Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ 8

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
April 1, 2020 9 Mins Read
19 Comments

އޮފީހަށްވަތްގޮތަށް މީޓިންއަކަށް ތައްޔާރުވެލުމަށް އެދި ހަމްދާ ފޮނުވާލާފައި މީކާން ގާތްވެލީ އީރަމްގެ މައުސޫމް ސޫރަ ފެންނަ ދިމާ ބިއްލޫރިގަނޑާއެވެ. އަވަދިނެތި އޮފީހުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުންނަށް އޭނާ މިއަދު ރާވާފައި އޮތްކަމެއްގެ ވާހަކަ ބުނެފިނަމަ ގަބޫލުވެސް ނުކުރެވޭނެކަންނޭނގެއެވެ. އީރަމް ފައިލުތަކަށްފަހު ފައިލެއް ނަގާ ހަމަޖައްސަން އުޅުނުއިރު އޭނާގެ ހަރަކާތްތަށް އަވަހެވެ. މީކާން ބިއްލޫރިގަނޑުގައި ޖަހާލުމާއި އެކު އީރަމްގެ ހަރަކާތްތަށް ހުއްޓި އަޑުއައިދިމާލަށް ބަލައިލީ މީކާން ފެންނާނެކަން އެނގިހުރެއެވެ.

“ނޫކުލަ އީރަމްއާއި ވަރަށް ގުޅޭ…” މީކާންގެ އަތުން ކޮށްލި ހަރަކާތުގެ މާނަ އީރަމްއަށް އިނގުނެވެ. ސައިންލޭންގްއޭޖްއަށް ކޮންމެވެސް ވަރަކަށް މީކާން ފަރިތަވެއްޖެކަމަށް އީރަމްއަށް އިނގުނީ އަތް ގެންގުޅުނުއިރު އެހެންޏާ ހުންނަ ނުފަރިތިކަން ފާހަގަވާލެއް ކުޑަވީމައެވެ. މީކާން ކޮންމެދުވަހަކު ދަސްކުރާ އެއްޗެއް އެތަކެއް ފަހަރު ތަކުރާރުކުރަމުންދެއެވެ. އަދި ހުސްވަގުތެއް ލިބުމާއި އެކު ނާޒީ އޭނާއަށް ބުނެދިން ވެބްސައިޓަކުން އާންމުކޮށް ބޭނުންކުރާ ކުދި ކުދި ޖުމްލަތަށް ބުނެދޭ ގޮތާއި އެހެނިހެން އިތުރު ‘ޓްރެއިނިން’ ތަކުގެ ވީޑިއޯތަށް ބަލާ ފަރިތަކުރަންފެށިއެވެ. އީރަމްހާ ފަރިތަކޮށް ނުކުރެވުނަސް މިހާރު އޭނާއަށް އާންމުކޮށް ބޭނުންކުރާ ހަރަކާތްތަކުގެ މާނަތަކާއި ބައެއް ބަސްތަކަށް ގެންނާނެ ހަރަކާތްތަށް ވަނީ ވަރަށް ރަނގަޅަށް އޮޅުންފިލުވިފައެވެ. އައު އެއްޗެއް ދަސްކުރަން ކުރިން ނެގިހާ ވަގުތުތަކެއް ނުނަގައެވެ.

އީރަމް ޝުކުރުއަދާކުރުމަށްފަހު ގަޑި ދައްކާލީ މީޓިން އޮތްކަން ހަނދާންކޮށްދޭށެވެ. އީރަމް ހިނގައިގަންނަން އުޅުމުން މީކާން ބިއްލޫރީގައި އަނެއްކާވެސް ޖަހާލިއެވެ.

“އީރަމް ފެނުނީމާ އަހަރެން އުފާވޭ…” މީކާން އެ ދެއްކި ހަރަކާތުން ދޭހަވި އެއްޗަކުން އީރަމް ގެ ތުންފަތުގައި ކުޅެލީ ރީތި ހިނިތުންވުމެކެވެ. އޭނާ ރައްދުގައި އޭނާވެސް އުފާވާކަމަށް ބުނެ ބާރުބާރަށް ހިނގައިގަތީ މީކާންއާއި ކުރިމަތިލާނޭ ހިތްވަރު އިތުރަށް ނެތިގެންނެވެ. އޭނާ ހީވަނީ ލަދުންގޮސް ވިރެން އުޅެނީހެންނެވެ. މީޓިންހޯލުތެރެއަށް އެންމެންނަށް ވަދެވުނީ ގަޑިޖެހެން ވަރަށް ކައިރިވެފައި ހުއްޓައެވެ. ކިތަންމެ މަދުބަޔަކު ހާޒިރުވެފައި ތިއްބަސް، މީކާން ކިޔާފައިވާ ގަޑިއަށް މީޓިން ފަށާނެއެވެ. އެކަމުގެ ސަބަބުން ހުރިހާ މުވައްޒަފުންގެ ގައިގާވެސް ގަޑިއަށް ސަމާލުވުމުގެ އާދަ ވަނީ ވަރަށް ރަނގަޅަށް ހަރުލާފައެވެ. އެންމެންގެތެރެއިން ވިދާބަބުޅަމުން ދިޔަ ސާދާ މޫނަށް މީކާންގެ ނަޒަރު ހުއްޓުނެވެ. އޭނާގެ ހަނދާނަށް އައީ ސުކޫލު ދުވަސްވަރު ލަމްޔާ ފެންނަ ގޮތެވެ. ލަމްޔާގެ ވަށައިގެން އެތަށް ކުދިންތަކެއް ތިއްބަސް އެލޮލުގައި އެމޫނު އަބަދުވެސް އަޅައިގަންނަގޮތެވެ. އެދެމީހުންދޭތެރެއިން ކިތަންމެ ގިނަބަޔަކު ހުރަސްކޮށްފައި ދިޔަޔަސް މީކާންގެ ލޮލަށް އޭނާގެ ލަމްޔާއެއް ނުގެއްލެއެވެ. ލަމްޔާގެ ހިޔާލުން މީކާން އަށް އުނދަގޫވުމާއި އެކު ފަރާތްފަރާތަށް ބަލައިލިއެވެ. މާޒީ ދޫކޮށްލާފައި ހިނގައިގަންނަން ކިތަންމެ ބޭނުންވިޔަސް އޭނާގެ ހިތްވަނީ އެމާޒީތެރޭ ފޮރުވިފައެވެ.

ގަޑިޖެހުމާއި އެކު ސަލާމުގެ ބަރަކާތުން މީކާން ފެށިއެވެ. އޭނާގެ ފުރަތަމަ ބޭނުމަކަށްވީ އެ ކުންފުނިން ނިންމާލެވުނު ޕްރޮޖެކްޓްތަކާއި ކުރިއަށް ހުޅުވާލެވުނު ފުރުސަތު ތަކުގެ ވާހަކަދެއްކުމެވެ. އެގޮތުން ރިސޯޓެއްގައި ފްލޯޓީން ގެސްޓްހައުސްއެއްގެ އިންޓީރިއަރ ޑިޒައިނިންއާއި އެއާއި ގުޅިގެން އަންނަ އިތުރު މަސައްކަތުގެ ވާހަކަ ހިއްސާކުރެވުނެވެ. އެންމެ ބޮޑު ވާހަކައޮތީ އެކަމާއި ގުޅިފައިވުމުން މީކާން ދިޔައީ ފޮޓޯތަކެއްގެ އެހީގައި އޭނާ އެއްކުރި ވަރަށް ގިނަ މައުލޫމާތުތަކެއް މުވައްޒަފުންނާއި ހިއްސާކުރަމުންނެވެ. ބޮޑެތި މައުލޫމާތުވެސް މީހުންނަށް ނަގައިގަނެވޭހެން ކުރުކޮށް ބުނެދެމުންދިޔަ މީކާން އަށް އެއްލިކަޅިން ފެނުނީ އޭނާއާއި ދިމާލަށް ކަޅިޖަހާލުމެއްނެތި ގެއްލިފައި އިން އީރަމްއެވެ. ފަރިތަކަމާއި އެކު ވާހަކަދައްކަމުން ގޮސް ކުއްލިއަކަށް ހުއްޓުމަކަށް އައި ސަބަބަކީ އެއީއެވެ. އެކަން ނުވާކަމަކަށް ހަދަން ބޭނުންވެފައި ހުރެ އޭނާ ފެންފުޅިން ކޯވަރެއް ދަމާލުމަށްފަހު އަނެއްކާވެސް ވާހަކަ ކުރިޔަށް ގެންދިޔައެވެ.

އެއްއަތުގައި މޫނު އަޅުވާލައިގެން އިން އީރަމް އާއި މީކާންގެ ހަތަރު ކަޅި ބައްދަލުވީހިނދު އީރަމް ކޮށްލި ހަރަކާތަކުން މީކާންގެ ދެލޯ ބޮޑުވެގެންދިޔައެވެ. ވާހަކަތަކާއި އެއްވަރަށް މީހާގެ ހަރަކާތްތަށް ލަސްވެ އޭނާ ލަދުގަންނަގޮތްވިއެވެ. އީރަމް ކޮށްލި ކުޑަކުޑަ އިޝާރާތުގައިވާ މާނަ ރަނގަޅަށްވެސް މީކާންއަށް އެނގުނެވެ. ކުރިއަށް ނުގެންދެވިފައި ހުރި މީކާން ހިންދިރުވާލާ ކަރުކެހިލިއެވެ. އަދި އީރަމްއަށް ނުބަލަން ދެލޮލަށް ބާރުއަޅަމުން އޭނާ ކުރަމުންދިޔަ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އިރުއިރުކޮޅާ އީރަމްއަށް ބަލާލެވޭއިރު އީރަމް އޭނާއަށް ކޮންމެވެސް ގޮތަކުން ތައުރީފެއް ކޮށްލާތަން ފެނި އޭނާ އަށް ދެކެވުމުން ދިޔަ ވާހަކަތަކަށް ސަމާލުކަން ދޭން އުނދަގޫވިއެވެ. އަނގަ އޮޅި އެތަކެއް ފަހަރު ހުއްޓާލަންޖެހުނެވެ. ދެންތިބި މުވައްޒަފުންނަށް މީކާންއަށް އަންނަމުންދިޔަ ބަދަލުތަކުގެ އަސްލު ސަބަބު ނޭނގުނެއްކަމަކު ތިބީ ހައިރާންވެފައެވެ. އެއް ނޭވައިން އެހާ އަވަސްއަވަހަށް ވާހަކަދައްކާ މީކާން މިއަދު ހުއްޓިހުއްޓިފައި ދޫ އޮޅޭ މަންޒަރު ފެނުމުން ވާނީވެސް އެހެންތާއެވެ.

މީކާން ދެވަނައަށް ހިއްސާކުރި ވާހަކައާއި އެކު އެންމެންގެ މޫނުމަތިން ފުޅާ ހިނިތުންވުމެއް ފެންނަންފެށިއެވެ. މީޓީންތެރޭ ތިބެފައި ތުންގޮއްވާލާ އުފާފާޅުކުރާތަން ފެނި މީކާންވެސް އުފާވިއެވެ. އޭނާއަށްލިބޭ ކުރިއެރުމަކީ މިތާ ތިބި ކޮންމެ މުވައްޒަފަކު ކުރާ ބުރަމަސައްކަތުން ލިބޭ އެއްޗެއްކަން އޭނާ ގަބޫލުކޮށް އެކަމާއި ޝުކުރުވެރިވިޔަސް އެ އިހުސާސްތަށް އެމީހުންނާއި ހިއްސާކުރާނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ. މީކާން މި ހަދިޔާ ރޭވި އެއްސަބަބަކީ އެއީއެވެ. މީގެ ތިން ހަފްތާފަހުން އޮންނަ އޮފީހުގެ ތިންވަނަ އަހަރީ ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވަނީ އެމީހުން ފަށަން އުޅޭ އައު ޕްރޮޖެކްޓްގެ ބޮޑު މަސައްކަތް ލިބުނު ރިސޯޓުގައެވެ. އެންމެން އެއްއަޑަކުން ޝުކުރުވެރިވުމާއި އެކު މީކާން މީޓިން ނިންމާލީ އީރަމްއަށް ބަލަހައްޓައިގެން ހުރެއެވެ.

“އީރަމް.. ހަމްދާ.. މަޑުކޮށްލާ..” އީރަމްއަށް ރަނގަޅު ލަނޑެއް ދޭން ހިތާ މީކާންއެދެމީހުންވެސް މަޑުކުރުވިއެވެ. އީރަމް ހިންދިރުވާލާފައި ހަމްދާއައި އެކު މީކާން އާއި ކުރިމަތިލިއެވެ.

“މި ހިއްސާކުރި ފޮޓޯތަކާއި މައުލޫމާތުތަށް ބޭނުންކޮށްގެން ޑޮކިއުމެންޓެއް ހަދާފައި ޕްރިންޓްކޮށްދީ.. ދެން އޭގެން އެއްކޮށްޕީ އަހަރެންނަށް ހަވާލުކޮށްފައި އަނެއްކޮށްޕީ ބައިންޑްކޮށްފައި ހަމްދާއަތުގައި ބާއްވާ… ދެން އީރަމް ކޮށްދެންވީ ކަމަކީ މިތާ އިނދެ މި ޑޮކިއުމެންޓަށް އަހަރެން ބުނާ ބަދަލުތަށް ގެނެސްދެންވީ..” މީކާން އޭނާ ބޭނުންވި ގޮތް ހާމަކުރުމާއި އެކު ހަމްދާ ފަހަތުން އީރަމްވެސް ހިނގައިގަންނަން އުޅުނެވެ.

“އީރަމް.. މިތާ އިނދެގެން މަސައްކަތްކޮށްލަންވީނު؟… އަހަރެން ބޭނުންވޭ މިއަދު މި ނިންމާލަން.. ހަމްދާ ގެ މަސައްކަތް ހަމްދާއަށް އެނގިއްޖެދޯ.. ދެން އީރަމްގެ މަސައްކަތް ފަށާ..” ހަމްދާ ފޮނުވާލުމުގެ ނިޔަތުގައި މީކާން އެހެން ބުނުމުން ހަމްދާ ބޯޖަހާލާފައި ބާރުބާރަށް ހިނގައިގަތެވެ. އީރަމް ހަމްދާ ހުއްޓުވަން ބޭނުންވިއެއްކަމަކު އެކަން ނުކުރެވުމުން ސަކަރާތްވިއެވެ. އަދި ލަދުގަނެފައި ހުރެ މީކާންގެ މޫނަށް ބަލައިލިއެވެ.

“އަހަރެން ހަމަ އަސްލުވެސް މި މަސައްކަތްކުރުވާށޭ އީރަމް ހުއްޓުވީ. އީރަމް ހީކުރީ އަހަރެން ކަމެއް ކުރަން އުޅެނީކަމަށްތަ؟.. މިގަޑީގައި އަހަރެން ބުނާގޮތަށް މި ހަދައިދޭންވީނު..” މީކާން އެހެން ބުނުމުން އީރަމް އެއްބަސްވެފައި ގޮނޑީގައި އިށީނެވެ. މީކާން އީރަމް އާއި ޖެހިގެން އިން ގޮނޑިގައި އިށީނދެ ލެޕްޓޮޕުގައި އިން ލިޔުންތަށް ދައްކާފައި ގެންނަންވީ ބަދަލުތަށް ކިޔައިދިނެވެ. އީރަމް މަސައްކަތްކުރަން ފެށުމުން މީކާން ގޮނޑީގައި ރީތިކޮށް ހަމަޖެހިލުމަށްފަހު އީރަމް އަށް ބަލައިލިއެވެ.

“އެގަޑީ ކޮން އުނދަގުލެއް ކޮށްފައެއީ؟ އަހަރެން ދުވަހަކުވެސް މީޓިންއެއްގެ ތެރޭ ހުއްޓިހުއްޓީފައި ވާހަކަދެކެވުނު ދުވަހެއް ހަނދާނެއްނުވޭ… އީރަމް އާއި ހެދި މިއަދު އަހަރެން….” މީކާން ދައްކަމުންދިޔަ ވާހަކަ ނުނިމެނިސް އީރަމް މައާފަށް އެދުނެވެ. މީކާން ހިނިއައިއްސާ ހުރެ އެއަށް ޖަވާބުދިނި އަތުގެ ބޮޑުވައިއިނގިލި އީރަމްއަށް ދައްކާލާފައެވެ.

“އަހަރެން ރީތިކަމާއި، ސްމާރޓްކަމާއި، ވާހަކަދައްކާލެއް ރީތިކަމާއި، ލައިގެން ހުރި ގަމިސް ގުޅޭވާހަކައާއި މި ހުރިހާ ވާހަކައެއް އީރަމް ދެއްކީ އަހަރެންނަށް ޖެއްސުމަށްތަ؟” އީރަމް ދޭނެ ޖަވާބު އެނގިހުރެވެސް މީކާން އެ ސުވާލުކޮށްލީ އީރަމްގެ ފަރާތުން އޭނާ އުއްމީދުކުރާ ޖަވާބު ހޯދުމަށެވެ. އީރަމް ދެފަރާތަށް ބޯހަރަކާތްކޮށްލީއިރުވެސް އޭނާ ކުރަމުންދިޔަ މަސައްކަތަކަށް ބުރޫއެއް ނާރައެވެ. މީކާން ކަޅިޖަހައިލުމެއްނެތި އީރަމް އަށް ނަޒަރު ހުއްޓާލައިގެން އިންއިރު ހިތުގައި އުތުރިއަރަމުންދިޔަ ގޮތްނޭނގޭ ރާޅުބާނީތަކަށް ދޭނެ ނަމެއް ނޭނގުނެވެ. މީގެ ދިހަ އަހަރުކުރިން ވެވުނު ލޯތްބެއްގައި ދީވާނާވެފައި ހުރި މީކާންއަށް އީރަމްދެކެ ލޯބިވެވިދާނެހެއްޔެވެ؟ ދިހައަހަރު ވަންދެން ސިކުނޑިން ފިލައިފައިނުވާ އެ ރިވެތި ސޫރަ ފޮހެލެވިދާނެހެއްޔެވެ؟ މީކާން ފުންނޭވައެއް ލީ އަޑާއި އެކު އީރަމް އޭނާއަށް ބަލައިލުމަށްފަހު ނިއްއަރުވާލިއެވެ. މީކާން ހިނިތުންވުމެއް ދިނުމަށްފަހު ދެފަރާތަށް ބޯހަރަކާތްކޮށްލިއެވެ.

…………………

“އަހަރެންކުއްޖެއްދެކެ ވަރަށް ލޯބިވޭ..” އެތަށް ގަރުނެއްވަންދެން ސިއްރުކޮށްގެން ގެންގުޅުނު ވާހަކަ މީކާން ހިއްސާކުރީ އޭނާގެ ކުރިމަތީ އިން ނާޒީއާއެވެ. އޮފީސްކައިރީ އަލަށް ހުޅުވުނު ކެފޭއެއްގައި ދެމީހުން ތިބިއިރު އެތަނުގައި ހިނގާބިނގާވެ އުޅޭމީހުން މަދުވެފައި ހަމަޖެހިލައިގެން ތިބެވޭހާ ހިތްފަސޭހައެވެ. ނާޒީ ގެ އަނގައިގައި އެއްޗެއް ނެތްއިރުވެސް އޭނާ ކޮށިއަރައިގެން ދިޔައެވެ. ދެލޯ ބޮޑުވެގެން ދިޔައިރު އޭނާ އާއި އެންމެ ގާތުގައި ހުރި ‘ހޮޓް ޗޮކްލެޓް’ ތަށި ބޯލެވުނީ ފެންކަމަށް ހިތާއެވެ. ތުންޖެހި ބާރުމިނުގައި އެ ދުރަށްލާފައި ނާޒީ ދޫނެރެމުން ފުމެމުން ދިޔައެވެ. މީކާން އުއްމީދުކޮށްގެން ހުރީވެސް މިކަހަލަ ކަމަކަށެވެ. ދެފަރާތަށް ބޯ ހަރަކާތްކޮށްލުމަށްފަހު ފެންތަށި ނާޒީއައި ކައިރިކޮށްދިނެވެ.

“އެންމެ ފަހަރަކުވެސް އަހަރެން ދައްކާ ވާހަކައަށް ތިގޮތަށް ރިއެކްޓް ނުކޮށް އަޑެއްނޭހޭނެދޯ؟” މީކާން އެހެން ބުނެފައި ޕިސްޕިސް ޖަހާލީ ނާޒީ ފެންތަށި އެކަށް ހުސްކޮށްލިތަން ފެނިފައެވެ.

“ސީރިއަސްލީ ނާޒީ…. އަހަރެން އެއްޗެއް ބުނެގެން ތިވަރު ހަމަ ވާންޖެހޭތަ؟” މީގެ ކުރިންވެސް ކަންތަށްވީގޮތް ހަނދާންކޮށް މީކާން އެހެން ބުނުމުން ނާޒީ ބޯ ޖަހާލިއެވެ. ނާޒީ ސިހުންކަނޑުވާލުމަށްފަހު އަނގަހުޅުވާ ވާހަކަދައްކާލަން އިރުގަނޑެއް ނެގިއެވެ.

“މިވަރުވާންޖެހޭހޭ؟ މިވަރު ވާކަށް ނުޖެހޭތަ؟ އިހުސާސްތަށް ކެނޑިފައި ހުރި އަހަރެންގެ ކޮއްކޮ މީގެ ދުވަސްތަކެއް ކުރިން އަހަރެން ކައިރިއަށް ސައިންލޭންގްއޭޖް ދަސްކުރަން އައި އަންހެންކުއްޖަކަށްޓަކައި، އެއަށްފަހު މިއަދު ތިބުނަނީ ކުއްޖެއްދެކެ ލޯބިވެޔޭ… މީކާންގެ ހިތުގައި ދިރުމެއްހުރިކަންވެސް މިއަދު އަހަރެންނަށްމިއެނގުނީ… އޯ މައިގޯޑް. މީކާން… އަހަރެން ކިހިނެއް ތިހާ ބޮޑުވާހަކައެއް ހަޖަމްކުރާނީ؟” މީކާން ފޮރުވައިގެން ގެންގުޅުނު ހިއްސުތަށް އެކައްޗަށްފަހު އަނެކައްޗެއް ނެރެމުންދާތަން ފެނި ނާޒީ ކިތަންމެ ހައިރާންވިޔަސް ހިތުގެ އަޑިންއެކަމާ އުފާކުރަމުންދިޔައެވެ. މީކާންގެ ދިރިއުޅުމަށް އަންނަމުން ދިޔަ ހެޔޮ ބަދަލުތަށް ފެނި ހަމްދުކުރެވުނެވެ. މީގެ އަހަރުތަކެއް ކުރިން ނާޒީއާއި މީކާން ހިއްސާ ކުރި ގުޅުން އެނބުރި އަންނަކަމުގެ ފެހި ސިގްނަލް އޭނާއަށް ލިބުނުތާ ކިތަންމެދުވަހެއްވެއްޖެއެވެ. މިއައި ރަނގަޅު ބަދަލުތަކަކީ އަނެއްކާ މީކާން ސައިންލޭންގްއޭޖް ދަސްކޮށްގެން އެވަރަކުން ވާހަކަދައްކަން މަސައްކަތްކުރަން އުޅޭ ކުއްޖާގެ ސަބަބުން ވީ ކަމެއްބާއެވެ؟މީކާން ރުޅިއައިއްސާ އިންހެން ހީވެގެން ނާޒީ އެއީ މަޖަލޭ ކިޔާފައި މީކާންގެ އަތުގައި ހިފަހައްޓާލިއެވެ.

“އެއީ އެކުއްޖާތަ؟ މީކާން މިހުރިހާ ދުވަސްވަންދެން ސައިންލޭ………..”

“ނޫން… ދޮންނާ.. އެއީ އެކުއްޖާއެއް ނޫން.. އަހަރެންގެ ބަދުނަސީބުވެރިކަން ކަންނޭނގެ މީ އެކުއްޖާދެކެ ލޯބިނުވުން އެއީ.. އެކަމް އެކުއްޖާއެއް ނޫން ދޮންނާ… އަހަރެން ލޯބިވަނީ އެހެން ކުއްޖެއްދެކެ..” މީކާންގެ ޖަވާބުން ނާޒީއަށް ލިބުނީ ހައިރާންކަމެކެވެ. މީކާންގެ ދިރިއުޅުމަށް އައި ހަމައެކަނި އަންހެންކުއްޖަކީ އެއީއެވެ. މީގެ ކުރިން ދުވަހަކުވެސް މީކާންގެ ދުލުން އަންހެންކުއްޖެއްގެ ވާހަކަ އަޑުނީވޭތާންގާއި އަމިއްލަ ވާހަކަތަށް ހިއްސާވެސްނުކުރާނެއެވެ. ދެން މީކާން މިދައްކަނީ ކޮންވާހަކައެއްބާއެވެ.

“ކާކު؟”

“ލަމްޔާ…”

މީކާންގެ ދުލުން ނިކުތް ނަމަކީ މީގެ ދުވަސްކޮޅެއް ކުރިންވެސް މީކާން ގެ ފަރާތުން އިވިފައިވާ ނަމެއްކަން ނާޒީގެ ހަނދާނަށް އައެވެ. އެއާއި ބެހޭ ވާހަކަނުދައްކަން ނާޒީ ހުރީ މީކާން އޭނާ އެވާހަތަކާއި އެކުއްޖާއާއި ބެހޭ ވާހަކަ ހިއްސާކުރާނެކަން އެނގޭތީއެވެ. އެދުވަހު އޭނާ ހީކުރީ ލަމްޔާއަކީ މީކާން ގެ ދިރިއުޅުމަށް އައިސްގެން އެ އުޅޭ ކުއްޖާކަމަށެވެ. ނަމަވެސް ތަފާތު ދެ އަންހެންކުއްޖެއް މީކާންގެ ދިރިއުޅުމުގައި އުޅޭކަން ވަގުތުން ނާޒީއަށް ނަގައިގަނެވުނެވެ. މީކާންގެ މޫނުމަތިން ފެންނަމުންދިޔަ ހިތްދަތިކަމުގެ ފަހަތުގައި އިތުރު ވާހަކަތަކެއް އެބައޮތްކަން ނާޒީއަށް ޔަޤީންވިއެވެ.

“ލަމްޔާ އެއީ ކާކު؟ މީކާން ތަންކޮޅެއް ރީއްޗަށް ކިޔައިދީބަލަ..”

“އެއީ، އަހަރެންގެ ފުރަތަމަ ލޯބި.. އަހަރެން އަދިވެސް އޭނާ ދެކެ ލޯބިވަން.. އޭނާ އެންމެ ފުރަތަމަ ފެނުނު ދުވަހު ވިގޮތް އަދިވެސް އަހަރެންގެ ހަނދާނުގައި އެބަހުރި…. ލަމްޔާ މިދުނިޔޭގައި ނެތަސް އަހަރެންގެ ހިތަކުން ލަމްޔާ ގެ ނަމެއް ނުފޮހެވޭނެ… ދޮންނާ… ލަމްޔާ ދެކެ އަހަރެން ލޯބިވީކީ އިއްޔެއަކު ކުރީދުވަހަކު ނޫން.. އެއީ އަހަރެން އުމުރުން ފަނަރަ އަހަރުގައި ވެވުނު ލޯތްބެއް…. އެކަމް ހިތާމަހުރި، ލަމްޔާ މިއަދަކު މިދުނިޔެއަކު ނެތް.. ލަމްޔާ ނިޔާވިއިރު އަހަރެންނަށް އޭނާ ދެކެ ލޯބިވާވާހަކަވެސް ނުބުނެވުނު… ދޮންނާ.. އަހަރެން ކިހިނެއް ލަމްޔާ ދެކެ އެވަރަށް ލޯބިވާއިރު އެހެން ކުއްޖެއްގެ އަތުގައި ހިފާނީ؟ އަހަރެންނަށް އިނގޭ ކަމަކީ އެކުއްޖާ ވަރަށް ތަފާތުކަން.. އެންމެ ފުރަތަމަ އަހަރެންނަށް އޭނާ ފެނުނުއިރު ލަމްޔާގެ ހަނދާންތަށް އާވެގެންދިޔަ.. އޭނާ ގެ ބައެއް ސިފަތަކާއި އާދަތަކުން ހަނދާންވަނީ ލަމްޔާ…. އަހަރެންނަށް އިނގޭ އެވަރަކަށް އެކުއްޖާއަށް އަހަރެން ބެލެނީ ލަމްޔާ މަތިން ހަނދާންވާތީކަން…. އަހަރެން އޭރު ލަމްޔާ ބޭނުންވާފަދައިން މިއަދުވެސް ބޭނުންވޭ. އަބަދުވެސް ބޭނުންވާނެ..”

މީކާންގެ ހިތްދަތި ވާހަކަ ނިމުނުއިރު ނާޒީގެ ދެލޯ އިނީ ފެންކަޅިވެފައެވެ. އޭނާ ހީކުރިގޮތާއި މުޅިން ތަފާތުގޮތަކަށް މީކާންގެ ވާހަކަ އަޑުއިވިގެންދިޔުމާއި އެކު އޭނާގެ ހިތުގައި ރިއްސާލިއެވެ. މީކާންއަށް އެ ދުވަސްވަރު އައި ބަދަލުގެ އަސްލަކީ އެއީކަން ނާޒީ ލަފާކުރިއެވެ.  މީކާން މިހުރިހާ ދުވަހު ރޮބޮޓެއްހެން އުޅެންޖެހުނު މައިގަނޑު ސަބަބަކީ އެ ހިތާމަވެރި އަލިފާނުގެ ހާދިސާގެ އިތުރަށް ލަމްޔާ ގެއްލިދިޔަ ހިތާމަވެރިކަން ކަމަށް ނާޒީ އަށް ޔަޤީންވިއެވެ. ދުވަސްތަކެއް ވަންދެން މީކާން ދިރިހުރި މައްޔިތެއްހެން އުޅެންޖެހުނީ ލަމްޔާއާއި ހެދިއެވެ. ނަމަވެސް މީކާންގެ ފުށުން މިހާރު މިފެންނަ ކަންތައްތަކަކީ އެ އަންހެންކުއްޖާގެ ސަބަބުންވާ ކަމެއްކަން ނާޒީއަށް މާކުރިންވެސް ވަނީ އެނގިފައެވެ. މީކާން ފޮރުވައިގެން ގެންގުޅުނު ސިއްރުގެ ބޮޑުބައި ހިއްސާކުރެވުނުއިރު ދެންހުރި ވާހަކަތަކަކީ އޭނާ އަމިއްލަ ހިތުތެރޭ ބާއްވަންޖެހޭ ވާހަކަތަށްކަން އޭނާ ގަބޫލުކުރިއެވެ. ނާޒީއަށް ކުރުގޮތަކަށް އެވާހަކަތަށް ކިޔައިދިނެއްކަމަކު އޭނާގެ ހިތުގައި އެ މަދު ސިކުންތުކޮޅުގައިވެސް ރިއްސާލިއެވެ.

“މީކާން… މީކް.. އަހަރެންގެ ލޯބިވާ ކޮއްކޯ… އަހަރެން ވަރަށް ވަރަށް ލޯބިވޭ މީކާންދެކެ… އަހަރެން ހިއެއްނުކުރަން މީކާން ތިހާ ބޮޑެތި ކަންތައްތަކާއި ކުރިމަތި ލާންޖެހުނުކަމެއް.. ކިހިނެއްވެތަ އޭރު ނުބުނީ.. އޭރުވެސް ދޮންނާ މީކާން ކައިރި ހުރީމެއްނު… މީކާން އެހެންވެގެންތަ މާލެއިން ދާން ބޭނުންވީ؟ ވަރަށް ދެރަވެއްޖެ… މީކާން ގެ ދިރިއުޅުމަށް އައި ހުރިހާ ބަދަލުތަކެއްގެ އަސްލު ސަބަބު ނޭނގިވިޔަސް ވަރަށް ބޮޑުކަމެއް ހިނގިކަން އެނގުނު… މީކާން މަންމަ އާއި ބައްޕަ އޭރު ގަބޫލުކުރީ މީކާންއަށް އެހާ ބޮޑުވަރުވީ އަލިފާނުގެ ހާދިސާގައި ފެނުނު މަންޒަރުތަކުންނޭ.. އެކަމް އޭރުވެސް އަހަރެންނަށް އިހުސާސްވި އެހެންކަމެއް އެބައުޅެޔޭ… މީކާން ކިތަންމެ ކުރުކޮށްވިޔަސް ތިކިޔައިދިނީ ވަރަށް ބޮޑު ވާހަކައެއްކަން އަހަރެންނަށް އިނގޭ.. އެކަމާއި އުފާވެސްކުރަން.. އަހަރެން ނުބުނާނަން  މީކާން ކައިރިއަކު ލަމްޔާ މަތިން ހަނދާންނެތޭނެއެކޭ.. އެހެން މީހެއްދެކެ ލޯބިވެވޭނެއެކޭ.. ހުދު އަހަރެންވެސް އެންމެ މީހަކަށްޓަކައި ދިގު އިންތިޒާރެއް ކޮށްފިން… އެހެންވީމަ ފަހަރެއްގައި ލޯތްބާއި ބެހޭގޮތުން މޮޅެތި އެއްޗެހި ބުނާކަށް ނޭނގިދާނެ.. އިންތިޒާރުގެ ބޭރުގައި ވާ ލޯބި ކަންތަށްތަކަކީ ކޮބައިކަން ބުނެދޭކަށް ނޭނގިދާނެ.. އެކަމުވެސް.. މީކާން އަށް ތިއައި ބަދަލުތަކަކީ އެހެންކުއްޖެއްގެ ފަރާތުން އައި ބަދަލުތަކެއް.. އެކުއްޖާގެ ސަބަބުން މިއަދު މީކާން އަމިއްލަ ހިތުގައިވާ އެއްޗެއް ތި ހިއްސާކުރެވުނީ، ހިއެއްނުވޭތަ މީކާން ބަދަލުވެއްޖެހެން؟؟ ދިރިއުޅުމާއި މެދު ވިސްނޭހެން؟ މިދިރިއުޅުމުގައި މަސައްކަތްފިޔަވާ އިތުރު ކަންތައްތަކެއް އެބަ ވާހެން… މީކާން އެކުއްޖާގެ އަތުގައި ނުހިފިޔަސް، އެކުއްޖާއާއި އެކު އެއްމަގަކުން ހިނގިދާނެއެއްނު.. އެކުއްޖާ ކައިރި ހުރެވިދާނެއެއްނު…”

“ނޫން… ދޮންނާ.. އެކުއްޖާ އަކީ ވަރަށް ނާޒުކު ވަރަށް ލޯބިން ވަރަށް އަޅާލުންދީގެން ގެންގުޅެވޭނެ ކުއްޖެއް.. އެކުއްޖާއަށް ހައްޤީ އޭނާގެ ހިތްފުރިގެން ބަންޑުންވާވަރަށް ލޯބިދޭނެ މީހެއް.. އެމީހަކީ އަހަރެންނެއްނޫން.. އެކަމަކު، އެތިބަ ބިޔަ މީހުންތަކުތެރޭގައި އެ ކުރުކުރު ކުއްޖާ ހުންނައިރުވެސް އަހަރެންގެ މިދެލޯ ހުއްޓެނީ އެންމެ ފުރަތަމަ އޭނާއަށް… ކިތަންމެ ބައިބޯވެފައި ހުރި ތަނެއްގައި އޭނާ ހުއްޓެއްކަމަކު އަހަރެންގެ ދެލޮލަށް އޭނާ ފެނޭ ވަރަށް ސާފުކޮށް.. އެއީ އަހަރެންނަށް އެންމެ ފުރަތަމަ ލަމްޔާ ފެނުނުގޮތަކީވެސް..” މީކާން އެހެން ބުނެފައި ގެނެއްސާ ހުރި ކޮފީތަށިން ކޯވަރެއް ބޯލިއެވެ. އީރަމްގެ ސަބަބުން އޭނާއަށް ބަދަލުތަކެއް އައިސްފައިވާކަން އޭނާ ގަބޫލުކުރެއެވެ. މީހުންގެ އިހުސާސްތަކަށް ޤަދަރުކުރެވެން ފެށިއްޖެކަމާއި މީހުންނާއި މެދު ވިސްނަން ފެށިއްޖެކަން އޭނާއަށް އިނގެއެވެ. ނަމަވެސް އޭނާއަށް އީރަމް ފެންނަ ކޮންމެފަހަރަކު ސިފަވަނީ ލަމްޔާއެވެ. ފަހަރުގައި އީރަމްއަށްޓަކައި މި ހުންނަ “އެޓޭޗްމެންޓް” އަކީ ލަމްޔާއާއި އެއްގޮތް ސިފަތަށް ފެނި އެކަމާއި ގުޅިގެން ވާ ކަމެއް ކަންނޭނގެއެވެ. ނަމަވެސް އެގޮތަކަށް އޭނާގެ ހިތެއް ގަބޫލެއްނުކުރެއެވެ. އީރަމްގެ ކޮންމެ ހަރަކާތަކަށް ބެލެނީ ނުހަނު ޝައުގުވެރިކަމާއި އެކުގައެވެ. އެމޫނަށާއި އެ ކުރާ ހަރަކާތްތަކަށް ބަލާހިތްވެގެންނެވެ.

“ކީއްވެ މީކާންއަށް އޭނާ ބޭނުންވާވަރަށް ލޯބިނުދެވޭންވީ؟ މީކާން އެދުވަހު އަހަރެންނާއި ބައްދަލުކުރަން އައިސް ސައިންލޭންގްއޭޖް ދަސްކުރަން ނިންމި ގޮތާއި، އެކުއްޖާ ބުނާ އެއްޗެހިން މީހާއަށް ވާ ގޮތްގޮތް އަހަރެންނަށް ފެނެޔޭ.. ފަހަރެއްގައި ތިބުނާހެން، އޭނާގެ ސިފަތަކާއި ލަމްޔާގެ ސިފަތަށް އެއްގޮތްވީމަ އޭނާއަށް ބެލެނީ.. އެކަމް މީކާން ވިސްނާލަބަލަ، މީކާން އޭނާއަށްޓަކައި ތިއުޅެވޭގޮތް.. ވިސްނާލަބަލަ ތިއައި ބަދަލުތަށް… މީކާން.. އެއްވެސް ހާލެއްގައި އޭނާއަށް މީކާންއަށްވުރެ ރަނގަޅުމީހަކު ހައްޤުވާނެއޭ ކިޔާފައި އޭނާ އަތުން ބީވިޔަނުދީ.. އަހަރެން ނުބުނަން އޭނާ އަތުގައި ހިފާށެކޭ.. އޭނާ ގާތުގައި ގެންގުޅޭށެކޭ.. އެކަމް އޭނާ އާއި ދުރަށް ނުދައްޗޭ… މީކާން އަނެއްކާވެސް އެ އަނދިރިގަނޑަށް ދާކަށް އަހަރެން ބޭނުމެއްނޫން… މީކާން ހާދަ ދުވަހެއް ފަހުންނޭ އެނބުރި އަސްލު ސިފަތަކަށް އަންނަތަން މިފެންނަނީ…”

“އަސްލު އަހަރެންނަސް ވަރަށް ކަމުދޭ އޭނަ.. އެކަމް ހަމަ ހީވަނީ މި ކަމުދަނީވެސް ލަމްޔާއާއި ހެދިއޭ…” މީކާންގެ ހިތުގައިވި އެއްޗެއް ދުލުން ބޭރުކޮށްލެވުނީ އުނދަގުލަކުންނެވެ. ނާޒީ މީކާންއަށް އެތަށް ނަސޭހަތެއްދިނެވެ. އަދި ދެން ދުވަހަކުވެސް އެއްވެސް ކަމެއް ސިއްރުނުކުރުމަށް އެދުނެވެ. މީކާން އެ ހުރިހާ ކަމަކަށް އެއްބަސްވިއެވެ. ހިތުން ބޮޑު ބަރެއްލުއިވެގެން ދިޔައިރު އޭނާއަށް ހަށިގަނޑުތެރެއަށް ނޭވާ އެތެރެކުރަން ފަސޭހަވެއްޖެކަމުގެ އިހުސާސްކުރެވުނެވެ. ހިތާމައަކީ ލަމްޔާގެ ސަބަބުން އޭނާގެ ހިތަށް ލިބޭ އިތުރު ހިތްދަތިކަމުގެ ވާހަކަހިއްސާނުކުރެވުނުކަމެވެ. ލަމްޔާ މަރުވެދިޔައީ އޭނާގެ ސަބަބުންކަމަށް އޭނާ ގަބޫލުކުރާ ކުރުންތަކުގެ ވާހަކަތަށް ނާޒީ ކައިރި ބުނާނެ ހިތްވަރެއް މީކާންއަކަށް ނުލިބުނެވެ.

“ދެން އެކުއްޖާގެ ނަން ބުނެބަލަ…”

“އުނހު… ކައިވެނި ޕާޓީއަށް އޭނާ ގެންނާނަން… އޭރުން އިނގޭނެއެއްނު..”

……………………..

މީކާން އަށް އެނބުރި ގެޔަށް އާދެވުނުއިރު އިވިގެންދިޔަ ހަބަރުން އެތަކެއް ފަހަރު މުނާގެ ނަމްބަރަށް ގުޅިއެވެ. މަންމަ ކުއްލިގޮތަކަށް އިންޑިޔާއަށް ދާން ހިނގައްޖެކަން އެނގި ކަމެއްގޯސްވީބާއޭ އޭނާގެ ހިތަށްއަރަމުންދިޔައެވެ. މިހާރަކަށްއައިސް އޭނާ އާއި މަންމައައި ވާހަކަދައްކާލަން ހޭދަކުރެވޭ ވަގުތު މަދުވެއްޖެކަން އޭނާ އަސް އިހުސާސްވިއެވެ. އެކަމާ އިންތިހާއަށް ދެރަވީ މަންމަ އޭނާ ކައިރި ނުބުނެ ދާން ނިންމިގޮތާއި އެހާ ކުއްލިގޮތަކަށް ދާނީ ބޮޑު ކަމެއް ދިމާވީމަކަން އިނގިގެންނެވެ. މިދުނިޔޭގައި އޭނާގެ ހުރިހަމައެކަނި އޭނާގެ މަންމައެވެ. އަދި މަންމަގެ ހަމައެކަނި މީހަކަށްވެސް ހުރީ މީކާންއެކަންޏެވެ. އެގުޅުމަށް އެއްވެސް ހުރަހެއް އަންނާކަށް އޭނާ ނޭދެއެވެ. އެތަކެއް ފަހަރު ގުޅަމުންދަނިކޮށް މުނާ އެކޮޅުން ފޯނު ނެގިއެވެ.

“ހަލޯ… މަންމާ….! ކިހިނެއްވީތަ؟ ކީއްވެ ތިދަނީ؟ އަހަރެން ކައިރި ނުވެސް ބުނޭ…!”

“ދަރިފުޅަށް މަންމަ މިއުޅުނީ ގުޅަން ހަމަޖެހިލާފައި.. އިރުކޮޅަކުން ފްލައިޓް ނައްޓާލާނެ.. ވަރަށް ކުއްލިގޮތަކަށް ރޭވުނު ކަމެއްމީ.. މަންމަ އުޅުނީ ރޭގައި ފުރައިގެން ދާން އެކަމް މިއަދަށް ޖާގަލިބުނީ.. ހެނދުނުވެސް ދަރިފުޅަކާއި ދިމައެއްނުވި.. ދަރިފުޅު އޮފީހުން އަންނަންދެން ގޭގައި އިނދެފައި ގަޑިޖެހުނީމަ މިއައީ… ހިތަށްއެރީ އޮފީހުގައި މާ ބުރަކޮށް އުޅޭތީއޭ ލަސްވަނީ… ދެން އައިއްސާ ގުޅާލާނީއޭ.. މަންމަ ރޭގައި އާއިރު ދަރިފުޅު އޮތީ ނިދިފައި.. އެހެންވެ އެވާހަކަ ނުބުނީ…”

“ދެން އެކަމް މަންމާ! ގުޅާލަންވާނެއެއްނު… މެސެޖެއްވިޔަސް.. ކިހިނެއްވެގެން އެހާ ކުއްލިގޮތަކަށް ދާންތިޖެހުނީ؟”

“އެކޮޅުގައި ކުޑަ މައްސަލައެއް ޖެހިގެން އުޅޭތީ…. މަންމަ ބޭނުންވެގެން މިދަނީ…. މަންމަ ބޭނުން އިންޑިޔާއަށް ދާން.. ހަމައެކަނި ވިޔަފާރި ކަމަކަށްނޫން.. ކުޑަ ބްރޭކެއްނަގަން…”

“ދެން މަންމާ!! އޯކޭ.. އެކަމް ނާޒީ މެން ކައިވެންޏަށް އަންނާނަންތަ؟ މި ހުކުރުދުވަހު ކުރެވޭނެ..”

“ނޫން…. މަންމަ އެކޮޅުގައި ދުވަސްކޮޅަކު ހުރެފައި އަންނާނީ…. ”

“އޭރުން ބޮޑުދައްތަ ހާދަ ދެރަވާނޭ.. މިއީ އާއިލާގައި ކުރެވޭ އެންމެ ފުރަތަމަ ކައިވެނި.. އަނެއްކާ އެއްދުވަހަކު ބޮޑުދައްތަގެ ދެކުދިން އެ ކައިވެނިވެސް ކުރަނީ… މަންމަ ޖެހޭނެއެއްނު އަންނަން… މަންމަ އާއިލާއޭ ކިޔާފައި ގޮވާލަން ތިބި ބަޔަކީވެސް އެއީއެއްނު..”

މީކާން ހިތްހަމަނުޖެހިފައި އެހެން ބުނުމުންވެސް މުނާ ހަމަހިލާ އެއްބަހެއްނުވިއެވެ. އެންމެފަހުން މީކާން ހިތްހެޔޮކުރުމަށް އެދި ފޯނު ބޭއްވީ މަންމައަށް ހެޔޮ ދުޢާކުރަމުންނެވެ. ބާއްޖަވެރިދަތުރަކަށް އެ ދަތުރުވެގެންދިޔުމަށް އެދެމުންނެވެ. މީކާން އެންމެ ދެރަވަނީ އެހާ ބޮޑު ކަމެއްގައިވެސް މަންމަ ބައިވެރިވާން ބޭނުންނުވާހަކަ ބުނުމުންނެވެ. ބައްޕަ ނިޔާވުމާއި ގުޅިގެން މަންމައާއި ބައްޕަގެ އާއިލާއާއި ދެމެދު ކުރިންވެސް ހީނަރުވެފައިވާ ގުޅުން އިތުރަށް ހީނަރުވެ ދުރުވިއެވެ. މީކާންއަށްވެސް އެގެޔަށް ދެވެނީ މަދުފަހަރަކުއެވެ. ބޮޑުދައްތަމެންވެސް އެހާވަރަކުން މަންމައާއި ވާހަކަދައްކާ ހަދަން ނޫޅުނެއްކަމަކު އަބަދުވެސް މަންމަގެ ހާލުބަލާ ހަދައެވެ.

މީކާން ފެންވަރާ ތާޒާވެލުމަށްފަހު އެނދުމައްޗަށް އަރާ ޖައްސާލިއެވެ. އެއަށްފަހު އީރަމްގެ ނަމްބަރު ހޯދާ މެސެޖެއްކުރަން ގަސްތުކުރިއެވެ. އެދޭތެރޭ މާ ހާއްސަ ވާހަކަތަކެއް ނުދެކެވުނަސް ދުވަސް ނިމިގެންދިޔަ ގޮތާއި ކުރިއަށް ރޭވިފައި އޮތް ކަންތައްތަކުގެ ވާހަކަދެކެވުނެވެ. އީރަމް ގެ ޖަވާބެއް ލިބޭ ކޮންމެފަހަރަކު މީކާންގެ ތުންފަތްމަތީ ކުޅެލަނީ ރީތި ހިނިތުންވުމެކެވެ. “އަޅުގަނޑަކަށް ނޭނގެ މިގޮތަށް މެސެޖްކުރުމަކީ ރަނގަޅުކަމެއްހެން… ތީ އަޅުގަނޑުގެ ވެރިމީހާ… އަޅުގަނޑު މީ ސަރ ގެ ދަށުން މަސައްކަތްކުރާ މުވައްޒިފެއް…” އީރަމްގެ ހިތުގައިވި އުދާސް ބޭރުކޮށްލުމާއި އެކު މީކާން ޕިސްޕިސްޖަހާލިއެވެ.

“އެއްވެސް މީހަކީ އެއްވެސް މީހެއްގެ ވެރިމީހެއްނޫން… ރަނގަޅު ވާހަކައެއް، އީރަމް ތީ އަހަރެންގެ ދަށުން މަސައްކަތްކުރާ މުވައްޒިފެއް.. ދެން ކިހިނެއްވީ؟ މީހަކު އެއްޗެއް ބުނީ؟”

“ނޫން އެކަމް… މީހުންނަށް އެނގުނީމަ ކީކޭ ބުނާނީ؟”

“ކީކޭތަ ބުނާނީ؟ އީރަމް އަހަރެންނާއި ވާހަކަދައްކައެކޭނޫންތަ ބުނާނީ؟ އަދި އީރަމް ތިހާ ހާސްވާވަރުކަމެއް މިދޭތެރެއަކު ނުވެޔެއްނު…. ހަހަހަ”

މީކާން އެންމެފަހުން ކުރި މެސެޖާއި އެކު އީރަމް ތުންފިއްތާލިއެވެ. އެބުނީވެސްތެދެކެވެ. އީރަމް އާއި މީކާންދޭތެރޭ އެފަދަ ގުޅުމެއް ނެތެވެ. މީކާން އެގޮތަށް އެހެން އެބުނީ މީކާންއަށް އީރަމް އެހާ ހާއްސަނުވީމަބާއެވެ؟ އެބުނި އެއްޗަކުން އީރަމް ދެރަވިއެވެ. އޭނާ ހީކުރީ މީކާންވެސް އޭނާއާއި މެދު ހާއްސަގޮތެއް ބަހައްޓާކަމަށެވެ. ނަމަވެސް އެ ބުނި އެއްޗަކުން އޭނާގެ ހީކުރުން ގޯސްކޮށްފިއެވެ. އީރަމް ގެ ކްރަޝް އަކީ މީކާން ކަމަށް ހަމްދާ ބުނި ބުނުމަށް އޭނާ ވަގުތުން އެއްބަސްވީ ވަރަށް އުފަލުންނެވެ. ހަމްދާ އެހެން ބުނީ ފާއިތުވި ދުވަސްތަކުގައި އީރަމް މީކާންއަށް ބަލާބެލުންތަށް ފާހަގަވެގެންކަމަށް ހަމްދާ ބުންޏެވެ. “އެކަމް ސަރ އަކީ ވަރަށް އެހެންކަހަލަ މީހެއް.. އަދި ނޭނގެ ހަޔާތުގައިވެސް ލޯބިވާ މީހަކު ގެންގުޅުނުހެއްނެއް… މިއޮފީހުގެ ވަރަށް ގިނަ ކުދިންނަށް މީކާން ސަރ ކަމުދޭ އެކަމް ކީއްކުރާނީ، އެންމެފަހުން އީރަމްއަށްވެސް ތިއޮތީ އެބަލިޖެހިފައި..” ހަމްދާ އެހެން ބުނި ހަނދާންވުމާއި އެކު އީރަމް އިތުރަށް ދެރަވިއެވެ. އޭނާގެ އިހުސާސްތަކާއި އޮފީހުގައި އުޅޭ އެހެންކުދިންގެ އިހުސާސްތަކާއި އަޅާކިޔުމުން އެކަމާއި ހިތުގައިޖެހުނެވެ. އަދި އީރަމް ނޫނަސް އެ އޮފީސްތެރޭ މީކާންއަށް ކަޅިއެއްލާ މީހުން ތިބިކަން އެނގި ‘ޖެލެސް’ވިއެވެ. އެއީ ޖެހޭ ބައްޔެއްކަމަށް ބުނެ ހަމްދާ މަލާމަތްކުރުމުން، އޭނާގެ ހިތް އޭގެ ރައްދުދިނީ އަމިއްލަ ނަފްސަށެވެ. “އެއީ ބައްޔަކަށް ވާނަމަ އެ ބަލިގައި އަބަދުވެސް ޖެހިފައި ހުންނަން ބޭނުން… މީކާން ސަރ އަހަރެންނާއި ތަފާތު ގޮތެއް ބަހައްޓާ… އަހަރެން ރީއްޗޭވެސް ބުނި.. މީކާން ސަރ އަހަރެންނަށް ހާއްސައޭ ބުނިދުވަހު ހިނިތުންވުމެއްވެސް ދިން…” އީރަމްގެ ހިތުގައިވިއެވެ.

އީރަމްގެ ޖަވާބެއް ނައުމުން މީކާން އަނެއްކާވެސް ނާޒީ ފޮނުވި ވީޑިއޯތަކާއި ވެބްސައިޓުތަށް ހާވަންފެށިއެވެ. ދައްކަމުން ދިޔަ ކޮންމެ ހަރަކާތެއް ބަލައިގެން ދެތިންފަހަރު ކޮށްފައި ނުބަލާވެސް އެ ހަރަކާތްތަށް ގެންނަން އޭނާ މަސައްކަތްކުރިއެވެ. އެ ވީޑިއޯކޮޅުތަށް ނިމޭއިރު އެމީހަކު ދައްކާ އިޝާރާތުގެ މާނަ ބުނެދިނުމަށް އެދުމާއި އެކު މީކާން ކަޅިޖަހާލުމެއްނެތި ބަލަހައްޓައިގެންނެވެ. އީރަމްހާ ފަރިތަކޮށް ހަރަކާތްކޮށްލާ ނިންމާފައި ސުވާލުމާކެއް އެރިއެވެ. މީކާން ވިސްނާލާފައި އެ ޖުމްލަ ހަދާލުމަށްފަހު ރަނގަޅުތޯ ބެލިއިރު އެ ޖުމްލަރަނގަޅެވެ. އެފަދަގޮތަކަށް އަމިއްލަ ނަފްސަށް ތައުރީފުކުރަމުން އޭނާ ދިޔައީ ކުރިމަތިވަމުން އަންނަ ކޮންމެ ސުވާލެއް ރަނގަޅުކުރަމުންނެވެ.

………………………

ނުނިމޭ

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ނުވާނަން ތަފާތެއް… 18

Next

ނުވާނަން ތަފާތެއް… 19

Next
April 1, 2020

ނުވާނަން ތަފާތެއް… 19

Previews
April 1, 2020

ނުވާނަން ތަފާތެއް… 18

19 Comments!

  1. Ryn says:
    April 1, 2020 at 12:16 pm

    Salaam and a very good afternoon? Do you like the new picture? and how is it going? Meekaan ah eeram dheke loabiveveynetha? Do you ship Eeram and Meekaan? Ekm Meekaan kihaa loabivey lamya dheke? ?
    Don’t you think EERAM is very confident, because she does not hesitate to tell how she feels about meekaan. Egothah vaane hurihaa kudhinves hithugaa ohna ehcheh dhen huri meehakah angan, eii loabiviyas, eii dheraeh dheegen ekamaai vegen viyas, or whatever your feelings are about on anything. Hithaamaviyas, ufaaverikanviyas jeheyne e share kurevey meehakaa jehilumehnethi kuran. Hithugaa kanthah foruvumaky ehves halleh noon! I hope you guys are doing fine. Make sure you are comfortable at your home and enjoying the STUCKATHOME life. ??
    Love you guys! Thankyou for the support. <3

  2. Yan♥️ says:
    April 1, 2020 at 1:47 pm

    Meekaan and eeram gulhuvabaa emyhunvarah gulhey cover picture reethi lamyaa aburaa story ah genayas eeram and meekaan igey gulhuvaany
    Stay home and be safe

    1. Ryn says:
      April 1, 2020 at 3:11 pm

      Hahahah thankyou yan! Hingaa balamaa vaa goii ?❤️

  3. ? princess ? says:
    April 1, 2020 at 1:53 pm

    V reeeeethi Hama habeys ??????????

    1. Ryn says:
      April 1, 2020 at 3:11 pm

      Thankyou princess ?❤️

  4. Liyaa says:
    April 1, 2020 at 2:09 pm

    Nice story ???

    1. Ryn says:
      April 1, 2020 at 3:11 pm

      Thankyou liyaa ☺️❤️

  5. Shamra says:
    April 1, 2020 at 2:15 pm

    I think eeram is lamya. eyna manma ah dhimaavi haadhisaain araigane dhiriulhun aa feshumakun fashan kannenge nan badhalkury edhuvahu eeram ah ehaa asarukury lamya ge nan meekaan ge dhulun ivifa maa zee handhaanveema. Office ga thalhulevunu dhuvahakuves ves handhaan kohdhinee maazee alifaan haadhisaagaeynun eyna manma maruvaee. Dhen lamya aa ehgoeh sifathakehves meekaan ah faahagakurevun. Ehaadhisaage fahun kannenge eynun eeram ah vaahakanudhehken feshy. So I ah heevaa goeh. Very nice mi ep ves. Waiting for the next part.?

    1. Ryn says:
      April 1, 2020 at 3:14 pm

      Wow shamra! Hingaa balamaaa vaagoii dhw ekm Vrh ufaavehje ehaabodah visnaalaafa story dhaanegoii bunedhinyma. Faharehga thigothah ves vedhaane thigothah nuveves dhaane. Let’s see. Thankyou so much ☺️❤️

  6. Afu says:
    April 1, 2020 at 3:05 pm

    Yaa salhi pic eh … Afu ah heevanee meekan eeram dheke fahun loabi vaanehen ..dhn Mee afu ah heevaa goiyy … Mi part ves mashallah vvvvv salhi igey luv u more Ryn!!❤️

    1. Ryn says:
      April 1, 2020 at 3:17 pm

      Thankyou afu! I think meekaan mihaaru vx like vaan fashaifihen ?❤️

  7. Ryn says:
    April 1, 2020 at 3:23 pm

    Vaahaka kiyaa hurihaa readers ah bunelan beynun vaahaka eh mi. Thankyou so much for giving a lot of support to this story. Since I haven’t published or wrote any kind of stories for the past two and half years, i really had a tough time debating whether to continue writing or not. Kiyuntheringe faraathun fehna positive comments thakuge sababun ithurah kuriyah dhaane hiyyvareh libihje. Rangalhu kohlanvy baithah vx bunelumun adhi miahvureves rangalhuvaane kamah ryn gaboolukuran. I was really nervous to upload this story because I was not sure if I can write stories or not or whether I can do good or not but thankyou for being so supportive and sweet. Love you guys!

    1. Afu says:
      April 1, 2020 at 3:40 pm

      Wlc …. Varah ufaavehjje nervous v iru ves mi vaahaka share kuraathi n up kurathee ves … Afu kiyaa vaahaka thakuge therein enme salhi vaahaka Mee n ur my favorite story writer too …. U aslu varah mivaahaka …. Abadhu abadhu
      belevey vaahaka up kohffitho … Ehavaa ves Ryn ge vaahaka interesting… enme habeys vaahaka Mee .. dhn bunaane negetive ehcheh afu akah neygunu … Ehaaaves salhi…whn next ??
      luv u toooo

    2. Ryn says:
      April 1, 2020 at 4:11 pm

      Alhey thankyou afu!! Next part maadhamaa up kohladheynan morning ga nukurevidhaane but maadhamaa ge konms gadiaku kohladheynan ❤️❤️

  8. Yan♥️ says:
    April 1, 2020 at 4:13 pm

    Run ah igey tha liyan igey myhun kairyga emyhunge liyumah 1 to 10ge scale akun judge kuraashey buny ma molhuliyuntherin dheyny low marks ekam ehunaru like nehmyhun dheyny high koh you are a great writer

    1. Ryn says:
      April 1, 2020 at 4:24 pm

      Hahaha thankyou yan! Yeah amihla masaikaii kamudhaany vrh madhu bayakah. Ekm I’ll still love my work. ❤️

  9. imkko says:
    April 1, 2020 at 4:33 pm

    Maasha allah …. mi baives vvvvvvv salhi …. n yah i love the cover pic + ill ship eeraam and meekaan …. i just want to see them be happy … they are suffering so much …. ebahi than than kolhu roven ves rovey …. v v v reethi mi story gendhaa goi …. hama habeys …. love ya n love this story dear ❤❤❤❤❤❤

    1. Ryn says:
      April 1, 2020 at 4:59 pm

      Thankyou so much imkko. Vrh ufaavehje comment kiyaa laafa. ❤️☺️ Have a great day

  10. Hana says:
    April 2, 2020 at 1:59 am

    ވަރަށް ކަމުދޭ މި ވާހަކަ. އަސްލުވެސް ވ އިންތިޒާރު ވެސް ކުރެވޭ މި ވާހަކަ އަށް. ދުވާލަކު ދެ އެޕްސޯޱް ގެނެސްދޮނަސް އިތުރަށް ބޭނުންވާނެ. އީރަމް އަކީ ލަމްޔާ އަށް ވެދާނެބާ.؟ މީކާން އޭނަ މަންމަ ގެ ބަހަށް ނުހެއްލި މީކާން އާ އީރަމް ގުޅެން ވ ބޭނުން

Comments are closed.


All Right Reserved!