށި ކޮޅަކާ ޖައްސައިގެން ކާލީއެވެ. ޒާޔާ ހީކުރީ ވަރަށް ނުބައި ވާނެ ކަމަށެވެ. ނަމަވެސް ކަންވީ އޭނާ ހީކުރި ގޮތާ މުޅިން ޙިލާފަށެވެ. އަނގައަށް ލީ ފުރަތަމަ އެތިކޮޅާ އެކު ވެސް ޒާޔާއަށް މަސްހުނި މީރު ވެއްޖެއެވެ. ޒާޔާ ކައި އުޅޭ ސެލެޑު ސެލެޑަށް ވުރެ މާ މީރެވެ. މަސްހުނީ މީރު ކަމަށް ބުނެ ރިޝްފާއަށް ތަޢުރީފު ކޮށްލުމަށްފަހު ޒާޔާ އިތުރަށް ތިން ރޮށި ނަގާ ކާލީއެވެ.

ޒާޔާ އެހާ މީރުކޮށް ކާތަން ބަލަން އިން ރަޔާން އިނީ އާޝޯޯޯޙު ވެފައެވެ. ރަޔާން ހީކުރީ ޒާޔާ ކާނީ ކުޑަކުޑަ އެތިކޮޅެއް ކަމަށެވެ. ނަމަވެސް ޒާޔާ އެހާ ގިނައިން ކާތަން ފެނިފައި ރަޔާން ޙައިރާންވިއެވެ. ރަޔާންގެ ސިކުނޑި ތެރޭގައި އަދިވެސް ދައުރުވަމުން ދަނީ އޭނާ ޒާޔާއާއި އެއްކޮށް ފާހަނައިގަ ހޭދަ ކުރި ވަގުތުކޮޅެވެ. ޒާޔާގެ އެ މައުުސޫމް މޫނު ސިފަވާ ކޮންމެ ފަހަރަކު ރަޔާންއަށް ހިނިތުންވެވޭއެވެ. އޭނާ ޒާޔާގެ ގައިގާ ބައްދާލި ވަގުތަކީ ރަޔާންގެ ޙަޔާތުގެ އެންމެ އުފާވެރި ވަގުތުކޮޅެވެ. ރަޔާންއަށް ވެގެން ވާނަމަ ޒާޔާގެ ގައިން ދުވަހަކު ވެސް ދޫ ނުކޮށްލާނެއެވެ. ޒާޔާގެ ލޯބި ޙާސިލް ކުރުމަށް އޭނާގެ ހިތު ތެރޭގައިވި އަޒުމާއި އުންމީދު އިތުރަށް ވަރުގަދަވިއެވެ.

ޒާޔާގެ ޙާލަކީ ކޮބައިތޯއޭ، ރަޔާން އެކޭ އެއްފަދައިން އޭނާގެ ސިކުނޑިގައި ވެސް އެނބުރެމުން ދިޔައީ ފާޚަނައިގައި ހިނގި ކަންތައްތަކެވެ. ރަޔާންގެ އެ އޯގާތެރި ބަސްތަކާއި އަމަލުތައް ވަނީ ޒާޔާގެ ހިތުތެރޭގައި ދުނިޔެ އުމުރަށް ވެސް ރައްކާކުރެވިފައިވެ. ރަޔާން އޭނާގެ ގައިގާ ބައްދާލާފައި ނިތަށް ބޮހެއް ދިނުމުން ޒާޔާއަށް ކުރެވިގެން ދިޔަ އިޙުސާސަކީ ދުވަހަކުވެސް އޭނާގެ ހިތުން ފިލައިގެން ދާނޭ ކަމެއް ނޫނެވެ. ކާން އިންދާ ވެސް އިރުއިރުކޮޅާ ރަޔާންއަށް ބަލައިލާ ކޮންމެ ފަހަރަކު ވެސް ރަޔާން ޒާޔާއަށް ބަލާން ހުރުމުން ޒާޔާގެ ހިތަށް ގޮތްގޮތް ވާންފެށިއެވެ.

“ދަރިފުޅާ ޒާޔާ، ދައްތައަށް އެނގޭ ޒާޔާއަށް ކަންތައް ދިމާވި ގޮތުން އެކަން ކަން ހަނދާން ނައްތާލާފައި ކުރިއަށް ދާން އެހާ ފަސޭހަ ނުވާނެކަން. އެކަމަކު ދަރިފުޅު ޖެހޭނެ އަމިއްލަ މީހާއާއި ދޭތެރޭ ވިސްނާން. ދަރިފުޅަކީ ކިޔަވާ ކުއްޖެއް، ކިޔެވުމަށް ވީހާވެސް ބޮޑަށް ދަރިފުޅަށް ދެވުނު ވަރަކުން ސަމާލުކަން ދީ. ވެނިމި ދިޔަ ކަމަކީ އެކަކަށް ވެސް ބަދަލު ކުރެވޭނެ ކަމެއް ނޫން. ކޮންމެ ކަމެއް ވެސް ވާނީ މާތްﷲ ކަނޑައަޅުއްވާފައިވާ ގޮތަކަށް. އެކަލާނގެ އެއްވެސް އިންސާނަކަށް ދެރަގޮތެއް ނަހައްދަވާނެ. އަހަރުމެން އިންސާނުންނަށް އޮތް ކަމަކީ ގިނަގިނައިން އެކަލާނގެ ޙަޟްރަތަށް ދުޢާ ދެންނެވުން. ދައްތައަށް އެނގޭ މި ކަމުގައި ޒާޔާގެ ކުށެއް ނެތްކަން ވެސް އެކަމަކު ޒާޔާގެ މަންމައާއި ބައްޕައަށް ޒާޔާގެ ކުށެއް ނެތްކަން ނޭނގޭތީވެ އެމީހުން އެގޮތަށް ކަންތައް އެ ކުރީ. އެމީހުންނަށް އަދި ޙަޤީޤަތް އެނގޭނެ އިންޝާﷲ. އެ މީހުންނާއި ދޭތެރޭ ދަރިފުޅު ހިތް ނުބައި ނުކުރާތި. ޒާޔާ ބޭނުން ވެއްޖިއްޔާ އަބަދު ވެސް މިގޭގައި ހުރުމުގެ ފުރުސަތު އޮންނާނެ. ދައްތައަށް ރާޔާއާއި ރާޔާންއާއި ޒާޔާއާ ހަމަ އެއްފަދަ. އެހެން ވީމާ ދައްތައަށް ރަނގަޅު ދަރިފުޅު ދައްތައަށް ދައްތަ ނުކިޔާ މަންމަ ކިޔައިފިއްޔާ” ޒާޔާގެ ކައިރީ އިން ގޮނޑީގައި އައިސް އިށީނުމަށްފަހު ރިޝްފާ މަޑުމައިތިރިކަމާއި އެކު ޒާޔާއަށް ނަސޭހަތް ލައިދިނެވެ.

“ލައްބަ މަންމާ، އަޅުގަނޑު މަންމަ ތި ބުނުއްވި ގޮތަށް އުޅޭނަން. މަންމައާއި ބައްޕަ ދެކެ އަޅުގަނޑު ރުޅިއެއް ނާދޭ ދެރަވަނީ… އެމީހުންގެ އެހީ އަޅުގަނޑަށް އެންމެ ބޮޑަށް ބޭނުންވެފައިވި ވަގުތު އެމީހުން އަޅުގަނޑު ދޫކޮށްލާފައި ދިޔައީމަ ދެރަވަނީ” ޒާޔާ ވަރަށް ދެރަވެފައި ބުނެލިއެވެ. ރިޝްފާ ޒާޔާގެ ގައިގާ ބައްދާލީ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނޭ ބުނާ ފަދައިންނެވެ. ވަގުތުން ޒާޔާއަށް ރޮވުނެވެ. ކުއްލިއަކަށް ހައްވަ މަތިން ހަނދާން ވުމުންނެވެ. އެދުވަހު ވެސް ހައްވަ ބުނީ ބަސް އަހައިގެން ނުދިޔަ ނަމަ ޒިޔާން އަކަށް އޭނާ އާއި ދޭތެރޭ އެ ގޮތަށް ކަންތައް ނުކުރެވުނީހެވެ. މައިމީހާ ހިތުގައި ޖައްސައިފި މީހަކަށް ދުވަހަކުވެސް ރަނގަޅު ގޮތެއް މެދުވެރި ނުވާނެކަން މިއަދު ޒާޔާއަށް އެނގިއްޖެއެވެ. މިއަދު ރިޝްފާ އެހުރި ގޮތަށް ހައްވަ އޭނާގެ ގައިގާ ބައްދާލައިގެން ހުންނާނެ ނަމައޭ ޒާޔާ ހިތަށްއެރިއެވެ.

މި މަންޒަރު ބަލަން ރާޔާއާއި ރަޔާން ހުރީ ވަރަށް އުފާވެފައެވެ. އެންމެ ބޮޑަށް ހެވިފައި ހުރީ ރަޔާންއަވެ. “ވާއު، ޒާޔާ މިހާރުން ފެށިގެން މަންމަ ކިޔަން ފަށައިފިއްޔާ އަހަރެންނާއި އިނދެގެން މަންމަ ކިޔަން ވާއިރަށް ހުންނާނީ އާދަވެފައި. އޭރުން އަހަންނަށް މަންމަ ގާތުގައި ޒާޔާ ދެކެ ލޯބިވާ ވާހަކަ ބުނަން ވެސް ފަސޭހަ ވާނެ. އަޅެ އާއި ކާންޓް ވެއިޓް ޓު މެރީ ޔޫ ޒާޔާ. އެދުވަސް އަތުވެއްޖެ ނަމަ އަހަރެން އުފަލުން ގޮސް މޮޔަ ވެސް ވެދާނެ ކަންނޭގެ. ބޮޑު ޕާޓީއެއް ވެސް ބާއްވާނަން. ހަނީމޫންއަށް ވެސް ދާނަން. އޭރުން ދުވަސްކޮޅަކުން އަހަރުމެންނަށް ލޯބި ލޯބި ކުއްޖެއް ވެސް ލިބޭނެ. ހާދަ މަޖާ ވާނޭ އޭރުން. އިޓް ވިލް ބީ އަ ޕާފެކްޓް ފެމެލީ. ކޮންނަމެއްތަ ބޭބީއަށް ކިޔާނީ، އަންހެން ކުއްޖެއް ވެއްޖިއްޔާ ކިޔާނީ މައިރާ. ފިރިހެން ކުއްޖެއް ވެއްޖިއްޔާ ކިޔާނީ ޒަޔާން.. ޒާޔާ ޕްލަސް ރަޔާން އީކުއަލް ޒަޔާން. ހޫމް ވަރަށް ލޯބި ދެނަން. އައި އޭމް ޝުއާރ ޒާޔާއަށް ވެސް ކަމުދާނެ” މިހުރިހާ ވާހަކަތަކެއް ވެސް ވަނީ ރަޔާންގެ ސިކުނޑިގައެވެ. ރަޔާން ހުވަފެނެއްގެ އެހީގައި އޭނާއާއި ޒާޔާގެ ފިޔަވާ ޕްލޭނަ ކޮށްލިއެވެ.

“ރަޔާން، ރަޔާން، އޭތް ބަލާ މިހިރަ ފެންނަ އިންސާނާ” މިހެން ކިޔާ ރާޔާ ރަޔާންގެ ކޮނޑުގައި ބާރަށް ޖަހާލިއެވެ. އެހާ ހިސާބުން ރަޔާންގެ ގަޔަށް ހޭވެރިކަންވިއެވެ. އަދި ވަރަށް ބާރަށް އައްދޯއި އޭ ކިޔާ ކޮނޑުގައި ފިރުމާލިއެވެ. “ދޮންތާ، ތަދުވެއްޖެޔޭ” ރަޔާން ރާޔާއަށް ބަލާލަމުން ބުނެލިއެވެ. “ތަދު ވާނެއްނުން މިހާރު އަހަރެން ރަޔާންއަށް ގޮވާތާ ކޮންއިރެއްތަ. ގޮވާ ގޮވާ ވާޅުވާއިރު ވެސް މީނަ މިހުންނަނީ މޮޔައެއްހެން އަނގައިން ސޮނި ވަރަމުން ހުވަފެން ބަލަން އަމިއްލަ ދުނިޔެއަކަށް ގެއްލިފައި. މީނައަށް ހެވޭޭ ރޯމާ ރޯ ދުވާލަސް، ހޭލާހުރެވެސް ހުވަފެން ބަލަނީ. ގައިމު ތި ބަލާ ހުވަފެނެއް އަހަރުމެން ކައިރީގައި ވެސް ބުނެބަލަ ދޯ” ރާޔާ ހުރިހާ ކަމެއް ވެސް އެނގި ހުރެ ރަޔާންއަށް ޖެއްސުންކޮށްލުމަށް ބުނެލިއެވެ. އޭރު ޒާޔާއާއި ރިޝްފާ ރަޔާންއަށް މަލާމާތްކޮށްފަ ހީހީ ހަލާކުވަނީއެވެ. “އަހަރެން ނުބަލާ މޭ އެއްވެސް ހުވަފެނެއް” ރަޔާން ހުރީ ލަދުން ބޯ ފަޅައިގެން ދާ ވަރުވެފައެވެ. އަދި ލަދުން އިސް ޖަހައިގެން ހުރެ ކަނާއަތުން ބޯ ކަހަމުން ކަމަކުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ކޮށްލިއެވެ. ރަޔާން ދިޔުމުން ކާ މޭޭޒު ކައިރީގައި ތިބި އެންމެން ޕާކު ޕަކަ ލާފާއި ހޭންފެށިއެވެ.

މެންދުރު ދޭއް ޖެހިކަންހާއިރު ޒާޔާ ގޭތެރެއަށް ނިކުތީމައެވެ ކަރުހިއްކާތީ ފެންފޮދެއް ބޯލާށެވެ. ނިކުތް ވަގުތު ގޭތޭރޭ ފަންކާ ނުނިވާ ހުރުމުން ފަންކާ ނިވާލަން ބެލިއިރު ފަންކާ ހުރީ އަދިވެސް ސާފުނުކޮށެވެ. ރަޔާން ބިޒީކަމަށް ހީކޮށް ޒާޔާ ގުދަނުން ކުޑަ ހަރުގަނޑަކާއި ބާ ފޮތިގަނޑެއް ނަގައިގެން އައިސް ފަންކާ ސާފު ކުރަން ފެށިއެވެ. ޒާޔާ އެރި އިރު ވެސް ހަރުގަނޑު ވަރަށް ގަދައަށް ތެޅުނެވެ. ކުޑަކޮށް ބިރުން ހުރެ ޒާޔާ ފަންކާ ސާފުކުރަން ފެށިއެވެ.

ރަޔާން ފަންކާ ސާފު ކުރަން ވެގެން ގޭތެރެއަށް ނިކުތް އިރު ޒާޔާ އުޅުނީ ސާފު ކޮށެވެ. ޒާޔާ އަރައި ހުރި ހަރުގަނޑު ހެލޭތަން ފެނިފައި ރަޔާން ދުވެފައި ގޮސް ހަރުގަނޑުގައި ހިފެހެއްޓިއެވެ. “ޒާޔާ ކީއްކުރަން ތި ސާފު ކުރަނީ، ފައިބާ ތިރިއަށް އަހަރެން ސާފު ކޮށްލާނަން” ރަޔާން ބުންޏެވެ. “އަހަރެން ހީކުރީ ރަޔާން ބިޒީކަމަށް އެހެންވެ ނުގޮވީ ދެން އޯކޭ އަހަރެން ސާފު ކޮށްލާނަން. ރަޔާން ހަރުގަނޑުގަ ހިފަހައްޓާ ތި މީތި ވަރަށް އެބަ ހެލޭ” ރައްދުގައި ޒާޔާ ބުނެލިއެވެ. ރަޔާން އާއެކޭ ބުނުމަށްފަހު ހަރުގަނޑުގައި ބާރަށް ހިފެހެއްޓިއެވެ. އެވަގުތު ރާޔާއާއި ރިޝްފާ އޮތީ ނިދާފައެވެ.

ފަންކާ ސާފުކޮށް ނިންމާލުމަށްފަހު އަނެއް ފަރާތަށް އެނބުރުނު ޒާޔާ ފައި ޖައްސާލާފައި ވެއްޓެން ދިޔައެވެ. ކުއްލިއަކަށް ޒާޔާ ވެއްޓުން އައުމުން ރަޔާންއަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެއެވެ. ޒާޔާއަށް ހިފުނީ ރަޔާންގެ ކޮނޑުގައެވެ. ރަޔާން ވަގުތުން ޒާޔާގެ އުނަގަނޑުގައި އަތް ވަށާލިއެވެ. ޒާޔާގެ ތުންފަތް އައިސް ޖެހުނީ ސީދާ ރަޔާންގެ ތުންފަތުގައެވެ.

 

*ނުނިމޭ*

.

Share Article

Follow Me Written By

Mimmi7

Level 210 Stories100 Comments100 Login

I am a girl who loves to read and write stories since I was a small girl. Now I am 15. I have a special interest on writing love stories hope you'll like all my stories??

Other Articles

Previous

ތަޤްދީރު 03 ވަނަ ބައި

Next

ނޭދެން ވަކިވާކަށް (1)

Next
January 17, 2020

ނޭދެން ވަކިވާކަށް (1)

Previews
January 16, 2020

ތަޤްދީރު 03 ވަނަ ބައި

7 Comments!

  1. Zuha says:
    January 18, 2020 at 10:28 am

    Varah Gina dhuvahuge inthizaarah fahu mi part vx mi kiyuny.v reethi mi part vx.♥️♥️♥️dhn kn irakun next part?

    1. Mimmi7 says:
      January 19, 2020 at 9:08 am

      Yeah vrh gina dhuvas vejje dhw.. I am extremely sorry for that.. Thanks zuha vrh ufaa vejje mi part zubair ah Reethi veema.. Nxt prt as soon as possible.. Ly❤️❤️❤️

  2. ? says:
    February 1, 2020 at 9:59 am

    “Attention”??

    shaakko mi ai ha.ihavandhoo myheheh
    real aky aiminath ishaa
    miahru grad 6 ga
    varah nubai nulafaa anheneh
    ehvs myhaku myna aa vaahaka dhahkaign nuvane

  3. ravupinky says:
    February 1, 2020 at 11:12 am

    WOW MIMMI????VARAH HABEYS INGEY????RAYAAN AND ZAAYAA DHW????BTW WHEN NEXT SISSY??!!WAITING

  4. rewyerr says:
    February 1, 2020 at 11:13 am

    ♥Nice

  5. In@ says:
    February 24, 2020 at 10:11 am

    Ey thiyoh mathi vanee dhekudhinn…. ??

  6. Anonymous says:
    October 1, 2024 at 10:55 am

    next part kobaatha

Comments are closed.


All Right Reserved!