Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަބަދުވެސް މިހިތުގާ ވެޔޭ (8)

Krystal Level 210 Stories100 Login100 Comments
May 1, 2020 4 Mins Read
10 Comments

ނުހާ ބޭރަށް ނުކުތުމުން ޝާން މަޑުމަޑުން ނުހާގެ އަތުގައި ހިފިއެވެ. އަދި ހައިރާންކަމާއެކު އަހާލިއެވެ. ” ކޮންތާކަށް ދާން؟ ”

” ޒާން އަންނަ އިރު ޝާންގެ ހުރިހާ އެއްޗެއް މިކޮޓަރީގަ ހުރީމަ ޒާން ކީކޭ ހިތަށް އަރާނީ؟” ނުހާ މަޑުމައިތިރި ރާގެއްގައި ބުނެލިއެވެ. ނުހާގެ އަތުން ޝާން ދޫކޮށްލިއެވެ. ކުއްލިއަކަށް ގޭގެ ދޮރުގައި ޕިން ކޯޑު ޖެހި އަޑު ދެމީހުންނަށް އިވުނެވެ. ދެމީހުން އެއްފަރާ ކަހަލަ ގޮތަކަށް ދުވެފައި ގޮސް ސޯފާގައި އިށީދެ ޓީވީ ހުޅުވާލިއެވެ. އަދި ޝާން އޭނާގެ އަތް ނުހާގެ ކޮޑު މައްޗަށްލާ ގާތް ކޮށްލިއެވެ. ޝާންގެ މިހަރަކާތުން ނުހާގެ ހިތުގައި މަޑުމަޑު ވިންދެއް ޖަހަމުން ދިޔައެވެ.

ދެމީހުންގެ ގުޅުން ކިތަންމެ ހީނަރުވެފައި ވިޔަސް ނުހާވެސް އަދި ޝާންވެސް ދަރިފުޅު ކުރިމަތީގައި އެމަންޒަރެއް ނުދައްކައެވެ. ޝާން އަބަދުވެސް ބޭނުންވަނީ ޒާންއަށް އޭނާގެ ބައްޕައަކީ އެންމެ ރަގަޅު މީހާއަށް ވުމަށެވެ. ދަރިއެއް ބަފައަކަށް ކުރާ އިހްތިރާމް ނެތި ދަރިއަކު ބައްޕައަކަށް ނަފްރުތު ކުރަން ފެށުމުން ވާ ގޮތް ޝާންއަށް ވަރަށް ރަގަޅަށް އެގެއެވެ. ޒާން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އަދި އަތުގައި އޮތް ކޭކު ދިއްކޮށްލިއެވެ.

  • ކޮންގްރެޗުލޭޝަން މަމް & ޑޭޑް –

ކޭކުގައި ޖަހާފައި އިނެވެ. ނުހާ ތެދުވެލާފައި މީ ކޮންކަމެއްހޭ ބުނާފަދަ ގޮތަކަށް ޒާންއަށް ބަލާލިއެވެ. ޒާން އޭނާގެ ފޯނު ނަގާ ނުހާއަށް ދިއްކޮށްލުމުން ނުހާ ފޯނުނަގާ ބަލާލިއެވެ. ބަލާލުމަށްފަހު ޝާންއަށް ފޯނު ދިއްކޮށްލީ ހުރިހާ ކަމެއް ޒާންއަށް ބުނެދިނުމަށް ބުނާފަދަ ގޮތަކަށެވެ.

  • މައްޝޫރު ފިލްމީ ތަރި ނުހާ އިނީ ދެވަނަ ދަރިއަކަށް ބަލިވެ –

ޝާން ޚަބަރުގެ ސުރުހީ ކިޔާލިއެވެ. އަދި ޒާން ގާތު އައިސް އިށީދެލުމަށް އެދުނެވެ. ޒާން ކޭކު ނުހާއަށް ދިއްކޮށްލުމަށްފަހު އިށިދެލިއެވެ. ޝާން ނުހާ ބަޑުބޮޑު ނުވާކަމާއި އެއީ ޑަކްޓަރުން ބަލަން ޖެހޭ ވަރަށް ނުބެލުމުގެ ސަބަބުން ކުރިމަތިވެ ކަމެއްކަމަށް ވަރަށް ރަގަޅަށް ޒާންނަށް އޮޅުން ފިލުވައިދިނެވެ. ޒާން ހުރިހާއެއްޗެއް އަޑުއަހަން އިނީ ވަރަށް ހިމޭންކަމާއެކުއެވެ. ޒާންގެ މޫނުމަތިން އޭނާ ދެރަވެފައި އިންވަރު ފެންނަމުން ދިޔައެވެ. ޒާން އަބަދުވެސް ކޮއްކޮއެއް ބޭނުންވެޔެވެ. އޭނާއާއި އެކު ވަގުތު ހޭދަކޮށް ހުރިހާ ސިއްރެއް ކިޔައިދެން އޭނާގެ ކޮއްކޮއެއް ހުރުމަކީ އޭނާ އަބަދުވެސް ދުއާ ކުރަމުން އައި ކަމެކެވެ. މަންމަމެން ގާތު އެވާހަކަ ދައްކަން ޒާން ލަދުގަނެއެވެ. އޭނާ މެލޭޝިއާގައި ހުރެފައި މާލެ އައިވެސް ވީހާވެސް އަވަހަކަށް އެ އުފަލުގައި ބައިވެރިވުމަށެވެ. ނަމަވެސް އެއީ ނުވާ ކަމެއްކަމަށް ބުނުމުން މުޅި މީހާ އިނީ މާޔޫސްވެފައެވެ.

” ދަރިފުޅު ކިޔެވުން ކިހިނެއް ހެދީ އޭލެވެލް ފެށިއްޖެނުން ” ކާގޭގައި ކާން ހަދަން ހުރެފައި ނުހާ އަހާލިއެވެ. ޒާންނަށް ކުއްލިއަކަށް ކުރި ސުވާލުން އޭނާ ބުނާނެއެއްޗެއް ނޭގި ބަސް ހުއްޓިފައި ހުއްޓެވެ. އަދި ގޮސް ނުހާއަށް އަތްގާތް ކޮށްލަދެން ކާގެއަށް ވަނެވެ.

” މަންމާ އަހަރެން ބޭނުމީ ދެން މާލެއިން ކިޔެވުން ކުރިއަށް ގެންދަން. އަހަރެންވެސް މިހާރު ބޮޑުވެއްޖެނުން. އައި ކޭން ލުކް އަފްޓާ މައިސެލްފް..” ޒާން ބުނެލިއެވެ. މި އަޑަށް ޝާން އައިސް ކާގެއަށް ވަނެވެ.

” އޭރުންނޯ ދަރިފުޅު ކިޔެވުން ހަލާކު ވާނެނުން.. މާލެމީ އެހާ ރަނގަޅަށް ތައުލީމު ދޭ ތަނެއް ނުން..” ޝާން އަށް އެއްގޮތަކަށްވެސް ޒާންގެ ނިންމުން ކަމަކު ނުދިޔައެވެ. އަބަދުވެސް ޒާން ބުނި ކޮންމެ ކަމަކަށް ޝާން އާ ބަސް ބުނަމުން ދިޔައެވެ. ނަމަވެސް މާލެ ބަދަލުވާން ޝާން އެއްގޮތަކަށްވެސް ތާއީދެއް ނޫނެވެ. ނުހާއަށް އެއީ ކީއްވެކަން ވަރަށް ރަގަޅަށް އެގެއެވެ. އަރީކާ ގެ ވާހަކައަކީ ނުހާވެސް ޒާންނަށް ސިއްރު ކުރަން ބޭނުން ވެފައި އޮތް ކަމެކެވެ. ޒާން މިކޮޅަށް ބަދަލު ކުރުމާ މެދު ޝާން ވިސްނަމުން ދިޔައެވެ. ބަދަލުކޮށްފިނަމަ އަރީކާގެ ކަންތައްތައް ކޮންމެވެސް އެއްގޮތަކުން ޒާންއަށް އެގިދާނެ ކަމުގެ ބިރު ޝާންއަށް ހީވާން ފެށިއެވެ. މެންދުރުގެ ކެއުމަށްފަހު ޒާންވެސް ގޮސް ކޮޓާރިއަށްވަދެ ނިދަން ޖައްސާލިއެވެ. އަދި ބައްޕަ އެކަމާމެދު އިންކާރު ކުރާ ސަބަބަކީ ކޮބާބާއޭ ހިތަށް އަރަމުން ދިޔައެވެ.

***

” ހަލޯ ތިއްތާ… ވަރަށް ބޮޑަށް ތޭންކްސް ތިކޮށްދިން ކަމަށް… އަހަންނަށް މާލެ އާދުވުނީ ތިއްތަގެ ހެލްޕްއިން.. ކެއުމަކަށް އަރާލަންވާނެ.. ” އަރީކާ އޭނަގެ ތިއްތަ އަރީޝާއާ  ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ.

” ތިއްތަ އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ އަރީކާ ތިކަން ކުރަން. ތިއްތަ މިކުރިކަމަކުން ތިއްތަ ވަޒީފާއިން ކަޑާލައިފިއްޔާއޯ..” އަރީޝާ ނުރުހުން ތެރިކަމާއެކު ބުނެލިއެވެ.

” އަޅެ އަދި އެންމެ ކަމެއް ޕްލީސް… މިކަން ވެއްޖެއްޔާ އަހަންނަށް ޝާން އާ ކައިވެނި ކުރެވޭނެއޭ… ޕްލީސް ތިއްތާ..” އަރީކާ ބުނެލިއެވެ.

” އަރީކާ.. އަޅެ ތިއްތައަކަށް ނުކެރޭނެ.. ހޮސްޕިޓަލް މީހުންނަށް އިގިއްޖެއްޔާއޯ.. ދެންނުވާނެ.. އަރީކާ ތިހާވަރުން ޝާންއާ އިންނަން ޖެހޭތަ؟” އަރީޝާ އަހާލިއެވެ.

އަރީކާ ގާތަށް ރުޅިއައެވެ. އޭނާ ޝާންއާ އިންނަން ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. އެކަން އަރީޝާއަށް ވަރަށް ރަގަޅަށް އެގެއެވެ.

” ހެޔޮ.. އަހަންނަށްވެސް ޕޮޒިޓިވް ޕްރެގްނެންސީ ރިޕޯޓެއް ހޯދަދީ… އެއްފަހަރު މިހާރު އެކަން ކޮށްފީމެއްނުން.. ނުހޯދަ ދީފިއްޔާ ދެން ބަލާ ތިއްތައަށް ތިވަޒީފާގެ ނުހުރެވޭނެކަމަށް..” އަރީކާ ބިރުދައްކާލަމުން ބުނެލިއެވެ. އޯކޭ އޭ ބުނުމަށްފަހު އަރީޝާ ފޯނު ބޭއްވިއެވެ. އޭނާގެ ކޮއްކޮ މިހާވަރުން ޝާން އާއިންނަން އުޅޭ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނެއެވެ. ޝާންގެ ދަރިއެއް ހުންނަކަން މީ އެންމެނަށް އެގޭ ހަގީގަތެކެވެ. އަދި މީގެ އިތުރުން ޝާން އަކީ އަރީކާއަށްވުރެ 5 އަހަރު ބޮޑު މީހެއްވެސްމެއެވެ.

***

” އަހަރެން ނިންމައިފިން ޒާން ދެން އަހުމަދިއްޔާއަށް ލާން.. އެސޮރު އެހާ ބޭނުމިއްޔާ އެކަން ކޮށްދެން ވާނެތާ.. ނުހާވެސް ބަލާތި ވީހާވެސް ޒާންއަށް އެއްވެސް ކަމެއް ނާންގާވޭތޯ..” ޝާން ވާހަކަ ދައްކަމުން ދިޔައީ އެރޭ ނިދަން އޮވެފައެވެ.

” އާނ.. އަހަރެންވެސް އެހާ ގަމާރެއް ނޫނޭ… ” ނުހާ ބުނެލިއެވެ.

ޒާން ސުކޫލަށް ލުމުގެ ކަންތަކާ ނުހާ ހަވާލުވިއެވެ. އަދި ހޯދަންޖެހޭ ހުރިހާއެއްޗެއް ހޯދާ ސުކޫލް ފީވެސް ދައްކާ ނިންމާލިއެވެ. ޒާން ސުކޫލަށް ދިޔަ ފުރަތަމަ ދުވަހުވެސް ހުރިހާއެންމެން ކަހަލަ ގޮތަކަށް އޭނާއާ ގާތްވާން މަސައްކަތް ކުރިއެވެ. ނުހާގެ ދަރިފުޅު ކަމުން ޓީޗަރުންވެސް ހާއްސަ ސަމާލުކަމެއް ޒާންއަށް ދެމުން ދިޔައެވެ. އެންމެންގެ ސަމާލުކަން ޒާން އަށް ލިބެމުން ދިއުމުން އޭނާއަށް ކުޑަކޮށް އުދަގޫ ވިއެވެ. ބޭރުގައި އުޅުން އިރު ވަރަށް މިނިވަންކޮށް ޒާން އުޅުނަސް މިހާރު އޭނާ ވެސް މަސައްކަތް ކުރަމުން ދިޔައީ ވީހާވެސް ބަލައިގެން އަހްލާގު ހިފަހައްޓައިގެން އުޅެވޭތޯއެވެ.

***

” ދެން ކޮން އިރަކުތަ އަހަންނާ އިންނަނީ” އަރީކާ ޝާންގެ ހިމަ ދިގު އިގިލިތަކާ ކުޅެމުން އަހާލިއެވެ. ދެމީހުން ތިބީ އަރިކާމެންގޭގެ ފެންޑާގައެވެ.

” އަހަރެން އޭރު ކައިވެނީގެ ވާހަކަ ދެއްކީ އަހަރެން ވަރަށް ސްޓްރެސްވެފަ ހުރީމަ.. އަދި އިންނާކަށް ނުވެޔެއްނުން… އެހެން ނުނަސް އަހަރެން ފުރަތަމަ ނުހާ ކައިރިން މަޝްވަރާކޮށްލަން ބޭނުންވޭ..” ޝާން ޖެހިލުން ވެފައި ބުނެލިއެވެ.

” ހޫ.. އަބަދު ނުހާ ނުހާ ނުހާ… އެނުން ނަމެއް ތިއަގައިން ކިޔޭތަ… އަހަރެން މީ ޝާން ޔޫސް ކޮށްލަން ގެންގުޅޭ ޑޯލްއެއްތަ؟ ޝާން އަށް އެގޭނުން އަކްރަމް އާ ނުހާ އާ އޮންނަ ގުޅުން. އަހަރެން އޭރުވެސް ބުނީމެއްނުން އެދެމީހުން ކަންތައް ގަޑެއް ހިންގައޭ… އެކަމް ޝާން އަށް ލޮލަށް ފެނިފަ އަތުން ހިފުނީމަ ނޫނީ ގަބޫލެއް ނުކުރެވުނު… ދެން ހެޔޮ… އަހަންނެއް މިހެންނެއް ނޫޅޭނަން..” އަރީކާ ރުޅިއައިސްގެން ތެދުވެގެން ހިގައިގަތެވެ. ޝާން ވެސް ހަދާނެ ގޮތެއް ނޭގިފައި އިރުގަޑަކު އިނުމަށްފަހު ގެއަށް ދާން އެގެއިން ނިކުތެވެ.

މިހާތަނަށް ހުރިހާ ކަމެއްވެސް އަރީކާ ބުނި ގޮތަށް ހިގައިދިއުމުން ޝާން ހައިރާވިއެވެ. އަރީކާ ނުހާ އެހެން މީހަކާ ގުޅުން ބާއްވައޭ ކިޔަމުން އަންނަނިކޮށް ޝާންއަށް ވަނީ އަކްރަމް އާ އެއްކޮށް ނުހާ ފެނިފައެވެ. އަރީކާ ނުހާ ބަނޑުބޮޑުވެފައި ހުއްޓާއޭ ދެން ފެންނާނީ ބުނިތާ ހަފްތާ އެއްވެސް ނުވަނީސް ނުހާ ބަނޑުބޮޑޭ ކިޔާފައި ޑަކްޓަރު ބުންޔެވެ. ނަމަވެސް އެކަން އެއީ ދޮގެކެވެ. އަރީކާ ހުރިހާ ކަމެއް އެގެނީ ޖާދުލުން ބާއޭ ޝާން ހިތަށް އަރަމުން ދިޔައެވެ.

= ނުނިމޭ=

Share Article

Follow Me Written By

Krystal

Level 210 Stories100 Login100 Comments

Other Articles

Previous

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ…[2]

Next

ފޮނި ފާރޮށި 5

Next
May 1, 2020

ފޮނި ފާރޮށި 5

Previews
May 1, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ…[2]

10 Comments!

  1. kim taehyung says:
    May 1, 2020 at 2:46 pm

    V v v salhi ……masha Allah…….. This is the best story I have read…..?????dont know what to say…… Its fantastic……. Total how many parts????? Curiously waiting……..?????????❤❤❤……..um…..if you don’t mind how old r u??????
    U seems to be very experienced…… Maybe it is one of the reason this story is name…..I purple u always…… Saranghaeyo???????????

  2. Park Jimin says:
    May 1, 2020 at 2:55 pm

    Masha Allah…. Vvvvv reethi mi partvx….. Keep it up sisy… Back pic ves Masha Allah Vvvvv reethi….. You are soo talented…. May Allah protect you and your talent from evil eyes… Lysm sis ❤️ I purple you ???
    # stay in home and take care be safe
    #

  3. Loola says:
    May 1, 2020 at 3:25 pm

    V reethi … Ekm I really like nuha and shaan’s relationship …

  4. Krystal says:
    May 1, 2020 at 4:47 pm

    Awww thank you taehyung ah….
    I havent yet decided on the parts… it might reach 20 or 25 parts since I havent yet finished the whole story dont know how many it would take.
    I am 23 ??…
    I am not that experienced… this is my first story and i am always thinking that this might not be one that the readers might like ?
    Nado saranghae ????

    1. kim taehyung says:
      May 1, 2020 at 8:46 pm

      Thank you’re sisoo???????…… No thought wrong…. THIS IS THE BEST STORY…….. you are very able …….you can do it???????

  5. Krystal says:
    May 1, 2020 at 4:48 pm

    Thank you loola…
    Hehe is it.. how do you think this will end up???

  6. kim taehyung says:
    May 1, 2020 at 8:56 pm

    I think Shawn will understand about areeka’s evil plan…….and he will live happily with nuha…..I guess

  7. Krystal says:
    May 2, 2020 at 10:22 am

    Ummmmm…. lets see whats under her sleeves…..

  8. kim taehyung says:
    May 2, 2020 at 6:58 pm

    When next??????

  9. Krystal says:
    May 3, 2020 at 10:53 am

    I have submitted.. still pending… hope it gets published today…

Comments are closed.


All Right Reserved!