ވަރުބަލި ކަމާއެކު ކޮޓަރިއަށް އައިސް ވަތް ނާޔާ ހުއްޓުންއެރީ ކުރިމަތީ ހުރި ކިންގް ސައިޒް ބޮޑު އެނދުގައި ތިބި އެންމެ ގާތް ތިން އެކުވެރިން ފެނިފައެވެ. އެ ކުދިންގެ މޫނު މަތީގެ އަސަރު ތަކުން ނާޔާ ގެއަށް ނައިސްގެން ކަންބޮޑުވެފައި ތިބިވަރު ހާމަވެއެވެ. ނަމަވެސް ނާޔާ ހަމަ ފެނުމާއެކު ތިން ކުދިން އެއްފަހަރާ މޫނު ކުނި ކޮށްލިޔެވެ. ހީވަނީ ޖޫން ޖުލައިގެ ވިއްސާރަ އަށް އުޑުމަތި ބަނަ ކޮށްލިހެންނެވެ. ނުވާކަމަށް ހަދަމުން ނާޔާ ހިނގައިގަތީ ފާހާނަ އާ […]
“ދެން މިހާރު އަހަރުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެއްނު. ޝާފިއު ސާރ ދަތުރު ހަމަޖައްސަންދެން މިގޭންގުގެ ދެންތިބި މީހުނަށް އެނގޭ އެއްޗެއް ހޯދަންވީ. މިއޮތީ އަހަރުން ފަށަންވީ ދިމާ. ބަލާބަ. މިމީހާގެ ސޯޝަލްމީޑިއާ ހާވާލީމަ ފެނުން އެއްޗެއް.” މިހުރާން އުޝާއަށް ދައްކާލީ އެމީހުނާއި އުމުރުން އެއްވަރުގެ ފިރިހެނެއްގެ އިންސްޓަގްރާމް އެކައުންޓުގައި އިން އޭނާގެ އާއިލާގެ ފޮޓޯއެކެވެ. އެފޮޓޯގައި ހުރި އަންހެން ކުއްޖެއް އުޝާއަށް ދަންނަ ވައްތަރެއް ޖެހިއެވެ. ވަރަށް ފަރުވާތެރިކާމާއެކު އޭނާއަށް ބަލާލުމުން އުޝާއަށް އެއީ ކާކުކަން […]
އއއއެއއމީހުން ގަބޫލު ކުރާނެ ގޮތަކަ އް ގަބޫލު ކުރަންވީ އެވެ. އަހަރެންގެ މަ އްސަލަ އެއ އް ނެތެވެ. މުުޖުރިމެ އްގެ ގޮތުގަ އި އަހަރެން ވެގެން ދިޔައ އީ މީގެ ތިން އަހަރު ކުރީން ނެވެ. އިއއ އްޔެ ހިނގަ އިދިޔަ ކަމެ އްހެން އަހަރެން އެ ހަނދާންތަ އް އެބަ ހު އްޓެވެ. ނުފިލާ ލަކުނުތަކެ އް ފަދަ އިންނެވެ. އެއ އް އިރެ އްގަ އި ވެސް އަހަންނަކީ މާ ނަސީބު ގަދަ […]
މަޑު ނޫ ކުލައަކުން ދިއްލެމުން ދިޔަ އަނގޮޓީގެ އެސް ކުއްލިއަކަށް ރަތްކުލައަށް ބަދަލު ވެއްޖެއެވެ. ދެލޯބޮޑު ކޮށްލަމުން ޒޯރާއަށް ފަހަތަށް އެނބުރެވުނު ގޮތްވެސް ނޭނގުނެވެ. ___________ ރުޅިއައިސް ރަތްވެފައި ހުރި ބަރްޒަލް ފެނި އޭނާއަށް އިސްޖަހާލެވުނެވެ. “އަހަރެން ޒޯރާ މިތަނަށް ފޮނުވީ ކީއްކުރަން…..” ބަރްޒަލް ކަރުބުޑުން ހަޅޭއްލަވައިގަތެވެ. ޒޯރާއަށް ބަލައިލެވުނީ ނިޝާއަށެވެ. އެއިރު ނިޝާ އިނީ މުސައްލަ މަތީގައެވެ. ދުޢާ އަށް ދެއަތް އުފުލާލައިގެން އިންއިރު އޭނާގެ ދެލޮން ކަރުނަ އޮހެރެމުން ދިޔައެވެ. ޒޯރާއަށް ހިން ދިރުވާލެނެވެ. […]
ހަވީރުގެ ސައި އެންމެން އެކީގައި ބޮމުން ދިޔައިރު ‘ޕެރެޑައިސް’ ގެ ހަމަހިމޭން މާހައުލު ވަނީ ހަލަބޮލި ކޮށްލާފައިއެވެ. ޒާހިދާއާއި ނަތާޝާގެ އަޑު އެއް އަޑަކަށް އެތަނުގައި ހަރުލާފައި ހުރިއިރު އާކިފްއާ ޝާހިދުވެސް ދިޔައީ އެތައް ވާހަކައެއް ދައްކަމުންނެވެ. އެހަތަރު މީހުންނަށް ވެސް ނޭނގުނީ އެމީހުންގެ ދަރިންގެ ސިކުނޑީގައި އެވަގުތު އެބުރެމުން ދިޔަ ކަންތައް ގަނޑެވެ. ޔުނާންގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އައިލީޝްގެ މޫނުން ވަކިނުކޮށްލައެވެ. ދީވާނާވެފައިވާ ޕަރުވާނާއެއްހެން އައިލީޝްގެ މޫނަށް ބަލަމުން ދިޔައީ ހިތާހިތުން ތައުރީފުވެސް ކުރަމުންނެވެ. […]
އިރުއޮއްސެމުން އައިރު ކަޅު ވިލާތަކުން އުޑުމަތި ބައްދާލާ ވިއްސާރައިގެ ކުލަވަރު ވަނީ ދައްކާލައިފައެވެ. އިރުގެ ގަދަ އަލިން ދުނިޔެ މަޙްރޫމްވެ އަންދިރި ކަމުގެ ސާލެއް އޮޅާލިއިރު މަގުތައްމަތިން ފެނުނީ އާދަޔާޙިލާފު ހަލަބޮލިކަމެކެވެ. ހިނދެއް ހިނދަކަށް ވައިގަދަ ވަމުން ދިޔައިރު ގަސްތައް ވަޔާހޫރެމުން ދިޔައީ މާހައުލު އިތުރަށް ހަލަބޮލި ކުރުވަމުންނެވެ. އިސާހިތަކު ވާރޭގެ ހިތްގައިމު ޝަބްނަމް ތިކިތަކުން ބިންގަނޑު ތެންމާލީ މާހަލުގެ ފިނިކަން އިތުރު ކުރުވަމުންނެވެ. ކުއްލިއަކަށް ވިދާލި ވިދުވަރާއެކު ފިހާރައެއްގެ އަސްކަނި ދަށުގައި ހުރި ނާޔާގެ މޭގަނޑު […]
“ނިއަލޫލޫ ތިހީކުރާ ކަހަލަ ކަމެއް ނުނޭ އެއީ.. އެކަމުވެސް ސިނގެރޭޓު ބޮއެގެނެއް ނުވާނު..” އަހަރެން ރޫމް666 ގެ ވާހަކަ ނިއަލް އަށް އެއްކޮއް ކިޔާދިނީމެވެ..ނިއަލް އަދިވެސް ހުރީމޫޑު ގޯސްވެފައެވެ.. “ލުކް ނިއަލް އައިއެމް އޮންލީ ޔުއާސް..”…”ލާރާ ގައިގަ އެހެން މީހެއް ބީހިލަންވެސް އަހަރެން ނޭދެން…”…”ދެން އެކަހަލަ ކަމެއް ނުވާނެ ސޮރީ”…. އަހަރެން ގޮސް ނިއަލް ގައިގައި ބައްދާލީމެވެ… ނިއަލް އަހަރެންގެ ތުންފަތައް ބޮސް ދޭން ފެށިއެވެ… ޖެހެމުންދިޔަ ފިނިވައިރޯޅިތަކުން ހީބިހި ނަގާވަރުވެއެވެ.. “އަހަރެން ހީއެއްނުކުރަން ތިއީ އެހާ […]
ނުހާ މައްޗަށް ބޯހިއްލާލިއެވެ. އަދި ކުރިމަތީގައި އަރީކާ ހުރިތަން ފެނުނެވެ. އަރީކާ އާއި މެލޭޝިއާއިން ދިމާވި ހަނދާން ނުހާވިއެވެ. ނަމަވެސް މިގެޔަށް މިއޮއްދަންވަރު އަރީކާ އެއައީ ކީއްވެބާއޭ ނުހާ ހިތާހިތާ ސުވާލު ކޮށްލިއެވެ. ނުހާ އޭނާ އުޅޭ ގެޔެއް އަރީކާ ކައިރީ ބުނެފަކާ ނޯންނާނެއެވެ. ” މީ އަރީކާ އަހަރެން އިންނަން އުޅޭ ކުއްޖާ… ނުހާވެސް ނުހާ އުޅެން ބޭނުންވާ ގޮތަކަށް އުޅޭ. ނުހާ ބޭނުމިއްޔާ އަހަރެން ނުހާ ވަރިކޮށް ދޭނަން..” ޝާން ނޭވާއެއްވެސް ނުލާ ނުހާ […]
އުލްޔާ ފަތިހު ފާތިހާ ހޭލީ ރައްޓެހިންނާ އެކު ދަތުރު ދާން ހަމަޖެހިފައި ވާތީއެވެ. އެހެންމީހުން ނާމާން ކަމަށް ބުނާ މިނިމެންސާ ކިޔާ ރަށަަކަށެވެ. އުލްޔާ އަދި އޭނާގެ ރައްޓެހިންނަށް މިރަށަކީ ނާމާން ރަށެއް ކަމަށް އެގިފައެއް ނުވެއެވެ. ދަތުރު ދިޔުމަށް ތައްޔާރީތް ކުރުމުގައި އުޅުނު އުލްޔާ އޭނާގެ އެއްބަނޑު އެއްބަފާ އުމުރުން 5 އަހަރުގެ އުލްފާ ގޮވައިގެން ގޮސް ޕިކަޕަށް އަރިއެވެ. ދަތުރުދާން ހަމަޖެހިފައި ވަނީ އުލްޔާ އާއި އުލްފާ ގެ އިތުރުން އެ ދެކުދިންގެ ބޭބެ […]