ފޯނު ބާއްވަން އުޅުން ގަޑީގައި އިޙްނާގެ ފޯނު ދިއްލުމުން އިޙްނާ ފޯނު ބަލާލިއެވެ. މިއޮއް ދަންވަރު ގަޑީގައި އިޙްނާއަށް އެމެސެޖް ކުރީ ކާކުބާވައެވެ؟ ހަމަގައިމުވެސް ރިހާމާއި ޔޫން ތިބޭނީ މިގަޑީގައި ނިދާފައިކަން ކަށަވަރެވެ. ދެން އިޙްނާއެއް މިޙްރާނަކާއެއް ވާހަކަ ދައްކާ ހަދައެއް ނޫޅެއެވެ. ދެން ކާކުބާވައެވެ؟ މިފަދަ އެތައް ސުވާލުތަކެއް ހިތަށް އަރަމުން ދިޔަވަގުތު އިޙްނާ އެމެސެޖް ހުޅުވާލިއެވެ. “މާދަމާ ރޭ 8:30 ގައި ސަންސެޓް ބީޗަށް.. ނަމަނަމަ މީހަކު ކައިރީ މިވާހަކަ ބުނެގެން ނުވާނެ.. ބުނެފިނަމަ […]
އަހަރެން ސޯފާގައި އިންދާ ނިއަލް އައިސް.. އަހަރެން ސިއްސުވާލަން އުޅުނެވެ.. ނަމަވެސް އަހަރެންގެ ދުޅަވެފައިވާ ރަތް ދެލޯ ފެނި ނިއަލްގެ ހަރަކާތްތައް ހުއްޓުނެވެ.. “ލާރާ ކީއްވެތިރޮނީ”.. އަހަރެން އިތުރު އެއްޗެކޭ ބުނުމެއްނެތި… ކޮޓަރިއަށް ވަދެ ތަޅުލީމެވެ.. “ލާރާ ނިކަން ދޮރުހުޅުވާފަ ވީގޮތެއް ކިޔާދިނީމަ އެންނު ކަމެއް ވާނީވެސް”.. ނިއަލް ދޮރުގައި ތަޅަން ފެށިއެވެ.. “ނިއަލް ދޭ މިތަނުން.. އަހަރެން ނިއަލް އާ ވާހަކަ ދައްކާކައް ބޭނުމެއްނޫން”…އެތެއް އިރެއް ފަހުން ނިއަލް ދިޔައީ.. އަދިވެސް އަންނާނެ ކަމުގާ ބުނެފައެވެ… […]
އަވަސް އަވަހަށް ޝާނިމް އަށް ފަހަތް ބަލައިލެވުނީ ސިހުނުވަރުންނެވެ. އޭރު ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން ޝާނިމްގެ ދެބެންގެ ދެދަރި ކޮއްކޮ ޒީވާން ހުއްޓެވެ.” އޭ ބުރޯ.. ހޭލާ ހުރެވެސް މިހާރު ހުވަފެން ބަލަނީތަ؟ ޔަގީނޭ ތި ހުވަފެނުގައި ފަހަރި މިހާރު ހުރީ ތި އަތު ތެރޭގަކަން.. ހައްހައްހައް…” އޭރު އެމީހުންގެ ފަހަތުގައި ދެޖީބަށް އަތް ޖަހާލައިގެން ފުންހިނިތުންވުމަކާއެކު ، އެމީހުންގެ އެންމެ ގާތް އެކުވެރިޔާ އަޔާން ވެސް ހުއްޓެވެ.” ސާބަހޭ ވާން.. ހަމަ ނުހުރެވޭ ދޯ […]
ނާޝިދު ކުރިއަށް ޖެހިލަމުން ނައިލީގެ ކުރިމަތީގައި ހުއްޓުނެވެ. ރުޅިއައިއްސާ ހުރިވަރުން ނާޝިދުގެ ލޮލުން އަލިފާންކަނި ބުރާކަހަލައެވެ. ނާޝިދުގެ އެސިފަ ފެނި ކައިލީގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލި ކަހަލައެވެ. ބަލާކަށް ނުހުރެ ނާޝިދު ނައިލީގެ ކޯތާފަތް މައްޗަށް ހޫނު އެތިފަހަރެއް އަރުވައިލިއެވެ. “ކީއްވެ؟… ނައިލީ.. އަހަރެމެން ނައިލީއަށް ނުކޮށްދެނީ ކޮންކަމެއް؟” ކުރަކިވެފައިވާ އަޑަކުން ނާޝިދު އަހައިލިއެވެ. “ޖަވާބުދީބަލަ. ނައިލީއަށް ނުދެވޭ ކޯޗެއްތަ އަހަންނަށް ނާއިޝްއަށް ދެވުނީ…” ނައިރާގެ އަތް ދުރުކޮށްލަމުން އިންތަނުން ތެދުވެ ނައިލީއާއި ދިމާއަށް ހިނގައިގަންނަމުން […]
“އައި ޑޯންކް ކެއަރ ތީ ކޮންމެ މީހަކަސް. ޑޭޑް ކައިރީ ބުނަންވީ ހަމައެކަނި މި ކައިވެންޏާ ދެކޮޅޭ. ” ފާރާއި އިލްފް އާއި ދޭތެރޭގައި ފިތިފައިހުރި ޒީކްއާ ދިމާލަށް ރުޅިވެރިކަމާއިއެކު ބަލާލަމުން އިލްފް ބުންޏެވެ. އެ ދެލޮލުން ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ. ވަރަށް ބޮޑަށް ކަމަކާއި ހިތްހަމަ ނުޖެހިފައިހުރިފަދައެވެ. ޒީކް ޙިޔާރުކުރީ ހިމޭންކަމެވެ. “ތި ހަމަހިމޭންކަމުން ނަގަންވީ ކޮން މާނައެއްކަމެއް އަހަންނަކަށް ނޭނގުނު” ކަތުރުކަށިގަނޑަށް ވާންވެގެން ދިޔައިރު އިލްފް މަސައްކަތްކުރީ ރުޅިގަނޑު މައިތިރިކުރެވޭތޯއެވެ. އެހެން ނޫންނަމަ އޭނާއަށް […]
އަހަންނެކޭ އެއްވަރަށް ޝީރީން އަކީވެސް ކިޔެވުމަށް މޮޅު ކުއްޖެކެވެ. ދެމީހުންނަކީވެސް ހަމަ އެހާ ވާދަވެރި ދެމީހުންނަށް ވެއްޖެއެވެ. އެއްފަހަރު ޓެސްޓުން އޭނަ މަތީ މާކްސް ހޯދައިފިއްޔާއި ދެން އޮންނަ ފަހަރު މަތިން ހޯދާނީ އަހަރެންނެވެ. ނަމަވެސް ދުވަހަކުވެސް އޭނައާ މެދު ޙަސަދަވެރިކަމެއް އަހަރެން ނުބާއްވަމެވެ. އެއަށްވުރެ އޭނަ އަހަންނަށް ހިތްހެވެ. އެކަމުގެ ފަހަތުގައިވި ސިއްރެއް އޭރަކު އަހަރެންގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ******************** އެޕިސޯޑް 2 ދުވަސްތަށް މާޒިއާ އެކުވަމުން ގޮސް ޖީސީ އައިސް ދޮރުގައި ޓަކި ދީފިއެވެ. […]
“ޒައިބާ ކޮބާ؟” ލޮލުން ކަރުންތައް ފުހެލަމުން އަސްމާ ސުވާލުކުރިއެވެ. “ޒައިބާ އަހަރެން ގޭގަ.. މިވަގުތު އޮތީ ނިދިފައި” ********* “ޒައިބާ ހޭލީމަ މިގެއަށް ގެންނާތި” އަސްމާ ޒައިބާ ރަނގަޅަށް ތަރުބިއްޔަތު ކުރަން ޢަޒުމް ކަނޑައެޅިއެވެ. ދުވަސްތައް ހަފްތާތަކަށް، ހަފްތާތަށް މަސްތަކަށް، މަސްތަކަށް އަހަރުތަކަށް ބަދަލުވެގެންގޮސް ޒައިބާއަށް ހައަހަރު ފުރިއްޖެވެ. ޒައިބާ މިހާރު އޭނާގެ ބައްޕަ އާއި ބެހޭގޮތުން ސުވާލުކުރަން ފަށައިފިއެވެ. “މަންމާ.. އަޅުގަނޑު ބައްޕަ ކޮބާތަ؟” އެއީ ޒައިބާ އެސުވާލު އޭނާގެ މަންމައާ ކުރި ދިހަވަނަ ފަހަރެވެ. […]
ހެނދުނު….8 ޖެހީއެވެ… އަހަރެން އޮތީ ސޯފައިގައި އޮށިންވެލާގެން ނިއަލް އާ ފޯނުން މާފޮޅުވާށެވެ.. ކުއްލިއަކައް އަހަރެން ސިހުނީ.. ލާމީ މާޝާ އުރައިލައިގެން ލާމީގެ ކޮޓަރިން ނިކުތް ތަން ފެނިގެނެވެ.. އެމީހުނައް އަހަރެން ފެނުމުގެ ކުރިން ސޯފާގެ އަނެއްފަރާތައް ގޮސް ފިލީމެވެ.. އަހަރެން ވަގުތުން ނިއަލް އާ ވޯޑިއޯ ކޯލް ކޮއްލީމެވެ.. ވަގުވަގައް އެ ދެމީހުން ކުރާ ކަންތައް ބަލަން އަހަރެން އިނީމެވެ.. “އޭ ލާމީ.. ދެން އަހަރެން ބަހައްޓަބަލަ.. ހިނގޭނެޔޭ.. ލާރާ ނިކުމެއްޖިއްޔާ ކީކޭ ހިތައް އަރާނީވެސް”…”ދޮންތަ.. […]
ސާރާއަށް ރޮވުނީއެވެ.ޝާއިފް ބޭވަފާތެރިވެފައި ދައްކާލާ ވާހަކަ ތަކުގެ މަތި އޮމާން ކަމުންނެވެ. ޝާއިފް ފުރައިފިއެވެ.ބަރާބަރަށް ގުޅައެވެ. ސާރާވެސް ކޯހަށް ފުރާ ދުވަސް ކައިރިވަނީ އެވެ. ސާރާ އެންމެ އުފާވަނީ ޝާއިފްއަށް ދައްކާނޭ ބަހަނާއެއް ލިބޭތީވެއެވެ. ޝާއިފް ދިޔަތާ މިއަދަށް ހަަމަސް ވީއެވެ.މާދަމާ އަކީ ސާރާ ކޯހަށް ފުރާ ދުވަސް ކަމުން އަރީޝާ ބޭނުންވީ ސާރާ ގެ ރައްޓެހިންނާއި އެކު ވަގުތު ހޭދަކޮށްލުމަށެވެ. ސާރާއަށް ގެޔަށް އާދެވޭ ވަރުވީ ރޭގަނޑު އިރުއޮއްސުން ފަހުންނެވެ.ސިޓިންރޫމް އަދިރިއެވެ.ދޮރުލައަޕާލުމަށް ފަހު ބޮކި ދިއްލުމާއި […]