”ކިހިނެއްވީ ކަމެއް. ކާކު މަގޭ ބައްޕައަކީ.” ޔޫހާއަށް އެހެން ބުނެލެވުނީ ވަރަށްވެސް މަޑުންނެވެ. ޒާހިދާއަށް ވެސް އެއަޑު އިވުނީ ނުހަނު މަޑުންނެވެ.
ޔޫހާގެ ޖުމުލަ އަޑު އިވިފައި ޒާހިދާގެ އަނގަ ބަންދުވެގެން ދިޔައެވެ. އެއީ މީގެ ކުރިން އޭނާއާ ދުވަހަކުވެސް ޔޫހާ ކޮށްފައި ނުވައި ސުވާލެކެވެ. ”ދަރިފުޅާ. މިތާ އިށީންދެބަލަ. މަންމަ މިއުޅެނީ ތި ވާހަކަ ދައްކާށޭ.” ޒާހިދާ އެހެން ބުނެ ސޯފާގައި އިށީންދެލީ ބަސް ހުއްޓިފައި ހުރި ޔޫހާގެ އަތުގައި ހިފައިލައިގެން ހުރެއެވެ.
”އާކިފް އާ އިނުމުގެ ކުރިން މަންމަ މާޖިދުއާ ކައިވެނި ކުރިން. ކައިވެންޏަށް ހަތަރު މަހުގައި ޔޫހާ ލިބުނީ. ޔޫހާއަށް ހަތަރު އަހަރު ވި އިރަށް މަންމައަށް މައުނާ ލިބުނީ. މާޖިދުގެ އެދުމުގެ މަތިން އޭނާއަށް މައުނާ ދީފަ މަންމަ ޔޫހާ ގެންދިޔައީ.” ޒާހިދާ ޔޫހާގެ ދެއަތުގައި ހިފައިލައިގެން އިނެ ވާހަކަ ދައްކަމުން ދިޔައެވެ.
”މައުނާ އަކީ ކޮއްކޮއޭ. ބައްޕައޭ. ކީކޭ ތި ކިޔަނީ.” ޔޫހާއަށް އިނީ އޭނާގެ ކަންފަތަށް އިވެމުން ދިޔަ ވާހަކަތައް ގަބޫލު ނުކުރެވިފައިއެވެ. އޭނާގެ ކަންފަތް އޭނާއަށް އޮޅުވާލަނީއޭ ހިތަށް އަރަމުން ދިޔައީވެސް އެހައި ވަރަށެވެ. ދެލޯ ބޮޑުވެފައި ވީ އިރު އޭނާގެ ދެލޮލުން ދިޔައީ ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބަމުންނެވެ.
”އާން ދަރިފުޅާ. ހަގީގަތަކީ މީ. ގަބޫލު ކުރޭ. ހަގީގަތް ގަބޫލު ކުރޭ.” ޒާހިދާ ޔޫހާގެ ދެކޮނޑުގައި ހިފައި ތަޅުވާލިއެވެ. ނަމަވެސް ޔޫހާ އެއަތް ފޮޅުވާލައި އެތަނުން ތެދުވެފައި ފަސް އެނބުރިލިއެވެ. ”އަހަރެން މިހުރިހާ ދުވަހު ހީކޮށްގެން ހުރީ އަހަރެންގެ ބައްޕަވަނީ މަރުވެފައި ކަމަށް. އުމުރުން އަށާވީސް އަހަރުވެގެން ދިޔައިރު ކޮންފަދަ ބޮޑު ސަޕްރައިޒްއެއް ތިދިނީ. އުމުރުން އަށާވީސް އަހަރު ވެގެން ދިޔައިރު އެއް ލެޔެއް ހިނގާ ކޮއްކޮއެއް ހުންނަކަން މިއިނގުނީ. މިހުރިހާ ކަމެއް އަހަރެންނަށް ފޮރުވީ ކީއްވެ. ކީއްވެ؟” ޔޫހާއަށް ހުރިތަނަށް ތިރިވެވުނެވެ. އެހިތަށް މިއަދު ލިބިފައިވާ ވޭން ބަޔާން ކުރަންވެސް ދައްޗެވެ. އޭނާގެ ހިތުގައި މީހަކު ހިފައި ބާރުކޮށްލާފައިވާ ކަމުގެ އިހްސާސް ކުރެވެމުން ދިޔައީ އިންތިހާއަށެވެ. ލޮލުން ނަގަމުން ދިޔަ ދިލައިގެ ސަބަބުން ދެލޯ މަރައިލައިގެން ގިސްލަމުން ދިޔައިރު މަންޒަރު ފެންނަ މީހަކަށްވެސް އަސަރު ކުރާނެކަން ގައިމެވެ.
މައުނާގެ ހާލަކީތޯއެވެ. ޔޫހާ ރޮމުން ދިޔަ މަންޒަރު ބަލާކަށް އޭނާއަކަށް ކެތެއް ނުވިއެވެ. ޔޫހާ ރޮމުން ދިޔަ އަޑު އޭނާގެ ކަންފަތާ ހަަމައަށް ފޯރަނީ ހޮނު ގުގުރިއެއްގެ ސިފާގައިއެވެ. މައުނާ ބަލާކަށް ނުހުރެ މަޑު ހިނގުމެއްގައި ގޮސް ޔޫހާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
”ކޮބާ މަގޭ ބައްޕަ؟ މަށަށް އެންމެ ފަހަރަކުވެސް މަގޭ ބައްޕަގެ ސޫރަ ދައްކައިލަބަލަ. އެންމެ ފަހަރަކުވެސް އެބައްޕަ ހުންނަނީ ކިހިނެއްކަން ބުނެލަދީބަލަ.” ޔޫހާއަށް އަނެއްކާވެސް އަޑުން އަޑު ނަގައި ރޯން ފެށުނެވެ. މައުނާ މޭޒުމަތީގައި އޮތް ފޯނު ހިފައިގެން އައިސް އޭގައިވާ މާޖިދުގެ ފޮޓޯއެއް ޔޫހާއަށް ދައްކައިލިއެވެ. އެވަގުތު އަނެއްކާވެސް ޔޫހާގެ ދެލޯ ކަރުނައިން ފުރި ބަންޑުންވެލިއެވެ. ނަމަވެސް ތުންފަތަށް ހިނިތުންވުމެއްވެސް ވެރިވިއެވެ. އަދި އެ ފޮޓޯގަނޑުގައި އޭނާގެ ބޮޑުވައި އިނގިލިން ފިރުމާލިއެވެ.
މަންޒަރު ބަލަން ހުރި ޒާހިދާގެ މޫނުމަތިން އުޖާލާކަން ފެންނަމުން ދިޔައެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފިލައި ދިޔައީ މާޖިދަށް ނުގުޅޭ ކަން އިނގުމުންނެވެ. މާޖިދު ވީ ތަނެއް ނޭނގުމުންނެވެ. ސިންގަޕޯރއަށް ދެވުނުކަން ޔަގީން ނުވާތީއެވެ. ހަބަރެއް ދަބަރެއް އަޑު ނީވޭތީއެވެ. ”ދައްތާ މިގެޔަށް އަންނަން ވީ ނުން. އެއިރުން އަހަރެމެން އާއިލާ އެއްކޮށް ފުރިހަމަވާނެ.” މައުނާ ޔޫހާގެ ކޮނޑުގައި އަތްބައްވާލިއެވެ. އަދި ކޮނޑުގައި ހިފައި ޔޫހާ ކޮޅަށް ނަގައި ސޯފައި ބައިންދާލިއެވެ.
”ކޮއްކޯ. މިއަދު އަހަރެން ވަރަށް އުފާވެއްޖެ. ކޮއްކޮއެއް ހުންނަކަން އެނގުނީމަ. އަހަރެންގެ ލޯބި ލޯބި ކޮއްކޮއެއް ހުރީތީ ވަރަށް އުފާވެއްޖެ.” ޔޫހާއަށް އަނެއްކާވެސް ރޯން ފެށުނެވެ. އަދި މައުނާއަށް ޖަވާބު ދިނުމުގެ ގޮތުން އޭނާގެ ބޯ ޖަހައިލިއެވެ. ޒާހިދާވެސް އައިސް ޔޫހާގެ ބުރަކަށީގައި ފިރުމާލީ ނިކަން ލޯބިންނެވެ. އޭނާގެ މޫނުމަތިން މައިވަންތަކަމުގެ ކުލުނު ބަލައިލި މީހަކަށް ފާހަގަ ވާނެއެވެ.
***
އެނދުމައްޗަށް ދެމިފައި ދެމިފައި އޮތް ނައިޝަމްގެ މޫނުމަތިން ފައުޅުވަމުން ދިޔައީ ވަރުބަލިކަމެވެ. ދެލޮލުން ނިދީގެ އަސަރު ފާހަގަވަމުން ދިޔައިރު އެދެލޯ ނިދުމަށް އިންކާރު ކުރަމުންދާ ފަދައެވެ. ނިދަން ބޭނުން ނުވާ ފަދައެވެ. އެހެން އޮއްވާ ނައިޝަމް ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ރިންގް ވުމުންނެވެ. ގުޅަނީ މައުނާކަން އެނގުމުން އޭނާ އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އެ ކޯލަކަށް ނައިޝަމް އިންތިޒާރު ކުރަމުންދާތާ އެތައް ގަޑިއިރެއް ވީއެވެ.
”ހެއި މާ ވަރަކަށް މިދިޔަ ދުވަސްތަކުގައި ގުޅީ ކީއްވެތަ؟” ނައިޝަމް އޭނާއަށް ހިނިތުންވެވޭއެންމެ ބޮޑަކަށް ހިނިތުންވެލައިގެން އިނެ އަހައިލިއެވެ. ދެލޮލުގައި މިހާރު ނިދީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.
”އެއީ ދެން ހަމަ ނައިޝަމްގެ އަޑު އަހައިލާ ހިތުން. ކީއްވެތަ މެސެޖް ކުރީމަ ރިޕްލައި ނުކުރަނީ؟” ޝަކުވާގެ ރާގަކަށް މައުނާ އެހެން އަހައިލުމުން ނައިޝަމްގެ ގާތަށް އައީ ހިންޏެވެ. އަދި ހުނުން ކޮންޓްރޯލް ކުރުމަށްފަހު ޖަވާބުދޭން އަވަސްވެގަތެވެ.
”އަހަރެންމީ ނުދަންނަ މީހުންނާ ވާހަކަ ދައްކާ އުޅޭ މީހެއް ނޫން. ދެޓްސް ވައި.” ނައިޝަމްގެ މޫނުމަތިން ލާނެތްކަން ފެންނަމުން ދިޔައިރު އޭނާގެ މޫނުމަތި އުޖާލާވެފައިވާ ފަދައެވެ. ރީތި ހިނިތުންވުން ތުންފަތަށް ވެރިވެފައިވާއިރު ނުހަނު ރީއްޗެވެ.
”އިނގޭ. ދެން އެހެންޏާ މިފަހަރު ތި ފޯނު ނެގިއްޔޯ. އަދި ވެސް އަހަރެންމީ ކާކު ކަމެއް ނޭނގެއެއްނު. ނުދަންނަ މީހެއްގެ ހަގީގަތް އޮޅުންނުފިލުވައެއްނު ތި ވާހަކަ ދައްކަން ފެށީ.” މައުނާ ވަރަށް ސީރިއަސް ވެފައި ވާހަކަ ދައްކަން ފެށިއެވެ.
”އެ ކިހިނެއް އެނގުނީ. ދެން ކިޔާދޭންވީނުން ތި ކާކުކަން.” ނައިޝަމްވެސް އާދޭސް ކުރާ ކަހަލަ ރާގަކަށް އަހައިލީ އޭނާގެ އެއްލޯ ހިރުވައިލަމުންނެވެ.
”ނައިޝަމްގެ މަންމަގެ ފަރާތުން. މީގެ އެތައް އަހަރެއް ކުރިން އަހަރެން ނައިޝަމްގެ ވަރަށް ގިނަ މައުލޫމާތު ހޯދިން. ނައިޝަމްގެ ރަށަށް ގޮސް ނައިޝަމްގެ މަންމައާއި ބައްޕަގެ ފަރާތުން. ބައި ދަ ވޭ އައިމް މައުނާ އިބްރާހިމް މާޖިދު. ހަތަރު ފައިކަށި މަތި މާލެ މީހެއް. އުމުރު ސައުވީސް. ބައްޕައަކީ އިބްރާހިމް މާޖިދު. މަންމައަކީ ޒާހިދާ އަންވަރު. ދައްތައަކީ ޔޫހާ. އުޅެނީ މާފަންނު އާލިޔާގޭގެ ހަތަރު ވަނަ ފްލޯގައި. އިތުރު މައުލޫމާތެއް ބޭނުންތޯ.” މައުނާ ބުނަމުން ދިޔަ ކޮންމެ ޖުމުލައަކުން ނައިޝަމްއަށް ލިބެމުން ދިޔައީ ޝޮކެވެ. އޭނާގެ ފޯނުން އަޑު އަންނަމުން އެދަނީ ރަނގަޅަށް ބާ އޭ ހިތަށް އަރަމުން ދިޔައިރު ކަންފަތް އުނގުޅައިލެވުނީ އޭނާގެ ކަންފަތް އޭނާއަށް ދޮގު ހަދަނީ ކަމަށް ހީކޮށެވެ. އެއިވުނީ ރަނގަޅަށް ބާ އޭ ނައިޝަމްގެ ހިތް ގޮވަމުން ދިޔައިރު އޭނާއަށް އިނީ އެއްވެސް ކަމެއް ގަބޫލު ނުކުރެވިފައިއެވެ. ނައިޝަމްގެ އެއްވެސް އަޑެއް ބަޑެއް ނީވުމުން މައުނާ ނައިޝަމްއަށް ގޮވަމުން ދިޔައީ މެދުކަނޑުމެއް ނެތިއެވެ. ނަމަވެސް އެންމެ ތަންކޮޅަކަށް ވެސް ނައިޝަމްގެ ދޫ ހަރަކާތެއް ނުކޮށްލިއެވެ. އިވުނު މައުލޫމާތުތަކުން ފޯނު ކަނޑާލާފައި އޭނާއަށް އިނެވުނީ ހުއްޓިފައިއެވެ. ގަނބުކާފައިއެވެ.
އޭގެފަހުން އެތައް ފަހަރަކު މައުނާ ނައިޝަމްގެ ފޯނަށް ގުޅިއެވެ. މެސެޖްވެސް ކުރިއެވެ. ނަމަވެސް ނައިޝަމްއަށް ކަހައިރުވަކު ދަނބެކޭ ވެސް ހީނުވެއެވެ. ކަމެއްވާ ހެން ވެސް ހީނުވެއެވެ.
***
އެއްވެސް އައްޔެއް ނުވާ ޖަލުގެ ތޭރިތަކުގައި ދެފައި ވަށްކޮށްލައިގެން އިން މާޖިދުގެ ދެލޯ ވަނީ ބޮޑުވެފައިއެވެ. ދަންވަރުގެ ވަތުތުގައި ވެސް އޭނާގެ ލޮލުގައި ނިދީގެ ކަންފުޅެންވެސް ފެންނާކަށް ނެތެވެ. ބައެއްފަހަރު އެހެން އިނެފައި ވަށައިގެންވާ ތަންތަނަށް ބަލައިލައެވެ. އަދި ކޮޅަށް ތެދުވެފައި ފާރުގައި އަތް ހިންގާލައެވެ. ހީވާ ގޮތުން އޭނާ ދިޔައީ އެތަނުން ސަލާމަތް ވެވޭނެ ގޮތަކާއިމެދު ވިސްނަމުންނެވެ.
މުޅި އުމުރަށް ސަލާމަތްވެވޭނެ ކަމަށް އޭނާ ދެކުނު ހުވަފެންތައް ފެނަށް ވެގެން ދާތަން ބަލަން އޭނާއަކަށް ކެތެއް ނުވާނެއެވެ. އެއީ އޭނާއަށް ދެކެން ފަސޭހަ ދުވަސްތަކެއް ނޫނެވެ. އަމިއްލަ އެދުމުން މީހާގެ މުޅި ހަށިގަނޑު ފޯވެފައިވާއިރު އަޑިގަނޑަކަށް ވެއްޓޭކަށް އެންމެ ފަހަރަކުވެސް ބޭނުންނުވާ ފަދައެވެ. އުސްގަނޑެއްގައި އުޅުމަށް ހިތް އެދޭ އޭނާގެ މުޅި ހަށިގަނޑު ވަނީ މުދަލާއި ފައިސާއަށް ދަހިވެތިވެފައިއެވެ. އެއެއްޗެހި އަތަށް އަޅައިލައިގެން ނިދާލުމަށް ބޭނުންވެފައިއެވެ.
އެހުރިހާ ކަމެއް ހިތަށް ވައްދައިގެން އިން މާޖިދުގެ ސިކުނޑީގެ އެއްފަރާތުގައި ދިޔައީ އޭނާގެ ދެދަރިންގެ ކަންތައް އެނބުރެމުންނެވެ. ޒާހިދާގެ މަތިން ހަނދާންވަމުންނެވެ. މިއަދު އޭނާއަށް ނުގުޅިގެން ވީ ނުވީއެއް ނޭނގިގެން ޒާހިދާއާއި މައުނާ އުޅޭނެ ކަން އެނގުމާއިއެކު އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މައުނާ އެންމެ ފަހަރަކު ވެސް ރޯން ބޭނުންނުވާ މާޖިދުގެ ހިތުގައި ވަނީ ނުތަނަވަސްކަން އުފެދިފައިއެވެ. މާޔޫސްކަމުން އޭނާގެ ހިތް ހިސާރުކުރެވިފައިވާ އިރު އެ ހިތަށް ތަސައްލީ އެއް ލިބޭނެ ކަމާމެދުވެސް އޭނާއަށް ދިޔައީ ޝައްކު ކުރެވެމުންނެވެ.
އަތުގެ ބޮޑުވައި އިނގިލިން އޭނާގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނައެއް އުންމީދާއެކު އޭނާ ދިޔައީ ފޮހެމުންނެވެ. އަމިއްލަ ނަފްސު ވަރުގަދަ ކުރެވެން ކުރެވެން އޮތްހާ ކަމެއް ކުރަމުން ދިޔައިރު އެންމެ ފަހަރަކުވެސް ހެއްދެވި ފަރާތް މަތިން ހަނދުމަ ކޮށްނުލައިއެވެ. ޝައިތާނާ އޭނާގެ ސިކުނޑީއަށް ސަވާރުވެފައިވާލެއް ބޮޑުކަމުން އޭނާއަށް ރަނގަޅަށް ވިސްނެނީ ވެސް މަދުފަހަރަކުއެވެ.
***
”ބައްޕާ. ބައްޕައަށް ވަރަށް އަވަހަށް އިންސާފު ލިބޭނެ. ދެން މާގިނަ ދުވަހެއް ނެތް. އެކަމު އަހަރެންނަށް މަޢާފު ކުރޭ ބައްޕާ. ބައްޕަގެ މަރަށް ނުވަ އަހަރު ވެގެން ދިޔައިރު ވެސް އަހަރެންނަކަށް ބައްޕައަށް އިންސާފު ހޯދާކަށް މަސައްކަތެއް ނުކުރެވުނު. މަޢާފު ކުރޭ ބައްޕާ. އަހަރެން މިފަހަރު ބައްޕައަށް އިންސާފު ހޯދައިފައި ނޫނީ ނުހުއްޓާނަން.” އާކިފްގެ ފޮޓޯގަނޑެއް އަތަށް ލައިގެން އިނެ ދެފައި ކުރުކޮށްގެން ތަޅުންގަނޑުގައި އިށީންދެލައިގެން އިން އައިލީޝްގެ މޫނުމަތި ވަނީ ކަޅު ވިލާތަކުން ބައްދާލައިފައިއެވެ. އިސާހިތަކު ބޯ ވިއްސާރަގަނޑެއް އައިލީޝްގެ މޫނުމައްޗަށް އޮއްސާލިއިރު އަނގައިން ދިޔައީ ވޭނީ އަޑު ބޭރުވަމުންނެވެ.
ހިތްހަމަޖެހޭ ވަރަށް ރޯލުމަށްފަހު އައިލީޝް އޭނާގެ ކަރުނުން ފުރިފައިވި ދެލޯ އަތުން ފުހެލައި އަނެއްކާވެސް ފޮޓޯގަނޑަށް ބަަލައިލިއެވެ. މޫނުމަތީގައި އެއްވެސް އުޖާލާކަމެއް ނުވާއިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ފޮޓޯގަނޑު ކަބަޑުމަތީގައި ބައިންދާލުމަށްފަހު އައިލީޝް އެނދުމަތީގައި އޮށޯވެލީ އޭނާގެ ލޮލަށް ބަރުވެފައިވީތީއެވެ. ދެލޮލުން ވަރުބަލިކަން ނޫން އެއްޗެއް ފެންނަން ނެތްއިރު ކުރާ ކޮންމެ ހަރަކާތެއްގައިވެސް ވަނީ މަޑުމޮޅިކަމެވެ. އޮށޯވެފައި ތިން މިނެޓް ނުވަނީސް އައިލީޝް ނިދީގެ ފުންކަނޑުގައި ފީނަން ފެށިއެވެ. ނަމަވެސް އެއިރުވެސް ލޮލުން ދިޔައީ ކަރުނަތައް ފައިބަމުންނެވެ.
***
”ބޭބެ ހާސްނުވައްޗޭ. އެރޭ ބޭބެއަށް ފެނުނު މަންޒަރު މި ކެމެރާގެ ކުރިމަތީގައި ކިޔައިދެމުން ދޭ. ފެނުނު ހުރިހާ މަންޒަރެއް ތެދަށް. އަޅުގަނޑުމެން އަތުން އިޝާރާތް ކޮށްލުމުން ބޭބެ ވާހަކަ ދައްކަން ފަށާ. އޯކޭ.” ސޯފާއިގައި އިލްހާމް އިށީންދެލައިގެން އިން އިރު ކުރިމަތިން ފެންނަމުން ދިޔަ ކެމެރާއިން އޭނާގެ ހިތް ދިޔައީ ނުތަނަވަސްވަމުންނެވެ. ނަމަވެސް ނައިޝަމްއާއި އައިލީޝްގެ އެދުމާއިއެކު އެރޭ ފެނުނު މަންޒަރުތައް ކެމެރާގެ ކުރިމައްޗަށް ބަންޑުން ކުރަމުން ދިޔައިރު އަޑު އަހަން ހުރި އައިލީޝްގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އިލްހާމްގެ ފަރާތުން ހެކި ނަގައި ނިންމާފައި ބޯޓުގައި މަސައްކަތް ކުރަމުން ދިޔަ މީހާގެ ހެކިވެސް އެމީހުން ނަގަމުން ދިޔައީ އުންމީދާއެކުއެވެ. މިކަން ކާމިޔާބު ވާނެ ކަމަށް އަމިއްލަ ނަފްސަށް ޔަގީންކަން ދެމުންނެވެ.
އެމީހާވެސް އޭނާއަށް ފެނުނު މަންޒަރުތައް ކިޔައިދެމުން ދިޔައިރު އިލްހާމްގެ ވާހަކައާ އެއްވެސް ތަފާތެއް ނެތެވެ. ނަމަވެސް އޭނާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އަޑު ތުރުތުރު ލަމުން ދިޔައެވެ. ދެންމެ ދެންމެ ބިންފަޅާފައި އަޑިއަށް ދާނީއޭ ވެސް އެތައް ފަހަރަކު އެމީހާގެ ހިތަށް އަރަމުން ދިޔައެވެ. އެހެންނަމަވެސް ހުރިހާ ދުވަހު ހިތުގައި ފޮރުވާފައި ހުރި ބޮޑު ސިއްރުތަކެއް ހިތުން ނެރެ އެއްލާލެވުމުން އޭނާއަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.
ދެމީހުންގެ ވާހަކަތައް އަޑު އަހަން ހުރި އައިލީޝްއަށް ހުރީ އެމީހުންގެ ދެއްކި ވާހަކަތައް ގަބޫލުވެސް ނުކުރެވިފައިއެވެ. އެހައި އަނިޔާވެރި ގޮތަކަށް އާކިފް މަރައިލިކަން އެނގުމުން އޭނާއަށް ކެތްކުރަން ދަތިވިއެވެ. ހިތްވަރު އެލޭ ގޮތްވިއެވެ. އައިލީޝް އެ އަޑު އަހައިފައި ރޮމުން ދިޔުމުން އެމީހުންގެ ޓީމް ކުދިންގެ ސިކުނޑީގައި ސުވާލުތައް އުފެދެމުން ދިޔައެވެ. ”މޭމް ކީއްވެ ރޮނީ ތި؟” ރައުހާއަށް ނުހުރެވިގެން އެހެން އަހައިލެވުނީ އައިލީޝް ރޮމުން ދިޔަ މަންޒަރު ބަލަން ކެތް ނުކުރެވިގެންނެވެ.
”އެއީ އަހަރެންގެ.. ބައްޕަ.” އައިލީޝްގެ ދުލުން އަޑު ބޭރު ވީ ބުރިބުރިވެގެންނެވެ. އައިލީޝް އެމީހުންނަށް ހަގީގަތް ހާމައެކުރީ އެއީ އެމީހުންނަށް ވެސް އެނގެން ޖެހޭ ކަމެއްކަން އެނގުމުންނެވެ. ނަމަވެސް އެމީހުންނަށް އެވާހަކަތައް އިވިފައި ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.







Salaam all. Finally vaahaka up v nu mioh. Unmeedhu kuran kamudhaane kamah.. have a blessed day all.✨ Stay home,? stay safe.? Dhn oii bai vs avahah genes dhevey thw balaalan insha allah.
?Huriha kiyun therinnah vs vr bodah shukuriyyaa thi dhehvaa supportah.?
V reethi Mi Bai vx ?❤️ Masha Allah ❤️
Finally up vehjje… varah reethi mi part vs.. masha allah.. sis story nimenytha mi
yaa kiyaalan vs libihjje dhw.. thank u soo much dear. it means a lot.. nooney adhi nuvey nimeykah.
Maasha Allah VVVVVreethi V furihama
thank u soo much dear. it means a lot
V reethi mi part ves. When is next part.
Stay home
stay safe
aashko. thank u soo much. its menas a lot. insha allah mirey dhn oii bai.. u too stay home, stay safe
V reethi mi part ves. When is next part.
Stay home
stay safe
thank u soo much dear. it means a lot. insha allah mirey dhn oii bai. stay home stay safe u too
V reethi mi part ves. When is next part. Love this story ❤
thank u soo much dear. it means a lot. mirey insha allah dhn oii bai..
Vrh vrh vrh reethi mi part vess Masha Allah
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
thank u soo much dear. it means a lot
Though I don’t comment you….. I read it regularly….. Maashaa Allah….. Just speechless….???????????????????????????????????????????????????????????????????????????????????????????keep it up
thank u soo much dear. vr ufaavehjje dear mi story kiyaakan engunyma comment nukuriyas. and comment eh kohlyma vr vr ufaavehje. thank u.
Nafu sis mi part vx hama varah varah varah varah varah reethi???…masha allah…speechless…curiously waiting for the nxt part…alhey dhn vaanee kihineh baa???….☺️☺️…lysm..stay safe
kairaa. nafu mi wait kurany kairaage comment akah. thank u soo much dear.. it means a lot. dhn oii baa avahah kiyaala dhn. inge. u too stay safe. lym