Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކައިރީގައި އެހެނަސް.. ދުރުގައި… 14

Axoo Level 310 Stories100 Comments100 Login
April 23, 2020 4 Mins Read
30 Comments

” އެމީހުންނާ ވާހަކަ ދައްކަން ޖެހޭނީ… އެގެއަށް ގޮސް ހަމަޖެހިގެން ތިބެ ވާހަކަ ދައްކާނީ” އަނިލް ބުންޏެވެ.

” ބައްޕަމެންނާއި އެކު އަޅުގަނޑުވެސް ދާނަން…” އިހުވާންވެސް ބުނެލިއެވެ.

 

ޖެހިގެނ އޮތް ދުވަހަކީ ހުކުރު ދުވަސްކަމަށްވުމާއި އެކު ޝާކިރާއާއި ނާޝިދުގެ އިތުރުން ނައިލީ އުޅުނީ ޕާޓީގެ ކަންތައް ހަމަޖެއްސުމުގައި އަވަދިނެތިއެވެ. ނައިލީ އޭނާގެ ފޯނުން ވައިބަރ ގެ ޒަރީއްޔާއިން މެހުމާނުންނަށް ކާޑު ފޮނުވަމުން ދިޔައިރު ޝާކިރާ ފޮނުވާމީހުންގެ ލިސްޓެއް ހަދަނީ އެވެ. ނާޝިދު އުޅުނީ ކެއިން ބުއިމުގެ ކަންތައްތައް ހަމަޖެއްސުމުގައެވެ. އިރުކޮޅަކުން އަޒީދު އައިސްވަނީ ޑެކަރޭޓް ކުރުމުގެ ސާމާނު ހިފައިގެންނެވެ.

” ކޮބާ ހުރިހާ ސާމާނެއް ހަމަވީ ދޯ… މިރޭ އިރުއޮއްސެން ވާއިރަށް ޖެހޭނެ ގޭތެރެ ބަރާބަރަށް ތައްޔާރު ކުރެވިފަ ހުންނަން… އެއްވެސް ކަހަލަ އުނި ކަމެއް ހުރެގެން އަހަންނަށް ކަމަކު ނުދާނެ… އާޔަން ލައްވާ މިގެ ތައްޔާރު ކުރާނީ އަޒީދު އިސްވެ ހުރެ ކިޔައިދީގެން.. ” އަމުރުވެރި ރާގަކަށް ނާޝިދު ބުނެލިއެވެ.

 

” ނައި… ތިކިޔައިދިން ވާހަކަތަކުން އަހަރެންވެސް ވަރަށް ދެރަވެއްޖެ… އަދި އަމުދުން ނައިލީ ނާއިޝް މަރާލި ވާހަކަ ބުނުމުން އަހަރެން މިއިނީ ޤަބޫލުކުރަންވެސް ދަތިވެފަ… ” ނައިރާ ދެއްކި ވާހަކަތައް އަޑުއަހާފައި ވިލީޝާ ބުންޏެވެ.

” އަހަންނަށް ވެސް ޔަގީން ކުރަން ދަތި… އެހެންވެ އަހަރެން އެބަޖެހޭ ކޮންމެހެނެއްވެސް އެވާހަކަ ދައްކަން… މިއަދު މިހާރު މިވަގުތު..” ނައިރާ ހަޤީޤަތް ހޯދުމުގައި އެންމެ މިނެޓެއްވެސް ބޭކާރުގޮތުގައި ހޭދަކުރަން ބޭނުންނުވާ ކަހަލައެވެ.

” ޝާކިރައްތަ އާއި ނާޝިދުބެ އެބައިން ކަންނޭނގެ ސިޓިންގރޫމްގަ.. ނައިލީވެސް އެބައިން ކަންނޭނގެ އެތާ” ވިލީޝާ ބުންޏެވެ.

” އެހެންވިއްޔާ ވަގުތު ބޭކާރު ކުރަންވީ ކީއްކުރަން… ވިލީ އަހަންނަށް ކަމެއްކޮށްދެންޏާ އިރުކޮޅަކުން ނިޝީ އާއި އާޔަން ގޮވައިގެން އެތަނަށް އައިސްދީބަލަ…  ” ނައިރާ އެދުނެވެ. ވިލީޝާ ބޯޖަހާލުމުން ނައިރާ އަވަސް ހިނގުމެއްގައި އެތަނުން ނިކުތެވެ.

 

” މަންމާ ދެން މިނިމުނީނު މިކަންވެސް.. ދެން އޮތީ ކޮންކަމެއް” ފޯނު ބާއްވަމުން ނައިލީ އަހާލިއެވެ.

” މަންމަ މިވިސްނަނީ ނަންނިއަށް ސަޕްރައިޒް ކޭކެއް އަޅަން… ނައިލީ ދަންނަމެއްނު ކޭކް ޑެކަރޭޓިން” ޝާކިރާ ބުންޏެވެ. ނައިލީގެ މޫނުމަތިން ފެނިގެން ދިޔައީ ފޫހިކަމެވެ.

” މަންމާ އަހަރެން ބޭނުމީ ކޭކެއް ނޫން… ” އެތަނަށް އައިސް ހުއްޓެމުން ނައިރާ ބުންޏެވެ.

” ދެން ކޯއްޗެއް ދަރިފުޅު ބޭނުމީ.. ދަރިފުޅު ދުލުން ބޭރުކުރި ކޮންމެ އެއްޗެއް ދޭން ބައްޕަ މިހުރީ ތައްޔާރަށް” ނާޝިދު ހެވިލާފައި ބުންޏެވެ.

” އަހަރެން ބޭނުމީ ބައްޕަގެ މުދަލުން ފަސްދޮޅިސް ޕަރސެންޓް” ނައިރާ ބުނެލި ޖުމްލައިން ނައިލީގެ ކަންފަތްކައިރީގައި ބޮމެއްގޮވި ކަހަލައެވެ. އަޒީދުއަށްވެސް ލިބުނީ ހައިރާންކަމެކެވެ.

” އެއީ ދެ ހަމަ ދަރިފުޅުމެންގެ އެއްޗެއްނު…” ނާޝިދު ހެވިލާފައި ބުންޏެވެ.

” ނޫން ބައްޕާ… ދޮންތަ އިނދެގެން އެއުޅެނީ ނުލާހިކު މުއްސަނދި މީހަކާ… ދޮންތައަށް ލިބޭނެ ދޯ އެކޮޅުންވެސް.. މިވަގުތު އަހަންނަކީ އަޅާލާނެ ފިރިއެއް ހުރި މީހެއް ނޫން… އަނެއްކާ އެކަނިވެރި މައެއް… ދޮންތައަށް ނުދިނަސް އޯކޭވާނެއްނު” ނައިރާ ދެއްކި ވާހަކައިން ޝާކިރާއާއި ނާޝީދުއަށް ހައިރާންކަމެއް ލިބުނެވެ. އަޒީދުވެސް ހުރީ ބަސްހުއްޓިފައެވެ.

” އެކީއްވެގެން… ހުރިހާ އެއްޗެއް ދޭންވީ ނައިރާއަށްތަ.. ތީވަކި ކާކުތަ…” ނައިލީގެ ރުޅިގަނޑު ފަޅައިގެން ގޮސް ހަޅޭއްލަވައިގަތެވެ. ނައިލި ނައިރާއާއި ކުރިމަތިލިއިރު އެދެލޮލުން އަލިފާންކަނި ބުރާކަހަލައެވެ. ޝާކިރާއާއި ނާޝިދުއަށްވެސް އިންތަނުން ތެދުވެވުނީ މައްސަލަ ގޯސްވާހެން ހީވުމުންނެވެ.

” އަހަންނަކީ ބައްޕަގެ އެންމެ ކުޑަކުއްޖާ… ދޮންތައަށްވުރެ ބޮޑަށް ކިޔެވިފަވެސް ހުރީ އަހަންނަށް.. ދޮންތަ ފާހެއްވެސް ނުވެއެއްނު.. އަނެއްކާ އަޒީދުއަށްވެސް ބިޒްނަސް އެއީ ކޮންއެއްޗެކަން އެނގެނީއެއްނޫން… ދެން އެހެންވީމަ މިބިޒްނަސް އަހަންނަށްވުރެ މޮޅުކޮށް ކުރިއެރުވޭނެ މީހެއް ހުރިހެންނެއް ހިޔެއްނުވޭ…” ނައިރާ ވަރަށް ހަމޖެހިލާފައި ބުންޏެވެ.

” ކަލޭ މިވީހާ ދުވަހު ފާޑެއްގެ ފިރިހެނެއްގެ އަވައިގަ ޖެހިގެން ގޮސް ހުރީ ރާއްޖެއިން ބޭރުގަ… މިމުދާގަނޑަށްޓަކާ އަހަރެން ހާދަ ޤުރުބާނީއެއް ވެއްޖައިމޭ…” ރުޅިގަނޑު ފަޅައިގެން ގޮސް ނައިލީއަށް ކިޔޭ ނުކިޔޭ އެއްވެސް ނޭނގެއެވެ.

” ނައިރާ ނައިލީ.. މަޑުމަޑުން ތިބެގެންވެސް ތިވާހަކަ ދެއްކި ދާނެއްނު.. ނައިލީ ކީއްވެތަ މާބާރަށް ތިވާހަކަ ދައްކަނީ… ނައިރާވެސް ކިޔާއެއްޗެއް މަޑުން ދޯ އެކިޔަނީ” ޝާކިރާ ކުރިއަށް ޖެހިލަމުން ބުންޏެވެ. ޝާކިރާ ނައިރާ އާއި އެއްކޮޅަށް ވާހަކަ ދެއްކުމުން ނައިލީގެ ރުޅިގަނޑު އިހުނަށްވުރެ ގަދަވިއެވެ.

” ހެހެހެހެ…. ދޮންތަ އެންމެ ފަހުން އޮފީހަށް ދިޔަދުވަހެއް ބުނެބަލަ… އެންމެ ފުރަތަމަ ބުނެދީބަލަ ބިޒްނަސްގެ މާނަ… އަދި ޤުރުބާނީއެކޭ އެބަކިޔައެއްނު.. ހެހެހެ ” މަލާމާތުގެ ރާގަކަށް ނައިރާ ބުންޏެވެ.

” އާނ ޤުރުބާނީ… ކޮންމެ ގޮތަކަށްވިޔަސް އަހަރެން މިޕްރޮޕަރޓީ ބޭނުން…” ނައިލީ ހަޅޭއްލަވައިގަތްލެއް ބާރުކަމުން ޝާކިރާއަށް ކަންފަތްމަތީ އަތްއަޅާލެވުނެވެ. ނައިލީ ވާހަކަ ދައްކަމުން ދިޔަގޮތުން ނިޝީ ހެދީ ތެދެއްކަން ނައިރާއަށް ޔަގީން ކުރެވެމުން ދިޔައެވެ. ހަމައިން ނައްޓައިގެން ގޮސް ހުރިހާ އެއްޗެއް ނައިލީ ކިޔައިފާނެތީ އަޒީދުހުރީ ހިތްނުތަނަވަސްވެފައެވެ. މުޅި މީހާ ދާހިއްލާގޮތްވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

” އެ ހެޔޮ ދޯ ނާއިޝް ދޮންބެ މަރާލަން ޖެހުނަސްވެސް..” އެވާހަކަ އަހާލަން އެންމެ ރަނގަޅު ވަގުތު ބަލާފައި ނައިރާ ބުނެލިއެވެ. ޝާކިރާއާއި ނާޝިދު ތިބީ ކަންތައްވަމުންދާ ގޮތުން އިތުރު ބަހެއް ބުނަން ނުކެރިފައެވެ.

 

” އާން… ހެޔޮ… ” ނައިލީއަށް ބުނެވުނެވެ. ނައިލީގެ ފަރާތުން އައި ޖަވާބަކީ ޝާކިރާއާއި ނާޝީދު އުއްމީދު ކޮށްގެން ހުރި ކަހަލަ ޖަވާބެއް ނޫނެވެ. އެވަގުތަކީ ވިލީޝާ އާއި ނިޝީ އަދި އާޔަން އެތަނަށް އައިސް ހުއްޓުނު ވަގުތެވެ.

” މަންމާ.. ބައްޕާ… މިވީހާ ދުވަހު ނާއިޝް ދޮންބެގެ ޤާތިލަކަށް އާޔަން ހަދައިގެން އޭނައަށް ތިދެމުން އަންނަނީ ނުހައްޤު އަދަބުތަކެއް…” ނައިރާ އޭނާގެ މައިންބަފައިންނާ ދިމާއަށް ބަލާލަމުން ބުންޏެވެ. ޝާކިރާއާއި ނާޝީދު ތިބީ ނައިރާއަށް އެކަން އެނގުނު ގޮތަކާއި މެދު އަޖާއިބުވެފައެވެ. ނައިލީއަށް އޭނައަށް ބުނެވުނު އެއްޗަކާއި މެދު ވިސްނާލެވުނީ ދެނެވެ.

” އާނ… ދޮންތާ… އަޅެ މީ ތެދެއް ނޫންތަ” ނައިލީއާއި ދިމާއަށް އިންޒާރުގެ ބެލުމަކުން ބަލާލަމުން ނައިރާ އަހާލިއެވެ. އަޒީދުގެ އޭނާގެ މޫނުމަތިން ހިއްލަމުން ދިޔަ ދާތައް އަތުން ފޮހެލިއެވެ.

” ކަލޭ ކޯންޗެކޭ ކިޔަން ތިއުޅެނީ” ނައިލީ ބުނެލިއެވެ.

” އާނ ނައިރާ… ކީކޭ ކިޔަންތަ ތިއުޅެނީ” ނާޝިދާށްވެސް އަހާލެވުނީ ހިތްހަމަނުޖެހިފައެވެ.

” އަޅެ ބައްޕަ ދޮންތަ ކައިރީގަ އަހާބަލަ މީދޮގެއްތޯ… ” އަނެއްކާވެސް ނައިރާ ބުންޏެވެ.

” ނޫންތަ ދޮންތާ… ދޮންތަ ބުނާނީތަ އެހެންނޫނީ ނިޝީގެ ފޯނުގައި އޮތް ރެކޯޑިން އެންމެ ތެރޭ އިއްވަން ވީތަ… ދޮންތައަށް ނުބުނެވެންޏާ އަޒީދު ބުނެދޭންވީނު…” ނައިރާ އަޒީދުއާއި ދިމާއަށް އެނބުރެމުން ބުންޏެވެ. ދޮގެއް ހަދައިގެންވެސް ނައިރާ ބޭނުންވީ އެމީހުންގެ ދުލުން އެމީހުން ކުރި ފާފަ އެތާތިބި އެހެންމީހުންނަށް އިއްވާށެވެ.

” މަށަ..މަށަކަށް..ނޭނ..ނޭނގެ ތިކިޔާ އެއްޗެއް” އަޅައިގަންނަމުން ކަހަލަ ގޮތަކަށް އަޒީދު ބުންޏެވެ.

” ހެޔޮނުވާނެ ދަރިފުޅާ… ތިކިޔާ އެއްޗެއް ތަންކޮޅެއް ސާފުކޮށް ބުނެލަދީބަލަ… ” ޝާކިރާ ހުރީ ވަމުންދާގޮތް ފެނި ރޮވޭވަރުވެފައެވެ.

” އޯކޭ.. ދޮންތަމެންނަށް ނުބުނެވެންޏާ އަހަރެން ބުނެފާނަން… ދޮންބެގެ ޤާތިލަކީ އާޔަންއެއް ނޫން… އެދޮންބެގެ އެއްބަނޑުއެއްބަފާ ކޮއްކޮއާއި އޭނަގެ ފިރމީހާ” ނައިލީއާއި އަޒީދުއަށް ރުޅިވެރި ނަޒަރެއް ދެމުން ނައިރާ ބުންޏެވެ. ޝާކިރާއާއި ނާޝިދުގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަކަހަލައެވެ. ނާޝީދުއަށް ލިބުނު ޝޮކާއެކު ކުރިއަށް ޖެހިލާ ނައިރާގެ އަތުގައި ހިފާ އޭނައާއި ދިމާއަށް އަނބުރާލަމުން ޖެހުނު އެންމެ ބާރަކަށް ނައިރާގެ ކޯމަތީގައި ޖެހިއެވެ. އެވަގުތު ނައިރާވެއްޓެން ދިޔަ ހިނދު ހުޝިޔާރުވެހުރެ އާޔަން ނައިރާ ގައިގާ ހިފެހެއްޓިއެވެ.

” ނައިރާއަށް ތިކިޔޭއެއްޗެއް އެބައިނގޭތަ… ” ނާޝިދު ހަޅޭއްލަވާ ގަތެވެ.

” އަހަންނަށް ހީވަނީ ނައިރާ މިނޯކަރު މީހާއާއި އަޅައިގަތީހެން… އެހެންވެއެއްނު އޭނަ ދިފާޢުކޮށްފަ އެވާހަކަ ދައްކަނީ… އަހަންނަށް އަދި ކިރިޔާ މިއެނގުނީ ނާއިޝް ދޮންބެގެ ޤާތިލަކީ މިއާޔަންކަން.. ކުރިން އެނގުނުނަމަ މީނަގެ ދުވަސްދުއްވާލީމުސް..” މައުސޫމު މޫނެއް ދައްކާލަމުން ނައިލީ ބުންޏެވެ.

” އެންމެ ރަނގަޅު… ދެން އަހަންނަށް ޖެހޭނީ މިރެކޯޑިން އިއްވަން.. ނިޝީ ދީބަލަ ތިފޯނު… ރޭގަ ދޮންތަމެން ދެއްކި ހުރިހާ ވާހަކައެއް ނިޝީ ވަނީ މިފޯނުގައި ރެކޯޑްކޮށްފަ…” ނައިލީއާއި އަޒީދު އަށް ފޯނު ދައްކާލަމުން ނައިރާ ބުނެލިއެވެ. އެއަށްފަހު ފޯނާ ކުޅެންކަމަށް ހަދާލިއެވެ.

” ނޫން މަޑުކުރޭ… އަހަރެން ކިޔައިދީފާނަން…” އަޒީދުއަށް ނުހުރެވިގެން ބުންޏެވެ.

” ނައިރާ އެދައްކަނީ ހުސް ތެދުވާހަކަ… އާޔަންގެ އެއްވެސް ކުށެއް ނެތް… ނާއިޝް މަރާލީ އަހަރެން… ނައިލީ ބުނެގެން ” އަޒީދު ހިތްވަރުކޮށްފައި ބުންޏެވެ. ޝާކިރާގެ ހިތްހުއްތުނު ކަހަލައެވެ. މެޔަށް ފިއްތާލެވުނީ ހިތްދަތިވިވަރުންނެވެ. ނާޝީދުގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ. ނައިރާއަށްވެސް ރޮވުނުއިރު އޭނާގެ އަތުގައި ހިފަހައްޓައިގެން އާޔަން ހުއްޓެވެ.

” ހުސް ދޮގު ހުސް ދޮގު… އަހަންނަކީ ނޭނގެ މިމީހުން އަހަރެން ފްރޭމް ކުރެން މިއުޅެނީ ކީއްވެގެން ކަމެއް… ” ހާސްވި ވަރުން ނައިލީއަށް ބުނެވުނެވެ.

” އެދުވަހު ނާއިޝް ގެއިން ނިކުމެގެން އޮފީހަށް އައީ އަހަންނާ ބައްދަލުކުރަންވެގެން.. އަހަންނާއި ނައިލީ ވިޔަފާރިން ވައްކަން ކުރަމުންދާކަން އެނގިގެން އެތައް ފަހަރަކު ނާއިޝް އަހަންނަށް ނަސޭހަތްތެރިވި… އެރޭ ނާއިޝް އޮފީހަށް ގެނައީ އަހަންނާ ނައިލީ ރާވައިގެން… އެރޭ އަހަރެން އަހަރެން ނާއިޝްގެ ކިބައިން މާފަށް އެދުނިން.. ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން ކަމަށް ވަޢުދުވިން… އޭރު އަހަރެންގެ އޯޑަރަށް މީހަކު  ނާއިޝްއައި ކާރުގެ ބެރޭކް ފެއިލް ކުރުމުގެ މަސައްކަތުގައި އުޅުނީ… ނާއިޝް އަހަންނަށް މާފުކޮށް ބައްދާލި ވަގުތު އަހަރެން ނާއިޝްގެ ގަޔަށް އިންޖެކްޝަނެއް ޖެހިން… ވަރަށް މަޑުމަޑުން… ނާޢިޝްއަށް ރޭކާވެސް ނުލާނެ.. ހީވާނީ މަދިރިއެއް ހަފާލިހެން… އެއިންޖެކްޝަން އަހަންނަށް ދިނީ ނައިލީ.. އެއިންޖަކްޝަން ޖެހުމުން ފަނަރަ މިނެޓް ތެރޭގައި ހަރޓްއެޓެކެއް ޖެހޭނެ… ކަންތައްވީވެސް އެހެން… ނާއިޝް އެކސިޑެންޓްވީ އެހަރޓްއެޓޭކް ޖެހުނު ވަގުތު ކާރުގެ ބުރެކި ޖައްސަން އުޅުނު ވަގުތު ނުޖެއްސިގެން…” ތަފްސީލުކޮށް އަޒީދު ކިޔައިދިން ނިމުނުއިރު ޝާކިރާއަށް ބާރަށް ރޮވެނީއެވެ. ނާޝީދުގެ ލޮލުންވެސް ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ނައިރާ އަނގަމަތީ އަތް އަޅައިގެން ހުރެ ރޮމުން ދިޔައިރު ވިލީޝާއާއި ނިޝީޥެސް ތިބީ ފެންކަޅީވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ކައިރީގައި އެހެނަސް.. ދުރުގައި…13

Next

ހިތް ކަލާޔަށް އެދޭތީ…4

Next
April 23, 2020

ހިތް ކަލާޔަށް އެދޭތީ…4

Previews
April 22, 2020

ކައިރީގައި އެހެނަސް.. ދުރުގައި…13

30 Comments!

  1. Axoo says:
    April 23, 2020 at 10:26 pm

    ramazan mubaarak lovely readers 🙂

  2. FLY says:
    April 23, 2020 at 10:39 pm

    Ramzan mubaarak axoo ah ves.axoo alhey haadha kurey.axoo busy aa kuhjjakaa havaalu kohlan v nu type kohlan.dhen in prt dhigu kohlachey. adhi kithah prt ebaintha.mi vaahaka nimigen adhi innaane dho vaahaka eh.you are the best author ever axoo.stay safe

    1. Axoo says:
      April 23, 2020 at 10:54 pm

      Dhen varah avahah nimeyne in Sha Allah.. thank you very much FLY ❣️ stay home stay safe ❤️

  3. Kairaa says:
    April 23, 2020 at 10:47 pm

    Ramazan mubarak axoo☺️☺️☺️…..alhey kn hisaabakun thi ninmaaly…enme kiyaa hiyy vi hisaabun thi ninmaaly…btw mi part vx hama varah varah reethi???….curiously waiting for the nxt part…..naily mee haadha rahumeh nei meehekey dhw……..and whn nxt axoo….waiting

    1. Axoo says:
      April 23, 2020 at 10:55 pm

      Next part ei fahu part kamah mi balany.. aan Baily dhw asluves..hehe.. thank you kairaa ❤️?

  4. anonymus says:
    April 23, 2020 at 10:48 pm

    varah reethi mi part ves…. ramadan mubarik axoo

    1. Axoo says:
      April 23, 2020 at 10:56 pm

      Thank you ❤️

  5. eysha says:
    April 24, 2020 at 4:28 am

    Ramazan kareem azxoo. Vaahaka nimen ulheythi vrh deravey plx ehn Vaahaka eh up kohlaaathi. My dear AXOOOO

    1. Axoo says:
      April 24, 2020 at 5:15 am

      In Sha Allah adhi kuriah hury.. don’t me sad my dear eysha ❤️?

  6. shaiiii says:
    April 24, 2020 at 5:27 am

    wowww vhk vvv rythi….nd mi part kiyaa ninmaafa avh miulhuny aneh part kiyan…heheh e part nunereykan vx hury handhaan nethifa vhk salhi kamun

    1. Axoo says:
      April 24, 2020 at 12:27 pm

      Ahahah…thanks shaiii ❤️

  7. Yan♥️ says:
    April 24, 2020 at 12:02 pm

    Ramazan Kareem axoo mibaivx varah reethi Masha Allah curiously waiting

    1. Axoo says:
      April 24, 2020 at 12:28 pm

      Thank you Yan❤️ ?

  8. Ibsha says:
    April 24, 2020 at 4:12 pm

    Mivaahaka varah reethi ❤
    Varah busy koh ulhey coment nukureveny, hurihaa part ves varah reethi

    1. Axoo says:
      April 24, 2020 at 8:43 pm

      Thank you ❤️?

  9. Ibsha says:
    April 24, 2020 at 4:13 pm

    Hurihaa kudhin Ramazaan Kareem

  10. Dhonthy says:
    April 24, 2020 at 8:26 pm

    Ramazan Mubaarak axoo sis. Mi bai es vvvv reethi inge. Awlhe dhn hama vaahaka ninmaalaneetha? ??? Ehaa avahah ninmaanulachche. Mee v salhi vaahaka eiy. Love you axoo sis ?❤️❤️❤️❤️

    1. Axoo says:
      April 24, 2020 at 8:42 pm

      Thanks dhonthy ❤️ lym ?

  11. ??? says:
    April 24, 2020 at 10:58 pm

    Varah rythi ekm ehaa avahah nuninmaba. Whn next lysm
    ❤❤❤

    1. Axoo says:
      April 25, 2020 at 11:40 am

      Thank you ❤️

  12. fav says:
    April 24, 2020 at 11:05 pm

    this story is my fav… mi vaahaka ehaa avahah nunimaba… mi part ves varah reethi…. curiously waiting for the next part…..whn next part

    1. Axoo says:
      April 25, 2020 at 11:45 am

      Thank you ❤️?

  13. Girl says:
    April 25, 2020 at 2:54 am

    Kobai dhen mi noan dhen vaahaka eiy upeh nuvaanetha? Mihaaru thin dhuvasvaneenu aa vaahakaeiy up nuvaathaa

    1. Axoo says:
      April 25, 2020 at 11:44 am

      Adhi up vaaney.. patience girl ☺️

  14. eysha says:
    April 25, 2020 at 11:50 am

    Axoo haada inthixaareke mikuranee

  15. lia says:
    April 25, 2020 at 12:27 pm

    Plx can u upload the story soon. Waiting.

  16. eysha says:
    April 29, 2020 at 6:35 pm

    Mnth vs nimeni axoo vs gehluneeethr alhe so sad. ..

  17. Shauna ibrahim says:
    April 29, 2020 at 7:02 pm

    Varah salhi vaahaka eh♥️? waiting for the next part. When next part???

  18. Fly says:
    May 2, 2020 at 3:05 pm

    Alhey haadha inthzaarekey mikuranee.Axooo.kobaa vahaka

  19. ??? says:
    May 3, 2020 at 6:01 pm

    Axoo dhn vaahaka up kohbala dhwww haadha inthizaareh kurevigge ye

Comments are closed.

Next Episodeކައިރީގައި އެހެނަސް.. ދުރުގައި.. (ފަހުބައި)←


All Right Reserved!