Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެހެނަސް…(26)

Z A L 🐙 Level 210 Stories100 Login100 Comments
May 26, 2020 4 Mins Read
8 Comments

ވިލާދާއާއި މަލާކް ދިޔައީ ހޮސްޕިޓަލަށެވެ. އަލޫކް އޮތީ ޕްރައިވެޓް ރޫމްއަކަށް ބަދަލު ކޮށްފައެވެ. އަލޫކަށް ނިދިފައި އޮތުމުން މަލާކް ނުވަދެ ޒާހިލް ގާތަށް ދިޔައެވެ. ވިލާދާ މަޑުކުރުމުން މަލާކްއާ ޒާހިލް އެކޮޅުގެ ކަންތައް ހަމަޔަކަށް އަޅުވަންދާން ނައްޓާލިއެވެ. ދިޔަ މަގުމަތީގައި ޒާހިލް ސުވާލެއް ނުކުރުމުން މަލާކް އެކަމާ ވާހަކަ ދެއްކިއެވެ. “ޕްރައިވެޓް އެއްޗެއްނު. އެހންވެ.” “ޒާހިލްވެސް އަލޫކްއަށް ޓްރީޓް ކުރާއިރު އިނގުން މުހިއްމު.” މަލާކް ޒާހިލްއަށް އެވާހަކަތައް ކިޔައި ދިނެވެ. މަލާކްގެ ދެލޯ ފުރިގެން ބަންޑުންވެގެން ދިޔައެވެ. އޭނާގެ ބޮލަށް ކުޑަ ލުޔެއްވެސް ވިއެވެ. އެހާ ދުވަހަކު އެކަމަކަށް އިންތިޒާރު ކުރި ވާހަކަތައް އެނގި ސާފުވީމައެވެ. ދެން ކުރަން އޮތް ކަމަކީ އަލޫކް ރަނގަޅު ކުރުމެވެ. އޭނާއަށް އެކަން ވާނެ ހެއްޔެވެ؟

*********************************************************

ވިލާދާގެ އެއްބާރުލުމާއެކު އަލޫކްގެ ފުލް ބޮޑީ ޗެކަޕްއެއް ހެދުމުގެ ހުއްދަ ލިބުނެވެ. ވަރުބަލިވުމާ ވަރުދެރަވުމާ އަނބުރައިގަނެ ޚަބަރު ހިސްވުން އާންމު ވުމުގެ ސަބަބެއް އޮންނަން ވާނެ އެއްނޫން ހެއްޔެވެ؟ ނޭނގޭ ސަބަބުތަކަކާ ހުރެ މަލާކްގެ ހިތް ނުތަނަވަސްވާން ފެށިއެވެ.

 

ލުބާގެ މައްސަލަ ވަރަށް ގާތުން ބެލުނެވެ. ލުބާ މަޢާފަށް އެދުނެވެ.  މަލާކްވެސް މަޢާފަށް އެދުނެވެ. އޭނާއަށް އެދުވަހު ވަރަށް ރުޅި އާދެވުނީތީއެވެ. އެކަމަކު މަލާކް ދެއްކީ ދޮގު ވާހަކައެއް ނޫނެވެ. ލުބާވެސް މަޢާފަށް އެދުނެވެ. މިފަހަރު އޭނާއަށް ވިސްނިއްޖެހެންވެސް ހީވިއެވެ. އެކަމަކު ސެންޓަރުގެ ޕޮލިސީގެ ދަށުން ލުބާ އެއްމަސް ދުވަހަށް ސަސްޕެންޑް ކުރެވުނެވެ. ވަޒީފާއިން ކަނޑާނުލިކަން އެއީ ލުބާގެ ނަސީބެވެ

 

އަލޫކް ދެލޯ ހުޅުވާލުމާއެކު ހީވީ ކުރިމަތީގައި ބޮޑު މާކަރީއެއް ހަރުކޮށްފައި ހުރިހެނެވެ. މުޅި ތަން އަލިވެގެން ދިޔަހެނެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހާލި ފަހުން ސާފުވާގޮތް ވިއެވެ. އޭނާއަށް މިއޮވެވެނީ ކޮންތާކު ހެއްޔެވެ؟ ރަނގަޅަށް ވަށާ ބަލާލިއެވެ. އަތަށް ގުޅާފަ މިހުރީ ކީއްކުރާ ހޮޅިތަކެއް ހެއްޔެވެ؟ މިއީ ކޮންކަމެއް ހެއްޔެވެ؟

ކުއްލިއަކަށް އަލޫކްގެ ބޮލުގައި ރިއްސައިގަތެވެ. އެއާއެކު ކަންކަން މަޑުމަޑުން ހަނދާނަށް އަންނަން ފެށިއެވެ. މަލާކް ގްރެޖުއޭޓް ވާން އޮތް ދުވަހު އަލޫކް ހޭހުސްވުމެވެ. މަލާކް ދަތުރުކުރަން ހަމަޖެހިފަ އޮތް ބޯޓު ގެއްލުމެވެ. ދެން އެ އެރި ތަދެވެ. އޭނާއަށް  އެހީތެރިވާ ޑޮކްޓަރެވެ. ކަންކަން ހަނދާނަށް އަންނަމުން ގޮސް ޑޮކްޓަރުގެ މޫނު ސިފަވާން ފެށިއެވެ. އޭނާއަށް ނިތްކުރީގައި އަތް އަޅާލެވުނެވެ.

ކުއްލިއަކަށް ނަރުސް ކުއްޖަކާ އެކީ އައިސް ވަނީ އަލޫކަށް ފަރުވާ ކުރާ ޑޮކްޓަރެވެ. އެއީ ހަމަ އޭނާއެވެ. އަލޫކް ކަޅި ޖަހާލުމެއްނެތި ބަލަމުން ގެންދިޔައެވެ. އެއީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ؟ މި ދުވަސްގަނޑު މި ވީނުވީގޮތެއް ނޭނގި އުޅެނިކޮށް ބޯޓު ފެނުނީ ހެއްޔެވެ؟ މަލާކް ސަލާމަތްވީ ހެއްޔެވެ؟ އެއީ ހަމަ އޭނާއެވެ. އެއީ ހަމަ މަލާކްއެވެ.

އަލޫކް އަދިވެސް އޮތީ މަލާކާއި ދިމާލަށް ބަލާށެވެ. “އަލޫކް…” މަލާކް ހީލިއެވެ. އަދި އަލޫކްގެ ގައިން ލޭ ނެގުމަށްފަހު ނަރުސް ކުއްޖާ އަތަށް ދީފައި އިތުރު ޓެސްޓް ހަދަން ލެބޯޓްރީއަށް ދޭން ފޮނުވާލިއެވެ. “އަލޫކް.. ހައު އާރ ޔޫ ފީލިންގް. އެއްވެސް ކަމެއް ހަނދާނުގަ އެބަ ހުރިތަ؟ ޑޫ ޔޫ ރިމެންބަރ ވަޓް ހެޕެންޑް.”

“އައި ރިމެންބަރ ޔޫ. އެމް އައި ޑްރީމިންގް؟ ހައު އާރ ޔޫ އެލައިވް ؟ އަހަރެން ހީކުރީ……. އައި… އައި ރިމެންބަރ ޔޫ މަލާކް!”

މަލާކްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ލޭގެ ހިނގުންވެސް ވަގުތު ކޮޅަކަށް މަޑު ޖެހުނު ކަހަލައެވެ. މިއީ ހުވަފެނެއް ހެއްޔެވެ؟ ދުނިޔެ ކުޅޭ ކުޅިގަނޑެއް ހެއްޔެވެ؟ މަލާކްއަށް ދެލޯ ބޮޑުކޮށްލައިގެން އިނދެވުނީއެވެ. “މަލާ.. އިޒް ދެޓް ޔޫ.. ސޭ ސަމްތިންގް.” މަލާކްގެ ދެލޮލުން ނީރާލި ކަރުނަތައް ކޯތާފަތްމަތީ ފިރުކެން ފެށިއެވެ. އޭނާގެ ދުޢާ އިޖާބަކުރައްވައިފިއެވެ. އަލޫކްގެ ހަނދާނަށް ކަންކަން އައީ ހެއްޔެވެ؟

“އަލޫކް…އަލޫކް…ޔެސް… އިޓްސް މީ… މަލާކް..” މަލާކް އަތުގެ ނުފުށުން ކަރުނަތައް ފުހެލިއެވެ. “ބަޓް… އައި މީން.. ހައު؟؟؟؟” އަލޫކްގެ މޫނުމަތީގައިވަނީ ސުވާލު މާކުތަކެކެވެ. މަލާކް އެވާހަކަ އޮޅުން ފިލުވައި ދިނެވެ. ފްލައިޓް މިސްވި ވާހަކައިން ފެށިގެން އަލޫކް ހޮސްޕިޓަލުގައި އޮތް ސަބަބާ ހަމަޔަށް ކިޔައި ދިނެވެ. އަލޫކްއަށް ކަންކަން ސާފުވާންފެށިއެވެ. އަލޫކް ބޭނުމީ ރަނގަޅުވާށެވެ. އޭނާ ރަނގަޅުވާނަމެވެ. މަލާކް ހިތުގައި ޖައްސާކަށް ބޭނުމެއް ނޫނެވެ. މަލާކްއަށް އެހުރިހާ ބުރައެއް އުފުލަން ޖައްސާކަށް އަލޫކް ބޭނުމެއް ނޫނެވެ.

މަލާކް ފޯނުނެގިއެވެ. އަލޫކް ކައިރީގައި އަރާމު ކުރަން ބުނެފައި ވިލާދާއަށާ ޒާހިލްއަށް އަލޫކް ހޭއެރި ވާހަކަ މެސެޖުގެ ޒަރިއްޔާއިން ފޮނުވާފައި ބައްދަލުވުމަށް އެދުނެވެ. މަލާކް ބޭރަށް ދާން ތެދުވިއެވެ. އަލޫކް މަލާކްގެ އަތުގައި ހިފިއެވެ. މަލާކް ފަސްއެނބުރި ބަލާލިއެވެ. ” އައި ލަވް ޔޫ…” އަލޫކްގެ ތުންފަތުގެ ހަދިޔާއެއް މަލާކްގެ ނާޒުކު އަތަށް ލުބުނެވެ. އޭނާގެ އަތްފައި ގަނޑުވިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. ހީލާފައި އަރާމުކުރަން ބުނެލިއެވެ. އެއަށްފަހު އަވަސް ފިޔަވަޅު ތަކެއްގައި ބޭރަށް ނުކުމެ ފުން ނޭވާއެއް ލިޔެވެ. މިހުރިހާ އިރު އޭނާއަށް ހުރީ ނޭވާ ނުލައި ކަހަލައެވެ. ޒާހިލްއާ ކައިވެނި ކުރަން ނިންމައިން ހުރި އިރު، އަލޫކްގެ ހަރަކާތްތަކުން އޭނާއަށް އެފަދަ ގޮތްތަކެއް ވަނީ ކީއްވެހެއްޔެވެ؟ މަލާކްގެ ސިކުނޑި އޭނާގެ ބަސްނާހާ ހިތަށް ވިސްނައިދިނެވެ.

ވިލާދާއަށް އުފާވެރި ޚަބަރަކަށް ވިޔެވެ. އޭނާގެ ދަރިފުޅު ރަނގަޅުކުރަން އޭނާ ވަރަށް ބޭނުމެވެ. ޒާހިލްވެސް އުފާވިއެވެ. އަލޫކް ރިހެބިލިޓޭޝަންއަށް ގެންގޮސް ކަންކަން ކުރަން މިހާރު ކުރިޔަށް ވުރެ ފަސޭހަ ވާނެއެވެ. ހަނދާން އާ ވުމުން އަވަހަށް ރަގަނގަޅުވާން އަލޫކްއަށްވެސް ހިތްވަރު ލިބޭނެއެވެ. މަލާކް ދިރިހުރިކަން އަލޫކްއަށް އެނގިގެން ދިއުމަކީ އަލޫކް ރަނގަޅުކުރަން ފަސޭހަވެގެންދާނެ ކަމެކެވެ.

**********************************************************

އަލޫކް ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލު ކޮށްގެން މަސައްކަތް ކުރެވެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އުންމީދު ކުރިހާ ބާރު މިނުގައި އަލޫކް ރިކަވަރ ވަމުން އެބަދެއެވެ. ނަމަވެސް އުނގަގޫ ދުވަސް ދުވަހާ ދިމާވެއެވެ. އެއްބައިފަހަރަށް އަލޫކް ގަދަ ހަދައެވެ. ބޭނުން ކުރާ މީހަކު އެކަން ހުއްޓާލަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ކަމެކެވެ. ވަރަށް ހިތްވަރު ހުރެގެން ވާނެ ކަމެކެވެ. ޒާހިލްއާއި މަލާކް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި މަސައްކަތްކުރެއެވެ. އަލޫކްއާއެކީ ވަގުތު ހޭދަކުރަން ޖެހުމުން މަލާކްގެ ހިތް އަބަދުހެން ހުންނަނީ އަވަސް ވެފައެވެ. އޭނާ ލޯބިވަނީ ޒާހިލްދެކެ ނޫން ހެއްޔެވެ؟ ކައިވެނި ކުރަން ނިންމާފައި އޮތީ ޒާހިލްއާ ނޫންހެއްޔެވެ؟ ވިއިރު އަލޫކްގެ ކުޑަކުޑަ ހަރަކާތަކުން ނޫނީ އަލޫކް ބުނެލާ ކުޑަކުޑަ ބަހަކުން އޭނާގެ ހިތް އަވަސް ވަނީ ކީއްވެހެއްޔެވެ؟

“މަލާ… އައި ތިންކް އަލޫކް އިޒް ގެޓިންގް ބެޓާރ ދޯ..” ޒާހިލްއާއި މަލާކް ތިބީ ޒާހިލް މެންގެ ގޭ އުނދޯލީގައެވެ. “ޔެސް… އެންޑް އައި ހޯޕް ހީ ސްޓޭސް ބެޓަރ..” މަލާކްއަށް ހީވިއެވެ. ޒާހިލް ދައްކަން މިއުޅެނީ ކައިވެނީގެ ވާހަކައެވެ. “ސޯ.. އަބައުޓް އަވަރ މެރިއޭޖް… އަންނަ މަހު ސޯޅަ ވަނަ ދުވަހަށް އެބައިން ރީތި ވެނިއު އެއްވެސް ލިބެން… މަލާ ކީކޭ ބުނަނީ..” ޒާހިލް ބަލާލީ ސީދާ މަލާކްގެ ދެލޮލަށެވެ. އެ ދެލޮލުގައި ވަނީ ދަގަތްފާނު ބާރުހެން ހީވިއެވެ. ކަޅި ޖަހާނުލައި ބަލަހައްޓައިން އިނދެފައި މަލާކް ޖަވާބު ދިނެވެ. “ޔެސް… އައި ވޮނަ ގެޓް މެރީޑް. އޭޒް ސޫން އޭޒް ޕޮސިބަލް. އައި ވޮނަ މެރީ ޔޫ..” މަލާކް ހީލިއެވެ. ޙަޤީޤަތުގައިވެސް މަލާކް ބޭނުންވޭ ހެއްޔެވެ؟ ނޫނީ އޭނާ އޭނާގެ އަމިއްލަ ނަފްސަށް އޮޅުވާލަނީ ހެއްޔެވެ؟ އަލޫކްގެ ޚިޔާލުތަކުން މިންޖުވާނެ ކަމަށް އޭނާ ހީކުރަނީހެއްޔެވެ؟

ކުއްލިއަކަށް މަލާކްގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅީ ހޮސްޕިޓަލުންނެވެ. ބޭރަށް ފޮނުވައިގެން ހެދި އަލޫކްގެ ޓެސްޓް ތަކުގެ ނަތީޖާ އައިސް ގެންނެވެ. މާދަން ނަގަން ބުނުމުން އެކޮޅުން ބުނީ ޑޮކްޓަރ ބައްދަލު ކޮށްލަން ބޭނުންވާކަމަށެވެ. މަލާކްގެ ހިތް ނުތަނަވަސްވާން ފެށިއެވެ. މަލާކްއާއި ޒާހިލް އަވަހަށް ހޮސްޕިޓަލަށް ދާން ނައްޓާލިއެވެ. ދިޔަ މަގުމަތީގައި ވިލާދާއަށް ވެސް ވާނުވާ އއަންގާލިއެވެ. ވިލާދާ އެވަގުތު ނަޔަސް މަލާކް އެކަން ހަމަޖައްސާނެ ކަމަށް ބުންޏެވެ.

މަލާކްގެ އަތަށް ރިޕޯރޓް ލިބުމާއެކު އަވަސް އަވަހަށް ބަލަން ފެށިއެވެ. މަލާކްގެ އަތް ތުރުތުރުލާން ފެށިއެވެ. ކައިރީގައި ހުރި ޒާހިލްއަށްވެސް އެކަން ފާހަގަ ވިއެވެ. “އައި ޑޯންޓް އަންޑަރސްޓޭންޑް… ޑިޑް ދޭ މޭކް އަ މިސްޓޭކް؟؟ އައި ޑޯންޓް އަންޑަރސްޓޭންޑް!!” މަލާކް މުޚާތަބު ކުރީ އަލޫކް އޯވަރޑޯޒްވެގެން އެމަރޖެންސީގައި ގެނައި އިރު އިސްކޮން ހަރަކާތް ތެރިވި ޑޮކްޓަރ އަޔާންއާއެވެ. “އައި އެމް ސޮރީ މަލާކް…” ޑޮކްޓަރުގެ ޖަވާބާއެކު މަލާކަށް ހީވީ އޭނާގެ ހިތް ހުއްޓުނު ހެންނެވެ. އަތުން ރިޕޯރޓް ދޫވެގެން ގަނޑުތައް އުދުހިގަތެވެ. ހޯސްލާފައި ކަރުނަތައް އޮހި ގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Z A L 🐙

Level 210 Stories100 Login100 Comments

17//

Other Articles

Previous

ނޭނގޭ! (7)

Next

ވާށޭ މަށާ އެކީ-26

Next
May 26, 2020

ވާށޭ މަށާ އެކީ-26

Previews
May 26, 2020

ނޭނގޭ! (7)

8 Comments!

  1. Yan♥️ says:
    May 26, 2020 at 3:31 pm

    Kihineh mivy ? Vaahaka Hama habeys

    1. Z A L ? says:
      May 30, 2020 at 9:48 pm

      Veegotheh balamaa dho. Thankyou Yan?

  2. No one says:
    May 27, 2020 at 1:17 pm

    ZAL 1st of all this part also very nice!!!
    I’m kinda curious? How old are you???
    Waiting for the nxt part??
    Luv ya!!

    1. Z A L ? says:
      May 30, 2020 at 9:50 pm

      Thankyou so much. Ahaha I’m gonna be 18 this year dear. Yess next part liyamunn midhanee. Thankyou love you too.

  3. Nerr__ says:
    June 10, 2020 at 12:17 pm

    whre is the next parttt zalll???

    1. Z A L ? says:
      July 21, 2020 at 2:04 pm

      sorry ingey dear, but will upload it soon

  4. Lee says:
    July 20, 2020 at 2:50 pm

    Sis where is the next part

    1. Z A L ? says:
      July 21, 2020 at 2:03 pm

      Inshallah gonna upload it soon sis

Comments are closed.

Next Episodeއެހެނަސް…(27) ފަހުބައި←


All Right Reserved!