
ޝާން ހެވިލާފައި އައިސް އަކްރަމްގެ ކޮޑޫގައި ޖަހާލުމަށްފަހު ކިހިނެއްހޭ އަހާލިއެވެ. ޝާންގެ މިހަރަކާތުން އަކްރަމްވެސް އަދި ނުހާވެސް ހައިރާންވިއެވެ. އަރީކާގެ މޫނު މައްޗަށް ވެރިވި ހިނިތުންވުންވެސް އެއްކޮށް ފިލައިގެން ދިޔައެވެ. ޝާންއަށް މިވީ ކިހިނެއްބާއެވެ. އަރީކާ ހީކުރީ ޝާން އައިގޮތަށް އައިސް ނުހާ އާއި އަކްރަމް ބޭރު ކޮށްލާނެ ކަމަށެވެ. ނަމަވެސް ޝާންގެ މޫނުމަތިން އެއްވެސް ރުޅިވެރިކަމެއް ފެންނާކަށް ނެތެވެ.
” ދޭބަލަ އަރީކާއަށް ގޮވަން..” ޝާން އައިސް ސައިބޯން އިށީނަން އުޅެނިކޮށް ނުހާ ބުނެލިއެވެ. ޝާން އަރީކާ ނިދާ ކޮޓަރިއާ އަރާ ހަމަވިތަނާ އޭނާގެ އަތުގައި އަރީކާ ހިފާ ކޮޓަރިތެރެއަށް ދަމައިގަތެވެ. ޝާން އަވަސް އަވަހަށް އަރީކާ ދުރަށް ކޮށްޕާލިއެވެ.
” މީގެކަން ހަދާން ބަހައްޓާތި… އަހަރެން އަންހެނުން އެބަހުރި ބޭރުގަ..” ޝާން ރުޅިއައިސްގެން ބުނެލިއެވެ.
” އައްދޭ.. ކޮންފަދަ ލޯތްބެއް.. ނުފެނޭތަ އޭނަ ލޯބިވެރިޔާ ގެނެސްގެން އުޅޭތަނެއް.. ދެމީހުން ހީ ހީފަ ހީވަނީ އެހެން ފަދަ ކަމެއްހެން..” އަރީކާ ބުނެލިއެވެ.
” ހުއްޓާލާ.. އަކްރަމްއަކީ ނުހާގެ ވެސް އަދި މަގޭވެސް ރައްޓެއްސެއް.. ސައިބޯން އާދޭ ބޭކާރު ވާހަކަ ނުދައްކާ..” ޝާން ނުކުމެގެން ގޮސް ކާގެއަށް ވަނެވެ.
“ހާދަ ލަސްވީ..” ނުހާ އަހާލިއެވެ.
“އާނ.. އެއީ.. އަރީކާ އޮތީ ނިދާފަ އެހެންވެ..” ޝާން ދޮގެއްހަދާލިއެވެ.
“އެހެންތަ ދެން ބޭއްވިނަމަ.. ޒާންއާ އެއްކޮށް ސައިބޮވިދާނެނުން ފަހުން..” ނުހާ މިހެން ބުނެލީ ޝާން ތަޅުވާލުމަށެވެ. ޝާން ހިނިގަޑެއް ޖަހާލުމަށްފަހު ސައިބޯން ފެށިއެވެ.
***
އެރޭގެ ވަގުތެވެ. ނުހާ ދިޔައީ ޝާން ގާތު ހުއްދަ ހޯދައިގެން އަކްރަމްއާއެއްކޮށް ބޭރަށެވެ. ޒާން އަދިވެސް ގެއަކަށް ނާދެއެވެ. އޭލެވެލްގެ އަހަރު ކަމުން ހެދުނުއްސުރެ ރޭގަޑު ވަންދެން އުޅެން ޖެހެނީ ސުކޫލުގައެވެ. ނުހާ ޑައިނަމޯއަށް ވަދެ 20 ސަބްމެރިންނަށް އޯޑަރު ދިނެވެ. އަދި އޯޑަރ ރެޑީވަންދެން އަކްރަމްއާއެކޮށް ކޮފީއެއްބޯލަން އެތާގައި މަޑުކޮށްލިއެވެ.
” ނުހާ ދެން ކިޔާދީބަލަ ވެގެން އުޅޭ ގޮތެއް..” އަކްރަމް އެގެއަށް ދިޔައިރުއްސުރެ އަހަން ބޭނުންވި ސުވާލު އަވަހަށް ކޮށްލިއެވެ.
” އާނ… އަހަރެން ހޮސްޕިޓަލުން ދޫކޮށްގެން ނުވާނެ 2 ދުވަސްވެސް އަހަންނަށް ހުރިހާ އެއްޗެއް ހަދާނަށް އައީ.. އަކްރަމް ވޭތުވެ މިދިޔަ ދުވަސްތަކަކީ އަހަރެންގެ ހަޔާތުގަވެސް އައި އެންމެ އުފާވެރި ދުވަސްތައް… އަހަރެން ޝާން ބަދަލުވެ އަހަންނަށް ލޯބިދީ އޯގާތެރިވޭތޯ އަބަދުވެސް ދުއާކުރަން.. އެންމެ ފަހުން މާތްﷲ އަހަރެންގެ ދުއާ އިޖާބަ ކުރެއްވީ.. އިގޭތަ ޝާން މިހާރު ވަރަށް ރަގަޅު… އަހަރެން ބިރުގަތީ ޝާންއަށް އަހަރެންނަށް ހުރިހާކަމެއް އަލުން އިގުނުކަން އެގިއްޖެޔާ ބަދަލުވެދާނެތީ… އެހެންވެ އަހަރެން މިކަން ސިއްރު ކުރީ…” ނުހާ ޝާންގެ ވާހަކަ ދައްކަމުން ދިޔައިރު ލޮލުން ކަރުނަ ހިލުނެވެ. މިހާރު އޭނާ ލޮލުން ކަރުނަ އަންނަނީ ދެރަވެގެން ނޫނެވެ. އުފަލުންނެވެ.
” ދެން އަރީކާ އޯ… އޭނަ ކީއްކުރަނީ ތިގޭގަ..” އަކްރަމް ހިތްހަމަ ނުޖެހުނީ ނުހާއަށް ލިބިފައިވާ އުފާ އަރީކާއާ ހެދި ގެއްލިދާނެތީއެވެ. އަދިވެސް އޭނާގެ ހިތްއެދެނީ ނުހާއެވެ. ނުހާގެ އުފާވެރިކަން ގެއްލޭ އެއްވެސް ކަމެއް ވާން އަކްރަމް ބޭނުމެއް ނޫނެވެ.
” އޭއި ވަރަށް ނިކަމެތި ކުއްޖެއް. މައިންބަފައިންވެސް ނެތި އެކަނި އުޅެ ބޮޑުވީ މެލޭގަ… އަހަރެން ކުޑަކޮށް ހަމްދަރުދީވީ.. އެކަމް އަދިވެސް އޭނަ ހުންނަނީ ޝާންއަށް މޮޔަވެފަ… އަހަރެން އެގެން ބޭނުން ޝާން އާ އޭނައާ ބެހޭގޮތުން… އާއިލާގެ އެހެން ކުއްޖެއްވެސް ނުހުންނަނީ ކަންނޭގެ…” ނުހާ ކިޔާދިނެވެ.
” އަހަރެން ބަލާދެންތަ އަދި އިތުރަށް އަރީކާގެ ހަގީގަތް.. އަހަންނަކަށް ހިޔެއް ނުވޭ ތީ ތެދުހެންވެސް..” އަކްރަމް އެއްގޮތަކަށްވެސް ނުހާ ދެއްކި ވާހަކަ ގަބޫލު ނުކުރެވެއެވެ.
***
” ކޮބާ ފަރިކަމަނަ ދިޔައިތަ އޭނަގެ ލޯބިވެރިޔާއާ އެއްކޮށް…” އަރީކާ ފަހަތުންއައިސް ސޯފާގައި ޓީވީ ބަލަން އިން ޝާން ގައިގާ ބައްދާލިއެވެ. ޝާން އަރީކާ ދުރުކޮށްލިއެވެ.
” ބުނަން ވާހަކައެއް.. އަހަރެން ބޭނުމެއް ނުން އިތުރަށް އަރީކާއާ ގުޅުން ބާއްވާކަށް… އަހަންނަށް ރަގަޅީ އަރީކާ މިތަނުން ދިޔައިޔާ..” ޝާން ޓީވީ ނިއްވާލުމަށްފަހު ކޮޓަރިއަށް ދާން ތެދުވިއެވެ.
” ކީކޭ… ވޭތުވެދިޔަ 15 އަހަރު އުޅެން ބޭނުން ނުވާތީތަ އަހަންނާއެކު އުޅުނީ… ދެން ޝާންގެ ދަރިއޯ…” އަރީކާ ބަޑުގައި އަތްޖައްސާލުމަށްފަހު ބުނެލިއެވެ.
” އެހެން ކިހިނެއް ވާނީ.. އަހަރެންގެ ދަރިއެއް އަރީކާއަށް ލިބެންވީ ކީއްވެ… އަހަރެން މީ އަހަރެންގެ އަބިމީހާއާ ކައިރިވާ މީހެއްނުން އަމުދުން އަހަރެން އަރީކާއާ ކައިރިވާނެތަ..” ޝާން ބުނެލިއެވެ. ހަގީގަތުގައިވެސް ޝާން އެފަދަ އަމަލެއް އަރީކާއާއެކު ނުހިންގައެވެ. ބައްދާލާ ހަދާލިއެއްކަމަކު އޭނާގެ މޫނު އޭނާގެ އަބިމީޙާ ކުރިމަތީ ގެއްލޭ އެއްވެސް ކަމެއް އޭނާ އަށް އެގިގެން މިހާތަނަކަށް ނުކުރެއެވެ.
” ހަ… ދެން ނުހުންނާނެ ހަދާނެއް… މެލޭގަ ހަދާނެއް ނުވޭތަ…. ހެދުނު ހޭލިއިރު އަހަރެމެންނަށް ކަމެއް ނުވެޔޭ ބުނެވޭ ޖާގަ އޮތްތަ؟ އެރޭ އެވީ ކޮންކަމެކޯ… ޝާން ވެސް ތީ އެހެން ފިރިހެނުން ކަހަލަ މީހެއް.. ތިމާ ބެދިދާނެތީ ބޮލުން ކަޓުވާލަން ނޫޅެބަލަ… ޝާން އަމިއްލައަކަށް ނުން އަހަރެންގާތު މައާފަށް އެދުނީ.. ރައްޓެހިވެގެން އެހާ ދުވަސް ފަހުން އަހަންނާ ޝާން ގާތްވީމަ އަހަރެން އެދުވަހު ވެސް ބުނީމެއްނުން އެއީ ކަމެއް ނޫނޭ..” އަރީކާ ދެލޯ އަޅާލަމުން ބުނެލިއެވެ. ޝާން ރަގަޅަށް ވިސްނާލިއެވެ. އޭނާގެ ހިޔާލަށް އައީ އެންމެ ފަހުން މެލޭއަށް ދިޔަ ދަތުރު މަތިންނެވެ. ނުހާ ފުރުވާލުމަށްފަހު އެދުވަހު އައިސް އަރީކާއާ އެއްކޮށް ހޮޓަލްގައި ނިދި ހަދާން ވިއެވެ. އެބުނާހެން ހެދުނު ހޭލެވުނު އިރު އަރީކާ އޮތީ ނިދާފައެވެ. އެތަން މިތާގައި އެރޭ އެމީހުން ލައިގެން ހުރި ހެދުން އޮތެވެ. ޝާންގެ ބޮލުގައި ރިއްސާލިއެވެ. ކޮޓަރިއާ ދިމާލަށް ހިގައިގަތެވެ. އަރީކާ ފަހަތުން އައިސް ޝާން ގައިގާ ބައްދާލިއެވެ. އަދި މަޑުމަޑުން ރޯންފެށިއެވެ.
“ޝާން އަހަރެން ޝާންދެކެ ވަރަށް ވަރަށް ލޯބިވޭ… އަހަރެން ބޭނުމެއް ނުން އަހަރެންގެ ދަރިފުޅަކީ ބައްޕަ ނެތް ކުއްޖެކޭ ބުނާކަށް…” އަރީކާ އެހުރިގޮތަށް ހުރެ ބުނެލިއެވެ. މީހުން ބުނެ އުޅެއެވެ. ފިރިހެނެއްގެ ހިތް އަންހެނަކު ރޯން ފަށައިފި ނަމަ މައިތިރި ވާނެއެވެ. ޝާންއަށް ވީވެސް އެހެންނެވެ. އޭނާ އަރީކާ އަތު ލަފިކޮށްގެން ގޮސް އަރީކާ ކޮޓަރިއަށް ވަނެވެ.
****
ސަބްމެރިންތައް ތައްޔާރުވުމުން ނުހާ އާއި އަކްރަމް ކާރުގައި ގޮސް މަޑުކޮށްލީ އަހްމަދިއްޔާ ސްކޫލު ދޮރުމައްޗަށެވެ.
” ހަލޯ މިސް.. މީ ޒާންގެ މަންމަ ޒާން ކާއެއްޗެއް ހިފައިން އައިސް ދޭންވެގެން ސްކޫލު އޮފީހަގަ މިހިރީ..” ނުހާ ގުޅާލީ ޒާންގެ ކުލާސް ޓީޗަރަށެވެ. އިރުކޮޅެއް ނުވެ ޓީޗަރު އައިސް އޮފީހަށް ވަނެވެ. ނުހާ ކޮތަޅު ދިއްކޮށްލުމަށްފަހު ހުރިހާ ކުދިންނާ ޓީޗަރަށް ގެނައި އެއްޗެކޭ ބުނެލިއެވެ. ސަބްމެރިންތައް ހަވާލު ކޮށްލުމަށްފަހު ނުހާ އައީ ގެޔަށެވެ. ކާރުން ފޭބުމަށްފަހު އަކްރަމް ގާތު އަދި ގުޅާނަމޭ ބުނުމަށްފަހު ނުހާ ގޮސް ގެއަށް ވަނެވެ. ސިޓިންގްރޫމްގައި ޝާން ނެތުމުން ނުހާ ގޮސް ކޮޓަރި ބަލާލިއެވެ. ކޮޓަރީގައިވެސް ޝާންއެއް ނެތެވެ. ނުހާ ފޯނު ނަގާ ޝާންއަށް ގުޅާލިއެވެ. ޝާންގެ ފޯނު ގޭތެރެއިން ރިންގްވާން ފެށިއެވެ. ފޯނު ރިންގްވާ ދިމާލަށް ނުހާ ހިގައިގަތެވެ. މަޑުމަޑުން ފޯނުރިންގްވީ އަރީކާ ނިދާ ކޮޓަރިތެރެއިންނެވެ. އަނެއްކާ ޝާން އެކޮޓަރީގަ ވީބާއޭ ނުހާ ހިތަށް އެރިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ކޮޓަރީގެ ދޮރު ހުޅުވުމަށް ތަޅުގައި ހިފާލިއެވެ. ނުހާގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. ދޮރު ހުޅުވާލީ އެކޮޓަރީގައި ޝާން ނޯވޭތޯ ދުއާ ކުރާ ހާލުގައެވެ. ނުހާގެ އަތުގައި އޮތް ފޯނު ބިންމައްޗަށް ވެއްޓުނީ އަރީކާ ނިދާ އެދުގައި ޝާން ނިދާފައި އޮތުމުންނެވެ. އޭރު އަރީކާ ފެންނާކަށް ނެތެވެ. ކުއްލިއަކަށް ފާހަނަ އިން އަރީކާ ނުކުތެވެ. ބޮލުގައި ފެންފޮހެމުން ނުކުތް އިރު ނުހާ ހުރިތަން ފެނުމުން އަރީކާ ނުލަފާ ހިންޏެއް ތުންފަތްމައްޗަށް ވެރިކުރުވިއެވެ.
“ޝާން..” ނުހާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. ޝާން ގޮސް ޖެހުނީ ކޮޅަށެވެ. އެއްފަހަރު ނުހާއަށް ބަލާފައި އަނެއްފަހަރު އަރީކާއަށް ބަލާލިއެވެ.
=ނުނިމޭ=
16 Comments!
Comments are closed.
Annyeong nuna……. Maashaa Allah…… V v v v v salhi…… Keep it up………curiously waiting……… Vaahaka nimey iru varah reethi vaane zaan ge kokkoeh hunnanya………. SARANGHAEYO NUNA……..
Annyeong dongsaeng.. ❤ thank you….
wait are you a Nam dongsaeng.??.
Zaan ge kokko eh dhw… nimeyru nethijjeya thy zaange kokko kamah niman kihineh vaane?? ?
I’m ready to be zaan he kokko……hehehe??????
I’m ready to be zaan kokko……hehehe??????
Oh wait I even want to see zaan getting married but not areeka….. Lol???cuz she is disgusting & I guess she is 1000 times older than zaan??????
Hmm hmmm… marry kuran dhw. He is still young…
Hahahaha yes age difference v boduvaane…. areeka reethi kamun heevany 20 aharuge kujjehen ehenve zaan alhaigathy…. ????
What you meant by Nam dongsaeng????
Nam dongsaeng means. Younger brother??? Since you called nuna I am asking whether you are a boy??? Hehe.. in korean the guys call older sister nuna.. girls call oenni or unnie…
Vvvv reethi mi part vx.. Whn is next part.. Curiously waiting for next part ngey.. Next part thankolheh dhigukoh genesdheveythoa balahchey.. N thankolheh avahah up kohdhehchey next part… N krystal you are so talented.. Maashaallah.. Lysm.. #stay home #stay safe ❤️❤️❤️??
??? Thank you lazy_queeny…
Mihaaru mivahaka ehkoh liye nimifa iny.. insha allah mihaaru liyamun anna vahaka dhigukoh genesdheveytho varah try kuraanan ingey.. now started a new story.. ??
Miadhu submit kuraanan insha allah..
Mi part vx varah reethi, Ma Sha Allah???? Ekam mi Shaan vx mee alhe kihinei ulheynamey hithaa ulhey myhei tha?
❤❤Thank you izabell..
Hahaha.. kommeves ekaku nagan vejje dhw mihaaru… mifaharu izabell bunaa mehakah shaan dheyny okay nun…
Ahahaha, Aaan ekey. Shaan vx vejje eh nu ekaku nagnan dhw ? adhi mi Arikaa Zaan fakeeru sikundi are kulhe nulaifiyyaa rangalhu vaani dhen ??♀
Hahaha.
Areeka nulhey zaan aa hedhi zaan ulheny areeka reethivegen….
Emme dhuvahaku canteenun fenigen ?♀️?♀️?♀️
Wow … maasha allah .. mi baives v salhi … alhe ekm shaaaaaaaan dhn thi areeka dhookohfa nuha kairia dheybala … ulhey goi dhw … pis pis …. nuha nikan shaan jealous kohlabala … dhn zaan ves areeka noon meehaku nufenun viyya … v beynun zaan ge ves love story e dheken ekm e areeka akaa eku e noon … btw curiously waiting for the next part . ❤❤❤
❤ Thank you loola .
Ahahha… all readers mihaaru areeka ah vure bodah shaan dheke eba rulhi aadhey… ???
Insha allah varah avahah next part libeyne…
Love this part two … alhe shaan nuha a thihen nuhadha bala … plz shaan n nuha gulhuvachey … n e areeka olhaalaafa back a fonuvaalaa …. love this story