ނުހާ މައްޗަށް ބޯހިއްލާލިއެވެ. އަދި ކުރިމަތީގައި އަރީކާ ހުރިތަން ފެނުނެވެ. އަރީކާ އާއި މެލޭޝިއާއިން ދިމާވި ހަނދާން ނުހާވިއެވެ. ނަމަވެސް މިގެޔަށް މިއޮއްދަންވަރު އަރީކާ އެއައީ ކީއްވެބާއޭ ނުހާ ހިތާހިތާ ސުވާލު ކޮށްލިއެވެ. ނުހާ އޭނާ އުޅޭ ގެޔެއް އަރީކާ ކައިރީ ބުނެފަކާ ނޯންނާނެއެވެ.
” މީ އަރީކާ އަހަރެން އިންނަން އުޅޭ ކުއްޖާ… ނުހާވެސް ނުހާ އުޅެން ބޭނުންވާ ގޮތަކަށް އުޅޭ. ނުހާ ބޭނުމިއްޔާ އަހަރެން ނުހާ ވަރިކޮށް ދޭނަން..” ޝާން ނޭވާއެއްވެސް ނުލާ ނުހާ އާ ދިމާލަށް ބުނެލިއެވެ. ނުހާގެ ހިތް ފަޅައިން ނުދިޔައި ކިރިޔާއެވެ. އޭނާ އެންމެ ލޯބިވާ ފިރިމީހާ މިއަދު އެއައީ އެހެން އަންހެނެއް ގޮވައިންނެވެ. އެމީހަކާ އެކު ނުހާގެ މުޅި ދިރިއުޅުން ހުސްކޮށްލި އޭނާގެ ފިރިމީހާ މިހާ ބަދަލު ވާން ޖެހުނު ސަބަބަކީ ކޮބާ ބާއެވެ. އޭނާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟.
ނުހާ އާ ރައްޓެހިވެގެން އުޅުނު އިރު ދެއްކި ފޮނި ހުވަފެންތައް ކޮބާހެއްޔެވެ؟ ޝާންގެ ހަޔާތައް ނުހާ ނުން ދެވަނަ މީހަކު ނާންނާނެ އޭ ބުނި ހަދާން އިއްޔެ ދެއްކި ވާހަކައެއް ފަދައިން ނުހާ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. ނުހާ އޭނާގެ މުޅި ޒުވާންކަން ހުސްކޮށްލީ ޝާން އާ އެދެމީހުންގެ ދަރިފުޅަށްޓަކައެވެ. ޝާންގެ އަޅާލުން ނުހާއަށް ނުލިބުނަސް ނުހާ ޝާންދެކެ އިންތިހާއަށް ލޯބިވެއެވެ. ނުހާއަށް ރޮވެމުން ދިޔައެވެ. މަޑުމަޑުން މީހާގެ ގައިން ވަރު ހުސްވެގެން ސޯފާ މައްޗަށް ވެއްޓުނެވެ. އެއްފަހަރާ އެފަކީރަށް ވަނީ އެތައް ހިތާމަ ތަކެއް ކުރިމަތިވެފައެވެ.
ނުހާގެ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. އެވަގުތު ކައިރީގައި އަކްރަމް ހުރުމުން ނުހާ ސިހުނެވެ. އަދި ޝާން ކޮބާތޯ ދެފަރާތް ހޯދާލިއެވެ.
” ނުހާ.. މީ އޭޑީކޭ.. ޝާން އަހަންނަށް ގުޅާފަ ބުނީ ނުހާ ހޭނެތުނު ވާހަކަ.. ނުހާ ބަލާ އަންނާށޯ ބުނީ.” އަކްރަމް ހާސްވެފައި ނުހާއަށް ވީގޮތް ކިޔާދެން މަސައްކަތް ކުރިއެވެ.
” ކޮބާ ޝާން؟” ނުހާ މަޑުމައިތިރި އަޑަކުން އަހާލިއެވެ.
” ގޭގަ އެބަހުރި. ކޮންމެވެސް އަންހެން ކުއްޖެއްވެސް ހުރި.. ކިހިނެއް ވެގެންތަ މިއުޅެނީ؟ ” އަކްރަމް ވާނުވާ އޮޅުންފިލުވޭތޯ ބެލިއެވެ.
ނުހާ އަކްރަމްއަށް ވީގޮތް ކިޔާދިނެވެ. ޝާން ދެވަނަ މީހަކާ އިންނަން އުޅޭ ވާހަކަ އާއި ނުހާއަށް އަނިޔާކުރި ވާހަކަވެސް ދެއްކިއެވެ. ނުހާގެ ހިތަށް ވަނީ އެތަކެއް އަސަރުތަކެއް ކޮށްފައެވެ. އޭނާ މުޅި ދިރިއުޅުންމަތިން ފޫހިވިއެވެ. ކައިވެންޏަކީ ވަރަށް މާތް އެއްޗެކެވެ. ދެމީހަކު މުޅި ހަޔާތް ލޯބިން އެއްކޮށް ހޭދަކުރުމަށް ވާ ވައުދެކެވެ. ނަމަވެސް އޭނާ ވަނީ ފާއިތުވެދިޔަ 16 އަހަރު ވޭނާ ހިތްދަތިކަން ތަހަންމަލު ކޮށްފައެވެ. ފިރިމީހާގެ ލޯބިން ވަނީ މަހުރޫމްވެފައެވެ.
އަކްރަމް މަޑުމަޑުން ނުހާގައިގާ ބައްދާލިއެވެ. ނުހާ ރޯވަރުން އަކްރަމްއަށްވެސް ހުރީ އަސްރުތަކެއް ކޮށްފައެވެ. ނުހާއަށް ދެރަގޮތެއްވާކަށް އަކްރަމް ދުވަހަކުވެސް ބޭނުމެއް ނުވެއެވެ. އަކްރަމް ނުހާދެކެ އިންތިހާއަށް ލޯބިވެއެވެ. ކުއްލިއަކަށް ނުހާ އެޑްމިޓްކޮށްފައި އޮތް ކޮޓަރީގެ ދޮރު ހުޅުވާލާފައި މީހަކު ވެނެވެ.
” ވާ… ވާ.. ކޮންފަދަ އިޝްގީ ލޯތްބެއް.. ” އަރީކާ މަލާމާތް ކުރާ ރާގަކަށް ބުނެލިއެވެ. އަކްރަމް ކުއްލިއަކަށް ނުހާގައިން ދޫކޮށްލިއެވެ.
“އައްދެ.. ކީއްވެ ތި ދުރައް ދިޔައީ.. އަކްރަމް ކަލޭދެން ނުހާ ގެންދަންވީނުން.. އަހަންނަށް ހީވަނީ ތި ގުޅުމުގެ ތެރެއަށް އަހަންނަށްހެން ވަދެވިފަ މިހިރީ.” ޝާން ޖެއްސުން ކުރާ ރާގަކަށް ބުނެލިއެވެ.
ޝާންއަށް ކޮންމެ ފަހަރަކުގެ ވެސް އާދެވެނީ ނުހާ އެމަންޒަރެއް ޝާނަށް ދައްކަން ބޭނުން ނުވާ ދަޑިވަޅުގައެވެ. އެވަގުތު ޑަކްޓަރުއައިސް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. އަދި އަރިކާ އާއި އަކްރަމް ގާތު ބޭރުގައި މަޑުކޮށްލުމަށް އެދުނެވެ. ދެމީހުން އެއްކޮށް ގޮސް ބޭރުގެ ގޮޑިބަރި ތަކުގައި އިށީނެވެ.
” ތީދޯ ޝާން އަށް ދޯކާދިން ޝާން އާ ނުހާގެ ރައްޓެއްސަކީ.. ޕިސް ޕިސް.” އަރީކާ ދެކޮޅަށް ބޯހޫރާލަމުން އަހާލިއެވެ. އަކްރަމް ފާޑަކަށް އަރީކާއަށް ބަލާލިއެވެ. އަދި އިތުރަށް އަރީކާ ކިޔާ އެއްޗެއް އަޑު ނޭހުމަށް ކޮޅަ ތެދުވެގެން ތަންކޮޅެއް ދުރުގައި އިށީދެލިއެވެ.
***
” ވަރަށް ބޮޑަށް މައާފަށް އެދެން. ނުހާ އަސްލު ބަޑުބޮޑެއް ނުން… އަޅުގަޑުމެން ދެންމެ ހެދި ޓެސްޓްތަކުން ދައްކާ ގޮތުގަ ނުހާ ބަޑުބޮޑެއް ނުން” ޑަކްޓަރު އިސް ޖަހާލައިގެން ހުރެ ބުނެލިއެވެ.
” ކީކޭ… ބަޑޫބޮޑެއް ނޫނޭ.” ޝާން އާ ނުހާ އާ ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އަހާލެވުނެވެ.
” ލެޓް މީ އެކްސްޕްލެއިން.. އަޅުގަޑުމެންނަށް އެދުވަހު އެގޮތަށް ދެންނެވުނީ އެއީ އޭރު ނަތީޖާތަކުން އެގޮތަށް ފެނުމުން. އާންމުކޮށް ޕްރެގްނެންސީ ޓެސްޓް ރިޕީޓްކޮށް ނަހަދާނެ. ސަބަބަކީ އެއީ ހޯމޯން ލެވެލްސް ޑިޓެކްޓް ކުރެވޭ އެއްޗެއް ކަމުން.. ނުހާގެ ރިޕޯޓް ދެފަހަރު ދެގޮތަށް ދެއްކުން މީ އަސްލު ބައްޔެއް. މިއަށް އާމުކޮށް ކިޔާ އުޅެނީ ފޯލްސް ޕްރެގްނެންސީ ނުވަތަ ފެންޓޮމް ޕްރެގްނެންސީ.. އަޅުގަނޑުމެން ބަލަން ޖެހޭ ވަރަށް ނުބެލުމުގެ ސަބަބުން ގޯސް ނަތީޖާއެއް އޭރު ދެވުނީ. މިކަމަށް ހޮސްޕިޓަލްގެ ފަރާތުން މައާފަށް އެދެން.” ޑޮކްޓަރު ވަރަށް ތަފްސީލުކޮށް ކިޔާ ދިނެވެ.
” ދެން ނުހާ ފަރާތުން މާބަނޑު މީހެއްގެ އަލާމާތްތައް ފެނުނީ ކީއްވެތޯ؟” ޝާން ކަންދެއްކުމަށް ނުހާގެ އަތުގައި ހިފާލަމުން އަހާލިއެވެ.
” އާދެ.. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެއީ ސްޓްރެސްގެ ސަބަބުން ވ ކަމަކަށް ވެދާނެ. މީހާ ޑިޕްރެޝަން އަށް ދިއުމުން އެފަދަ ކަންތައްތައް ދިމާ ވުން އެއީ ބައެއް މީހުންނަށް ދިމާވާ ކަމެއް… އަޅުގަޑަށް ފެންނަނީ ނަފްސާނީ މީހަކަށް ދައްކާލަން.” ޑޮކްޓަރުން މިހެން ބުނުމަށްފަހު ދިޔައެވެ.
ނުހާ ޝާންގެ މޫނަށް ބަލާލީ އޭނާއަކީ އެފަދަ އަންހެނެއް ނޫނޭ ބުނާފަދަ ގޮތަކަށެވެ. ވޭތުވެދިޔަ ހަފްތާ ދުވަހު ޝާން ނުހާ އާއި އެހާ ދުރުން އުޅުނީ ނުހާ އަކްރަމްގެ ދަރިއަކަށް ބަލިވެ އިންކަމަށް ހީކޮށެވެ. ޝާންއަށް އިސްޖަހާލެވުނީ އޭނާ ނުހާ އާ ދޭތެރޭ ކަންތައް ކުރި ގޮތް ހިތައް އަރާފައެވެ.
ހޮސްޕިޓަލުން ގެއަށް އައި ގޮތަށް ނުހާ ގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނުމަށްފަހު ދޮރު ތަޅުލިއެވެ. މިއޮއް ހުރިހާއިރު ހިފަހައްޓައިހުރި ކަރުނަތައް އެއްވެސް ހަމައެއް ލަމައެއް ނެތި ނުހާގެ ލޮލުން ފައިބަންފެށިއެވެ. ނުހާ ދުވަހަކުވެސް ހުވަފެނުންވެސް ނުދެކޭ ފަދަ ކަމެއް މިއަދު އޭނާއަށް މިއޮތީ ކުރިމަތިވެފައެވެ. ނުހާގެ ބޮލުގައި އެތަކެއް ދޮގު ތުހުމަތު ތަކެއް މިއަދު ޝާން ވަނީ ކޮށްފައެވެ. އޭނާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ވަނީ އެތަކެއް އަނިޔާއެއް ލިބިފައެވެ.
ޝާން އަރީކާ ގެއަށް ފޮނުވާލުމަށްފަހު އައިސް ގެއަށް ވަނެވެ. ނުހާ ރޮމުން ދާއަޑު މުޅި ގޭތެރެއަށް އިވެމުން ދިޔައެވެ. ޝާން މަޑު މަޑުން ކޮޓަރީގެ ތަޅު ހުޅުވާލުމަށް ހިފާލިއެވެ. ތަޅުލާފައި ވުމުން މަޑު މަޑުން ދޮރުގައި ޓަކި ޖަހާލިއެވެ. ނުހާ ދޮރު ކައިރީގައި ލެގިލައިގެން އިދެ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ. މިއަދު ފާއިތުވެ މިދިޔަ ހަފްތާ ތެރޭ އޭނާއަށް ދުވަހަކުވެސް ނުލިބޭހާ ހިތްދަތިކަން ލިބިއްޖެއެވެ. ޝާންވެސް މަޑުމަޑުން ކޮޓަރީގެ ދޮރު ކައިރީގައި އިށީދެލިއެވެ. ނުހާއަށް ކޮށްފައިވާ އަސަރު ޝާންނަށް ވަރަށް ރަގަޅަށް އެގެއެވެ.
ގަޑިއެއް ހާއިރު ފަހުން ނުހާ ދޮރު ހުޅުވާލާފައި ކޮޓަރިން ނިކުތެވެ. ހިތްފުރޭ ވަރަށް ރޯލެވިއްޖެއެވެ. ދޮރުން ބޭރަށް އެޅި ފިޔަވަޅާއެކު ނުހާ ނުވެއްޓުނީ ކިރިޔާއެވެ. ޝާން އަށް އޭރު އިނީ ނިދިޖެހިފައެވެ. ޝާންގެ ފައި ދިއްކޮށްލާފައި ވުމުން ނުހާއަށް ބަލާނުލާ ހިގައިގަނެވުނީއެވެ. ނުހާ މަޑުމަޑުން ތިރިވެލިއެވެ. އަދި ޝާންގެ މޫނަށް ބަލަހައްޓައިން އިރުކޮޅަކު އިދެވުނެވެ. ޝާންނަށް ހޭލެވުނީ އޭނާގެ ފޯނު ރިންގްވި އަޑަށެވެ. އޭރު ނުހާ ކައިރީގައި އިނުމުން ކުޑަ ހައިރާންކަމެއް ޝާން އަށް ލިބުނެވެ. ނުހާވެސް ޝާންއަށް ހޭލެވުމުން ކަމެއް ނުވާކަމަށް ހަދާފައި އިންތަނުން ތެދުވެގެން ގޮސް ސޯފައިގައި އިށީދެލިއެވެ.
” ހަލޯ ބައްޕާ… ކޮބާ މަންމަ.. މަންމަ ފޯނެއްވެސް ނުނަގާ… އަހަރެން މިނީ ކާރުގަ އެއާޕޯޓުން މާލެ ދާން ގެއާ ވަރަށް ކައިރިވެއްޖެ…. މަންމަ އަށް ގުޅިން ވަރަށް އަންނަ ވާހަކަ ބުނަން.. އިޒަ އެވްރީތިންގް އޯލް ރައިޓް ބައްޕާ” ޝާން ފޯނު ނެގުމާއިއެކު ޒާން ބުނެލިއެވެ.
” ކީއްވެ އަންނަ ވާހަކަ ކުރިން ނުބުނީ.. ” ނުހާ ހީކުރީ އަރީކާ ގުޅީ ކަމަށެވެ. މަޑު މަޑުން ޝާން ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން އިނެވެ. ދަރިފުޅޭ ބުނާއިރަށް ނުހާ ޖެހުނީ ކޮޅަށެވެ. އަދި އަވަސް އަވަހަށް ގޮސް ޒާންގެ ކޮޓަރިއެއް ވަނެވެ. ޝާން އަށް ކުއްލި ހައިރާން ކަމެއް ލިބުނީ ނުހާ ގޮސް އެކޮޓަރި ތަޅު ލުމުންނެވެ. ފޯނު ބޭއްވުމާއި އެކު ޝާން ގޮސް ކޮޓަރީގައި ޓަކި ޖަހަން ފެށިއެވެ. ނުހާގެ ހަބަރެއް ނުވިއެވެ. އަނެއްކާވެސް ޝާން ތަންކޮޅެއް ބާރަށް ޓަކި ޖަހާލިއެވެ. ކުއްލިއަކަށް ފޮއްޓަކަށް އެއްޗެހި އަޅައިގެން ނުހާ ކޮޓަރިން ނިކުތެވެ.
= ނުނިމޭ =
17712 Comments
Comments are closed.
Dearie
April 29, 2020 at 11:19 amV reethi… Ekam v lahun dhw up thikurany vaahaka.. Mifaharu thankolheh avaskohlahchey..
Izabell
April 29, 2020 at 1:49 pmMi part vx varah reethi. Ma Sha Allah ❤❤❤❤❤ kon irakun next part up kollaani? Mihaaru mi story mi dhaa goiyy varah reethi.💯💯💯 Next part avahah up kolla dhehche. Stay safe.
Liyaa
April 29, 2020 at 10:15 pmNice
kim taehyung
April 30, 2020 at 10:18 amIts nice ……speechless….💞💞💞💞maasaa Allah… Keep it up joy..💙💙💙💙💙💙💙💙
Krystal
April 30, 2020 at 10:37 amInsha allah soon… stay safe 😍😍
Krystal
April 30, 2020 at 10:38 amFor instance I thought V was reading my story.. 😂😂😂
kim taehyung
April 30, 2020 at 11:04 amYeah I’m reading your story……… Love you
Isn’t there the pic of Korean sereis Welcome…..I think…??????
kim taehyung
April 30, 2020 at 11:02 amAnnyeonghaseyo……ur talented dear …..great……
kim taehyung
April 30, 2020 at 11:14 amCan u upload fast pls…….jebalyooooooo😢😢😢😢😢
Krystal
April 30, 2020 at 11:22 amKumawo…. thats HOLO’s love (something like that) i dont remember.. 😂
Krystal
April 30, 2020 at 11:23 amArahssoooo… i have send for approval.. its still in pending.. will get it by tomorrow….
Anyways nice to see a ARMY here…❤❤
kim taehyung
April 30, 2020 at 1:48 pmGamsa….. (Thanks)