Skip to content
އެސްފިޔަ

ތީ އޭ އުފަލަކީ…(9)

“އަހަ އަހަ.. އަހަރެންނައް ވެސް ފެންނަނީ މިދެމީހުން ކައިވެނި ކުރުވަން..” ނިއަލް އާ ދިމަލައް.. ބަލާލަމުން އަހަރެން ބުނެލީމެވެ.. “އެހެންވީރު.. ރާރާ އަހަރެންނާ ކައިވެނި ކުރާނީ ކޮންއިރަކު..”…..”ދެން!! އަދި ނެތެއްނު ނުވެފައެއް..”..

އެއްވެސް ފިކުރެއް ނެތި އުފާވެރި ދުވަސްތަކެއް އަހަރެމެން ގުނަމުން ދިޔައީ ކުރިއަށް އަންނަން އޮތް ބޮޑު މުސީބާތަކާ މެދު ވިސްނާވެސް ނުލައެވެ……………….

އާދުވަހަކައް އިރު އަރައިފިއެވެ.. އަހަރެން ތައްޔާރުވެލައިގެން އޮފީހައް ދިޔައީމެވެ.. ހަމަޖެހިލައިގެން އިންދާ މާހާ ދުވެފައި ކަހަލަ ގޮތަކައް އައިސް އަހަރެންގެ އޮފީސް ރޫމް އަށް ވެނެވެ.. “ކިހިނެއްވީ ހާދަ އަވަސްކޮއްލައިގެން ތިއުޅެނީ”….”ދެންމެ ކޮންމެސް މީހެއް ގެނެއްސި ބޯ ހަމަ ނުޖެހޭ އަންހެނެއް.. ބުނީ އެމީހާގެ ފިހާރައިން އެއްޗިސް ވަގައް ނެގީއޯ”…”ހުރޭ އަހަރެން މިދަނީ”…

ބަލާބެލުމައް އަހަރެންވަރުގެ މީހެކެވެ.. “ކޮއްކޯ.. ކޮން ނަމެއް ކިޔަނީ؟؟”… “ތީ ކާކު ..އަހަރެން ވައްކަމެއް ނުކުރަން.. އަހަރެން ދޫ ކޮއްލާ.. “… އެ އަންހެންކުއްޖާ ކުއްލިއަކައް ބިރުން ތެޅިގަތެވެ.. “މޭމް އެމީހާއާ ކައިރިނުވޭ.. ނޭނގިހުއްޓާ ހަމަލާއެއްވެސް ދީފާނެ”…ހަނާ އަވަސްއަވަހައް ބުނެލިއެވެ… އެ އަންހެން ކުއްޖާ.. ދުވެފައި ގޮސް ފާރުގައި ބޮލުން ތަޅަން ފެށިއެވެ.. މާލަސްތަކެއްނުވެ އަނބުރައިގަނެގެން.. ވެއްޓުނެވެ.. “އޭ ދެން ވެސް އޭނަ ގޮވައިގެން އަވަހައް ހޮސްޕިޓަލައް ދޭބަލަ”….ޕޮލިސް ޓީމް ވެގެން އެ އަންހެން ކުއްޖާ ހޮސްޕިޓަލައް ގެންގޮސް އަވަސް ފަރުވާދެވެން ފެށިއެވެ.. “މޭމް.. އެކަމް ހޮސްޕިޓަލް ފީ އޯ؟؟”.. ހަނާ އަހާލިއެވެ..”އަހަރެން ދައްކާފާނަން “… އެ އަންހެން ކުއްޖާކާރީ އަހަރެން މަޑުކުރާނެ ކަމައް ބުނެ.. ދެން ތިބިމީހުން ފޮނުވާލީމެވެ.. އަހަރެން މާޝާ އަށް ގުޅާފައި މިރޭ ގެއަށް ނުދެވޭނެ ވާހަކަ ވެސް ބުނީމެވެ.. ޑޮކްޓަރ ވަނުމުން އެ އަންހެން ކުއްޖާއަށް ކީއްވީތޯ އަހަރެން އަހާލީމެވެ.. “ރިޕޯޓު ތަކުން ދައްކާގޮތުގައި ނެތް މާ ބޮޑުކަމެއް ވެފައެއް.. އެކަމަކު ހުރެދާނެ ދިމާވި ހާދިސާއެއްގެ ސަބަބުން ތިކުންޑިއަށް އޭގެ އަސަރު ކޮއްފަވެސް ..އެހެންވީމަ ވީހާވެސް ބޮޑައް.. އޭނާ އުފަލުގަ ބެހެއްޓޭތޯ ބަލާތި.. ރޮއެ ހިތާމަކުރުމުގެ ފުރުސަތެއް ނުދޭތި..”…”ޝުކުރިއްޔާ ޑޮކްޓާރ.. އޭނަ ހޭލާނީ ކޮންއިރަކުންތޯ”….”އެންމެ ލަސްވެގެން…24 ގަޑިއިރު ކުރިން ހޭލާނެ”… ޑޮކްޓާރ ދިއުމުން.. އަހަރެން އެ އަންހެން ކުއްޖާއަށް ނަޒަރު ހިންގާލީމެވެ..

އެ ކުއްޖާ ހޭލަން ދެން އަހަރެން އެތާގައި މަޑުކުރީމެވެ… “ދަ..ދައްތާ”.. “ކޮބާ އޯކޭތަ މިހާރު.. ބޯ އަނބުރާ ކަހަލަ ގޮތެއް ނުވޭ؟؟”…”ލައްބަ.. ޝުކުރިއްޔާ..”…”ކޮއްކޮ ކޮންތާކު އުޅެނީ..”….”އަހަރެންގެ މަންމަ އާއި ބައްޕަ.. ނޭނގެ ވީތަނެއްވެސް.. އަހަރެން ދާނެ ތަނެއް ވެސް ނެތް”… އެ އަންހެން ކުއްޖާއާމެދު ހަމްދަރުދީ އުފެދުނެވެ.. “ކޮއްކޮ ދައްތަ މެންގޭ އުޅެން ދާންވީނު..އެއްކޮއް ރަނގަޅުވަންދެން”…އެ އަންހެން ކުއްޖާ އުފަލުންގޮސް އަހަރެންގައިގާ ބައްދާލިއެވެ..

އެ އަންހެން ކުއްޖާ ގެއަށް ދޫ ކޮއްލުމުން  އަހަރެން އެ ކުއްޖާ ގޮވައިގެން ގެއަށް ދިޔައީމެވެ.. މާޝާކައިރީ ބުނެގެން އަހަރެންވާނީ ގެސްޓްރޫމް.. ސާފުކޮއްފައެވެ..”މީ ކޮއްކޮގެ ކޮޓަރި .. ދެން އަވަހައް ނިދާލާ”… އަހަރެން ސިޓިންރޫމް އަށް ނިކުމެ ސޯފާގައި އޮށޯވެލީމެވެ.. “ދޮންތާ ކިހިނެއްވެފަ ތިއޮތީ؟؟”.. ލާމިއު އައިސް ސޯފައިގައި އިށީންނަމުން ބުނެލިއެވެ..”ކަމެއްނުވެޔޭ.. މިދުވަސްކޮޅު އޮފީހުގަ މަސަތްކަތް ބުރަކަމުން.. ވަރުބަލިވެފަ”..ލާމިއު އައިސް.. އަހަރެންގެ ބޯ މޮޑެދެން ފެށިއެވެ.. “އާން އަހަރެން އަދި ހަނދާން ނެތިފައޭ މިހުރީ.. ދޮންތަބެ ބުނި.. ކުއްލި ގޮތަކައް އޮފީސްކަމަކު ރާއްޖެތެރެއަށް ދާން ޖެހިގެނޭ މިއުޅެނީ..”…”އެހެންތަ.. ނުވެސް ބުނޭ ދޮންތަކައިރިއަކު”..އަހަރެން ތުން ދަމާލީމެވެ.. މިވޭތުވެދިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި އެ އަންހެން ކުއްޖާއަށް ކާންދީ ލާނެ ހެދުންދީ.. ބޯހިޔާވެހިކަމެއް ހޯދަދިނީ އަހަރެންނެވެ…

ރޭގަނޑުގެ ވަގުތެވެ.. އަހަރެންނާއި މާޝާއާއި ލާމިއު އަދި  އެ އަންހެން ކުއްޖާއާ ކާން ތިއްބާ ޖުނާއާއި  ނަބީލްވެސް އައެވެ.. އެއަންހެން ކުއްޖާފެނި ޖުނާ ފާޑަކައް ސިހުނެވެ.. ނަމަވެސް އެކަން ނުދެއްކޭތޯ ބެލިއެވެ..”ކާންއަންނަންވީނު؟؟”..”ނޫނޭ މިއައީ ކައިގެން.. ..އަސްލު މިއައީ ލާރާގެ ހާލު ބަލައިލަންވެގެން.. އަހަރެން ހީކުރީ ދޮންބެ މަތިން މިސްވާވަރުން ލޮލުފިޔައެއްވެސް ނުޖެހޭނެކަމަށް”..”އުހޫ އޭނަ ބުނީ ނޭނގެޔޯ އާދެވޭނެ ދުވަހެއް”… “އާން އަހަރެންވެސް މި ހުންނަނީ ދޮންތަބެ ނައިސްގެން”..” އެ ކީއްވެއޯ ލާމީ”.. ޖުނާ އަހާލިއެވެ.. “ދޮންތަ އާ ކައިވެނި ކުރާކައްނު.. އޭރުނެއްނު އަހަރެންނައް ވެސް އަވަހައް މާޝާއްތަ އާ ކައިވެނި ކުރެވޭނީ”…ލާމީ ބުނެލިއެވެ.. “ލާމީ.. ހީވަނީ އިއްޔެގަ މާ މަދުން ހެން އަހަރެންނައް އިލޮށިފަތިން ޖެހުނީ”…”އަހަ އަހަ ކީއްކުރާނީ މިދެމީހުން އަދިވެސް ހީވަނީ 2 އަހަރުގެ ކުޑަކުދިންހެން..”..

އާދުވަހަކައް އިރުއަރަައިފިއެވެ.. ސައިހަދައި ނިމިގެން އަހަރެން ސޯފާގައި އޮށޯތްތަނާ މާޝާއައެވެ.. “ލާރާގެ ނެތްތަ ރަނގަޅު ފިރިހެން ރައްޓެއްސެއް.. އަހަރެންނާއެކު ބްލައިންޑް ޑޭޓަކައް ދާނެ”….”ނޫނޭ ތިބޭނެ ރަނގަޅު ކުދިން.. ހަމަޖައްސާދޭންވީ؟؟”…..”ތީދެން އަހާކަހަލަ އެއްޗެއްވެސްނޫނެއްނު.. މިއަދު ހަވީރައް”….”އާން ހުރޭ އަހަރެން ގުޅާލާފަ ވަގުތެެއް ބުނާން”…މާޝާއައިސް އަހަރެން ގައިގައި ބައްދާލިއެވެ..

ހަވީރުގެ ވަގުތެވެ.. މާޝާތައްޔާރުވަމުން ދިޔައީ ޑޭޓައް ދިއުމަށެވެ.. “ކޮބާ އަހަރެން ރީތިތަ؟؟”….”ތީ ރީތި މީހެއްކަން އެނގެ އެންނު އަހަ އަހަ”… މާޝާ ދިޔަ ކަމެއްނޭނގެ ލާމީ ގެއަށް އައެވެ.. “ދޮންތާ ހާދަ ވަރުބައްޔޭ ދީބަލަ ޖޫސްތައްޓެއް”….”މަޑުކޮއްލާ މި ގެންނަނީ”….”ކޮބާތަ މާޝާއްތަ.. މިއަދު ނުވެސް ފެނޭ”….”އޭނަ ވީ ޑޭޓަކައް ގޮސް..” ކުއްލިއަކައް ޖޫސްތަށިބޯން ހުރި ލާމީ ކުށިއަރައިގަތެވެ.. “ޑޭޓަކަށޭ؟؟؟؟.. ކީއްވެކުރިން ނުބުނީ.. ޕިސްޕިސް.. ކޮންތާކައް ދިޔައީ”….”ނުބުނާނަން.. ތިއުޅެނީ މާޝާއްތަގެ ދުވަސް ހަރާބުކޮއްލަން..”…”އަޅެ ދޮންތާބުނެބަލަ.. އޭރުން ދޮންތަބެގެ ހުރިހާ ސީކްރެޓެއްވެސް ބުނާނަން”…”ޔަގީންތަ؟؟”…”ވަރަށް ބޮޑައް ޔަގީން”….އަހަރެން މާޝާ ދިޔަ ތަން ލާމީ ކާރީ ބުނީމެވެ..

މާޝާ ރެސްޓޯރެންޓައް.. ވަދެ.. ޔަލްފް ހޯދަމުން ދިޔައެވެ.. މީހެއް ހައި ޖަހާލުމުން އެދިމާލައް ދިޔައީމެވެ.. “ޔަލްފް ދޯ؟؟”…”ޔާ އަވަހައް އިށީންދޭ..”…..”އަހަރެންނައް މާލަހުން ދޯ މިއާދެވުނީ..”…”ނޫނޭ މާޝާ ތިއައީ ހަމަ ގަޑިއަށް .. އަހަރެންނައް މާ އަވަހައް މި އާދެވުނީ.. ކޮބާ ކާއެއްޗިއްސައް އޯޑާރ ކުރަންވީނު.. ވެއިޓާރ”.. ޔަލްފް ވެއިޓަރައް ގޮވާލިއެވެ.. ވަގުތުން ވެއިޓާރ ޔުނީފޯމް ލައިގެން ހުރި ޒުވާން އުމުރުގެ ފިރިހެނެއް އައެވެ.. “ކޯޗެއްތޯ އޯޑާރ ކުރަނީ”.. މާޝާ އޯޑާރ ކުރަން އަނގަ ހުޅުވާލިތަނާ ބޮޑު ޝޮކެއް ލިބުނީ އެ ވެއިޓަރުގެ މޫނު ފެނިފައެވެ.. އެއީ ލާމީ ނޫން ދެވަނަ މީހެއް ނޫނެވެ.. ލާމީ މާޝާއާ ދިމަލައް ދެލޯ ބޮޑުކޮއްލިއެވެ..

އޯޑާރ ދިނުމުން 15 މިނެޓް ފަހުން ޕިއްޒާއަކާ ދެ ކޯކު ތަށިހިފައިގެން ލާމީއައެވެ.. ލާމީ ގަސްތުގައި ކޯކު ތަށި ޔަލްފް ގަޔައް ވަރާލިއެވެ.. “ސޮރީ ބޭބޭ..އަތް ކައްސާލީ”….”އެވަރު ކަމެއްވެދާނެ… މާޝާ އަހަރެން އެބަ އަންނަން ފާހަނައަށް ގޮއްސަ”.. ޔަލްފް ދިއުމުން އެ ގޮނޑީގައި ލާމީ އިށީންނިއެވެ..”މާޝާއްތާ ކޮންކަމެއްތީ… އެސޮރު ހީފަނީ ފިހެލާފައި އޮތް އަލުވި ފޮތްޗެއް ހެން ވިއްޔަ… ހިނގާ ގެއަށް ދާން”…..”ލާމީ ކިއްތަ ތިކުރަނީ.. އަހަރެން ކުރާ ހުރިހާ ކަމަކައް ބޯ ކޮއްޕަން ޖެހޭތަ ހަމަ.. ތީ ކުޑަކުއްޖެކޭ ބުނެފިމެއްނު… އަހަރެންނައް ވުރެ ކުޑަކުދިންދެކެ އަހަރެން ލޯތްބެއް ނުވާނަމޭ”….ލާމީ ދެން ހިފީ މާޝާގެ އަތުގައެވެ..”ދޫކުރޭ ލާމީ”… މާޝާ ގޮވައިގެން ގޮސް ވަނީ ރެސްޓޯރެންޓް ގެ ގުދަން ބަޔަށެވެ..

“މޮޔަ ވީތަ ލާމީ..ދައްކާ އަހަރެން ދާން ވެއްޖެ.. ޔަލްފް އުޅޭނެ އަހަރެން ގެއްލިގެން”…..”ނުދެވޭނެ އޭނަ ކާރިއަކައް”…..”މާޝާ ދެއަތުން ލާމީގައިގައި ޖަހަން ފެއްޓިއެވެ.. ލާމީ މާޝާގެ ދެއަތް ފާރާލާ ހައްޔަރުކޮއްލިއެވެ.. “ލާމީ ކޮއްކޯ ދެނ ދައްތަ ދޫކޮއްލާ”….”އަހަރެން މީ  ކަލޭގެ ކޮއްކޮއެއްނޫން.. ތީ އަހަރެންގެ ދައްތައެއްވެސ ނޫން..”…”ލާމީ މިހާރު ކަންތައް މާ މައްޗައް ތިދަނީ”.. ލަމީ މާޝާގެ ތުންފަތައް ބޮސްދޭން ފެށިއެވެ.. ސިހިފައި ބުދެއްހެން އިން މާޝާ ހޭވެރިކަން ވުމުން ލާމީ ކޮއްޕާލާފައި ކޮލުގައި ޖެހިއެވެ.. ރޮވޭ ހާލު މާޝާއެތަނުން ނިކުމެގެން ދިޔައެވެ..

މާޝާ ދިޔަގޮތައް ދިޔައީގެއަށެވެ.. މާޝާގެ މޫނު ހުރިގޮތްފެނި ކީއްވީތޯ އަހަރެން އަހާލީމެވެ… އޭރު ސޯފައިގައި ފޯނާކުޅެން ލާމީ އިނެވެ.. “ބުނެބަލަ ކީއްވީތަ.. އަނެއްކާ ޔަލްފް ނުބައި ކަމެއް ކުރީތަ؟؟”….”ނޫން ޔަލްފް ވަރަށް ރަނގަޅު.. ކަމެއް ނުވެޔޭ..”… މާޝާ އިތުރު އެއްޗެކޭ ނުބުނެ.. ކޮޓަރިއަށް ވަދެ ބާރައް ދޮރުލެއްޕިއެވެ.. “ލާމީ.. މާޝާއްތަ އެހުރީކީއްވެފަ ކަން އެނގޭތަ؟؟”….”އަހަރެންނައް ކިހިނެއްތަ އެނގެނީ.. އޭނަ ތެޅޭ ވައްތަރެއް”.. ލާމީ ކޮޓަރިއަށް ވަދެ އަދި އެއަށް ވުރެ ބާރައް ދޮރު ލެއްޕިއެވެ.. މި ދެމީހުންގެ ރުޅިގަދަ ކަމުން އަހަރެންގެ ބޯ ފަޅައިގެން ދާވަރުވިއެވެ..

ހެނދުނުގެ ވަގުތެވެ.. އަހަރެން އިނީ މައިލޯ ތައްޓެއް ގިރާށެވެ.. ނިދާހޭލައިގެން ލާމީ އާއި މާޝާއައީ ދާދިއެކުއެކީގައެވެ… ނަމަވެސް އެކަކު އަނެކަކައް ބަލާވެސްނުލައެވެ.. “ދޮންތާ އަހަރެންނައް ކޮފީ ތައްޓެއް ހަދާދީބަލަ”…”މާޝާ ދޭބަލަ ލާމީއަށް ކޮފީތައްޓެއް ހަދާދެން… އަހަރެން މިގިރާ ނިމޭނީ ވަރަށް ލަހުން”…މާޝާ ކޮފީތައްޓެއް ހަދައިގެން ގެންގެސް ލާމީއަތައް ދިއްކޮއްލިއެވެ.. ލާމީ ކޮފީތަށި ހިފާފައި ވައްޓާލިއެވެ… ޖޯޑު ތަޅައިގެން ދިޔަ އަޑައް.. އަހަރެންވެސް ދިޔައީ ސިއްސައިގެނެވެ.. “އަހަރެން ބުނީ ދޮންތަކާރީ ކޮފީ ހަދާދޭށޭ.. އިތުރުމީހެއް ކައިރިއަކު ނުބުނަން”…”ލާމީ އެކަމަކު ތީ ބޮޑުވަރު”.. އަހަރެން ލާމީއާ ދިމާލައް ބުނެލީމެވެ… އެއްވެސް އެއްޗެކޭ ނުބުނެ.. ގެއިން ނިކުމެގެން ލާމީ ދިޔައެވެ.. އަހަރެން ގޮސް ރޯން އިން މާޝާގައި ބައްދާލީމެވެ..”ތިވެގެން އުޅޭގޮތެއް ބުނީމަ ދޯ އެނގޭނީ.. ތިދެމީހުންގެ ސަކަރާތްގަނޑު މާ މައްޗައް ތިދަނީ”…”ކަމެއް ނުވެޔޭ ލާރާ”….”ބުނަން ބޭނުން ނެތިއްޔާ ގަދަކަމުން ބުނުވާކައް އަހަރެން ނޫޅެން..”…

ހުކުރުދުވަހެވެ.. އަހަރެން ނިއަލް އަށް ގުޅައިގެން އިންދާ ލާމީއައެވެ.. “ދޮންތާ ހުކުރައްދާން ގަމީހެއް އިސްތިރިކޮއްދީބަ”…”ގެނޭ އިސްތިރިކުރަންވީ ގަމީހެއް”…ލާމީ ގަމީހަކާ ފަޓުލޫނެއް ހިފައިގެން އައިސް އަހަރެންގެ އަތައް ދީފައި ފެންވަރާން ވަނެވެ.. “އެބަ އަންނަން ލާމީގެ ގަމީސް އިސްތިރިކޮއްފަ”….”ނޫން.. ނުދެވޭނެ.. މާޝާ ކާރީބުނޭ”.. ނިއަލް ތުއި ވެލާފައި ބުނެލިއެވެ… “ނިއަލް މިކޮޅައް އައީމަ އިނގޭނީ.. މި ލާމީ އާ މާޝާއަށް ވެގެން އުޅޭގޮތެއް އަހަރެންނަކައް ނޭނގެ…އިއްޔެގަ މާޝާ ގިރި ކޮފީތައްޓަކައް ވީމަ ލާމީ ތަށި ތަޅާލީ.. “….”އެދެމީހުނައް ޓައިމް ދިނީމަ ރަނގަޅުވާނީ.. އަހަރެމެން އެއަށް ވަންނާނެ ކަމެއް ނެތް..”.. މާޝާ!! ލާމީގެ އެއްޗިސް އިސްތިރިކޮއްލަދީބަ.. ޕްލީސް”…”އަހަ އަހަ ތިވަރައް އާދޭސްނުކުރިއަސް ކޮއްދީފާނަމޭ އަހަ “…ގަމީހާއި ފަޓުލޫނު އިސްތިރިކުރުމައްފަހު އެ ހިފައިގެން މާޝާ ވަނީ ލާމީގެ ކޮޓަރިއަށެވެ…. ރެކުގައި އެއްޗިސް އަޅުވަން އުޅެނިކޮއް.. މާޝާސިހުނީ ފާހަނައިން ނިކުތް ލާމީ ފެނުމުންނެވެ.. ހަމައެކަނި ކަކުލާހަމައަށް ދާ ތުވާލިކޮޅެއް އަނދެގެން ހުރިއިރު.. ވަރަށް ވެސް ފިރިހެންވަންތައެވެ.. ދިގު އިސްކޮޅެއް ލިބިފައިވާއިރު.. ހަށިގަނޑުގެ ވަރުގަދަކަމުން ވޯކްއައުޓް ކުރާކަން އެނގެއެވެ.. މާޝާގެ ހިތުގެ ތެޅުން އަވަސް ވުމީ ހުދު މާޝާއަށްވެސް ލިބުނު ސިހުމެކެވެ.. ލާމީގެ އިސްތަށިގަނޑުން ފެންފައިބަމުންދިޔައިރު ލާމީގެ ނަޒަރު ސީދާވެފައިހުރީ މާޝާއަށެވެ.. “ކީއްކުރަން އަހަރެންގެ ކޮޓަރިއަށް ވަނީ”…. ލާމީގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.. “މި..އި..އިސްތިރި..ކު..ރި އެއްޗި..ޗިސް ލާންވެގެން”…”އަހަރެން ނުބުނަން ދޯ މާޝާ ކާރީ އިސްތިރިކުރާކަށެއް”….”ލަ.ލާރާ އަށް ކުރެ”…”ބޭކާރު ބަހަނާ ދައްކާނެކަމެއްނެތް.. ހަމަ މިހާރުނިކުމޭ.. ގޮސް އެ ޔުލްކް ގެ ކޮޓަރިއަށް ވަދެބަލަ”…”ލާމީ.. އަދިވެސް އެކަމާތަ..ރުޅިއަރާފަ؟؟ ވަރަށް ބޮޑައް ސޮރީ.. އަހަރެންނައް ލާމީ ރުޅިއަރާކަހަލަ ކަމެއް ކުރެވިފައޮތިއްޔާ”….”ލާމީ މާޝާއާ ދިމަލައް އަނަންނަން ފެށިއެވެ…. މާޝާ ފަހަތައް އަޅާ ކޮންމެ ފިޔަވަޅަކާއެކު ލާމީ ކުރިއަށް ދެފިޔަވަޅު އަޅައެވެ.. އެހެންގޮސް ލާމީ މާޝާ ދޮރާ ތަތްކޮއްލިއެވެ.. “އަހަރެން މީ ކުޑަކުއްޖެއްތަ؟؟”… “ނު..ނޫން”…”ދެން ކީއްވެ.. މާޝާއަށް އަހަރެންނާއެކު ނޫޅެވެންވީ.. ބުނެބަލަ”..މާޝާ ހުރީ ބިރުން ވިރިވިރިއެވެ.. ލާމީ މާޝާގެ މޫނުގައި ފިރުމާލިއެވެ.. ލާމީ މާޝާގެ މޫނާކައިރިވާން ފެށުމުން މާޝާ މޫނު އަނެއްފަރާތައް އަނބުރާލިއެވެ.. ލާމީ އިތުރު އެއްޗެކޭ ނުބުނެ ކޮޓަރީ ދޮރުހުޅުވާލާފައި މާޝާ ބޭރައް ކޮއްޕާލިއެވެ.. އަހަރެންނައް މިތަން ފެނުމުން ..ދުވަފައި އައިސް މާޝާ ނެގީމެވެ..15 ވަރަކަށް މިނެޓް ފަހުން ލާމީ ނިކުތީ މުޅިން ރޫޖެހިފައި އޮތްގަމީހެއް ލައިގެނެވެ.. މާޝާ އިސްތިރިކުރި ގަމީހާ  ފަޓުލޫނު ހިފައިގެން ގޮސް ޑަސްޕިނައްލާފައި ގެއިން ނިކުމެގެން ދިޔައެވެ.. މާޝާ އިތުރު އެއްޗެކޭ ބުނުމެއްނެތި ކޮޓަރިއަށް ވަދެގެން ދިޔައެވެ.. “ނިއަލް.. މާ ދެރަކޮށެއްނު ކަންތައް މިވީ”…”އަނެއްކާ ކީއްވީ”…”މާޝާ އިސްތިރި ކުރި އެއްޗިސް ލާމީ ގޮސް ޑަސްޕިނައް އެލީ”…”ހުރޭ އަހަރެން އައިސްފަ ތިދެމީހުން ހަމައަކައް އަޅުވާލާނަން.. އައި މިސް ޔޫ. ސޯ މަޗް.. މައި ރާރާ”….”މިސް ޔޫ މޯ..މައި ނީނީ އަހަ އަހަ”..

މާޝާގެ ހިތުގައި އާވިންދެން ޖެހިފަދައެވެ.. ކުރިން ނުވާ ގޮތްކެއް ލާމީ ފެނުމުން ވެއެވެ.. ހިތުގެ ތެޅުން އަވަސްވެ.. ގައިން ހީބިހިވެސް ނަގައެވެ.. ލާމީ މާޝާއަށް ރުޅިވެރި ނަޒަރަކުން ބަލާ ކޮންމެ ފަހަރަކު ހިތައް އެތައް ޒަހަމެއް ލިބިގެން ދެއެވެ.. ފާއިތުވި ކޮންމެ ދުވަހެއް ދިޔައީ މާޝާގެ ހިތުގެ ބުނުން އިތުރައް ސާފުވަމުންނެވެ.. ގަޑިން 12 ޖެހީއެވެ.. މާޝާއޮތީ ނުނިދިފައެވެ.. އެނދުގެ ދެކޮޅުދެކޮޅައް ފުރޮޅިލައި ފުރޮޅިލައި އޮތީއެވެ.. ނަމަވެސް މިކަންތައް ހައްލުނުވަނިސް.. މާޝާއަށް ހަމަޖެހިލައިގެން އެންމެ ލޮލުފިޔައެއްވެސް ނުޖެހޭނެކަން ކަށަވެރެވެ.. މަޑުމަޑު ފިޔަވަޅުތަކެއްގައ މާޝާކޮޓަރިން ނިކުމެފައި ގެއަށް ނަޒަރު ހިންގާލިއެވެ.. އެކަކު ވެސް ނެތުމުން.. މާޝާ ގޮސް ހުއްޓުނީ ލާމީގެ ކޮޓަރީގެ ދޮރުމަތީގައެވެ.. މަޑުމަޑުން ދެތިންފަހަރު ޓަކިޖަހާލިއެވެ… ލާމީ ދޮރުހުޅުލި ވަގުތުއެތާ މާޝާ ހުރުމުން ސިހުނެވެ.. ނަމަވެސް ދޮރުލެއްޕިއެވެ.. މާޝާ އަނެއްކާވެސް ޓަކިޖަހަން ފެށިއެވެ.. ނަމަވެސް ލާމީގެ ހަބަރެއް ނުވެއެވެ.. މާޝާގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނެވެ.. ލާމީގެ ކޮޓަރީގެ ދޮރުގައި ލެގިލައިގެން ހުޅުވަންދެން އިނެވެ…10 ވަރަކަށް މިނެޓްފަހުން ލާމީ މަޑުމަޑުން ދޮރުހުޅުވާލިއެވެ.. މާޝާއަދިވެސް އެތާއިނުމުން …އަޖައިބުވި ނަމަވެސް މާޝާގެ އަތުގައި ހިފައި އެތެރެއަށް ވެއްދީމެވެ.. މާޝާ އިސްޖަހައިލައިގެން އެއިންގޮތައް އިނެވެ.. “މޮޔަވީތަ؟؟؟ މިއޮތް ދަންވަރު”.. ލާމީގެ ޖުމްލަ ނުނިމެނީސް.. މާޝާއައިސް ލާމީގައިގާ ބައްދާލިއެވެ.. މަތިން އެއްވެސް އެއްޗެއް ނުލައި ހުރުމުން ލާމީއަށް އުނދަގޫވިއެވެ.. މާޝާ ދުރުކޮއްލަން އުޅެފަވެސް މަޑުޖެހުނީ.. މާޝާގެ ލޮލުން ފައިބަމުންދާ ކަރުނަތަކުން ލާމީގެ މޭމަތި ތެމެމުން ދާތީއެވެ… މާޝާދުރުކޮއްލާފާ ލާމީ ވާހަކަ ދައްކަން ފެށިއެވެ.. “ކީއްވެ ތި ރޮނީ”…”ލާމީ އަކައް ނެނގޭތަ ލާމީ އެހެން ހެދީމަ އަހަރެން ދެރަ ވާނެ ކަމެއް.. އަބަދު އަހަރެން އިގްނޯ ކޮއްފަ.. ހަޅޭލަވާ.. އަހަރެން ދެކެ ހަމަ އެހާ ރުޅިއާދޭތަ؟؟”…”އަހަރެން ކިހިނެއް މާޝާދެކެ ރުޅިއަންނާނީ..އަހަރެން ހަމައެކަނި ބޭނުންވީ.. މާޝާއަހަރެންނާ ދޭތެރޭ ކޮއްކޮއެއް ހެން ދެކުން ހުއްޓުވަން”…”އެކަމަކު އެވަރުވާން ޖެހޭތަ؟؟”….”ލާމީ އަދިވެސް ލޯބިވޭތަ އަހަރެންދެކެ؟؟”…..”އަދިވެސްހޭ؟؟ އަބަދުވެސް ވޭ”..މާޝާ ކުޑަކޮއް ކޮރާލާފައި ލާމީގެ ތުންފަތައް ބޮސްދިނެވެ.. ލާމީ ދިޔައީ ސިއްސައިގެނެވެ.. “އައި ލަވް ޔޫ”.. ދެން މާޝާގެ ދުލުން އިވުނީ އެބަސްތައް އަޑުއެހުމައް ލާމީގެ ހިތް އެދެމުން ދިޔަ ބަސްތަކެވެ.. “ކީކޭ ތިބުނީ.. އަޑެއްނީވުނު”.. ލާމީ ޖެއްސުންކޮއްލިއެވެ.. “އައި!!!! ލަވް!!!! ޔޫ!!!!!”….”އޭ ހަޅޭނުލަވާ.. ތިއުޅެނީ ތަންގަނޑުމީހުން ހޭނުލައިގެންތަ”….”އަހަރެންނައް އޯކޭ ކޮންމެ މީހެއް ހޭލިއަސް”.. މާޝާ އަނެއްކާވެސް ލާމީގެ ތުންފަތައް ބޮސްދޭން އުޅުނެވެ.. ނަމަވެސް ލާމީ މާޝާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ.. “ތިއަށް ވުރެ ބޮޑު ބޮނޑިއެއް ބޯން ބޭނުން ނެތިއްޔާ.. ތިކަން ހުއްޓާލާ”.. ލާމީ މާޝާއާ ދިމަލައް ބަލަމުން ބުނެލިއެވެ.. މާޝާގެ ކޯ ލޭކޮޅެއްހާ ރަތްވިއެވެ.. މާޝާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.. ނަމަވެސް ލާމީ މާޝާގެ އަތުގައި ހިފައިގެން ގެނެސް މެއާ ބޮނޑިކޮއްލިއެވެ.. އަމިއްލަ އަކަންނު އައީ އެހެންވީމަ ދެވޭނީ އަހަރެން ބޭނުންވީމަ”.. ލާމީ މާޝާގެނެސް އެނދުގައި ބައިންދާފައި މާޝާގެ އުނގުގައި ބޯއަޅާލިއެވެ…”އަހަރެންގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާ ޖަހާ ނިދި ހަރާބުކޮއްލީ އެހެންވީމަ އަހަރެން ނިންދަވާފަ ނޫނީ ދާކައް ނުކެރޭނެ”.. ލާމީ އެއްލޯ މަރާލިއެވެ.. އެހެން އޮވެ މާޝާއަށް ވެސް ނިދުނެވެ………

ހެނދުނު 8 ޖެހީއެވެ… އަހަރެން އޮތީ ސޯފައިގައި އޮށޯވެލާގެން ނިއަލް އާ ފޯނުން މާފޮޅުވާށެވެ.. ކުއްލިއަކައް އަހަރެން ސިހުނީ.. ލާމީ މާޝާ އުރައިލައިގެން ލާމީގެ ކޮޓަރިން ނިކުތް ތަން ފެނިގެނެވެ.. އެމީހުނައް އަހަރެން ފެނުމުގެ ކުރިން ސޯފާގެ އަނެއްފަރާތައް ގޮސް ފިލީމެވެ.. އަހަރެން ވަގުތުން ނިއަލް އާ ވޯޑިއޯ ކޯލް ކޮއްލީމެވެ.. ވަގުވަގައް އެ ދެމީހުން ކުރާ ކަންތައް ބަލަން އަހަރެން އިނީމެވެ.. “އޭ ލާމީ.. ދެން އަހަރެން ބަހައްޓަބަލަ.. ހިނގޭނެޔޭ.. ލާރާ ނިކުމެއްޖިއްޔާ ކީކޭ ހިތައް އަރާނީވެސް”…”ދޮންތަ.. ހޭލާނީވަރަށް ލަހުން.. އަޅާނުލާބަލަ”…ލާމީ ސޯފާގައި އިށީންނުމުން މާޝާދެކޮފީތަށި ހިފައިގެން އައެވެ.. މާޝާ އިށިންނީ ލާމީގެ އުނގުގައެވެ.. ފާއިތުވެގެން ދިޔަ ކޮންމެ ސިކުންތެއްގައި އަހަރެންގެ ދެލޯ ދިޔައީ ބޮޑުވަމުންނެވެ…………………………

…ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (29)

  1. Yaal

    Vv reethi mi part vx
    Waiting for next part

    1. lilly
      Yaal

      thank u sooo much yaal

  2. Yan♥️

    Varah reethi Masha Allah eanhen kujaa aai junaa aai evx gulhumeh oveytha
    Stay safe

    1. lilly
      Yan♥️

      thank u sooooo much yan

  3. Lamko

    Oohh laamiu aa masha aa vc gulhunii dhww??vv reethi mi part….. Whn nxt part….can’t wait to read the nxt avahah up kolla dhehchey???sis lysm??

    1. lilly
      Lamko

      thank u soooo much lamkkooo….. lym dear 🙂

  4. shaiiii

    waaah waaah vvv salhi mi prt….waitingg for nxt prttt…..

    1. lilly
      shaiiii

      thank u sooo much shaiiii

  5. Anonymous

    Laamii aa masha thereyn kaaku boduvaanii..

    1. Lamko
      Anonymous

      Masha boduvaanii☺️☺️

    2. lilly
      Anonymous

      ofcourse.. maasha…… maasha aky laaraa aa ehvaru meeheh

  6. Kairaa

    Varah varah reethi mi part vx…..waiting for the nxt part…laamiu aa masha vx dhw…hehe..lysm…be safe

    1. lilly
      Kairaa

      thank u sooo much kai

  7. Riyaa

    Wow very nice Kon irakun next part?

    1. lilly
      Riyaa

      thank u sooo much riyaa.. maybe tonight

  8. Queen

    varah kamudhey…Next part tonight dhw?

    1. lilly
      Queen

      willll try my best..to upload tonight… thank u queen

  9. naana

    varah reethi mipart ves .e girl aky nial marry kuran uhunu kuhjaa dhow.

    1. lilly
      naana

      thank u soo much naaana

  10. lilly

    guysss… i have submitted part10…. hope u guyss will read it when it get published… and dont forget to let me know what u think about the story… love ya…

  11. A a10y

    When next part?

  12. Ahuu

    Lilly varah dhuvas kohlaafa mi msg eh kohlnee.. ???mi part ves varah varah reethi ❤️❤️

    1. Anonymous
      Ahuu

      Kokko msg eh nooney comment eh thi kollii… Hehe…. ??☺️

    2. lilly
      Ahuu

      thank u soo much ahuu

  13. Anuahs

    I love romantic stories.?♥️ mee hama enme habeys story. Varah salhi. Masha Allah♥️

  14. ?Aashko??

    Lilly thiy L atoll kuhjeh tha…. Just asking..

    1. lilly
      ?Aashko??

      nope

  15. Nana??

    Varah Varah reethi Mi prt ves avahah next prt upload kohdheeba and be safe

  16. Ahuu

    Thanks buney dhineema ahslu olhunee thanks Anonymous ????

Comments are closed.