“ސާރާ ޝާއި ޝާއިއަށް ގޮވާނުލަނީތަ؟”ޝައިފް ގެ އަޑު އިވުމާއި އެކު އިޚްތިޔާރަކާ ނުލާ ސާރާއަށް ފޯން ކަނޑާލެވުނީއެވެ.ޝާއިފްގެ އަޑުން ޝާއިފް ހެނީ ކަން ސާރާއަށް އެނގުމުން ވަރަށް ލަދުގަތެވެ.
ދުވަސް ތައް ފާއިތު ވަމުން ދެއެވެ.
ޝާއިފް މާދަމާ ފުރާތީވެ ސާރާ ދިޔައީ ޝާއިފް ގެ އެދުމުގެ މަތިން އޭނަގެ ޢާއިލާއާއި ބައްދަލު ކޮށްލުމަށެވެ.މިއީ ސާރާ އެގެޔަށް ދާ ފުރަތަމަ ފަހަރު ނޫންކަމަށް ވިޔަސް އެގެޔަށް ދާ ކޮންމެ ފަހަރަކުވެސް އެ އާއިލާގެ ފަރާތުން ނުހަނު ލޯތްބާއި އަޅާލުން ލިބިގެން ދެއެވެ. އެގެޔަށް ދިޔުމުން ސާރާ މަންމައާއި ބައްޕަ މަތިން ވަރަށް ހަދާންވެއެވެ.
“އަނހާ ދަރިފުޅާ !”ދޮރުހުޅުވާލުމާއި އެކު ޝާއިފްގެ މަންމަ ޝާއިރާ ބުނެލިއެވެ.” މަންމާ އަހަރެމެން ކައިރިޔަށް ސާރާ އައުންވެސް ދެން ހުއްޓުނީދޯ !ޝާއި ދަނީވިއްޔަ!” ޝާއިފްގެ ދޮންބެގެ އަންހެނުން ޝީޒާ ބޭރަށް ނުކުންނަމުން ބުނެލިއެވެ.”ނޫނޭ ޝާއި ދިޔަޔަސް ވެސް ސާރާ މިގެޔަށް އަންނާނޭ!މިއީ މިހާރު ސާރާގެވެސް ގެޔޭ!އެހެންނޫންތަ ދަރިފުޅާ ސާރާ؟” ޝާއިފްގެ ބައްޕަ ރަމީޒް ސިޓިންރޫމަށް ނުކުންނަމުން ބުނެލިއެވެ. ސާރާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.
ޝާއިފްގެ މަންމަ އާއި ބައްޕައަށް ލިބިފައިވަނީ ފަސް ކުދިންނެވެ. އޭތެރެއިން އެންމެ ދޮށީ ޝާއިފްގެ ދޮންބެ ޝިޔާމްއެވެ. ޝިޔާމް އަކީ ޕްރައިވެޓް އޮފީހެއްގެ ޒިންމާދާރު ވެރިއެކެވެ.ދޮންބެގެ އަންހެނުން ޝީޒާއަކީ ޕްރީސްކޫލް ޓީޗަރެކެވެ.މި ދެމަފިރިންގެ ކައިވެންޏަށް ހަތް އަހަރުގެ ފިރިހެން ކުއްޖެއް ހުރެއެވެ.ޝާއިފްގެ ތިއްތި ޝަރީފް އަކީ އިންޖިނިއަރެއްކަމުން މަސައްކަތް ކުރަނީ އިންޑޮނޭޝިޔާގައިއެވެ.ތިއްތި މީހަކާއި ކައިވެނި ކުރީ މިދިޔަ އަހަރުއެވެ.ޝާއިފްގެ ދޮންތަ ޝައިނާ އަކީ ކަށީގެ ބަލިތަކަށް ޚާއްސަ ޑްކްޓަރެކެވެ.ދޮންތަ އުޅެމުންދަނީ ދޮންތަގެ ފިރިމީހާގެ ގޭގައެވެ.ދޮންތަގެ ފިރިމީހާއަކީ ޕައިލެޓެކެވެ.އެގޭގެ އެންމެ ހަނގު ކުއްޖާ ،ޝާއިފްގެ ކޮއްކޮ، ޝައުފާ ކިޔަވަމުންދަނީ ގުރޭޑް ނުވައެއްގައިއެވެ.
“ދަރިފުޅާ ހިނގާ ކާން ” ސާރާގެ ބޮލުގައި ފިރުމާލަމުން ޝާއިފްގެ ޝާއިރާ ބުނެލިއެވެ. ސާރާ އެހެންފަހަރަކުން ދޯވޭ ބުނެ ޝާއިފް ކޮބާތޯ އަހާލިއެވެ.”ޝާއި ވީ ޝާއިގެ ބައިގައި.ހވަނީ ކޮޓަރީގައިހެން.އެކަމަކު ދަރިފުޅު ދާންވާނީ ހަވީރު ސައި ބޮއިގެން އިނގޭ.ޝާއި އަށް ގޮވާލަ ދޭންވީތަ؟” ޝާއިފްގެ މަންމަ ޖަވާބުދިނެވެ. ” ނޫން ސާރާ ގޮސްދާނަން ޝާއިފް އުޅޭބަޔަށް”މިހެން ބުނުމަށް ފަހު ޝާއިރާ ދިން ތަޅުދަނޑި ހިފައިގެން ޥ ޝާއިފްގެ ބަޔާއި ދިމާލަށް މިސްރާބުޖެހިއެވެ.
ޝާއި އަކީ އެގޭ ހުރިހާ އެންމެންވެސް ޝާއިފް އާއި ދިމާލަށް ލޯބިން ކިޔާނަމެކެވެ. ރަމީޒް އަކީ މާލެ މީހެއްކަމުން ރަމީޒްގެ އަމިއްލަ ގެޔެއް ހުރެއެވެ. ކޮންމެ ދަރިއަކަށް އެޕާޓްމެންޓް އެއް ޚާއްްސަ ކުރުމަށް ފަހު ބާކީ ހުރިބައި ކުއްޔަށް ދީގެން އާމްދްނީ ހޯދަމުންދެއެވެ.
“ޝާއިފް؟” އެޕާޓްމެންޓްގެ ތަޅު ހުޅުވާލުމަށް ފަހު ސާރާ ގޮވާލިއެވެ.މުޅި އެޕާޓްމެންޓް ތެރޭ މަޑުމައިތިރި ކަމުގެ ސާލެއް ލެވިފައި ވާފަދައެވެ.އެމަޑުމައިތިރި ކަމުގެ ތެރެއިން ސާރާގެ ސަމާލުކަން އަތުލީ ޝާއިފްގެ ކޮޓަރިން އަންނަމުން ދިޔަ އަޑަށެވެ.
ކޮޓަރިން ބޭރަށް ފޭދެމުން ދިޔަ އަންހެންކުއްޖެއްގެ އަޑު އިވުމުން އަހަރެންނަށް މަޑުޖެހެވުނެވެ. ” ޝާއިފް ޕްލީޒް ! އަހަރެން ޝާއިފް ދެކެ ވަރަށް ލޯބިވޭ! ޕްލީޒް ޝާއިފް.އަހަންނަށް އެންމެ ޗާންސެއްދީބަލަ. ކުރިން ފަހަަރު ދިން ގޮތަށް ޕްލީޒް އަދި އެއަޗާންސް.ޕަލީޒް.އަހަރެން ޝާއިފް އަށް ޓަކާ ބަދަލު ވެދާނަން.ބޭބީ އަހަރެން ދެކެ ވަރަށް ލޯބިވެސް ވަމެއްނު.އަދިވެސް އެއްފަހަރު ހަމަ އެލޯބި ދީބަލަ.” އިވުނީ ކިތަންމެ ކުރު ޖުމުލަ ތަކެއްނަމަވެސް އެޖުމުލަތައް ވެގެންދިޔައީ ސާރާގެ ލޯބީގެ ދުނިޔެ ފުޑު ފުޑު ކޮށްލި ޖުމުލަތަކަކަށެވެ. ސާރާ އެންމެ އިތުބާރު ކުރި އެކަކު ސާރާއަށް ކެހި ދިނީއެވެ. ސާރާގެ ލޮލުގައި އަނދުން އަޅުވާފައިއެވެ.މި ލިބުނު ޒަހަމަށް ދުވަހުވެސް ޝިފާއެއް ނެތް ހާލުގައި ލޮލުގައި ކަރުނަތަށް ރަސްކަންކުރަން ފެށުމާއި އެކެ ސާރާ ދުއްވައިގަތީ ގެޔަށް ދިޔުމަށެވެ.
ކޮޓަރިޔަށް ވަދެވުމާއި އެކު އަޑުން އަޑުނަގާ ސާރާއަށް ރޮއި ގަނެވުނެވެ.”ޝާއިފް ، ކީއްވެ ؟ ކީއްވެ ތިހާ ބޮޑު އަނިޔާއެއް ތިދިނީ؟އަހަރެން މަރާލިނަމަ ވެސް މާއުފާވީސް” ސާރާއަށް މާނައެއްނެތް ބޭކާރު ޝަކުވާތަކެތް ކުރެވެން ފެށުނެވެ.ޝާއިފް ސާރާގެ ކަރުނަތައް ފޮހެދޭން ނާންނާނެކަން އިނގޭ ހާލުއެވެ.ޝާއިފް މިހާރު އިންނާނީ ކޮންމެވެސް އަންހެން ކުއަޖެއްގެ އުނގުގައި ބޯ އަޅަިގެންނެވެ.ލޯބީގެ މާތައް ފޮޅުވުމުގައި އަވަދިނެތި އެވެ.އެތައް އިރަކު ރުޔުމަށްފަހު ސާރާ ގޮތެއް ނިންމިއެވެ.
ޝާއިފް އާއި އެކު އުޅުމަށެވެ.ސަބަބަކީ މިހާރު ދެފަރާތު އާއިލާއަށް އެގިފައިވާތީއެވެ.ނަމަވެސް ކުރިން އުޅުނުހާ ގާތް ކޮށެއް ނޫޅުމެވެ.ޝާއިފް މިހާރު ފަސް ހަފަހަރު ގުޅައި ފިއެވެ.ނަމަވެސް ސާރާ ފޯން އެއް ނުނަގައެވެ.
އަރީޝާ އާއި ޝިޔާމް ވީ ޑޮކްޓަރަށް ދެއްކުމަށްޓަކައި ބޭރަށް ގޮސްފައި އެވެ.އެވެސް ނަސީބެކޭ ސާރާގެ ހިތަށް އެރިއެވެ.ސަބަބަކީ ސާރާގެ ހިތާމަތަށް ފޮރުވައިލެވޭނެ ތީއެވެ. އަނެއްކޮޅުން ޝާއިފް އަތުވެދާނެތީވެސް ސާރާ ބިރުގަނެއެވެ.އޭނައަށް ދޭނެ ޖަވާބެއް ސާރާގެ ކިބައިގައި އަދިއެއްނުވެއެވެ.ކޮންމެ ގޮތެއްވިޔަސް ސާރާގެ ހިތުގައި ޝާއިފް އަށްޓަކައި އޮތް ލޯތްބާއި އިތުބާރަށް ހުސްކަމެއް ވެރިވެއްޖެއެވެ.ކޫރުންތަކެއް އެނާޒކު ހިތުގައި އެޅިއްޖެއެވެ.
ސާރާ ވިސްނުންތަކުން ބޭރުވީ ފޯން ރިންގުވާ އަޑަށެވެ.ގުޅަނީ އަރީޝާއެވެ. “ހަލޯ؟”ނުހަނު މަޑުމައިތިރި އަޑަކުން ސާރާ އަހާލީމެވެ.”ކޮއްކޮ ރޮއިފަތަ؟އަނެއްކާ ޝާއިފް އާއި ދެކުދިން މައްސަލަ ޖެހުނީތަ؟” ކަންބޮޑުވުމާއި އެކު އަރީޝާ އަހާލިއެވެ.”ނޫން ކުޑަކޮށް ރޯގާ ވައްތަރު ވެގެންމިއުޅެނީ” ސާރާ އަވަސް އަވަހަށް އެވަގުތަށް ހިތަށް އައި އެންމެ ފަސޭހަ ޖަވާބު ބުނެލިއެވެ.” އެހެންތަ ؟ ދޮންތައަށް މިހާރު ދެތިންފަހަރު ޝާއިފް ގުޅައިފި ކޮއްކޮގެ ހަބަރެއް ނުވެގެން.ކޮއްކޮ ފޯނެއްވެސް ނުނަގަޔޯ” ކަންބޮޑުވުމާއި އެކު އަރީޝާ އަނެއްކާވެސް އިތުރު ކޮއްލިއެވެ.”ޝާއިފް ގުޅިތަ؟ވެދާނެ ސާރާއަށް ނިދިފައި އޮއްވާ ކަމަށް ވެސް.އެހެންވެ ނުނެގުނީ.ކޮބާތަ ދޮންތަބެ؟މިހާރު ޑޮކްޓަރަށް ދައްކާ ނިމުނީތަ؟” ސާރާ ދައްކާނެ ބަހަނާތައް ހުސްވުމުން މައުޟޫ ބަދަލު ކޮށްލިއެވެ.
އަރީޝާ ފޯނު ބޭއްވިތަނާހެން ޝާއިފްގެ މަންމަ ގުޅަން ފެށިއެވެ.އަހަރެން ހަލޯ އޭބުނުމުން އެކޮޅުން އަހަންނަށް ގޮވާލީ ޝާއިފް ކަން އަހަންނަށް އެނގުނެވެ. ސާރާގެ ހިތް ތެޅެން ފެށިއެވެ.”ސާރާ. މަށަށް އިނގޭ ސާރާ އަށް ކޮންމެވެސް ކަމެއްވެއްެޖެކަން.ސާރާ އަހަރެން ގުޅީމަ ފޯންނަކަށް ޖަވާބެއްވެސް ނުދޭ. މަންމަ ބުނި ސާރާ އައި ވާހަކަ އަހަރެން ހުރީ އަހަރެންގެ ބައިގައި އޭ.މަންމަ އަތް ތަޅުދަނޑިވެސް ބާވާފަ.ދޮރު ހުޅުވި ނަމަދޯ.ސާރާ ތިހެން އެކަނި ގޭގަ ހުންނައިރު ފޯނު ނުނެގީމަ އަހަރެން ކަންބޮޑުވާނެކަމެއްނޭގޭތަ؟ސާރާ އަހަރެން ބިރުގަންނުވަންތަ ތިހެން ތިހަދަނީ؟ކިހިނެްތަވީ ސާރާ؟ޕްލީޒް ވާހަކާ ދައްކަބަލަ!ސާރާގެ ތިހަމަހިމޭންކަން އަހަންނަށް ވަރަށް އެބެ އުނދަގޫ ކުރޭ.އަހަރެން ތިގެޔަށް ދަންތަ؟މިރޭ ބޭރަށް ދާނަންތަ؟” ހުރިހާ ވާހަކައެއް އެއްފަހަރާ ބުނެލި ގޮތުން ސާރާ ދެކެ ޝާއިފް ލޯބިވާވަރު ސާރާއަށް އިހުސާސް ކުރެވުނެވެ.ނަމަވެސް މިއަދު ވީ ކަންތައް ހިތަށް އެރުމާއި އެކު އެ ލޯތްބަށް ފަސްއެޅި ނިމިއްޖެއެވެ.
“ޝާއި ކަންބޮޑުވާންޖެހޭ މީހުން މަދެއްނުވާނެ.” ސާރާގެ އަނގައިން މިޖުމްލަ ބޭރުވީ ސާރާގެ އިޚްތިޔާރަކާއި ނުލައެވެ.”ސާރާ ރޮއިފަ ދޯ.މަށަށް އޭރުވެސް ހީވިއޭ.ސަމީހައްތަ އެއްޗެކޭ ބުނީދޯ.އެނގޭ ސާރާނުބުނާނެކަންވެސް.”ސަމީހައްތައަކީ ޝާއިފްގެ ބައްޕަ އާއި އެއްބަނޑު އެއަބަފާ މީހެކެވެ.ހުރި ހަމައެކަނި އަންހެންދަރިފުޅު ކިޔަވަން ދިޔުމުން އެކަނި ގޭގައި ނޫޅުމަށްޓަކައި އައިސް ގެން އުޅެނީއެވެ. ސާރާ އާއި ޝާއިފްގެ ލޯބީގެ ގުޅުމަށް ދެކޮޅީ ހަމައެކަނި ސަމީހައްތައެވެ. ސާރާ އެގެޔަށް ދާ ކޮންމެފަހަރަކު ބަހުގެ ސަމީހާގެ ބަހުގެ ހަމަލާތަކާއި ކުރިމަތި ލާން ޖެހެއެވެ.
“ނޫނޭ އެކަކު އެކައްޗެކޭވެސް ނުބުނޭ ސާރާ އާއި ދިމާލަކަށް .ސާރާގެ މަންމަމެން މަތިން ހަނދާންވީ ކުއްލިއަކަށް.އަސްލު ސާރާ އަށް ނިދުނީ އެހެންވެ ނުނެގުނީ ފޯނު.ޝާއި އަންނާނެ ކަމެއްނެތް އަހަރެން މިއުޅެނީ ރޯގާ ޖެހިގެން .ޝާއިފްވެސް ބަލިވެދާނެ.އެހެންވީމަ ބޭރަކަށް ވެސް ނުދެވޭނެ އެއްނު.ހީވަނީ ހުންވެސް އައިސް ފަހެން.ސާރާއަކަށް ނުދެވޭނެ ކަންނޭގެ ފުރުވާކަށް ވެސް.ސޮރީ އިނގޭ.” ސާރާއަށް ރުޅިވެރިކަން އިސްނުކުރެވުމުން ޚުދު ސާރާވެސް ހައިރާންވިއެވެ.ކުށް ކުރީ ޝާއިފް އެވެ. ސާރާ ރުޅި އައުން ހައްގެވެ.
“ހޫމް ސާރާ އެހެންވެ ދޯ ގެޔަށް އައިސްފައި ދިޔައީ.ޝާއިފް ވަރަށް ބޭނުން ސާރާ ކައިރިޔަށް ދާން.އެކަމު ތިބުނިހެން ބަލިވެއްޖެއްޔާ މާދެރަ ދޯ.ސާރާ ބޭސް ކައްޗޭ އިނގޭ.ޝާއިފްެ އެކަމު ދާނަން ކުރުބާ ހިފައިގެން.ސާރާގެ މޫނު ދެކިނުލާ ނުފުރޭނެ.” ސާރާ އަވަހަށް ވިސްނާލިއެވެ.ޝާއިފް މިގެޔަށް އަތުވެއްޖެނަމަ ސާރާގެ ރޮއިފައި ހުރި ދެލޮލާއި ސާރާގެ ރަތް ވެފައިވާ މޫނާއި ހުރި ހާލަތު ފެންނާނެއެވެ.އެހެން އެކަންވާކަށް ސާރާ ބޭނުމެއް ނޫނެވެ.”ނޫނޭ ދޮންތަބޭގެ ތިމާގެ މީހެއްއެބަހުރި ކުރުބާ ގެނެއްސަ.އެހެންނޫނަސް ޝާއި ފުރަން އުޅޭއިރު ކުރަންޖެހޭ ބައިވަރު ކަންތައްތައް ހުންނާނެއްނުދޯ.”
“ހޫމް އޯކޭ.އެކަމް ޓޭކް ކެއާ.ޝާއިފް ބޭރުަގައި ބޭނުންކުރާ ނަންބަރު ފޮނުވާލާނަން އިނގޭ.އަދި އެއްވާހަކަ ސާރާ ނުޖެހޭނެ ޝާއިފް ކައިރިން މާފަށް އެދޭކަށް.ސާރާ ނުކުރާނެ އެކަހަލަ ކުށެއް.ސާރާ މަތިން ވަރަށް ހަނދާންވާނެ ޝާއިފް.އެކޮޅަށް ގޮއްސަ ގުޅާނަން.އޯކޭ ގުޑްނައިޓް.”ޝާއިފް ފޯން ބާއްވައިފިއެވެ.
ް ސާރާއަށް ރޮވުނީއެވެ.ޝާއިފް ބޭވަފާތެރިވެފައި ދައްކާލާ ވާހަކަ ތަކުގެ މަތި އޮމާން ކަމުންނެވެ.
14 Comments
Comments are closed.
Varah varah reethi?…curiously waiting for the nxt part?….and whn nxt….be safe…☺️ly
alhey v ufaavejje stry dear ah stry reethi v ma…ishallah miadhu noonee mirey up kohlaanan..be safe..ly2
Nice and when is the next part?
thnkx
Woah it’s beautiful ❤️❤️❤️ Maasha Allah. You are really talented. I really love this story. V avahah dhen oiy bai upload kolladhechchey inge. V kiyaa hiy vejje mi story. Love you ❤️❤️❤️❤️ Be safe.
thankyou..inshallah mirey emme lasvegen up kohladheynan
wow dear vvvvv salhi mi part vs maasha allah.. curiously waiting for the nxt part… whn nxt
thankyou..inshallah mirey up kohladheynan
ma sha allah vvvvv reethi keep it up dear…
thankyou yaa
Really nice and when nxt part will be upload…
thankyou dear..mihaaru innaane up kohlaafa
Anhenkudhin mee haadha galhi baekey dhw.. mibai kiyaafa heevi sifavi goeth… vaahaka v reethi… Maasha Allah
thankyou abdulla