Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކިވެ ދިޔަޔަސ

Ya ee sh Level 1
May 1, 2020 2 Mins Read
9 Comments

“ޠަވާއިފުންގެ” ލޮލުން ލަދުވެތިކަން އަހަރެން ދުށީމެވެ. ފަރުދާވެރިންގެ ލޮލުން ޝަހުވަތްތެރިކަން އަހަރެން ދުށީމެވެ. ހެދުން ލައިގެން، ބަރަހަނާކޮށް ތިބި މީހުން ވެސް އަހަރެން ދުށީމެވެ. ހެދުމެއް ނުލައި، ނިވައިވެގެން ތިބި މީހުން ވެސް އަހަރެން ދުށީމެވެ. ފާފައިން ކަޅިވެފައިވާ މީހުން ރޭގަނޑު ތަކުގައި ގިސްލައި ރުއި ތަން އަހަރެން ދުށީމެވެ. ހެޔޮ މީހަކީ ކާކު ހެއްޔެވެ؟ ނުބައި މީހަކީ ކާކު ހެއްޔެވެ؟ މޮޅަށް ދެނެވޮޑިގެންވަނީ މާތްރަސްކަލާނގެ އެވެ. އެހެނީ އިންސާނުން ހަމަ އެކަނި ލޯބިވަނީ ހެޔޮ މީހުން ދެކެއެވެ.

އަހަރެންވެސް މިދުނިޔެމަތީ އެންމެ ލޯބިވީ އެންމެ މީހެއް ދެކެއެވެ. ހެޔޮލަފާ ޞާލިޙު އަންހެނެކެވެ. ކަޅުހެދުން ލާ ބޮޑު ބުރުގަލުން ނިވާވެ ހުރި ހޫރެކެވެ. ނަމަވެސް އަހަރެންނާއި އޭނަ ވަކިވާން ޖެހުނީ ދުވަހަކު އަހަރެން ހުވަފެނުގައި ވެސް ދެކުނު ގޮތަކުންނެއް ނުނެވެ. އަހަރެންގެ މައިންބަފައިން ކުރި ކުށެއްގެ ސަބަބުންނެވެ. މިއީ އިންސާފު ހެއްޔެވެ؟ އިންސާފު ނޫނަސް މިއީ ދުނިޔެ ހިނގާ ގޮތް ކަން މިއަދު އަހަރެންނަށް ވިސްނިއްޖެ އެވެ. މައިންބަފައިން ކުރާ ފާފަ ތަކުގެ ސަޒާ ދަރިންނަށް ލިބެއެވެ. ހަމަ މި އުޞޫލުން ދަރިން ކުރާ ކުށްފާފަ ތަކުގެ ސަޒާ މައިންބަފައިން ތަޙައްމަލް ކުރަން ޖެހޭ ފަހަރު ވެސް މަދެއް ނޫނެވެ.

އަހަންނަށް ޝީރީން އެންމެ ފުރަތަމަ ވެސް ފެނުނީ ޢުމުރުން އެންމެ 16 އަހަރު، ސްކޫލުންނެވެ. ސާދަ ވިލޭރޭގެ ހަނދުފަދަ ވަށް ދޮން މޫނެކެވެ. ކަޅުފޮއި ރޭގަނޑެއްފަދަ ވަރުގަދަ އިސްތަށިގަނޑެކެވެ. ހިތިފަތު ބުމައެއް ނޫނަސް ރީތި ބައްޓަމެއްގެ ކަޅުކަން ގަދަ ބުމައެކެވެ. މައުސޫމްކަން އިންތިހާއަށް ހުރި ހުދު ވިލާކޮޅެއްކަހަލަ ދެލޮލެވެ. އެދެލޮލުގައިވި ގަދަ އަޅި ކުލައިގެ ކަނޑުފަދަ ފުން ކަޅިއެވެ. މަޑު ފިޔާތޮށި ކުލައެއްގެ ކުޑަ ތުންފަތެކެވެ. މޫނުމަތި އުޖާލާވެފައި ކޮލުން ޖަންބު ކުލަ އަރައެވެ. އެހެންނަމަވެސް އަހަރެންނަކަށް އޭނައާ މެދު އެދުވަހަކު ޝައުޤުވެރިއެއް ނުވެވުނެވެ. އެބުރުސޫރަ އާއިމެދު އެދުވަހަކު ވިސްނައެއް ނުލަމެވެ. ނަމަވެސް އެދުވަސް އަދިވެސް ދެންމެ ވީކަމެއްހެން އަހަރެންގެ ހަދާނުގައި އެބަހުއްޓެވެ.

އެއީ ދިރާސީގޮތުން ގްރޭޑް 10 ފެށުނު ދުވަހެވެ. ސްކޫލުގައި އެންމެ ފަހުން ކިޔަވާނެ އަހަރެވެ. ޝީރީން އަކީ އަލަށް އަހަރެން ކިޔަވާ ސްކޫލަށް ވަތް ކުއްޖެކެވެ. އަހަރެންވެސް ޝީރީން ވެސް ސައިންސް ސްޓްރީމް ކަމުން ތިބީ އެއްކުލާހެއްގައެވެ. އަހަރެންނަކީ މަޑުމައިތިރި، ކިޔަވަން މޮޅު ކުއްޖެއް ކަމުން މުދައްރިސް އަހަންނާއި ޝީރީން ބޭންދީ ކައިރީގައެވެ. އެއީ އަހަރެންގެ ނަސީބު ކަމެއް އޭރަކު ނޭންގެއެވެ. އަހަރެން މުދައްރިސް ދެކެ ފޫހިވީވަރުން ކުލާހުގައި އިނދެގެން ވަރަށް ކުދިކީމެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންނަކީ އެގޮތަށް މާ އަންހެންކުދިން ކައިރި އިންނަ ހިތްވާ މީހެއް ނުނެވެ. އެއްއިރެއްގައި ވެސް އަހަރެންނަކީ އެގޮތަށް އިން މީހެއްވެސް ނޫނެވެ. ނަމަވެސް މުދައްރިސް ބޭންދުމުން އިތުރަށް މުދައްރިސާއި ޖަދަލު ނުކޮށް ބަސް އަހައިގެން އިނީއެވެ.

ދުވަސްތަށް މިގޮތަށް ފާއިތުވަމުން ދެއެވެ. އަހަރެން ކިޔެވުމައިގެން މަޝްޣޫލުވެގެން އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅާ ކުރިއަށް ދިޔައިމެވެ. ޔުނިޓް ޓެސްޓްތަކުންނާއި އެހެން ޓެސްޓްތަކުން މަތީ މާކްސްތަކާ އެކު ކުލާހުގައި ފިޔަ ޖަހާ ތަރިއެއް ފަދައިންނެވެ. އެހެންނަމަވެސް ވަރަށް ގިނަ ކަންކަން މިހާރު ބަދަލުވެއްޖެއެވެ. ކުރިން ޝީރީން އާ ވާހަކަ ނުދައްކާ އަހަރެން މިހާރު މީ އޭނަގެ ބެސްޓް ފުރެންޑެވެ. އޭނަ ވެސް އެއީ އަހަރެންގެ ބެސްޓް ފުރެންޑެވެ. އަހަންނެކޭ އެއްވަރަށް ޝީރީން އަކީވެސް ކިޔެވުމަށް މޮޅު ކުއްޖެކެވެ. ދެމީހުންނަކީވެސް ހަމަ އެހާ ވާދަވެރި ދެމީހުންނަށް ވެއްޖެއެވެ. އެއްފަހަރު ޓެސްޓުން އޭނަ މަތީ މާކްސް ހޯދައިފިއްޔާއި ދެން އޮންނަ ފަހަރު މަތިން ހޯދާނީ އަހަރެންނެވެ. ނަމަވެސް ދުވަހަކުވެސް އޭނައާ މެދު ޙަސަދަވެރިކަމެއް އަހަރެން ނުބާއްވަމެވެ. އެއަށްވުރެ އޭނަ އަހަންނަށް ހިތްހެވެ. އެކަމުގެ ފަހަތުގައިވި ސިއްރެއް އޭރަކު އަހަރެންގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

………. ނުނިމޭ ………….

 

ލިޔުންތެރިޔާގެ ނޯޓް: މި ވާހަކަ އަކީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ ކަމުން ކުށްހުރުން އެކަށީގެންވެއެވެ. ނަމަވެސް ކިޔުންތެރިޔާގެ ކޮންމެ ފާޑު ކިޔުމެއްވެސް އަޅުގަނޑު ހެޔޮ ހިތުންބަލައިގަންނާނަމެވެ. ރަނގަޅު ކޮށްލަން ޖެހޭ ކަމެއް އޮތް ނަމަ ކޮމެންޓްގެ ޒަރީޢާ އިން އަންގާލަދެއްވުން އެދެމެވެ. ވާހަކަ ރީތި ނަމަ ލައިކެއް ދެއްވާ ކޮމެންޓެއް ކޮށްލަ ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.

Tags:

#seriesvaahaka

Share Article

Follow Me Written By

Ya ee sh

Level 1

Other Articles

Previous

ޒަޚަމް 7

Next

މިދެލޯ ފުހެލަ ދޭށޭ ލޯބިން 2

Next
May 2, 2020

މިދެލޯ ފުހެލަ ދޭށޭ ލޯބިން 2

Previews
May 1, 2020

ޒަޚަމް 7

9 Comments!

  1. Ssss says:
    May 2, 2020 at 4:33 am

    Goheh nooon???

    1. Ya ee sh says:
      May 7, 2020 at 1:46 pm

      Shukuriyyaa Sss???

  2. Mint says:
    May 2, 2020 at 2:03 pm

    ވަރަށް ރީތި ماشاءالله ❤️❤️❤️❤️❤️❤️
    ކޮން ދުވަހަކުން 2ވަނަ ބައި

    1. Ya ee sh says:
      May 2, 2020 at 3:30 pm

      Shukuriyyaa MINT.. InSha Allah mirey noony maadhamaa 2 vana bai genes dhevey tho balaanan..

  3. Thitha says:
    May 2, 2020 at 3:37 pm

    Maasha allah.. v salhi.. keep it up??
    Waiting for next part

    1. Ya ee sh says:
      May 7, 2020 at 1:47 pm

      Shukuriyyaa Thitha???

  4. Shaa? says:
    May 3, 2020 at 4:10 am

    Story is Wonderful?? Maashaa Allah
    Weeekaku kithah dhuhu story geness dheveyni?

    1. Ya ee sh says:
      May 3, 2020 at 12:50 pm

      Hopefully 3 days kamah balaa.. ehaa laheh nuvaane up vaaleh.. InSha Allah miadhu 2 vana bai up vaane..

  5. Neekko says:
    May 20, 2020 at 1:56 am

    Wow vrh vrh salhi waiting for next part ??

Comments are closed.


All Right Reserved!