Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކައިރީގައި އެހެނަސް.. ދުރުގައި… 7

Axoo Level 310 Stories100 Comments100 Login
March 30, 2020 7 Mins Read
16 Comments

” މަންމައަށް އެނގޭ ނައިރާއާއި ކުރިމަތިލާން ދަރިފުޅަށް އުނދަގޫ ވާނެކަން… އެކަމަކު އޭރު ތިދެކުދިންގެ ކައިވެނި ހަމަޖެހުމުގެ ކުރިން ތީ ގާތް ދެ އެކުވެރިން ދޯ… މިދަނޑިވަޅުގަ ދަރިފުޅުގެ އެހީތެރިކަމާ އަޅާލުންވެސް ނައިރާއަށް ބޭނުންވާނެ… އެނގޭ ނައިރާ ދަރިފުޅާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށް ނޫންކަން… އެކަމަކު އަދިވެސް ދަރިފުޅު ނައިރާއާއި ދޭތެރޭ ވިސްނާކަން މަންމައަށް އެނގޭ… ނޫންތަ އަޅެ” އިހުވާންއަށް ވިސްނައިދެމުން ނާއިފާ ބުންޏެވެ.

” އަހަރެން ނައިރާއާއި ބައްދަލު ކުރާނަން.. އެކަމަކު އެއީ އަދި ތަންކޮޅެއް ފަހުން… ” ވިސްނަން ހުރެފައި އިހުވާން ޖަވާބުދިނެވެ.

” އެންމެ ރަނގަޅު… ދަރިފުޅަށް ފެންނަ ގޮތެއް.. ދެން ދޭ އަވަހަށް ސައިބޯން… ހުންނާނެ ދަރިފުޅަށް އެންމެ މީރު ބަނބުކެޔޮ ރިހައާއި ރޮއްޓާ ހަދާފަ” ނާއިފާ ބުންޏެވެ. އިހުވާން ހިނިތުންވެލަމުން ގޮސް ކާމޭޒު ކައިރީގައި އިށީނެވެ.

 

އަޔާނާ އުނގަލައިގެން ނިންދަވަން އިންއިރު ނައިރާގެ އިނީ ފުންވިސްނުމެއްގައެވެ. ފާހަނައިން ފެންވަރައިގެން ނިކުތް ވިލީޝާއަށް މިމަންޒަރު ފެނުމުން ދެފަހަރަކު ނައިރާއަށް ގޮވާލިއެވެ.

” ކީކޭ…” ސިހިފައި ނައިރާއަށް ބުނެވުނެވެ.

” އާޔޫ އެނދުގަ ބާއްވަންވީނު ދެން.. އަނެއްކާ މިއަދު އާޔަން ކީއްކޮށްގެން ވިސްނަން ތިއިނީ” ހަރުގައި ތެތް ތުވާލި އަޅުވާލަމުން ވިލީޝާ އަހާލިއެވެ.

 

” ކަމެއްކުރީކީ ނޫން… ހަމަވިސްނާލީ” އަޔާނާ ނަގައި އެނދެގައި ރީތިކޮށް ބާއްވާލަމުން ނައިރާ ބުންޏެވެ.

” ކޮންކަމަކާ ބާ” ޑްރެސިންޓޭބަލް ކައިރިއަށް ހުއްޓި ލޯޝަން އަތަށް އަޅަމުން ލޯގަނޑުން ނައިރާއަށް ބަލަންހުރެ ވިލީޝާ އަހާލިއެވެ.

” އަހަންނަށް ހީވަނީ އާޔަން ވަރަށް ބޮޑު ކަމެއް ސިއްރު ކުރާހެން…” ފުންނޭވައެއް ދޫކޮށްލަމުން ނައިރާ ބުންޏެވެ. ވިލީޝާ ނައިރާއަށް ބަލާލީ ނިތަށް ރޫ އަރުވާލަމުންނެވެ.

” ނައި މާ ބޮޑަށް ކަންނޭނގެ އާޔަން އާއި ދޭތެރޭ ތިވިސްނަނީ.. އަހަންނަށް ފެންނަނީ މިގޭ މީހުންނަށް އާޔަންގެ ހަޤީޤަތް ކިޔައިދޭން.. “އެނދާ އަރާ އޮށޯންނަމުން ވިލީޝާ ވާހަކަދެއްކިއެވެ.

” ނޫން ވިލީ… މީއަދި ރަނގަޅު ވަގުތެއް ނޫން… އާޔަން އެއީ ކިހާ މޮޅަށް ކިޔަވައިގެން ހުރި މީހެއްކަން ވިލީއަށްވެސް އެނގޭނެ… އަހަރުމެން ތިންމީހުން ކިޔެވީ އެއްކޮލެޖަކުން އެއްކްލާހެއްގަ… އަނެއްކާ އާޔަންގެ ގޮތް އަހަންނަށް ރަނގަޅަށް އެނގޭ.. އޭނައަށް ވަޒީފާ ލިބުން ކިތަންމެ ދަތިވިޔަސް ހިޔެއްނުވޭ މިކަހަލަ މަސައްކަތެއް ކޮށްފާނެހެން.. އަނެއްކާ މިގޭގަ ނޫޅޭ އޭނައާއި ރީތިކޮށް ބަހެއް ބުނެލާ އެކަކުވެސް.. ކުރިންވެސް މިގޭގަ މީހުން މަސައްކަތް ކުރި.. އެކަމަކު ދުވަހަކުވެސް ނުދެކެން ބައްޕަ އެމީހުންނަށް އަނިޔާ ކުރާތަނެއް ނޫނީ މަންމަ އެހާ އިހާނެތި ބަސްތައް ބުނެލާތަނެއް… ހަޤީޤަތުގަ ބުނާނަމަ މިގޭ މީހުން އޭނައަށް ހާދަ ޓޯޗަރ އެކޭ ކުރަނީ ދޮންތަވެސް ދޮންތަބެވެސް ހުންނަނީ ފުރުސަތެއް ނުލިބިފަ.. ތެދަށް ބުނަންޏާ އަހަންނަކަށް ކެތެއް ނުވޭ އާޔަން އާއި ދޭތެރޭ މިގޭތެރޭގައި ކަންތައްވަމުންދާ ގޮތް ބަލާކަށް.. ނައިރާ ވާހަކަ ދެއްކިއިރު އޭނާގެ އަޑުގައި ރިހުމެއް ހުއްޓެވެ.

 

” އަހަރެން މިހެން ބުނީމަ ނައި ދެރަވާނެކަން އެނގޭ… އެކަމް ހަމަ ހީ ޑިޒަރވްސް އިޓް.. މި ވޭތުވެ ދިޔަ ފަސްއަހަރު ތެރޭގަ ނައި ކުރި ހިތާމައާއި އަޅާކިޔާހާވެސް ނުވޭ ތިކަންތައްތަކެއް… ” ބޭނުންނުވިނަމަވެސް ވިލީޝާއަށް ބުނެވުނީ ވަރަށް ރުންކުރު ކޮށެވެ.

” ނޫން ތިހެން ނުބުނޭ ވިލީ… ނޯބޮޑީ ޑިޒަރވްސް ޓު ބީ ޓްރީޓެޑް ލައިކް ދެޓް… އިންސާނިއްޔަތުކަމެއް ހުންނަންވާނެ ދޯ… އެހެންނޫނަސް ވިލީ ވިސްނާލަބާ… ކޮންމެވެސް ކަމެއް ވެގެންނު މިވީހާ ދުވަހުވެސް އޭނަ އަހަރެން ވަރިނުކުރަން އެހުންނަނީ… އޭނަ އަހަރެން ދެކެ ލޯބިނުވާނަމަ އަހަރެން ވަރި ކުރުމަކީ އޭނައަށް އުނދަގޫކަމަކަށް ނުވާނެ ދޯ.. ވަރިނުކޮށް އައީ ކީއްވެހޭވެސް އަހާލީމާ އެބުނަނީ ނައިރާވެސް ވަރިއަކަށް ނޭދެމެއް ނޫންހޯ.. އެއީ ކޮންކަހަލަ ޖަވާބެއް.. އޭނަ ބޭނުންނަމަ ހަމަ އެވަގުތުވެސް އަހަރެން ވަރިކުރެވުނީހެއްނު.. އެކަމަކު އޭނަ އެގޮތަކަށް ކަންތަކެއް ނުކުރި.. އެހެންވީމަ އެކަމުންވެސް އެނގެނީ ކޮންމެސް ނުބަޔެއް އެބައުޅޭކަން..” ވަރަށް ވިސްނުމަށްފަހު ނައިރާ ކިޔައިދިނެވެ. ނައިރާ އެކިޔައިދިން ކަންތައްތަކުގެ ސަބަބުން ވިލީޝާއަށް ވަރަށް ފުންކޮށް އެކަމާ ވިސްނާލެވުނެވެ.

 

” އަހަރެން ބޭނުން ހަޤީޤަތް ހޯދަން… ވިލީ.. އައި ހޭވް ދިސް ސްޓްރޯންގް ފީލިންގެ ދެޓް ކޮންމެވެސް ނުބަޔެއް މިކަމުގަ އެބަ އުޅެޔޭ… ” ވަރަށް ޔަގީން ކަމާއި އެކު ނައިރާ ބުނެލިއެވެ.

” ނައި ތި ހީކުރާ ގޮތަށް ކަންތައް ނުވިއްޔާ އަނެއްކާވެސް ހަރޓް ވަނީ ހަމަ ނައި އަށް… އަދި އެއްފަހަރު ވިސްނާލަބާ ކުރަން ތިއުޅެވެނީ ރަނގަޅުކަމެއްތޯ” ނައިރާއާއި ދޭތެރޭގައި ވިސްނާލަމުން ވިލީޝާ ބުންޏެވެ.

” ﷲ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ… އަހަންނަށް މިކަމުގަ ވިލީގެ ހެލްޕް ވަރަށް ބޭނުން” ނައިރާ އެދުނެވެ.

” އޮފްކޯސް.. އަހަރެންގެ އެހީ އަބަދުވެސް ނައިއަށް ލިބޭނެ… އެކަމަކު ހަނދާން ކުރާތި… މިފަހަރު ނައި އަށް ހަރޓް ވިއްޔާ އަހަރެން މަޑަކުން ނުހުންނާނަން… ” ނައިރާއަށް އެހީވާން އެއްބަސްވަމުން ވިލީޝާ ދިނީ އިންޒާރެކެވެ. ނައިރާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ކުޅެލިއެވެ.

” އަހަރެން ބޭނުމީ އެންމެ ފުރަތަމަ ޒިވީ ހޯދަން… އާޔަން ބުނި ޒިވީ ބަނޑަށް ހަ މަހޭ… އަހަރެން ބޭނުން އަސްލަށްވެސް އާޔަން އެބުނީ ތެދެއްތޯ ބަލަން… ” ނައިރާ ބުންޏެވެ.

” ކޮންއިރަކު އާޔަން އެހެން ބުނީ… ނައިރާ ފަހުންވެސް އާޔަންއާއި ވާހަކަ ދެއްކިން ދޯ” ހައިރާންވެފައި ހުރެ ވިލީޝާ އަހާލިއެވެ.

” އާން… ސޮރީ… އެކަމަކު އަހަރެން ބޭނުންވީ ސިކުނޑީގައި އެނބުރެމުން ދިޔަ ސުވާލުތަކުގެ ޖަވާބު ހޯދަން… ” ނައިރާ ބުންޏެވެ.

” ޒިވީ އުޅޭ އެޑްރެސް އެބައިންތަ ނައި އަތުގަ… އެހެންނޫނަސް ކިހިނެއް އިނގެނީ އޭނަ މާލޭގަ އުޅޭ ކަމެއްވެސް… ” ވިސްނާލަމުން ވިލީޝާ ބުންޏެވެ.

” އަހަންނަށް އިނގޭ ޒިވީގެ އެޑްރެސް… އެމަކަރުވެރި، އެންމެ ގާތް އެކުވެރިޔާގެ ދިރިއުޅުމަށް ޒަހަރުލި އަންހެނާގެ އެއްވެސް ކަމެއް މަތިން އަހަރެން ހަނދާނެއް ނުނެތޭ… އަދިވެސް އަހަރެން ހަނދާނެއް ނުނެތޭ އަހަރެންގެ މިދެލޮލުގެ ކުރިމަތީގައި އޭނަ އަހަރެންގެ ފިރިމީހާގެ އަތުގަ ހިފައިގެން ދިޔަ ގޮތް… ” އެދުވަސްމަތިން ހަނދާންވުމުން ނައިރާގެ ދެލޯ ފެންކަޅިވާ ގޮތްވިއެވެ.

 

” ދެން އެކަމާ ނުވިސްނާ ނިދާބަލަ… މާދަން ރޭ ޒިވީ އުޅޭ އެޑްރެހަށް ދާނީ… އޯކޭ…” ނައިރާ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރަމުން ވިލީޝާ ބުންޏެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ނައިރާވެސް އޮށޯވެލާ ދެލޯ މަރާލިއެވެ.

އިރުއޮއްސޭ ވަގުތާއި ދިމާކޮށް ނިޝީ ގޯތިތެރެއަށް ނިކުތީ އާޔަން އާއި ބައްދަލުކޮށް ވާހަކަދައްކަން އުއްމީދުކޮށްގެންނެވެ. މިވަގުތަކީ އާޔަން ބަގީޗާގެ ގަސްތަކަށް ފެން ދޭ ގަޑިކަން އެނގޭތީއެވެ. ކުރިން ރޭ ހިނގައިދިޔަ ކަންތަކަށް ފަހު އާޔަން އާއި ވާހަކަ ދައްކާލާނޭ ފުރުސަތެއް ވަނީ ނުލިބިފައެވެ. ބައެއްފަހަރު އާޔަންއަށް އެކަން އެނގިހުރެ އެފުރުސަތު ނުދޭން އުޅޭހެންވެސް ނިޝީއަށް ހީވެއެވެ.

ގޯތިތެރެއަށް ނިކުތްއިރު މާގަސްތަކަށް ފެންދޭން އާޔަން ހުއްޓެވެ. ނިޝީ އާދައިގެ ހިނގުމެއްގައި ގޮސް ހުއްޓުނީ އާޔަންގެ ފަހަތުގައެވެ. މީހަކު ހުރިހެން ހީވެ އާޔަން ފަހަތް ބަލާލިއެވެ. ނިޝީ ފެނުމުން ލުއިގޮތަކަށް ހީލުމަށްފަހު އަނެއްކާވެސް އެނބުރި އޭނާ ކުރަންހުރި މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

” ވާހަކަ ދައްކާލެވޭނެތަ..” އާޔަންގެ ފަހަތުގައި ހުއްޓިހުރި ނިޝީ އަހާލިއެވެ.

” މިވަގުތުތަ.. އިރުކޮޅަކުން ރޭގަނޑުގެ ކެއުން ތައްޔާރުކުރަން ޖެހޭނެއްނު…” އާޔަން ބުންޏެވެ.

” އަދި ހައެއްވެސް ނުޖަހައެއްނު… އެހެންނޫނަސް ބަތްވެސް ކައްކާފަ ހުރީ ރޮށިވެސް އެބަހުރި.. ދެން ލޮނުއެއްޗެއް ތައްޔާރުކުރަން އެހާ އިރެއް ނުވާނެ ކަންނޭނގެ… އަހަރެން މިއައީ ބަލާފަ… އާޔަން ކީއްވެ އަހަރެން އެވޮއިޑް ކުރަން މަސައްކަތް ތިކުރަނީ… ” ނިޝީ ދެރަވެއްޖެކަން އެނގުމުން އާޔަންވެސް ދެރަވިއެވެ. ފެން އިސްކުރު ބަންދުކުރުމަށްފަހު ނިޝީ ގޮވައިގެން ގޮސް ހިލަގޮނޑި މަތީގައި އިށީނެވެ.

” ސޮރީ ވަރަށް ބޮޑަށް… އައި ޑިޑްންޓް މީން ޓު ހަރޓް ޔޫ.. އެރެއަށްފަހު ނިޝީއާއި ކުރިމަތިލާނެ ހިތްވަރެއް ނުލިބުނީ… ހިތަށް އެރީ އަހަރެންމީ ނިޝީ ހީކުރިހާ ރަނގަޅު ނޫން މީހެއްކަން އެނގުނީމަ ނިޝީ ހުންނާނީ އަހަރެން ދެކެ ވަރަށް ފޫހި ވެފައޭ…” އާޔަން ކިޔައިދިނެވެ.

” އާޔަން އަށް އެހެން ހީކުރެވުނެ އެއީ އާޔަންގެ މައްސަލަ… އެހެން ނޫނަސް އަހަންނަށް އަސްލު ހަޤީޤަތެއް ނޭނގޭ… އާޔަން އެގޮތަށް ކަންތައް ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އަހަންނަކަށް ނޭނގޭ… އެކަން އެނގެން އަހަރެން ބޭނުން.. އެއަށްފަހު އަހަންނަށް ނިންމޭނީ އަސްލަށްވެސް އާޔަންތީ ވަރަށް ގޯސްމީހެއްކަން ނުވަތަ ނޫންކަން..” ނިޝީ ބުންޏެވެ.

” ވަރަށް ދިގު ވާހަކައެއް އެއީ ނިޝީ… މިވަގުތު ކިހިނެއް ކިޔައިދޭނީ.. ” އާޔަން ބުންޏެވެ.

” ދެން ކޮންއިރަކުން އާޔަން… އެންމެ ރަނގަޅު މިރޭ އެގާރަ ޖަހާއިރު އަހަރެން ދާނަން އާޔަން ކޮޓަރިއަށް.” ނިޝީ ބުންޏެވެ. އާޔަން އެއްޗެއް ބުނަން އަނގަ ހުޅުވާލިނަމަވެސް ނިޝީ އެކަން ހުއްޓުވިއެވެ.

” އަހަރެން އެއްވެސް އެއްޗެއް އަޑުއަހާކަށް ބޭނުމެއް ނޫން.. އިޓްސް ފައިނަލް…” އިންތަނުން ތެދުވެގެން ދަމުން ނިޝީ ބުނެލިއެވެ.  ނިޝީ ދިއުމުން އާޔަންއަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ. އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ފުން ނޭވައެއް ދޫކޮށްލީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.

ރޭގަނޑު ނުވަގަޑިބައިވާން އުޅެނިކޮށް ނައިރާއާއި ވިލީޝާ ކޮޓަރިން ނިކުތީ ބޭރަށް ދާން ތައްޔާރު ވެގެންނެވެ. ތިރިއަށް ފޭބިއިރު ޝާކިރާ ސޯފާގައި ފިލްމެއް ބަލަން އިނެވެ.

” މަންމާ!! އެބައަންނަން ރައްޓެހި ކުއްޖަކާ ބައްދަލުކޮށްލާފަ.. ވަރަށް އަވަހަށް އަންނާނަން…” ޝާކިރާ ހުއްދަ ހޯދުމަށް ނައިރާ ބުންޏެވެ.

” ހާދަ ލަސްގަޑިއެއްގަ… ” ގަޑިއަށް ބަލާލަމުން ޝާކިރާ ބުންޏެވެ.

” ވަރަށް އަވަހަށް އަންނާނަމޭ.. އަދި މިކޮޅަށް އައި ފަހުން އެއްވެސް ރަހުމަތްތެރިއަކާ ދިމައެއް ނުވޭ.. ” ނައިރާ ބުންޏެވެ. ނައިރާ ހަދަމުން ދިޔަ ދޮގު ތަކުގެ ސަބަބުން ވިލީޝަ ހުރީ އެތެރެއިން ހީލަ ހީލައެވެ.

” ދެން ދޭ މިރޭ… އެކަމަކު އާންމު ކަމަކަށް ނުހަދާތި ލަސްކޮށްފަ ބޭރަށް ދާން.. މަންމަ އެހާ ހިތްހަމަޖެހޭ ކަމެއް ނޫން” ޓީވީ އަށް ނަޒަރު ހުއްޓާލައިގެން އިނދެ ޝާކިރާ ބުންޏެވެ.

“އޯކޭ… ދިޔައީ އެނގޭ މަންމާ..” ވިލީޝާ އަތުގައި ހިފައިގެން ހިނގައިގަންނަމުން ނައިރާ ބުންޏެވެ.

” ނައި ހާދަ މޮޅޭ ދޯ ދޮގު ހަދަންވެސް… އަހަރެން ހުރީ ހަމަ އަޖައިބުވެފަ..” ހެމުން ހެމުން ވިލީޝާ ބުންޏެވެ. ނައިރާވެސް ވަކިޖަވާބެއް ނުދީ ހިނިގަނޑެއް ޖަހާލިއެވެ.

 

ނިޝީއަށް ކޮލެޖުން ނިކުމެވުނުއިރު ދިހައެއް ޖަހަން ގާތް ވެއްޖެއެވެ. ކުޑައިރުކޮޅެއް ކުރިން ނައިލީ ގުޅާފައި ކާރު ފޮނުވެން ނެތްވާހަކަ ބުނުމުން ނިޝީއަށް ޖެހުނީ ޓެކްސީއެއް ލިބޭތޯ މަސައްކަތް ކުރާށެވެ. އެހެން މަސައްކަތް ކުރާތާ ފަނަރަމިނެޓް ވަރު ވީއިރުވެސް ޓެކްސީއެއް ލިބޭގޮތެއް ނުވުމުން އެންމެފަހުން ހިނގާލާފައި ދިއުމަށް ނިޝީ ނިންމިއެވެ. ހަމައެވަގުތު ފިރިހެންވަންތަ އަޑަކުން ގޮވާލިއަޑަށް އެނބުރި ބަލާލިއެވެ. ކުރިމަތިން ފެންނަން ހުރީ  ނިޝީގެ ހިތުގެ ހަމަޖެހުމެވެ.  އެއިންސާނާއަށްޓަކާ ނިޝީގެ ހިތް ފިދާވާ އިންސާނާއެވެ. އެއިންސާނެއް ފެނުމުން ނިޝީގެ ހިތުގެ ހިނގުން އަވަސްވެގެންދާ އިންސާނާއެވެ.

” ހުރިހާ ކުދިން ދިޔައިރުވެސް ކިހިނެއްވެފަ ތިހުންނަނީ… މިރޭ ބަލާ ނާންނަނީތަ…” ދެޖީބަށް އަތްޖަހާލައިގެން ހުރެ ނިޝީ ކައިރިއަށް އަންނަމުން އިހުވާން އަހާލިއެވެ.

” ލައްބަ ސަރ.. މިއަދު ކުޑަކަމެއް ދިމާވެގެން ބޭބެއަކަށް ނުދުރެވެވުނު…” އިޙްތިރާމާއި އެކު ނިޝީ ބުންޏެވެ.

” އެހެންތަ.. އަހަރެން ނިޝީ ގެންގޮސްދެންތަ…” އެއްވެސް ޖެހިލުމެއް ނެތި އިހުވާން އަހާލިއެވެ.

ނިޝީއަށް ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. އާއެކޭ ބުނުމަށް ހިތްގޮވަމުން ދިޔަ ނަމަވެސް ދޫހަރަކާތެއް ނުކުރިއެވެ. ދެކޯތާފަތަށް ޖަންބު ކުލަ އަރައިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

” އިޓްސް އޯކޭ ނިޝީ… އައި ޖަސްޓް ވޯންޓެޑް ޓު ހެލްޕް.. މިވަގުތު އަންހެން ކުއްޖަކު އެކަނިން ދިއުމަކީ އެހާ ރަނގަޅު ކަމަކަށް ނުވީމަ… ” ނިޝީ ޖެހިލުންވެއްޖެހެން ހީވުމުން އިހުވާން ބުންޏެވެ.

” ސަރ އަށް އުނދަގު ނުވަންޏާ އެންމެ ރަނގަޅު” އިސްޖަހާލަމުން ނިޝީ ބުނެލިއެވެ. ލޯބިވާ އިންސާނާގެ ސައިކަލު ފަހަތަށް އެރުމުގެ ފުރުސަތު ނަގާލަން ބޭނުންނުވާތީއެވެ.

 

” ސަރ އަށް އުނދަގޫ ވަންޏާ އޮފަރ ވެސް ނުކުރާނެއްނު.. ހެހެ.. ނިޝީ މަޑުކުރޭ މިތާ.. އެބައަންނަން ސައިކަލު ނަގައިގެން…” ޖީބުން ސައިކަލުގެ ތަޅުދަނޑި ނަގަމުން އިހުވާން ކުރިއަށް ހިނގައިގަތެވެ.

ނިޝީއަށް ހަމަނޭވާލެވުނީ ދެނެވެ. އުފަލުންގޮސް ހިތް ނަށަމުން ދިޔައިރު ތުންފަތްމަތިން ފެންނަމުން ދިޔައީ ފުޅާ ހިނިތުންވުމެކެވެ. އިހުވާން ސައިކަލުގައި ނިޝީ ކައިރިއަށް މަޑުކޮށްލުމުން ވަރަށް ނުކެރި ހުރެފައި ސައިކަލަށް އެރިއެވެ.

 

” ރީތިކޮށް ހަމަޖެހިގެން އިންނާތި.. އަހަރެން ދުއްވާލެއް ފުދޭ ވަރަކަށް ބާރުވާނެ… އެހެންނޫނީ ވެއްޓިދާނެ” އިހުވާން ބުނެލިއެވެ.

” އާއިލާ އާއި އެއްކޮށްތަ ނިޝީ މިކޮޅުގަ އުޅެނީ…” ދުއްވަމުން އިހުވާން ވާހަކަ ދެއްކިއެވެ.

” ނޫން.. ދުރުތާ ތިމާގެ މީހެއްގެ ގޭގަ، އެގޭ ދެމަފިރިންގެ ދަރިފުޅު ބަލާ ދޭގޮތަށް އުޅެނީ…” ނިޝީ ތެދުތެދަށް ބުންޏެވެ.

” ދެން ކޮންތާކު ނިޝީގެ ފެމިލީ އުޅެނީ” އަނެއްކާވެސް އިހުވާން ސުވާލުކޮށްލިއެވެ.

” މަންމަ އާއި ކޮއްކޮ އުޅެނީ ރަށުގަ… ބައްޕަ ވަރަށް ކުޑައިރު ނިޔާވެފަ ވަނީ” ނިޝީ ޖަވާބުދިނެވެ.

” އޯވްހް… ވާހަކައެއް އަހާލަންތަ…” އިހުވާން އަހާލިއެވެ. ނިޝީ ވަރަށް މަޑުމަޑުން ލައްބަ އޭ ބުނެލިއެވެ.

” އަހަންނަށް ވަރަށް ފާހަގަވޭ ކުލާހުގަ އިންނައިރު ނިޝީ ވަރަށް ބަލާކަން.. މިބުނީ ވަރކް ހަދަން އިންނަވަގުތުވެސް… އޮޅުންނުފިލާ އެއްޗެއް އޮތީތަ… އަހަން ނުކެރެނީތަ..” އިހުވާން ކުރި ސުވާލުން ނިޝީއަށް ހީވީ  ނޭވާ ހުއްޓުނުހެންނެވެ. މުޅި މޫނު ރަތްވެގެން ދިޔައީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ. ސައިކަލުން ފުންމާލަންވެސް ނިޝީގެ ހިތަށް އެރިއެވެ.

” އެއީ.. އަޅުގަނޑު… މީ… ނޭނގެ” ނިޝީއަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގޭ ކަހަލައެވެ.

” މިހިސާބަށް މަޑުކޮށްލަދީ…” ވަކި ހިސާބަކަށް ދެވުމުން ނިޝީ ބުންޏެވެ. އިހުވާން މަޑުކޮށްލަމުން ޝުކުރު އަދާކުރުމަށްފަހު ނިޝީ ދާން އުޅުނެވެ. ހަމައެވަގުތު ކުއްލި ސިހުމެއް ލިބިގެން ދިޔައީ އިހުވާން ނިޝީގެ އަތުގައި ހިފާލުމުންނެވެ. ފަހަތް ބަލާލަންވެސް ނުކެރިފައި ނިޝީއަށް ހުރެވުނީ ޝޮކެއްގައެވެ.

 

” އަހަންނަށް ހުރިހާ އެއްޗެއްވެސް އެނގޭ ނިޝީ… އަހަރެން ބޭނުން ނިޝީއާއި ބައްދަލުކޮށްލަން…މާދަމާ ރޭ… ނުވައެއް ޖަހާއިރު… އާޓިފިޝަލް ބީޗްކައިރިން…” ނިޝީއަށް އިވޭނެ ވަރަށް މަޑުމަޑުން އިހުވާން ބުންޏެވެ. އެވަގުތު ވަމުންދިޔަ ކަންތައް ނިޝީއަށް ހުވަފެނެއް ފަދައެވެ. ހިތްތެޅޭލެއް ބާރުކަމުން މޭފަޅާލާފައި ނިކުންނަން އުޅޭ ކަހަލައެވެ.

” މާ..މާ،..މާދަން ރޭ.. ކުލާސް….” ނިޝީއަށް ބުނެވުނެވެ. އޭރުވެސް އިހުވާން އިނީ ނިޝީގެ އަތުގައި ހިފައިގެންނެވެ. ކުރިން ހުރިގޮތަށް ނިޝީހުރީ އިހުވާންއާއި ދިމާއަށް އެނބުރެން ނުކެރިފައެވެ.

“ހެހެހެ… މާދަން ހުކުރު…” އިހުވާން ބުނެލިއެވެ.

” އަހަރެން ނިޝީއަށް އިންތިޒާރު ކުރާނަން… ބައި ދަ ވޭ… ރެޑް ލުކްސް ޕަރފެކްޓް އޮން ޔޫ…” ނިޝީގެ އަތުން ދޫކޮށްލަމުން އިހުވާން ބުންޏެވެ. ނިޝީ އެހުރިގޮތަށް ގުޑިލަންވެސް ނުކެރިފައި ހުރީއެވެ.

” ގުޑް ނައިޓް ނިޝީ” ސައިކަލު ސްޓާރޓް ކޮށްލަމުން އިހުވާން ބުންޏެވެ. އެއަށްފަހު ލާނެއް ގޮތަކަށް ހީލަމުން ކުރިއަށް ދުއްވާލިއެވެ. ނިޝީއަށް އަނގަމަތީގައި ދެއަތް އަޅާލެވުނީ ވެދިޔަ ކަންތައް ޤަބޫލުކުރަން އުނދަގޫވެގެންނެވެ. އަވަހަށް ގެއާއި ދިމާއަށް ހިނގައިގަތީ ވެދިޔަ ކަންތައް ގާތް އެކުވެރިޔާ އާޔަން އާއި ހިއްސާ ކުރުމަށްޓަކައެވެ.

 

” ނައި.. ޔަގީންތަ މީކަން ޒިވީ އުޅޭ ގެއަކީ… ” ގެއެއްގެ ކުރިމަތީގައި ހުރެ ވިލީޝާ ސުވާލުކުރިއެވެ.

” އާނ މީ އެގެ… ހިނގާބާ އެތެރެއަށް” ކުރިއަށް ހިނގައިގަންނަމުން ނައިރާ ބުންޏެވެ.

އެތެރައަށް ވަދެ ދެތިން ފަހަރަކު ބެލް އަޅާލުމުން އެތެރެއިން ދޮރުހުޅުވީ މެދު އުމުރުގެ އަންހެނެކެވެ.

” ޒިވީ ކިޔާ ކުއްޖެއް އުޅޭތަ..” ނައިރާ ސުވާލުކޮށްލިއެވެ.

” އާނ.. ވަދޭ އެތެރެއަށް… މިގޮވާލަނީ ޒިވީއަށް” އެއަންހެން މީހާގެ ދައުވަތަށް ނައިރާއާއި ވިލީޝާ އެތެރެއަށް ވަދެ ސޯފާގައި އިށިނެވެ. އެހެން ތިބޭތާ އިރުކޮޅެއްފަހުން ނައިރާމެންނާ އެއްއުމުރުގެ އަންހެން ކުއްޖެއް ސިޓިންގްރޫމަށް ނިކުތެވެ.

” ޒިވީ…” ވިލީޝާއަށް ބުނެވުނެވެ. އެންމެ ފުރަތަމަވެސް ނައިރާއަށް ބަލާލެވުނީ ޒިވީގެ ބަނޑަށެވެ. އާޔަން ބުނީ ތެދެއްކަން އެނގިގެން ދިޔަ ވަގުތު ނައިރާގެ އުއްމީދުތައް ފުނޑުފުނޑުވެގެން ދިޔައެވެ. ހިތަށް ހީވީ ތޫނު ކަށިތަކެއް ހަރާލި ހެންނެވެ. ކުރިމަތީގައި ތިބި ދެމީހުން ފެނުމުން ޒިވީ ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. ވިލީޝާ ނައިރާ އަށް ބަލާލީ ހަމްދަރުދީގެ ލޮލަކުންނެވެ.

” ކީއްކުރަން އަހަރެން ހޯދަން ތިއައީ… ” ޒިވީ އަހާލިއެވެ.

” ކަންބޮޑުނުވޭ… އަހަރެން މިއައީ ޒިވީއަށް މަރުހަބާ ކިޔަންވެގެން.. ” ނައިރާ ބުނެލިއެވެ.

” ޒިވީގެ ބަނޑުގަ ތިއޮތީ ހަމައެކަނި ޒިވީއާއި އާޔަންގެ ލޯބީގެ ނިޝާންކަމަށް ނުދެކޭތި… އެންމެ ގާތް ރަހުމަތްތެރިޔާއަށް ވީ ބޭވަފާ އަބަދުވެސް ތިދަރިފުޅު ހަނދާންކޮށްދޭނެ… ޒިވީ އަހަރެންގެ މުޅި ޒިންދަގީ ބަރުބާދުކޮށްލި ނަމަވެސް އަހަރެން ނިޝީއަށް ބާއްޖަވެރި ހަޔާތަކަށް އެދެން… ތިދެމީހުން އަހަރެންގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވާނެ އިރާދަކުރެއްވިއްޔާ… ” އެންމެ ފަހު ޖުމްލަ ބުނެލިއިރު ނައިރާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ދެލޯ ފޮހަމުން އެގެއިން ނިކުންނަން ދިއުމުން ޒިވީއާއި ދިމާއަށް ލޯއަޅާލަމުން ވިލީޝާވެސް ނައިރާގެ ފަހަތުން ނިކުތެވެ. އެމީހުން ނިކުތުމާއި އެކު ޒިވީއަށްވެސް ރޮވިއްޖެއެވެ. އެނބުރި ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ ނައިރާ އެގެއަށް އައި ހަބަރު އާޔަންއަށް ދޭންވެގެންނެވެ.

 

ކޮޓަރިއަށް ވަދެވުމާއި އެކު އިހުވާން އެނދުމައްޗަށް ވެއްޓިގަތެވެ. ހަނދާނަށް އަންނަމުން ދިޔައީ މިރޭ ހިނގައިދިޔަ ކަންތައްތަކެވެ. ނިޝީގެ ލަދުރަކި މޫނާއި ރަކި ހިނިތުންވެމެވެ. އެރީތި އަޑާއި އެއަޑުގައިވާ މަޑުމައިތިރި ކަމެވެ. އެނދުމަތީގައި ހުރި ލެޕްޓޮޕް ހުޅުވާލާފައި އޭގެ ސްކްރީނުން ފެންނަން ހުރި ނިޝީގެ ފޮޓޯއަށް އިހުވާން ބަލާލިއިރު އެތުންފަތްމަތީގައި ވަނީ އުފާވެރި ހިނިތުންވުމެވެ. ހަނދާނަށް އަންނަމުން ދިޔައީ އެންމެ ފުރަތަމަ ނިޝީ ފެނުނު ދުވަހެވެ. ފުރަތަމަ ފެނިލުމުންވެސް އިހުވާންއަށް ނިޝީ ކަމުދިޔަ ގޮތެވެ. އެއަށްފަހު އެންމެ ފުރަތަމަ އިހުވާންގެ ކުލާހުން ނިޝީ ފެނުނު ދުވަހެވެ. އެދުވަހު ދެވަނަ ފަހަރަށް ނިޝީ ފެނުމުން އިހުވާން ހިތް އުފަލުން ނަށަން ފެށިއެވެ.  ނިޝީ އިހުވާން އާއި ދިމާއަށް ބަލަން އިންނަ ގޮތެވެ. އިހުވާން ބަލާލުމުން ލަދުން އިސްޖަހާލާ ގޮތެވެ.

ނިޝީވެސް އެފަދަ ހާލެކެވެ. އެންމެ ފުރަތަމަ އިހުވާން ކުލާހުން ފެނުނު ދުވަހުން ފެށިގެން ނިޝީގެ ހިތް އިހުވާންއަށް ދެވުނެވެ. އިހުވާން ކިޔަވައިދޭއިރު އެމޫނަށް ބަލަހައްޓައިގެން އިނދެވެނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. އިހުވާން ބަލާލުމުން އިސްޖަހާލެވެނީ ހަތަރުކަޅި ހަމަކުރަން ނުކެރޭތީއެވެ. އެހުރިހާ ކަމެއް އިހުވާންއަށް ފާހަގަވެދާނެ ކަމަކަށް މީގެ ކުރިން ނިޝީއަށް ހީކުރެވިފައެއް ނުވެއެވެ. މިރޭ އިހުވާންގެ އަމަލުތައް ހުރި ގޮތުން ނިޝީ ލަދުން މަރުވެއްޖެއެވެ. އިހުވާންގެ ހިތް އޮތްގޮތްވެސް ކޮންމެވެސް ވަރަކަށް އެނގިއްޖެއެވެ. އެއަޑުގައިވި ފިރިހެންވަންތަކަށް ހަމަ ރަނގަޅަށްވެސް ނިޝީ މޮޔަކޮށްލައިފިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ކޫރު 2/4

Next

އަނދިރިފަރާތް 40

Next
March 30, 2020

އަނދިރިފަރާތް 40

Previews
March 30, 2020

ކޫރު 2/4

16 Comments!

  1. Axoo says:
    March 30, 2020 at 3:16 pm

    sorry.. sorry.. sorry.. this time v lahun up mikurevuny because i was sick… i am going to make it up to by this long episode.. once again very very sorry.. heekuran kamudhaane kamah

  2. Megan says:
    March 30, 2020 at 4:16 pm

    Its ok.
    ebain kuda mah saleh vaahaka ga nameh olhuvaanevefa zivee meh ge thah kilhuga correct kohlahchey nxt time
    Whn next

  3. Yan♥️ says:
    March 30, 2020 at 4:45 pm

    Varah reethi Masha Allah

    1. Axoo says:
      March 30, 2020 at 5:55 pm

      Thank you ❤️

  4. Kairaa says:
    March 30, 2020 at 5:16 pm

    Its ok….Varah varah reethi mi part vx…..masha allah…waiting for the nxt part…whn nxt axoo….

    1. Axoo says:
      March 30, 2020 at 5:53 pm

      Next 2 days thereyga in Sha Allah ❤️

  5. Megan says:
    March 30, 2020 at 6:32 pm

    Means two days fahun ey… Stay happy stay safe luv yu❤️❤️❤️

    1. Axoo says:
      March 30, 2020 at 6:46 pm

      ❤️

  6. ...... says:
    March 30, 2020 at 7:28 pm

    Hey axoo u are from sh atoll thr

    1. Axoo says:
      March 30, 2020 at 8:28 pm

      No

  7. Looking says:
    April 1, 2020 at 1:14 pm

    Axoo miadhu up kurah tha….. Vrh nice story eh axoo gr kuri magu ujaalaavaashi
    Ameen..❤

  8. Yana says:
    April 1, 2020 at 4:47 pm

    Varah reethi mi part ves.Axoo whn next part?

  9. hiyy dhera says:
    April 2, 2020 at 8:10 pm

    mivaahaka anekka medhukedeneetha mee dhevana faharah vaane eyrun varah reethi vaahakaeh hama ɡaimuves mi keehisaabu ehenve nuɡenes dhevenɡna kiyun therinnah anɡaalaifa baavvaathi reethi vaahakaeh medhukedineema dheravaa varah loabiveriyaa rulhiveɡen ves dheravaane kameh neyɡe ?????

  10. Kokee says:
    April 3, 2020 at 2:40 pm

    ?Axoo kobaa nxt prt

  11. No one says:
    April 3, 2020 at 8:05 pm

    Axoo whn next ???

  12. Yana says:
    April 5, 2020 at 3:17 pm

    ??????????????????Axoo kobaa vaahaka.alheykomme faharaku medhu kedey eba. Waiting for next part.

Comments are closed.

Next Episodeކައިރީގައި އެހެނަސް.. ދުރުގައި… 8←


All Right Reserved!