އަހަރެން އައުމުން ހިޝާމް ދާން ހިނގާށޭ ބުނެލިއެވެ.. ނިއަލް މެން ތިބި މޭޒާ އާރާހަމަވުމުން.. ހިޝާމް އަހަރެންގެ އުނގަނޑުގައި އަތް ވަށާލިއެވެ.. ނިއަލް އަތް.. މުއްކައްވާލި ތަން ފެނުމުން ހިޝާމްގެ ތުންފަތައް ވެރިވީ ކާމިޔާބީ ހިނިތުންވުމެކެވެ……..
“ލާރާ ޑޯންޓް ބީ ސޭޑް.. ހިނގާބަލަ އަހަރެންނާއެކު ތަނަކައް ގޮސްލަން.. އޭރުން ތި މޫޑު އެއްކޮއް ރަނގަޅުވެދާނެ”…”ކޮންތާކައް؟؟”…”ދިޔައީމަ އިނގޭނެ”…އަހަރެންނާ ހިޝާމް ރެސްޓޯރެންޓުން ނިކުންނަނިކޮއް އެހެން ދިޔަ ވެއިޓަރެއްގައި ޖެހި އަހަރެން ވެއްޓުނެވެ.. “ކަލޭ ދެލޯ ނެތީތަ؟”.. ހިޝާމް ރުޅިގަދަވިއެވެ…”ސޮރީ ދައްތާ”.. އެ ވެއިޓަރު އަވަސް އަވަހައް ދިޔައެވެ.. ހިޝާމް އަހަރެން ގޮވައިގެން ކާރައް އެރިއެވެ.. “އަން މިހިރީ ފެން ފުޅިއެއް.. ކައިގެން އަވަހައް ދާން ހަދާ ފެން ވެސް ނުބޮމެންނު”.. ފެން ފުޅި ނަގާފައި ވެސް އަހަރެން ބެހެއްޓީމެވެ.. “ކިހިނެއް ވީ ފެން ނުބޮނީތަ..ތި ރަނގަޅުވާނޭ ހަމަ..”.. ހިޝާމް އަނެއްކާވެސް ފެންފުޅި އަހަރެންގެ އަތައް ދިނެވެ.. ފެން ފުޅިން ކޯވަރެއް އަހަރެން ބޯލީމެވެ.. ވަގުތުން އަހަރެން އަނބުރައިގަނެގެން ވެއްޓުނެވެ.. އަހަރެން ދެލޯ ހުޅުވައިލިއިރު އަހަރެންގެ ދެއަތް އައްސާފަ ވާއިރު ދެފައިވެސް ވަނީ ގޮނޑިޔާލާ އައްސާފައެވެ.. ކުރިމަތީގައި ހުރި ސޯފާއެއްގައި އިށީނދެގެން ހެވިފައި ހިޝާމް އިނެވެ.. “ހި..ހިޝާމް މީ ކޮންކަމެއް”…”މީ ކޮންކަމެއް ހޭ؟؟ އަދިވެސް އަހަރެންގެ ކައިރީތަ ތި އަހަނީ..”
މިސް ލާރާ އަބްދުލް ހަކީމް.. ކަލޭގެ ކޮއްކޮ ލާމިއު އަބްދުލް ހަކީމް އަހަރެންގެ ހުރި ހަމަ އެކަނި ކޮއްކޮ މަރާލީ.. އަހަރެންނައް އަހަރެންގެ ކޮއްކޮ ގެއްލުނު ފަދައިން ލާމިއު އަށް ވެސް އޭނަގެ ހުރި ހަމައެކަނި ދައްތަ ގެއްލެން އަހަރެން ބޭނުމީ”…”ކިހިނެއް އަހަރެންގެ ކޮއްކޮ އެނގެނީ.. އަހަރެންގެ ކޮއްކޮ ވީތަނެއް އެނގޭތަ؟؟”.. އަހަރެންގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނެވެ… “އަހަ އަހަ މި ވޭތުވެދިޔަ 2 އަހަރުގައި އަހަރެން ލާމިއު ގެންގުޅުނީ ކަލެއަށް ފޮރުވައިގެން.. އެތައް ދުވަހުގެ އިންތިޒާރު މިނިމެނީ…ކޮއްކޯ!! ބޭބެ ކޮއްކޮއަށްޓަކައި ބަދަލު ހިފާނަން”.. ހިޝާމް އެތާހުރި ފޮޓޯ ފްރޭމަކައް ބަލަމުން ބުނެލިއެވެ.. “އަހަރެން ހިޝާމް ބުނި ކޮންމެ ކަމެއް ކުރާނަން އަހަރެންގެ ކޮއްކޮ ފެންނަ ހިސާބައް ގެންގޮސްދީ.. އާދޭސްކޮއްފަ މިބުނީ”
… “މަޑުކުރޭ މަޑުކުރޭ.. މިއޮއްހުރިހާ ދުވަހުވެސް ކެއްކޮއްގެން ހުރީނު.. އެހެންވީމަ އަދިވެސް ހުރެވޭނެ”.. އަހަރެންގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި ބާރުކޮއްލަމުން ހިޝާމް ބުނެލިއެވެ.. ހިޝާމް އަތްޖަހާލުމުން.. ދެތިން މީހަކު ވެގެން އަތާފައި ޗޭނުއަޅައި ފައި އޮތްޒުވާން ފިރިހެން ކުއްޖެއް ގެނައެވެ.. އެ ކުއްޖާ ހޭނެތިފާވާއިރު ގައި އެތަން މިތަން ވަނީ ހަލާކުވެފައެވެ.. އެކި ތަންތަނުން ލޭވެސް އާދެއެވެ.. ހިޝާމް އެ ކުއްޖާގެ އިސްއުފުލާލިއެވެ.. އެ މައުސޫމު މޫނު ފެނުމުން އަހަރެންނައް ބާރައް ރޮއެގަނެވުނެވެ.. އެއީ އަހަރެންގެ ލޯބިވާ ކޮއްކޮއެވެ.. އަހަރެން ދިރިހުރުމުގެ މަގުސަދެވެ.. ލޯބިވާ ކޮއްކޮ އެހާލުގައި އޮތްތަން ފެނުމުން އަހަރެނައް ކެއްވާނީ ކިހިނެއްހެއްޔެވެ.. ހިޝާމް އަނެއްކާ އަތްޖަހާލުމުން ތިން ފިރިހެނުން ވެގެން ލަޓި ބުރިއަކުން ލާމިއު ގައިގައި ތަޅަން ފެށިއެވެ.. އެ މަންޒަރު ބަލަން ކެއްނުވެގެން އަހަރެން ދެލޯ މަރާލީމެވެ.. “ހިޝާމް ދެން ހުއްޓާލާ..
“.. ރޮވޭ ހާލު އަހަރެން އާދޭސް ކުރަންފެށީމެވެ.. އެތަނުން މީހެއް އައިސް ލާމިއުގެ މޫނައް ފެން ބާލިދިއެއް އޮއްސާލިއެވެ.. ދެތިން މިނެޓައް ފަހު ލާމިއު ދެލޯ ހުޅުވާލިއެވެ.. “ދޮ..ދޮންތަ”.. އުނދަގޫ ކަމާއެކު ލާމިއު އަހަރެންނައް ގޮވާލިއެވެ.. “ހިޝާމް ހެޔޮނުވާނެ.. އަހަރެންނާއި އަހަރެންގެ ކޮއްކޮ ދޫކޮއްލާ.. “….”ކިހިނެއް ދޫ ކޮއްލާނީ.. އެތައް ރެއެއްގެ ނިދި ހަރާބުކޮއްލައިގެން ޕްލޭން ހަދައިގެން އެންމެ ފަހުން ކާމިޔާބު މިވީ އަހަ އަހަ.. އަހަރެން ލާރާއަށް ފާރަލަމުންދާތާ މިހާރު އެތައް ދުވަހެއް ވެދާނެ.. ނަމަވެސް އަހަރެންނަކައް ފުރުސަތެއް ނުލިބުނު.. ލާރާ ރިސޯޓައް ދިޔަ ދަތުރު މިވީ އަހަރެންގެ މަގްސަދު ކާމިޔާބު ކުރަން ލިބުނު ރަނުގެ ފުރުސަތަކައް.. ލާރާ ރިސޯޓައް ދިޔަތާ ދެ ހަފްތާ ވީދުވަހު ލާރާގެ އެކުވެރިން ގާތު ރޫމް 666 އޭ ބުނި ވަގުތު.. އަހަރެން ހުރިން ފާރަޔައް .. އެންމެ ސިކުންތެއް ވެސް ބޭކާރު ނުކޮއް އަހަރެން އެރޫމް ބުކް ކުރީ.. ވެޑިން ޕާޓީއަށް ދިޔައީވެސް.. ލާރާ ހޯދަން…ނިއަލް އާ ލާރަ ދުރުކުރަން އަހަރެން އެތައް މަސަތްކަތެއް ކުރިން.. އެރޭ ލާރާއާއެކީ ނެށީވެސް އެ ބޭނުމުގަ.. ލާރާގެ ވޮލެޓް ގެއްލުނު ދުވަހުވެސް ހަމަ ގަސްތުގަ އެތަނައް ދިޔައީ… ނިއަލް ފޯނު ނެގީމަ.. އެކަހަލަ ވާހަކަ ވެސް ދެއްކީ ހަމަ އަހަރެން.. ލާރާގެ ގަޑި ވަގައް ނަގައިފައި އޭގައި ވޮއިސް ރެކޯޑާރ އެއް ހަރުކޮއްގެން އަނބުރާދިނީވެސް ހަމަ އަހަރެން.. ލާރާ އާ ދިމަލައް އެދުވަހު ކާރު ފޮނުވީވެސް ހަމަ އަހަރެން… އެ ފޮޓޯތައް ވެސް ނިއަލް އަށް ފޮނުވީ ހަމަ އެ ބޭނުމުގަ… އަހަ އަހަ”…އަހަރެންގެ ދެލޯ ބޮޑުވިއެވެ..
“ހި.ހިޝާމް.. އަހަރެމެން ދޫކޮއްލާ ހިޝާމް ބުނިވަރަކައް ފައިސާވެސް ދޭނަން”….”ފައިސާ އޭ؟ ފައިސާ އަހަރެންގެ އަތުގައި އެބަހުރި ކިތަންމެ ބައިވަރުވެސް..އަހަރެންގެ ކޮއްކޮ އަހަރެންނައް އަނބުރާ ދީ”… ހިޝާމް ހީވަނީ މޮޔައެއްހެނެވެ..”ކަލޭ އަހަރެންގެ ކޮއްކޮ މަރާލީ.. އަހަރެން ކަލޭ މަރާލާނަން.. އޭގެ ކުރިން ކަލޭގެ ކުރިމަތީގަ ކަލޭގެ ދައްތަ މަރާލާނަން… ރަނގަޅައް ބަލައްޗޭ.. އަހަ އަހަ”.. އަހަރެން މަޑުމަޑުން އަތް މޮހާލީމެވެ.. “.. “ހިޝާމް.. ވާހަކަ ދައްކައިގެން ..މިކަންތައް ހައްލުކުރެވޭނެޔޭ”.. ހިޝާމް މަޑުމަޑުން އަހަރެންނާ ދިމަލައް ވަޅިއެއް ހިފައިގެން އަންނަން ފެށިއެވެ.. “ނޫން!!!! ހިޝާމްބޭ.. މިހުރިހާ ކަމެއްވީ އަހަރެންނާ ހެދި ދޮންތަގެ އެއްވެސް ކުށެއް ނެތް”… ލާމިއު ހަޅޭލަވައިގެތެވެ… ހިޝާމް އައި ރުޅީގަ ވަޅި ލާމުއުގެ ލޮލާ ދިމާކުރިއެވެ.. ވަގުތުގެ ބޭނުން ހިފައި ލައިގެން ހުރި ބޫޓުތެރެއިން ބަޑިނަގާ.. ހިޝާމްގެ ފަޔައް ޖެހީމެވެ.. ވަގުތުން އެ ގަރާޖުގެ ތެރެއަށް ޕޮލިސް ޓީމް ވަނެއެވެ.. ހިޝާމް އާއި ހިޝާމްގެ ބައިވެރިން ހައްޔަރުގެ ކޮއްގެން.. ގެންދިޔައެވެ.. މާޝާ އަވަހައް އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ.. “އައިއެމް ޕްރައުޑް އޮފް ޔޫ”… ކޮރަމުން ކޮރަމުން އެ ގަރާޖުން ނިކުތްއިރު އަހަރެންގެ އިންތިޒާރުގައި ހުރި ނިއަލް ފެނި އަހަރެންނައް ހިނިތުންވެވުނެވެ.. ނިއަލް އައިސް އަހަރެންގައި ބައްދާލިއެވެ.. މަޑުމަޑުން އަހަރެންގެ ލޯމެރުނެވެ..
ދެލޯ ހުޅުވާލިއިރު އަހަރެންނައް އޮވެވުނީ ހޮސްޕިޓަލުގައެވެ.. ކައިރީގައި ހުރި އެނދުގައި ނިދާފަ އޮތް އަހަރެންގެ ކޮއްކޮ ލާމިއު ފެނި އަހަރެންގެ ލޮލުން ފޭބީ އުފާވެރިކަމުގެ ކަރުނައެވެ.. އަހަރެން ހޭލުމުން ނިއަލް.. އަހަރެންގެ ކޮލުގައި ފިރުމާލިއެވެ… މަޑުމަޑުން އަހަރެން އެނދުން ފޭބީމެވެ.. ތުރުތުރުލާ ހާލުގައި ލާމިއުގެ ބޮލުގައި ފިރުމާލީމެވެ.. ލާމިއު ދެލޯ ހުޅުވާލިއެވެ.. “ދޮންތާ އަހަރެންނައް މާފުކުރޭ.. އަހަރެންނާ ހެދި ދޮންތައަށް މިކަހަލަ ކަމަކާ ކުރިމަތިލާން ޖެހުނީ”.. ލާމިއު ރޯން ފެއްޓިއެެެވެ…”ނޫނޭ ކޮއްކޯ.. ދޮންތައަށް ކޮއްކޮ ރަނގަޅައް ނުބެލުނީ.. ދެން ތިކަހަލަ ވާހަކަ ނުދައްކާ”.. އަހަރެން ލާމިއު ގެނެސް މެއާ ތަތްކޮއްލީމެވެ.. “ކޮއްކޯ ދެން ދުވަހަކުވެސް ދޮންތަ ދޫކޮއްފަ ނުދައްޗޭ”…
ނިއަލް އައިސް އަހަރެމެން ދެމީހުންގެ ބޮލުގައި ފިރުމާލިއެވެ.. “ދެން ނުރޮއެ.. ލާމިއު އަށް ޓަކައި ލާމިއުގެ ދޮންތަ އެތައް ގުރުބާނީއެއްވި ލާރާ އަބަދުވެސް އެދެނީ ލާމިއު އުފަލުގައި ހުރުމައް އެހެންވީމަ.. ނުރޮއެ.. ލާމިއު ހުންނަންވާނީ އުފަލުގަ.. ލާމިއު ވާނެ ދޮންތަވެސް އަބަދުވެސް އުފަލުގަ ބަހައްޓަން”…”އަހަރެން ދުވަހަކުވެސް ދޮންތަ ދެރެއް ނުކުރާނަން.. މަންމަ އާއި ބައްޕަ މަރުވުމުން އަހަރެންނައް ޓަކައި ދޮންތަ އެކަނިމާއެކަނި އުފުލި ބުރަ އަހަރެންނައް އިހުސާސްވޭ”… އަހަރެމެން ތިން މީހުން އެކިއެކި ވާހަކަ ދެއްކުމުގައި.. ދުވަސް ހޭދަކުރީމެވެ..
ހަފްތާއެއް ވަރު ފަހުން ލާމިއު ގެއަށް ދޫކޮއްލިއެވެ.. “މި ހުސްކުރޭ.. އަވަސް އަވަސް”…”ނޫން ދޮންތާ ދެން ނުކެވޭނެ.. ދޮންތަ އަހަރެނައް ތިހެން އަބަދު ކާންދެންޏާ ދުވަސްކޮޅަކުން ހިރިނުލެވޭ ވަރަށް ފަލަ ވެދާނެ”….ހެމުން ހެމުން އަހަރެން ކޮއްކޮގެ ބޮލުގައި ފިރުމާލީމެވެ.. “އަހަރެންނައް ނުދީ ކާ ހުސްކޮއްލީދޯ”..މާޝާ އައިސް ބުނެލިއެވެ.. “ނޫނޭ މާޝާއްތަ އަށް ބަހައްޓާފަ ހުންނާނެ”…”ލާރާ.. މިހާރު ލާމިއު ވެސް ރަނގަޅުވީ.. އޮފީހައްދާން އެބަޖެހޭ.. ލާމީއާވެސް ކުރަން ޖެހޭ ބައެއް ސުވާލު އެބަހުރި.. ހިޝާމް ބުނާގޮތުގަ އޭނަ ކޮއްކޮ މަރާލީ ލާމިއު.. އެހެންވެ ތެދު.. ހޯދަން”… “އާން މިއަދު ހަވީރު އަހަރެން ދާނަން”…”ދާއިރު ބުނެލައްޗޭ.. އަހަރެން ބުނިން މާހާކާރީގަ.. އަހަރެންގެ ހުއްދަ ނެތީ އެކަކުވެސް ނުވައްދާށޭ”…ހަވީރުގެ ވަގުތެވެ.. ލާމިއު ގޮވައިގެން އަހަރެން އޮފީހައް ދިޔައީމެވެ.. ލާމިއު މާހާ އާ ހަވާލުކޮއްފައި އަހަރެން ވަނީ.. ހިޝާމް ހައްޔަރުކޮއްފައިވައި ތަނަށެވެ.. އަހަރެންގެ އެދުމައް.. ހިޝާމް ގެނެސް.. ރެކޯޑިން ރުމްއަށް ވެއްދިއެވެ.. “ކިހިނެއްވީ ހިޝާމް..ޔުއާ ޕާފެކްޓް ޕްލޭން މީތަ؟ އަހަ އަހަ”…. ހިޝާމް އަަހަރެންނައް ބަލަމުން ދިޔައީ ރުޅިވެރިކަމާއެކުގައެވެ.. “ހިޝާމް ހީކުރީ ބޭނުންހާ ގޮތެއް ހެދޭނެކަމައްތަ؟؟.. ބަލަ އަހަރެންނައް.. ވަރަށް ކުރިންސުރެ ޝައްކުވިއޭ ހިޝާމް އާދޭތެރޭ ނޭނގުނު ކަމަކީ ލާމިއު ފޮރުވައިގެން ގެންގުޅުނުކަން… އަހަރެން އަބަދުވެސް އުޅުނީ ހިޝާމް އަށް ވުރެ ދެފިޔަވަޅު ކުރީގަ”…. “ކިހިނެއް އެނގުނީ”…”އެންމެ ފުރަތަމަ ޝައްކުވީ.. އަހަރެންގެ ނަންބަރު ލިބުނީ ޗާލީއަތުންނޭ ބުނީމަ.. އަހަރެން ޗާލީއަށް ގުޅާފަ އެހިން.. ޗާލީ ބުނީ ނުވެސް ދަންނަމޯ ހިޝާމް ކިޔާ މީހެއް.. ދެން އަހަރެންގެ ގަޑި.. ސިޑިކައިރިން ދިޔަމީހާ އަހަރެންގެ ގަޑި ވަގައް ނެގިކަން އަހަރެންނައް ހަމަ ރަނގަޅައް އެނގުނު.. އަހަ އަހަ… އެއީ ހިޝާމް އަށް މަސަތްކަތްކުރާ މީހެއްނު ދޯ.. ހިޝާމް ހީކުރީ އެގަޑީގަ ރެކޯޑާރ އެއް އިން ކަން އަހަރެންނައް ނޭނގޭކަމައްތަ؟؟ އަހަ އަހަ އެކަން ވެސް އަހަރެންނައް އެނގޭ.. އެހެންވެ އަހަރެންނާއި ނިއަލް ރުޅިވީކަން ހިޝާމް އަށް ޔަގީންކޮއްދޭން ވެގެން.. އަހަރެންނާ ހިޝާމް އެކްޓް ކުރީ.. އަހަރެމެން ދެމީހުން ދޭތެރޭ އެއްވެސް މައްސަލަ އެއް ނުޖެހޭ….އަހަރެމެން އެރޭ ދިޔަ ރެސްޓޯރެންގައި މަސަތްކަތްކުރަން ތިބީ ހުސްޕޮލިހުން.. އަހަރެން ގައިގައި އަޅައިގަތް ވެއިޓަރަކީ ވެސް ޕޮލިހެއް އެ ކުޑަކުޑަ ވަގުތު ކޮޅުގެ ތެރޭގައި އަހަރެން މެސެޖެއްދިނިން… ހިޝާމް އަހަރެންނައް ދިން ފެންފުޅިއަށް ކޮންމެސް އެއްޗެއް އަޅައިފައި ހުރިކަން ވެސް އަހަރެނައް އެނގޭ.. އަހަރެން ފެންކޮޅު އަނގަޔައް އަޅާލާފައި ވަރައިލީ..ހިޝާމް ހީކުރީ އަހަރެން ބަންދުކުރީ ހިޝާމް ކަމައްތަ؟؟ އަހަ އަހަ ބަލަ އަހަރެން ހިޝާމް އެތަނައް ގެނައީ.. އަހަ އަހަ..”
..ހިޝާމް އަތްޖަހަން ފެށިއެވެ.. “ނޫނޭ އަހަރެން ހަމަ ކޮސްވެއްޖެ.. އެކަމަކު ހަނދާން ކުރައްޗޭ.. މިކަމުގެ ބަދަލުވެސް އަހަރެން އަދި ހިފާނަން.. ހިޝާމް.. މިނަން ހަނދާނުގަ ބަހައްޓައްޗޭ”… ލާމިއު ރެކޯޑިންރޫމައް ގެނެވުނެވެ.. އަދި ވީގޮތް ކިޔާދޭން ފެށިއެވެ.. “އެއީ ވަރަށް ވިއްސާރަ ރެއެއް.. އެތެއް އިރެއް ވީއުރުވެސް ދޮންތަ އެއް ގެއަކައް ނައި.. އޭރު ދޮންތަ ވަޒީފާ އަދާކުރަމުންދިޔައީ ފިހާރަޔެއްގަ.. އަހަރެން ބޭރައް ނިކުމެލީ.. ދޮންތަ އާދޭތޯ ބަލާލަންވެގެން.. ކޮންމެސް މީހަކު އެހީއަކައް ގޮވާއަޑުއިވުމުން އަހަރެން ދިޔައީ އެދިމާލައް އޭރު މުސްކުޅިމީހެއް.. އޮތީ މަގުމައްޗައް ވެއްޓިފަ..އެބޭބެ ބުނުމައް ކާރައް އަރައިގެން އަހަރެން އަވަސްވެގަތީ ހޮސްޕިޓަލައް ދިއުމައް… ބޭބޭ އޮތީ ވަރަށް ހާލުދެރަކޮއް.. އަހަރެން އެހެން ދަނިކޮއް ކުރިމަތިން އައި ކާރެއް ދިޔައީ ގަވައިދުތަކާ ހިލާފައް ދުއްވަމުން…ވިއްސާރަކަމުން ތަނެއް ދޮރެއް ނޭނގޭ.. އެކާރުގައި ބައިވަރު މީހުން ތިބި.. ދުއްވަން އިނީ ހިޝާމްބެ ގެ ކޮއްކޮ ޝީހާމް.. އެމީހުން ތިބީ ހަމަހޭގައި ކަމެއް އަހަރެންނަކައް ނޭނގެ ކާރުދުއްވަމުން ދިޔައީ އަހަރެެމެނައް ޖެއްސުމައް.. ނަމަވެސް އަހަރެން ބެލީ ވީހާވެސް އަވަހައް.. ހޮސްޕިޓަލައް ދެވޭތޯ.. ނަމަވެސް ޝިހާމްމެން އައިސް ކާރުން އަހަރެން ދުއްވަމުން ދިޔަ ކާރުގައި ޖެއްސީ.. އެކާރު ކެހިގެން ގޮސް.. އެހެންދިޔަ ޕިކަޕެއްގައި ޖެހި އެކަކުވެސް ސަލާމަތްނުވި އެންމެން ހޮސްޕިޓަލައް ގެންދެވުނު.. މި އެކްސިޑެންޓުގައި ސަލާމަތްވީ ހަމަ އެކަނި އަހަރެން.. މިކަމުގެ ސަބަބުން.. ހިޝާމްބެ.. ހީކުރަނީ ޝިހާމް މަރާލީ އަހަރެން ކަމައް.. އެމަގުގައި ސީސީޓީވީ ކެމެރާ ހުރޭ.. އެބަލައިފިއްޔާ.. ވީގޮތް އެނގޭނެ”… ލާމިއު ކިޔައިދީ ނިމުނު އިރު ހުރީ ރޮވިފައެވެ.. “ދެން ނުރޮއެ.. އެއީ ކޮއްކޮގެ މައްސަލައެއްނޫނޭ”..
އެމަގުގެ ސީސީޓީވީ ފޫޓޭޖް ބެލިއިރު.. ކަންތައްވެފަ ހުރީ ލާމިއު ބުނިގޮތަށެވެ.. ނަސީބަކުން ލާމިއުގެ މައްޗަކައް ކުއް ސާބިތެއް ނުވިއެވެ… ހިޝާމް އަށް އައީ ޖަލުގެ ހުކުމެކެވެ..
ދުވަސްވާ ވަރަކައް ލާމިއުވެސް ދިޔައީ ހަމައަކައް އެޅެމުންނެވެ… އެހެންގޮސް ދެއަހަރު ފާއިތު ވިއެވެ… އަހަރެމެން އުޅެމުންދިޔައީ އުފަލުގައެވެ.. ވޭތުވެދިޔަ ދެއަހަރުތެރޭގައި.. އަހަރެންނާއި ނިއަލްގެ ގުޅުން ވެސް ދިޔައީ ވަރުގަދަ ވަމުންނެވެ.. “އޭ ނިއަލްބޭ.. ކޮންއިރަކުންތަ… ދޮންތައާ ކައިވެނި ކުރަނީ؟؟”. ލާމިއު އަހާލިއެވެ.. “ކުޑަކުދިން..ދައްކާވާހަކަ ދޯ.. “… އަހަރެން ލާމިއުގެ ކޮލުގައި ހިފާލަމުން ބުނެލީމެވެ… “ކޮން ކުޑައެއްތަ އަހަރެން… އަހަރެންނައް ވެސް މިހާރު ކައިވެނި ކުރެވޭ ވިއްޔަ..އަހަ އަހަ”….”ދެން ކުރަންވީނު “…”އޮހޯ ދޮންތަ ނިމުނީމަ އަހަރެން ދޯ ނިއަލްބޭ”… “ކޮބާ ކުއްޖަކު ހޯދީތަ މިހާރު”.. ނިއަލް އަހާލިއެވެ.. “އަހަރެން ކަހަލަ ސްމާޓް މީހަކާ ކައިވެނިކުރަން ބޭނުން ނުވާނީ ކާކުތަ”.. ލާމިއު ފޮނިވެލަމުން ބުނެލިއެވެ.. “ލާމީ.. ދޮންތަ ކާރީ އަހާބަލަ. ނިއަލްބެ ކައިވެނިކުރަން އަހާފިއްޔާމު ގަބޫލު ވާނަންތޯ”….ނިއަލް އެއްލޯ މަރަމުން ބުނެލިއެވެ.. “އަހަ އަހަ ތިމީހުން ހާދަ ގޯހޭދޯ އަހަރެމެންގެ މާޝާއާމެދު ވިސްނާވެސް ނުލާ… އެހުސްވެރިބާ ކުއްޖާއަށް މީހެއް ހޯދަދެމާ”.. ތުންދަމައިގެން ހުރި މާޝާއަަށް ބަލާލަމުން އަހަރެން ބުނެލީމެވެ… ވަގުތުން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.. “އަހަރެން މިހިރިއެންނު މާޝާއްތަ އަށް”.. ލާމިއު ތެދުވެފައި ބުނެލިއެވެ.. “ބަލަ ތީ އަހަރެންނައް ވުރެ 2 އަހަރު ކުޑަ މީހެކޭ” މާޝާ ލާމިއުގެ ކަންފަތުގައި ހިފައިފައި ބުނެލިއެވެ.. “ދެން ކިހިނެއްތަ ވީ.. މިހާރު އުމުރަކައް ނުބަލައޭ.. ކިތައްއަންހެން ކުދިން އެއުޅެނީ.. އެމީހުނައް ވުރެ ކުޑަ ފިރިހެން ކުދިންނާ ކައިވެނި ކޮއްގެން.. އަހަރެމެނައް ވެސް އުޅެވޭނެއޭ”…އަހަރެން ގޮސް ލާމިއުގެ އަނެއް ކަންފަތުގައި ހިފީމެވެ..”އަސްލުވެސް ވަރަށް ގުޅޭ ލާމީ ވެޑްސް މާޝާ”.. ނިއަލް ލާމީއު އާ އެއްބައި ވެލަމުން ބުނެލިއެވެ.. “ކޮބާ ދޮންތަބެ އެކަނިއޭ އަހަރެންނާ އެއްބަސްވަނީ”…”ދޮންތަބެއޭ؟؟ ..”އަހަރެން ލާމިއު އަށް އެއްބުމަ އަރުވާލީމެވެ..
ޖުނާ އާއި ނަބީލް.. ވެސް އެ އިންތިޒާރު ކުރަމުންދަނީ.. ޖުނާގެ ބަނޑުގައި ވައި ކުޑަކުޑަ ފުރާން… މިދުނިޔެއަށް އުފަންވާނެ ހިނދުކޮޅަށެވެ… މާ ގިނަ ދުވަހެއް ނެތެވެ.. ޖުނާގެ ބަނޑައް މިހާރު 8 މަސް ވެއްޖެއެވެ..
އެދެމީހުނައް މަރުހަބާ ކިޔުނު ވަރެއް ވެސް ނޭނގެއެވެ.. “މާޝާއްތާ އަހަރެން ބޭނުން 10 ކުދިން ވާނެތަ؟؟” ލާމީ މާޝާއާ ދިމަލައް ބަލާލަމުން ބުނެލިއެވެ.. މާޝާ އިލޮށިފަތި ހިފައިގެން އައުުމުން ލާމީ އަތުނުވަން ދުވިއެވެ.. “އަދި ބުނެބަލަ ތިހެން …ކުޅި ދައްކާލާނެމޭ”…
“އަހަ އަހަ.. އަހަރެންނައް ވެސް ފެންނަނީ މިދެމީހުން ކައިވެނި ކުރުވަން..” ނިއަލް އާ ދިމަލައް.. ބަލާލަމުން އަހަރެން ބުނެލީމެވެ.. “އެހެންވީރު.. ރާރާ އަހަރެންނާ ކައިވެނި ކުރާނީ ކޮންއިރަކު..”…..”ދެން!! އަދި ނެތެއްނު ނުވެފައެއް..”..
އެއްވެސް ފިކުރެއް ނެތި އުފާވެރި ދުވަސްތަކެއް އަހަރެމެން ގުނަމުން ދިޔައީ ކުރިއަށް އަންނަން އޮތް ބޮޑު މުސީބާތަކާ މެދު ވިސްނާވެސް ނުލައެވެ……………………..
….ނުނިމޭ……
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.





Wow varah furihama?♥️
Omg mashaa nd laamiu is so funny….the twist is amazing…. Mi part varah varah reethi masha allah… Whn nxt part…. Waitin… Ly… Me first thr ??♥️
thank u soo much lamkoo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Wowww…varh varah reethi…masha allah….curiously waiting for the nxt part….and whn nxt sis….lysm
thank u soo much kaii…..will submit it tonight….lym
Finally it have been published and it was very nice
thank u soo much riyaaaa
Finally vaahaka up vejedhw. Balabala indaeveeves. Bythe way story is awesome it amazing. Masha Allah. Varah furihama.❤❤❤???? when next part. Pls avaha up kohladheychey.
i love the twist.. wht will heppen in the nxt part..??..??
Archhaa vhk hama vrh salhi ingey….laara ge visun vrh vx thoonu…curiously wtng for nxt prt….lysm lilly
Meehun bune ulhey kehtheri kamuge natheeja reethi vefa foni vaane ey…… Miadhu mi kan vaahaka ehge sifaige fenihje…..its DROP DEAD GORGEOUS…u killed it girl…..
aww thank u sooooooo much queen ly
Lilly submit kohffa alhugandu men ah angaalanchey please.
yeal i will 🙂
?guyssssss i have submitttted part9.?….. i hope that u guysss will wait until it get published… .????. i am also waiting with u guyss dont worry??❤..
LOVE U ALL❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yes……and thank u bunela dhinyma??….lym
Lilly your stories are amazing I love it so much