Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ 4

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
March 29, 2020 9 Mins Read
20 Comments

މީކާން ނިކުންނަމުން ހަމްދާގެ ކެބިންއަށް ލޯ ދިއްކޮށްލީއިރު އެދެމީހުން ބުރަމަސައްކަތެއްގައި ތިބިތަން ފެނި އެމީހުންކައިރިއަށް ދިޔައެވެ. ހަމްދާ އެމީހުން މިއަދު ނިމޭލެއް ލަސްވާނެކަމަށް ބުނުމުން މީކާން އެދުނީ އަޞުރުނަމާދުކުރިން ނިންމާލުމަށާއި އޭނާ ނަމާދުކޮށްގެން އައިސް އޮފީސް ތަޅުލާނެކަމަށެވެ. ހަމްދާއެކަމަށް އެއްބަސްވިއެވެ. އޮފީހުގައި ދެމީހުން އެކަނި ތިބެ މަސައްކަތްކުރަމުންދިޔައިރު ކޭންޓީންގައި ކުރެވެމުންދިޔަ މަސައްކަތްވެސް ހުއްޓިއްޖެކަން ޔަޤީންވީ އިވެމުންދިޔަ އަޑުތަށް ކެނޑުމުންނެވެ. އޮފީހުގައި ތިބިއްޔާ ތިބި ބަޔަކު ނިކުމެއްޖެކަން ޔަޤީންވިއެވެ. ހަމައެހިނދު ހަމްދާއަށް އައީ ފޯނެކެވެ. އޭނާ ފޯނު ކަންފަތުގައި ޖެހުމަށްފަހު ގޮނޑިން ކުއްލިއަކަށް ތެދުވެވުނީ އިވުނު ހަބަރަކާއިގެންނެވެ. “އާނ.. މިދަނީ އިނގޭ..” ހަމްދާ ފޯނު ކަނޑާލުމަށްފަހު ދަބަސް ކޮނޑުގައި އަޅުވާލަމުން އީރަމްއަށް ބަލައިލިއެވެ. “އީރަމް.. އަމް ސޯ ސޮރީ.. އަހަރެން މާމަ ހާލުދެރަވެގެން އެ ގުޅީ ހޮސްޕިޓަލަށް ދާންޖެހިއްޖެ ވަރަށް އަވަހަށް. އީރަމްވެސް ދޭ އަވަހަށް ގެޔަށް ތި ތަންކޮޅު ދެން މާދަން ނިންމާލާނީ… އަހަރެންނަކަށް ނެތް ހުރެވޭކަށް..” ހަމްދާ އަވަސްއަރުވާލާފައި އެހެން ބުނެ ދުއްވައިގަތެވެ. އެމަންޒަރު ބަލަން އިނދެފައި އީރަމް ނިންމީ މަސައްކަތް ނިންމާލުމަށްފަހު ދާށެވެ. އޭރުން މާދަމާ އިތުރު ބުރައެއް އުފުލާކަށް ނުޖެހޭނެތާއެވެ.

މަސައްކަތުގައި އަވަދިނެތި އީރަމްއަށް އިނދެވުނީ ކިހާ އިރެއްކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. މީކާން އޮފީހަށް ވަދެލުމަށްފަހު އެކި ދިމާދިމާއަށް ނަޒަރު ދިއްކޮށްލާފައި ހަމްދާގެ ނަމުން ގޮވާލިއެވެ. ނަމަވެސް އަޑެއްބަޑެއް ނީވުމުން އެކެބިންއާއި ހަމައަށް ނުގޮސް އޭނާ ލިފްޓަށްއަރާފައި އޮފީސް ތަޅުލުމަށްޓަކައި ދޮރު ގައި ހިފިއެވެ. އަޞްރު ނަމާދުކޮށްލުމަށްފަހު އޭނާ މަޑުކުރުމެއްނެތި އޮފީހަށް އައީ ހަމްދާމެން ދާނެކަން ޔަޤީންވީތީއެވެ. ހާއްސަކަމަކާއި ވެގެންނޫނީ އެންމެ ލަސްވެގެންވެސް އޮފީހުގެ މުވައްޒަފުންނަށް އެތަން ހުޅުވިފައިހުންނާނީ އެގަޑިއާއި ހަމައަށެވެ. ދޮރު ތަޅުލުމަށްފަހު މީކާން އެނބުރި ކާރާއި ދިމާލަށް ހިނގައިގަތީ ތަޅުދަނޑި އިނގިލީގައި އަނބުރާލަމުންނެވެ. އަވިއައިނުން ފޮރުވާލެވިފައިވާ ދެލޮލުގެ ނަޒަރު ހުއްޓިފައި ހުރީ މަގު އެއްފަރާތުގައި ހުރި އިމާރާތަށެވެ. ކުރީގައި އޮފީހުގެ ބުރަމަސައްކަތްތަށް ކުރެވެމުންދިޔަ އެ އިމާރާތުގެ ބަދަލުގައި މިހާރު ހުރީ ހަތަރު ފަންގިފިލާއަށް އެޅިފައި ހުރި އޭނާގެ މަންމަ ހިންގާ ފިހާރައެވެ. އެތަން ފެނި އޭނާގެ ގައިން ހީބިހިނުނަގާ ދުވަހެއް ނުދެއެވެ. އެތަނުތެރޭ މަރުވެ އަޅިއަށްވެގެންދިޔަ އެތަށް ބައެއްގެ އާއިލާމީހުންނަށް އެތަންކައިރިންލާފައި ދާއިރު ކުރާނެ އިހުސާސް މިއަށްވުރެ ފުންވާނޭކަން މީކާންއަށް އިނގެއެވެ.

މަސައްކަތް ނިންމާލުމަށްފަހު ހަށިގަނޑު ދަމާލި އީރަމް ހިނިތުންވެލިއެވެ. މާދަމާ ހަމްދާ އުފާވާނެވަރު އޭނާއަށް ސިފަކޮށްލެވުނެވެ. ގެންގުޅޭ ކުޑަ ބެކްޕެކް ކޮނޑުގައި އަޅުވާލުމަށްފަހު ލަސްހިނގުމެއްގައި އީރަމް ކެބިން އިން ނިކުތްއިރު ދިއްލާފައި އިން ހަމައެކަނި ބޮކިވެސް އިނީ ނިއްވާލައިފައެވެ. މަސައްކަތަށް މަސްއޫލުވެއިންލެއް ބޮޑުކަމުން ބޮކިތަށް ނިއްވާލިކަންވެސް އޭނާއަށް އިހުސާސެއްނުވިއެވެ. އަނެއްކާ މީކާން ބާއެވެ. ހާސްވެފައި ހުރި އީރަމް ފިޔަވަޅުތަށް ހަރުކޮށްލުމަށްފަހު ލިފްޓަށް އެރިއިރު ގާތްގަނޑަކަށް އޭނާއަށް ވީގޮތް ރޭކާލިފަދައެވެ. ނަމާދު ނިންމާލުމަށްފަހު މީކާން ތަޅުލަން އަންނާނެވާހަކަ އޭނާ ބުނިކަން ހަނދާނުގައި ނެތްކަމާއި މެދު ހިތާމަކުރިއެވެ. ލިފްޓު ހުޅުވިގެންދިޔުމާއި އެކު އީރަމް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ބޮޑު ދޮރުގައި ހިފަހައްޓާލިއެވެ. އީރަމްއަށް ދޮރުގައި ލައްގަނެލެވުނުއިރު ދެލޮލުން ކަރުނަ ހިލުނެވެ. ބިއްލޫރި ދޮރުގެ ބޭރުގައިވާ މަންޒަރުތަށް ކިތަންމެ ރީއްޗަށް ފެނުނަސް ބޭރުގައި ހުރި މީހަކަށް އެތެރެއެއްނުފެންނާނެއެވެ.

އީރަމް ފޯނު ނެގިއިރު ނިވިފައިވާކަން ހަނދާނަށް އައުމާއި އެކު އިތުރަށް ހާސްވެކަންތަށް ބޮޑުވިއެވެ. ކުރާނެކަމެއް ނޭނގިފައި ހުރެ އޭނާ އަށް މުޅިތަނަށް ނަޒަރު ހުއްޓާލެވުނެވެ. ބޭރުން އަންނަ އައްޔެއްފިޔަވާ އިތުރު އަލިކަމެއް އެތާ ތެރެއަކު ނެތެވެ. އޮފީސްތެރޭ އިންނަ ހަމައެކަނި ލިފްޓަކީ އެހެން ފަންގިފިލާތަކަށް ބްލޮކްކުރެވިފައިވާ ލިފްޓަކަށްވެފައި މިފަހުން އިމާރާތަށް ގެނައި ބަދަލުތަކާއި އެކު އިމާރާތުގެ އެންމެން ބޭނުންކުރަން އިން ދެވަނަ ލިފްޓު ވަނީ އޮފީހަށް ބޭނުންނުކުރެވޭހެން ވަކިކުރެވިފައެވެ. މުޅިންވެސް ބަދުނަސީބުވެރިކަމެވެ. އޮފީހުން ނިކުންނާނެ އިތުރު ދޮރެއް އިންނަކަމެއް އީރަމްއަކަށް ނޭނގެއެވެ. ދެލޮލުން ކަރުނަ ހިލިގެންދިޔައީ މީގެ އަހަރުތަކެއް ކުރިން ފެނުނު މަންޒަރު ދެލޮލަށް ސިފަވެގެންދިޔުމާއި އެކުގައެވެ. އޭނާގެ ނޭވައި ކުރުވެގެން ދިޔުމާއި އެކު އަމިއްލަ ނުކުޅެދުންތެރިކަމާއި މެދު މަލާމާތްކުރެވުނެވެ.

“ކަލޭ މިތަނުން ދެން ނުނިކުންނާތި. ދެވަނަ ފަހަރަށް އަހަރެންނަށް ހަމަލާދޭން އުޅެފިނަމަ އަހަރެންނަށްވުރެ ނުބައި މީހެއްނުހުންނާނެ.. ކަލޭ މަންމަވެސް މަރުވާނީ ކަލޭއާއި ހެދި..” އީރަމްގެ ކުރިމަތީ ހުރި ބިއްލޫރި ދޮރު ލައްޕާލުމަށްފަހު އެހެން ބުނުމާއި އެކު އީރަމްއަށް ދޮރުގައި ހިފަހައްޓާލެވުނެވެ. ބޭރުން ލެއްޕެންހުރި ލޯންޑްރީ ރޫމްގެ އެ ދޮރުން ބޭރަށް ނިކުންނާނެގޮތެއް ނޭނގިފައި ހުރި އީރަމްގެ ދެލޯ ފެންކަޅިވެގެންދިޔައެވެ. ކުރިމަތީ ހިނގަމުންދިޔަ ކަންތައްތަށް ހުއްޓަން ބޭނުންވެފައި ހުރި އީރަމް އަށް ހަދާނެ ގޮތެއް ނޭނގުނެވެ. އޭނާގެ މަންމައަށް ބަހުންނާއި އަތުން ހަމަލާދެމުންދިޔަ އަންހެންމީހާގެ ރުޅިގަނޑު ހުރީ އިންތިހާއަށެވެ. އޭނާ ބޭނުންވާ އެއްޗެއް ހޯދައިދިނީމަ ނޫނީ ނުދާނޭކަމަށް ބުނަމުންދިޔައިރު އޭނާ ދިޔައީ އެތަކެއް ފަހަރު މަންމައަށް އަނިޔާކުރަމުންނެވެ. “ނޫން… މަންމާ….” އީރަމްއަށް ރޮއެގަނެވުނެވެ. އެ އަންހެންމީހާ ހުއްޓުވަން ކުރި މަސައްކަތް ފެއިލުވެ އޭނާ އެ ބިއްލޫރި ދޮރުފަހަތުގައި ތަޅުލެވިގެންދިޔައެވެ. މަންމަ އެންމެ ފަހަރަކުވެސް އެމީހާއަށް އަތް އިސްނުކުރިއެއްކަމަކު ބަހުގެ ހަމަލާތަކަށް ރައްދުދެމުން ދިޔައެވެ. މަންމަގެ މޫނުމަތިން ފެނުނީ ހިތްވަރުގަދަކަމެވެ.  އަދި ކިތަންމެ އަނިޔާއެއް ކުރިޔަސް މަންމަ ފަސްނުޖެހޭނޭކަމެވެ. “ކަލޭ ހަނދާންބަހައްޓާތި، އަހަރެންނަށް ކަލޭ މަރައިވެސްލެވޭނެ..” މަންމަ ކޮށްޕާލުމަށްފަހު އެއަންހެންމީހާ ނިކުމެގެންދިޔައެވެ. އީރަމް އަށް އޭރުވެސް ދިޔައީ ރޮވެމުންނެވެ.

“މަންމަ އެމީހާ ބުނިގޮތަށް އެމީހާ އެ ބޭނުންވާ އެއްޗެއް ދިންނަމަ މިއަދު މަންމަ އަހަރެން ކައިރި ހުރިސް.. މަންމަ އެދުވަހު ދޮގުވެރިންނާއި ދެކޮޅަށް ހިތްވަރާއި އެކު ތެދުވިއެއްކަމަކު މިއަދު އެ ދޮގުވެރިން ތިބީ ދުނިޔޭގައި، އެމީހުން އަދިވެސް ތިބީ ހަމަ އެ ހިތްހަމަޖެހުމާއި އަރާމުގެތެރޭގައި.. އަދަބު ލިބުނީ މަންމައަށާއި މަންމަގެ އާއިލާއަށާއި ކިތަށް އިތުރު ބަޔަކަށް…” އީރަމްގެ ހިތުގައިވީ ޝަކުވާއެވެ. ކުރީގެ ހިތި ހަނދާނެއް އާލާވެގެންދިޔައިރު އެ ހުރިހާ ކަމެއްގައިވެސް ކުށްވެރިކުރެވުނީ ތެދުވެރިކަމަށްޓަކައި އަމިއްލަ ޖާނުން ގުރުބާންވި އޭނާގެ މަންމައެވެ. ފަސްނުޖެހި އެ ހަނގުރާމާގައި އެ ދޮގުވެރިންނާއި ކުރިމަތިލީ އޭނާގެ މަންމައެވެ. އެގޮތަށްކަންނުވިނަމަ މިއަދު އޭނާ މިހާލުގައި ނުހުންނާނެކަމާއި މެދު އެތަކެއްފަހަރު ޝަކުވާކުރެވުނެވެ. މި އެކަނިވެރިކަންމަތީ އުޅޭކަށް ނުޖެހޭނޭ އޭނާގެ ހިތަށްއަރަމުންދިޔައެވެ. ބަންދުވެފައިވާ އެ ބޮޑު އިމާރާތްތެރޭ އީރަމްގެ ނޭވައި ހާސްވާންފެށިއެވެ. އީރަމް ތެދުވެލުމަށްފަހު އެތަނުން ނިކުންނާނެ ގޮތަކާއި މެދު ވިސްނަންފެށިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ރެސިޕްޝަނުގައި ހުރި ޓެލެފޯނެވެ. ވަގުތުން އެއާއި ދިމާލަށްގޮސް އޭނާ ބެލީ އެތާ ހުރި އޮފީސް ކާރޑުގައި މީކާންގެ ނަމްބަރު ލިޔެވިފައި އިންތޯއެވެ. އޮފީސް މީހެއްގެ ނަމްބަރެއް ނޭނގޭތާނގައި މިގަޑީގައި އޭނާއަށް އެހީވެވޭނީ ހަމައެކަނި މީކާންކަމަށް އޭނާ ހިތަށްއެރިއެވެ. އޭނާގެ ލޮލުގައި މީކާންގެ ނަމްބަރު އަޅައިގަތީ އިރުގަނޑަކުންނެވެ. ވަގުތުން ފޯނުގައި އެ ނަމްބަރު ޖަހާލުމަށްފަހު ގުޅާލިއެވެ. ގުޅައިގެން ބުނާނެ ގޮތެއް ވަކި އޭނާއަކަށް ނޭނގުނެވެ. ފޯނުނެގިއެއްކަމަކު އޭނާއަށް އެހީވާށޭ ބުނާނީ ކިހިނެއްހެއްޔެވެ؟

ކާރު ދުއްވާލުމުގެ ބަދަލުގައި ކާރުތެރޭ އިރުކޮޅަކު މަޑުކޮށްލައިގެން އިން މީކާން ދިޔައީ އަމިއްލަ ނަފްސު ހަމަޔަކަށް އޭޅޭތޯ މަސައްކަތްކުރަމުންނެވެ. ކަންފަތްތެރޭ ގުގުމައިގަތީ އެތަށްބައެއްގެ ރުއިމުގެ އަޑާއި އެ ހަޅޭކެވެ.  އެއަޑުތަކުގެތެރެއިން ލަމްޔާ ބުނި ބަސްތަކެވެ. “ސޮރީ.. ލަމްޔާ… އަހަރެންނަށް ލަމްޔާއާއި ދިމާލަށް ފިޔަވަޅެއް އަޅާލެވުނުނަމަ، ލަމްޔާ ކައިރިއަށް ދެވުނުނަމަ…” މީކާންއަށް ބުނެލެވުނެވެ. އޭނާއަށް ލަމްޔާއާއި ކުރިމަތިލާން ނުކެރިގެން ދެފަހަރަށްވެސް ފަސްޖެހެވުނުކަމާއި މެދު މިއަދު އިންތިހާއަށްދެރަވެއެވެ. އެހުރިހާކަމެއްގެ ތެރެއިން މީކާންގެ ކަންފަތުގައި ގުގުމައިގަތީ އޭނާގެ ފޯނު ރިންގުވާންފެށިއަޑެވެ. ދެތިންފަހަރު ނޭވައި އެތެރެއަށްލުމަށްފަހު ބޭރުކޮށްލާފައި އޭނާ ފޯނުނަގާ ބަލައިލިއެވެ. ގުޅަނީ އޮފީސް ރެސިޕްޝަންގެ ނަމުގައި ސޭވްކޮށްފައި އިން ނަމްބަރުކަން އެނގި އޭނާ ދެބުމަގޮށްޖެހިގެންދިޔައެވެ. އަދި ވަގުތުން ފޯނުނަގާ ހަލޯއޭ ބުނެލިއެވެ.

އެކޮޅުންދެފަހަރު ފޯނުގައި ޖަހާލިއަޑުއިވުމާއި އެކުވެސް މީކާންއަށް ވީގޮތް އޮޅުންފިލުވާލަން އުނދަގޫވިއެވެ. އިރުކޮޅަކު މަޑުން އިނުމަށްފަހު ހަނދާނަށް އައީ މިއަދު އީރަމްވެސް އެފަދަ އިޝާރާތެއް ކޮށްގެން އޭނާއާއި ފޯނުންވާހަކަދެއްކިގޮތެވެ. “އީރަމް؟؟” މީކާންއަށް އެހެން ބުނެވުމާއި އެކު ދެތިންފަހަރު ފޯނުގައި ޖަހާލިއަޑުއިވުނީ އާއެކޭ ބުނުމުގެގޮތުންކަން މީކާންއަށް ރޭކާލިއެވެ. “އޮފީހުތެރޭތަ ތިހުރީ.. އޯ ނޯ…” މީކާންއެހެން ބުނެވުނުއިރު މީހާ އެކީ ހާސްވެގެންދިޔައެވެ. ރަނގަޅަށް އޮފީސްތެރޭ ބަލާލެވުނުނަމައޭ ކިތަންމެފަހަރަކު ހިތަށްއެރިއެވެ. ކާރު އޭރުވެސް އޮތީ އޮފީސް ކުރިމަތީކަން އެއީ ނަސީބެކޭ ކިޔާ މީކާން ހަރުފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވިއެވެ. އޭރު އީރަމް އޭނާ އަންނާނެއިރަކަށް އެތާ ކައިރި މަޑުކޮށްލައިގެން ހުރިއިރު އެމޫނުމަތީ ވަނީ ފަރިހިނިތުންވުމެކެވެ. މީކާން އިންތިހާއަށް ދެރަވެފައި ހުރެ ފުރަތަމަވެސް އީރަމް ފަރާތުން މައާފަށް އެދުނެވެ. އަދި ކާރަށް އެރުމަށް އެދުނީ ގެޔަށް ލައިދޭނެކަމަށް ބުނަމުންނެވެ. އީރަމް ދެކޮޅުހެދުމެއްނެތި ކާރުގައި އިށީނުމާއި އެކު މީކާން އަނެއްކާވެސް އީރަމްގެ މޫނަށް ބަލައިލިއެވެ. “ސޮރީ… އަހަރެންނަކަށް ނޭނގެ އީރަމް އިންކަމެއް.. އަހަރެން…..” މީކާން ދެރަވެލާފައި އެހެން ބުނުމުން އީރަމްދެކޮޅަށް ބޯހަރަކާތްކޮށްލީ އެއްގޮތަކަށްވެސް މީކާން އަމިއްލަ ނަފްސުކުށްވެރިކުރަން ނުޖެހޭނޭ ބުނާކަހަލަ ގޮތަކަށެވެ.

މީކާންއާއިއެކު އެފަދަގޮތަކަށް އެކަނި އިންނަންޖެހުމުން އީރަމް އިނި ފިނިވެފައެވެ. މީކާން ކާރު ދުއްވައިވެސްނުލާ އެ އިންގޮތަށް އިނދެވުނި ކުށްވެރިއެއްހެންނެވެ. އެކަން އީރަމްއަށް ރަނގަޅަށް އިނގުނެއްކަމަކު އެއާއިމެދު އެއްޗެއް ބުނާނޭ ގޮތެއް ނޭނގުނެވެ. “އަހަރެން ގޮވާލިން ހަމްދާގެ ނަމުންވެސް، އެކަމު ކެބިންއާއި ހަމައަކަށް ނުދަން… ދެވުނުނަމަ ފެންނާނެތާ އީރަމް.. އަހަރެން އަވަސްކުރަން ހަދައިގެން ފިޔަވަޅެއް ކުރިއަށް ނާޅާ ފަސްއެނބުރި ހިނގައިގަނެވުނީ… އެއްފަހަރުވެސް ބަލައިލެވުނުނަމަ…” މީކާންގެއަޑުގައިވާ ހިތާމަވެރިކަން އީރަމްއަށް ރަނގަޅަށް އިހުސާސްކުރެވުނެވެ. އެތަށްއެއްޗެއް ބުނެދީ މީކާންގެ ހިތްހަމަޖައްސުވާލަން އޭނާ ބޭނުންވެފައި އިނެއްކަމަކު އޭނާއަކަށް ނުބުނެވުނެވެ. މިފަހަރުވެސް އަމިއްލަ ނުކުޅެދުންތެރިކަމަށް ކުސްތަޅުވާލެވުނެވެ. މީކާންއަށް އެހާ އަސަރުކުރީ މާޒީގެ ހަނދާންތަކާއި އީރަމްއާއި ދިމާވާ ކަންތަށްތަކާއި މާބޮޑަށް ގުޅުވާލެވޭތީއެވެ. އެދުވަހުވެސް ކުރިއަށް ފިޔަވަޅެއް އަޅާލެވުނުނަމައެވެ. ދެންމެވެސް ފިޔަވަޅެއްކުރިއަށް އަޅާލާ ކެބިންއާއި ހަމައަށް ދެވުނުނަމައެވެ. އަނެއްކާވެސް ނާޒުކު ކުއްޖަކަށް އޭނާގެ ފުށުން އަނިޔާއެއް ލިބޭކަށް އޭނާ ނޭދެއެވެ.

އެފަދަ ހިޔާލުތަކެއްގައި މީކާންއަށް އިނދެވުނީ ކާރުދުއްވާލަންވެސް ނޭނގިފައެވެ. އޭނާ ސިހުނީ އީރަމް އޭނާއަށް ދިއްކޮށްލި ޓިޝޫ ފެނިފައެވެ. މީކާން އޭގައި ހިފަހައްޓާލުމަށްފަހު އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔާލިއެވެ. “އެއީ މީކާންސަރ ގެ ކުށެއްނޫނެއްނު… ނަމަ ތަކަށް ވިސްނައިގެން ހުންނަންވެއްޖެނަމަ ދިރިއުޅުމުގައިވެސް ކުރިޔަކަށް ފިޔަވަޅެއް ނޭޅޭނެ.. ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެއްނު.. ކޮންމެ ގޮތެއްވިޔަސް ސަރ އެއްނު މިއަދު ތިއަޅުގަނޑު ސަލާމަތްވެސްކޮށްދިނީ…” ލެޓިނުން ލިޔެފައި އޮތް ޓީޝޫ ކިޔާލުމަށްފަހު މީކާން އީރަމްއަށް ބަލާލާފައި ހިނިތުންވެލިއެވެ. އުމުރުދުވަހަށް އެ ނަސޭހަތުގައި ހިފާނަމޭ އޭނާގެ ހިތަށް އެރިއެވެ. އީރަމް އެހެން ބުނީކީ ހަމައެކަނި މީކާންއަކަށްނޫނެވެ. އޭނާގެ އަމިއްލަ ނަފްސަށްވެސްމެއެވެ. އޭނާގެ ދިރިއުޅުމުގައިވެސް ނަމަތަކަށް ވިސްނައިގެން ބަދަލުކުރަން ބޭނުންވާ އެތަށްކަމެއް ހުއްޓެއްކަމަކު އެކަންކަމެއް ދެން ބަދަލުނުކުރެވޭނެކަން އޭނާ ގަބޫލުކުރަންޖެހޭނެއެވެ. މީކާން ކާރުދުއްވާލީ ދެނެވެ. ކާރުގައި އިން ޓިޝޫ ފޮށިން ޓިޝޫއެއް ނެގުމަށްފަހު އޭގައި ދާންވީތަނުގެ ނަން ޖަހާލުމަށްފަހު އީރަމް ޝުކުރުއަދާކުރިއެވެ. އަދި ހަމްދާ ދާންޖެހުނުކަމާއި މިއަދި މިދިމާވި ހާދިސާގައި އޭނާގެ އަތެއްވާކަންވެސް އޭނާ ގަބޫލުކުރެއެވެ. ހަމްދާ ދާންބުންޏެއްކަމަކު އޭނާ މަޑުކުރީކަން ބުނެދިނެވެ. އަދި އޭގައި ހަމައެކަނި މީކާންގެ ކުށެއްނެތްކަން އޭނާ ލިޔެފައި އޮތުމުން މީކާންގެ ހިތަށް ލުޔެއްލިބިގެންދިޔައެވެ. “އީރަމް އަށް އުނދަގުލެއްނުވޭތަ ތިހެން ލިޔެލިޔެފައި ބުނަން؟” މީކާންގެ ސުވާލުން އީރަމް ހިނިތުންވެލާފައި އޭނާގެ ޖަވާބުވެސް ލިޔެލިއެވެ.

“ހުރިހާ އެންމެންނަކަށް ސައިންލޭންގްއޭޖެއްވެސް ނޭނގޭނެތާ… މިނޫންގޮތަކަށް ވާހަކަ ހިއްސާކުރެވޭނެ ގޮތެއް ނެތް..” އީރަމް އިސްޖަހާލިއެވެ. އޭނާ ފުންނޭވައެއްލީތަން ހުދު މީކާންއަށްވެސް ފެނުނެވެ. އީރަމްގެ ހިތުގައި ޖެހުނުކަން އޭނާއަށް އެނގި އެކަމާއި މެދު އެއްޗެއް ބުނަން އުޅެފައިވެސް ފަސްޖެހެވުނެވެ. ގެޔާއި ހަމައަށް ދެވެންދެންވެސް މީކާން މަޑުން އިނެއްކަމަކު އިރުއިރުކޮޅާ އީރަމްއަށް ބަލައިލެވެއެވެ. އީރަމް އަތުގެ އިޝާރާތުން މަޑުކުރަން ބުނި ހިސާބަށް މަޑުކޮށްލުމުން މައުނަވީ ހިނިތުންވުމެއް މީކާންއަށް ރައްދުކޮށްފައި އޭނާ ނިކުމެގެންދިޔައެވެ. ލޮލުކުރިމަތިން އީރަމް ގެއްލެންދެންވެސް އޭނާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އަދި ހަލުވިކަމާއި އެކު ކާރު ދުއްވާލީ އޭނާ ދެން ދާންވީ މަންޒިލް އަމިއްލަ ނަފްސަށް ބުނެދެމުންނެވެ.

މީކާންގެ ކާރު ހުއްޓުނީ ބޮޑު އިމާރާތެއްގެ ކުރިމައްޗަށެވެ. އޭނާ ހަރުފިޔަވަޅުތަކެއްގައި އެތެރެއަށް ވަނުމަށްފަހު ހަވަނަ ފަންގިފިލާއަށް ލިފްޓުގެ އެހީގައި އެރިއެވެ. އެ ފަންގިފިލާގައި ހުރި ތިން ދޮރުފަތްތެރެއިން އޭނާ އެންމެ ފަހަތަށް ހުރި ދޮރުފަތުގެ ތަޅުގައި ހިފަހައްޓާލިއެވެ. ހުޅުވާފައި ހުރުމުން އޭނާ އެތެރެއަށް ދެމިގަތްއިރު އޭނާގެ ބޮޑުދައިތަ ސަލީމާ ދެފައި ދަމާލައިގެން އިނީ ހިކިމަސްގަނޑެއް ކޮށާށެވެ. މީކާން ވަދެގެން އައިލެއް ހަލުވިކަމުން ސަލީމާވެސް ފުރަތަމަ ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ދުވަސްގަނޑެއްފަހުން މީކާން ފެނުމާއި އެކު އެ ހިތަށް ނޭނގޭ ހަމަޖެހުމެއްލިބިގެންދިޔައެވެ. “މީކާން ދަރިފުޅު މަގުއޮޅިގެންތަ ތިއާދެވުނީ؟؟” ސަލީމާ މަލާމާތުގެ ރާގަކަށް އެހެން ބުނީ މީކާން އެމީހުންނާއި ބައްދަލުކުރަން ނާންނަތާ ގިނަދުވަސްތަކެއް ވެއްޖެކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ. މީކާންއަށް އެބުނި އެއްޗެއް އަޑުއެހުމެއްނެތި އޭނާގެ އެދުން ހާމަކޮށްލިއެވެ. “ބޮޑުދައްތާ، ކޮބާ ނާޒީ؟” މީކާން އެ ބޮޑު އެޕާރޓްމެންގެ ހަތަރުފަރާތަށް ބަލާލަމުން ސުވާލުކޮށްލިއެވެ. ސަލީމާ ޗޮކެއްކަނޑާލާފައި މީކާން ކައިރި ސޯފާގައި އިނުމަށްއެދުނެވެ. “ދެންމެ އެއައީ.. ފެންވަރައިގެން އަންނާނެ އެހަށް މިތާ އިނދެފައި ބުނެބަލަ މިއަދު މިގެޔަށް ތިއާދެވުނު ގޮތަކާއި މެދު؟ ހަނދާންވެސް އެބަހުރިދޯ ގެޔަށް އަންނަމަގު؟” ސަލީމާ އެހެން އަހާލުމުން މީކާން ބޯކަހަލިއެވެ. ބައްޕަ ފަރާތު އާއިލާއާއި ބައްދަލުނުކުރެވި ގިނަދުވަސްތަކެއް ވެއްޖެކަން އޭނާއަށް ރޭކާލީދެނެވެ.

“ނޫނޭ… ބޮޑުދައްތާ.. ހަމަ ނާދެވެނީ.. އެކަމު ހަފްތާއަކު އެއްފަހަރު ނާޒީ އާއި ބައްދަލުކުރަން…” މީކާންދެރަވެލާފައި އެހެން ބުނުމުން ސަލީމާ ހިނިތުންވެލިއެވެ. ކައިރީ ގެންގުޅުނު ކުޑަކުޑަ މީކާން ބޮޑުވެފައިހުރި ވަރު އިނގެނީ ދެމަހުން އެއްމަހުވިޔަސް އެ ފެންނަ ފަހަރަކުއެވެ. ސަލީމާއާއި މުނާގެ ގުޅުމަކީ އެހާ ވަރުގަދަ ގުޅުމަކަށްނުވުމުން އާއިލާ ތެރޭ އޮންނަ ބޮޑެތި ހަފްލާތަށް ފިޔަވާ މުނާއާއި ސަލީމާ އެކަކު އަނެކަކާއި ބައްދަލެއްނުކުރެއެވެ. ނާޒީ އަންނަންދެން ދިގު އިންތިޒާރެއްގައި އިން މީކާން އާއި ސަލީމާ ތިބީ އެކި ވާހަކަތަކުގައެވެ. ވަރަށް އަވަހަށްކުރެވެން އުޅޭ ކައިވެނީގެ ވާހަކަވެސް އެދޭތެރޭ ދެކެވިގެންދިޔައެވެ. އެއީ ސަލީމާގެ ދޮށީ ފިރިހެންދަރިފުޅުގެ ކައިވެންޏެވެ. ފޯރިގަދަކޮށް ރޭވިފައިވާ އެ ކައިވެންޏަކީ އެ ބޮޑު އާއިލާތެރޭ ކުރެވޭ އެންމެ ފުރަތަމަ ކައިވެންޏެވެ. އެންމެންވެސް އެކަމުގައި ބައިވެރިވުމުގައި އަތުކުރި އޮޅާލައިގެން އުޅެނީ އެހެންވެއެވެ. “ދޮންދަންތަމެން ކައިރިއަށްވެސް މިހާރު ނުދަންދޯ؟ އެންމެންވެސް ދައްކަނީ މީކާން މިހާރު ނުފެންނަވާހަކަ… މީކާންގެ ބައްޕަ މިދުނިޔޭގައި ނެތްކަމަކު މީކާން އަބަދުވެސް ވާނީ އަހަރެމެންގެ ދަރިއަކަށް… އެކަން ހަނދާނުގައި އަބަދުވެސް ވާނެ ބަހައްޓަން އިނގޭ؟” ދެމާނަ އެކުލެވޭގޮތަށް ސަލީމާ ބުނި އެއްޗެއްގެ މާނަވީ އޭނާގެ ހިތުތެރޭ ފޮރުވިފައެވެ.ސަލީމާގެ ވާހަކައަޑުއަހާފައި މީކާން ވަރަށް ދެރަވިއެވެ. އާއިލާ މެމްބަރުންނާއި ދުރުވެވުނު ވަރު އަންދާޒާކޮށްލެވުނެވެ. އެމީހުން އޭނާ ދެކެ ލޯބިވާވަރު އިނގި އޭނާއަށް އެ ގުޅުން ރަނގަޅަށް ނުދެމެހެއްޓޭކަން އިހުސާސްކުރެވުނެވެ.

ވާހަކަތަކުތެރޭ ތިއްބާ ނާޒީ ނިކުމެގެން އައުމުން މީކާން ސޯފާއިން ތެދުވީ ހަމަކުށްލިއަކަށެވެ. ނާޒީވެސް ދިޔައީ ސިއްސައިގެންނެވެ. “އަނެއްކާ މަގުއޮޅުނީތަ؟” އިސްތަށިގަނޑުގައި ބޮޑު ތުވާއްޔެއް އޮޅާލައިގެން ހުރި ނާޒީ މަލާމާތުގެ ރާގަކަށް އެހެން ބުނުމުން މީކާން ދެލޯއަޅާލިއެވެ. ސަލީމާގެ އެދުމަށް ނާޒީ ދިޔައީ މީކާންއަށާއި އެއްކޮށް ސައިހަދާށެވެ. މީކާންވެސް އަވަސްއަވަހަށް ބަދިގޭތެރެއަށް ދިޔައީ އޭނާ ދައްކަން އައި ވާހަކަދެއްކުމަށްޓަކައެވެ. މީކާންގެ އެދުން ބަންޑުންކޮށްލެވުނީ ސައިމޭޒު އެކި ވައްތަރުގެ ހެދިކާތަކުން ފުރާލާފައި ސަޔަށް އިންސާފުކުރަން ނާޒީ އިށީނުމާއި އެކުގައެވެ. މީކާންވެސް ކެތްމަދުވެފައި އިށީނދެފައި ވާހަކަދައްކަންފެށިއެވެ. “ނާޒީ…އަހަރެންނަށް ސައިންލޭންގްއޭޖް ދަސްކޮށްދީބަލަ..” ހޫނުސައިތަށީގައި ތުންޖައްސާލާފައި އެ ހުނުކަމާއި މެދު ތުންތަޅުވާލި ނާޒީގެ އަނގައިން އެ ހުރިހާ ސައެއް ބޭރުވެގެން ދިޔައީ މީކާން ބުނި އެއްޗެއް ނަގައިގަނެވުމާއި އެކުގައެވެ. ނާޒީގެ އަނގައިން ނިކުތިއްޔާ ނިކުތް އެއްޗެއް ބުރީ މީކާންގެ ގަޔަށެވެ. މީކާން އަނގަޔަށް ގޮތެއް ހަދާލާފައި އައްޗިއްޔޭ އޭ ބުނެވުނުއިރު އޭނާގެ ކުރިމަތީ އިން ނާޒީ އިނީ އަދިވެސް ލިބުނު ސިހުމުން ސަލާމަތްނުވެފައެވެ. މޭޒުމަތީ ބަހައްޓާފައި ހުރި ޓިޝޫ ރޯލް އިން ޓިޝޫ ނަގައި އަތާއި މޫނު ފޮހެމުން މީކާން ނާޒީއޭ ކިޔާފައި ހަޅޭލަވައިގަތީ އޭނާ ހަރަކާތެއްވެސް ކޮށްނުލާ އިނުމުންނެވެ.

“އަދި އެއްފަހަރު ބުނެބަލަ.. ދެންމެ”

“އަހަރެން ބޭނުން ސައިންލޭންގްއޭޖް ދަސްކުރަން.. ނާޒީއަށް އިނގެޔެއްނު… ދަސްކޮށްދީބަލަ…”

“މީކާން އަހަރެންނާއި ބައްދަލުކުރަން، މިގެޔަށް ތިއައީ. ތިހެން ބުނަންތަ؟ މީކާން އަނެއްކާ ރަނގަޅުތަ؟ މީކާން ސީރިއަސްކޮށް ބުނެބަލަ ރަނގަޅުތަ؟؟؟އަހަރެން އެޕޮއިންޓްމެންޓެއް ހައްދަނީމި އަނެއްކާވެސް ކައުންސިލިން ފަށަން އަހަރެންނަށް ފެންނަނީ..”

“ދޮންނާ ދޮންނާ… ޕްލީސް އަޑުއަހާބަލަ… އަހަރެންނަށް އެއްވެސް ކަމެއްނުވެޔޭ.. އަހަރެންނަށް ކައުންސިލިންއެއްވެސް ބޭނުމެއްނޫނޭ… އަހަރެން ހަމަ ތެދުތެދަށްމިބުނީ ދަސްކުރަން ބޭނުންވޭ.. ދަސްކޮށްދީބަ..”

ނާޒީގެ ހަރަކާތްތަށް ހުއްޓުވާލަމުން މީކާން އެހެން ބުނީ ވަރަށް ސީރިއަސްކަމާއި އެކުގައެވެ. ނާޒީއަށް އެހުރިހާ ވާހަކަތަކެއް ގަބޫލުކުރަން އުނދަގޫވީ މީކާންގެ ފަރާތުން އެއްއިރެއްގައިވެސް މިފަދަ ސިފަތަކެއް ފެނިފައިނުވާތީއެވެ. ހާއްސަކޮށް އެފަދަ އެދުމަކައިގެން އެތަށް ގަރުނެއްފަހުން މިގެޔަށް އައުމުން ނާޒީއަށް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. “ދޮންނާ” އޭ ކިޔާފައި މުޚާތަބުކުރުމުން މީކާން ސީރިއަސްކަން އޭނާއަށްވެސް ރޭކާލިއެވެ. މީކާންގެ އެދުންތަކަށް ޖަވާބެއްނުދީ އޭނާ ފުރަތަމަވެސް ބަންޑުންކޮށްލީ ސުވާލުތަކެކެވެ.

“ކީއްކުރަން؟ ކިހިނެއްވެގެން؟؟ މީކާން ހަމަ އަސްލުވެސް އާރ ޔޫ އޯކޭ؟؟” ތިންވަނަ ފަހަރަށްވެސް ނާޒީއަށް މީކާންގެ ހާލާއި މެދު ސުވާލުކުރެވުނެވެ. “ދޮންނާ.. އަހަރެން އަސްލުވެސް އޯކޭ އޭ… ހަމަ ތިވަރުވާވަރުގެ ކަމަކަށްތަ މިއެދެވުނީ؟” މީކާން ހައިރާންވެފައި ސުވާލުކުރިއެވެ. ނާޒީ އުޅުނުގޮތުން ހީވަނީ މީކާން ކަމަކަށް މިއެދުނު މީ ފުރަތަމަ ފަހަރުހެންނެވެ. އެކަމާއި އޭނާ ހިތާހިތުން ނާޒީއަށް އެތަށް އެއްޗެއް ގޮވިއެވެ. ނަމަވެސް އެކަން ނުދައްކަން ކޮންޓްރޯލްކޮށްލައިގެން އިނީ ނާޒީ އޭނާއަށް ޖެއްސުމަށްވެސް ނޫނެކޭ ބުނެ އިންކާރުކޮށްފާނެއަތީއެވެ. އުމުރުގައި ފަސްއަހަރުގެ ތަފާތު ހުރިނަމަވެސް ދެމީހުން ބޮޑުވީ ވަރަށް އެކުއެކީގައެވެ. މީކާންއަށް ނުލިބުނު ދައްތައެއްގެ މަޤާމު ނާޒީ ވަރަށް ރަނގަޅަށް އަދާކުރުންވެގެންދިޔައީ އެދޭތެރޭ އޮތް އިތުބާރާއި ގުޅުން ވަރުގަދަވި އެއްކަމަކަށެވެ.

“މީކާން.. އަހަރެން ހައިރާންނުވާންވީ ކީއްވެ؟ މީކާންއާއި އަހަރެން ކުރިންދުވަހު ވާހަކަދެއްކިއިރު ހީވީ ބޮލަށް އެއްޗެއް ނުވަދެގެން މޮޔަވީހެން… މިއަދު އަހަރެންކައިރިއަށް ތިއައީ ސައިންލޭންގްއޭޖް ދަސްކުރަން.. ތީ އެއްއިރަކުވެސް މީކާން އުޅުނު ގޮތެއްނޫނޭ.. ދެން ބުނެބަލަ ކިހިނެއްތަވީ؟”

“އެއީ… މިސާލަކަށް ނާޒީ ވަށައިގެން އުޅޭ އެންމެންނަކީ ނާޒީ ދައްކާ ވާހަކައަޑުނީވޭ ބައެއް.. ނާޒީ ކިތަންމެ ހަޅޭލެވިޔަސް އެމީހުންނަކަށް އަޑެއްނީވޭ… ނާޒީ ހިތަކަށް ނާރާނެތަ އަޅެ ކޮންމެވެސް އެކަކު ހުންނާނެނަމައޭ ކިޔާ އެއްޗެއް އަޑުއިވޭ… އެ އެންމެންތެރޭގައި ކޮންމެވެސް އެކަކަށް އިނގޭނެނަމައޭ.. އަހަރެންވެސް ކޮންމެވެސް މީހެއްގެ މިބުނާ ކޮންމެވެސް މީހަކަށް ވާންބޭނުން..”

މީކާން ދުރުދުރުން އެހެން ބުނީ ނާޒީ އޭނާއާއި ދިމާކޮށްފާނެއަތީއެވެ. މިހާ “ސެންޓިމެންޓަލް” މީހަކަށް މީކާން ވާން ބޭނުންނުވިޔަސް އީރަމް ދައްކާވާހަކަ އަޑުނީވިވެސް އަޑުއިވޭ ހަމައެކަނި މީހަކަށް އޭނާ ވާންބޭނުންވީ ކީއްވެކަން ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭނާއަށް އިނގޭ ހަމައެކަނި ކަމަކީ އޭނާ އީރަމްއަށްޓަކައި މިކަން ކުރަން ބޭނުންވާކަމެވެ. މީކާން ދެއްކިވާހަކަތަކުން ބޯއަރިކޮށްލައިގެން ނާޒީއަށް އިނދެވުނެވެ. އެބުނި އެއްޗެއް ނަގައިގަންނަން އިރުކޮޅެއް ނަގަނީކަންނޭނގެއެވެ. ނޫންނަމަ މިފަހަރުވެސް މީކާންދެއްކި ވާހަކައަކުން ޝޮކަކަށް ދިޔައީ ކަންނޭނގެއެވެ. މީކާން ދެތިންފަހަރު ނާޒީއަށް ގޮވާލިއެވެ. “ނާޒީ.. ނާޒީ… ދޮންނާ!!” މީކާން އަޑުހަރުކޮށް އެހެން ގޮވާލުމާއި އެކު ސަލީމާވެސް އޭތް އޭ ކިޔާ ހަޅޭލަވައިގަތް އަޑުއިވުނީ އޭނާ ސިއްސައިގެންގޮސްގެންނެވެ. މީކާންއާއި ނާޒީ އެކުއެކީ ހޭންފެށީ ސަލީމާގެ އަޑުއިވުނުގޮތުންނެވެ.

“ކިހިނެއްތަ ތިވަނީ؟ ދެން ބުނެބަލަ ކޮށްދޭނަންތަ؟”

“މީކާންއަށް ކުއްޖަކު ކަމުދަނީތަ؟”

“ނޫން. އެކަމް ދެން އިތުރު ސުވާލުނުކޮށް ބުނެބަލަ ކޮށްދެވޭނެތަ؟”

“ކޮށްދެވިދާނެ.. އެކަމް އެއީ އެހާ ފަސޭހަކަމެއްނޫނޭ.. ބައެއްމީހުން އަހަރު ދެއަހަރު ނަގާނެ…”

“ދެން… ޕްލީސް ދޮންނާ…. އަހަރެން ވަރަށް މަސައްކަތްކުރާނަމޭ.. ޕްލީސް.. މިއަދުން ފަށައިގެން ވިޔަސް.. އެއަށްވުރެ އަވަހަށް ދަސްކުރަންބޭނުން…” ކުޑަކުއްޖެއްފަދައިން މީކާން އާދޭސްކުރާތަން ބަލަން އިން ނާޒީ އަށް ހައިރާންވުން ނޫންކަމެއް ނުވެއެވެ. މިއީ މީކާން އެއްއިރެއްގައިވެސް އުޅުނުގޮތެއްނޫނެވެ. ޔަޤީނުންވެސް މީކާންއަށް މިއައި ބަދަލުގެ ފަހަތުގައި އަންހެންކުއްޖެއް ވާނެއެވެ. ނޫންނަމަ މީކާން މިގޮތްގޮތަކަށް ދުވަހަކުވެސް ނޫޅޭނެއެވެ. މީކާން ގަބޫލުކުރާގޮތުގައި އިހުސާސްތަކާއި ގުޅުމާއި ދުނިޔެވީ އުފާތަކަކީ ނަމުގައި ވާ އެއްޗެކެވެ. ނަމަވެސް މިއަދު މީކާން ކުއްޖަކަށްޓަކައި އެހާވަރު ކުރާތަން ފެނި ނާޒީ އުފާވިއެވެ. ހަރުކަށި މީކާންގެ ފަހަތުގައި އިހުސާސްތަކަށް ޤަދަރުކުރާ މީކާންއެއް ވާކަން އެބަ ހާމަވެއެވެ.

“އޯކޭ.. އޯކޭ..އަނެއްހެން، ރާއްޖޭގައި ދިވެހި ބަހަށްވެސް އިންނާނެ އެސްއެލް.. އެކަމް މިކޮޅުގިނަ ކޮމިއުނިޓީ ތަކުގައި ދަސްކޮށްދެނީ އިނގިރޭސި އެސްއެލް. ތި ކުއްޖެއް ދަސްކުރި އެއްޗެއް އިނގުނީމަ ދޯ ކިޔައިދޭން އިނގޭނީ… ދެބަސް އެއްކޮށް ދަސްކުރަންވެއްޖެނަމަ މާ ދުވަސް ނަގާނެ އަނެއްކާ އޮޅުން އަރާނެ އެހާ އަވަހަށް ކުރަން އުޅެންޏާ.. އެހެންވީމަ… އެގޮތެއް އޮޅުންފިލުވާ..”

“އޯކޭވާނެ.. އިނގިރޭސި ދަސްކޮށްދީ.. ދެން އަހަރެން އޭތި ޓްރައިކުރާނަން ފުރަތަމަ ދުވަހު.. ނޭނގިއްޖެއްޔާ ދެން.. ދިވެހި..”

“އޯ ގޯޑް… މީކާން ހަމަ ސީރިއަސްކޮށްތަ؟؟ މީކާން ތެދުތެދަށް ބުނެބަލަ އެކުއްޖާ މީ ކޮންކަހަލަ ކުއްޖަކީތަ؟ ކާކުތަ އެއީ؟”

“އެ ކުއްޖެއްވެސް ބުނާނަމޭ… އަހަރެންނަށް އިނގޭކަމަކީ އަހަރެން ދަސްކުރަން ބޭނުންވާކަން.. މިގަޑީގައި އެއްވެސް ސުވާލެއްނުކޮށް ބުނެބަލަ ކޮށްދޭނަމޭ.. ދޮންނާ….”

“އޯކޭ… އޯކޭ.. ފައިން… އެކަމު ވަރަށް އުނދަގޫވާނެ ހާއްސަކޮށް މީކާންއަށް ތަންދޮރު ނޭނގޭއިރު…” ހިނިގަނޑެއްޖަހާލާފައި ނާޒީ އެހެން ބުނުމުން މީކާން އުފަލުން ގޮސް ޝުކުރުއަދާކުރިއެވެ. “އަހަރެން އެ ސައިންތަށް ކުރުމަށްވުރެބޮޑަށް ބޭނުމީ އެކުރާ ސައިންއެއްގެ މާނަ އިނގެން.. އެ ބުނާއެއްޗެއްގެ މާނަ.. އެވަރު އޯކޭ…” މީކާން ބުނެލިއެވެ. ނާޒީ ހުރިހާކަމަކަށްވެސް އެއްބަސްވުމުން މީކާން އުފަލުންފޮޅުނެވެ. ނަމަވެސް ނާޒީގެ ޝަރުތަކަށްވީ އޭނާ ފޮރުވައިގެން ގެންގުޅޭ ކުއްޖަކު ވީހާވެސް އަވަހަށް އޭނާއާއި ބައްދަލުކުރުވުމެވެ. މީކާން ކުއްޖަކަށްޓަކައި މިވަރު ކުރަން ތައްޔާރުވާނީ ޔަޤީނުންވެސް އެކުއްޖަކު ހާއްސަވީމަކަން ނާޒީއަށް އިނގެއެވެ. މީކާން އެއަށްޖަވާބެއް ނުދީ ނާޒީ ފްރީވާ ގަޑިތަށް އޮޅުންފިލުވާ އެގަޑިތަކުގައި އޭނާއަށް ދަސްކޮށްދޭން އެދުނެވެ. ކޮއްކޮއެއްފަދައިން ލޯބިވާ މީކާންއަށްޓަކައި ކޮންމެކަމެއްވެސް ކޮށްދޭން އޭނާ ހުރީ ތައްޔާރަށެވެ. ހާއްސަކޮށް މީކާން އިސްނަގައިގެން އަމިއްލައަށް ކަމަކު އެދުނު މީ ފުރަތަމަ ފަހަރުކަމުން އެކަމެއް ކުރުމުގައި އެއްވެސް އުނިކަމެއް އޮންނާކަށް އޭނާ ނޭދެއެވެ. އެހާދިސާއަށްފަހު މީކާންގެ އުޅުމުން ގެއްލިދިޔަ އެތަށްކަމެއް އަނބުރާ އަންނަނީކަމަށް ނާޒީއަށް ލަފާކުރެވުނެވެ.

ނުނިމޭ

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

މަޢާފް – އަށާރަވަނަ ބައި

Next

ނުވާނަން ތަފާތެއް… 14

Next
March 29, 2020

ނުވާނަން ތަފާތެއް… 14

Previews
March 29, 2020

މަޢާފް – އަށާރަވަނަ ބައި

20 Comments!

  1. Ryn says:
    March 29, 2020 at 10:26 am

    Good morning guys! Have a great day. Also let me know what you think about the story? Kihineh vaan miulheny? ? do you like eeram and meekaan? Next part in sha Allah tomorrow. ❤️ Till then take care and be safe.

  2. Shaa says:
    March 29, 2020 at 10:41 am

    Ooh wow..meekan u r so cute..awwn….just for eeram he is studying sign language..meekan thi loabi veveny ey mihaaru..hehe..,❤️❤️❤️btw stry is awesome…well can’t wait to find the hidden truths in this beautiful stry and also I know the truths will be surprising….so excited…and yes good morning and tvvvgc…lysm??????????????????

    1. Ryn says:
      March 29, 2020 at 12:43 pm

      Thankyou darling ❤️ Keep waiting
      Tc ?

  3. Kylie says:
    March 29, 2020 at 10:56 am

    Wowww…. Mi part vx hama habeys igey……. Waiting fr nxt part….. Ly sis…

    1. Ryn says:
      March 29, 2020 at 12:44 pm

      Thankyou. love you too ❤️❤️

  4. ? princess ? says:
    March 29, 2020 at 11:04 am

    Wow v reethi Hama habeys waiting for the next part ♥️♥️♥️

    1. Ryn says:
      March 29, 2020 at 12:44 pm

      Thankyou, keep waiting ❤️

  5. Zar@ says:
    March 29, 2020 at 11:20 am

    ??????OMG.. Nice hama habeys ingey…?? Hivanee stry ge terey ulhevey hen….? Keep going….. Waiting for the next part….. Be safe and lying..

    1. Ryn says:
      March 29, 2020 at 12:45 pm

      Thankyou. Be safe and tc ☺️❤️

  6. Zar@ says:
    March 29, 2020 at 11:21 am

    ??????OMG.. Nice hama habeys ingey…?? Hivanee stry ge terey ulhevey hen….? Keep going….. Waiting for the next part….. Be safe and ly

  7. Yan♥️ says:
    March 29, 2020 at 12:05 pm

    Wow varah reethi Masha Allah
    Eeram aa lamyaa yaa ehvx gulhumeh ebehtha

    1. Ryn says:
      March 29, 2020 at 12:46 pm

      thankyou. Balamaa dhw vaagoii. ☺️❤️

  8. Izabell says:
    March 29, 2020 at 12:32 pm

    Ryn ge hurihaa story eh vx kiyan. Varah reethi hurihaa story eh vx. Mi story vx varah reethi. Masha Allah ❣️❣️❣️❣️ Mi part vx varah varah reethi. Mi part thi nimmaaly varah interesting kollaafa.???? Waiting for next part ???

    1. Ryn says:
      March 29, 2020 at 12:46 pm

      Thankyou so much. Take care and keep waiting ❤️

  9. mousy says:
    March 29, 2020 at 12:46 pm

    wow vrh loabi maasha allah..ive read all your strys ever since the begin and its just brilliantly impressive ur very talented ..cant wait for the next part. btw im planning to write on esfiya but the story daily koh submit kuriyas it gets uploaded in a week or so but some strys gets uploaded real quick . do you have any idea wats hppning or any kindda tips .?

    1. mousy says:
      March 29, 2020 at 12:48 pm

      i dont have any way to contact the admin. but i heard some writers gets to submit it wenever? does it have smthing to do with points?

    2. Ryn says:
      March 29, 2020 at 1:00 pm

      I can contact the admin for you. And idk about other writers. I keep drafts of my stories and publish it daily. And I don’t think it has anything to do with the points. Points Eii fahun aii update eh dhw when I was in esfiya kuryga we didn’t have this point thing. Reply to me if you need any help. You can also text me on my page.

    3. Ryn says:
      March 29, 2020 at 12:57 pm

      Thankyou darling and in response of your concern, I have never ever faced that problem and I upload it daily dhuvahakuvx upload vumuga laheh nuvey, ekm thankolheh kurin ehen writers ah e problem dhimaavy but now it’s fine I guess, haven’t heard of the problem fahun. I don’t write stories here I use Microsoft word to write stories. And once I’m done with the story I make a new post here and divide the whole story according to the situation of the story and also word count ah visnaafa. Dhen post draft ah laafa baindhany konme Part eh vakin Dhn daily publish kurany. ☺️ If you have any other quesiton lemme know.

    4. mousy says:
      March 29, 2020 at 5:06 pm

      awwn. thank you:) i think it wud be nice to give the admin an idea of uploading all the submitted strys once a day hehe

  10. LIK says:
    March 30, 2020 at 10:13 pm

    Rym mihaaru thihurii level 10 ga ennu level mathi vaa writers ah beynun vaguthaku vhk publish kureveyne … level 1 or 2 or 3 varu ga ulhey writers ah submit kureveniii submit kuriima admins publish kuraniii

Comments are closed.


All Right Reserved!