ޒިނީޝްއަށް މަދު އެކަޗެއް ވެސް ނެތެވެ. ނުހަނު ލޯބިވާ އާއިލާއެކެ. އަބަދުމެ ގާތުގައި މުނިފޫހިފިލުވުން ތިބޭ އެކުވެރިންނެވެ. ރަގަނޅު ވަ ޒީފާ އަކާ އަމިއްލަ ކިލިނިކެއްކެވެ. ނަމަވެސް މީ ހުސްވެސް ހަގީގަތުގެ މަތީ އެޅިފައިވާ ފަރުދާއެކެވެ. އެފަރުދާގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއްބާއެވެ؟ ޒީނިޝް ގެ ހިތާމައަކީ ކޮބާބާއެވެ؟ ދިރިއުޅުމުގެ ދިމާވާ ޚިތާމާވެރި، އަދި އުފާވެރި އަސަރުތައް މިވާހަކަ ގައި ވެއެވެ. މި ހުރިހާ އަސަރަކާއި ސުވާލުތަކު ޖަވާބު މި އަސަރުގަދަ ވާހަކައިން ހޯދާށެވެ. ނޭނގޭ! […]
“އޭނާގެ ފޯނު ލޮކޭޝަން ހޯދިންތަ؟” ޔަނާލް އެހިއެވެ. “ފާތިޙް ސާރ ބުނީ ލޮކޭޝަން އޮފް ކޮށްފައޯ އޮތީ.” އުޝާ މާޔޫސްކަމާއެކު ބުނެލިއެވެ. އިރުކޮޅަކު ވިސްނާލަން އިނދެފައި ޔަނާލް ބުންޏެވެ. “އުޝާ ހަނދާން އެބަހުރިތަ އަހަރެމެންގެ ފުރަތަމަ ކޭސް؟ އެފަހަރު މިހުރާން ގެއްލިގެން އުޅުނީމެއްނު. ފަހުން އޭނާ ފެނުނީމަ އުޝާ އަހަރެމެން އެންމެން ފޯނަށް ކޮންމެވެސް އެއްޗެއް ލީމެއްނު. ލޮކޭޝަން އޮފް ކޮށްފައި އޮތަސް ފޯނު ހަލާކުވެފައި އޮތަސް ފޯނުގެ ލޮކޭޝަން ދެން އުޝާއަށް ހޯދޭނެއޭ ބުނީމެއްނު.” ޔަނާލް […]
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނުހާ އަދިވެސް އޭނާއަށް ހުރިހާ ކަމެއް ހަދާން ވެއްޖެކަން ޝާން ގާތުވެސް އަދި ޒާން ގާތުވެސް ނުބުނެއެވެ. ޝާން މުޅިންހެން އެއްކޮށް ބަދަލުވެއްޖެއެވެ. އޮފީހަށް ގޮސްފައިވެސް ނުހާ އަށް ގުޅައިން ވާހަކަ ދައްކައެވެ. ރޭގަޑުގަޑީ ނުހާ ގޮވައިން ބުރު ޖަހާލަންވެސް ދެއެވެ. އަރީކާ ޝާންއަށް ގުޅާލެއްވެސް މަދެވެ. ” ހަލޯ.. ކީކޭ ޒީ..” ނުހާގެ ފޯނު ރިންގް ވުމުން ފޯނު ކަންފަތުގައި ޖަހާލަމުން ވާހަކަ ދައްކަން ފެށިއެވެ. ” ނުހާ.. ކިހިނެއް މިހާރު؟ […]
ބައްޕަ ޖަހާފައި އިން ނަމަބަރަށްވެސް ގުޅާގުޅާ އެނަމްބަރަކުންވެސް ފޯނު ނެގިއެވެ. އެންމެ ފަހު މަންމައަށް ގުޅިއިރު ބުނަނީ އެނަމްބަރު ނިއްވާލާފައިވާ ކަމަށެވެ. އިފްނާގެ ސިކުނޑިއަށް ހާސްކަމެއް ވެރިވީ ދެނެވެ. ވީހާވެސް އަވަހަކަށް ތައްޔާރުވެލައިގެން ގެއަށް ދާން ނިކުތީ ޒަލާ އަދި ރީނީ ކައިރީގަވެސް ބުނުމަކާއި ނުލައެވެ. ސޯފާގައި އެއްދިމާލަކަށް ބަލަހައްޓައިގެން އިން ވިއާމްއަށް ޖޫސްތައްޓެއް ދެވޭތޯ އޭނާގެ ދޮށީ ދަރިފުޅު ވީރާ މަސައްކަތް ކުރާތާ ކިތަންމެ އިރެކެވެ. ވިއާމްގެ ހާލަށް ހަމްދަރުދީވާ ހާލު އޭނާއާއި ދިމާއަށް […]
އާއިޝް ގޮވަގެން ދާން ހެދުމުން އޭނާ ފުއްކުނޑި ދައްކަން ފެށިއެވެ. އާއިޝް ބޭނުންވީ އަހަރެންގެ ކައިރީގައި މަޑުކުރާށެވެ. *** މަންމަ އެތައް އެއްޗެއް ކިޔައިގެން އާއިޝް އެއްބަސް ވިއެވެ. އަހަރެންވެސް އިތުރަށް މަޑުނުކޮށް ކޮޓަރިއައް ވަނީ ތާޒާ ވެލަން ބޭނުންވެފައި ހުރި ވަރުންނެވެ. ދޮރުލައްޕާފައި ހޫނުކަމުން އަހަރެން އެނބުރުނީ އޭސީ ޖައްސާލާށެވެ. އެގަޑި އަހަރެންގެ ނަޒަރު އެބޮޑު ކޮޓަރިތެރެއަށް ހިންގާލެވުނެވެ. މުޅި ކޮޓަރީގެ ހަތަރުފާރު ފަޅު ފިލިވާލާފައި ވަނީ ފެހިކުލައިގެ އެކި ޝޭޑް ތަކުންނެވެ. ކިންގް ސައިޒް […]
އެތަން އަނދިރި ކަމުން އޭނާ އަތުގައި އޮތް ކުޑަ ލައިޓުން އެތަނަށް އަލި އަޅުވާލިއެވެ. އެތާގައިވެސް ހުރީ ބަސްތާ ތަކެކެވެ. ނަމަވެސް އެއީ ޑްރަގްތަކެއް ނޫންކަން ޔަނާލަށް ޔަގީންވިއެވެ. އެތަނުން އެ ބަސް ކުޑަކޮށް ހުޅުވިފައި ހުރުމުން ޔަނާލް އެތެރޭގައި ހުރި އެއްޗެއް ޔަގީން ކޮށްލަން ބަލާލިއެވެ. އޭނާގެ ހީ ޔަގީނަށް ބަދަލުވިއެވެ. އޭގައި ހުރީ ގަން ޕައުޑާއެވެ. އޭނާ އެތާނގައި ހުރި ފާރަށް އަލިއަޅުވާލެވުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އެތަނުގެ ހަތަރު ފާރު ފުރާ އެކި ވައްތަރުގެ […]
އާއެކެވެ. ނުހާވަނީ ފާއިތުވެދިޔަ 16 އަހަރުގެ ހަދާންތައް އޭނާގެ ސިކުޑިން ފޮހެލާފައެވެ. ހިތްދަތިކަމާ ވޭން ތަހަންމަލު ކުރަން ޖެހުމުން ކޮންމެ މީހަކުވެސް އެހަދާންތަކާ ދުރައްދާން ބޭނުން ވާނެއެވެ. ޒާން އަށް ބުނާނެއެއްޗެއްވެސް ނޭގުނެވެ. އޭނާގެ މަންމަ މިއަދު އެވަނީ އޭނާ މަތިންވެސް ހަދާން ނައްތާލާފައެވެ. ނުހާ އަލުން ކުރީގެ ނުހާއަށް އަންނާނެކަމުގެ ފޮނި އުންމީދު ޒާންގެ އޮތެވެ. ނުހާ ގެއަށް ދޫކޮށްލީ 3 ދުވަސް ފަހުންނެވެ. އަދިވެސް ނުހާ އުޅެނީ ޒާންއާ ވަރަށް ދުރުންނެވެ. ހީވަނީ ނުދަންނަ […]
“މަންމާ.. އަހަރެންނައް ސިއާ އާ ނުލާ އުޅެވޭނެބާ؟؟” ނާއިމް ނިއާޝާގެ މޫނައް ބަލަމުން ބުނެލިއެވެ.. ހަމްދީ ބުނި ފަދައިން 8 ޖަހާލި ކަންހައިރު ކޮންމެސް މީހެއް އައިސް ނާއިމްގެ އަތައް ބޮޑު ފޮއްޓެއް ދިނެވެ.. އޭގައި އޮތީ ހުސް ރުފިއާއެވެ.. ނާއިމް އެންމެ ސިކުންތެއްވެސް ލަސްނުކުރުމެއްނެތި.. އެރުފިޔާ ހޮސްޕިޓަލައް ދެއްކުމައްފަހު ނިއާޝާގެ އޮޕަރޭޝަން ކަންތައް ހަމަޖެއްސިއެވެ.. ނިއާޝޡާ އޮޕެރޭޝަން ކުރަން ވެއްދުމުން.. އެތާ ދޮރުކައިރީ ނާއިމް މަޑުކޮއްލައިގެން ހުއްޓެވެ.. އޭރު ނާއިމްގެ ދެއަތް ތުރުތުރު ލަމުން ދެއެވެ.. […]
”މިވީ މާ ރަނގަޅަކަށްނު.” ޔޫހާއަށް ހިނިގަނޑެއް ޖަހައިލެވުނެވެ. ޔުނާންވެސް އޭނާއާ އެއްބައިވެލައި ހިނިގަނޑެއް ޖަހައިލީ މޮޅު ރޭވުމެއް ރާވަން ދެމީހުން އެކުވެރިވާން އުޅޭ ފަދައަކުންނެވެ. ދެމީހުން އެކުގައި ގޭތެރެއަށް ވަދެގެން ދިޔައިރު ސޯފާގައި އިށީންދެގެން އިން އެންމެންގެ ނަޒަރުވެސް ހުއްޓިފައި ހުރީ ޔޫހާއަށާއި ޔުނާންއަށެވެ. ނަމަވެސް އެއިން އެކަކު ވެސް އެކަމަށް އަޅާނުލައި ގޮސް ސޯފާގައި އިށީންދެލައި