އެގާރަވަނަ މީހާގެ ފޯނުގައި ރިކޯޑަރ ހަރުކުރެވުންތަނާ ޔަނާލްގެ ފޯނަށް މެސެޖްއައީ ދެވަނަ ސެޝަންއަށް އައުމަށެވެ. ފަސް މިނެޓް ތެރޭ މިދަނީ ކަމަށް މެސެޖް ކޮށްލަމުން އަނެއްކާވެސް ދެންތިބި މީހުންގެ ފޯނުގައި ރިކޯޑަރ ހަރުކޮށް ނިންމާފައި ނުކުންނަން އުޅެނިކޮށް މީހަކު ބޭރުން ތަޅުގައި ހިފާލި އަޑަށް އޭނާ ހުއްޓުން އެރިއެވެ. އިރުކޮޅަކުން ތަޅުދަނޑި ފައްޗަކުން ދޮރު ހުޅުވާލާފައި ވަނީ އެތާ މަސައްކަތް ކުރާ މީހެކެވެ. ޔަނާލް ފެނުމުން އެމީހާ ޔަނާލަށް ބަލާލީ ހައިރާންވެފައެވެ. “މިތާ ކީއްކުރަނީ؟ ކިހިނެއް މިތަނަށް […]
ޝާން ވިސްނުމެއްގައި ގޮސް ގެޔަށް ވަނެވެ. އޭރު ނުހާ އޮތީ ސޯފާގައި ނިދާފައެވެ. ޝާން މަޑުމަޑުން އޭނާގެ އަތްދަޑި މައްޗަށް ނުހާ ނަގައި ގޮސް އެދުގައި ބާއްވާލިއެވެ. ނުހާގެ އަތުގައި ޝާން ހިފާލިއެވެ. ނުހާގެ މޫނަށް ބަލަހައްޓައިގެން ހިޔާލެއްގެ ތެރޭގައި ޝާންއަށް އިދެވުނެވެ. **** ” ޝާން އަހަރެން ޝާން ދެކެ ވަރަށް ލޯބިވޭ… އަހަންނަށްވެސް އެގޭ ޝާން އަހަރެންނާ ގަޔާވާކަން… އެންމެ ފަހުން އަހަންނެއްނުން ޕްރޮޕޯސް ކުރަން މިޖެހުނީ… ” ނުހާ ލަދުރަކި ގޮތަކަށް ވާހަކަ […]
ހަވީރުގެ ވަގުތުގައި ހިރިމަރަދޫގެ ގޮނޑު ދޮށަށް ދިޔައީ ފިނި ވައިރޯޅި ޖެހެމުންނެވެ. އެ ހިތްގައިމު ވަގުތުކޮޅުގެ ފޮނިމީރުކަން ހާސިލް ކުރުމައްޓަކައި ކުދި ބޮޑު އެތައް ބަޔަކު ގޮނޑު ދޮށުގެ އެކި ހިސާބުތަކުގައި ތިއްބެވެ. ގަހެއްގެ ހިޔާގަނޑު ދަށުގައި އިށީނދެ ލައިގެން އެ އިނީ އަސްމާއެވެ. އަސްމާގެ ކަޅި ހުއްޓިފައި ހުރީ އެތާ އެއްވެސް ހިޔާލެއް ފިކުރެއް ނެތި ކުޅެމުން ދިޔަ ކުޑަ ކުދިންނަށެވެ. އޭނާގެ ތުންފަތް މަތީގައި ވަނީ މާނަފުން ހިނިތުންވުމެކެވެ. އޭނާ ދެން އަތް ޖައްސާލީ […]
“އަހަ އަހަ.. އަހަރެންނައް ވެސް ފެންނަނީ މިދެމީހުން ކައިވެނި ކުރުވަން..” ނިއަލް އާ ދިމަލައް.. ބަލާލަމުން އަހަރެން ބުނެލީމެވެ.. “އެހެންވީރު.. ރާރާ އަހަރެންނާ ކައިވެނި ކުރާނީ ކޮންއިރަކު..”…..”ދެން!! އަދި ނެތެއްނު ނުވެފައެއް..”.. އެއްވެސް ފިކުރެއް ނެތި އުފާވެރި ދުވަސްތަކެއް އަހަރެމެން ގުނަމުން ދިޔައީ ކުރިއަށް އަންނަން އޮތް ބޮޑު މުސީބާތަކާ މެދު ވިސްނާވެސް ނުލައެވެ………………. އާދުވަހަކައް އިރު އަރައިފިއެވެ.. އަހަރެން ތައްޔާރުވެލައިގެން އޮފީހައް ދިޔައީމެވެ.. ހަމަޖެހިލައިގެން އިންދާ މާހާ ދުވެފައި ކަހަލަ ގޮތަކައް އައިސް އަހަރެންގެ އޮފީސް […]
“ސާރާ ޝާއި ޝާއިއަށް ގޮވާނުލަނީތަ؟”ޝައިފް ގެ އަޑު އިވުމާއި އެކު އިޚްތިޔާރަކާ ނުލާ ސާރާއަށް ފޯން ކަނޑާލެވުނީއެވެ.ޝާއިފްގެ އަޑުން ޝާއިފް ހެނީ ކަން ސާރާއަށް އެނގުމުން ވަރަށް ލަދުގަތެވެ. ދުވަސް ތައް ފާއިތު ވަމުން ދެއެވެ. ޝާއިފް މާދަމާ ފުރާތީވެ ސާރާ ދިޔައީ ޝާއިފް ގެ އެދުމުގެ މަތިން އޭނަގެ ޢާއިލާއާއި ބައްދަލު ކޮށްލުމަށެވެ.މިއީ ސާރާ އެގެޔަށް ދާ ފުރަތަމަ ފަހަރު ނޫންކަމަށް ވިޔަސް އެގެޔަށް ދާ ކޮންމެ ފަހަރަކުވެސް އެ އާއިލާގެ ފަރާތުން ނުހަނު ލޯތްބާއި […]
“ޠަވާއިފުންގެ” ލޮލުން ލަދުވެތިކަން އަހަރެން ދުށީމެވެ. ފަރުދާވެރިންގެ ލޮލުން ޝަހުވަތްތެރިކަން އަހަރެން ދުށީމެވެ. ހެދުން ލައިގެން، ބަރަހަނާކޮށް ތިބި މީހުން ވެސް އަހަރެން ދުށީމެވެ. ހެދުމެއް ނުލައި، ނިވައިވެގެން ތިބި މީހުން ވެސް އަހަރެން ދުށީމެވެ. ފާފައިން ކަޅިވެފައިވާ މީހުން ރޭގަނޑު ތަކުގައި ގިސްލައި ރުއި ތަން އަހަރެން ދުށީމެވެ. ހެޔޮ މީހަކީ ކާކު ހެއްޔެވެ؟ ނުބައި މީހަކީ ކާކު ހެއްޔެވެ؟ މޮޅަށް ދެނެވޮޑިގެންވަނީ މާތްރަސްކަލާނގެ އެވެ. އެހެނީ އިންސާނުން ހަމަ އެކަނި ލޯބިވަނީ ހެޔޮ މީހުން […]
ދަންވަރުގެ ހަމަހިމޭން ވަގުތުގައި ނައިޝަމްއަށް ހޭލެވުނީ ކަރުހިތްކައި ގަނެގެންނެވެ. ކޮޓަރީގައި އިން ފެންޖަގު ހުސްވެފައި އިނުމުގެ ސަބަބުން ނައިޝަމް ކޮޓަރިން ބޭރަށް ނުކުމެގެން ދިޔައީ ޖަގަށް ފެން އެޅުމަށެވެ. ބަދިގެއަށް ވަނުމާއިއެކު ފެނުނު މަންޒަރުން ނައިޝަމްއަށް ހީވީ އޭޏާގެ މޭގަނޑު އަނގައަށް އައި ހެންނެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އައިލީޝްގެ ބޯ ކައިރީ ލޭގެ ކޯރެއް ހެދިފައި ވާއިރު ފައި ވަނީ ކަފައިގެން ގޮސްފައިއެވެ. އައިލީޝް އޮތްގޮތް ފެނިފައި ނައިޝަމްގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް […]
އަހަރެން އައުމުން ހިޝާމް ދާން ހިނގާށޭ ބުނެލިއެވެ.. ނިއަލް މެން ތިބި މޭޒާ އާރާހަމަވުމުން.. ހިޝާމް އަހަރެންގެ އުނގަނޑުގައި އަތް ވަށާލިއެވެ.. ނިއަލް އަތް.. މުއްކައްވާލި ތަން ފެނުމުން ހިޝާމްގެ ތުންފަތައް ވެރިވީ ކާމިޔާބީ ހިނިތުންވުމެކެވެ…….. “ލާރާ ޑޯންޓް ބީ ސޭޑް.. ހިނގާބަލަ އަހަރެންނާއެކު ތަނަކައް ގޮސްލަން.. އޭރުން ތި މޫޑު އެއްކޮއް ރަނގަޅުވެދާނެ”…”ކޮންތާކައް؟؟”…”ދިޔައީމަ އިނގޭނެ”…އަހަރެންނާ ހިޝާމް ރެސްޓޯރެންޓުން ނިކުންނަނިކޮއް އެހެން ދިޔަ ވެއިޓަރެއްގައި ޖެހި އަހަރެން ވެއްޓުނެވެ.. “ކަލޭ ދެލޯ ނެތީތަ؟”.. ހިޝާމް ރުޅިގަދަވިއެވެ…”ސޮރީ ދައްތާ”.. […]
ނުހާ ބޭރަށް ނުކުތުމުން ޝާން މަޑުމަޑުން ނުހާގެ އަތުގައި ހިފިއެވެ. އަދި ހައިރާންކަމާއެކު އަހާލިއެވެ. ” ކޮންތާކަށް ދާން؟ ” ” ޒާން އަންނަ އިރު ޝާންގެ ހުރިހާ އެއްޗެއް މިކޮޓަރީގަ ހުރީމަ ޒާން ކީކޭ ހިތަށް އަރާނީ؟” ނުހާ މަޑުމައިތިރި ރާގެއްގައި ބުނެލިއެވެ. ނުހާގެ އަތުން ޝާން ދޫކޮށްލިއެވެ. ކުއްލިއަކަށް ގޭގެ ދޮރުގައި ޕިން ކޯޑު ޖެހި އަޑު ދެމީހުންނަށް އިވުނެވެ. ދެމީހުން އެއްފަރާ ކަހަލަ ގޮތަކަށް ދުވެފައި ގޮސް ސޯފާގައި އިށީދެ ޓީވީ ހުޅުވާލިއެވެ. […]