ހެނދުނުގެ ދަންފަޅި ނިމި، މެންދުރުގެ ގަދަ ހޫނަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. އޭރުވެސް މިލްޖާއު އޮތީ ގަދަ ނިދީގައެވެ. އޭނާގެ ސިކުނޑި އަދިވެސް އެދެނީ އަރާމް ކޮށްލާށެވެ. ބުރަކޮށް ވޭތުވެ ދިޔަ ދުވަސްތަކުގައި އުޅެވުމުން ނިދީގެ އިޙްސާސް އޭނާގެ ލޮލަށް އިންތިހާއަށް ދިޔައީ ލިބެމުންނެވެ. “މިލްޖާއު. ދަރިފުޅާ މިލްޖާއު.” މިލްޖާއުއަށް އޭނާގެ ދެލޯ ހުޅުވާލެވުނީ، އޭނާގެ މަންމަ މަދީހާގެ އަޑަށެވެ. “ދަރިފުޅާ. އަވަހަށް ތެދުވޭ! އާދޭ ކާން ތައްޔާރު ވެގެން.” މަދީހާ އެހެން ބުނުމުން މަޑުމަޑުން މިލްޖާއު […]
ތިންކުދިންވެސް އަވަހަށް ގެއަށްވަދެ ނަމާދު ކޮށްލައިގެން ކާން ނިކުތެވެ. އެކުދިންގެ މަންމަމެން އެކުދިންނަށް މީރުވާނޭހާ ކާއެއްޗެހި ހަދާފައި ހުއްޓެވެ. އަދި ކާން ތިބިއިރު ސްކޫލްގައި ދުވަސްދިޔަގޮތާއިމެދު ވާހަކަ ދެއްކިއެވެ. އެކުދިންގެ މަންމަމެނަކީ ވަރަށް ހިތްހެޔޮ އެކުދިންނާއި ރަހުމަތްތެރި މިޒާޖެއްގެ ބައެއްކަމުން ރާޝިފްއަށް ލާމިއުއާއި ރޭޝަމްގެ އެކްސިޑެންޓްގެ ވާހަކަވެސް ނުދައްކާ ނުހުރެވުނެވެ. ރޭޝަމްއިނީ އެކަމާ ލަދުން ހަލާކުވާވަރުވެފައެވެ. ވާހަކަ ދައްކަމުންގޮސް ފަރީޝާ ނާއިލްއާއި ދިމާއަށް ބަލާލުމަށްފަހު ބުންޏެވެ. “ދަރިފުޅާ ނާއިލް. ދަރިފުޅު މިހާރު ބާރަވެސް ނިމެނީ އަދި ހަމަ […]
ޝާން ހެވިލާފައި އައިސް އަކްރަމްގެ ކޮޑޫގައި ޖަހާލުމަށްފަހު ކިހިނެއްހޭ އަހާލިއެވެ. ޝާންގެ މިހަރަކާތުން އަކްރަމްވެސް އަދި ނުހާވެސް ހައިރާންވިއެވެ. އަރީކާގެ މޫނު މައްޗަށް ވެރިވި ހިނިތުންވުންވެސް އެއްކޮށް ފިލައިގެން ދިޔައެވެ. ޝާންއަށް މިވީ ކިހިނެއްބާއެވެ. އަރީކާ ހީކުރީ ޝާން އައިގޮތަށް އައިސް ނުހާ އާއި އަކްރަމް ބޭރު ކޮށްލާނެ ކަމަށެވެ. ނަމަވެސް ޝާންގެ މޫނުމަތިން އެއްވެސް ރުޅިވެރިކަމެއް ފެންނާކަށް ނެތެވެ. ” ދޭބަލަ އަރީކާއަށް ގޮވަން..” ޝާން އައިސް ސައިބޯން އިށީނަން އުޅެނިކޮށް ނުހާ ބުނެލިއެވެ. ޝާން […]
އަދީން އާއި އަހަރެން ކިޔެވީ އެއްކުލާހެއްގައެވެ. އަހަރެމެން ދެމީހުން ކޮންމެވެސް ވަރަކަށް ވާހަކަވެސް ދައްކައި އުޅެމެއެވެ.އަހަރެންނަށް އަދީން ކަމުދާން ފެށިއެވެ.މުދައްރިސް ކިޔަވަދޭ ގަޑީގައި ސިއްރުން އަދީންއަށް ބަލަން އަހަރެން އިންނަމެވެ.ގުރޫޕު މަސައްކަތްތައް ނިންމަން އަހަރެން އަދީންގެ ގެއައްދަމެވެ.އެހެން ގޮސް އުޅުމުގައި އަދީންއާއި ގުޅުން ބަދަހިވަމުން ދިޔައެވެ. ސުކޫލްދައުރު ނިއްމާލުމަށްފަހު މަންމަ އަހަރެން ކިޔެވުމަށް މެލޭޝިޔާ އަށް ފޮނުވިއެވެ. ސައިކޮލޮޖީގެ ދާއިރާއިން ތައުލީމް ހާސިލް ކުރަމުން ދިޔައީމެވެ.އަދީން އާއި މަދުން ނަމަވެސް ވާހަކަ ދައްކަމެވެ.ބަރާބަރު ފަސްއަހަރު ފަހުން ކިޔަވުން […]
ރޭގަނޑުގެ ވަގުތެވެ.. ކިއާން އިނީ އޮފީސް މަސަތްކަތެއް ނިންމާށެވެ.. ކިއާންގެ ދޮންމަންމަ.. ސަމީމާ އައިސް ދޮރުގައި ޓަކިޖަހާލިއެވެ.. “ދަރިފުޅާ.. ކިއާން.. އާދޭ ކާން ބައްޕަވެސް އެބައިން”.. ސަމީމާގެ ތުއި އަޑު ކަންފަތުގައި ޖެހުމުން ކިއާންގެ މޫނުމަތިން ފެނުނީ ފޫހި ކަމެވެ.. ކިއާންގެ ބައްޕަ ޒަކީ އާއި ސަމީމާ.. ކިތަންމެ ސިއްރުން އުޅުނަސް ކިއާން އަށް އެކަން އެނގެއެވެ.. ނަމަވެސް ލޯބިވާ މަންމަ ހިތުގަ ޖައްސަން ބޭނުންނުވާތީ ކިއާން އޭނާގެ މަންމަ އަށް އެކަން ފޮރުވީއެވެ.. ކަންދިމާކުރި ގޮތުން.. […]
ނަމަވެސް އުއްމީދު ކުރި ގޮތާ ޚިލާފަށް ޝީރީންގެ ބައްޕައެއް ކައިވެންޏަކަށް އެއްބަހެއް ނުވިއެވެ. ޢުމުރު ހަގުވީމައޭ ކިޔާފައެވެ. އަހަރެން ވަރަށް ނުތަނަވަސް ވިއެވެ. ހުސް އަތާ އެނބުރި މާލެ ދާކަށް އެއްގޮތަކަށްވެސް އަހަރެންގެ ހިތެއް ނޭދެއެވެ. ޝީރީންވެސް ލޮލުން ކަރުނަ އޮހޮރޭ ޙާލު އޭނާ ބައްޕަ ގާތު އާދޭސް ކުރަން ފެށިއެވެ. އަހަރެންނަށް މި ހުރިހާ މަންޒަރެއް އެތަނުގައި ޖަހާފަ ހުރި ބުދެއްހެން ހުއްޓި ހުރެގެން ބަަލަން ހުރެވުނީއެވެ. ******************** އެޕިސޯޑް 6 “ބައްޕާ ޕްލީޒް.. ކައިވެނި […]
ހުދާއި މަޑު ކްރީމް ކުލައިން ފަރުމާ ކުރެވިފައިވާ ތަނަވަސް ބޮޑުު ކޮޓަރީގެ ކިންގްސައިޒް އެނދުގައި އޮތް ނިޔާންގެ ތުންފަތްމަތީގައި ވީ ފުން ހިނިތުންވުމެކެވެ. ފޯނަކަންފަތުގައި ޖަހައިލައިގެން އެކޮޅުން ދައްކަމުން ދިޔަވާހަކައަށް ކަނުލާއަޑު އަހަމުން ދިޔައިރު އެ މޫނުމަތީގައިވި ހަމަޖެހުން ހެކި ދައްކަނީ ފޯނުގެ އަނެއްފަރާތާއި އޮތްގާތް ގުޅުމެވެ.އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު އެތެރެއަށް ވަން ނަވާއަށް ނިޔާންގެ ނަޒަރު ހުއްޓުނެވެ.”ދޮންބޭ..މަންމަ ބުނީ ކާން..”ނަވާގެ ޖުމްލަ މެދުކެނޑުނީ ނިޔާންގެ ތުންފަތްމަތީގައި ވި ހިނިތުންވުން ފެނިފައެވެ.”އިވީ ތަ؟”ފޯނައަށް އިށާރާތް ކުރަމުން ނަވާއަހައިލީ ލާނެތް ގޮތަކަށްށެވެ. އެއާއިއެކު ނިޔާން ބޯޖަހައިލަމުން ފޯން ސްޕީކަރ އަށްލިޔެވެ.”އިވީ ހަބަރެއްވެސް ނުވެވޭ އެއްނުން ކަމަނާއަކަށް މާލެ އެރުނީމަ..” ފުރަތަމަވެސް ނަވާކޮށްލީ ޝަކުވާއެވެ.”ސާބަހޭ ނަވްް..އަދި މިއުޅެނީމާލެ އައިފަހުން ފައިން ދޮންވެލި ނުހިކި…އެހާ އަވަހަށް ނަވް މަތިން ހަނދާން ނައްތައިލާނެތަ..”ޗުސް ތަޅައިލަމުން އިވްރާބުނެލިއެވެ.”ނޫން..ދިޔަފަހުން ނުވެސް ގުޅާލާވިއްޔަ..އެކަމް ބަރާބަރަށް މާފޮޅުވާ ވިއްޔަ ދެކުދިން..”ހިނިގަޑެއް ޖަހައިލަމުން ނަވާ އިވްރާއާއި ނިޔާންއަށް ދިމާކޮށްލިއެވެ.އެއާއިއެކު އެނދުގައި އޮތްނިޔާން ތެދުވެ ނަވާއަތުން ފޯންއަތުލަމުން މަޑުމަޑުން ނަވާގެ ނިތްކުރީގައި ޖަހައިލިއެވެ.”އޯކޭ އިވީ ގޯޓަގޯ ޓޭކް ކެއަރ ޕްރިންސެސް ..މިރޭ ގުޅާނަން..”ނިޔާން އެހެން ބުނެލަމުން ފޯން ކަނޑައިލީ އިވްރާ ވެސްއެކަމާ އެއްބަސްވުމުންނެވެ. *************************** ހެނދުނުގެ ހިތްފަސޭހަ ވަގުތެވެ.ބެލްކަނީގައި ހުރި އިވްރާގެ ނަޒަރު ހުއްޓިފައިވީ ކާރުބާރު ބޮޑުވެފައިވި މާލޭގެ މަގުމަށްޗަށްށެވެ. ރަށުގެ ހިތްފަސޭހަ މާހައުލާއި އަމާން މަގުމަތި ހިނދާން ވުމުން މާލެއާއި ރަށުގެ ފަރަގާއި މެދު އޭނައަށް ވިސްނައިލެވުނެވެ. އެހެންހުއަޓާ އިވްރާ ސިއްސައިގެން ދިޔައީ ފަހަތުން އައި ޔޫހާންބާރަކަށް އޭނާގެ ކަންފަތް ދޮށުގައި ހަޅޭލަވައިގަތުމުންނެވެ.”ދޮންބޭ”ތުންދަމައިލަމުން އިވްރާ ޔޫހާން އަށް ގޮވައިލީ އަކުރުތަކަށް ދަމައިލަމުންނެވެ.އޭރު ޔޫހާން ގުދަށްއޮވެ ބިދި ބިދިފައި ހެނީއެވެ.އިރުކޮޅަކަު އެހެން އޮވުމަށްފަހު ޔޫހާން ހަށިގަނޑު ސީދާ ކޮށްލިއިރުވެސް އޭނައަށް ހެވެމުންދިޔައެވެ. “ހިނގާ ދާން އިވީ ބަލާ މިއައީ” ހިނިގަނޑު މަތަކުރަމުން ޔޫހާން އެއް ޖީބަށް އަތްޖަހައިލިއެވެ. އޮފީހުގެ ބޮޑު އިމާރާރުގެ ކުރިމަށްޗަށް ސައިކަލު ހުއްޓައިލުމުން ހައިރާންކަމާއި އެކު އިވްރާ ބަލައިލިއެވެ.ހުސް ކަޅުކުލައިގެ […]
ބިޒްނަސް ޓްރިޕް އަކައް ލަންކާ އަށް ދިޔަ ހަމްދީ ސާނިޔާ އަށް ގުޅާލިއެވެ.. “ކޮން ދުވަހަކު އާދެވޭނީ؟؟”…ސާނިޔާ އަހާލިއެވެ.. “ދެތިން ދުވަސް ވަރު ވާނެ ހެން ހީވަނީ ކޮބާ ސިއާ؟؟..”…”ސިއާ ގެއަށް ނާންނަތާ މިހާރު ދެދުވަސް ވެއްޖެ.. ގުޅީމާ ފޯނު ނަގަނީކީނޫން”.. ހަމްދީ ސިއާ އަށް ގުޅަގުޅާވެސް ފޯނެއް ނުނެގިއެވެ.. ދާއިންގެ ފަރާތުން ހަބަރު ލިބުނު ގޮތުގައި ސިއާ.. ދަނީ ވަރަށް ބުރަކޮއް މަސަތްކަތްކުރަމުންނެވެ.. ދެދުވަސްވަންދެން.. ގެއަށް ނުގޮސް އޮފީހުގައި އިންނަ ވާހަކައެވެ.. ހަމްދީ އުފާވި ނަމަވެސް […]
ދެމީހުން އެކުގައި ގޭތެރެއަށް ވަދެގެން ދިޔައިރު ސޯފާގައި އިށީންގެން ތިބި އެންމެންގެ ނަޒަރުވެސް ހުއްޓިފައި ހުރީ ޔޫހާއަށާއި ޔުނާންއަށެެވެ. ނަމަވެސް އެއިން އެކަކުވެސް އެކަމަށް އަޅާނުލައި ގޮސް ސޯފާގައި އިށީންދެލައި ދެމީހުން ދެމީހުންގެ ނަޒަރު ބައްދަލުކޮށްލައި އެއްމިއްޔަކަނުން މަކަރުވެރި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. ”ދެން މިދެކުދިންނެއްނު ގުޅުވަންވީ.” ޝާހިދު ބުނެލިއެވެ. އެއާއިއެކު ޔުނާންއާއި ޔޫހާގެ މޫނު މައްޗަށް ރުޅިވެރިކަން ވެރިކުރުވީ އެއްފަހަރާއެވެ. ޒާހިދާއާއި ނަތާޝާ ހިނިގަނޑެއް ޖަހައިލިއެވެ. ޝާހިދުވެސް އެމީހުންނާ އެއްބައިވެލިއެވެ. މަޑުމައިތިރި ކަމާއިއެކު ސޯފާގައި އިށީންދެލައިގެން […]