Skip to content
އެސްފިޔަ

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ…[2]

ވަރުބަލި ކަމާއެކު ކޮޓަރިއަށް އައިސް ވަތް ނާޔާ ހުއްޓުންއެރީ ކުރިމަތީ ހުރި ކިންގް ސައިޒް ބޮޑު އެނދުގައި ތިބި އެންމެ ގާތް ތިން އެކުވެރިން ފެނިފައެވެ. އެ ކުދިންގެ މޫނު މަތީގެ އަސަރު ތަކުން ނާޔާ ގެއަށް ނައިސްގެން ކަންބޮޑުވެފައި ތިބިވަރު ހާމަވެއެވެ. ނަމަވެސް ނާޔާ ހަމަ ފެނުމާއެކު ތިން ކުދިން އެއްފަހަރާ މޫނު ކުނި ކޮށްލިޔެވެ. ހީވަނީ ޖޫން ޖުލައިގެ ވިއްސާރަ އަށް އުޑުމަތި ބަނަ ކޮށްލިހެންނެވެ. ނުވާކަމަށް ހަދަމުން ނާޔާ ހިނގައިގަތީ ފާހާނަ އާ ދިމާލަށެވެ. ނަމަވެސް ހުރި ފިޔަވަޅު މަތީ ހުއްޓެން މަޖުބޫރުވީ ބޮލުގައި އައިސް ޖެހުނު ބާލީހުގެ ސަބަބުންނެވެ. ” އޭ ބަލަ ނާޔާ.. ފޯނަށް ކިހިނެއްތަ ހަދައިގެން ތިއުޅެނީ މަންޖޭ..” އި ވުނީ ނާޔާގެ އެންމެ ގާތް ތިން އެކުވެރިން ކަމުގައިވާ ސާޔާ، ޝިމާ އަދި މީޝާގެ އަޑެވެ.

ފޯނު ތިމީހުނާ ހުރެ އައި.ސީ.ޔޫ އަށް ލާން ޖެހުނީއޭ ބުނެ ، މަގުމަތިން ދިމާވި އެ ފޮނި ބޮޑު ޒުވާނާގެ ވާހަކަ ތިން މީހުނަށް ކިޔައިދިނީމެވެ. ހީކުރި ގޮތާ ހިލާފަށް އެ ތިން މީހުން ފެށީ ހޭށެވެ. ” ނާޔޫ ހޮޓު ސޮރެއް ތަ؟ ” ޝިމާ އަހާލިއެވެ. “މަށެއް ނުބަލަން އެސޮރު ހޮޓު ތޯ އެއް ފިނިތޯއެއް..” އަނގަ އަށް ގޮތެއް ހަދާލަމުން ނާޔާ ބުނެލިއެވެ.” ކޮޔާ ރަނގަޅުވީ ހޭ ޖަހާ އެސޮރު މޫނު މަތީ ލޯބިން ފިރުމާލިނަމަ ، މަށަށް ޔަގީން އޭރުން އެސޮރު ނާޔޫ އަށް ފޯލް ވާކަށް މާގިނަ އިރެއް ނުނަގާނެކަންު.. އޭރުން ނާޔޫ އުޅޭނީވެސް ރީތި ބޮޑު ގަނޑުވަރެއްގަ… އާޗާ މިރޭ ހުވަފެނުގަ ވެސް ޝާންގެ ބަދަލަށް މަގޭ ކޮއްކޮ ތޯ އެއްޗެއް ފެންނާނީ..ު ” އެއްލޯ މަރާ ލަމުން ސާޔާ އޭނާގެ ލާނެއް ރާގުގައި ބުނެލިއެވެ. އެއާއެކު ނާޔާ ދެބުުމަ ގޮށްޖަހާލަމުންާ ސާޔާ އޭ ކިޔާ ބާރަށް ގޮވާލުމާއެކު އަނެއްކާ ވެސް ކޮޓަރީގެ ހަތަރު ފާރު ތެރޭ ގުގުމާލީ އަނެއް ތިން ކުދިންގެ ހުނުމުގެ އަޑެވެ. ” ތިއެއް ނޫނޭ ނާޔޫ ރަނގަޅު ވީހޭ އެސޮރު އަތުން ޗޮކްލެޓެއް ހޯދައިގެން ގެނެސް މަށަށް ދިންނަމަ..މިހާރު އެ ނުކާތާ ވެސް ގަރުނެއް ވަނީ ވިއްޔަ… ” މިހެން ބުނެ ނާޔާގެ ފަރާތުން އައިސްދާނެ ހަމަލާ އަކުން ސަލާމަތް ވުމަށްޓަކައި އެނދުގައި އޮތް ބްލޭންކެޓް ދަށަށް ވަދެ މީޝާ ދެލޯ މަރާލިއެވެ.

ދެކޮޅަށް އެއްޗެކޭ ބުންޔަސް މިމީހުން އަނގައިން ނާރާނެ ކަން އިނގޭތީ ނާޔާ ފެންވެރުމަށްޓަކައި ފާހާނަ އާ ދިމާލަށް ހިނގައި ގަތެވެ. ” ހޭ ޝާނިމް ބުނީ ތި އެންމެން ރެޑީ ވައްޗޯ މާދަން ހަވީރު ބޭރަށް ދާން.. އޭނަ ޓްރީޓް ދޭން ވެގެނޯ..” ސާޔާ ބުނެލިއެވެ.. ” ގެރެއެއްނު.. އެކަމު ޅިޔަންބެ ކައިރި ބުނައްޗެ ބިލް ފެނިފަ އަގު ބޮޑު ކަމުން ރޯން ނުފަށައްޗޭ ” ލާނެތް ކަމުން ގޮސް ހައްދުން ނައްޓާފަ ހުންނަ ނާޔާ އޭނާގެ ދެބެންގެ ދެދަރި ދައްތަ އާ ބެހެލިއެވެ.. ދެން ތިބި ދެ މީހުން ވެސް ހިނިގަނޑެއް ޖަހާލުމަށް ފަހު ދާނެ ކަމަށް ސާޔާ ގާތު ބުނިއިރު ސާޔާ ފެނުނީ ނާޔާ އާ ދިމާލަށް ލޯ އަޅާލި ތަނެވެ.

ގަޑިއިރެއް ވަރު ވަންދެން ފާހާނައިގައި އުޅުމަށްފަހު، ނާޔާ ކޮޓަރި ތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ކަންފަތުގައި ޖެހުނީ ދައްތަ ސާޔާގެ އަޑެވެ. ” އަޅެފަހެ ފާހާނައިގެ ޓައިލްސް ތައް ބަދަލު ކޮށްފަތަ ތިޔަ ނުކުތީ މަންޖޭ..” “އަނގަނުތަޅާ ޅިޔަންބެ އާ ވާހަކަ ދެއްކޭތޯ ބަލާބަލަ..” ނާޔާ ވެސް ސާޔާ ބުނެލި ރާގަށް ބުނެލިއެވެ.” ސާބަހޭ ހަމަ ނުހުރެވޭ ދޯ ޝާން އާ ނުބެހިއެއް ކޮޔާއަކަށް..” އަނގައަށް ގޮތެއް ހަދާލަމުން ސާޔާ ކުސްތަޅައިގަތެވެ.

ނަމަވެސް ސާޔާ ބުނި އެއްޗަކަށް ސަމާލުކަން ނުދީ ނާޔާ ފެނުނީ އެނދަށްއަރާ އޭނާގެ ޖާގައިގައި ހަމަޖެހިލުމަށްފަހު ދެލޯ މަރާލި ތަނެވެ. އެއައްފަހު ލެޕްޓޮޕުން ސީރީސްއެއް ބަލަން ތިބި ޝިމާ އަށާ މީޝާ އަދި ކައިރީގައި ފޯނުން ޝާނިމްް އާ ވާހަކަ ދައްކަން އޮތް ސާޔާ އަށް އަޑުއިވޭ ވަރަށް ގުޑްނައިޓް އޭ ބުނެލުމަށްފަހު ނިދީގެ ފޮނި މިރުކަން ހާސިލް ކުރުމައިގެން އުޅެގަތެވެ.ނަމަވެސް އުޅެޅެވެސް ނާޔާ އަށް ނިދޭ ގޮތެއް ނުވިއެވެ. މިހާރު ނިދަން އެރިފަހުންވެސް ދެގަޑިއެއްހާއިރު ވެދާނެއެވެ. އޭރު ސީރީސް ބަލާ ނިންމުމަށްފަހު މީޝާ އާއި ޝިމާ ވެސް އޮތީ ނިދަންއަރައެވެ.ސާޔާ ވެސް މެއެވެ.

ފުން ނޭވާއެއްލުމަށްފަހު ނާޔާ އޭނަ ކާއިރީ ނިދާފަ ތިބި ތިން އެކުވެރިންނަށް ބަލައިލިއެވެ. އެ ތިން މީހުންނަކީ އަނދިރިވެފައިވާ ނާޔާގެ ހިތްދަތި ހަޔާތަށް އަލިކަން ގެނެސްދިން ތިން އެކުވެރީންނެވެ. މީހުންގެ ދޮގު ބަސްތަކުން ނާޔާ ރައްކާތެރި ކޮށްދިން ހެޔޮ މިތުރުން ތަކެކެވެ. އެކަމަށްޓަކާ ނާޔާ އަބަދުވެސް އެތިން އެކުވެރިން ނަށް ޝުކުރު އަދާކުރާނެއެވެ. ނާޔާގެ ދުޢާ އަކީ އަބަދުވެސް އެ ތިން އެކުވެރިންނަށް އުފާވެރި ބާއްޖަވެރި މުސްތަގްބަލަކާ ހަޔާތެއް މިންވަރުކުރެއްވުމެވެ.

އެންމެން ތެރޭ ސަކަރާތް ޖަހާ އުޅުނަސް ނާޔާ އަކީ ބަލި ހިތެއްގެ ވެރިއެކެވެ. ދުނިޔެއަށް ވެސް ސިއްރުން މި ނާޒުކު ކުއްޖާކުރާ ހިތާމަ ދެނެވޮޑިގަންނަވާނީ ހެއްދެވި ފަރާތެވެ. ފުރާވަރުގައި ވެވުނު ލޯބި އުމުރުން އެންމެ ސޯޅަ އަހަރުގައި ބީވެގެން ދިޔައީ އެކަމަށް ނާޔާ އުންމީދުވެސް ނުކޮށް ހުއްޓައެވެ. ނަމަވެސް އެ ޙިޔާލުތައް އެއްފަރާތް ކޮށްލާ ކިޔެވުމަށްޓަކައި ވަގުތު ހުސްކުރީ މައިންބަފައިންގެ ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖެއްސުމަށްޓަކައެވެ. ނަތީޖާ އެއްގެ ގޮތުން އޯ ލެވެލް އިން ނާޔާ ގަދަދިހައެއްގެ އެއް ވަނަގައި ހިމެނުނެވެ. ނާޔާގެ މައިންބަފައިން ފަޙުރުވެރި ކުރުވަމުންނެވެ. އެދެމަފިރިންގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ފައިބާ ހާލު ނާޔާއަށް ޝުކުރު ވެރިވީ އެދެމަ ފިރިންގެ އަގު އެތައް ބައެއްގެ ކުރިމަތީ އުފުލައިދިން ްކަމަށްޓަކައެވެ. ނަަމަވެސް ހިތާމައަކީ އެތައް ބައެއްގެ ލޯބި ނާޔާ އަށް މިލްކުކުރެވުނު އިރުވެސް އެ ހިތުގެ ވެރިޔާގެ ހިތް މިލްކު ނުކުރެވުނު ކަމެވެ. އެހެންނަމަވެސް ހަޤީޤަތަކީ ،  މިއަދު ނާޔާގެ އުމުރުން އަށާރަ އަހަރު ވިއެއްކަމަކު އެ ނާޒުކު ހިތުގައި އަދިވެސް ރަސްކަން ކުރަމުން ދަނީ އެލޯބި ކަމެވެ. އަދިވެސް އިންތިޒާރު ކުރެވެނީ އެލޯތްބަށެވެ. އައިޒަން އާއެކު ހޭދަވި ކޮންމެ ވަގުތެއް އަދިވެސް ތާޒާ ކަމާއެކު ނާޔާގެ ސިކުނޑީގައި އެބަހުއްޓެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް އެހަނދާން ތަކުން ނާޔާގެ ބަލިކަށި ހިތް ރޮއްވާލިއެވެ. ދެތުންފަތް ފޫއަޅުވާލާފައި ނިކުތް ހިމޭން ގިސްލުމުގެ އަޑު ބޭރުވިޔަ ނުދިނުމަށްޓަކައި ނާޔާ އޭނާގެ މޫނު މަތީ ބާލީސް އަޅާ ބާރު ކޮއްލިއެވެ.

**********************************************************************

އާ ދުވަހަކަށް އިރުއެރީ އެކިމީހުންގެ ހަޔާތުގައި އެކިކުލަ ޖައްސަމުންނެވެ. އެއްބައި މީހުންގެ ހަޔާތަށް ބަހާރު މޫސުން އައިއިރު، އަނެއްބައި މީހުންގެ ހަޔާތަށް ވަނީ ހަރީފު މޫސުމުގެ ކުލަތައް ދައްކާލާފައެވެ. ފިރޯޒުކޮޅެއް ފަދަ ސާފު އުޑު މަތީ ދަތުރުކުރަމުންދިޔަ މާޝްމެލޯ ކޮޅު ތަކެއްފަދަ ހުދު ވިލާތަކަށް ބަލަހައްޓައިގެން ހުރި ޝާނިމް މޫނުމަތީ ވަނީ އަންހެން ކުދިންގެ ހިތްތައް ކަތިލާ ފަދަ ރީތި ފިރިހެންވަންތަ ހިނިތުންވުމެކެވެ. ހުދުކުލައިގެ އަތްދިގު ޓީޝާޓަކާ ޓޭން ކުލައިގެ ސޯއްޓެއްގައި ހުރިއިރު ފިރިހެންވަންތަ ކަމުގެ އިންތިހާއެވެ. އެތައް އަންހެން ކުދިންނެއްގެ ހިތުގެ ރާޖާކަމުގައި ވެފައިވާ ޝާނިމްގެ ޒުވާން ހިތް ފަތަހަކުރުމުގައި ކާމިޔާބު ހޯދުނީ ޝާނިމްގެ އަނދިރިވެފައިވާ ހަޔާތައް އަލިކަން ގެނެސްދިން ހުޅުކޮޅު ކަމުގައިވާ، އެ ހިތުގެ ރާނީ ސާޔާ އަށް އެކަންޔެވެ. ސާޔާ އަކީ ޝާނިމްގެ މުޅި ދުނިޔެ ކަމުގައި ވަނީ ވެފައެވެ. އެ މައުސޫމު ކަމާއި ނިޔަނެތިކަން ޝާނިމްގެ ހިތް ފަތަހަ ކުރުމުގައި ކާމިޔާބު ހޯދިއިރު ، އެ ލޯބި ލޯބި ހީލުމުގެ އަޑު އަދިވެސް ޝާމިންގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި ހުރި ކަހަލައެވެ. އެއާއެކު ޝާމިންގެ ތުންފަތް މައްޗަށް ވެސް ރީތި ހިނިތުންވުމެއް ވެރިވިއެވެ. ހިޔާލީ ދުނިޔެއެއްގައި އުދުހެމުން ދިޔަ ޝާނިމްއަށް ހޭވެރި ކަމެއްވީ ފަހަތުން މީހަކު އައިސް އޭނާގެ ފިރިހެންވަންތަ ބިޔަ ހަށިގަނޑުގައި ހިފައިގަތުމުންނެވެ. { ނުނިމޭ}

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. Mint

    Wow I love❤️❤️❤️❤️❤️ this story.
    When is the next??

    1. euphoria
      Mint

      thnkx dear, nxt part insha allah maadhama genesdheynan..

  2. taetae

    mashallah..wow girl..when is the next part ..lysm

    1. euphoria
      taetae

      thnkx dear.. nxt part insha allah maadhama kiyaalan libeyne.. lym

  3. Kairaa

    Wowww….speechless…varah varah reethi?..curiously waiting for the nxt part….and whn nxt….stay safe

    1. euphoria
      Kairaa

      thnk you dear.. nxt part insha allah maadhama.. stay home nd stay safe dear..

  4. Hudharr

    Hessah salhi meyn
    Ly

    1. euphoria
      Hudharr

      hessa salhi ey comment vs meyn..hahahahahah.. lym sis

  5. Kylie

    Mi part vx hama habeys???….waiting fr nxt part???….. Nd hurihaa kudhin vx stay home stay safe igey☝️.???☝️……

    1. euphoria
      Kylie

      thnk you dear.. stay home stay safe

  6. Shy❤

    Varah reethi mi part ves ❤ Waiting for the next part?

    1. euphoria
      Shy❤

      thnk you…

  7. Naira

    Wow speachless ????curiously waiing…..but Varah kuru..????luv the story…and can’t wait…??luv yuh

    1. euphoria
      Naira

      srry dear alhugandu vs gaboolu kuran mi part kurukan bt kuda kameh dhimaa vgn mi varun liyefa up kohlan jehunii.. nd thnk you so much for ur lovely comment dear.. luv yuh more…

  8. yaayaa

    ma sha allah…. vrh vrh reethi keep it up kokko ….ly

    1. euphoria
      yaayaa

      thnk you so much sis.. love yuh more

Comments are closed.