Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ…(6)

ރޭގަނޑުގެ ވަގުތެވެ.. ކިއާން އިނީ އޮފީސް މަސަތްކަތެއް ނިންމާށެވެ.. ކިއާންގެ ދޮންމަންމަ.. ސަމީމާ އައިސް ދޮރުގައި ޓަކިޖަހާލިއެވެ.. “ދަރިފުޅާ.. ކިއާން.. އާދޭ ކާން ބައްޕަވެސް އެބައިން”.. ސަމީމާގެ ތުއި އަޑު ކަންފަތުގައި ޖެހުމުން ކިއާންގެ މޫނުމަތިން ފެނުނީ ފޫހި ކަމެވެ.. ކިއާންގެ ބައްޕަ ޒަކީ އާއި ސަމީމާ.. ކިތަންމެ ސިއްރުން އުޅުނަސް ކިއާން އަށް އެކަން އެނގެއެވެ.. ނަމަވެސް ލޯބިވާ މަންމަ ހިތުގަ ޖައްސަން ބޭނުންނުވާތީ ކިއާން އޭނާގެ މަންމަ އަށް އެކަން ފޮރުވީއެވެ.. ކަންދިމާކުރި ގޮތުން.. ޖެހުނު ބައްޔެއްގެ ސަބަބުން މީގެ 5 އަހަރު ކުރިން ކިއާންގެ ލޯބިވާ މަންމަ ޒޫނާ ނިޔާވީއެވެ.. ޒޫނާ ނިޔާވިތާ ހަފްތާއެއް ނުވަނިސް ޒަކީ.. ސަމީމާ އާ ކައިވެނި ކުރީއެވެ.. ކިއާން ސަމީމާދެކެ.. ރުޅިއަންނަނީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ……

ނަމަވެސް ކިއާންގެ ބައްޕަ ޒަކީ ވެސް އިނުމުން ކިއާން ކާގެއަށް ދިޔައެވެ.. ހަތަރެސްކަނައް ހުންނަ ބޮޑުމޭޒުމަތީގައި ވަނީ އެކި ވައްތަރުގެ ކާނާއިން ފުރާލެވިފައެވެ.. ކިއާން ކާން އިށިންނުމުން ސަމީމާވެސް އިށީނދެލިއެވެ.. “ދަރިފުޅާ ކިއާން.. ކައިވެންޏެއް ކުރާކައް ނުވިސްނަންތަ.. މިހާރު އުމުރުން 24 އަހަރުއެވީ”….”ބައްޕާ.. އަހަރެން ކައިވެނިކުރާކަހަލަ ކުއްޖެއް އަދި ނުފެނޭ..”….”އަހަރެންގެ އެއްބަނޑުއެއްބަފާ ދައްތަ ވަސީމާގެ ޖޫލީ އެހެރީއެންނު”.. ސަމީމާ ފުރުސަތުގެ ބޭނުން.. ހިފާލިއެވެ.. “އާން އެއީވެސް ކިޔަވައިގެން ހުރި ރަނގަޅު ކުއްޖެއް…އެކަމަކު ބައްޕަ ދަރިފުޅަކައް މަޖުބޫރެއް ނުކުރާނަން..” ޒަކީ ބުނެލިއެވެ.. ޒަކީ ސަމީމާ އާ އެއްކޮޅައް ނުހިފުމުން.. ސަމީމާ ތުންދަމާލިއެވެ.. “ކޮބާތަ.. ލާމިން..؟؟ޒަކީ ސަމީމާ ގާތުގައި އަހާލިއެވެ.. “ރައްޓެހި ކުދިންނާއެއްކޮއް.. މަޖާކޮއްލަން ދަނީއޯ ބުނީ”…ސަމީމާ ހެމުން ހެމުން ބުނެލިއެވެ.. ލާމިން އަކީ ސަމީމާ އެންމެ ފުރަތަމަ ކައިވެނި ކުރި މީހާގެ ދަރިއެކެވެ.. ލާމިން ކިއާން އަށް ވުރެ ހަގީ އެންމެ އަހަރެކެވެ.. ނަމަވެސް ކިއާން އާ ލާމިންގެ މެދުގައި ވަނީ ނަފްރަތެވެ..

ސަމީމާގެ ކޮއްކޮ ޖޫލީއަކީ ވަކި ހަޑިމީހެއްނޫނެވެ.. ޖޫލީއަށް ކިޔާން ވަރަށް ކަމުދެއެވެ.. ނޭވަޔަކު ދެކޮޅު ޖޫލީ އޮންނާނީ ކިޔާންމެންގޭގައެވެ.. ސަމީމާވެސް ބޭނުންވަނީ ކިއާން އާ ޖޫލީ ގުޅުވާށެވެ..

ޒަކީ ދެއްކި ވާހަކައިގެ ސަބަބުން ކިޔާންގެ މޫޑުމުޅިން ގޯސްވިއެވެ.. ކިޔާންގެ އެންމެ ގާތް އެކުވެރިޔާ އަދި އެސިސްޓެންޓް ރާކިންއަށް ގުޅާލާފައި.. އައުމައް ބުނެލިއެވެ.. ރާކިން ކިއާންގެ އެސިސްޓެންޓެއްގެ މަގާމް އަދާކުރަމުންދާތާ މިހާރު 6 އަހަރު ވެދާނެއެވެ.. ކިއާންގެ ހުރިހާ އުފަލަކާއި ހިތާމައެއްގައި ރާކިން އެންމެ ފުރިހަމައަށް ބައިވެރިވެއެވެ.. ކިއާން އާ އި ރާކިންގެ ދެމެދުގައި ވަނީ … ވަރަށްވެސް ވަރުގަދަ އެކުވެރިކަމެކެވެ.. ރާކިން ކޮފީޝޮޕައް ވަނުމުން ކިއާން ހައި ޖަހާލިއެވެ.. “ކިހިނެއްވީ ތަ ބުރޯ”…ރާކިން ގޮނޑީގައި އިށިންނަމުން ބުނެލިއެވެ.. “ކީއްތަ ނުވަނީ.. މިރޭ ބައްޕަ ދެއްކީ އަހަރެންގެ ކައިވެނީގެ ވާހަކަ.. އެހެރަ ސަމީމާ.. އަވަހައް ބުނެފިއެއްނު ޖޫލީ އެހެރީ އޭ.. ހީވަނީ އެ އަންހެނާގެ އާއިލާ މީހުނުން އަހަރެމެން ގެ ފުރަން އުޅޭހެން.. އެ ސަމީމާ އުޅޭތީވެސް އަހަރެން މި ހުންނަނީ ބޮލައް ތޭ އަރާފަ.. އަނެއްކާ އެގޭ ޖޫލީ އައިސްފިއްޔާމު.. އުޅޭނެކަމެއްވެސް ނެތެންނު”….”އަހަ އަހަ އޭނަވެސް ބޯ ބޮޑީ.. މި ވިޔަފާރި ތި ބަލަހައްޓަނީ ކަލޭ.. ކިހިނެއް އެނގެނީ މާދަމާވެސް ޒަކީބެ ވިޔަފާރި އެއްކޮއް ކަލެއަށް ނުދޭނެކަމެއް.. ކުރީބައިގައި.. ހިއްސާ ހޯދަނީއެ އަހަ އަހަ”.. ރާކިން ހެމުން ހެމުން ބުނެލިއެވެ..” އޭ އަހަރެން މި ހިތައް އަރަނީ ވަރުގަދަ މަންޖެއެކޭ.. އެއީ”.. ރާކިން ބުނެލިއެވެ.. “ކާކު؟”..”އެއްކަލަ އެސްއެންއެސްގެ ވައިސް.. މިބުނީ ހަމްދީގެ ދަރި”….”ސުއްބޫސް އޭނަގެ ވާހަކަ ނުދައްކާ.. އޭނަޔާ ހެދި އަހަރެންގެ ދިރިއުޅުން.. ހަލާކުވަނީ މިއޮތް”….”ކޮންމެ ކަމެއްވިއަސް.. އޭނަ އަކީ ގާބިލު މީހެއް..އަހަ އަހަ”…”އަދި ކުޅި ދައްކާލާނެމޭ އޭނަޔައް.. އޭނަ އެކުޅުނީ ކިއާން ޒަކީ އާ އާދައިގެ މީހެއް ނޫނޭ މީ”.. ކިއާން ފޮނިވެލިއެވެ.. “އަހަ އަހަ އާން އާދައިގެ މީހަކައް ނުވާތީ އެންނު އެސްއެންއެސްގެ ބޮޑު ދޮރާށީގެ ތިރީގައި ވެލައެއްހެން ބިހެއް އެޅިފަ އޮތީ އަހަ އަހަ”.. ރާކިން ހޭން ފެށިއެވެ.. “އުހޫ.. ތިޔައްވުރެ މާ މުހިންމޭ ކައިވެނި ކަންތައް.. އަހަރެންނައް ހީވަނީ ބައްޕަ ވިޔަފާރި އެއްކޮއް ލިބޭނީ އަހަރެން ކައިވެނި ކުރީމަހެން..”….”ދެން ކީއްކުރާނީ.. ކުއްޖެއް ހޯދަބަލަ… އަހަރެން މީ އަންހެން ކުއްޖެއްނަަމަ ތާ ކަލެއާ ކައިވެނި ކުރެވޭނީވެސް”.. ރާކިން ހެމުން ހެމުން ބުނެލިއެވެ…

އިރުކޮޅަކު ވިސްނަން އިން ކިއާން ފުންމާ އަރާ ގޮނޑިން ތެދުވިއެވެ.. “ރާކީ.. އައި ގޮޓް އޭން އައިޑިއާ…އައ އޭމް އަ ޖީނިއަސް.. އަހަރެން ސިއާ އާ ކައިވެނި ކުރާނީ”….”ވަޓް؟؟ ކަލޭ ހަމަތަ؟؟ ނޫނީ  ނުބައި ބޭހެއް ކައިގެން ތަ ތިއުޅެނީ”…ރާކިން ކިއާންގެ ކަންފަތުގައި ހިފަމުން ބުނެލިއެވެ.. “ނޯނޯ އައި އޭމް ފައިން.. ބަލަ ބައްޕަ ބޭނުމީ އަހަރެން ކައިވެނި ކުރަން ސިއާ އަކީ އެންމެ ބެސްޓް ކޮއިސް.. އަހަރެން ސިއާ އާ ކައިވެނި ކޮއްފިއްޔާ ބްލޫރޭ އެންޑް އެސްއެންއެސް.. އެއްވާނެ.. ސޯ އަހަރެން ކުރި އަރާކައް އެއްވެސް ހުރަހެއް ނޯންނާނެ”.. ކިއާން ބުނެލިއެވެ.. “އެކަމަކު އަހަރެންނައް ހީވަނީ ތީގެ ފަހަތުގެ އެހެން މަގްސަދެއް އެބައޮތްހެން.. “.. ރާކިން.. ކިއާން އާ ދިބަލައް ބަލާލަމުން ބުނެލިއެވެ.. “އަހަ އަހަ ޔެސް.. އައި ވިލް މޭކް ހާ ޕޭ ފޯ ވަޓް ޝީ ޑިޑް ޓުމީ.. އޭނަގެ މުޅި ދިރިއުޅުން ހަލާކު ކޮއްލާނަން”.. ކިއާންގެ ތުންފަތައް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.. ރާކިން އެހާ ހިތްހަމަ ނުޖެހުނަސް… ކިއާން ބޭނުން ކަމެއް ކުރާނެ ކަން އެނގެއެވެ.. އުފާވިވަރުން ގޮސް ކިއާން ބޯން އިން ކޮފީތަށި ލައިގެން ހުރި ގަމީހައް ވެރުމުން އެ ދޮންނަން ދިޔައެވެ..

ނޫރާ އިނީ.. ނޫރާގެ ބޯއިފްރެޏްޑް ޒައިކް އާ އެއްކޮއް ކޮފީއެއްގައެވެ.. “ނޫރާ ވީ ޝޫޑް ބްރޭކް އަޕް..”….”ވަޓް؟؟ ޔޫ ނޯ ސަމްތިން.. އައި އޭމް ބްރޭކިން އަޕް ވިތް ޔޫ..” ނޫރާ ޖޫސްތަށި ޒައިކްގެ މޫނައް ޖެހިއެވެ.. ދޮރުން ނިކުންނަން ދިޔަ ރާކިން އަށް މި މަންޒަރު ފެނުމުން ދެލޯ ބޮޑުވިއެވެ.. “ކަލޭ ނެތަސް އަހަރެންނާއެކު އުޅޭނެ މީހުން ވާނެ.. އައިއޭމް ނޫރާ.. ގޮޓް އިޓް..”.. ނޫރާ ދަބަސް އަޅުވައިގެން ބޭރައް ނިކުތީ ރާކިންގެ އަތުގައި ވެސް ހިފައިގެނެވެ.. ވާނުވާގައި ހުރި ރާކިން އަދިވެސް ހުރީ ނޫރާ އާ ދިމަލައް ބަލަހައްޓައިގެނެވެ.. ކޮފީޝޮޕުން ނިކުމެފައި ނޫރާ ރާކިންގެ އަތުން ދޫކޮއްލިއެވެ. އަދި ވޮލެޓުން.. 1000 ރުފިޔާ ނަގައި ރާކިންގެ އަތައް ދީފައި ކާރައް އަރާ ނައްޓާލިއެވެ.. ރާކިން އަށް ހުރެވުނީ ނޫރާދިޔަ ދިމަލައް ބަލަހައްޓައިގެނެވެ.. ޓިޝޫ އަކުން ގަމީސް ފުހެމުން ފުހެމުން.. ނިކުތް ކިއާން އަށް 1000 ރުފިޔާ އަތައް ލައިގެން ސްޓަކްވެފަ އިން ރާކިން ފެނުމުން ކޮއްޓާލިއެވެ.. ސިހިފައި ރާކިން ކިއާން އާ ދިމަލައް ބަލާލިއެވެ.. “ތީ ކޮންކަމެއް ބުރޯ”.. ކިއާން މަތިބަލަމުން ބުނެލިއެވެ.. “މަތީގަ އޮތީ ކޯޗެއް ތިބަލަނީ މާ ވަރަކައް”.. ރާކިން ބުނެލިއެވެ.. “މި ބަލަނީ މަތިން ލާރި ފައިބަނީ ތޯ އަހަ އަހަ”.. ކިއާން އާއި ރާކިން އެތަނުން ދިޔައެވެ…

އޭގެ އަނެއް ދުވަހެވެ.. ކިއާންގެ މޫޑުހުރީ ވަރަށްވެސް ރަނގަޅަށެވެ.. ޒަކީ ގާތުގައި ކައިވެނީގެ ވާހަކަ ދައްކަން ކެއްމަދުވެފައި ހުރި ކިއާން ލަވަކިޔަމުން ކޮޓަރިން ނިކުތް ގަޑީގައި ލާމިން ގައިގައި ޖެހުނެވެ… ވަގުތުން ކިއާންގެ މޫޑު ސަކަރާތްވިއެވެ.. “މިއޮތް ބޮޑުގޭގައި އުޅޭއިރުވެސް އަހަރެން ދާ މަގަކުން ނުހިނގާ ކަލެއަށާ ކަލޭގެ މަންމައަށް ނޭވާވެސް ނުލެވެނީތަ”.. ކިއާން ބުނެލިއެވެ.. “އޯ ކޫލް ބްރޯ.. އެވަރު ކަމެއް ވެދާނެ..” ލޯ މައްޗައް ވެއްޓިފައި އޮތް އިސްތަށިކޮޅު ނަގަމުން ލާމިން ބުނެލިއެވެ..ކިއާން އަޅާނުލާ ދިޔައެވެ.. ސޮފާގައި ނޫސްކިޔަން އިން ޒަކީ ފެނުމުން ކިއާން ބާރުބާރައް އެތަނައް ދިޔައެވެ.. ކިއާން ސޯފައިގައި އިށީންނި ކަމެއްނޭނގެ ސަމީމާ ގުންފާޖަހާފައި އައިސް ޒަކީ އާ ތަތްވިއެވެ… “ބައްޕާ އެބައޮތް ވާހަކަ އެއް ދައްކަންވެފަ”….”ކޮން ވާހަކައެއް ދަރިފުޅާ”.. ކިޔަން އިން ނޫސްޕޭޕަރު ބާއްވަމުން ޒަކީ ބުނެލިއެވެ.. “އަހަރެން ބޭނުން ކައިވެނި ކުރަން”.. ކިއާން އެހެން ބުނި އަޑުއިވުމުން ސަމީމާ ހިނިތުންވެލިއެވެ.. “ކުއްޖެއް ހޯދީތަ؟؟”. ޒަކީ ބުނެލިއެވެ..

“ޖޫލީދޯ ވަރަށް ގުޅޭ ތިދެކުދިން .. މަންމަ ވަރަށް އުފާވެއްޖެ ކިއާން ޖޫލީއާ ގުޅޭތީ”.. ކިއާން އަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮއް ސަމީމާ.. ވާހަކަ ދައްކަން ފެށިއެވެ… “އަހަރެން ބޭނުމީ.. އެސްއެންއެސް ގެ ވެރިމީހާ ހަމްދީގެ ހުރި ހަމައެކަނި ދަރި ސިއާ އާ ކައިވެނި ކުރަން”…. “ހަމްދީގެ އާއިލާއާ އަހަރެމެންގެ އާއިލާ ގުޅިއްޖިއްޔާ.. ވިޔަފާރި ފުޅާވެގެން ދާނެ އިތުރު ފުރުސަތެއް އެއީ.. އެކަމަކު ވިޔަފާރިއަށް ވުރެ ބޮޑައް.. ބައްޕަ އަށް މުހިންމީ ދަރިފުޅުގެ އުފާ..”….”ޝުކުރިއްޔާ ބައްޕާ.. އަހަރެން ސިއާ އާ ކައިވެނި ކުރަން ބޭނުމީ ވިޔަފާރީގެ ކަމަކު ނޫން.. ލޯބިވާތީ..”…”ހާސްނުވޭ ދަރިފުޅާ.. ބައްޕަ ހަމްދީ އާ ތިކަމާ ވާހަކަ ދައްކާނަން”.. “ބަލަ އަހަރެން މީ މި އާއިލާގެ ހިއްސާއެއްވާ މީހެއްނޫންތަ؟؟ ކަންކަން ނިންމާއިރު އަހަރެން ގަބޫލުތޯ ނޫނީ ނޫންތޯ ބަލާކައް ނުޖެހޭތަ؟؟ ކިއާން ނުވާނެ އެ ސިއާ އާ ކައިވެނި ކުރާކައް.. އެމީހުން އުޅެދާނެ އަހަރެމެންގެ މުދާ ގަނޑު ކާލަންވެސް”.. ސަމީމާ ދެރަވާކަމައް ހަދަމުން ބުނެލިއެވެ.. “ނޫނޭ ސަމީ.. އެ ހަމްދީގެ އާއިލާ އަކީ އަހަރެމެނާ އެއް ފަންތިއެއްގެ ބައެއް.. ތެދައް ބުނަންޏާ އަހަރެމެންގެ ކިއާން އާ އެންމެ އެކަށީގެންވަނީވެސް ހަމަ އެ މަންޖެ.. ކިއާންގެ ނިންމުން ބައްޕަ އަށް ވަރަށް ކަމުދޭ”…ސަމީމާ މިއަދު ކޮންމެ އެއްޗެކޭ ކިއަސް ޒަކީގެ ނިންމުމައް ކުޑަވެސް ބަަދަލެއް ނާންނާނެ ކަން.. ކިއާން އަށް އެނގެއެވެ..

“ހަލޯ”…”ކިހިނެއްވީ ދޮންދައްތާ؟؟ މިއޮތް ރޭނގަޑުގަ ތިގުޅީ”…”އާފުރެމުން.. ޖޫލީ ބުނެލިއެވެ.. “ޖޫލީ އަދިވެސް ނިދަނީތަ.. ކިއާންގެ ބައްޕަ ކިއާންގެ ކައިވެނި.. ހަމަޖައްސައިފި”…”އަސްލުވެސްތަ؟؟ އަހަރެން ހާދަ އުފާވެއްޖޭ.. ދޮންބޭބެ ކައިރީ ބުނޭ އަހަރެން ހަމަ ތައްޔާރޭ ޔޭ!!!!”.. ސަމީމާ އިތުރު އެއްޗެއް ބުނުމުގެ ކުރިން ޖޫލީ ފޯނު ބޭއްވިއެވެ..  ކިއާން އޮތީ ގަދަ ނިދީގައެވެ.. ކޮޓަރީދޮރުގައި ޓަކިޖެހުމަކާ ނުލާ ވަދެގެން އައި ޖޫލީގެ ދެލޯ އަމާޒުވެފައި ވަނީ ކިއާން އަށެވެ.. ދުވެފައި އައިސް ކިޔާންގެ ގައިމައްޗައް އަރައިގަތެވެ.. ސިހިފައި ކިއާން ޖޫލީ ކޮއްޕާލިއެވެ.. ޖޫލީ ބާރު ސްޕީޑެއްގައި އެނދުން ވެއްޓުނެވެ.. “ކީއްވެ ތި ކޮއްޕާލީ”.. ޖޫލީ އުނަގަނޑުގައި އަތް ހާކަމުން ބުނެލިއެވެ.. “ކަލޭ ލަދެއް ނުގަނޭތަ.. އަހަރެން ގައިގައި އަތްލާކައް.. “…”ކީއްވެ ލަދު ގަންނަންވީ ތީ އަހަރެން ވާން އުޅޭ ފިރިމީހާ ވިއްޔަ”.. ޖޫލީ ހީލަމުން ބުނެލިއެވެ.. “ވާން އުޅޭ ފިރިމީހާއޭ؟؟ އަހަ އަހަ ކަލެއާ ކަލޭގެ ދޮންދައްތަ ހޭލާހުރެ ހުވަފެން ނުބަލަބަލަ.. “…ޖޫލީ ހުރީ ގޮތް ދޫ ކުރާ ގޮތަކައް ނޫނެވެ.. ޖޫލީ އަނެއްކާވެސް ކިއާން އާ ކައިރިވިއެވެ.. “އަހަރެން ކިޔާން ދެކެ މިހާލޯބިވާއިރު.. ކީއްވެތަ.. އަހަރެން  ދުރުތިކުރަނީ”.. ޖޫލީ ކިޔާން ގައިގައި ބައްދައިގަތެވެ.. ކިޔާން ގަދަކަމުން ޖޫލީގެ އަތް ނައްޓުވާލާފައި ޖޫލީ ދުރައްކޮއްޕާލިއެވެ.. މާ ބާރު އަޑުފައްގަނޑެއް އިވޭތީ ސަމީމާ އާ ޒަކީ އައިސް ކިއާންގެ ކޮޓަރީ ދޮރުހުޅުވާލިއެވެ.. ޖޫލީ ވެއްޓިފަ އޮތް މަންޒަރު ފެނުމުން ސަމީމާ އައިސް ޖޫލީ ނެގިއެވެ.. “ކިއާން.. ތީ ތަންކޮޅެއް ބޮޑުވަރު”…ސަމީމާ ބުނެލިއެވެ.. “އަހަރެންނެންނު އެންމެ ފަހުން މި ގޯސް ވީ.. އެހެރަ އަންހެނާ އަހަރެން ނިދާފަ އޮންނަ އިރު ކޮޓަރިއަށް ވަދެ ތެޅޭ ވައްތަރެއް ނޭނގޭތަ .. އައިސް އަހަރެން ގަޔައް އަތްލާއިރު އެއީ މާރީތި ކަމެއްނޫނޭ… ދުވަސްކޮޅަކުން އަހަރެންގެ ކައިވެނި ކުރެވޭނެ.. ކަލޭގެ ލަދު ކޮބާތަ ޖޫލީ”.. ކިއާން ހަޅޭލަވައިގަތެވެ.. ސަމީމާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލުމުން އެކަން ހުއްޓުވީ ޒަކީއެވެ.. ކޮންމެ އަކަސް މިފަހަރު ޒަކީ ހިފީ ކިއާންގެ ކޮޅުގައެވެ.. “ކިއާން އެބުނަނީ ތެދެއް.. ދުވަސްކޮޅަކުން .. ހަމްދީގެ މަންޖެއާ ކިއާންގެ ކައިވެނި ކުރެވޭނެ.. ކަމެއް ގޯސް ވެއްޖިއްޔާ އަހަރެން އެމީހުނައް ދައްކާނީ ކޮން މޫނެއް”.. ޒަކީ ބުނި ޖުމްލަ ޖޫލީ އަށް އަޑުއިވުނީ ހޮނޮގުގުރީގެ އަޑުހެނެވެ.. ސަމީމާ ޖޫލީ ގޮވައިގެން ދިޔުމުން ޒަކީ ކިއާން ކާރީ މަޑުކޮއްލިއެވެ.. “ދަރިފުޅާ.. ހާސްނުވޭ.. ދަރުފުޅުގެ ކައިވެނި ރޫޅޭކަހަލަ އެއްވެސް ކަމެއް ބައްޕަ ވިޔަކަ ނުދޭނަން..”. ޒަކީ ކިއާންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.. ކިއާން ހުރީ އަޖައިބުވެފައެވެ.. ކޮންމެ ފަހަރަކު ވެސް ސަމީމާ ބުނާ ގޮތް ހަދާ ސަމީމާ އާ އެއްކޮޅައް ހުންނަ ޒަކީ މިއަދު އޭނަޔާ އެއްކޮޅައް ހުރީމައެވެ……………..

….ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (33)

  1. Kylie

    Obbiness to the max igey sis… Hama vvv reethi mi part vx…. Waiting 4 next….

    1. lilly
      Kylie

      thank u soo much kylie❤❤

  2. Laalu

    Masha Allah v vx furihama❤❤ lily dhoonyaa miahvure dhigukohladhehchey ehn fahrakun…btw thnkx v bodah upkohlla dhiniyma…so curious to read nxt prt….oll ur bst…bst whishes frm me… stay home stay safe… ❤❤❤❤❤

    1. lilly
      Laalu

      thank u sooo much laaluu.. you 2 be safe ❤❤❤

  3. ?Aashko??

    Alheyy sis kobaatha Naaim. U said ehnun mi part ga eana vaahaka annaane ea.. but v loabi mi part ves. When is next… ly❤

    1. lilly
      ?Aashko??

      ooh sorry ashkoo.. baivaru part thah type koffa behettuneema ulhuneee.. my bad.. next part ga ganeeenun vx naaim ulheyne… i checked it soooorrrrry againnnn ashkoooooo… LYM❤❤❤❤

  4. Aminath Moosa

    Very nice ?

    1. lilly
      Aminath Moosa

      thank u ❤❤❤

  5. Nana??

    Vv reethi Mi prt ves curiously waiting for the nxt part

    1. lilly
      Nana??

      thank u sooo much nana❤❤❤

  6. Lovely girl

    Carat reethi Mi part ves ❤❤nxt part than kolheh dhihukoh lahchey
    Curiously wating for nxt part ❤❤❤

  7. Kairaa

    Varah varah reethi mi part vx….masha allah….waiting for the nxt part…..lysm

    1. lilly
      Kairaa

      thank u soo much kaiiii LYM❤❤❤❤

  8. Lamko

    Masha allah?❤️
    Varah varah reethi mi part vc…???
    Whn nxt…. Curiously waiting for the next part ❤️❤️❤️❤️
    Lysm❤️❤️❤️??

    1. lilly
      Lamko

      thank u soo much lamkoooooooooo LYM❤❤❤❤❤❤❤❤

  9. Faiherr

    V reethi mi part ves ??
    Waiting 4 the next part

    1. lilly
      Faiherr

      thnk u soo much faiher❤❤❤❤❤❤❤❤

  10. LAZY_QUEENY

    Vvvv reethi mi part vx… Whn is next part…. Curiously waiting for next part ngey… N lilly you are so talented… Maashaallah… Lysm.. #stay home #stay safe ❤️❤️❤️??

    1. lilly
      LAZY_QUEENY

      thank u ssooooo much lazy queenyyyyyyy ❤❤❤❤❤❤❤❤❤❤

  11. Anonymous

    wow.BTW i ge relationship ah family emmen ves ruhi gaboolo..cause he is not a bad boy… he focuse on my studies more than me…ehhves thaakah ekani nudhevey..if to say he is like my parent

    1. Queen
      Anonymous

      actually the reason was i was not so much into love..so at first also he asked my dad if we could be in relation…he has been loving me since i was in grade 2…he got a gf before cause hedidnt want to make me know he loved me… when my dad gave permission he proposed me…sorry olhigen ehen nameh jehifa iny first comment ga

    2. lilly
      Anonymous

      looooks like u all aaaaaa in a rela.. WHO ALL ARE ON MY TEAM #TEAM SINGLE??????❤❤❤❤❤

  12. ?Aashko??

    It’s ok sis?

    1. lilly
      ?Aashko??

      ??

  13. Afu

    Mi part ves varah salhi Masha Allah !!!!
    Whn nxt ? Waiting…..
    Lysm sis ❤️❤️❤️
    If u don’t mind can you plx tell me ur age ??
    TC

    1. lilly
      Afu

      thank u sooooo much afuuuu.. LYM im 16 ❤❤❤❤❤

  14. ?Ril?

    Mi part ves varah Hama sali ingey sis. Masha Allah. When next❤❤❤❤

  15. Afu

    Wlc … Thank u siss age bunedhineema ❤️

  16. aphxx

    Goho do can’t wait for next parttt I love mikahala arrange marriage typesss stories thanks dhyburi

    1. lilly
      aphxx

      i also love those arrange marriage storiess i was gonna ask u if u know any arrange marriage stories other than thiss GOHODO afaburi❤❤

  17. Ahuu

    Woooow ❤️❤️❤️?mi part ves varah varah Reethi ??BTW waiting for nxt part lym sis ????

    1. lilly
      Ahuu

      thank u sooo much ahuuu

  18. lilly

    guyssss the 7th part is publishedd check it out 🙂

Comments are closed.