“ޑޮކްޓަރ…އަހަރެން ސުވާލެއް ކޮށްލަންތަ؟” އެއްދުވަހެއްގެ ސެޝަން ނިމިގެން މަލާކް ބޭރަށްދާން ނުކުމެ ނުކުމެ ހުއްޓާ އަލޫކް ގޮވާލިއެވެ. އޭނާ އިނީ ވަރަށް ސީރިޔަސް ވެގެންނެވެ. “ޝުއަރ އެނީތިންގް”. “އަހަރެން މޮޔައޭ ހީނުކުރައްޗެ…. ޔަގީން؟” އަލޫކް ދެން ބުނެލި ޖުމްލައިން މަލާކް ގަނޑުވިއެވެ. ވަރަށް ސީރިޔަސް ވާހަކައެއް ބުނަން އުޅެނީތާއެވެ. “އޮފްކޯރސް. ޕްރޮމިސް. ޔަޤީން.” ” އެހެންމީހުން މިވާހަކަ ބުނީމަ ހީކޮށްފާނެ އަހަރެންމީ މޮޔައެކޭ… ކުރިން އަހަރެން ހުރީ ކުޑަކޮށް ހަނދާން ނެތިފައި.. ފަހުން ފަހުން އަހަރެންނަށް ރަނގަޅަށް ހަނދާނަށް އަންނަން ފެށީ..ސިފަވާންފެށީ… މޮޔައެކޭ ހީނުކުރައްޗޭ ތާކުން ތާކުން ނުޖެހޭ ވާހަކައަކަށްވެސް ވެދާނެ …އެކަމު ކީއްވެތަ ޑޮކްޓަރއާ މަލާކްއާ އެހާ ވައްތަރީ. ހަމަ އޭނާގެ އަޑު… ހަމަ އޭނާގެ މޫނު… ކީއްވެ؟” މަލާކްގެ ކަންފަތް ބުޑުގައި ހޮނު ގުގުރިއެއް ޖެހު ފަދައެވެ. މޭފަޅާފައި ހިތް ބޭރަށް ނުކުތް ފަދައެވެ. އެއީ މަލާކްކަން ބުނާތަނުން އަލޫކްއަށް އަނެއްކާ ޝޮކެއް ޖެހޭކަށް ބޭނުމެއް ނޫނެވެ. އޭނާ އަދި މުޅިން ސްޓޭބަލްއެއް ނޫނެވެ. މަލާކްއަށް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބުނާނީ ވަކި ކީކޭ ހެއްޔެވެ؟
މަލާކް އާގަންނަމުން ކަހަލަ ގޮތަކަށް ނޭނގެއޭ ބުނެލިއެވެ. އަދި ގަދަކަމުން ހީލާފައި ރެސްޓް ކުރުމަށް ބުނެފައި އެކޮޓަރިން ބޭރަށް ނުކުތެވެ. ލުބާ ފެނުމާއެކު މިއަދު އަލޫކްއަށް ބޭސް ދިނުމުގެ ކަންކަން ލުބާއާ ހަވާލުކޮށްފައި މަލާކް ބާރުބާރަށް ހިނގާފައި ގޮސް ފާޚާނާއަށް ވަދެވުނީ ކިރިޔާއެވެ. އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. މޭގައި އަތް އަޅައިގެން ހުރެ ގިސްލަ ގިސްލާފައި އޭނާއަށް ރޮވުނެވެ. ލޯގަނޑުކައިރީ ހުއްޓިލައިގެން ހުރެ ފަހަރަކު އަތްގޮއްޓެއް ނަގާ މޫނު ދޮންނަމުން ގެންދިޔައެވެ. ޒާހިލްއަށް މެސެޖުކޮށްފައި ޓިޝޫއަކުން މޫނު ފޮހެމުން މަލާކް މިސްރާބު ޖެހީ ޒާހިލްގެ ކެބިންއާ ދިމާލަށެވެ. ދެވަނަ ބުރީގެ ބެލްކަނީގައި ހުއްޓިލައިގެން މަލާކް ޒާހިލްއަށް އިންތިޒާރު ކުރިއެވެ.
ހާސްވެފައިހުރެ ޒާހިލްއައިސް ކިހިނެއްވީތޯ މަލާކްއާ ސުވާލު ކުރަމުން ގެންދިޔައެވެ. ދެލޯ ފެންކަޅިވެފައިވާ ޙާލު މަލާކް ޒާހިލްއަށް ވީގޮތް ކިޔައިދިނެވެ. ޒާހިލްވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަލޫކްއަށް އެންމެ ރަނގަޅުވާނެހެން ސިޗުއޭޝަން ހޭންޑަލް ކުރަން ފަސޭޙަވާނެ ގޮތަކަށް މަލާކްއަކީ އެ މަލާކްކަން ބުނެދޭންވެސް އެބަޖެހެއެވެ.
*************************************************************
މަލާކް ކެބިންގައި އިންދާ އޭނަގެ އަތުގައި އޮތް ރިސީވަރއިން ‘ ކޯޑް ބްލޫ ރޫމް 226 ކޯޑް ބްލޫ’އޭ ގޮވަންފެށިއެވެ. މަލާކަށް ހީވީ ފައިގެ ދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. އަވަސް އަވަހަށް ބޭރަށް ދުއްވައިގަނެވުނެވެ. އެއީ އަލޫކްގެ ކޮޓަރި ނަންބަރެވެ. ވަކި ހިސާބަކުން ޒާހިލްއާވެސް ދިމާވިއެވެ. ގޮސް އަލޫކްގެ ކޮޓަރި ދޮރުމައްޗަށް އެރި އިރު ކަމަކު ދާކަށް ނެތެވެ. މަލާކް އަވަސް އަވަހަށް އެތަނުގެ އެންބިއުލާންސް ރެޑީ ކުރުމަށް ބުންޏެވެ. މިޙާލުގައި މިތާތިބި މަދު ޑޮކްޓަރުންނާއި ލިމިޓެޑް އިކިއުޕްމެންޓްތަކުން އަލޫކްއަށް ލިބެންވީ ފަރުވާއެއް ނުދެވޭނެއެވެ. އަލޫކް ގެންދަން ޖެހޭނީ ހޮސްޕިޓަލަށެވެ. އެހެންނޫނީ އޭނާގެ ފުރާނައަށް ގެއްލުން ވެދާނެއެވެ. ޒާހިލް މަސައްކަތް ކުރަމުން ދިޔައީ އަލޫކް ހަމައަކަށް އެޅުވުމަށެވެ. ފިޓުޖެހެމުން ދިޔައީ ވަރަށް ގަދަޔަށެވެ. އަނގައިން ފޮނުވެސް އަރާފައި ހުއްޓެވެ.
ލުބާ ރޮނީއެވެ. މަލާކް އަހާ އަހާވެސް ޖަވާބެއް ނުދެވުނެވެ. އަލޫކްއާއެކު އެންބިއުލާންސްއަށް އެރީ ޒާހިލްއެވެ. މަލާކް އަވަސް އަވަހަށް ގޮސް އަލޫކްގެ މެޑިކަލް ފައިލް ބެލިއެވެ. އޭނާއަށް ޑޯޒް ލިޔެވިފައިވަނީ ރަނގަޅަށެވެ. ދެންބަލާލީ ފުޅިތައް ކޮބައިތޯއެވެ. މަލާކް އަލޫކްގެ ބޭސް ބަހައްޓަން ހުރި ތަނުގައި އެއް ފުޅި މަދެވެ. މަލާކް ހަނދާންވީ ދެނެވެ. މިއަދު އޭނާ އެހެން ޕޭޝެންޓްއެއްގެ ކަމެއް ޖެހިގެން މެންދުރުގެ ބޭސްދިނުން ހަވާލު ކުރީ ލުބާއާއެވެ. މަލާކް ބާޜުބާރަށް ގޮސް އަލޫކްގެ ކޮޓަރި ބެލިއިރު އެނދުކައިރީ ވެއްޓިފައި އޮއްވާ އެ ފުޅި ފެނުނެވެ. އޭގައި ބާކީ އޮތީ އެންމެ ދެތިން ގުޅައެވެ. މަލާކް ވަރަށް ހާސްވިއެވެ. އެކަމު މިވަގުތު އޭނާއަށް މުހިންމީ ހޮސްޕިޓަލަށް ދިއުމެވެ. މަލާކް ސައިން އައުޓް ވެގެން ހޮސްޕިޓަލަށްދާން މިސްރާބު ޖެހިއެވެ.
އެމަރޖެންސީ ރޫމްގެ ކުރިމަތީގައި ހުރި ޒާހިލް ފެނިފައި މަލާކް އަވަހަށް އައިސް ސުވާލުފަތި އަމުނާލިއެވެ. “މަލާ ކާމް ޑައުން. ހީ އިޒް އޯކޭ ނައު. ވޯރޑްއަކަށް ނޫނީ ޕްރައިވެޓް ރޫމްއަކަށް ބަދަލު ކުރަން އުޅެނީ. އަލޫކްގެ އެމަރގެންސީ ކޮންޓެކްޓްއަށް އިނީ ވިލާދާ. މިތާ ކައިރި ރަށެއްގަ ބިޒްނަސް ކަމެއްގަ އޯ ހުރީ ބަޓް ޝީ އިޒް އޮން ހާރ ވޭ ނައު…. އަވަހަށް ހޮސްޕިޓަލަށް ގެނެވުނުކަން އެއީ ނަސީބެއް” ޒާހިލް ކިޔައިދިނެވެ. އެތާ ހުރި ގޮނޑިއެއްގައި މަލާކް އިށީންތަނުން ލުބާ ވަދެގެން އަންނަތަން ފެނުނެވެ. މަލާކް ލުބާ ގޮވައިގެން ހޮސްޕިޓަލުން ބޭރަށް ޖެހިލިއެވެ.
“އައި އެމް ސޮރީ މަލާކް، އައި ޑިޑިންޓް ތިންކް އިޓް ވޯޒް އަ ބިގް ޑީލް. އަލޫކް ސީމް އޯކޭ. އަހަންނަށް ފޯނެއް އައިސްގެން ދެވުނީ. ދެން އެފުޅި ކަބަޑު މަތީގަ ހުރީމަ އަހަރެން އެހާ އަޅާނުލީ ކޮޒް އަލޫކް ހޭޒް ބީން ޑުއިން ރިއަލީ ގުޑް ފޯރ ދަ ޕާސްޓް ކަޕްލް އޮފް މަންތްސް އައި މީން ހީ ޑިޑް ނޮޓް އިވެން ޓްރައި ޓު ޔޫޒް..” ލުބާ ދައްކަންވީ ބަހަނާ ހެއްޔެވެ؟ ލުބާއަކީ މިހާތަނަށް ހުރިހާ ކަމެއް ބަރާބަރަށް ކުރާ ކުއްޖެކެވެ. މަލާކްގެ އިރުޝާދަށް ފުރިހަމަޔަށް ޢަމަލުކުރާނެވެ. ކިތަންމެ ކުޑަ ކަމެއްވެސް ހަނދާން ނައްތައެއް ނުލާނެއެވެ.
މަލާކް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ” ޔޫ ޑިޑްންޓް ތިންކް އިޓް ވޯޒް އަ ބިގް ޑީލް؟؟؟ ހީ އިޒް ނޮޓް އޯކޭ!! ކިތަންމެ ފަހަރަކު ލުބާކައިރީ ކޮންމެ ދުވަހަކުވެސް އަހަރެން ހަނދާން ކޮއްދެން އެކަން. އަބަދު އަބަދު ހަނދާންކޮށްދެން އެކަން. ލުބާއަށް އެކަން ހަވާލު ނުކުރިޔަސް އަހަރެން އަބަދުވެސް ކިޔަން އަލޫކްއަށް ފެންނަ ތަނެއްގަ ނުބަހައްޓާނެއޭ. ލުބާއަށް އަހަރެން އެކަން ޖައްސަނީ އަހަރެން މުހިއްމު ކަމެއް ދިމާވެއްޖެއްޔާ! އެންމއ ދއދުވަހު ކަނެނެ ޖެއްސީ! އަހަރެން އެވަރަށް ހަނދާން ކޮށްދިނިން މިއަދުވެސް!!” މަލާކް ހުރީ ދެރަވެސް ވެފައެވެ. “އައި ނޯ މަލާ އައި އެމް ސޮރީ އައި ޖަސްޓް ތޯޓް އިޓް ވުޑް ބީ އޯކޭ މިހާ ދުވަސް ވއިރު. މަލާ އިފް ޔޫ ވޯންޓް އައި ވިލް ޓޭކް ދަ ބްލޭމް..” “އިޓްސް ޑޮކްޓަރ މަލާކް ފޮރ ޔޫ އެންޑް ދެޓް އިޒް ނޮޓް ދަ ޕޮއިންޓް. މައްސަލައަކީ އަދިވެސް ލުބާ ތިކިޔަނީ އެހާ ބޮޑުކަމެއް ނޫނޭ ލުބާ ހީކުރީ އޭ އޯކޭ ވާނެކަމަށް. ބޮޑުކަމެއް ވީމަދޯ ސްޓްރިކްޓް ކޮން އިންސްޓްރަކްޝަންސް އެހުރީ. އައި ޑިޑްންޓް ތިންކް ޔޫ ވިލްބީ ދިސް ކެއާރލެސް. ހީކޮށްގެންވޭތަ؟؟ ޝުއަރ އެހެންޏާ ވަރަށް ރަނގަޅު ބަޓް އިން ދިސް ފީލްޑް ޕީޕަލް ލައިކް އަސް ޑޯންޓް ގެޓް ސެކަންޑް ޗާންސެސް. ވީ އާރ ސަޕޯޒް ޓު ބީ ޕްރޮފެޝަނަލްސް! އައި ކުޑް ލޫޒް މައި ލައިސެންސް!” މަލާކް ހާސްވެގެން ހަލާކު ވެއްޖެއެވެ. “އައި ނޯ. އެކަމު ހީ ސީމްޑް އޯކޭ” ލުބާގެ ވާހަކަ އަދިވެސް ހުރީ އެހެންނެވެ. ” ލުބާ!! އަދިވެސް އޯކޭ އޭތަ ކިޔަންވީ؟ ޔޫ ޕުޓް ހިޒް ލައިފް އިން ޑޭންޖަރ!! އައި ހަޔަރޑް ޔޫ، އައި ކުޑް ފަޔަރ ޔޫ ޓޫ!!” މަލާކްގެ އެވާހަކަ އާއެކު ލުބާގެ އަނގަ ބަނދު ވިއެވެ. އެގަޑިއަށް ޒާހިލް އައެވެ. “ވައި ޑޯންޓް ވީ ކޫލް އޮފް. ލުބާ ގޯ ޓޭކް ކެއަރ އޮފް ދަ ޑޮކިއުމެންޓްސް އެކޮޅުގަ. މަލާކް ހިނގާ އެތެރެއަށް ވިލާދާ އައިސް އެބަހުރި” ޒާހިލް ލުބާ ފޮނުވާލިއެވެ. މަލާކްއާއެކީ އެތެރެއަށް ވަންނަން ދާން އެނބުރު އިރު ވިލާދާ އައިސް އެމީހުންނާ އަރާ ހަމަވަނީއެވެ. މަލާކް ހުރި ހުރިހާ ކަމަކާމެދު ހިތްހަމަ ނުޖެހިފައެވެ. ޒާހިލް އަލޫކްގެ މަޢުލޫމާތު ދިނެވެ. މަލާކްއަކަށް ނުހުރެވުނެވެ. “އައި ކާންޓް ޓޭކް އިޓް އެނީ މޯރ. އައި ވޮން ނޯ ދަ ޓްރުތް. އައި ވޮން ނޯ އެވްރިތިންގް. ޔޫ ކާންޓް ޖަސް ކީޕް މީ އިން ދަ ޑާރކް ފޮރއެވަރ ތިންކިންގް ދެޓް އައި ވުޑް ޑޫ އޭޒް ޔޫ ސޭ. އަހަރެންނަށް އެއްވެސް އެއްޗެއް ނާންގާ ދެން ނުބެހެއްޓޭނެ. ބުނޭ. ކިއޔައިދީ!” ޒާހިލް މަލާކް ހަމަޖެއްސޭތޯ ބެލިއެވެ. “އަހަންނަށް ހީވި މިދުވަސް އަންނާނޭ ވަރަށް އަވަހަށް.” ވިލާދާ އެދުނީ އޭނާއާ އެކީ ބޭރަށް ޖެހިލަންށެވެ. އަތިރިމަތީ މާޙައުލުގައި ވާހަކަ ދައްކަން ފަސޭހަވާނެތީއެވެ. މަލާކް އެދުނީ ޒާހިލްވެސް އައުމަށެވެ. އެކަމަކު ޒާހިލް އަމިއްލައަށް ދެކޮޅު ހެދިއެވެ. ކޮންމެސް މީހަކު އަލޫކްގެ ޚަބަރު ބަލަން ހުންނަންޖެހޭނެ ކަމަށް ބުނެ އެދެމީހުން ވާހަކަ ދައްކަން ފުރުސަތު ދީފާ، ޒާހިލް އެތެރެއަށް ހިނގައިގަތެވެ.
“އަހަންނަށް އިނގޭ މި ވާހަކަތައް ކޮންމެވެސް ދުވަހަކުން ކިޔައިދޭން ޖެހޭނެކަން. އަހަންނަށް އިނގޭ މަލާކް އަހަރެން ދެކެ ރުޅި އަންނަ ކަންވެސް. އަހަރެން ދެކެ ރުޅި އަޔަސް މައްސަލައެއްނެތް. އަހަރެންނަށް އެ ރުޅި ޙައްޤު. މިވާހަކަ ތަކަކީ އަހަރެންނަށް ދައްކަން ވަކި ފަސޭޙަ ވާހަކަ ތަކެއް ނޫން. އަހަރެން… އަހަރެން މިވާހަކަތައް ތެދު ތެދަށް އަލޫކްއަށް ވެސް ނުކިޔައިދޭން. ކިހިނެއް ކިޔައިދޭނީ… ކިހިނެއް އަހަރެންގެ އަމިއްލަ ދުލުން އަހަރެން އަލޫކްއަށް އިޙުމާލުވީ ވާހަކަ ކިޔައިދޭނީ….” ވިލާދާއަށް ރޮވުނެވެ. މަލާކް އިނީ އެ ވާހަކަތައް އެނގެން ބޭނުންވެފައެވެ.
“އަހަރެން އަލޫކްގެ ބައްޕައާ ކައިވެނި ކުރީ އަހަރެމެންގެ މައިންބަފައިންގެ އެދުމުގެ މަތިން. އަލޫކްގެ ބައްޕަ އެކޮޅުގައި އެ މެޑިކަލް ކޮލްޖް އަޅައިގެން ދިރިއުޅުން ބަދަލު ކުރީ. އަހަރެންނާ އޭނަޔާ ޢުމުރުގެ ގޮތުން ވަރަށް ތަފާތު ބޮޑު. އަހަރެން… އަހަރެން އޭރު އުޅުނީކީ މާ ރަނގަޅަކަށް ނޫން. އަހަރެން އެނބުރި ރާއްޖެ އަންނަންވެސް އުޅުނިން. އަހަރެން މައިންބަފައިން ނިޔާ ވީމަ އަހަރެންނަށް އިނގޭ އަހަރެންނަށް އަޅާލާނެ މީހަކު މިކޮޅުގަ ނުހުންނާނެކަން. އޭނާ އަހަރެންނާ ކައިވެނި ކުރި އިރުވެސް އިނގޭ އަހަރެންގެ ގޮތް. އަހަރެން މަންމަމެން އަބަދުވެސް ޤަބޫލު ކުރި އަހަރެން ރަނގަޅުވާނެކަމަށް… މަލާކް! އައި ވޯޒް އެން އެޑިކްޓް!” މަލާކްގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލި ހެންނެވެ.
“އައި އެމް ނޮޓް ޕްރައުޑް އޮފް އިޓް. ބަޓް މަލާކް އައި ހޭޑް އެވެރިތިންގް. އެކްސެޕްޓް ލަވް. އަލޫކްގެ ބައްޕަ އުޅެނެ ތާޚު ކުރާނެ ކަމެއް ކުރަނީ. އެކަމު ބަރާބަރަށް އަހަރެންނަށް ޚަރަދުދޭ. ރުފިޔާ ގިނަވެގެން ވާންވީމަ ވާގޮތް އަހަންނަށްވީ. އުޅޭނެތާކު ކުރާނެކަމެއް އަހަރެން ކުރަނީ….. އަހަރެން ދެތިން ފަހަރު ރިހެބްއަށްވެސް ލީ ރަނގަޅު ވާން ބޭނުންވެގެން ބުނީމަ.. އެކަމަކު…” ވިލާދާ ދެލޯ ފުހެލިއެވެ.
” އެކަމުގެ ތެރޭގަ އެހެން އުޅެފަ އަހަރެން ބޭނުންވީ ވަރިވާން. އެކަމު އަހަންނަށް އިނގުނީ އަހަރެން ބަނޑުބޮޑުކަން. އހަރެން އަވަހަށް ރަނގަޅުވާން މަސައްކަތް ކުރީ. އަހަރެން އޭނާ ގާތު ބަލިވެ އިން ވާހަކަ ބުނީ ވަރަށް ފަހުން. ކޮންމެއަކަސް އަހަންނަށް އަލޫކް ލިބުނީ. އަލޫކް ލިބިގެން އަހަރެން އަލޫކްއަށް އެންމެ ދެ އަހަރުގަ ވަރިވެގެން ދިޔައީ. އަލޫކްހުރީ އަހަރެން ކައިރީ. އަހަންނަށް އަދިވެސް ނުހުއްޓުނީ. އަލޫކްގެ އުމުރުން 10 އަހަރު ވީއިރުވެސް އަހަރެން އެކަން ނުހުއްޓުނު. އެއްދުވަހު އއަލޫކް…. އަލޫކްއަށްވެސް….. ބޭނުން ކުރެވުނީ. އަހަރެން އޮތީ ވާނުވާ ނޭނގޭ ހާލު. އެހިސާބުން ދެން ވާނެ ގޮތްވީ. އައި ލޮސްޓް ހިޒް ކަސްޓޮޑީ. ދެން އަހަރެންނަށް އެހިސާބުން ވިސްނުނީ. އަހަރުތަކެއް ނެގި މުޅިން ރަނގަޅުވާން. އަހަރެން އަމިއްލަ އޮރގަނައިޒޭޝަންއެއް އުފައްދާ ބިސްނަސްއެއް ފެށީ. އަހަންނަށް ކުރިން ކިޔަނީ ސާރާ. އަހަރެން ނަންވެސް ވިލާދާއަށް ބަދަލުކޮށްގެން ރަނގަޅުވެގެން އަލޫކް ދެކިލަން އައި ދުވަހު އަހަންނަށް ފެނުނީ އެހެން މަންޒަރެއް. އަހަންނަށް ހީވީ މުޅި ދުނިޔެ އެނބުރި ގަތްހެން. އަލޫކްގެ އުމުރުން އޭރު ވާނީ ސޯޅަ ވަރަކަށް އަހަރު. އޭނާ އޮތީ ހަމައަކުނޫން. އަހަރެންނަށް ހީވީ އަހަރެންގެ ނުބައި އުޅުމުގެ ސަބަބުންވީ ގޮތެކޭ މިއީ. އަލޫކްއަށް އެންމެ އަޅާލުން ބޭނންވި އިރު އަހަރެން ނެތް…”
” އެދުވަހަށްފަހު އަހަރެން ކިހާ އަހަރެއް މިމަސައްކަތް ކުރަނީ އަލޫކް ރަނގަޅުކުރަން. މަލާކް ފެނުމަށްފަހު އަލޫކްއަށް ބަދަލުތަކެއް އަންނަން ފެށީ. މަލާކްއާ ބައްދަލު ވުމަށްފަހު. އަހަރެންގެ އުންމީދު އާލާވީ އެހިސާބުން. އެހެން އުޅެފަ އަލޫކްގެ ބައްޕަ އަހަރެންނާ ދެކޮޅަށް ރިސްޓްރެއިނިންގް އޯރޑަރ އެއް ހެދީ. އަލޫކް ނުވަތަ އަލޫކްގެ ބައްޕައާ ދޮންމަންމައާ ދުރުން އަހަރެން އުޅެން ޖެހުނީ. އަލޫކަށް ނޭނގުނު އެހާ އަހަރު ތަކަކަށްފަހު ފެނުނީމަ އަހަރެން ވަކި ކުރާކަށް އަސްލު. އަހަރެން ބޭނުންކުރުން ހުއްޓާލީމަ ބޮޑެތި ބަދަލުތަކެއް އައިއްސަ ހުރީ. އަލޫކް އަލޫކްގެ ތެރަޕިސްޓް އެއް ކަމަށް އޭނާ ހީކުރާނީ. އެކަމު އަހަރެން ހިތްބުނަނީ އޭނާއަށްވެސް އިނގޭ ކަންނެ އަހަރެންމީ ހަމައެކަނި ތެރަޕިސްޓްއެއް ނޫންކަން. އެކަމު އަލޫކް އަހަންނަށް ނަފުރަތު ކޮށްފާނެތީ އޭރު މިއީ އަލޫކްގެ މަންމައޭ ބުނާކަށް ނުކެރުނު. ފުރަތަމަ ސެޝަންގަ އޭނާ ބުނީ މަންމައެއް ނޭނގެއޯ ” ވިލާދާ އަނެއްކާވެސް ރޯންފެށިއެވެ.
“އަހަރެން އެކަމު އަލޫކްއަށް އެވާހަކަތައް ކިޔައިދިނިން. ވަރަށް ފަހުން. އޭނާއަށް މިހާރު އިނގޭނެ.” ވިލާދާ ބުންޏޭވެ. “އެކަމު އަދިވެސް އަލޫކް ބައްޕަގެ އެ ރިސްޓްރެއިނިންގް އޯރޑަރއާ ހެދި…. އަހަރެން ރަނގަޅުވެ ހުރިހާ ކަމެއް ކުރީ އަލޫކް ލިބޭތޯ. އަހަރެންނަށް އަލޫކް ކުޑައިރު މަންމައެއްގެ ލޯބި ނުދެވުނު. އަހަރެން ބޭނުން އަލޫކްއަށް އެލޯބި ދޭން. ”
އަލަށް އިވުނު ވާހަކަތައް ބޮލަށް ނަގައިގަންނާނއ ގޮތެއް ނޭނގިފައި މަލާކް އިނެވެ. މިއީ އޭނާ ހީކުރި ކަންތައްތަކެއް ނޫނެވެ. އެކަމަކު އަލޫކްގެ އެ އާދަ ފެށުނު ގޮތާއި ކަންތައްތައް އެހިސާބަށް ދިޔަގޮތް އޮޅުންފިލައިވިއެވެ. ޙަޤީޤތައް އިނގިއްޖެއެވެ.
“މަލާކްއަށްޓާކައި އަލޫކް ވަރަށް ހިތްވަރު ކުރި ރަނގަޅުވާން. އަހަންނަށް އިނގޭ އެހާ ކުޑައިރުންފެށިގެން އެކަން ފެށިފަ އަލޫކަށް ހުރީމަ އެއީ ކިހާ އުނދަގޫ ކަމެއްކަން ދުރުވާން. މަލާކްގެ އެހީއާ އެކީ ރަނގަޅު ކުރެވޭނެއޭ ބުނީ އެހެންވެ…އެމީހަކު ރަނގަޅުވާން އަޒުމު ކަނޑައެޅީމަ ރަނގަޅުވެވޭނީ. މަލާޚްއާ ބައްދަލުވިފަހުން އަލޫކް ރަނގަޅުވާން ބޭނުއްވިކަން އަހަންނަށް އިނގޭ” ވިލާދާ ބުންޏޭވެ. “މަލާކް.. މަލާކް ގްރެޖުއޭޝަންއަށް އަލޫކްއަށް ނުދެވުނީ. ނުދިޔައީކީ ނޫން. އޭނާ އެދުވަހު ހެޔެއް ނެތް. އެކަމު ބޭނުމެއްވެސް ނުކުރެ. މޭބީ އަ ސައިޑް އެފެކްޓް. އެހާ ދުހު ބޭހުންކޮށްކޮށްފަ ހުއްޓާލީމަ. ވިލިޔަމް އަލޫކްގެ ހަބަރެއް ނުވެގެން ބެލި އިރު ފެނުނީ. ވެއްޓުނީހެން ހީވަނީ ބޯވެސް ކުޑަކޮށް ފަޅައިގެން ގޮސް އޮތީ. ވިލިޔަމް ބުނި އެހެން ވެއްޓޭ ކަމަށް.. ބައެއް ފަހަރު ޚަބަރު ހުސްވާ ކަމަށް. ޑޮކްޓަރަށް ދައްކާކަށް އަލޫކް އެއްބަހެއް ނުވޭ.” ވިލާދާ ކިޔައިދިނީ އޭނާ އެންމެ އެނގެން ބޭނުންވެފައި ހުރި ކަމެއްގެ ވާހަކައެވެ. “މަލާކް ގްރެޖުއޭޓްވާ ދުވަހު ރަނގަޅުވެގެން ދާން އަލޫކް ހުރީ……… ދެން އެކަން އެހެންވެފަ ތި ފްލައިޓެއް ވާހަކަ އިވުނީ….އެހިސާބުން ކަންތައް އަނެއްކަ މާގޯސްވީ”
މަލާކްގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އަލޫކް ރަނގަޅުކުރަން އޭނާ ބޭނުމެވެ. ޙަޤީޤަތް އެނގުމުން މިހާރު އަދި ކުރިޔަށްވުރެވެސް ބޮޑަށް ހަމްދަރުދީ ވެވިއްޖެއެވެ. މަލާކް ވިލާދާގެ ގައިގައި ބައްދާލިއެވެ. ” އިރާދަކުރެއްވިއްޔާ އަހަރެން އަލޫކް ރަނގަޅު ކުރާނަން”
ވިލާދާއާއި މަލާކް ދިޔައީ ހޮސްޕިޓަލަށެވެ. އަލޫކް އޮތީ ޕްރައިވެޓް ރޫމްއަކަށް ބަދަލު ކޮށްފައެވެ. އަލޫކަށް ނިދިފައި އޮތުމުން މަލާކް ނުވަދެ ޒާހިލް ގާތަށް ދިޔައެވެ. ވިލާދާ މަޑުކުރުމުން މަލާކްއާ ޒާހިލް އެކޮޅުގެ ކަންތައް ހަމަޔަކަށް އަޅުވަންދާން ނައްޓާލިއެވެ. ދިޔަ މަގުމަތީގައި ޒާހިލް ސުވާލެއް ނުކުރުމުން މަލާކް އެކަމާ ވާހަކަ ދެއްކިއެވެ. “ޕްރައިވެޓް އެއްޗެއްނު. އެހންވެ.” “ޒާހިލްވެސް އަލޫކްއަށް ޓްރީޓް ކުރާއިރު އިނގުން މުހިއްމު.” މަލާކް ޒާހިލްއަށް އެވާހަކަތައް ކިޔައި ދިނެވެ. މަލާކްގެ ދެލޯ ފުރިގެން ބަންޑުންވެގެން ދިޔައެވެ. އޭނާގެ ބޮލަށް ކުޑަ ލުޔެއްވެސް ވިއެވެ. އެހާ ދވަހަކު އެކަމަކަށް އިންތިޒާރު ކުރި ވާހަކަތައް އެނގި ސާފުވީމައެވެ. ދެން ކުރަން އޮތް ކަމަކީ އަލޫކް ރަނގަޅު ކުރުމެވެ. އޭނާއަށް އެކަން ވާނެ ހެއްޔެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.




Assalaam alaikum hurihaa kudhin. Mi part ves nere dhevijje dho hehe. Heekuran eid hadhiyaa kamudhaane kamah. Two episodes in one day hehe. Inshaallah next episode neyreynann varah avahah. Heevaagothun ei emme fahu noonee fahah dhevanan part ah vunn ves ekasheegen vey. Thi kudhin kiyaalaafa comment kollahche. Feedback dhehche. Mi vaahaka nimmaafa dhenn vaahaka eh gennan thayyaaru vamun dhanee hehe. Stay safe all. Eid mubarik❤️ ❤️ ❤️
Thankoleh avahah next part up kohladhecheyy
Mi bai vess hama vrh reethi, Masha Allah
Eid Mubarik
Up kollaafa innaanee ingey Nww-she. Thankyouuu so much ❤