Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ތައުބާވީމޭ

Fathimath Athifa Hussain Level 210 Stories
May 24, 2020 4 Mins Read
7 Comments

ކޮންމެ މީހެއްގެވެސް މާޒީއެއް އޮންނާނެއެވެ. ބައެއްމީހުންގެ އުފާވެރި ހަނދާން ތަކެވެ. އަނެއްބައި މީހުންނަށް ވަރަށްވެސް ހިތްދަތި  ހިތާމަވެރި ހަނދާންތަކެވެ. މާޒީވެ ނިމި ގޮސްފައިވާ ކަންތައްތަކަކީ އެމީހެއްގެެެެެެެެެެ މިއަދާއިމެެެެދު ފާޑު ކިޔޭނެ ކަންތައްތަކެއް ނޫނެވެ. ނޭނގުމެއްގެެ ތެރޭގަވެސް މީހުންނަށް ނުބައި އަމަލެއް ކުރެވިދާނެ އެވެ. އެހެނަސް ހިތްވަރާއެކު ހެޔޮކަމުގެ ތިލަފަތް ބަރު ކުރުމަށް މަސައްކަތް ކުރެވޭނެ އެވެ. ކުރިޔައް އޮތްތާގައި ނުބައި މަގަކުން ނުގޮސް ރަނގަޅު މަގުގައި ފައިތިލަ ސާބިތު ކޮއްލެވޭނެ އެވެ.  ހިތްވަރު ގަދަ މީހުންނަކީ އެއީ އެވެ. ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ދިރިއުޅުމުގެ ދަތުރުގައި މަންޒިލައް ފޯރާނީ ވަރަށް ހިތްވަރު ހުރެގެންނެވެ.

ބިނީޝް އަކީ ބަލާލަން ހުތުރު ކުއްޖެއް ނޫނެވެ.ފަން ދިގު އިސްތަށިގަނޑަކާއި ކުލަ އަލި  ހަށިގަނޑެއް ލިބިފައިވާ ސާދާ މިޒާޖެއްގެ ކުއްޖެ ކެވެ. ހީނލާއިރު ކޮލައް އެޅޭ އަޑި ކޮޅުން ތައުރީފު ކުރެވޭނެ އެވެ. ބިނީޝް އަކީ މަރީނާ އާއި ގައްޔޫމަށް ލިބިފަވާ ހަތަރު ދަރީންގެ ތެރެއިން އެންމެ ހަގު ކުއްޖާ އެވެ. އަދި އެދެމަފިރިންގެ  ހުރި ހަމައެ ކަނި އަންހެން ދަރިވެސް މެއެވެ. ބިނީޝް ކިޔަވަމުން ދިޔައީ ގުރޭޑް ބާރާގައެވެ. މަންމަމެންގެ އެދުމަކީ ބިނީޝް ޑޮކުޓަރަކަށް ވުމެވެ. ބިނީޝް ގެ އުންމީދަކީވެސް މައިންބަފައިން އެދޭ ފަދައިން ޑޮކުޓަރަކަށް ވުމެވެ. މަންމަމެން ފަހުރުވެރިވާ ފަދަ ދަރިޔަކަށް ވުމެވެ.

އަދިއްޔު އާއި ބިނީޝް ދިމާވީ ކޮލެޖް ކުދިންނާއެކު ކުޑަ ބަނޑޮހަށް ގޮސް އުޅެނި ކޮށެވެ. ދަތުރު ނިއްމާފައި މާލެ އައިތާ ހަފުތާއެއް ނުވަނީސް އަދިއްޔުގެ މެސެޖުތައް ބިނީޝް ގެ ފޯނައް ލިބެން ފެށިއެވެ.ބިނީޝް މާބޮޑު ސަމާލު ކަމެއް ނުދެއެވެ. ކޮލެޖުން ގެއައް އަންނަ މަގުމަތީގައި ބިނީޝް އަށް އަދިއްޔު ފެނެއެވެ.ސައިކަލު މަތީ ބަލަހައްޓައިގެން އިންނާނެ އެވެ. ބިނީޝް އަޅައެއް ނުލައެވެ. ނަމަވެސް ދުވަސްތައް ދާ ވަރަކަށް އަދިއްޔު ގެ މެސެޖުތަކައް ބިނީޝް އަށް އިންތިޒާރު ކުރެވެން ފެށުނެވެ. ކޮލެޖު ނިއްމާލާފައި ގެއައް އަންނައިރު އަދިއްޔު ކޮބައިތޯ ބެލެއެވެ. ކުރިމަތިން ފެންނަން  ހުރިނަމަ ގެއްލެންދެން ބެލާލެވެއެވެ.

ބިނީޝް އަދިއްޔު އާއި ވާހަކަ ދައްކަން ފެށިއެވެ. މައިންބަފައިންނަށް ސިއްރުންނެވެ. ފިރިހެން ކުއްޖަކާއި ގުޅުމެއް ނުބާއްވަން ބައްޕަ ގައްޔޫމް އޮންނަނީ މަނާ ކޮއްފައެވެ. އަދިއްޔު އާއި ވާހަކަ ދައްކާތާ ބަރާބަރު ދެމަސް ފަހުން ބިނީޝް އަދިއްޔުގެ ލޯތްބައް އާނބަސް ބުނިއެވެ. އަދިއްޔު ދެކެ އިންތިހާޔަށް ލޯބިވާތީ އެވެ. މަންމަމެންނަށް ސިއްރުން ބިނީޝް އަދިއްޔު އާއި ބައްދަލު ކުރަންފެށިއެވެ. ރެސްޓޯރެންޓުތަކުންނާއި އަދިއްޔު ދިރިއުޅޭ އެޕާޓުމެންޓުންނެވެ. ބިނީޝް އަދިއްޔު ދެކެވަނީ ތެދުވެރި ލޮއްބެކެވެ. އަދިއްޔު ގެ އެދުމެއް ބޮލާލާ ޖެހުމަކީ ބިނީޝް ނުކުރާނެ ކަމެކެވެ.

ނަތީޖާ ނުކުންނާނީ ކިހިނެއްކަމެއް ނޭނގޭ ހާލު ބިނީޝް ކައިވެނިން ބޭރުގައި ހިންގައިގެން ނުވާނެ ގުޅުންތައް އަދިއްޔު އާއިއެކު ހިންގިއެވެ. އަދިއްޔު ގެ ލޮތްބައް ފެންބޮވައިގެންފައި ވާތީއެވެ. އަދިއްޔު ގެ އެދުމަކަށް ނޫނެކޭ ބުނުމަކީ ބިނީޝް އަށް ނުކުރެވޭ ކަމެކެވެ. އަދިއްޔު ގެ ލޯބިން މަހުރޫމް ވެއްޖެނަމަ ދުނިޔޭގައި ދިރިހުންނާކަށް ބިނީޝް ބޭނުމެއް ނޫނެވެ. ތިންމަސް ފާއިތު ވެގެން ދިިޔައީ ނުހަނު އުފާވެެރި ކަމާއި ހިންހަމަޖެހުން ބިނީޝް އަށް ލިބިގެންނެވެ. ކުއްލިއަކަށް ބިނީޝް ބޮލުގައި ރިއްސަން ފެށިއެވެ. ކުލާހުގައި އިންނައިރު ބޯއަނބުރާ ގޮތްވާން ފެށިއެވެ. ބިނީޝް ހީކުރީ ޓެސްޓުތަކައް ފަރިތަކުރަން ރޭގަނޑުގެ ބޮޑުބައިގައި ހޭލާ އިންނާތީ ވާގޮތެއް ކަމަށެވެ. ބަތް ކައްކާ ވަސް ނޭފަތުގަ ޖެހޭއިރަށް ބިނީޝް އަށް ހޮޑުލެވެެން ފެށިއެެވެ.

ބިނީޝް ބިރުގަންނަން ފެށިއެވެ. ބަނޑުބޮޑު ވެއްޖިއްޔާ ދެން ކުރިމަތިލާން ޖެހޭނީ ކޮންކަންތައް ތަކަކާއި ކަމެއް ބިނީޝް އަށް އަންދާޒާ  ކޮއްލަންވެސް ނޭނގެއެވެ. ޔަގީނުންވެސް މަންމަ އާއި ބައްޕަގެ ނުރުހުން ލިބޭނެއެވެ. ހުރިހާކަމެއް ރަނގަޅުވުން އެދި ދުއާ ކުރާ ހާލު ބިނީޝް ރައްޓެހި ކުއްޖެއްގެ އެހީގައި ޕުރެގްނެންސީ ޓެސްޓު ކިޓުތަކެއް ގަތެވެ. ހިތްނަގައި އަތްމައްޗައް ލައިގެން ހުރެމެ ބިނީޝް ޓެސްޓުކިޓު ނަގައި ޓެސްޓު ކުރި އެވެ.

ޓެސްޓު ކިޓުން ދައްކާ ގޮތުގައި ބިނީޝް އިނީ ބަލިވެއެވެ. ބިންގަނޑު ފަޅާފައި އަޑިޔައް ދާނެ ނަމައޭ ބިނީޝް ގެ ހިތައް އެވަގުތު އެރިއެވެ. ލޮލުން ކަރުނަ އަންނަން ފެށިއެވެ. ހިތުގައި ޖެހި ގިސްލެވެން ފެށުނެވެ. މުޅި ދިރިއުޅުން އެކޮޅު ކޮޅުންޖެހުނުހެން ހީވިއެވެ. ދިރިއުޅުމުގައި ދެކުނު ފޮނި ހުވަފެންތައް ސިކުންތުކޮޅެއް ތެރޭގައި ވަޔައް ބުރައިގެން ދިޔައީއެވެ.ބިނީޝް އަދިއްޔު އަށް ގުޅިއެވެ. ނަސީބަކުން އަދިއްޔު ވަރަށް އަވަހައް ފޯނު ނެގިއެވެ. “ލޯބީ މިއަދު އަހަރެން ޕުރެގުނެސްސީ ޓެސްޓު ހެދިން. އޭގެއިން ދައްކާ ގޮތުގައި އަހަރެން ބަޑުބޮނޑު. ހިނގާ ކައިވެނި ކުރަން. އަހަރެން މަންމަމެން ރުއްސާނަން. ކޮންމެ ހާލެއްގަވެސް އަހަރެން މި ދަރިފުޅު މަރައެއް ނުލާނަން. އެއްޗެ ކޭ ބުނެބަލަ.” ބިނީޝް ވާހަކަ ދައްކައި ނިމުމުން އަދިއްޔު ވާހަކަ ދައްކަން ފެށިއެވެ. ” ކައިވެނި ކުރަން އަދި އަހަރެން ތައްޔާރެއް ނޫން. އަހަންނައް ޔަގީން ކަމެއްނެތް ތީ އަހަރެންގެ ދަރިޔެއް ކަމައްވެސް. އަހަންނާއެކު އެފަދަ ގޮތަކައް އުޅެން ކެރުނު މީހަކު އެހެން މީހަކާއި އެކުވެސް އެފަދަގޮތަކައް ނޫޅޭނެ ކަމުގެ ޔަގީން ކަމެއް އަހަންނަކަށް ނެތް. ސޯ ގުޑް ބާއީ ބިނީޝް. އަހަންނައް ގުޅައި އުނދަގޫކުރަން ނަހަދާތި. އައި އޭމް ޑަން ވިތު ޔޫ. ސޯ ބައި” ރުވާލި ތީރެއް ފަދައިން އަދިއްޔުގެ ވިހަގަދަ ބަސްތަކުން ބިނީޝް ގެ ނިކަމެތި ހިތް ފިސްފިސް ވެގެންދިޔަ އެވެ. ރަހުމެއް ކުލުނެއް ހުރިނަމަ އެހާ ހިތްހަރު  ކޮއްފާނެ ހެއްޔެވެ.

އަދިއްޔުގެ އެހީތެރި ކަން ލިބޭނެ ކަމައް އުއްމީދު ކުރެވުމަކީ ބިނީޝް އަށް ކުރެވުނު މޮޔަކަމެ ކެވެ. އަރައިގަނެގެން ނުވާނެ ފަދަ ފާފަޔައް އަރައިގަނެވުނީ ދީވާނާއެއް ފަދައިން އަދިއްޔު ދެކެ ލޯބިވެވުނީތީއެވެ. ދުވަހެއްގެ ކޮޅުންވެސް ދޫކޮއްފައި ނުދާނެ ކަމައް ޔަގީން ކުރެވުނީތީއެވެ. އެހެނަސް ކީހައި ޅެމެއް ފަރިއްސައް ވެގެން ދިޔައީ އެވެ. ދުނިޔޭގެ ލަދާއި ކުރިމަތިލާން ޖެހުނީއެވެ. ބިނީޝް ވަރަށް ހިތްވަރު ކޮއްފައި މަންމަމެން ގާތު ބަލިވެއިން ވާހަކަ ބުންޏެވެ. ނަތީޖާ އެއްގެ ގޮތުން ބިނީޝް ގެއިން ނެރެލިއެވެ.

ދާނެ ވަކިތަނެއް ނެތި މަގު ގެއްލިފައިވާ މުުސާފިރެއް ފަދައިން ބިނީޝް ހިނގަމުންދިޔައެވެ. ބަނޑުގައިވާ ދަރިފުޅުގެ ހައްގުގައި ދިރިހުންނަން މަޖުބޫރެވެ. ޝިވާޒް އާއި ބިނީޝް ދިމާވީ މަގުމަތިންނެވެ. ބިނީޝް ފެށިގެން ގޮސް ނިމެންދެން އޭނަގެ ދިރިއުޅުމައް ބިންދައިލި ގޮތް ނޭނގޭ ތޫފާނުގެ ވާހަކަތައް ޝިވާޒައް ކިޔައިދިނެވެ. ޝިވާޒް އަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހެކެވެ. ޝިވާޒް ގެ އެދުމައް ޝިވާޒް އާއިއެކު ބިނީޝް ސިންގަޕޫރައް ދިޔައެވެ. ޝިވާޒް ގެ މަންމަ ހޫރީން ގެ އަޅާލުމާއި ލޯބި އޭގެ އެންމެ ފުރިަމަ ގޮތުގައި ބިނީޝް އަށް ލިބިގެން ދިޔައެވެ.

ބަނޑަށް ހަތްމަސް ފުރުނުތަނާ ބިނީޝް އަށް ލޯބިލޯބި އަންހެން ކުއްޖެއް ލިބުނެވެ. އެވަގުތު މަންމަ އާއި ބައްޕަ ގާތުގައި ތިބިނަމައޭ ބިނީޝްގެ ހިތައް އެރިއެވެ. މަންމަމެންގެ މާފުލިބި އެމީހުންގެ ލޯބި ލިބުމަށް ބިނީޝް ދުއާ ކުރެއެވެ. ދަރިފުޅު ތައިޝީ ގެ ކަންތައްތައް ކުރުމުގައި ހޫރީން ހުރީ އަތުކުރި އޮޅާލައިގެންނެވެ. ޝިވާޒް ތައިޝީ ދެކެ ނުހަނު ލޯބިވެއެވެ. ޝިވާޒް ގެ އެދުމުގެ މަތިން ބިނީޝް ޑޮކުޓަރުކަން ކިޔަވަން ފެށިއެވެ.

ބަރާބަރު ހަތްއަހަރު ފާއިތުވެ ދިޔައީއެވެ. ބިނީޝް އަކީ މިހާރު ކާމިޔާބު ޑޮކުޓަރެ ކެވެ. އަދި ޝިވާޒް ގެ ލޯބިވާ އަންހެނުންވެސް މެއެވެ. ނޭނގުމެއްގެ ތެރޭގައި ނަމަވެސް އަރައިގަނެވުނު ފާފައިން ތައުބާ ވީހިނދު ހިތައް އުފާވެރިކަން ލިބިގެން  ހިނގައްޖެއެވެ. ބިނީޝް އަށް މަންމަ އާއި ބައްޕަގެ މައާފު ވެސް ލިބުނެވެ. ޝިވާޒް ފަދަ މާތް އިންސާނަކާ ދިމާވީތީﷲ އަށް ބިނީޝް ޙަމްދު ކުރެއެވެ. ދިރިއުޅުމުގައި ނާއުއްމީދުވެ މަގުގެއްލުނު ހިނދު އަތުހިފައިގެން ކުރިޔައް ދިޔައީ ޝިވާޒް އެވެ.ބިނީޝް އުފާކުރެއެވެ. ޝިވާޒް ގެ އަންބަކަށް ވެވުނީތީ އެވެ. ތައިޝީ އަށް ބައްޕައެއްގެ ލޯބިދޭން ޝިވާޒް ފަދަ ހެޔޮލަފާ ފިރިޔަކު ލިބުނީތީ ބިނީޝް ޝުކުރުވެރިވެއެވެ.

ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ އެވެ. އެހެނަސް އެކުށް ދެވަނަ ފަހަރައް ތަކުރާރު ވިޔަނުދީ ބިނީޝް ފަދައިން ތައުބާވެ ހެޔޮގޮތް  ހިޔާރު ކުރަން ވާނެއެވެ. ޔަގީނުންވެސް ކާމިޔާބު ލިބޭނެއެވެ. ތައުބާ ވެވެން ފުރުސަތު އޮއްވައި ލަސްނު ކޮށް ތައުބާ ވާށެވެ. އަހަރެމެންގެ ވެރި އިލާހު ތައުބާ ގަބޫލު ކުރައްވާނެތެވެ. ހާލިސް ހިތަކާއެކު ތައުބާވެ ހެޔޮއަމަލު ކުރުންމަތީ ދެމިތިބޭ ބަޔަކަށް ބިނީޝް ފަދައިން އަހަރެމެންވެސް ވަމާތޯއެވެ.

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ޝަހަރު 5ވަނަ ބައި

Next

ލޯ ފޮހެލާދޭށެ މަގޭ 17

Next
May 24, 2020

ލޯ ފޮހެލާދޭށެ މަގޭ 17

Previews
May 24, 2020

ޝަހަރު 5ވަނަ ބައި

7 Comments!

  1. 3221 says:
    May 24, 2020 at 12:50 am

    Masha allah… keep up the good wrk…hw old r u n which atoll r u frm….juss asking..

  2. 3221 says:
    May 24, 2020 at 1:39 am

    N sisy y dnt u strt romantic long stry eh…Im sure u l get a great support frm readers…specially me In sha Allah…juss try it out…U ve the tallent…Masha allah…juss try it out….bst whishes…❤

    1. Fathimath Athifa Hussain says:
      May 24, 2020 at 1:41 am

      ފޮލޯ މީ އޮން ފޭސްބުކް ޑިއަރ?

    2. Fathimath Athifa Hussain says:
      May 24, 2020 at 3:39 am

      ވިލް ތިންކު އެބައުޓު އިޓު?!ތެންކުސް ފޯދަ އައިޑިއާ

  3. Fathimath Athifa Hussain says:
    May 24, 2020 at 1:40 am

    ❤ޝުކުރިއްޔާ ޑިއަރ

  4. 3221 says:
    May 24, 2020 at 10:16 am

    I dnt use facebook so sad…I only use viber?

  5. Sadha says:
    May 25, 2020 at 1:25 am

    Hellww .. sis.. vrh rythi mi vhk.. i love to read short strys.. i hope sis ge faraathun mikahala rythi kuru vhk thakeh fenigen dhaane kamah..
    Eid mubarak
    ??

Comments are closed.



All Right Reserved!