Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

އެހެނަސް 12

samra Level 210 Stories100 Login100 Comments
April 29, 2020 4 Mins Read
14 Comments

މަޑު ނޫ ކުލައަކުން ދިއްލެމުން ދިޔަ އަނގޮޓީގެ އެސް ކުއްލިއަކަށް ރަތްކުލައަށް ބަދަލު ވެއްޖެއެވެ. ދެލޯބޮޑު ކޮށްލަމުން ޒޯރާއަށް ފަހަތަށް އެނބުރެވުނު ގޮތްވެސް ނޭނގުނެވެ.

___________

ރުޅިއައިސް ރަތްވެފައި ހުރި ބަރްޒަލް ފެނި އޭނާއަށް އިސްޖަހާލެވުނެވެ.

“އަހަރެން ޒޯރާ މިތަނަށް ފޮނުވީ ކީއްކުރަން…..” ބަރްޒަލް ކަރުބުޑުން ހަޅޭއްލަވައިގަތެވެ. ޒޯރާއަށް ބަލައިލެވުނީ ނިޝާއަށެވެ. އެއިރު ނިޝާ އިނީ މުސައްލަ މަތީގައެވެ. ދުޢާ އަށް ދެއަތް އުފުލާލައިގެން އިންއިރު އޭނާގެ ދެލޮން ކަރުނަ އޮހެރެމުން ދިޔައެވެ. ޒޯރާއަށް ހިން ދިރުވާލެނެވެ.

“ބައްޕާ.. ހެޔޮނުވާނެ.. އަހަރެން މިނޫނީ ދުވަހަކުވެސް ބައްޕަ ގާތު ކަމަކަށް ނޭދޭނަން..  އަހަރެން…” ބަރްޒަލް ލޮލުން ކޮއްލި އެންމެ އިޝާރާތަކާއެކު ނިޝާ ބިމުން މައްޗަށް އުފުލުނެވެ. ނިޝާ ވޭނީ ގޮތަކަށް ހަޅޭއްލަވައި ގަތެވެ. ޒޯރާ ދެލޯ މަރާލަމުން ހަށިގަނޑަށް ބާރެއްލިއެވެ.

ޒޯރާ އޭނާގެ މޭގައި އަތް ޖައްސާލަމުން ބަރްޒަލްއާ ދިމާއަށް ފިޔަވަޅެއް އެޅިއެވެ. އޭނާ ދެއަތް ވައިގެ ތެރޭ ވަށް ބުރެއްހެން އަނބުރަމުން ބަރްޒަލްއާ ދިމާއަށް ފިޔަވަޅު ނަގަމުން ދިޔައެވެ. އޭނާގެ އަތް ހަރަކާތް ކުރަމުން ދިޔަ ވަރަކަށް އެ އަތުތެރޭ އަލި ގުޅައެއް އުފެދެމުން ދިޔައެވެ. އޭނާ ދެއަތް ފުޅާކޮށްލަމުން ގަޔާ ކައިރިއަށް އަތް ދަމާލުމަށް ފަހު ބަރްޒަލް އާ ދިމާއަށް ދެ އަތް ހޫރާލި އިރު އޭނާއަށް މޫނު އެއްފަރާތަކަށް އަނބުރާލެވުނެވެ. ނުހަނު ފަސޭހައިން އެ ހަމަލާއިން ރެކެމުން ބަރްޒަލް ނިޝާގެ ކަރުގައި ހިފާ ބާރު ކޮށްލިއެވެ. ނިޝާގެ ދެލޯ ބޮޑުވެ ދެއަތް ދެފަރައިތަށް އެލުނު އިރު އޭނާ ހިމޭން ވެއްޖެއެވެ.

ޒޯރާ ގަދަފައި ވިއްދާފައި ބަރްޒަލްއާ ކުރިމަތި ލީއިރު، ބަރްޒަލްއަކީ އަމިއްލަ ލޭހިނގާ ދަރިއަކަށްވެސް ދޫނުކުރާނެ މީހެއްކަން ހިނދުފުކަކަށްވެސް އޭނާ ހަނދާން ނެތުމީ އޭނާގެ ނަސީބައްވެސް ވެދާނެއެވެ. ނިޝާގެ ހަށިގަނޑު ބަރްޒަލްގެ ވަކިތަކުން ޒަހަމު ވަމުން ދިޔައިރު ނިޝާ ސަލާމަތައް އެދި ރޮއެ އާދޭސް ކުރި އަޑު އަހަން ހުރުން ފިޔަވާ އިތުރު ކަމެއް ޒޯރާއަކަށް ނުކުރެވުނެވެ.

ނިޝާގެ ހަރަކާތްތަށް ވަނީ ހުއްޓިފައެވެ. ބަރްޒަލް ނިޝާގެ ކަރުގައި ހިފާ އަނބުރާލަމުން ޒޯރާގެ ފައިބުޑަށް ހޫރާލިއެވެ. ގުޅައަކަށް އައިސް ފައިބުޑަށް ޖެހުނު ނިޝާއަށް ބަލަން ހުރި އިރު ޒޯރާގެ ދެލޮލުގައި ގިނަވެފައި ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށްފިއެވެ. މަލަމާތުގެ ގޮތަކަށް ހިނި އައިސްފާ ހުރި ބަރްޒަލް ޒޯރާ ވަށާ އެނބުރެމުން ދިޔައިރު ކުރެވުނު ކަންތަކަށް ފަހުރުވެރިވެ އެކަން އިއުލާނުކުރާ ފަދައެވެ. ޒޯރާ ބަރްޒަލްއާ ހަތަރު ކަޅި ހަމަ ކޮށްލިއިރު ނަފުރަތުގެ އަސަރެއް ފެނިލިއެވެ.

ޒޯރާއަށް ނިތް އަރުވާލާފާ ބަރްޒަލް ގޮސް ލޮލުކޮޅަށް އޮބާލަންދެން ޒޯރާ ހުރި ގޮތައް ހުއްޓެވެ. އޭނާ ތިރިވެ އަނގަވަތަށް އޮތް ނިޝާގެ ކޮނޑުގަ ހިފާ އޭނާއާ ދިމާއަށް އަނބުރާލި އިރު ދެލޯ ބޮޑުކޮށް ލެވުނެވެ. ވާއަތު ލޮލާ ދިމާލުން ތިރިއަށް ފުންކޮށް ކޮނެލާފައި ވީއިރު އޭނާގެ އެ ލޯވެސް ނެތެވެ. ކަރުވެސް އެއްފަރައިތުން އޮތީ އިރާލަފައެވެ. މެއާ ދިމާލުން ވަކިތައް ހެރިފައި ހުރިތަނުން ލޭއަންނަމުން ދިޔައެވެ. ނިޝާ އެހާލުގަ ބާއްވާފަ ދާކަށް ޒޯރާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އިންސާނަކަށް ނިޝާއަށް ދީފާ އެހުރި އަނިޔާތައް ފެނުނަސް ހޭހުސްވާނެއެވެ.

އިންސާނުންގެ ލޯތަކަށް އެ ޒަހަމުތަށް ވަންހަނާވެ ނިޝާ އަމިއްލައަށް ދަންޖެހި މަރުވެފައި ހުންނަ ފަދައަކުން މަންޒަރު ބަދަލު ކޮށްލެވުނު އިރު ޒޯރާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ޒޯރާ އޭނާގެ ދުނިއެއަށް ދާން މިސްރާބު ޖެހި ވަގުތަކީ އޭލެވެލް ނަތީޖާ ހިފައިން އައިސް ނިކްހާ އަށް އެކޮޓަރި ދޮރު ހުޅުވާލެވުނު ވަގުތެވެ.

*** ** ***

“އެ މަންޒަރު… އެމަންޒަރު ދެވަނަ ފަހަރަށް ތަކުރާރުވާން އަހަރެން ބޭނުން ވާނެތަ.. އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރޭ.. އަމިއްލަ ނަފުސު ކުއްވެރި ކުރެވޭ…”މީގެ ފަސް އަހަރު ކުރީގެ އެ ހާދިސާގެ ވާހަކަ އިތުރު ފަރައިތަކަށް ހިއްސާކޮށް ލެވުމުން އޭނާގެ ހިތަށް ލުއި ވެލިއެވެ.

އިވިގެން ދިޔަ ވާހަކަތަކުން ރޫބީ އިނީ ބަސް ހުއްޓިފައެވެ. އެކުވެރިޔާ އާމެދު ހަމްދަރުދީ  ވެވުނެވެ.

*** ** ***

“މޫނިސާ… ކޯޗެއްތަ ބޭނުން ވެގެން ތި އުޅެނީ.. މަ ބިރެއް ނުގަނޭ ތި ދޭ އިންޒާރު ތަކަކަށް.. ނުހައްގުން ކުއްޖަކަށް އެވަރުގެ ބޮޑު އަނިޔާއެއް ދޭން ވާނެތަ.. މަ ނޫނީ އޭނަގެ އެކަކުވެސް މިއޮއް ބޮޑު ދުނިޔޭގައި ނުހުންނާނެ.. މޫނިސާގެ އަމުރަށް ކިޔަމަންވާން ތީ އަދި ކާކު artículo.. މީހަކު ޖަހާހާ ބެރަކަށް އަހަންނެއް ނުނަށާނަން…” ފަރީޝާ ހުރީ ހަދާނެ ގޮތް ބޮޑުވެފައެވެ. މޫނިސާގެ ބައިވަރު މީހުން ތިބޭނެކަން އޭނާއާށް ވެސް އެނގެއެވެ. އެކަމަކު ވެސް ދޭ އިންޒާރަކަށް ބިރުން ބުނާގޮތް ހަދާވަރަށް އޭނާވެސް ފިނޑިއެއް ނުވާނެއެވެ.

“އެހެން.. އެހާވެސް ގަދަ މީހެއްތަ ތީ.. މަ ދައްކާލާނަމޭ ކާކުތޯ ނަށަން ޖެހޭނީ.. ކުރިއަށް އޮތް ދެ ދުވަސް ތެރޭ ނިކްހާ ތިގެއިން ނެރެ ނުލެވިއްޖެއްޔާ… ދެން ވާނެ ގޮތް އެނގޭދޯ.. އަވަހަށް ދޭ..” ކިޔާނެ އެއްޗެއް ކިޔާފައި މޫނިސާގޮސް މަގު ކޮޅަށް އޮބާލަންދެން އޭނާ ބަލަން ހުއްޓެވެ.

*** ** ***

ފަރީޝާ އިނީ ކޮޓަރީގައެވެ. ފުން ވިސްނުމަކަށް ގެއްލިފައެވެ. ކޮޓަރި ދޮރު ހުޅުވާލާފައި ނިކްހާ ވަން އިރުވެސް އޭނާއަށް ނޭނގުނީ އެހެންވެއެވެ.

“ދައްތާ.. ކާން ނާންނާތީ މިއައީ ބަލާލަން…” ނިކްހާގެ އަޑު އިވިފައި ފަރީޝާ ބަލައިލީ ސިހިފައެވެ. އެ ހިނދު އޭނާގެ ލޯ ފެންކަޅި ވާން އުޅުނެއްކަމަކު މޫނު މައްޗައް ފޫހި ކަން ގެނުވިއެވެ.

“ނިކްހާ ބުނީމަކާ ނޫނެން މި ހުރިހާ ދުވަހަކުވެސް އަހަރެން ކެއިކީ.. މިއަދުވެސް އަހަރެން ކާން ބޭނުންވީމަ ކައިގެން ހުންނާނީ…” ކިތަންމެ ހަރުކަށި ކޮށް ބުނަން އުޅުނަސް އޭނާގެ އަޑު، ވަކި ހިސާބަކުން ހިނދިގެން އައެވެ.

ނިކްހާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. މިނޫނީ ދުވަހަކު ވެސް ފަރީޝާއްތަ މިގޮތަކަށް އޭނާއާ މުހާތަބެއް ނުކުރެއެވެ. އަނެއްކާ އޭނާއަށް ފަރީޝާއްތަ ހިންހަމަ ނުޖެހޭ ފަދަ ކަމެއް ކުރެވުނީ ބާއެވެ.

*** ** ***

ޔަނާލް އާއެކު ބޭރަށް ގޮސްލާފައި އައިސް ނިކްހާ ކޮޓަރި ވަތްއިރު މަޤްރިބް ނަމާދު ވަގުތު ވަނީއެވެ. އޭނާއަށް ފާހަގަ ކުރެވުނީ މިއަދު ފަރީޝާއްތަ އޭނާދެކެ ހިންހަމަ ނުޖެހިފައި ހުންނަ ކަމެވެ. ފަހަރެއްގައި ދައްތަ ހިތްހަމަ ނުޖެހޭ ފަދަ ކަމެއް ކުރެވިފައި ވެސް އޮވެދާނެއެވެ. އެންމެ ރަނގަޅުވާނީ ދައްތައާ ވާހަކަ ދައްކާލުމެވެ.

މި ހިޔާލު ތަކުގައި ހުރެ ނިކްހާ ކޮޓަރިން ނިކުންނަން ދިޔައެވެ. ނަމަވެސް އެޅުނު ދެތިން ފިޔަވަޅަކާ އެއްކޮށް އޭނާ އަނގަވަތަށް ވެއްޓުނެވެ. ވެއްޓި ޖެހުނު ގޮތަކުން މެއަށް ތަދެއް ވެސް އެރިއެވެ. ވެއްޓެން ދިމާވި ސަބަބަކާ މެދު ވިސްނަން ނެގި މަދު ސިކުންތު ކޮޅަކަށް ފަހު އޭނާ ހުރީ ކޮޅަށެވެ.

އެއިރު އާދަޔާ ހިލާފަށް ކޮޓަރި ތެރެ ހޫނުވަމުން ދިޔައެވެ. މިވަނީ ރަނގަޅު ކަމެއް ނޫންކަން ރޭކާލިއިރު މާލަސް ވެއްޖެއެވެ. ކޮޓަރީގައި ދިއްލާފައި ހުރި އަލިގަދަ ލައިޓް ދެބުރަކަށް ކަނިޖަހާލާފައި ނިވިއްޖެއެވެ. ފަރުދާ ކަހާލާފައި ވުމުން އެޅެމުން އައި ހަނދުވަރުގެ ރިހި އަލިން ނިކްހާގެ ލޮލުގައި އަޅައިގަތީ ކޮޓަރިތެރެއަށް ފެތުރެމުން އައި އޮލަ ދުންތަކެވެ. އޭނާއަށް ނޭވާ ލާން ދަތި ކުރަމުން އެ ދުންތައް ކޮޓަރި ތެރެއަށް ފެތުރި ގަތް އިރު އޭނާގެ ލޮލަކަށް ވެސް އެ، ދުމުގެ ކިބައިން ކުރިއެއް ނުހޯދުނެވެ.

*** ** ***

” ޓޮއް.. ޓޮއް.. ޓޮއް…”

ތަށި މުށިގަނޑު މަތީ އަނގަ ވަތަށް ވެއްޓިފައި އޮތް ނިކްހާ އަށް ލޯ ހުޅުވާ ލެވުނީ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. އެ އިރު ތުނި ތުނި ކޮށް ވާރޭ ވެހިލާ އަޑު ވެސް އިވިލަ އިވިލާ ހުއްޓެވެ. ވަރުބަލި ގޮތަކަށް ތެދުވެ އިށީން ނިކްހާއަށް ބޮލުގައި އަތް ޖައްސާ ލެވުނީ ތެތްކަމެއް އިހްސާސް ކުރެވުމުންނެވެ. މެދު ކެނޑުމެއް ނެތި ޓަކި ޖަހަމުން ދިޔަ ދޮރާ ދިމައަށް ބަލައިލަމުން އަތުގައި އުނގުޅިފާ ހުރި ލެއަށް ބަލައިލި ނިކްހާގެ ދެލޯ ފެންކަޅި ވިއެވެ. ލަސް ލަހުން ތެދުވެ ހަށިގަނޑު ދަމާލި އިރު އުނަގަނޑުގައި ރިހުމެއް ހުއްޓެވެ. ފާހާނާ އަށް ވަދެ ބޮލުން ފަޅައިގެން ގޮސްފައި ހުރި ތަނުން އައިސްފައި ހުރި ލޭތަށް ސާފު ކޮށްލުމަށް ފަހު ނިކްހާ އަވަސްވެގަތީ ދޮރު ހުޅުވަން ދާށެވެ. އިސްތަށިގަނޑުގެ އެހީގައި ބޮލުން ފަޅައިގެން ގޮސްފައި ހުރިތަން ނިވާ ކޮށްލަމުން ދޮރު ހުޅުވަން ގޮސްފައިވެސް ފަހަތަށް އެނބުރި ބަލައި ލެވުންކަން ނަސީބޭ އޭނާގެ ހިތަށް އެރިއެވެ. ކޮޓަރި ތެރޭގެ ހާލަތު އޭނާއަށް އަދި ކިރިޔާ މި ފެނުނީ އެވެ. އޭނާ ވެއްޓިފައި އޮތް ތަނުގައި ހުރި ލެއާ ކޮޓަރި ތެރޭ އެތަން މިތަނުގައި ހުރި ސާމާނުތައް ހަމަ އަކަށް އަޅުވާފައި ގޮސް ދޮރު ހުޅުވި ނިކްހާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. ދޮރު ކުރިމަތީ ހުރެ މިއޮށްހާ އިރު ޓަކި ޖެހީ ފަރީޝާއްތަ ހެއްޔެވެ؟

“އަނހަ.. ދައްތަ ތަ..  ފާހާނައިގަ އުޅުނީމަ ލަސްވީ.. ހާދަ ވަރަކަށް ތި ގޮވީ.. އަނެއްކާ ކަމެއް ވީތަ..” މޫނު މައްޗަށް ވެރިވި ހާސްކަން ފޮރުވާލަމުން ނިކްހާ ވާހަކަ ދެއްކިއެވެ.

ފަރީޝާ އެއްޗެކޭ ނުބުނެ އެ ކޮޓަރި ތެރެއަށް ވަނެވެ. އެ މޫނުމަތިން އަސަރެއް ވެސް ދައްކައި ނުލާ ގޮސް އަލަމާރި މަތީ އޮތް ދަބަސް ނަގާ ނިކްހާއާ ދިމާއަށް ހޫރާލިއެވެ. ނިތަށް ރޫތަށް ޖަމާ ކޮށްލި ނިކްހާ އަށް ހުރެވުނީ މި ވަނީ ކިހިނެއްކަން ނޭނގިފައެވެ. ގައިގެ އެތަން މިތަނުގައި އަޅަމުން ދިޔަ ވޭނުން ކެތްކުރަން ދަތި ވެފައި ވީއިރު މިދިމާވީ އަނެއްކާ ކޮން ކަމެއް ބާއެވެ.

“ދައްތާ.. ތީ..” ނިކްހާ ހުރީ ވަރުގަދަ ސުވާލު މާކެއް ސިކުނޑީގައި ޖަހައިގެންނެވެ. އޭނާއަށް ފަރީޝާގެ މޫނުން ކަމެއް ދޭހަވާ ވަރެއް ނުވެއެވެ.

“ނިކްހާ.. ދަބަހަށް އެއްޗެހި އަޅާ..” ފަރީޝާގެ އަޑުގައި ކުރަކި ކަމެއް ހުއްޓެވެ. ފަރީޝާ ނިކްހާއާ ފުރަގަސް ދެމުން ސިއްރު ސިއްރުން ލޯ ފުހެލިއެވެ. ނިކްހާ މަޑު މަޑުން ފައި ހަރަކާތް ކޮއްލީ ފަރީޝާ އާ ގާތަށް ދާށެވެ.

ނަމަވެސް އޭގެ ކުރިން ފަރީޝާ ބުނެލި ވާހަކައިން ނިކްހާއަށް ފިޔަވަޅު މަޑުޖައްސާލެވުނެވެ. ހޭލާހުއްޓާ ހުވަފެނެއް ފެންނަނީ ކަމަށް ހީކޮށް އަތުގައި ވިކާވެސް ލެވުނެވެ.

** ނުނިމޭ **

Share Article

Follow Me Written By

samra

Level 210 Stories100 Login100 Comments

Other Articles

Previous

ކުރި އިންތިޒާރު 2

Next

ޒަޚަމް 6

Next
April 30, 2020

ޒަޚަމް 6

Previews
April 29, 2020

ކުރި އިންތިޒާރު 2

14 Comments!

  1. Aishuu says:
    May 2, 2020 at 1:48 pm

    O god.. enme reethi hisaabun thi ninmaaly.. nikhaa ah thihen nuhadhaa… mihairu kobaitha nayaany mn… curiously waiting fr nxt.. be safe n tc ??????

    1. samra says:
      May 3, 2020 at 5:58 pm

      Thnkxx Aishuu.. engidhaanethaa dhw vaagotheh.. be safe n tgc??

  2. Dr.Harm says:
    May 2, 2020 at 3:18 pm

    It’s very nice and interesting part
    Hope the nexp part will upload soon
    But pls don’t take too much time between the parts?????

  3. Lilly says:
    May 2, 2020 at 4:43 pm

    Mip rt vx v interesting… when nxt..

    1. samra says:
      May 3, 2020 at 5:59 pm

      Thnkxx Lilly.. v ufaavejje stry kiyaalikan engunyma.. insha allah v avahah nxt kiyaalan libeyne

  4. Usha says:
    May 2, 2020 at 9:01 pm

    V dhigu inthixaarehge nimun… mi prt vx vvvv obi.. when nxt.. ly sissyy..

    1. samra says:
      May 3, 2020 at 6:01 pm

      Thnkxx Usha.. v ufaavejje mivaahaka ah inthixaaru kutaakan engunyma.. next v avaha.. insha allah

  5. Xainn says:
    May 3, 2020 at 4:35 am

    Sam.. when nexxt.. we will be waitingg.. vv reethi mi stry dhaagoeh.. stay home
    N be safe..??

    1. samra says:
      May 3, 2020 at 6:06 pm

      Thnkxx xainn..V avahah insha allah.. stay home n be safe

  6. Laaraa says:
    May 3, 2020 at 11:55 pm

    Hey sam.. koba next prt.. we are waitingg.. ly sissu

    1. samra says:
      May 4, 2020 at 11:19 am

      Thnkxx laaraa… liyevunuhaa avahakah up kolla dheynan.. v ufaavey vaahaka ah inthixaaru kuraakan engunyma.. ly2

  7. Dr.ifhaam says:
    May 4, 2020 at 2:09 pm

    This part is also very nice and interesting
    ..will wait for the next PART IA

  8. @b@n says:
    May 6, 2020 at 11:08 am

    Vr reethi story.. ♥️♥️

    1. samra says:
      May 6, 2020 at 6:16 pm

      Thnkxx

Comments are closed.


All Right Reserved!