”ކީއްކުރަން؟ އަހަރެމެންނަށް ގުޅަން ނޫޅޭ މީހަކު، ގުޅީމަ ފޯނު ނުނަގާ މީހަކަށް ގުޅަނި ކީއްކުރަން. ކޮން ބޭނުމަކު” ޒައިކްގެ ޖަވާބު ނުހަނު ރުންކުރުވެފައި ސާދާއެވެ. ޒައިކްގެ އެ ބުނުމުން ނަތާޝާގެ ލޮލުން ކަރުނަތައް ފައިބަންނަން ފެށީ އެއްވެސް އިހްތިޔާރަކާއި ނުލައިއެވެ. ނަތާޝާއަށް އެއްޗެކޭ އިތުރަށް ބުނަން ނުކެރޭ ވަރުކޮށްފައި ޒައިކް ކޮޓަރިއަށް ވަދީ އެމައިމީހާއަށް ކުރާނެ އަސަރު އަންދާޒާވެސް ކޮށްނުލެވޭ ހާލުއެވެ. އެމައިމީހާގެ ހިތުގައި އަޅަމުންދާ ވޭން ތަސައްވުރުވެސް ކޮށްނުލެވޭ ހާލުއެވެ.
ބުރުގާގެ ކަނެއް ނަގައި ނަތާޝާ އޭނާގެ ދެލޯ ފޮހެލިއެވެ. ނަމަވެސް ފޮހެމުން ދިޔަވަރަކަށް އެދެލޮލުން ކަރުނަތައް ފައިބަމުން ދިޔައީ އިސްކުރަކުން ފެން ފައިބަންނަ އުސޫލުންނެވެ. ދެވަނަ ފަހަރަށް ވެސް ބުރުގަލުން މޫނު ފޮހެލާ އޭނާގެ ފޯނު އަތަށް ހެޔޮވަރުކޮށްލިއެވެ. އަދި މީހަކަށް ގުޅާފައި ސްޕީކާއަށް ލިޔެވެ. ނަތާޝާއަށް ލިބެމުން ދިޔައީ ހަމަ އެއް ޖަވާބެކެވެ. މީގެ ދިހަ އަހަރު ކުރިން ފެށިގެން އޭނާއަށް އިވެމުން އަންނަ ޖަވާބެވެ. ނަމަވެސް ނަތާޝާގެ ހިތްވަރު އެލުވައެއް ނުލައިއެވެ. ޔުނާން އަދި ފޯނު ނަގާނެކަމަށް އޭނާގެ ހިތް ބުނަމުން ދިޔައީ އުންމީދާ އެކުއެވެ. ޔުނާން އަދި އޭނާގެ ކައިރިއަށް އަންނާނެ ކަމަށް އޭނާގެ ސިކުނޑި ސިގްނަލް ދެމުން ދިޔައީ ނުހަނު ގިނައިންނެވެ.
”ދަރިފުޅާ. މަންމަ ވަރަށް ހަނދާން ވޭ. ފޯނު ނަގާބަލަ. އެހެންނޫނީ މަންމަގެ މެސެޖްތަކަށް ރައްދެއް ދީބަލަ.” ނަތާޝާ ޔުނާންއަށް އެމެސެޖް ފޮނުވައިލީ ޖަވާބެއް ނުލިބޭނެކަން އެނގިހުރެއެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން އެމެސެޖް ބަލާނެކަން އެނގިހުރެއެވެ.
***
ޕޮލިސް ސްޓޭޝަނަށް ވަދެގެން އައި ހަތަރު ފުލުހުން ފެނިފައި އެތަނުގައި ތިބި އެހެން ފުލުހުންނަށް ކޮޅަށް ތެދުވެވުނެވެ. އެއްބައެއްގެ ދެލޯ ބޮޑުވެފައި ވީ އިރު އަނެއް ބައެއްގެ އަނގަ ވަނީ ހުޅުވިފައިއެވެ. ހަތަރު މީހުންވެސް އާކިފްގެ މަރުގެ މައްސަލާގައި މިހާތަނަށް ޝައްކު ކުރެވުނު ތިން މީހުންގެ އަތުގައި ހިފައިލައިގެން އައި އިރު ހަތަރު މީހުންގެ މޫނުމަތީގައި ވެސް ވަނީ ސާބިތުކަމެވެ. ކެރުމެވެ. އުފަލެވެ.
ތިން މީހުންވެސް އެތަނުން ޖަލަކަށް ލައި ހަތަރު މީހުން ގޮޑިއެއްގައި އިށީންދެލައި ބުރަކަށި ދަމައިލިއެވެ. ވަރުބަލިވެފައި ހުރުމުގެ އަސަރު ހަތަރު މީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައެވެ. ”މިއީވާ ކަމެއް. ހުވާ މަގޭ އުނަގަނޑަށާ ފަޔަށްވެސް ތަދުވޭބަ.” ސާޔާ އޭނާގެ އުނަގަނޑުގައި ފިރުމަން ފެށީ އަނގައަށް ވައްތަރެއް ޖައްސައިގެން އިނެއެވެ.
”މި ސާޔާ މީ ފިލްމް ކުޅެން ގެންދަން ޖެހޭ މީހެއް. އަހަރެން އަދި ހީކުރީ މީނާ ސީދާ ޕޮއިންޓަށް ގޮސް އެދެމީހުންގެ އަތުގައި ބިޑި އަޅުވާނީ ކަމަށް. ފުރަތަމަ އަސްލު ހީކުރީ ހަމަ ހަގީގަތުގައި ވެސް ސާޔާ ވެއްޓުނީ ކަމަށް އިނގެ. އެކަމު މީނަގެ އެއްލޯ މަރައިލިތަން ފެނުނީމަ ދެން އިނގުނި އެކްޓް ކުރަން ފެށީކަން. ކަލޯ ގަޔާ މަޖާ ކަމެއް. ސާޔާ ތީ ވާ މީހެއް އިނގެ.” ހައްސާން ވާހަކަ ދައްކަމުން ދިޔައިރު ރައުހާ އާއި ހަލަފް ތިބީ ބަނޑުގައި އަތް އަޅައިގެން ހޭށެވެ. ސާޔާވެސް ރަކި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވައިގެން ހައްސާން އާ ދިމާ ބަލަން އިނީ ހައްސާންގެ ރީތި ކަމަށް ތައުރީފުވެސް ކުރަމުންނެވެ.
ކުއްލިއަކަށް ގޮޑިތަކަށް ދެމިފައި ތިބި ހަތަރު މީހުން ކޮޅަށް ޖެހުމާއިއެކު އެތަނުގައި ތިބި އެހެން މީހުންގެ މެޔަށް ހީވީ ފެންތަކެއް އަރައިގެން ދިޔަހެންނެވެ. އެތަނުގެ ބޮޑު ދޮރުން ވަދެގެން އައި އައިލީޝްއަށް ހަތަރު މީހުންގެ ނަޒަރު ހުއްޓިފައި ވުމުން ވީ ގޮތަކީ އެއީ ކަމަށް އެއްބަޔަކު ބުނަމުން ދިޔައީ ހެމުންނެވެ. އެނެއް ބަޔަކު އައިލީޝްގެ ހަރުދަނާ ސިފައަށް ދިޔައީ ތައުރީފު ކުރަމުންނެވެ.
”ވަރަށް ރަނގަޅު. މޭމް އުންމީދެއް ނުކުރަން މިހާ އަވަހަށް މިހުރިހާ ކަމެއް ވާނެ ކަމަކަށް. ތި ހަތަރު ކުދިން އަސްލު ހަގީގަތުގައި ތިކުރީ މިކަމުގައި އެންމެ ބޮޑު ކަންތައް. މޭމް އުންމީދު ކުރަން ތިގޮތަށް ހަމަ ހުރިހާ ކަމެއް ކުރިއަށް ގެންދާނެ ކަމަށް.” އައިލީޝްގެ ދުލުން ބޭރުވަމުން ދިޔަ ކޮންމެ ބަހަކަށް ހަތަރު މީހުން ބޯ ޖަހަމުން ދިޔައީ ހިނިތުންވެފައި ހުރެގެންނެވެ. ހަގީގަތުގައި އައިލީޝްގެ ހިތްވަރުގެ ބަސްތަކަކީ އެކުދިންގެ އުންމީދެވެ. އަޒުމެވެ. ހިތްވަރެވެ.
ކުއްލިއަކަށް އެތަނަށް ވަދެގެން އައި ތަނުގެ ޗީފް އައިމިނަތް ފެނުމާއިއެކު އައިލީޝްވެސް ސަމާލަށް އައިސް ސެލިއުޓް ނަގައިލިއެވެ. އަދި އިހު ހުރިގޮތަށް އައީ އައިމިނަތް ހުއްދަ ދިނުމާއިއެކުއެވެ. ”އައިލީޝްގެ ޓީމަކީ މިތަނުގެ ހުރިހާވެސް އުންމީދަކީ. ކަންތައް އެހައި އަވަހަށް ނިންމާލާ ފަރުވާތެރި ކުދިންތަކެއް. މޭމް ވަރަށް އުފާވޭ ތިކުދިންގެ ބުރަ މަސައްކަތް ފެނިފައި. އަދި ބުރަ މަސައްކަތް ކާމިޔާބު ވާތަން ފެނިފައި ވަރަށް އުފާވޭ. ތި އަޒުމާއި ހިތްވަރާއިއެކު ކުރިއަށް ދާތި.” އައިމިނަތް އައިލީޝްގެ ކޮނޑުގައި އަތް ބާއްވައިލަމުން ވާހަކަ ދައްކަމުން ދިޔައީ ހިތްހެޔޮ ކަމާއިއެކުއެވެ. އައިމިނަތްގެ ކޮންމެ ބަހަކީ އައިލީޝްމެންގެ ޓީމަށް ކާމިޔާބު ވުމަށް ލިބޭ އުންމީދަކަށް ވެފައިވާ އިރު މިފަހަރުވެސް އެ އުންމީދު ލިބުނުކަމުގެ ފެހި ސިގްނަލް ފަސް މީހުންނަށްވެސް ލިބިގެން ދިޔައެވެ.
***
ނައިޝަމް އޭނާއަށް ހަމަޖެހިފައި އިން ގޮޑީގައި އިށީންދެލައިގެން އިނީ ކޮންޕިއުޓަރުގައި އެއްޗެއް ލިޔުމަށެވެ. އިރުއިރުކޮޅާ އެތަނުގައި ތިބި ތިން މީހުންގެ މަސައްކަތަށް ކަޅި ހިންގާލާއިރު އެމީހުންގެ މަސައްކަތަށް ތައުރީފުވެސް ކުރެއެވެ.
”އިބްރާހިމް މާޖިދު، އިސްމާއިލް ހަސަން، އަލީ ހާމިދު އަތުލައިގެންފި. ޕޮލްސް ސްޓޭޝަނުގައި މިހާޜު ވީ. ދެން އަހަރެމެން މަސައްކަތް އަވަހަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަންވީ. ދެހަފްތާގެ ދުވަހުން މި ވޭދަނަ ނިންމަން ޖެހޭ. ބާކީ ދެން އޮތީ އެގާރަ ދުވަސް.” ނައިޝަމް އޭނާގެ މަސައްކަތް ހުއްޓާލާ ތިން މީހުންގެ ކައިރި ބަލައިލިއެވެ.
”ސާރ. އަޅުގަނޑުމެންގެ މަސައްކަތްވެސް ނިމިފައި ހުރީ. އެކަށީގެންވާ ވަރަށް ހެކި އެބަހުރި. އެކަމު މަންޒަރު ދުށް މީހެއްގެ ބަސްދެން ނެތީ.” ނަދީމް އެހެން ބުނެލިމާއިއެކު ޝިޔާމް އަދި އީރަމް ބޯ ޖަހައިލައިފާ ނައިޝަމްއާ ދިމާ ބަލައިލިއެވެ.
”އޯކޭ. ސާރ ތި ކަމުގައި އުޅޭނަން. ތިކުދިން ދެން ގެޔަށް ދިޔަޔަސް އެންމެ ރަނގަޅު. ހީކުރި ވަރަށް ވުރެ އަވަހަށް ކަންތައްތައް ނިމޭތީ ރެސްޓް ކޮށްލަން ވަގުތުވެސް މިހުންނަނީ. ސާރ އަށް ހުރިހާ މައުލޫމާތު ކަރުދާހެއް ދީފައި ދެން އެންމެ ރަނގަޅު ދިޔަޔަސް.” ނައިޝަމް ހިނިތުންވުމެއް ރައްދުކޮށްލައި ގޮޑިން ތެދުވެލިއެވެ. އަދި ޝިޔާމް ދިން ކަރުދާސް ބޮޑިއަށް ނަޒަރު ހުއްޓާލައިގެން ހުރީ ހިނިތުންވެލައިގެންނެވެ. އަނެއްކާވެސް ގޮޑިގައި އިށީންދެލައި އޭނާގެ ފޯނު ނަގައި އައިލީޝްއަށް ގުޅާލިއެވެ.
***
ޔުނާންއަށް އޭނާގެ ނިދިން ބަރުވެފައިވާ ދެލޯ ހުޅުވާލެވުނީ ފޯނު މާ ވަރަކަށް ރިންގްވަމުން ދިޔުމުންނެވެ. އުނދަގޫ ގޮތަކަށް ބޯ ހިއްލާލައި ކައިރީގައި އޮތް ފޯނަށް ނަޒަރު ހިންގައިލިއެވެ. ފޯނުގެ ސްކްރީނަށް ނުދަންނަ ނަންބަރެއް އަރާފައިވުމުން އަނެއްކާވެސް ޔުނާން އޭނާގެ ނިންޖަށް ތަންދޭން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ބޮލަށް އުނދަގޫ ވާވަރަށް އެނަންބަރަކުން ގުޅަމުން ދިޔުމުން ޔުނާންގެ ހަށިގަނޑު އެނދުމައްޗަށް ތެދުވެލިއެވެ. އަދި އަތަށް ފޯނުލައި އެއީ ކާކު ތޯ ބަލައިލިއެެވެ. ވައިބާއިން ގުޅަމުން ދިޔަ އެނަންބަރުގެ ޕްރޮފައިލް ޕިކްޗާގައި ވަނީ އަންހެން ކުއްޖެއްގެ ރީތި ފޮޓޯއެކެވެ. ކަޅުކުލައިގެ ޝޯލްއެއް ބޮލުގައި ރީތި ގޮތަކަށް އޮޅައިލާ ގަޔަށް ދޫ ހަމަ އެކުލައިގެ ދިގު ހެދުމެއްލާފައި ވުމުން އެދޮން ހަށިގަނޑަށް އެހެދުން ނުހަނު ޗާލުކަމަށް ދައްކައެވެ. ފިޔާތޮށި ކުލައިގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވީއިރު ދެލޯ ވަނީ މަރާލައިފައިއެވެ. އައިލީޝްގެ ފަހަތުން ފުރަތަމަ ފަހަރަށް ޔުނާންއަށް އެހެން ކުއްޖަކަށް ބަލައިލެވުނު އެއީ ފުރަތަމަ ފަހަރެވެ. ފުރަތަމަ ފަހަރުންވެސް ޔުނާންގެ ދުލުން އެކުއްޖާއަށް ތައުރީފުގެ ބަހެއް ދޫކޮށްލެވުނެވެ.
އޭގެ ހިނދުކޮޅެއްގެ ތެރޭގައި ޔުނާން އެކުއްޖާއަށް ކިޔަނީ ކޮން ނަމެއްތޯ ބަލައިލުމުގެ ޝައުގުވެރިކަން އުފެދުނެވެ. އަަދި ކަޅި ތިރިއަށް ހިންގައިލާ ޖަހާފައިވާ ނަމަށް ބަލައިލިއެވެ. ”އަރީން ރީން.” ޔުނާންއަށް މަޑުމަޑުން ކިޔައިލެވުނެވެ. ނަމާއި އެއްވަރަށް އެކުއްޖާވެސް އެހައި ރީތިކަމަށް ޔުނާންގެ ހިތް ގޮވަން ފެށީ އެވަގުތުއެވެ. އައިލީޝްގެ ލޯތްބަށް މޮޔަވެފައިވާ ޔުނާން މިހާރު އައިލީޝް މަތިން ހަނދާންވެސް ނެތްފަދައެވެ. އައިލީޝް އެއީ އޭނާގެ ހަޔާތަށް ނާންނަ މީހެއް ފަދައެވެ.
އެކުއްޖާއާ ދިމާ ބަލަން އިން ޔުނާންގެ ދެލޯ ބޮޑުވެގެން ދިޔައީ އެފޮޓޯ އެއީ ތައިލެންޑް ބީޗްގައި ނަގާފައިވާ ފޮޓޯއެއްކަން އެނގުމުންނެވެ. ނަމަވެސް ދެވަނަ ފަހަރަށް ފޮޓޯއަށް ބަލައިނުލެވި އުޅެނިކޮށް އަނެއްކާވެސް އެކުއްޖާ ގުޅާލިއެވެ. ނަގަން ނުނަގަން އިނެފައިވެސް ޔުނާން އޭނާގެ ފޯނު ނެގީ އެކުއްޖާގެ އަޑު އަހައިލާ ހިތްވެފައި ހުރިލެއް ބޮޑުކަމުންނެވެ. ”ޔުނާން.” އެއަންހެން ކުއްޖާގެ ރީތި ނަލަނަލަ އަޑުން ގޮވައިލުމުން ޔުނާންގެ ހުރިހާ ހިއްސެއް ކޮޅަށް ޖެހިގެން ދިޔައެވެ. އަދި އޭނާގެ ހުރިހާ ހިއްސެއް ހޭލައްވައިލި ކަމުގެ އިހްސާސް ކުރެވިގެން ދިޔައެވެ. ދެވަނަ ފަރަހަށް ވެސް އެކުއްޖާ ހަމަ އެ ރީތި އަޑުން ޔުނާންއަށް ގޮވައިލިއެވެ.
”ތީ ކޮން ކުއްޖެއް.” ޔުނާނަށް ބުނެވުނު ހާވެސް އެއްޗަކީ އެއީއެވެ. އޭނާގެ ބަސްވެސް ވަނީ ހުއްޓިފައިއެވެ. ދުލުގައި ވަނީ ތަޅުއެޅުވިފައިއެވެ. ”މީ އަރީން. ޔުނާން ކިހިނެއްތަ؟” އަރީން ވާހަކަ ދައްކަމުން ދިޔަލެއް ގާތްކަމުން ޔުނާނަށް ލިބިފައި ހުރި ޝޮކް މާބޮޑެވެ. ނޭވާލާންވެސް ނޭނގިފައި އިން ޔުނާން ސިއްސައިގެން ދިޔައީ އަރީން އަނެއްކާވެސް ގޮވައިލުމުންނެވެ. ބީރައްޓެހި ގޮތަކަށް ޔުނާން އަރީންއާ ވާހަކަ ދައްކަމުން ދިޔައީ ތުންފަތަށް ކުޑަކުޑަ ހިނިތުންވުމެއް ވެރިކުރުވައިގެން އިނެއެވެ.
ދިހަ އަހަރު ފަހުން ޔުނާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް އެރި އެއީ ފުރަތަމަ ފަހަރެވެ. އަރީންގެ ރީތި ސޫރަ ފެނިފައި ޔުނާންގެ ހިތުގައި އައު ވިންދެއް ޖަހައިލައިފިއެވެ. އައު ރާގެއް ކުޅެލާފިއެވެ. ސީދާ އައިލީޝްއާ ދިމާލަށް ހުރި ވިންދުތަކުގެ މިސްރާބު އަރީންއަށް ބަދަލުވާން ފެށިއެވެ. ޔުނާންގެ ހިތުގެ ހުންގާނު އަރީންއަށް އެނބުރެން ފަށައިފިއެވެ. ދެވަނަ ފަހަރަށް ވެސް ފުރަތަމަ ނަޒަރުން ލޯބިވެވުނީހޭ ޔުނާންގެ ހިތަށް އަރަމުން ދިޔައީ އިންތިހާއަށެވެ. ރޭގަނޑުގެ އެވަގުތުގައި އޭނާގެ ގަޔަށް ޓީޝަޓެއް މަހައިލައިގެން އޭނާގެ ޖަގަހަށް ދިޔުމަށް މިސްރާބު ޖެހީ ލުއިވެފައިވާ ހިތަކާއެކުއެވެ.
ގޭގެ ކުރިމަތީގައި ހުރި އަތިރިއަށް ދިޔުމަށް ޓަކައި ޔުނާން މަގު ހުރަސް ކުރިއިރުވެސް އޭނާގެ ހިޔާލުގައި ވަނީ އަރީންއެވެ. އެ މައުސޫމް މޫނެވެ. އެންމެ ހިނދުކޮޅަކަށްވެސް ޔުނާންގެ ސިކުނޑިން އަރީންގެ ނަން ފޮހެވިގެންނެއް ނުދެއެވެ. ދެ ޖީބަށް އަތް ޖަހައިލައިގެން މަޑު ހިނގުމެއްގައި ގޮސް ޔުނާން އިށީންދެލީ އޭނާ އަބަދުވެސް އިށީންނަ ބެންޗްގައިއެވެ. އެއީ އޭނާގެ ހުރިހާ ޝަކުވާތަކަކައި ދިރިއުޅުމުގެ ވާހަކަތައް ހިއްސާ ކުރާ އޭނާގެ ބެންޗެވެ. އަނގައިން ނުބުނަސް ހެޔޮ ކަމަށް ނިންމައިގެން ޔުނާން އޭނާގެ ވާހަކަތައް ކޮންމެ ދުވަހަކު އެ ބެންޗަށް ކިޔައިދެއެވެ.
ނަގަމުން ދިޔަ ކުދިކުދި ރާޅުތައް ގޮޑުދޮށަށް ބީއްސާލާ މަންޒަރު ބަލަން އިން ޔުނާންއަށް އޭނާގެ ވައަތް ފަރާތަށް ކަޅި ހިންގައިލެވުނީ މީހަކު އައިސް އެތަނުގައި އިށީންހެން ހީވުމުންނެވެ. އޭނާގެ ހީ ޔަގީނަށް ބަދަލުވެގެން ދިޔައީ ކަނދުރާ އަނބުރައިލާ އެފަރާތް ބަލައިލުމުންނެވެ. އޭގެ ދެވަނަ ސިކުންތުގައި ޔުނާނަށް އެތަނުން ތެދުވެލެވުނީ ކުރިމަތިން ފެނުނި ސޫރައިގެ ސަބަބުންނެވެ. ފެންނަމުން ދިޔަ މަންޒަރު އިތުރަށް ޔަގީން ކުރުމަށް ޓަކައި ޔުނާން އޭނާގެ އެސްފިޔަ ތިން ހަތަރު ފަހަރު ޖަހައިލިއެވެ. ނަމަވެސް މަންޒަރު ބަދަލުވާ ގޮތް ނުވުމުން ޔުނާންއަށް ލިބުނީ ހައިރާން ކަމެކެވެ.
”ޔުނާން. މިތާ އިށީންދެބަ. މިއީ އަރީން އޭ. މިއަދު ޔުނާންއަށް ގުޅީމެއްނު.” އަރީންގެ އަޑު ކަންފަތުގައި ޖެހުމުން ޔުނާންއަށް މަންޒަރު ގަބޫލުކުރަން ޖެހުނެވެ. އަރީންގެ އަޑަށް ހިތުން ތައުރީފު ކުރަމުން ޔުނާން ބެންޗްގައި އިށީންދެލީ އަރީންގެ މޫނަށް ބަލަން އިދެއެވެ. ލިބިފައި ހުރި ހައިރާންކަމުގައި އޭނާގެ މުޅިގައި ދިޔައީ ރޫރޫ އަރަމުންނެވެ.
”އަރީން. މިތާ. ކިހިނެއް. ކީއްކުރަން.” ޔުނާންގެ އަނގައިން ބަސްތައް ނުކުމީ ބުރިބުރި ވެގެންނެވެ. ނަމަވެސް ޔުނާންއަށް ލިބިފައި ހުރި ހައިރާންކަން އަރީންއަށް އިނގުނީ ކަންނޭނގެއެވެ. ”ހެހެ. މީގެ ހަ އަހަރު ކުރިން އަހަރެން މިތަނަށް އައީ. ޔުނާން ތި އުޅޭ ގެޔާއި ޖެހިގެން އުޅޭ ގޭގަ އަހަރެން ހުންނަނީ. ކޮންމެ ދުވަހަކު ފޫހިވެގެން ބެލްކަންޏަށް ނުކުމަންނަ އިރު ޔުނާން މިތަނުގައި އިންނަ ތަން ފެނޭ. އަހަރެންވެސް ދެން މިތަނަށް އަންނަން ފެށިން. ޔުނާންއަށް ނުފެންނަ ގޮތަށް އެތައް ދުވަހަކު ފާރަލިން. އަދި ޔުނާންގެ ޝަކުވާތައްވެސް އަހަރެންނަށް އިވުނު.” ހަ އަހަރު ކުރީގެ ކަންތައްވީ ގޮތް ހުލާސާގޮތަކަށް އަރީން ކިޔައިލުމަށްފަހު ހީލިއެވެ. އެމަންޒަރު ބަލަން ޔުނާން އިނީ ހިނިތުންވެލައިގެންނެވެ. އޭނާގެ ކުރިމަތީގައި އަރީންގެ ކޮންމެ ހަރަކާތެއް ދިޔައީ އެންމެ ސްލޯ މޯޝަންގައި ކުރިއަށް ދަމުންނެވެ. ޖާދޫގައި ޖެހިފައި އިން މީހެއްހެން ޔުނާން އަރީންއަށް ބަލަމުން ދިޔައިރު އަރީންގެ ކޮލަށް ދިޔައީ އޭނާގެ ގައިގައި ހުރި ހުރިހާ ލެޔެއް ޖަމާވަމުންނެވެ.
”ކޭން ވީ ބީ ފްރެންޑްސް؟” އަރީން އެސުވާލު ކޮށްލީ ޔުނާންއަށް އޭނާގެ އަތް ސަލާމަށް ދިއްކޮށްލަމުންނެވެ. އެއަތަށް އިރުކޮޅަކު ޔޫނާން ބަލަން އިނެފައި އަރީންގެ މަޑު އަތް ތިލައިގައި ޔުނާން ހިފައިލީ އޭނާގެ ބޯ ޖަހައިލަމުންނެވެ. އަރީންގެ ކުރިމަތީގައި ޔުނާންއަށް އޭނާގެ އަނގަ ހުޅުވުން ވީ ބޮޑު ކަމަކަށެވެ.
***
”ޔޫހާ. މަންމަ ބޭނުން ބައްދަލުކޮށްލަން. ދަރިފުޅަށް އެނގެން ޖެހޭ މީހަކުވެސް ހުރީތީއާ އެކު.” ޒާހިދާ ފޯނުން ގުޅައިގެން ވާހަކަ ދައްކަމުން ދިޔައީ ޔޫހާއާއެވެ. ނަމަވެސް ޒާހިދާއަށް އިވެމުން ދިޔައީ ޔޫހާގެ ރުންކުރުވެފައިވާ ޖަވާބުތަކެވެ. އެހެންނަމަވެސް ޒާހިދާގެ އެތައް މަސައްކަތަކުން ޔޫހާ ބައްދަލުކުރަން އެއްބަސް ވެލިއެވެ.
ޔޫހާ ފޯނު ބޭއްވުމުންވެސް ޒާހިދާއަށް ފޯނާ ދިމާލަށް ބަލަން އިނެވުނީއެވެ. ސިންގަޕޫރަށް މާޖިދު ފުރައިގެން ދިޔުމުންވެސް ހަބަރެއް ނުވާތީއެވެ. މެންދުރު ދެވޭނެކަމަށް މާޖިދު ބުނި ބުނުން އަދިވެސް ޒާހިދާ ހަނދާން އެބަހުއްޓެވެ. އަދި ގޮސްފައި ގުޅާނެ ވާހަކަވެސް މާޖިދު ބުނި ހަނދާން އެބަހުއްޓެވެ. ނަމަވެސް ރޭގަނޑު ވެގެން ދިޔައިރުވެސް މާޖިދު ނުގުޅުމުން ޒާހިދާގެ ހިތުގައި ނުތަނަވަސްކަން އުފެދެން ފެށިއެވެ. ބިރުވެރިކަމުން އޭނާގެ ހިތް ވަށައިލަން ފެށިއެވެ. މޫނުމަތިން ހާސްކަން ފެންނަން ފެށިއެވެ. ހިތުގެ ވިންދު އަވަސްވާން ފެށިއެވެ.
***
އައިލީޝް އަދި ނައިޝަމް އެމީހުންގެ ޓީމް ކުދިން ގޮވައިގެން ޑައިނަމޯގެ މޭޒެއްގެ ދޮށުގައި އިށީންދެލައިގެން ތިބީ ލިބުނު ކުރިއެރުންތަކާ މެދު ވާހަކަ ދައްކާލުމަށެވެ. ތިރީސް މިނެޓްގެ ދިގު ވާހަކައަށްފަހު ކާއެއްޗެހި އައުމުން އެންމެންވެސް ކެއުމާއިގެން ކުރިއަށް ދިޔައެވެ.
”ކޮބާ. މާދަން މީ އީދެއްނު. ނެތްތަ ކަމެއް؟” ސާޔާ ދަތްކޮޅު ސޭލަށް ލައިގެން އެހެން ބުނެލީ އަތަށް ޗިޕްސްއެއް ލައިގެން އިނެއެވެ. ސާޔާގެ އެ ދެ ޖުމުލައިން އެންމެންގެ މޫނަށްވެސް ވެރިވީ ހައިރާންކަމެވެ.
”އީދޭ. އަހަރެންނަށް ނުވެސް އިނގޭ އީދު އައި އިރުވެސް. ހާދަ އަވަހޭ ދޯ.” ނަދީމް ނިކަން ފޯރިއާއިއެކު އެހެން ބުނެލިއިރު ދެން ތިބި މީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އަރާމުކޮށްލާނެ ދުވަހެއް ލިބުމުން އެމީހުންނަށް ލިބުނު އުފާ ބަޔާންކުރަންވެސް ދައްޗެވެ.
”އޭ. އެންމެންނަށް ވެސް އީދު މުބާރިކް. މާދަން ވާނެ ދޯ ހުޅުމާލެއަށް ދަތުރެއް ޖައްސައިލަން. ވަރަށް މަޖާވާނެ.” އައިލީޝްއަށް އީދު އައިކަން އެނގުމުން އޭނާގެ އުފާވެރިކަން ދެގުނަ ވެފައިވިއެވެ. ލިބުނު އުފަލުގައި އެންމެންވެސް ދަތުރެއް ދާން ނިންމީ އެކަހަލަ ކަމެއްވެސް ކޮށްނުލާތާ ގިނަ ދުވަސްވުމުންނެވެ.
ހުރިހާ ކަމެއް ރޭވުމަށްފަހު ހަތް މީހުން ގެޔަށް ދިޔުމަށް މިސްރާބު ޖެހީ އެރޭ އެގާރާ ޖަހަން ގާތްވެފައިވަނިކޮށެވެ. އައިލީޝް އާއި ނައިޝަމް ކާރުގައި ގެޔަށް ދެވުނު އިރު ދެމީހުންގެ ލޯވެސް ކިރިޔާ ހުޅުވިފައި ހުރިކަމެވެ. ނަމަވެސް ކުރަން ހުރި ކަންތައް ކޮށްފައި ނޫނީ ދެމީހުންވެސް ނިދަން ނޯށޯތުމަށް އަޒުމު ކަނޑައެޅިއެވެ.
”ނައިޝަމް. މާދަން އީދު ނަމާދަށް ދާން ޖެހޭނުން. ގެނޭ ގަމީސް އިސްތިރި ކުރަން. މިގަޑީ ހުރިހާ އެއްޗެއް އިސްތިރިކޮށްފައި ބަހައްޓަން މިއުޅެނީ.” ނައިޝަމްގެ ކޮޓަރިން ބޯ ދިއްކޮށްލަމުން އައިލީޝް އެހެން އަހައިލީ ކަރުދާސް އެތިވަރެއް އެނދުމަތީގައި ބާއްވައިގެން އެ ބަލަން އޮތް ނައިޝަމް އަށެވެ. ”އައިލީޝް ބޭނުން ގަމީހެއް ކޮށްލަ. އޯކޭ ވާނެ.” ނައިޝަމް އެއޮތްގޮތަށް އޮވެ އެހެން ބުނެލީ ތަނެއް ގުޑުވާވެސް ލާން ބޭނުން ނުވެފައި އޮވެއެވެ.
ނައިޝަމްގެ ކޮޓަރިއަށް ވަދެ އަލަމާރި ހުޅުވާލައި އޭގައި ހުރި ގަމީސްތަކަށް އައިލީޝް ނަޒަރު ހިންގައިލިއެވެ. އަދި ދަތްދޮޅީގައި އަތް ވިސްދައިލައިގެން ހުރެ ނަގާނެ ގަމީހަކާމެދު ވިސްނަން އެތައް އިރަކު ހުއްޓެވެ. އެ މަންޒަރު ބަލަން ނައިޝަމް ހުރީ އޭނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ. އެންމެ ފަހުން އައިލީޝް އެތަނުން ނަގައިލީ ކަޅުކުލައިގެ ގަމީހެއްގައި ރަތް ރޮނގު ދަމާފައި ހުރި ގަމީހެކެވެ. އަދި ކަލު ފަތުލޫނެއް ނަގައި އަތްދަނޑި މައްޗަށް ލައިގެން އިސްތިރި ކުރަން ހިނގައިގަތީ ނައިޝަމްއަށް ހިނިތުންވުމެއް ރައްދުކޮށްލާފައިއެވެ. ނައިޝަމްވެސް އައިލީޝްއަށް ހިނިތުންވުމެއް ރައްދުކޮށްލައި އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.
***
ހުޅުމާލޭގެ ހިތްގައިމު ބީޗްގައި ހަމީހުންވެގެން މަޖާ ނަގަމުން ދިޔައީ ނުހަނު އުފާވެފައި ހުރެއެވެ. އެންމެންވެސް ކުލައިން ޗަސްވެފައިވާ އިރު އެތަނުގައި ހަމައެކަނި ގައިގައި ކުލައެއް ނެތް މީހަކަށް ހުރީ އައިލީޝްއެވެ. އެމަންޒަރު ބަލަން އައިލީޝް ދުރުގައި ބަލަން އިނީ ކުލައަކީ އޭނާ އެލާޖިކްވާ އެއްޗެއް ވުމުން ކައިރި ނުވުމަށެވެ. އެކަމުގައި ބައިވެރިވާން ނުހަނު ބޭނުންވި ނަމަވެސް އައިލީޝް ހިތްހަމަޖައްސައިލައިގެން އިނީއެވެ.
”އޭ ހިނގާބަ މޭމްއަށް ލަނޑެއް ދޭން. ނައިޝަމް ސާރ ގޮސް މޭމް އުރަލައިގެން އައިސް މޫދަށް ވައްޓައިލާ. އަހަރެމެން މި ދަނީ މޫދަށް.” ރައުހާ އެހެން ބުނެލާފައި އެންމެންނާ އެކު ގޮސް މޫދަށް އެރިލިއެވެ. އެވަގުތު އެންމެންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ލާނެތް ހިނިތުންވުމެކެވެ.
”ހިނގާ މޫދަށް އެރެން. މިއޮށް ފަދަ އީދު ދުވަހު މިތަނަށް އައިސް މޫދަށް އެރިލާފައެއްނު ދާން ވާނީ.” ނައިޝަމް އެހެން ބުނުމާއިއެކު އައިލީޝް ދެފަރާތަށް ބޯ ހޫރާލައި އެކަމާ ދެކޮޅު ހަދަން މަސައްކަތް ކުރިއެވެ. ނަމަވެސް ހުށިޔާރުކަމާއިއެކު ނައިޝަމް އޭނާގެ އަތްދަނޑި މައްޗަށް އައިލީޝް ލުމަށްފަހު މޫދާ ދިމާލަށް ދުއްވައިގަނެވެ. މަންޒަރު ބަލަން ތިބި އެންމެންނަށްވެސް ހެވެމުން ދިޔައީ އައިލީޝް މޫދަށް ނޭރެންވެގެން ނައިޝަމްގެ ކަނދުރާގައި އަތް ވަށާލާފައި އޮތުމުންނެވެ. ނަމަވެސް ނައިޝަމް އައިލީޝްގެ ގައިން ދޫކޮށްލުމާއިއެކު ނުހަނު ފަސޭހައިން އައިލީޝް މޫދަށް ވެއްޓުނެވެ. އެންމެންގެ ހިނިގަނޑު އެވަގުތު ފަޅައިގެން ދިޔައިރު އައިލީޝް ހުރީ މޫނަށް ވައްތަރެއް ޖައްސައިގެން ނައިޝަމްއަށް ބަލާށެވެ. ”ދެން ނައިޝަމް ވަރަށް ފޫހިވޭ.” އައިލީޝް އެއްގަމާ ދިމާލަށް ދާން އުޅުމުންވެސް އެންމެން ވެގެން އެމަގު ބަންދުކޮށްލައި އައިލިޝްއާ އެކު ސަކަރާތް ޖަހަން ފެށިއެވެ.
އީދުގެ މަޖާ ނިންމާލުމަށްފަހު ހަވީރުވާން ވިއިރަށް އެންމެންވެސް މާލެއަށް ދިޔުމަށް ތައްޔާރުވީ ވަރުބަލިވެފައި ހުރުމުން ހަވީރާ އެއްކޮށް ރޭގަނޑުވެސް އަރާމު ކުރުމަށެވެ. އީދުގެ މަޖާ ނިންމާލިއިރު އެންމެންގެ މޫނުމައްޗަށްވެސް އުފާވެރިކަން ވެރިވެފައިވީ އިންތިހާއަށެވެ. ހިތަށް ހަމަޖެހުން ލިބިފައިވީ އެހައިމެ ބޮޑަށެވެ.
***
ދަރިފުޅާ. މިއީ މައުނާ. ދަރިފުޅުގެ ކޮއްކޮއެއް. ހަމަ މަންމަގެ ދަރިއެއް.” ޒާހިދާގެ ކޮންމެ ޖުމުލައެއް ޔޫހާއަށް އިވެމުން ދިޔައީ ހޮނުގުގުރިއެއްގެ ސިފައިގައިއެވެ. އުމުރުން އަށާވީސްއަހަރު ވެގެން ދިޔައިރު މީގެ ކުރިއަކުން އޭނާގެ ދައްތައެއް ހުންނަ ކަމެއް ރޭކާވެސް ނުލައިއެވެ. ޒާހިދާ އޭނާގެ ގާތު ނުވެސް ބުނެއެވެ. މައުނާއާ ދިމާލަށް ދެބުމަ ގޮށް ޖަހައިލައިގެން ޔޫހާއަށް ހުރެވުނީ ބަލާށެވެ. ޒާހިދާ ބުނި ބަސްތައް ގަބޫލު ނުކުރެވިފައިއެވެ.
”ކިހިނެއްވީ ކަމެއް. ކާކު މަގޭ ބައްޕައަކީ.” ޔޫހާއަށް އެހެން ބުނެލެވުނީ ވަރަށްވެސް މަޑުންނެވެ. ޒާހިދާއަށް ވެސް އެއަޑު އިވުނީ ނުހަނު މަޑުންނެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.







salaam all. unmeedhu kuran mi bai vs kamudhaane kamah. dhn oii bai maadhamaa rey genes dheynan insha allah. inthizaaru kohlaa.
‘Barakaaii theri fithuru EID ge thahuniyaa aai mubaarak baadhi hurihaa kiyuntherinnah vs ariskuran. EID MUBARAK.’
stay home. stay safe.
EID MUBARAK NAFU… mi part vx vrh reethi…. waiting for next
eid mubarak hiraa. thank u soo much hiraa. and keep waiting
عيد مبارك ❤️ ماشاءالله ❤️Mi Bai vx V reethi ? waiting from nxt
V reethi mi part ves.
Waiting for the next.
Eid Mubarak sis and all readers ??❤??
eid mubarak aashko. thank u soo much aashko. keep waiting for the nxt part
varah varah reethi mi bai vx???…nd whn nxt…curiously waiting for the nxt part….EID MUBARAK NAFU☺️☺️…..??lysm
eid mubarak kairaa. thank u soo much. next part mirey insha allah. keep waiting. lym
Eid Mubarak …varah reethi mi part vs
eid mubarak friend. thank u soo much frienduu
❤️❤️????EiD MuBaRaK?????❤️❤️ story varah Varah Reethi … Waiting for the next???
eid mubarak meekko. thank u soo much meekko.. keep waiting
Eid Mubarak varah reethi Masha Allah
eid mubarak yan. thank u soo much yan dear
Masha Allah Varah reethi mi part ves.. Curiously waiting for the nxt part.. Eid mubaarak
Lysm
❄️????EID MUBAARAK ALL READERS ????❄️
?STAY HOME
?STAY SAFE
?TAKE CARE
ALL READERS…
❤❤❤❤
Konirakutha next part?
thank u soo much dear. dhn oii bai neyge upload vaane dhuvaheh. ekam nafu vaani submit kohfa. keep waiting
Alheyy. Buneba up kuraashey. Miy Eid eh viyas v foohi. Alhuga ah Eid hen heeviy 24th ge morning and afternoon. Eage fahun hieh nuvey. Mifaharu geyga neh niece ehves or nephews ehnve v foohi just me mom dad and grandma. Sis dhen buneba emiyhun kairiyga please please please ea. Miss the story
Aslu vs. mifaharu eid hen vs hynuvey dhw. Nafu ah first day ga vs eid hen hynuvey. Ekam dhn.. dear dhn geyga konmes ehn kameh kohlaa foohi filaane kahala.. nafu mifaharu admin kairy nubunan mihury. Admin vaahaka publish kuran dhn. But bunelaanan las vaathy.. dear vs admin ah msg kohla. inge. Keep waiting dear.. upload vaane irakah balan hingaa dhw.