Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތް ކަލާޔަށް އެދޭތީ..8

Cherrychoppers Level 3100 Login10 Stories100 Comments
May 15, 2020 One Min Read
7 Comments

ހުދާއި މަޑު ކްރީމް ކުލައިން ފަރުމާ

ކުރެވިފައިވާ ތަނަވަސް ބޮޑުު ކޮޓަރީގެ

ކިންގްސައިޒް އެނދުގައި އޮތް ނިޔާންގެ

ތުންފަތްމަތީގައި ވީ ފުން ހިނިތުންވުމެކެވެ.

ފޯނަކަންފަތުގައި ޖަހައިލައިގެން އެކޮޅުން

ދައްކަމުން ދިޔަވާހަކައަށް ކަނުލާއަޑު އަހަމުން

ދިޔައިރު އެ މޫނުމަތީގައިވި ހަމަޖެހުން ހެކި

ދައްކަނީ ފޯނުގެ އަނެއްފަރާތާއި އޮތްގާތް

ގުޅުމެވެ.އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި

ޖަހައިލުމަށްފަހު އެތެރެއަށް ވަން ނަވާއަށް

ނިޔާންގެ ނަޒަރު ހުއްޓުނެވެ.”ދޮންބޭ..މަންމަ

ބުނީ ކާން..”ނަވާގެ ޖުމްލަ މެދުކެނޑުނީ

ނިޔާންގެ ތުންފަތްމަތީގައި ވި ހިނިތުންވުން

ފެނިފައެވެ.”އިވީ ތަ؟”ފޯނައަށް އިށާރާތް

ކުރަމުން ނަވާއަހައިލީ ލާނެތް ގޮތަކަށްށެވެ.

އެއާއިއެކު ނިޔާން ބޯޖަހައިލަމުން ފޯން

ސްޕީކަރ އަށްލިޔެވެ.”އިވީ ހަބަރެއްވެސް

ނުވެވޭ އެއްނުން ކަމަނާއަކަށް މާލެ އެރުނީމަ..”

ފުރަތަމަވެސް ނަވާކޮށްލީ ޝަކުވާއެވެ.”ސާބަހޭ

ނަވްް..އަދި މިއުޅެނީމާލެ އައިފަހުން ފައިން

ދޮންވެލި ނުހިކި…އެހާ އަވަހަށް ނަވް

މަތިން ހަނދާން ނައްތައިލާނެތަ..”ޗުސް

ތަޅައިލަމުން އިވްރާބުނެލިއެވެ.”ނޫން..ދިޔަފަހުން

ނުވެސް ގުޅާލާވިއްޔަ..އެކަމް ބަރާބަރަށް މާފޮޅުވާ

ވިއްޔަ ދެކުދިން..”ހިނިގަޑެއް ޖަހައިލަމުން ނަވާ

އިވްރާއާއި ނިޔާންއަށް ދިމާކޮށްލިއެވެ.އެއާއިއެކު

އެނދުގައި އޮތްނިޔާން ތެދުވެ ނަވާއަތުން

ފޯންއަތުލަމުން މަޑުމަޑުން ނަވާގެ ނިތްކުރީގައި

ޖަހައިލިއެވެ.”އޯކޭ އިވީ ގޯޓަގޯ ޓޭކް ކެއަރ

ޕްރިންސެސް ..މިރޭ ގުޅާނަން..”ނިޔާން

އެހެން ބުނެލަމުން ފޯން ކަނޑައިލީ އިވްރާ

ވެސްއެކަމާ އެއްބަސްވުމުންނެވެ.

***************************

ހެނދުނުގެ ހިތްފަސޭހަ ވަގުތެވެ.ބެލްކަނީގައި

ހުރި އިވްރާގެ ނަޒަރު ހުއްޓިފައިވީ ކާރުބާރު

ބޮޑުވެފައިވި މާލޭގެ މަގުމަށްޗަށްށެވެ. ރަށުގެ

ހިތްފަސޭހަ މާހައުލާއި އަމާން މަގުމަތި ހިނދާން

ވުމުން މާލެއާއި ރަށުގެ ފަރަގާއި މެދު އޭނައަށް

ވިސްނައިލެވުނެވެ. އެހެންހުއަޓާ އިވްރާ

ސިއްސައިގެން ދިޔައީ ފަހަތުން އައި

ޔޫހާންބާރަކަށް އޭނާގެ ކަންފަތް ދޮށުގައި

ހަޅޭލަވައިގަތުމުންނެވެ.”ދޮންބޭ”ތުންދަމައިލަމުން

އިވްރާ ޔޫހާން އަށް ގޮވައިލީ އަކުރުތަކަށް

ދަމައިލަމުންނެވެ.އޭރު ޔޫހާން ގުދަށްއޮވެ

ބިދި ބިދިފައި ހެނީއެވެ.އިރުކޮޅަކަު އެހެން

އޮވުމަށްފަހު ޔޫހާން ހަށިގަނޑު ސީދާ

ކޮށްލިއިރުވެސް އޭނައަށް ހެވެމުންދިޔައެވެ.

“ހިނގާ ދާން އިވީ ބަލާ މިއައީ” ހިނިގަނޑު

މަތަކުރަމުން ޔޫހާން އެއް ޖީބަށް އަތްޖަހައިލިއެވެ.

އޮފީހުގެ ބޮޑު އިމާރާރުގެ ކުރިމަށްޗަށް

ސައިކަލު ހުއްޓައިލުމުން ހައިރާންކަމާއި

އެކު އިވްރާ ބަލައިލިއެވެ.ހުސް ކަޅުކުލައިގެ

ބިއްލޫރިން ހަދައިފައިވާ 7ބުރީގެ އިމާރާތް

ފެނި އޭނަ އާޝޯހުކޮށްލައިފިއެވެ. ސައިކަލުން

ފޭބުމަށްފަހު ދެތިންފަހަރު އިވްރާއަށް ފުން

ކޮށް ނޭވާލެވުނީ ހިތްނުތަނަވަސް ވެފައިވާލެއް

ބޮޑުކަމުންނެވެ.އެވަގުތު ޔޫހާން އިވަރާގެ

އަތުގައި ހިފައިލަމުން ބޯޖަހައިލީ ހުރިހާކަމެއްވެސް

ރަނގަޅުވާނޭ ބުނާފަދައަކުންނެވެ.އޮފީހުގެ

އެތެރެއަށް ވަނުމާއިއެކު ގިނަބައެއްގެ ނަޒަރުތައް

އޭނައަށް ހުއްޓޭތަން ފެނުމުން އިވްރާއަށް

އުދަނގޫވިނަމަވެސް އެކަން މޫނުމަތިން ނުދެއްކޭތޯ

އޭނަ ބެލިއެވެ.

********************************

ގޮނޑީގައި ހަމަޖެހިލަމުން ޒާއިޝް ފުންނޭވާއެއް

ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.އެއަށްފަހު އަތުގެ

އިށާރާތުން ކައިރީގައި ހުރި މީރާއަށް އޭނަ

އެންގީ ދެން އޮތް ފަރާތަށް ގޮވުމަށްށެވެ.

“ފާތިމަތު އިވްރާ” ކެބިންއުން ބޭރަށް

ބޯދިއްކޮށްލި އަންހެން ކުއްޖާ އިވްރާ އަށް

ގޮވައިލުމުން އަވަސްވެފައިވި ހިތަކާއިއެކު

އިވްރާ ކުރިޔަށް ހިނގައިގަތީ ފިނިވެފައިވާ

ދެއަތްތިލައިން ފައިލްގައި ބާރަށް ހިފަހައްޓަ

އިލައިގެން ހުރެއެވެ.ކެބިންގެ އެތެރެއަށް

ވައިން އަންހެންކުއްޖާފެނި ޒާއިޝްގެ ދުބުމަ

ގާތްވެގެން ދިޔައިރު ކޮންމެވެސް ވަރަކަށް

އަނގަވެސް ހުޅުވިގެންދިޔައީ ކަމެއް ހަނދާން

ކުރާ ފަދައަކުންނެވެ.އޭރު އޭނާގެ ނަޒަރު

އެންމެ ފަހަރަކުވެސް އެކުއްޖާއާއި ވަކިނުވެއެވެ.

މޭޒުގެ އަނެއްފަޅީގައި އިންޒުވާނާ ކަޅިޖަހައިނުލާ

އޭނާއަށް ބަލަމުންގެންދާތީ އިވްރާގެ ހާސްކަން

އިތުރުވިއެވެ.އެހެންނަމަވެސް އޭނަ އެކަން

ނުދައްކަމުން ތުންފަތްމަށްޗަށް ހިނިތުންވުމެއް

ވެރިކުރުވިއެވެ.”އިވަރާ ދެއްތޯ…ކަޔާން”

ހިނިތުންވެލަމުން ކަޔާން ހިނިތުންވެލަމުން

ކަޔާން އިށީނުމަށް އިށާރާތް ކުރުމުން އިވްރާ

މަޑުމަޑުން ކުރިމަތީގައި ހުރި ގޮނޑީގައި

އިށިންދެލިއެވެ.”ޔާލްލް..ޔަލާތަ؟”ޔަގީންނުވެ

ހުރެ ޒާއިޝް އަހައިލިއެވެ.އެއާއިއެކު ކުރިމަތީގައި

އިން ޔަލާ މަޑު ހުނުމަކާއިއެކު ބޯޖަހައިލިއެވެ.

ކެބިން ތެރެއިން ނުކުތް އިވްރާ ފުންނޭވާއެއް

ލަމުން ހިނިތުންވެލިއެވެ.ކުރިމަތީގައި ހެވިފައި

ހުރި ޔޫހާން ފެނުމުން އޭނަ އެދިމާލަށް

ހިނގައިގަތެވެ.”ހެއި ޔޫހާން …ހާދަ ސަޅި

ބިޓެއް ގޮވައިގެން ތި އުޅެނީ.”އެވަގުތު

އެތަނަށް އައިސް ހުއްޓުނު ޒުވާނަކު

އިވްރާގެ މޫނާ ދިމާލަށް ކުޑަކޮށް ގުދުވެލަމުން

ބުނެލިއެވެ.”ސާބަސް ޒާން..އެއީ މަގޭ ކޮއްކޮއޭ”

އެޒުވާނާގެ ބުރަކަށީގައި ޔޫހާން ޖަހައިލިއެވެ.

އެއާއިއެކު ޒާން ހެމުން ހެމުން އެތަނުން

ދިޔައީ އިވްރާއަށް އެއްލޯ މަރައިލަމުންނެވެ.

އިވްރާ ޔޫހާންގެ ފަހަތުން ހިނގައިގަތީ

ދެބުމަ ގޮށްޖަހައިލައިގެން ހުރެއެވެ.

“ޖޮބަށް ނުކުންނަންވީމަ މިކޮޅުން

ގުޅައިލާނަން..”ޒާއިޝް އޭނާގެ އަތުގައި

އޮތްފައިލް ޔަލާއަށް ދިއްކޮށްލިއެވެ.އެވަގުތު

އަތުގައި އޮތް ފޯން ރިންގްވާންފެށުމުން

ބަލައިލިއިރު ކަޔާންއެވެ.ކެފޭ އަށް ދިޔުމަށްޓަކައި

ޒާއިޝް ސައިކަލް ދުއްވައިލީ ކަޅުކުލައިގެ

ރޭބަން އަވި އައިނެއް ލޮލަށް ހެޔޮވަރު

ކޮށްލަމުންނެވެ.”އޯގޯޝް..ދޮންބެ..އިވީގެ

ފައިލް ވީ މޭޒުމަތީގަ”ސައިކަލް ކައިރިއަށް

އައިސް ހުއްޓުނު އިވްރާ ނިތްކުރީގައި

މަޑުމަޑުން ޖަހައިލިއެވެ.”ދޭ އަވަހަށް

ހިފައިގެން އަންނަން..އައިވިލް ވެއިޓް

ހިއަރ..”އިވްރާ ދުވެފައި ކަހަލަ ގޮތަކަށް

ކެފޭގެ ތެރެއަށްވަދެގެން ދިޔްއެވެ.މޭޒުމަތީގައި

ފައިލްއޮތުމުން ހަމަޖެހުމުގެ ނޭވާ އެއްލުމަށް

ފަހު އިވްރާ ފައިލްނަގައިގެން އަވަސް

އަވަހަށް ނުކުންނަން ހިނގައިގަތެވެ.އަވަގުތު

ކުރިމަތިން އައި މީހެއްގެ ގައިގައި އޭނަ

އަޅައިގަތެވެ.”ސޮރީ”ފަހަތް ބަލާލުމެއް ނެތި

އިވްރާ އެހެން ބުނެލަމުން އެތަނުން

ނުކުންނަން ހިނގައިގަތެވެ.އިވުނު އަންހެން

ވަންތަ އަޑުން ފޯނުނުން ނަޒަރު ވަކިކޮށްލުމަށް

ފަހު ޒާއިޝް ފަހަތް ބަލައިލިއެވެ.އޭރު

ކެފޭގެ ދޮރުން އެކުއްޖާ ދުވެފައިކަހަލަ

ގޮތަކަށް ނުކުންނަނީއެވެ.

-“ނުނިމޭ”-

 

Share Article

Follow Me Written By

Cherrychoppers

Level 3100 Login10 Stories100 Comments

Other Articles

Previous

ވާލޯބި އެނގޭނަމަ…(5)

Next

ވަކިވެ ދިޔަޔަސް (6)

Next
May 16, 2020

ވަކިވެ ދިޔަޔަސް (6)

Previews
May 15, 2020

ވާލޯބި އެނގޭނަމަ…(5)

7 Comments!

  1. Cherrychoppers says:
    May 15, 2020 at 5:55 pm

    ahsalaamalaikum…here is the 8th part of our story hope you guyz will love this part too..thank you all for the support and love..❤️ midhuvaskolhu vaahaka up vaaley lasvaathy hurihaa readers ehge faraathun nihaayathah maaf ah edhen..

  2. Cherrychoppers says:
    May 15, 2020 at 6:01 pm

    readers eh ge kibainn***

  3. Hamna says:
    May 15, 2020 at 6:03 pm

    Alheyy mii first dhww.?..yesa mi part vess varah reethi maa shaa allah❤️..

    1. Cherrychoppers says:
      May 20, 2020 at 10:33 am

      Awwn jazaakillah khairan hamna ??

  4. ?Aashko?? says:
    May 15, 2020 at 7:31 pm

    Cherrychoppers laptop ga tha story type kuraniy. Ehnve alhuga ah fennaniy story ge half. Kurin 2 to 3 parts akuves readers ehn bunefa ebain. Cover photo fenuniyma v kiyaalaa hithun hulhuviy but half nufenenyaa kihineh kiyaaniy. So sad.. mi vaagotheh bunedhiyba. Half nufennaniy kiyhvetha

    1. Cherrychoppers says:
      May 17, 2020 at 3:51 pm

      Yes .. laptop in type kuranee.. kuriii parts thakugai readers ehen faahagakohleema alhugandumn belin kobaithw massala akyy.. beli iru eh line gai maa ginain words liyefai hunnathi ehen vanee.. dhen mihaaru varah madhun line ehga liyenyy like 3 or 4 words.. dhen mihaaru aslu neynge alhugandumennakah vx thihen vanee keehve kameh … varah dheravejje dear ah nukiyuneema.. v are very sorry ???? dhen next part gai adhi miah vureh words madhu kohlaanan insha allah.. very soryyy ???

  5. ?Aashko?? says:
    May 18, 2020 at 8:11 pm

    It’s ok. But I’ll wait for the next. Ekm kuriy parts nufennaathiy v dhera . Vaanuvaa eh neyngeyne dhw..

Comments are closed.


All Right Reserved!