އުއްމީދު

- by - 38- January 12, 2020

ޝަހާދު އިނގިލި ނަގައި ަހަރެންގެ ލޮލުން ވެއްޓެން އައި ކަރުނަ ފުހެލީމެވެ. ފެންކަޅި ވެފައި ހުރެ އަހަންނަށް އަހރެންގެ އަތުގައި އޮތް ރިޕޯޓް ކާޑަށް ބަލައިލެވުނީ ގަބޫލް ކުރަން ދަތި ގޮތަކަށެވެ. އަހަރެން ދެފައި ގަނޑުވެފައި ހުރީއެވެ. އެ ވަގުތު އެހެން ކުދިން އެ މީހުންގެ ނަތީޖާ އަށް ފަހްރުވެރިވާ ވާހަކަ ބުނަމުން ދިޔަ އަޑު އަހަންނަށް އިވެމުން ދެއެވެ. ނަމަވެސް އަހަންނަށް މިއަދު ބުނެވޭނީ ކީކޭ ހެއްޔެވެ.؟
މަޑު ފިޔަވަޅު ތަކެއްގައި ކުރިޔަށް ހިނގަމުން ދިޔައީ ގެޔަށް ދިޔުމުގެ ބޭނުމުގައެވެ. އަހަރެން މިއަދު ގެޔަށް ވަންނާނީ ކިހިނެއް ހެއްޔެވެ؟ މަންމަ އާ ބައްޕަ އަހަންނަށް ކުރަމުން އައި އުއްމީދު ފުނޑު ފުނޑު ވެއްޖެވެ. މިއަދު މަންމަ އާއި ބައްޕަގެ ެތަކެއް ސުވާލެއް އަހަންނަށް އަމާޒު ވާނޭ ކަން ގައިމެވެ. އަހަރެންނަށް އެޔަށް ރޯލުން ނޫން ކަމެއް ނޯންނާނެވެ. ގެޔަށް ވަދެވުމާއެކު މަންމަ އަހަރެންނާ ސުވަޅު ކުރީ ރިޕޯޓް އައީ ކިހިނެއްތޯއެވެ. އަހަރެން ވަކި ބުނާނީ ކީކޭ ހެއްޔެވެ. އަހަންނަށް ރުޔުން ނޫން ކަމެއް ނުކުރެވުނެވެ. މަންމަ އަތަށް ރިޕޯޓް ކާޑް ދިނުމަށްފަހު އަހަރެން ކޮޓަރިއަށް ވަދެ ތަޅުލީމެވެ. ކޮޓަރި ދޮރު ކައިރީ ރޮމުން އިށީނދެވުނެވެ. ވިސްނާލެވުނީ ރިޕޯޓް ކާޑާ މެދު އެވެ. ހަގީގަތުގައި ވެސް މަންމަ މިއަދު ވަރަށް ދެރަވާނެކަން ޔަގީނެވެ.
8 ދަރިން ތެރޭގައި ހުރި ހަމަ އެކަނި އަންހެން ދަރިޔަކީ އަހަންނަވެ.
ނަމަވެސް އަހަންނަށް އުޅެވުނީ އަންހެން ކުއްޖެއ އުޅެން ވާ ގޮތަކަށް ނޫނެވެ.
އަހަރެން ފިރިހެން ކުއްޖަކާ ރައްޓެހި ވީ 10 ނިމުނީމަ ނޫނީ ރައްޓެހި ނުވާން އަންގާފައި އޮއްވައެވެ. އޭގެ ހިތި މިއަދު އަހަންނަށް ފެނިއްޖެވެ. އަހަރެން އޭނަޔާ ރައްޓެހިވެ މަހެއް ވަންދެން ވަރަށް ލޯބިން އުޅުނީމެވެ. ނަމަވެސް އޭނަ އަހަރެންގެ އެއްވެސް ކުށަކާ ނުލާ ރުޅިވީއެވެ. އޭގެ ފަހުން އަހަރެންގެ އުޅުމަށް ބޮޑެތި ބަދަލް ތަކެއް އައި ވާހަކަ މަންމަ އަބަދުވެސް ބުނަމުން ދެއެވެ. ގިނަ ވަގުތު ބޭރުގައި ހޭދަ ކުރެވެން އަހަންނަށް ފެށުނެވެ. އަހަރެންނާ ޖެހުނީ ނުބައި ނުލަފާ ފިރިގެން ގުރޫޕެކެވެ. އެ ގުރޫޕާ އެކު އަހަރެން ބޭރުގައި ވަގުތު ހޭދަ ކުރަމުން ދިޔައީމެވެ. ސިނގިރޭޓް ބޯން ފެށީމެވެ. ކިޔެވުމަށް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދެމެވެ. ސުކޫލަށް ދިޔަ ޔަސް އަހަރެން ގިނައިން އިންނަނީ ސުޕަވައިޒާސް ރޫމްގައެވެ. ކޮންމެވެސް މައްސަލައެއް ބަލާށެވެ.
އެ ހިޔާލުތަކާ ދުރުވެވުނީ މަންމަ އައިސް ކޮޓަރީ ގައި ޖަހަން ފެށުމުންނެވެ.
އަހަރެން ކަރުނަތައް ފޮހެލަމުން ދޮރު ހުޅުވީމެވެ. މަންމަ އަހަރެންގެ ކޮޓަރިއަށް އަޅާލި ފުރަތަމަ ފިޔަވަޅުން އަހަރެން މަންމަގެ ފައި ބުޑަށް ވެއްޓުނީމެވެ.
“މަންމާ… އަހަންނަށް މާފް ކުރެ… މަންމާ.. އަހަންނަށް ވިސްނިއްޖެ. ތީ މަންމަ ބޭނުންވާނެ ނަތީޖާ އެއް ނޫން. މަންމާ… އަހަންނަށް މަގު އޮޅުނީ… ރަނގަޅު މަގު ވަކި ކުރަން ނޭނގުނީ.. ބަދަލުގައި އަހަންނަށް ފެނުނީ ގޯސް މަގު… މަންމާ އަހަރެންނަށް ވިސްނޭ އަހަންނަށް މިއަދު ކުރެވުނު ކުށް… އަހަންނަށް މަންމަގެ އާދޭސް ތަކަށް ދެވުނި ބީރު ކަންފަތެއް..އަހަރެން ފިރިހެނަކާ ގުޅުން ބޭއްވީ… މަންމާ.. އޭނަ ރުޅިވީމަ އަހަރެންނަށް އެހާ ބޮޑު ބަދަލެއް އައީ… މަންމާ… މަންމާ… މަންމާ…. އަހަރެން އެ ގުރުޕް އާ އެއްކޮން އެކި ކަހަލަ ފާފަ ތައް ކުރެވުން މަންމާ އާދޭސް ކޮށްފަ އަހަރެންނަށް މާފް ކުރޭ..”
އަހަރެންނަށް މި ހުރިހާ އެއްޗެއަ ކިޔާނެ ހިތްވަރު ލިބުނީ ކޮންތާކުން ހެއްޔެވެ؟ ނޭނގެއެވެ. އެ ވަގުތު މަންމަ މުށިގަނޑު މައްޗަށް ވެއްޓުނެވެ.
***
“ލިބުނި ކުއްލި ޝޮކެއްގައި ސަލްމާ ވަނީ ނިޔާވެފަ. ”
ޑޮކްޓާގެ މި ޖުމުލަ އަހަރެންގެ ހުރިހާ ބޭބެ މެނަށް ވެސް އަޑު އިވުނެވެ.
އަހަރެންނަށް އެ ވަގުތު އެހެން ނުވަނޭ އެ ބުނެ ހަޅޭ ލަވައިގަނެވުނެވެ.
މަންމަގެ ކަށިކަމާކެމި ނިމި އެންމެ ތިބީ ގޭގައެވެ.އަހަރެން ފޯނަށް ބައިވަރު މެސެޖު ތަކެއް އަންނަން ފެށުމުން ފޯނު ހުޅުވައި ބަލާލީމެވެ.

“އީވާ… ޕްލީޒް އައެމް ސޮރީ…. އަސްލު ބޭނުން ވީ ގޮތް ކިޔާދޭން….
ޕްލީޒް….” އެއީ އަހަރެންގެ ކުރީގ ރައްޓެހި ވެގެން އުޅުން އީމާނެވެ.
“އީމާން. މަ ބޭނުމެއް ނޫން ކަލޭގެ އެއްވެސް ވާހަކަ އެއް އަހާކަށް… ކަލޭގެ ސަބަބުން އަހަރެންގެ ހަޔާތް ނަރަކަ އަިކަށް ވެއްޖެ… މިއަދު އަހަރެންގެ މަންމަ ދިޔައީ ހަމަ ކަލޭގެ ސަބަބަުން… އަހަރެން ކަލޭ ދެކެ ވީ ހަގީގީ ލޯބި. އޭގެ ބަދަލު ކަލޭ ދިނީ ވަރަށް ހިތި ކޮށް. ކަލޭ ތި ދިން ހަދިޔާއިން އަހަންނަށް އިބްރަތެއް ލިބިއްޖެ…. އަހަރެން ކަލެއާ އިތުރަށް ރައްޓެހިވާ ހިޔާލެއް ނުކުރަން… އަހަރެން ސްކޫލް ނިމުނީމަ ނޫނީ އަހަރެން ބޭނުމެއް ނޫން އިތުރަށް އެހެން މީހަކާ ގުޅުމެއް ބާއްވާކަށް…. އައި ކޭން ސޭ ނޯ… ސޯ ޕްލީޒް ޑޯންޓް ޑިސްޓާރބް މީ…. ބާއީ…” އަހަރެން ފުންކޮން ވިސްނަން އިނުމަށްފަހު ޖަވާބު ދިނީމެވެ.
އޭގެ ފަހުން އޭނާގެ އިތުރު ރިޕްލައި އެއް ނާދެއެވެ.
މިއަދު މިޔަކީ އަހަރެން މަރްހޫމް މަންމަ އާއި ބައްޕަގެ ހުވަފެނުގައި ކުލް ޖެހޭނެ ދުވަސްކަން ޔަގީނެވެ. ނަމަވެސް މި އަދު އެމީހުން އަހަރެންގެ އުފަލުގައި ބައިވެރިވާކަށް ދުނިޔެ އަކު ނެތެވެ. އާއެކެވެ. އަހަރެން މިއަދް މިހުރީ 10އެއްގެ އޯލެވެލް ޓެސްޓް ނިންމާ އެންމެ މޮޅު ކުއްޖަކަށް ވެފައެވެ. ރާއްޖޭގަ ޓޮޕް ވަންގައި އަހަރެން ނަން ހިމެނުން އެއީ އަހަރެންނަށް މަންމަމެންގެ ކައިރިން ކުރެވުނު ކުޑަ ކަމެކެވެ. ނަމަވެސް ކުރިއަށް އޮތްތާ އަހަރެން މަސައްކަތް ކުރާނަމެވެ.
އަހަރެން އޭގެ 1 އަހަރު ފަހުން ލިބުން ކޮލަޝިޕެއްގައި އަހަރެން އޮސްޓްރެލިއާ އަށް ކިޔަވަން ދިޔައީމެވެ. އެތަނުގައި ވެސް އަހަރެން ކކިޔެވުން ނިންމާލީ ގުރޭޑް 10 އެއްގައި ވެސް ލިބުނު ކަހަލަ ކާމިޔާބީ އެއްގައެވެ.
މިއަދު އަހަންނަށް ވިސްނެއެވެ. މަންމަގެ ނަސޭހަތަކީ ވަރަށް އަގުހުރި އެއްޗެއް ކަމެވެ. ނަމަވެސް މިއަދު އެ މަންމަ އެއް ނު އަންނާނެވެ. ނަމަވެސް އަހަރެންގެ ދުޢާ އަކީ މަންމައާއެކު ސުވަރުގެ ލެވުމެވެ.
މާތް ﷲ މިއަޅާގެ ދުޢާ އިޖާބަ ކުރައްވާދޭންވެ.
ނިމުނީ….

38

ShAaKkO Mi

Thank u for suppot A proud author of.: 1.libumey edheny 2.badhal 3.loabi nuve vunu nama. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 💞🥰

You may also like...

6 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Shaakko its true…… But i will study well….. Aslu vrh rangalhu vahaka thi buneladhiniii. Vry interesting story….

  2. hey ish❤long time no c dhwwwww😅sorry for that ngey….n group kudhin kairi bunelaathi gerl bunyey v avahah online vaanamey💕n iam fine ey😊n bythe way story is quite awsme♥👏😘ngejje dhw mee kaakukan..anywyas lav u kokkiiiii😋

Leave a Reply

Your email address will not be published.