
ޝާން ވިސްނުމެއްގައި ގޮސް ގެޔަށް ވަނެވެ. އޭރު ނުހާ އޮތީ ސޯފާގައި ނިދާފައެވެ. ޝާން މަޑުމަޑުން އޭނާގެ އަތްދަޑި މައްޗަށް ނުހާ ނަގައި ގޮސް އެދުގައި ބާއްވާލިއެވެ. ނުހާގެ އަތުގައި ޝާން ހިފާލިއެވެ. ނުހާގެ މޫނަށް ބަލަހައްޓައިގެން ހިޔާލެއްގެ ތެރޭގައި ޝާންއަށް އިދެވުނެވެ.
****
” ޝާން އަހަރެން ޝާން ދެކެ ވަރަށް ލޯބިވޭ… އަހަންނަށްވެސް އެގޭ ޝާން އަހަރެންނާ ގަޔާވާކަން… އެންމެ ފަހުން އަހަންނެއްނުން ޕްރޮޕޯސް ކުރަން މިޖެހުނީ… ” ނުހާ ލަދުރަކި ގޮތަކަށް ވާހަކަ ދައްކަމުން ދިޔައެވެ. ދެމީހުން ތިބީ ޝާންމެންގޭގެ ބޮޑު ދޮރާށި ކައިރީއެވެ. ޝާން އިސް ޖަހާލީ ތުންފަތް މައްޗަށް ހިނިތުންވުން ގެނުވަމުންނެވެ. ކުއްލިއަކަށް އަކްރަމް ދުވެފައި އައިސް ޝާންއާއި ނުހާގެ ކޮޑު މައްޗަށް އަތްވައްޓާލިއެވެ.
” މިއަދު ކުލާހަށް ނުދަނީތަ…. ” އަކްރަމް ހިނިތުންވުމެއް ވެރި ކުރުވަމުން ދެމީހުން ކުރެ އަހާލިއެވެ.
“ތިޔޯ ކޮން މާބޮޑިއެއް؟” ނުހާ އަކްރަމް އަތުގައި އޮތް މާ ބޮޑި ފެނުމުން އަހާލިއެވެ.
” ހޫމް… މި މި…” ކުއްލިއަކަށް ނުހާ ކުރި ސުވާލުން އަކްރަމް އަގައޮޅުނެވެ.
” ކޮން މި މި މި އެއް ކިޔާކަށް ރަގަޅަށް ވިއްޔާ އަންހެން ކުއްޖެއް ޖައްސަން މީނަ އުޅެނީޔޭ.” ޝާން މަލާމާތް ކޮށްލަމުން ބުނެލިއެވެ. ތިން މީހުންގެ އެކުވެރިކަން ބަދަހިވާންފެށީ ގުރޭޑް 11 ގައި އެއް ކުލާހެއްގައި ކިޔަވަމުން ދިޔައިރުއެވެ. ނުހާއާ އަކްރަމް ކުރިއްސުރެ ރައްޓެހިކަމަކު ޝާން އެދެމީހުންގެ އެކުވެރިކަމަށް އައީ އޭރުއެވެ. އެކި އެކި ވާހަކައިގާ ތިންމީހުންގޮސް ސުކޫލަށް ވަނެވެ.
2 އަހަރު އެއްކޮށް ކިޔެވުމުގައި ހޭދަކުރެވުނެވެ. ނުހާ އާ ޝާން އާއި ދެމީހުން 19 ފުރުނު ތަނާހެން ކައިވެނި ކުރިއެވެ. އަކްރަމަށް މިކަން ވީ ބޮޑު ހިތްދަތިކަމަކަށެވެ. އޭނާ ނުހާދެކެ ވާ ލޯބި އެންމެ ފަހަރަކުވެސް ހާމަކުރަން ފުރުސަތެއް ލިބިފަކާއެއް ނުވެއެވެ. ނުހާ އާއި ޝާން ކައިވެނި ކުރުމަށް ފަހު ދިޔައީ މެލޭޝިއާއަށް 1 އަހަރު ދުވަހުގެ ކޯހެއް ހަދާށެވެ. ކޯސް ނިންމާލާފައި އައި އިރު ނުހާ ބަނޑު ބޮޑެވެ. ނުހާގެ ބަޑަށް 5 މަހުގައި ޝާން މާސްޓަރސްއަށް މެލޭޝިއާއަށް ދިޔައެވެ.
ޝާންގެ ހިތަށް އޭނާގެ މާޒީ ހަދާން ވަމުން ދިޔައެވެ. އޭރު އޭނާ އުޅުނު އުފަލާއި ހިތްހަމަ ޖެހުން ހިތަށް އަންނަމުން ދިޔައެވެ. ނުހާގެ އެއްވެސް ކުށެއް ނެތީސް ނުހާއަށް އޭނާ އެތަކެއް ހިތްދަތި ކަމެއް ދެވިފައިވާކަން ގަބޫލުކުރެވެން ފެށުނެވެ. އަދި ކުރިއަށް އޮތްތާގައިވެސް އޭނާއަކަށް ނުހާއަކަށް އުފަލެއް ނުދެވޭނެކަން އެގެއެވެ. ޝާންގެ ހިތުގައި އެކަކަށްވެސް ނޭގޭ ސިއްރުތަކެއް ވެއެވެ.
***
” ބައްޕާ…” ޝާން ސިއްސައިގެން ދިޔައީ ޒާން އައިސް އޭނާގެ ކޮޑުގައި ހިފާލުމުންނެވެ. ނުހާގެ އަތުން ދޫކޮށްލުމަށްފަހު ޒާން އާއެކު ގޮސް ސޯފާގައި އިށީދެލިއެވެ. ދެބަފައިން ވާހަކައިގާ 1 ޖަހަންދެން ތިބުމަށްފަހު ނިދަން ގޮސް ވަނެވެ.
އާދުވަހަކަށް އިރު އެރީ ނުހާއަށް އުފާވެރި ހަބަރަކައިގެންނެވެ. މިއަހަރު ބާއްވާ ފިލްމް އެވޯޑްސް ގައި އޭނާއަށް 3 އެވޯޑް ލިބެއެވެ. ކޮންމެ އަހަރަކުވެސް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބެނީ އޭނާ އަށެވެ. މިފަހަރު އޭނާއަށް އެވޯޑް ލިބިއްޖެނަމަ މީ ޖެހިޖެހިގެން އޭނާ އެ އެވޯޑް ގެންދާނެ 11 ވަނަފަހަރެވެ.
ހެދުނުގެ ނާސްތާ ތައްޔާރު ކުރަން ނުހާ ގޮސް ކާގެއަށް ވަނެވެ. މޭޒުމަތީގައި ތަށިތައް ހުރުމުން ނުހާ ތަށިތަކުގެ މަތި ނަގާ ހިތްލާލިއެވެ. އެކި ބާވަތުގެ ކާއެއްޗެހި ތައްޔާރު ކޮށްފައި ހުއްޓެވެ. ޒާން ތުމުން ފުމެމުން އައިސް ކާގެއަށް ވަނެވެ.
” ކޮބާ މަންމާ… ސަޕްރައިސް… ބައްޕަ މިއަދު ހެދުނު ތެދުވެ މި ހުރިހާ އެއްޗެއް ރެޑީ ކުރީ… އާން އަޅުގަޑު ޖޫސް ހެދީ އިންގޭ..” ޒާން ދަތްޕިލަ ސޭލް އަޅުވާލަމުން ބުނެލިއެވެ. ނުހާ އަށް ހައިރާން ކަމެއް ލިބުނެވެ. ޝާން އޭނާއެއް އެއްޗެއް ކައްކާފައި އެންމެ ފަހުން ދީފައިވަނީ ޒާންއަށް ބަޑުބޮޑު އިރެވެ. ކުއްލިއަކަށް އަނެއްކާ ކިހިނެއް ވީބާއޭ ހިތަށް އެރިއެވެ. ކުޑަ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކޮށްލުމަށްފަހު ނުހާ ނާސްތާ ކުރަން އިށީނެވެ.
” ދަރިފުޅު ކޮންއިރަކު ލެކްނޯ ކުންފުނީގައި މަސައްކަތް ކުރަން ފެށީ..” ނުހާ ޖޫސްކޮޅެއް ބޯލުމަށްފަހު މަލާމާތް ކުރާ ރާގެއްގައި ބުނެލިއެވެ. ފްރިޖުގައި ހުރި ޖޫސް ޕެކެޓްތަކުން ތައްޓަށް ޖޫސް އަޅާފައި ތިމަންނަ ހެދި އެއްޗެކޭ ބުނުމުން ނުހާ ގާތަށް ހިނިއައެވެ. ދެމައިން ހީސަކަރާތުގައި ހެދުނުގެ ނާސްތާކޮށް ނިންމާލިއެވެ. މިއަދަކީ ސުކޫލްތައް ބަންދު ދުވަހެއް ކަމުން ނުހާ ހުޅުމާލެ ދާން ތައްޔާރު ވާން ދިޔައެވެ. ޒާންވެސް އޭނާގެ މަންމައާ އެއްކޮށް ދިއުމަށް ތައްޔާރުވިއެވެ. ނުހާމެން ގެއިން ނުކުތްއިރު އަކްރަމްގެ ކާރު އޮތީ ދޮރުމަތީގައި ޕާރކް ކޮށްފައެވެ. އަކްރަމް ފެނުމުން ނުހާ ހުރި ފިޔަވަޅުމައްޗަށް ހުއްޓުނެވެ. ޒާން އައިގޮތަށް އައިސް އަކްރަމްގެ އަތްހިއްލާލާފައި އަކްރަމްގެ އަތުގައި ޖަހާލިއެވެ. އަދި ބާރަކަށް އަކްރަމްބެ އޭ ކިޔާ ބައްދާލިއެވެ. ޒާން އެއްމެ ކުޑައިރުއްސުރެ އަކްރަމް ޒާންއަށް ވަރަށް ރަގަޅެވެ. އަކްރަމްވެސް ގަދަކަމުން ހިނިތުންވުން ވެރި ކުރުވަމުން ޒާންގެ ގައިގާ ބައްދާލިއެވެ. އޭރުވެސް ނުހާ ހުރީ ހިގައިގަންނަން ނޭގިފައެވެ. ކުއްލިއަކަށް ޒާން އައިސް ނުހާގެ އަތުގައި ހިފާ ދަމާފައިގޮސް ކާރަށް އެރިއެވެ.
” ލެޓްސް ގޯ…. ވޫހޫ..” ޒާން ހުރީ ވަރަށް މަޖާވެފައެވެ. ކުރީ ސީޓުގައި އިދެ އަކްރަމްއާ އެތަކެއް ވާހަކައެއް ދައްކަމުން ޒާން ދިޔައެވެ. އަކްރަމް އިރު އިރުކޮޅާ ލޯގަޑުން ނުހާއަށް ބަލާލައެވެ. ނުހާ އޭނާއާ އެއްކޮށް ހުންނަން ބޭނުން ނުވާކަން އެގެއެވެ. ނަމަވެސް ޒާން ގުޅާފައި ބުނުމުން އަކްރަމް ނުހާމެން ހުޅުމާލެ ލައިދޭން އައިއެވެ. ނުހާ އަގައިންވެސް ނުބުނެ ބޭރު ބަލައްޓައިގެން އިނެވެ. އަދިވެސް އޭނާގެ ހިތުން ވެދިޔަ ކަންތައް ނުފިލައެވެ.
” މަންމާ ދޯ…… މަމް… ހެލޯ….” ޒާން ވާހަކަ ދައްކަމުން ދިޔައި ނުހާއާއެވެ. އޭރު ނުހާ އިނީ ފުން ހިޔާލު ތަކެއްގައި ގެއްލިފައެވެ. ޒާން ދެތިންފަހަރަކު ގޮވާލުމުން ނުހާ ދިޔައީ ސިއްސައިންނެވެ.
” ކީކޭ… ” ނުހާ އެއްވެސް ޝައުގުވެރިކަމެއް ނެތް ރާގަކަށް ބުނެލިއެވެ.
” ކިހިނެއްވެފަ މަންމަ ތިހިރީ.. ކީއްވެ ކުއްލިއަކަށް މޫޑު ދިޔައީ…. އަކްރަމްބެއާ ވާހަކަވެސް ނުދައްކާ ދުވަހެއްތަ؟” ނުހާ އިން ހަމަހިމޭންކަން ފެނުމުން ޒާން ސުވާލުތަކެއް އަމުނާލިއެވެ. އޭރު ނުހާމެންގެ ވެކޭޝަން ގެއާ އަރާ ހަމަވެއްޖެއެވެ.
” އަވަހަށް ދޭބަލަ ޒާން ދޮރު ހުޅުވަން…. މަންމަ މިއަންނަނީ..” ކާރުން ފައިބަމުން ނުހާ ބުނެލުމާއެކު ޒާން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގެއަށް ވަނެވެ.
” ނުހާ… އަހަރެން ނުހާއާ ވާހަކަ ދައްކާލަން ބޭނުން.. އަހަރެމެން ދެމީހުން ދެމެދުގަ ވަރަށް ބައިވަރު ކުއްހީ ތަކެއް އެބަވޭ…” އަކްރަމް ކާރުން ފައިބާފައި ނުހާ ހިގައިގަންނަން އުޅުމުން އަތުގައި ހިފާފައި ބުނެލިއެވެ.
” މިހާރަކު ނުން… އަކްރަމް ކޮންމެ ވާހަކައެއް ދެއްކިޔަސް އަހަރެމެން ކުރި ކަމެއް ނުކުރާ ކަމަކަށް ނުވާނެ… އަހަންނަށް ވަރަށް އުދަގޫ އަކްރަމްއާ ކުރިމަތިލާންވެސް… އަކްރަމް އެކަން ވިސްނާ ނުލާނުން މިއަދު އަހަރެން ކުރިމައްޗަށް ތިއައީ..” ނުހާ އަކްރަމްއަށް ބަލާލަމުން ބުނެލިއެވެ. އޭރުވެސް އަކްރަމް ހުރީ ނުހާގެ އަތުގައި ހިފަހައްޓާލައިގެންނެވެ.
” ނުހާ ކީކޭ ތިކިޔަނީ…. އަހަރެން ކުރިންވެސް ބުނީމެއްނުން އަހަރެމެން ދެމީހުން ދެމެދަކު އެއްވެސް ކަމެއް ނުހިގައޭ… ނުހާ ވިސްނާލަބަލަ.. އަހަރެން ކީއްކުރަން…. ނުހާ… ނުހާ….” އަކްރަމްގެ އަތުން އަތް ދަމާއިގަތުމަށްފަހު ނުހާ އެބުރި ބަލާވެސް ނުލާ ހިގައިގަތެވެ. އަކްރަމް އާދެވުނު ރުޅިން ކާރުގެ ބިއްލޫރިގަޑުގައި ވަރަށް ބާރަށް ޖަހާލެވުނެވެ. އެވަގުތު ކާރުގެ ބިއްލޫރިގަޑު ތަޅައިން ގޮސް އަކްރަމްގެ އަތަށް ބިއްލޫރިތައް ހެރުނެވެ. މާބާރު އަޑެއް އިވުމުން ނުހާ ފަހަތަށް އެބުރި ބަލާލިއެވެ. އޭރު އަކްރަމްގެ އަތުން ލޭތަށް ފައިބަމުން ދިޔައެވެ. ނުހާ ދުވެފައި އައިސް ލޭ އަންނަމުން ދިޔަ އަތުގައި ހިފަހައްޓާލިއެވެ. އަދި އޭނާ ލައިގެން ހުރި ކަކުލާ ހަމައަށް އަރާ ހެދުމުން ފޮތިކޮޅެއް ނައްޓާލުމަށްފަހު އަކްރަމްގެ އަތުގައި އައްސާލިއެވެ. ނުހާއަށް މަޑުމަޑުން ރޮވެންފެށުނެވެ. އޭނާއާ ހެދި އަކްރަމްއަށް އަނިޔާ ލިބުނު ކަމުގައި ގަބޫލު ކުރެވެން ފެށުނެވެ. ޒާންވެސް ގޭތެރޭގައި ހުރެފައި ބޭރަށް ނުކުރީ އެއްޗެއް ތަޅައިން ދިޔަ އަޑު އިވިގެންނެވެ.
އަވަސް ފަރުވާ ދޭ ކޮޓަރީގައި އަކްރަމްގެ އަތަށް ފަރުވާ ދެމުން ދިޔައެވެ. ޒާންއާއި ނުހާ ބޭރުގައި މަޑޫކޮށްގެން ތިއްބެވެ. ޒާން މަޑުމަޑުން ނުހާގެ ގައިގާ ހިފަހައްޓާލައިގެން ހުރީ ނުހާ ރޯވަރުންނެވެ. ވީގޮތެއް ޒާން އަހާއަހާވެސް ނުހާ ނުބުންޔެވެ. 20 އަކަށް މިނެޓް ފަހުން ބޭސް އަޅައިގެން އަކްރަމް ނުކުތެވެ. ނުހާއަށް ދުވެފައިގޮސް އަކްރަމް ގައިގާ ބައްދާލެވުނެވެ. އަދި ސޮރީއޭ ކިޔާ ރޯން ފެށިއެވެ. މީހުންގެ ކަޅިތައް ނުހާއަށް އަމާޒުވެ ކޮންމެ މީހެއްވެސް އެމީހެއްގެ ފޯނުން ފޮޓޯނެގޭތޯ ބެލިއެވެ. އަކްރަމް ނުހާގެ ކޮޑުގައި ހިފަހައްޓާލައިގެން ހުރެގޮސް ހޮސްޕިޓަލުން ނުކުތެވެ. އެއްގޮތަކަށްވެސް ނުހާ ބަދުނާމު ވާފަދަ ކަމެއް އަކްރަމްގެ ފުށުންވާން އޭނާ ނޭދެއެވެ. ޒާންވެސް އެމީހުންގެ ފަހަތުން ހަލުވި ހިގުމެއްގައި ހިގާފާއައެވެ.
12 Comments!
Comments are closed.
Maashaa Allah!!!!!maashaa Allah….. V furihama……??????speechless….sis u r talented…..??????YOU R THE BEST???….keep it up……jal jinae(take care)…. SARANGHAE MY SHINING KRYSTAL?????????????????????
Thank you dongsaeng ????
Wow hama Speechless… Stry is very awsome… Masha Allah Vvvvv Vvvvv reethi mi partvx… Cover pic ves Vvvvv reethi… Stry ge baithah genesdheyleh varah varah reethi… Sis ur superb dear… N Masha Allah ur a perfect writer dear… Ur a talented writer.. BEST AUTHOR ey buneveeny… Ehaa ves furihama… And u will be a grt writer insha allah… Keep it up.. Abaduvx beley mi story up veythw hama kiyaa hithun kehnuvey vihya…. Alheyy mihaa interesting vanyya dhen kihine hadhaanee.. Nxt part kiyaahithun mihaaru vx kehmdhuvefa… Curiously waiting for the nxt part…. I purple you ? ? ? ? ?
RAMADAN MUBAARAK SIS
# stay in home and take care be safe
Wow hama Speechless…. Stry is very awsome..Masha Allah Vvvvv Vvvvv reethi mi partvx…. Loa kurimathy live koh fennahen heevany… Mi film eh tha sis direct koffa in… Hehe.. Hurihaa manzareh fennathy hama heevany viyya film eh hen… Mi site ga in emme reethi vaahaka ey bunaany hama… Ehenvex vaane thaa dhw dhen sis mihaa salhi stry eh genes dheythy… I have no words to describe how perfect you are bringing this stry.. To be honest me number 1 ge stry eh hama… Esfiya site ga huri enme salhi eh writer ingey.. Cover pic ves Vvvvv reethi… Stry ge baithah genesdheyleh varah varah reethi… Sis Ur superb dear.. Sis thy hama enme best writer mihaaru thibi kudhin thakuge therein… Masha Allah hama vrh telented writer eh.. Sifakurumuge vaahaka nudhehkiyyaa kanneyge rangalhu vaany.. Ehaa ves furihama.. Masha Allah ur a perfect writer dear… Ur a talented writer.. BEST AUTHOR ey buneveeny.. Ehaa ves furihama… And you will be a grt writer insha allah…. Keep it up abaduvx beley mi story up veythw hama kiyaa hithun kehnuvey vihya.. Alheyy mihaa interesting vanyya dhen kihine hadhaanee… Nxt part kiyaahithun mihaaru vx kehmdhuvefa… When next part curiously waiting for the nxt part.. I PURPLE YOU ? ? ? ?
You must spent an hour to write that jiminie………..
Sis when next……. I have been waiting for long….. & I will wait……
??????????curiously waiting
Wow …..?????this is Amazing…….. U r great Krystal…….. Waiting for next part???????
Yeah… It took almost 1 year ♥️♥️♥️????????
Hello……… Maashaa Allah…….. Its fabulous??????great job………U R ONE OF THE BEST AUTHOR I HAVE SEEN KRYSTAL…….?????though this is your first story, it is way better………. C’mon u can do it……?????dont loose hope cuz u r my hope and your hope is mine, my name is j-hope…….????????????KEEP IT UP
Awwnnnn. Thank you jimin.. its really touching. I am so glad i started writing this story after such hesitation….
Tears in my eyes after reading this comment… kuda koh busy v ma aneh part up nukoh iny.. insha allah miadhu kohlla dheynan…
I purple you too ????
It’s okay dear…
Thank you seokjin….
Feels like whole BTS visiting… hahaha
I am just full of imaginations…. dont mind me?