Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކައިރީގައި އެހެނަސް.. ދުރުގައި…13

Axoo Level 310 Stories100 Comments100 Login
April 22, 2020 5 Mins Read
27 Comments

 

” ދެން ދުވަހަކުވެސް ތިހެން ނުބުނާތި… އަހަންނަށް އެނގޭ އަހަރެންގެ އާޔަން ގަސްދުގަ އެއްވެސް މީހެއްގެ ފުރާނަ ދުއްވައެއް ނުލާނެކަން… އަހަރެން އާޔަންއަށް އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އިތުބާރުކުރަން… އައި ލަވްޔޫ” އާޔަންގެ ހަށިގަނޑުގައި ބައްދާލަމުން ނައިރާ ބުންޏެވެ. އާޔަންވެސް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަމުން ނައިރާގެ ހަށިގަނޑު ދެއަތުތެރޭގައި ފިއްތާލިއެވެ.

” އެކަމަކު އާޔަން… އަހަރެން ކިހިނެއް ބައްޕައަށް އެކަން ވިސްނައިދޭނީ… އަދި އަމުދުން ތީ އަހަރެންގެ ފިރިމީހާ ކަން އެނގިއްޖިއްޔާ ނޭނގެ ހަދާނެ ގޮތެއްވެސް” އާޔަން އާއި ދުރުވެލަމުން ނައިރާ ބުންޏެވެ.

” އަހަރެން މީ ފިރިމީހާތަ..” ނައިރާ އާއި ސަމާސައެއްކޮށްލުމަށް އާޔަން ބުންޏެވެ.

” ނޫން.. ދޯ.. ވަރިކުރީވިއްޔަ” އިސްޖަހާލަމުން ނައިރާ ބުންޏެވެ.

” ރުޖޫޢަކޮށްފިން” ނައިރާގެ މޫނުގައި ދެފަރާތުން ހިފަހައްޓާލައި މައްޗަށް އުފުލާލަމުން އާޔަން ބުންޏެވެ. ނައިރާގެ ތުންފަތްމައްޗަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ.

” މިރޭ އަހަރެން ބޭނުންވަނީ އާޔަން އާއި އެކު މިކޮޓަރީގަ ނިދަން” އާޔަންގެ މޭގައި މޫނުޖައްސާލަމުން ނައިރާ ބުންޏެވެ.

” އަހަރެން މިދުވަހުގެ އިންތިޒާރުގައި ހުންނަތާ ކޮންދުވަހެއް… މިރޭ އަހަރެން ވެސް ބޭނުމެއްނޫން ނައި ދިޔަދޭކަށް… ” ނައިރާ ގައިގާ ބާރަށް ބައްދާލަމުން އާޔަން ބުންޏެވެ.

 

ލިލީއަށް ބޭސްދީފައި ނިންދެވުމަށްފަހު ނިޝީއަށް ނިދޭގޮތެއް ނުވިއެވެ. މިރޭ ނައިލީ އާއި އަޒީދުގެ ފަރާތުން އިވުނު ވާހަކަތަކަށްފަހު ނިޝީގެ ނިދި މުޅިން ފިލައިގެން ގޮސްފިއެވެ. ފައިސާގެ ދަހިވެތިކަމުގައި ނައިލީ އެވަރުގެ ކަމެއް ކޮށްފާނެ ކަމަކަށް ނިޝީއަށް ހީކުރެވިފައެއް ނެތެވެ. ޝާކިރާއާއި ނާޝިދުއަށް ހަޤީޤަތް އެނގޭނެ ދުވަހު އެމީހުން ވަރަށް ދެރަވާނޭ ނިޝީގެ ހިތަށް އަރަމުން ދިޔައެވެ. އެމީހުންގެ އެއްދަރި އަނެއްދަރި މަރާލާފާނެ ކަމަކަށް އެމީހުންނަށްވެސް ހިކުރެވިފައެއް ނޯންނާނެއެވެ. އެމީހުން ކުރި ކުށިގެ ސަޒާވެސް ލިބެމުން ދަނީ ކުށެއް ނެތް އިންސާނަކަށެވެ. ކުށެއްނެތް އާޔަންއަށެވެ. އެމީހުންގެ ސަބަބުން އާޔަން އުޅެމުން އައި އުފާވެރި ދިރިއުޅުން މިވަނީ މުޅިން ބަރުބާދުވެފައެވެ. ވަރަށް ވިސްނާފައި ނިޝީއަށް އިވުނު ހުރިހާ އެއްޗެއް އާޔަންއަށް ކިޔައިދިނުމަށް ނިންމިއެވެ. އޭރަށް ފަހަރެއްގަ އާޔަން ނައިރާއަށް ހުރިހާ އެއްޗެއް ކިޔައިދީ އެދެމީހުންގެ ދިރިއުޅުން އާބާދުވެގެން ދާނެއެވެ. ފަތިސް ނަމާދުކޮށް ނިންމާގޮތަށް އާޔަން ކައިރިއަށް ގޮސް ހުރިހާ ވާހަކައެއް ކިޔައިދޭ ގޮތަށް ނިންމަމުން ނިޝީ ދެލޯ މަރާލިއެވެ.

 

” އަހަރެން މާދަން ބައްޕައާ ވާހަކަ ދައްކާނަން… ” އާޔަންގެ މޭގައި ބޯއަޅާލައިގެން އޮތް ނައިރާ ބުންޏެވެ.

” ޖެހިލުމެއް ނުވޭތަ..” އޭނާގެ ބަނޑުމަތީގައި އޮތް ނައިރާގެ އަތުގައި ފިރުމާލަމުން އާޔަން އަހާލިއެވެ. ނައިރާ އާޔަންގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ.

” އާޔަންގެ ލޯތްބައްޓަކާ އަހަރެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނަން… ހަނދާން ނެތުނީތަ… އަހަރެން އާއިލާ މީހުން ދޫކޮށް އާޔަން ކައިރިއަށް ފިލައިގެން އައީވެސް އަހަރެންގެ ކިބައިގަ އެހިތްވަރު ހުރީމައެއްނު.. ދެން ކީއްވެ މިހާރު ފަސްޖެހެންވީ.. އަދި މިހާރު ކުރިއަށްވުރެ ބޮޑަށް އާޔަންދެކެ ލޯބިވޭ… ދެން ވިސްނާލަބަލަ އަހަރެން އާޔަންއަށްޓަކާ އެއަށްވުރެ ބޮޑު ކަމެއްވެސް ކޮށްފާނެކަމަށް… އެހެންނޫނަސް މިކަމާ ކުރިމަތި ލައިގެން ނޫނީ އަހަރުމެންނަށް އުފަލުގަ އުޅެވޭކަށް ނެތް… އަހަރުމެންގެ ކުޑަކުޑަ ކުއްޖެއްވެސް އެބަހުރި.. އާޔޫ ފަސްއަހަރުވަންދެން ބައްޕައެއްގެ ލޯބިން މަހްރޫމް ވެފައި ހުރީ.. އާޔޫއަށްވެސް މަންމައާއި ބައްޕަގެ ލޯބި ހަމަހަމައަށް ބޭނުންވޭ.. އާޔޫގެ ހައްޤުގައިވެސް އަހަރެން އެބަޖެހޭ ބައްޕަ ކައިރީގައި މިވާހަކަ ދައްކަން..” އާޔަންގެ މޫނަށް ބަލަހައްޓައިގެން އޮވެ ނައިރާ ބުންޏެވެ.

” އަހަރެންގެ ދަރިފުޅު ގައިގަ ބައްދާލަން ވަރަށް ބޭނުން.. ދަރިފުޅުގެ ދުލުން ބައްޕާއޭ ކިޔާފަ ގޮވާލާ އަޑުއަހަންވެސް އަހަރެން މިވަނީ ކެތްމަދުވެފަ… ” އާޔަންވެސް ބުނެލިއެވެ.

” ދެން އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ…” އާޔަންގެ މޫނުގައި ފިރުމާލަމުން ނައިރާ ބުންޏެވެ. އާޔަންވެސް ނައިރާގެ ނޭފަތުގައި ލޯބިގޮތަކަށް ހިފާލިއެވެ. އެވަގުތު އާޔަންގެ ކޮޓަރީގެ ތަޅުގައި މީހަކު ޓަކިޖަހާލިއަޑަށް ދެމީހުންނަށް އެކީގައި އޮތްތަނުން ތެދުވެވުނެވެ.

” އަދި ފަތިސްވެސް ނުވޭ… ކާކުބާ މިގަޑީގަ” ނައިރާއަށް ބަލާލަމުން އާޔަން ބުންޏެވެ.

“ނޭނގެ.. ވިލީ ކަންނޭނގެ… އަހަރެން ނެތްކަން އެނގުނީ ކަންނޭނގެ” ނައިރާވެސް ބުނެލިއެވެ.

” ނައި ދޭބަލަ އިހަށް ފާހަނައަށް… އަހަރެން ގޮސް ދޮރު ހުޅުވާނަން.. ހާދަވަރަކަށޭ ޓަކި އެޖަހަނީ” ތެދުވެ ގަމީހުގެ އެނދުމަތީގައި އޮތް ޓީޝާޓު ގަޔަށް މަހާލަމުން އާޔަން ބުންޏެވެ. ނައިރާވެސް އާޔަން ބުނިގޮތަށް ފާހަނައަށް ވަދެ ދޮރުލެއްޕިއެވެ.

އާޔަން ގޮސް ދޮރުހުޅުވާލުމާއި އެކު ހުއްދައަކާވެސް ނުލާ އެތެރެއަށް ދެމިގަތީ ނިޝީއެވެ. ނިޝީ ކަންތައް ކުރި ގޮތުން އާޔަންހުރީ ހައިރާންވެ އަންތަރީސްވެފައެވެ.

” ނިޝީ މިގަޑީގަ… އަދި ފަތިސްވެސް ނުވޭ… މިގަޑީގަ ނުނިދާ ކީއްތަތިކުރަނީ” ހައިރާންވި ވަރުން އާޔަންއަށް އަހާލެވުނެވެ.

” އަހަންނަށް ނައިސް ނުހުރެވުނީ… އަހަރެން ވަރަށް ބޮޑު ވާހަކައެއް އާޔަން ކައިރީގައި ބުނަން ބޭނުން…” ހާސްވެފައިހުރި ނިޝީ ބުންޏެވެ.

” އާޔަން… ނާއިޝް މަރުވީ އާޔަން އަތަކުން ނޫން… މިބުނީ އެކްސިޑެންޓްވީ އާޔަން އަތުންވިޔަސް ނާއިޝް މަރާލީ އެހެން މީހެއް…” ނިޝީގެ ވާހަކަ އަޑުއިވި އާޔަން ހުރީ ޤަބޫލުކުރަން ދަތިވެފައެވެ.

” ނިޝީ ކީކޭތަ ތިކިޔަނީ…ހުވަފެނެއް ފެނުނީތަ” އާޔަން އަހާލިއެވެ.

” ނޫނެކޭ އަހަރެން ދައްކާ ވާހަކަ ޤަބޫލުކޮށްބަލަ.. އަހަރެންގެ ދެކަންފަތަށް އިވިގެންނޭ މިހެން މިބުނީ… ނާއިޝް މަރާލީ އެމީހުންނޭ” ނިޝީ ބުންޏެވެ.

” ކޮންމީހުނެއް” ފާހާނައިގައި ހުރި ނައިރާއަށް ނިޝީދެއްކި ވާހަކަ އަޑުއިވި އެތަނުން ނިކުންނަމުން އަހާލިއެވެ. އެކޮޓަރިން ނައިރާފެނި ނިޝީއަށް ހައިރާންކަމެއް ލިބި އާޔަންއަށް ބަލާލެވުނެވެ.

” އަހަރެން ނައިރާއަށް ހުރިހާ އެއްޗެއް ކިޔައިދީފިން…” ނިޝީ ހުރީ ސުވާލުމާކެއްގައި ކަން އެނގި އާޔަން ބުންޏެވެ.

” ބުނެބަލަ ނިޝީ.. ކާކު ބުނި އަޑުތަ އިވުނީ” އެމީހުން ކައިރިއަށް އަންނަމުން އަނެއްކާވެސް ނައިރާ އަހާލިއެވެ. ނައިރާގެ ކުރިމަތީގައި ޖަވާބުދޭކަށް ނިޝީއަކަށް ނުކެރުނެވެ. އަނެއްކާވެސް އާޔަންއަށް ބަލާލެވުނީ ފަސްޖެހުނު ވަރުންނެވެ.

” އިޓްސް އޯކޭ… ބުނެބަލަ…. ކާކު ބުނި އަޑުތަ އިވުނީ…” އާޔަންވެސް އަހާލިއެވެ.

“އަ..އަޒީދުބެއާ…ނަ..ނަ..ނައި..ނައިލީ” ވަރަށް ހިތްވަރުން ނިޝީ ބުންޏެވެ. އިވުނު ނަމުން ނައިރާގެ ކަންފަތް ކައިރީގައި ބޮމެއް ގޮވި ކަހަލައެވެ. އާޔަންއަށްވެސް ލިބުނީ ޝޮކެކެވެ.

” ނިޝީ ތިކިޔޭ އެއްޗެއް އެބަ އިނގޭތަ.. އަހަރެންގެ ދޮންތަ ކީއްވެތަ ދޮންބެ މަރާލަންވީ.. އެއީ ދޮންބެއެއްނު… ” އިސާހިތަކު ނައިރާއަށް ރޮވިއްޖެއެވެ.

” ނިޝީއަށް ހަމަޔަގީންތަ” ނިޝީ ދެއްކި ވާހަކަ ޤަބޫލުނުކުރެވި އާޔަންއަށްވެސް އަހާލެވުނެވެ.

” އަހަރެން ކީއްކުރަން ދޮގު ހަދަންވީ…ދެންމެ ލިލީ ހުން އައިސްފައި އޮވެގެން އެކޮޓަރިއަށް ބޭސް ބަލާދިޔައިރު އެމީހުން އުޅުނީ އެކަމާ ދެބަސްވެ… މިފަހަރު ވެސް ކޮންމެސް ލާރިގަނޑެއް ނަގަންވެގެން އަޒީދު އެއްބަސް ނުވެގެން” ނިޝީ ކިޔައިދިނެވެ. ނައިރާއާއި އާޔަންއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ.

” އެހެންނޫނަސް ތަންކޮޅެއް ކުރިންވެސް އަހަންނަށް އެދެމީހުން ދެއްކި ވާހަކަތަކެއް އަޑުއިވިފައި ވަނީ… ” ކުރީގެ ކަމެއް ހަނދާންކޮށްލަމުން ނިޝީ ބުންޏެވެ. ނައިރާ ނިޝީއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

” ނައިރާ އައުމުގެ އެއްދުވަސްކުރިން އަހަންނަށް އެދެމީހުންގެ ދެއްކި ވާހަކަ އަޑުއިވުނީ.. އެދުވަހު ނައިލީ އުޅުނީ ބިރުން ނައިރާ އަންނާތީވެ… އޭނައަށް ލިބޭ މުދަލުން ބައެއް އުނިވެދާނެތީވެ އެވާހަކަ ދެއްކީ… ބުނީ ނައިރާ އައިއްސިއްޔާ ނާޝިދުބެ ހުރިހާ މުދަލެއް ދޭނީ ނައިރާއަށޯ…” ނިޝީ ކިޔައިދިނެވެ.

” އެތެދެއް.. އެދުވަހު ނިޝީއަށް އެވާހަކަ އަޑިއިވިގެން އައިއްސަ އަހަރެން ކައިރީގައި އެވާހަކަ ދެއްކި… އެދުވަހު ނޭނގޭވިއްޔަ ނައިލީގެ ކޮއްކޮއަކީ ތީކަމެއް… ކަންތައްތައް ދިމާވިގޮތުން އަހަރެންވެސް ހުރީ ހަނދާންނެތިފަ…” ނިޝީގެ ވާހަކަޔަށް އެއްބަސްވަމުން އާޔަން ބުންޏެވެ.

” ތީ ތެދަކަށް ވަންޏާ ނައިލީއަށް އޭނަ އެކުރި ކުށުގެ ޝަޒާ ލިބެން ޖެހޭނެ…” ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ނައިރާ ބުންޏެވެ.

” އެކަމަކު އަހަރެމެން ކިހިނެއް އެކަން ސާބިތުކުރާނީ…” އާޔަން އަހާލިއެވެ.

” ތިކަން އަހަރެންގެ އަތްމައްޗަށް ދޫކޮށްލާ… ﷲ އިރާދަކުރެއްވިއްޔާ ދެން ވަރަށް އަވަހަށް ހުރިހާ ކަމެއްވެސް ރަނގަޅުވާނެ… ނިޝީވެސް ދެން ދޭ… ލިލީ ހޭލަފާނެ” ނައިރާ ބުނެލިއެވެ. ނިޝީވެސް ބޯޖަހާލުމަށްފަހު އެކޮޓަރިން ނިކުތެވެ.

” އާޔަން… މާދަން ކަންތައްވާނީ ކިހިނެއްކަމެއް އަހަންނަކަށްވެސް ނޭނގެ… ކޮންމެ ގޮތަކަށް ކަންތައްވިޔަށް އަހަރެން އާޔަން ދޫކޮށެއް ނުލާނަން… އާޔަންވީ ހާލެއްގަ ވާން އަހަރެންވެސް އަހރުމެންގެ ދަރިފުޅުވެސް ހުންނާނީ ތައްޔާރަށް… ދެން އިހަށް މިގަޑީގަ މިދަނީ… ވިލީއަށް ހޭލެވިއްޖިއްޔާ އަހަރެން ހޯދަން އަންނާނެ…” އެހެން ބުނެ އާޠންގެކޮލުގައި ފިރުމާލުމަށްފަހު އެތަނުންދާން ނައިރާ ހިނގައިގަތެވެ. ނަމަވެސް އޭގެ ކުރިން އާޔަން ނައިރާގެ އަތުގައި ހިފާފައި އޭނާއާއި ގާތަށް ދަމާލިއެވެ. އެއަށްފަހު ނައިރާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން ނިތްކުރީގައި ބޮސްދިނެވެ.

” އައި ލަވް ޔޫ” އާޔަން ވައި އަޑުން ބުނެލިއެވެ.

” ލަވް ޔޫ މޯރ” އާޔަންގެ ދެއަތްތިރިކޮށްލާ އެދެއަތުގައި ބޮސްދެމުން ނައިރާވެސް ބުންޏެވެ. އެއަށްފަހު އެކޮޓާރިން ނިކުމެގެން ދިޔައެވެ. އާޔަންވެސް ހިތްހަމަޖެހުމުގެ ނޭވައެއް ލުމަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ.

 

އިހުވާން އަށް މިއަދު ތަންކޮޅެއް ކުރިން ހޭލެވުނު ދުވަހެކެވެ. ސައިބޯން ނިކުތް އިރު ނާއިފާއާއި އަޝްވާއާއި އެކު އަނިލްވެސް ސައިބޯން އިނެވެ.

” ބައްޕަ މިއަދު އޮފީހަށް ނުދަންތަ…” އަޝްވާ ކައިރީގައި ހުރި ގޮނޑިދަމާލައި އެގޮނޑީގައި އިށިންނަމުން އިހުވާން އަހާލިއެވެ.

” އާން… މިއަދު ޗުއްޓީއެއް ނަގަން ހިތަށް އެރީ.. އެބައޮތޭ ދަރިފުޅު ކައިރީގައި ވާހަކައެއްވެސް ދައްކާލަން” ރޮށިކޮޅު އަނނގަޔަށް ލަމުން އަނިލް ބުންޏެވެ. ނާއިފާ އިހުވާންގެ ތައްޓަށް ދެތިން ރޮއްޓާއި މަސްހުނިކޮޅެއް ލައިދިނެވެ.

” ދަރިފުޅު މީހަކާ އިންނާކަށް ނުވިސްނަންތަ… ދަރިފުޅަށްވެސް މިހާރު ތިރިސް އަހަރުވަނީއެ…” އަނިލް އަހާލިއެވެ.

” އަޅުގަނޑު މިހުންނަނީ  ބައްޕަމެން ކައިރީގައި މިވާހަކަ ދައްކަންކަމަށް… އަޅުގަނޑު މީހަކާއިންނަން ޤަސްދުކޮށްފިން… ” ނުކެރިފައި އިނދެފައިވެސް އިހުވާން ބުނެލިއެވެ. އަނިލްއާއި ނާއިފާ އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލިއިރު އަޝްވާ ޖެއްސުން ކުރާކަހަލަ ގޮތަކަށް ކަރުކެހިލިއެވެ.

” މަންއަށް އޭރުވެސް އެނގޭ ދަރިފުޅު ހުރީ ނައިރާގެ އިންތިޒާރުގައި ކަން… ދަރިފުޅު ނައިރާއައި އިންނަން ޤަސްދުކުރީތީ މަންމަމެން ވރަށް އުފާކޮށްފިން…” ނާއިފާ ހެވިފައި ބުނެލިއެވެ. އިހުވާންގެ މޫނުމަތި ވަގުތުން މިލައިގެން ދިޔައެވެ.

” އޭރުވެސް އަހަރެން ބުނީމެއްނު އަހަރެންގެ ދަރިފުޅޫގެ އިހުސާސްތައް އަހަންނަށްވުރެ ބޮޑަށް އެނގޭނެ މީހަކު ނުހުންނާނޭ… ” އަނިލްވެސް އުފާވެލާފައި ބުންޏެވެ. އިހުވާންއަށް ކިޔާނެ ބަހެއް ނޭނގުނެވެ. ނާއިފާއާއި އަނިލްގެ އުފާވެރިކަން ފެނި އިހުވާންއަށް ނިޝީގެ ވާހަކަދައްކާކަށް ނުކެރުނެވެ.  އެވަގުތު ނާއިފާއަށް އިހުވާންގެ މޫނުފެނި ކޮންމެވެސް ނުބަޔެއް އުޅޭކަމަށް އިހުސާސް ކުރެވުނެވެ.

” އަނެއްކާ މަންމަމެންނަށް މިހީކުރެވެނީ ގޯސްކޮށްތަ” އިހުވާންއަށް ފިންނަޒަރަކުން ބަލާލަމުން ނާއިފާ އަހާލިއެވެ. އަނިލްވެސް އިހުވާންއަށް ބަލާލިއެވެ. އިހުވާންގެ މޫނުމަތީގައި ކުރިން ހުރި އުފާވެރިކަން މިހާރު ފެންނަން ނެތްކަން އަނިލްއަށްވެސް ފާހަގަ ކުރެވިގެން ދިޔައެވެ.

” މަންމާ.. ބައްޕާ…” އިހުވާން ވަކިވަކިން ދެމީހުންނަށް ބަލާލަމުން ގޮވާލިއެވެ.

” އަނެއްކާ ދަރިފުޅަށް ކަމުދަނީ އެހެންކުއްޖެއްތަ..” ދަރިފުޅުގެ އިހުސާސްތައް ދެނެގަނެވި ނާއިފާ އަހާލިއެވެ. އިހުވާން އިތުރު ބަހެއް ނުބުނެ މަޑުމަޑުން ބޯޖަހާލިއެވެ. ނާއިފާ އަނިލްއަށް ބަލާލީ އަނިލް ހިތްހަމަނުޖެހިދާނެ ކަމަށް ހީކޮށެވެ. އަޝްވާވެސް އިނީ އަނިލް ރުޅި ގަދަވެދާނެތީ އެކަމާ ހިތްނުތަނަވަސްވެފައެވެ. ނަމަވެސް އެމީހުން ހީކުރީގޮތާ ހިލާފަށް އަނިލްގެ ތުންފަތްމަތިން ފެނިގެން ދިޔައީ ހިނިތުންވުމެކެވެ. އަޝްވާ ކުޑަކޮށް އިހުވާންގައިގާ ކޮއްޓާލަމުން އަނިލްދައްކާލިއެވެ. އަނިލް ހިނިތުންވެފައި އިންތަން ފެނުމުން އިހުވާންއަށް ލިބުނީ ހައިރާން ކަމެކެވެ.

” ބައްޕަ ހީކުރީ ދަރިފުޅު ލޯބިވަނީ ނައިރާ ދެކެކަމަށް… ވަކި މީހަކާ އިންނަން ބައްޕަމެންނަށް ދަރިފުޅަކަށް މަޖޫބޫރެއް ނުކުރާނަން.. އޭރުވެސް އެކަން ކުރަން އުޅުނީ ދަރިފުޅުވެސް އެއްބަސްވެގެން… ދަރިފުޅު އިންނަން ބޭނުންވާ ކޮންމެ ކުއްޖަކާ ބައްޕަމެން ޤަބޫލު…” އަނިލްގެ ބަސްތަކުން އިހުވާންއަށް ހިނތުންވެވުނެވެ.

” ދެން އަހަރުމެން ޝާކިރާމެންނަށް ކޮންޖަވާބެއް ދޭނީ..” ނާއިފާ ބުންޏެވެ.

” އެމީހުންނާ ވާހަކަ ދައްކަން ޖެހޭނީ… އެގެއަށް ގޮސް ހަމަޖެހިގެން ތިބެ ވާހަކަ ދައްކާނީ” އަނިލް ބުންޏެވެ.

” ބައްޕަމެންނާއި އެކު އަޅުގަނޑުވެސް ދާނަން…” އިހުވާންވެސް ބުނެލިއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

އިމްތިޙާން 4

Next

ކައިރީގައި އެހެނަސް.. ދުރުގައި… 14

Next
April 23, 2020

ކައިރީގައި އެހެނަސް.. ދުރުގައި… 14

Previews
April 21, 2020

އިމްތިޙާން 4

27 Comments!

  1. Fly says:
    April 22, 2020 at 3:03 pm

    Varah reethi igey axoo.whn next prt.

    1. Axoo says:
      April 22, 2020 at 3:14 pm

      Thank you Fly.. Axoo aslu busy veema reply nudheveny.. sorry for that engey ??

  2. Fly says:
    April 22, 2020 at 4:18 pm

    Axoo lasnukoh vaahaka up kohlachey.kiyaa hithun.varah reethi.and if you dont mind can you tell your age.

    1. Axoo says:
      April 22, 2020 at 4:19 pm

      Ofcox I’m 26+

  3. Hana says:
    April 22, 2020 at 4:53 pm

    V reethi story maashaa Allah dhen kihihen baa vaanee aayan ai niara gulheynebaa.

    1. Axoo says:
      April 22, 2020 at 5:36 pm

      Neynge dhw ? thanks Hama ❤️

  4. Fau says:
    April 22, 2020 at 4:54 pm

    Vr reethi mi vaahaka ? when next part?

    1. Axoo says:
      April 22, 2020 at 5:36 pm

      Thank you Fau ❤️

  5. Dhonthy says:
    April 22, 2020 at 4:55 pm

    Vvvvv salhi. I just love it. Waiting for the next part ??❤️❤️

    1. Axoo says:
      April 22, 2020 at 5:35 pm

      Thanks dhonthy ❤️

  6. Yan♥️ says:
    April 22, 2020 at 5:12 pm

    Varah reethi Masha Allah can I ask you a question?kon atoll eh ?

    1. Axoo says:
      April 22, 2020 at 5:37 pm

      Thanks yan ❤️ Axoo thaa atoll

  7. shaiiii says:
    April 22, 2020 at 6:14 pm

    vhk vrh salhi….um curiously waitingg for nxt part
    lysm Axoo

    1. Axoo says:
      April 22, 2020 at 7:25 pm

      Thanks shaiii ❤️ lym ?

  8. Kairaa says:
    April 22, 2020 at 6:54 pm

    Varah varah reethi….masha allah…..curiously waiting for the nxt part….nxt part ga vaane goii balan keii madhu vefa mi hury….and whn nxt……waiting….nxt part avahah up kohlla dhehchey axoo….

    1. Axoo says:
      April 22, 2020 at 7:27 pm

      Patience.. heheh.. thanks kairaa ❤️ next part Soon In Sha Allah

  9. eysha says:
    April 22, 2020 at 8:54 pm

    Axoo vrh vrh reethi. Mibunee story ingey.ehaa avahah nuninmahchey

    1. Axoo says:
      April 22, 2020 at 9:13 pm

      Heheh.. dhen Axoo aky nuves fenna myhehnu.. ehenvyma reecheyves nubuneveynehnu dhw.. heheh.. v hithaamayaa eku bunan jeheyny story nimen ulhey Vaahaka.. thank you ❤️?

    2. eysha says:
      April 23, 2020 at 10:34 am

      Ok.ekm mivaahaka nimunas ehn vahaka eh genes deyn vaane dear…..axoo ah kamyabi ah edhen…. RAMAZAN KAREEEM

  10. Bro says:
    April 22, 2020 at 9:52 pm

    Axoo alhugadu dhekunin axoo.axoo vaarah reethi.dhogun maana nukurachey

    1. Axoo says:
      April 22, 2020 at 9:55 pm

      Ehentha ☺️
      Konthaakun fenuny

  11. Bro says:
    April 23, 2020 at 11:18 am

    Axoo i love you

    1. Axoo says:
      April 23, 2020 at 2:32 pm

      Okay ☺️

  12. afnaarj says:
    April 23, 2020 at 11:51 am

    Vaahaka vrh reeeethi.maasha allah .never commented but I’ve been reading it since the first ep ❤best of luck axoo!

    1. Axoo says:
      April 23, 2020 at 2:32 pm

      Thank you ❤️

  13. afnaarj says:
    April 23, 2020 at 11:51 am

    Vaahaka vrh reeeethi.maasha allah .never commented but been reading it since the first ep ❤best of luck axoo!

  14. as says:
    April 25, 2020 at 12:05 am

    nice

Comments are closed.


All Right Reserved!