މާގިނަ އިރެއްނުވެ ކިއާންވެސް އައެވެ. މަހުމާފޮތީގެ ކަޅު ކޯޓުފަޓުލޫނެއް ލައިފައި ހުންނައިރު ކިއާން ވަރަށްވެސް ފިރިހެންވަންތައެވެ. ކިއާންގެ ފަހަތުން ވަދެގެން އައި ރާކިން ފެނުމުން ނޫރާ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. އެންމެން ދިއުމުން ސިއާ އާއިި ނޫރާ އެކަނިވިއެވެ. ސިއާގެ ހިތް ބުނަމުން ދިޔައީ އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނާޅާށެވެ. ނަމަވެސް ހިތްވަރު ކޮއްފައި ނޫރާއާއެކު ސިއާ ދިޔައެވެ. އުފާވެފައި ކައިވެނި ކުރެވެމުންދާ މަންޒަރަށް ބަލަހައްޓައިގެން ހުރި ހަމްދީއަށް ފޯނުކޯލެއް އައުމުން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. “ހަލޯ ބައްޕާ […]
ކަނޑުގެ ލޮނުގަނޑު ކަފަމުން ރަށުގެ ފަޅުތެރެއަށް ވަތް ލޯންޗް ފެނި ފަވާޝަތު ގާތަށް ހިނި އަންނަ ގޮތްވިއެވެ. “ހަހަހަ. މިތަ ނޫމާން އަހަންނަށް ދޭން އޮތް ބޮޑު ސަރޕްރައިޒަކީ؟ އަހަންނަށް އަލަކަށް ނޫނޭ ލޯންޗެއް މި ފެނުނީ.” ފަވާޝަތު ހީކުރީ ނޫމާން އޭނާ ގޮވައިގެން ބަނދަރަށް އައީ އެ ބޮޑު ލޯންޗު ދައްކަން ކަމަށެވެ. އެހެންނަމަވެސް ފަވާޝަތަށް އެވަގުތު ނޭނގުނު ކަމަކީ އެ ލޯންޗު ތެރޭ އޭނާ ޙައިރާންކުރުވާނެފަދަ ސަރޕްރައިޒެއް އިންނާނެ ކަމެވެ. ފަވާޝަތު ހެމުން ދިޔައިރު […]
އަހަރެން ރާއިންއަށް އަނެއްކާވެސް ފާރަލާން ފެށީމެވެ. ނަޝްވާގެ ކިބައިން ބަދަލު ހިފަން އޭނާ ނަޝްވާމެން ގެއަށް ވަދެ މިއުވާން ނޫޅޭތޯ ޔަގީން ކޮށްފައި އެގޭންގުގެ އިތުރު ދެމީހަކާއެކު ނަޝްވާގެ ކޮޓަރިއަށް ވަތް އިރު އަހަރެން ހުރީ ނަޝްވާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި އެމީހުން ކުރާ ކަންތައް ބަލާށެވެ. އެމީހުން ނަޝްވާގެ ގަޔަށް އަރަން އުޅުމުން އަހަރެން ފުރަތަމަ އުޅުނީ އެމީހުން ކުރާ ކަންތަކުގެ ވީޑިއޯ ކޮށްފައި މާދަމާ ހެނދުނު މިއުވާންއަށް ފޮނުވާށެވެ. ނަމަވެސް ނަޝްވާއަށް އެހާލު ޖައްސާކަށް […]
މިއަދަކީ ކައިފްގެ ދަރިފުޅު ރައުޝަން އަށް ތިންއަހަރު ފުރޭ އުފަންދުވަހެވެ. ގޭ ބޭރުގައި އޮތް ހުސްބިމުގައި ފަންތައް ޖަހައި އުފަންދު ވަހުގެ ޕާޓީ ބޭއްވުމަށް އަވައްޓެރި ކުދިންކޮޅެއް އަވަދިނެތި މަސައްކަތް ކުރަމުންދިޔައެވެ.ކައިފް އަދި އަންހެނުން އަލްވީ ކޭކު ޑިޒައިން ކުރުމުގައި އުޅެމުން ގެންދިޔައެވެ. ޕާޓީޔަށް މީހުން އައުމުގެ ކުރިން ނިއްމާލެ ވޭތޯއެވެ. ކައިފް އަކީ މަންމައެއް ބައްޕައެއް ނެތި ކުއްޖެކެވެ. ސުނާމީ ކާރިސާގައި ކައިފް ގެ މަންމަ ސަކީނާ އާއި ބައްޕަ ތައްޙާން ނިޔާވީއެވެ. ބައްޕަ އާއި […]
“ދަރިފުޅު ޖަވާބެއް ދީބަލަ.” ޒާޔާ ދެލޯ ބޮޑުކޮށްގެން އިންނަން ފެށުމުން ނިހާން އަށް އުނދަގޫވިއެވެ. ބައެއްފަހަރަށް މިއީ ޒާޔާ އާއި ކޮށްގެން ވާނެ ކަހަލަ ސުވާލެއް ވެސް ނޫނޭ ނިހާންގެ ހިތަށް އަރައެވެ. އެކަމަކު މިކަން ކުރަން ކޮންމެވެސް އެއްގޮތަކުން ނިހާން އަށް ވަނީ މަޖުބޫރުވެފައެވެ. އޭނާއަށް އަބަދަކު ޒާޔާ ރޮއެ ހިތާމަކުރާ މަންޒަރު ބަލަން ކެތެއް ނުކުރެވޭނެއެވެ. “އަދި މަންމަ މަރުވިތާ މަހެއްވެސް ނުވެގެން މިއުޅެނީ. ދެން ބައްޕަ ހާދަ އަވަހަކަށް އެހެން ކައިވެންޏެއް ކުރަން […]
ސާދަވިލޭރޭގެ ހަނދުގެ ވަށައިގެން ތަރިތައްވިދާ ބަބުޅާ މަންޒަރު ވަރަށް ހިތްގައިމެވެ. ބެލްކޮނީގެ ރެއިލިންގްގާ އަތް ވިއްދާލައިގެން ހުރި ކުއްޖާއަށް މި މަންޒަރުން އަސަރެއް ކުރި ހެނެއް ހީނުވެއެވެ. ބަލާބެލުމަށް އޭނާ ވަނީ ވަރަށް ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނާ އަށް ލިބިފައިވާ ކަޅު ރޭގަނޑެއް ފަދަ ރާޅުބާނި އިސްތަށިގަނޑާ އެ ހިމަތޮޅި ހަށިގަނޑާ ވަރަށް ގުޅެއެވެ. އޭނާގެ ރީތިކަން އިތުރުކޮއްދެނީ އޭނާއަށް ލިބިފައިވާ ކަޅުކަޅި އެވެ. ” ނާނީ … ތިހާ ވަރަށް ނުވިސްނަބަލަ … ލޮންޑަނަށް […]
”އެއީ އަހަރެންގެ.. ބައްޕަ.” އައިލީޝްގެ ދުލުން އަޑު ބޭރު ވީ ބުރިބުރިވެގެންނެވެ. އައިލީޝް އެމީހުންނަށް ހަގީގަތް ހާމައެކުރީ އެއީ އެމީހުންނަށް ވެސް އެނގެން ޖެހޭ ކަމެއްކަން އެނގުމުންނެވެ. ނަމަވެސް އެމީހުންނަށް އެވާހަކަތައް އިވިފައި ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. ބޯޓުގައި މަސައްކަތް ކުރާ މީހާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައިއެވެ. އޭނާ އާކިފް މަރައިލި ގޮތުގެ ވާހަކަދައްކަމުން ދިޔައިރު އައިލީޝްގެ ފަރާތުން ފެނުނު ކެތްތެރިކަމުން އޭނާ އަންތަރީސް ވާވަރުވިއެވެ. ”އަޅުގަނޑުމެން ތި […]
ދާނިޝް އަކީ ތެދުވެރި ވަފާތެރި ފިރިޔެކެވެ. އަހަރެންގެ އެދުމެއް ފުރިހަމަނުކުރެވި ދުވަހަކުވެސް ނޯންނާނެއެވެ. ދަރިފުޅު މިޝަލް ލިބުނުފަހުންް އަދި ވަކިން އަހަންނަށް ރަނގަޅެވެ. އަހަރެންނަށް ވުރެ ރަހުމަތްތެރިންނަށް އިސްކަމެށް ނުދޭނެއެވެ. އޮފީހުގައި ބުރަކޮށް އުޅެފައިވެސް ލަސްނުކޮށް ގެއައް އަންނާނެއެވެ. ކިތަންމެ ވަރުބަލިވެފައި ހުއްޓަސް އަހަންނާއި ލޯބިން ވާހަކަ ދައްކާފަ ނޫނީ ނުނިދާނެ އެވެ. އަހަރެންގެ މަންމަމެންނަށް އިހްތިރާމް ކުރާނެއެވެ. ރުޅިގަދަކޮށް ޒުވާބު ކުރުމަކީ ދާނިޝް އެއް އިރެއްގައިވެސް ކުރިކަމެއް ނޫނެވެ. އެހެނަސް ހަމަ ކުއްލިއަކަށް ދާނިޝް އާއި […]
މިއީ އަހަހަރެންގެ ވޭނީ ހަޔާތެވެ. އެއްވެސް މީހަކަށް އަނެކާގެ އުދާސްތައް ނޭގޭ ފަދައިން އަހަރެންގެ އުދާސްތައް ހަމަ އެކަކަށް ވެސް ނޭނގެއެވެ. އަހަރެންމި ވާހަކަތައް މިލިޔަނީ ހިތުގެ އުދާސްތަކަށް ލުޔެއްލިބޭތޯއެވެ. އަހަރެންގެ ބޮލުގައި ރިއްސާތީ ކޮޓަރީގަ އޮތީމަ އެވީ އިބިލީހާއި އެކީ ކުޅިވަރު ކުޅެނީ ކަމަށެވެ. ރޭގަނޑު ބޮލުގައި ރިއްސާވަރުން ނުނިދުނީމަ އެވީ ޓެބްލެޓް ކުޅެނީ ކަމަށެވެ. އަހަރެންގެ ހިތުގައި އިސްލާމްދީނަށް ވަނީ ގަދަލޯތްބެއް އުފެދިފަ އެވެ. މިހާރު އަހަރެންގެ އެންމެ ބޮޑު އެދުމަކީ […]