
އިރުއޮއްސެމުން އައިރު ކަޅު ވިލާތަކުން އުޑުމަތި ބައްދާލާ ވިއްސާރައިގެ ކުލަވަރު ވަނީ ދައްކާލައިފައެވެ. އިރުގެ ގަދަ އަލިން ދުނިޔެ މަޙްރޫމްވެ އަންދިރި ކަމުގެ ސާލެއް އޮޅާލިއިރު މަގުތައްމަތިން ފެނުނީ އާދަޔާޙިލާފު ހަލަބޮލިކަމެކެވެ. ހިނދެއް ހިނދަކަށް ވައިގަދަ ވަމުން ދިޔައިރު ގަސްތައް ވަޔާހޫރެމުން ދިޔައީ މާހައުލު އިތުރަށް ހަލަބޮލި ކުރުވަމުންނެވެ. އިސާހިތަކު ވާރޭގެ ހިތްގައިމު ޝަބްނަމް ތިކިތަކުން ބިންގަނޑު ތެންމާލީ މާހަލުގެ ފިނިކަން އިތުރު ކުރުވަމުންނެވެ.
ކުއްލިއަކަށް ވިދާލި ވިދުވަރާއެކު ފިހާރައެއްގެ އަސްކަނި ދަށުގައި ހުރި ނާޔާގެ މޭގަނޑު ހީވީ އަތަށް އައި ހެންނެވެ. ފަޅި ސިކުންތު ކޮޅަކަށް ނަމަވެސް ނާޔާގެ ހިތުގެ ހިނގުން ހީވީ މަޑުޖެހެލިހެންނެވެ. ބިރުން ދެލޯ ބޮޑުވެފައި ހުރި ނާޔާ އަށް ހަމަ ބިމަށް އާދެވުނީ އައިނައި ތަނެއް ނޭންގި އޭނާ ގައިގައި އައިސް ޖެހިގަތް ޒުވާނާގެ ސަބަބުންނެވެ. ” ވަޓް ދަ ހެލް.. ދެލޯ ނެތީތަ އައިސް ގަޔަށް ތިއެރީ” އަރައިގަތް ރުޅިން ނާޔާ އެ ޒުވާނާ އާ ދިމާލަށް ހަޅެއް ލަވައިގަތެވެ. ވާނީ ވެސް އެހެނެއްނޫން ހެއްޔެވެ. މިހާރު އެފިހާރަ ދަށުގައި ހުންނަތާވެސް ގަޑި އިރެއްވަރުވެދާނެއެވެ. ގެއަށް ނައިސް ލަސްވެގެން ނާޔާގެ އެންމެ ގާތް އެކުވެރިން ގުޅާ ގުޅާ ފޯނު ވެސް ލޯޑު ބޮޑުވެގެން އޮތީ އައި.ސީ.ޔޫ އަށް ލާވަރު ވެފައެވެ. ނަމަވެސް ނަގާ ޙިޔާލު ނުކުރީ މިވަގުތަށް އެމީހުނާއި ބަހުސް ކުރަން ހަދައިގެން ބޯގޮވުން ނޫން ކަމެއް ނުވާނެތީއެވެ.
” އޯ ހެލޯ.. އެކްސްކިއުޒް މީ މެޑަމް.. ބަލަ ތިކުއްޖާ ވެސް ނުޖެހޭ ދޯ މިވެހޭހާ ވާރޭގަ މިތާ ހުންނާކަށް.. މިއޮއް ބޮޑު މާލޭގައި އުޅެން ގެ މަދީތަ؟ ނޫނީ މިހާރު މި ރާއްޖޭގެ ފިހާރަތަކުގައި ހުންނަ ކުޑަތަކުގެ އަގުމާބޮޑީތަ؟ އޮއްހޯ މިހާރު މާ ސުވާލު ގިނަ ވެއްޖެ ދޯ؟ އޯކޭ އޯކޭޭޭ ދެން ނުކުރާނަމޭ ސުވާލެއް.. އެނީވޭސް ހާދަ ވައްތަރޭ ވިއްސާރަ ވީމަ ގެއަށް ނުދެވިފަ ހުރި ވައްތަރު.. އެއޮތީ މަ ކާރު.. ޑްރޮޕެއް ދެންތަ؟
ޒުވާނާ ވެސް ނާޔާ އަށް ވުރެ ބާރަށް ހަޅެއްލަވައިގަތް ނަމަވެސް ފަހު ޖުމްލަ ބުނެލީ ފޮނިވެލާފައި އެއްބުމަ ހިއްލާލަމުންނެވެ.
” ހަހް ނުގޮތަކަށް އަމިއްލަ މީހާގެ ކާރު އިސްތިހާރު ކޮށްލީތަތި؟ ބުނަން މި މާލޭން އަރާނެ ކާރެއް ނުލިބުނަސް ތި ފޮނިބޮޑު މީހާގެ ކާރަކަށް ނާރާނަން.. އެންޑް މަށަށް ހިއެއްނުވޭ ތި ސޮރު ހަމަ ހެނެއްވެސް ” ރުޅިން ރަތް ވެފައި ހުރި ނާޔާ ކިޔައިގަތެވެ. ” ދެން ތިބުނީ މަމީ ބޯހަމަ ނުޖެހޭ މީހެކޭތަ؟އަދި ބުނަން މަށެއް ވެސް ކޮންމެހެން ނޫޅެން ތި ކުއްޖާ މަ ކާރަށް އަރުވާ ހިތަކުންނެއް..” ދެރަނުވާން ވެގެން ޒުވާނާ ވެސް ކުދިކިޔައިގަތެވެ..
ރުޅިން ރަތް ވެފައި ހުރި ނާޔާ ތެމުނަސް ހެޔޮ ކަމުގައި ، ގެޔާ ދިމާލަށް މިސްރާބު ޖެހިއެވެ. ދަމުންވެސް ވައްތަރެއް ޖައްސާލާނަމޭ ހިތާ ނާޔާ ފަސްއެނބުރި ޒުވާނާ އާ ދިމާލަށް ބަލައިލިއެވެ. އެވަގުތު ނުހަނު ބޮޑަށް ހީލައިގެން ނާޔާ އާ ދިމާ ބަލަހައްޓައިގެން ހުރި ޒުވާނާގެ ރީތި ހިނިތުންވުން ފެނިފައި ބޭއިހްތިޔާރުގައި ނާޔާ އަށް ވެސް ހިނިތުންވެލެވުނީ މީހެއްގެ މަތިން ހަނދާން ވާފަދަ ގޮތަކަށެވެ. އެއާއެކު ނާޔާގެ ލޮލަށް ކަރުނަ ޖަމާވާ ގޮތް ވިއެވެ. ނަމަވެސް ހިތަށް ވެރިވި އަސަރުތައް ނުހަނު ކުޅަދާނަ ކަމާއެކު ފޮރުވާލުމަށްފަހު ޒުވާނާ އާ ދިމާލަށް ވއްތަރެއް ޖައްސާލާފައި ކުރިއަށް ދުއްވައިގަތެވެ. އެއާއެކު އެ ޒުވާނާ ވެސް ބޮލުގައި އަތްފުނާ އަޅާލަމުން ކާރާ ދިމާލަށް މިސްރާބުޖެހިއެވެ.
23 Comments!
Comments are closed.
Varah reethi…masha allah…..curiously waiting for the nxt part….
aawnn thnkx dear.. insha allah nxt part maadhama kiyaalan libeyne…
Awwww… maasha allah vrh vrh rythi
So proud of you Sis
When next part???
thnk you my lovely sisiiii…. insha allah nxt part maadhama kiyaalan libeyne.. ly sis
wow vvv reethi .. mashallah..loved this story girl..miss loves you dharivaru
Than kolheh dhigu kohlaafa genass dhehchey story v salhi keep it up
mashallah vv reethi..loved it..miss loved you dharivaru
mashallah vv reethi..loved this stry..when is the next part..ly dharivaru
awwwnn thnkx mudhahris.. lym dear… nxt part insha allah maadhan nunii mirey kiyaalan libeyne..
Masha Allah V reethi❤️❤️❤️waiting for the next part sis❤️❤️❤️❤️
Wowww???…. Furathama part vx vvv furihama.???…. Can’t wait fr nxt part..???. BTW Mi story ga ulhey kudhin vx story ge name vx v salhi..?????…. Nd nxt part thankolheh dhigu kohlahchey???……
alheyy vv happy vehje dear ah mi stry ge name aa kudhin vx reethi v ma… thank you so much for ur lovely comment dear… insha allah nxt part dhigukohla dheynan…
ma sha allah….vrh vrh reethi keep it up kokko..
alhey so happy to see ur comment sis….. thnk you.. ly sis
anytime ..lym kokko
anytime ..lym kokko
wowww vhk kiyamun dhaa vrkh manzaru sifa veyy…lysm
heheh.. manzaruthhah sifavi varakashey vaahaka kiyan shaugu verivaanii.. thnkx for u comment dear… lym
Varah reethi. Waiting for next part.
thnk u dear.. nxt part insha allah miadhu kiyaalan libeyne
Omg nice????can’t wait for the next part. Luv yuh…???????luv the story?????
oh thnk you dear.. luv you more..
hey hurihaa readers alhugandu iyye ge vagutheh ga stry submit kohfa vaanee.. bt adhivs publish eh nuvey… srry my dear readers…