ޒާހިލް އައިސް ސައިކަލު މަޑުކޮށްލުމާއެކު މަލާކް ފަހަތަށް އެރިއެވެ. “ސޯ…މަލާ .. އާރ ޔޫ ޓޭކިންގް ދަ ކޭސް؟” ޒާހިލް ފުރަތަމަ ކޮށްލީ ސުވާލެކެވެ. ” ޔެސް… ބަޓް އޮންލީ އިފް ޔޫ އާރ ގޮއިންގް ޓު ހެލްޕް މީ. އޭޒް މައި އެސިސްޓެންޓް” ޒާހިލް ހހީލިއެވެ. އޭނާ އަބަދުވެސް މަލާކަށް އެހީވާން ހުންނާނެއެވެ. “އޮފްކޯރސް”

ޙަޤީޤަތުގައި މަލާކްއަކީ ހިތްވަރު ގަދަ ކުއްޖެކެވެ. އޭނާއަށް އެކަނި ވެސް އަލޫކްއަށް ޓްރީޓް ކުރެވިދާނެއެވެ. އެކަމު ޙާލަތުގެ ގޮތުން ވަރަށް ދަތިވާނެވެ. އަދި އަލޫކްއަކީ އޭނާގެ ކުރީގެ ލޯބިވެރިޔާއަށް ވާއިރު އެކަން ކުރަން އެހީ ބޭނުންވާނެވެ. މަލާކް ޒާހިލްއަށް އެފުރުސަތު ދިނީ ޒާހިލްއާ އެކީގައި ވަގުތު ހޭދަކުރުމުގެވެސް ބޭނުމުގައެވެ. އަލޫކްއާ އޭނާއާ އެކަނި ވެއްޖެއްޔާ މަލާކްގެ ވިސްނުމަށް އަމިއްލަ ބާރު ފޯރުވަންވެސް އުނދަގޫ ވާކަން ދެނެހުރެއެވެ. ޒާހިލްއާ މަލާކްގެ ކައިވެންޏާ ހިސާބަށް ކަންތައް ގޮސް އޮއްވާ މިކަމުގެ ސަބަބުން އެއްވެސް ކަމެއް ގޯސްކޮން ދާކަށް މަލާކް ބޭނުމެއް ނޫނެވެ.  ޒާހިލްއަށް ދެރައެއް ދޭކަށް މަލާކް ބޭނުމެއް ނޫނެވެ. އަލޫކަށް ދެރައެއް ދޭކަށްވެސް ބޭނުމެއްނޫނެވެ.

ޚިޔާލުތަކަށް ގެއްލި ހުރި މަލާކްއަށް ޒާހިލް ދެތިންފަހަރަކު ގޮވާލުމުން ސިހުނެވެ. އަލޫކްގެ ފައިލްއާއި އެއްޗެހި ހިފައިގެން ހުދުކުލައިގެ ލެބް ކޯޓު ވައްޓާލަމުން މަލާކް ހިނގައިގަތެވެ. ޕޭޝެންޓް ރޫމް ނަންބަރު 226ވަނަ ކޮޓަރީގެ ދޮރުމަށްޗައް ހުއްޓި އޭނާ ފުން ނޭވާއެއްދޫކޮށްލިއެވެ.

*************************************************************************

ތުރުތުރު އަޅަމުން ދިޔަ އަތަށް ބަލަމުން ދޮރު ހުޅުވާލި މަލާކްގެ ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. އަލޫކް އޮތީ އެނދުމަތީގައެވެ. ސީލިންގްއަށް ބަލާށެވެ. މަލާކްގެ ފަހަތުންވަތް ޒާހިލް މަލާކްގެ އަތުގައި އޮތް ފައިލް ހުފައިގެން އެތެރޭހުރި މޭޒެއް ކައިރީގައި އިށީނެވެ. އަދި މަލާކްއާ ދިމާލަށް ބަލާލަމުން “ޔޫ ގޮޓް ދިސް”އޭ ބުނެލިއެވެ.

މަޑުމަޑު ފިޔަވަޅުތަކެއްގައި މަލާކް ގޮސް އަލޫކް ގާތުގައި ހުއްޓިލިއެވެ. ގަދަކަމުން އޭނާގެ ހިތުގެ ތެޅުން ކޮންޓްރޯލް ކުރެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. “އަލޫކް…މިއީ އަލޫކްއަށް އެހީވާން ހުރި ދެޑޮކްޓަރުން އިނގޭ… އެކުވެރިން ކަމަށް ހީކޮށްލާ.. އެއީ ޑޮކްޓަރ ޒާހިލް” މަލާކް މަޑުމަޑުން ވާހަކަދެއްކިއެވެ. މަލާކްގެ ނަން ބުނަން ފަސްޖެހެވުނެވެ. އޭނާގެ އަޑުވެސް ތުރުތުރު އަޅައެވެ. އަލޫކް މަލާކްއާ ދިމާލަށް ބަލާލިއެވެ. “އަލޫކް ކިހިނެއްތަ؟” މަލާކްއަށް ދައްކާނެ ވާހަކައެއްވެސް ނޭނގުނެވެ. އަލޫކް އެއްޗެއް ނުބުނެ އޮތުމުން މަލާކް އަނެއްކާވެސް ސުވާލުކޮށްލިއެވެ. މަލާކްއަށް ލުބާ މަޢުލޫމާތު ދިންގޮތުގައި އަލޫކް މިއަދު އޮތީ ކުރިއަށްވުރެ ސްޓޭބަލް ޙާލަތެއްގައެވެ. “އަލޫކް ކުރިން ދުވަހު ބުނީމެއްނު މަލާކްއެއްގެ ވާހަކަ… އަހަރެން މިހުރީ އަޑުއަހަން، އަޅެ އަހަންނަށް ކިޔައިދީފާނަންތަ؟ މަލާކް އަކީ ކާކު؟ މަލާކަށް ކިހިނެއްވީ؟” މަލާކް މަސައްކަތް ކުރަމުން ދިޔައީ އަލޫކް އޭނާ މަރުވެއްޖެއޭ އެބުނި ކަމަށް މެދުވެރިވި ސަބަބު ހޯދާށެވެ.

އަލޫކް އަނެއްކާވެސް ސީލިންގްއަށް ބަލަންފެށިއެވެ. އެހެންއޮވެފައި ފުން ނޭވާއެއް ލައިފައި ވާހަކަ ދައްކަން ފެށިއެވެ. “މަލާކްއަކީ… އަހަރެން އެންމެ ލޯބިވީ މީހާ… އޭނާ މަރުވެއްޖެ..” އަލޫކް އެހެން ބުނުމާއެކު މަލާކްގެ ހިތުގައި ހީވީ މީހަކު ވިކައިގަތް ހެންނެވެ. މަލާކް ހިތްވަރުކޮށްފައި ސުވާލު ކުރިއެވެ. ޒާހިލްދިޔައީ އަލޫކްގެ ‘ބްރެއިން އެކްޓިވިޓީ’ތައް މޮނިޓަރ ކުރަމުންނެވެ. “އަލޫކް ކީއްވެ އެހެން ތިބުނީ…؟ މަލާކް މަރުވިތަން އަލޫކްއަށް ފެނުނީތަ؟” “ނުފެނެ…އެކަމު..__” މަލާކް އަލޫކްގެ ވާހަކަ މެދުކަނޑާލައިފައި އަނެއްކާވެސް ސުވާލުކުރިއެވެ. “އެހެންވިއްޔާ ކީއްވެ ތިބުނަނީ؟ ހަމަ ހުރެދާނެއެއްނު؟” އަލޫކް ވަގުތުން ބޯހޫރަން ފެށިއެވެ. ” އޭނާ ދަތުރުކުރަމުން ދިޔަ ޕްލޭން ވީނުވީއެއް ނޭނގި ގެއްލުނީ…” އަލޫކްގެ ދެލޮލުން ކަރުނަ ހިލުނެވެ. މަލާކްއަށް ވީނުވީ އެނގުނީ އަދިއެވެ. ކޮންމެވެސް ގޮތަކުން އަލޫކަށް އެޚަބަރު ލިބުނީއެވެ. އޭނާ ފްލައިޓް މިސް ވިކަން އަލޫކަށް ނޭޏގުނީއެވެ. “މަލާކްއާ ބެހޭގޮތުން އަލޫކް ކޮންކަމެއް ހަނދާންހުރީ؟” “އޭނާ ވަރަށް ރީތި ވާނެ. އޭނާ ވަރަށް ރަނގަޅުވާނެ. އެންމެފަހުން އޭނާ ފެނުނު ދުވަހަށް ފަހު އަހަރެމެން ބައްދަލުވާން އޮތީ އޭނާ ގްރެޖުއޭޓްވާން އޮތް ދުވަހު…އެކަމު..” އަލޫކް އެހިސާބަށް ހުއްޓާލިއެވެ. އޭނާގެ ބޮލުގައި ރިހޭހެން ހީވާތީއެވެ. “އެކަމު؟؟ އެކަމު ކިހިނެއްވީ؟؟” އެއީ ޚުދު މަލާކް އަމިއްލައަށްވެސް އެނގެން ބޭނުންވެފައި އޮތް ކަމެކެވެ. ނަމަވެސް ޙާލަތު އެކަމަކަށް ފުރުސަތެއް ނުދިނެވެ. އަލޫކް ބޮލުގަ ރިއްސާތީ ދެއަތުން ބޮލުގައި ހިފަހައްޓައިން އޮވެ ހަޅޭލަވަން ފެށިއެވެ. ޒާހިލްވެސް އަވަސް އަވަހަށް އައެވެ. ދެމީހުން ވެގެންވެސް އޭނާ މަތައެއް ނުކުރެވުނެވެ. އެމަރޖެންސީ އޮންކޯލް ޓީމްގައި ހުރި ނަރުހުންނާއި އެންމެން ވެގެންވެސް މަތައެއް ނުވިއެވެ. އެންމެ ފަހުން މަލާކަށް ޖެހުނީ ނިދާ އިންޖަކްޝަންގެ އެހީގައި އަލޫކް މައިތިރި ކުރާށެވެ.

**********************************************

އެކި ދުވަސް މަތިން އަލޫކްއާ އެކި ސުވާލު ކުރެވެމުން ދިޔައެވެ. އޭނާ އެހެން ކަންކަން ވަރަށް ރަނގަޅަށް ހަނދާންހުރެއެވެ. މައްސަލަ ޖެހުނީ މަލާކް މަރުވީ ކަމަށް ހީކުރެވުނު ހިސާބުންކަން މިހާރު ދެނެ ގަނެ ވިއްޖެއެވެ. އެއީ އެދުވަހު ލިބުނު ވަރަށް ބޮޑު ޝޮކެއްގެ ސަބަބުންކަން ވެސް މިހާރު ދެނެގަނެވިއްޖެއެވެ. ޒާހިލްއާއި މަލާކް ދިޔައީ އެމީހުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ. އަލޫކް އެދުވަހުގެ ކަންކަން ހަނދާން ކުރަން މަސައްކަތް ކުރާއިރަށް ބޮލުގައި ރިއްސަންފަށާތީ އެކަން ވާނީ ވަރަށް ކެތްތެރިކަމާއެކު ވަރަށް މަސައްކަތުންކަން މަލާކް އެންމެ މިނެޓަކަށްވެސް ހަނދާން ނައްތައެއް ނުލައެވެ.

 

ރިންގުވޭވޭ އޮތް ފޯނުނަގައި ކަންފަތުގައި ޖަހާލަމުން މަލާކް ހަލޯއޭ ބުނެލިއެވެ. “މަލާ…. އަހަރެން ވާހަކައެއް ދައްކަން ވެފަ އެބޮތް..” ޒާހިލްގެ އެދުމުގެ މަތިން މަލާކް ބޭރަށް ނުކުތެވެ. ފެންޑާގައި ހުރި ޖޯލިފަތީގައި ޒާހިލް އިނެވެ. މަލާކް އައިސް ޒާހިލް ގާތުގައި އިށީނެވެ. ޒާހިލްގެ މޫނުމަތިން ފެންނަން ހުރީ ސީރިޔަސްކަމެވެ. “ޒާހިލް…ކިހިނެއްވީ؟” ޒާހިލް ފުންނޭވާއެއް ލިޔެވެ. ޒާހިލްގެ ހިތުގެ އެދުމާ ދެކޮޅަށް ދައްކަން މިއުޅެނީކީ މާފަސޭޙަ ވާހަކައެއްނޫނެވެ. “މަލާ… އަހަރެމެންގެ ކައިވެންޏަށް މިހާރު ގާތްގަނޑަކަށް މަހަކަށް ވެފައި މިއޮތީ…. އެކަމު އަހަންނަށް ހީވަނީ__” މަލާކް ޒާހިލްގެ ވާހަކަ ހުއްޓުވާލިއެވެ. ” އަހަރެން ބޭނުމޭ ޒާހިލްއާ މެރީ ކުރަން… ޒާހިލްއަށް ހީވަނީ އަހަރެން ބޭނުން ނުވަނީއޭ؟” “ނޫނެކެ ލިސަން މަލާ… ހަހަ އައި ނޯ ޔޫ ވޯންޓު. އެކަމް ގިވެން ދަ ސާރކަމްސްޓޭންސެސް ، އަލޫކް އެހާ ސްޓޭބަލްއެއް ނޫން.. އޭނާ ރަނގަޅު ނުވަނީހެން އަހަރެމެން މެރީ ކޮށްފަ ދެން އޭނާ ރަނގަޅުވާތަނުން އެކަން އިނގުނީމަ އަލޫކްއަށް ކިހިނެއްވާނީ؟ ވަޓް އިފް ހީ ގޯސް އިންޓު އަނަދަރ ޝޮކް؟ އަހަރެންގެ ސަބަބުން އެހެން ވާކަށް ބޭނުމެއްނޫން…. އަދި އެއީ ކޮންމެ މީހެއް ކަމުގައިވީ ނަމަވެސް” މަލާކްގެ ދެލޯ ފެންކަޅިވިއެވެ. ޒާހިލް އެވިސްނަނީ އަލޫކްގެ ޙާލާއި މެދުގައެވެ. ” އައި ނޯ ޒާހިލް… ބަޓް ޒާހިލްވެސް ބޭނުމެއްނު އަވަހަށް މެރީ ކުރަން…” “ތިކަމަކާ އަހަރެން ދޮގެއް ނުހަދާނަން ބަޓް ޔެސް. އެކަމަކު އަލޫކްއާ މެދު ވިސްނާލަން ޖެހެއެންނު. އަހަރެންގެ ސަބަބުން ކަމެއްވެއްޖެއްޔާ…” “ކީކޭތަ ތިކިޔަނީ ކިޔޭ އެއްޗެއް އިނގޭތަ ޒާހިލް؟ ޒާހިލް ތިބުނީ ދެން ކައިވެނި ފަސްކުރާނީއޭތަ؟؟” މަލާކް އެނގެން ބޭނުންވިއެވެ. “އެ އެއްނު އޮތް ގޮތަކީ މަލާ… އައި ނޯ މައި މޮމް ވިލް އަންޑަރސްޓޭންޑް. މަލާ މޮމް އޯކޭ ވާނެ ކަމެއް ނޭނގޭތީ… ބަޓް އަހަރެމެން ދެމީހުންނެއްނު މި މެރީ ކުރަނީ.. މަލާކް އޯކޭ އިއްޔާ އޯކޭ އެއްނު…” ޒާޙިލް ބުންޏެވެ. މަލާކް ފުންކޮން ވިސްނާލިއެވެ. ޒާހިލް އެބުނީވެސް ތެދެކެވެ. އެކަމަކު އަލޫކް ރަނގަޅުވާފަހުން ކައިވެނި ކުރިޔަސް …… މަލާކް ވަރަށް ވިސްނިއެވެ. އަންސްޓޭބަލްކަން އެނގިހުރެ އެވަގުތުގައި ކައިވެނިކޮށް އެޚަބަރު ލިބުމަށްވުރެ، ފަހުން ރަނގަޅުވީމަ އެޚަބަރު ލިބިއްޖެނަމަ ‘ޑެމޭޖް’ ކުޑަވާނެވެ. “ޒާހިލް ހަމަ އޯކޭ؟” “މަލާކް އޯކޭ އިއްޔާ އަހަރެން އޯކޭއޭ. އަހަރެންނެއްނު އައިޑިއާވެސް މިދިނީ..” މަލާކް އެންމެ ފަހުން އެއްބަސްވިއެވެ.

 

ޒާހިލް އެކަން ހުށައެޅީ ޙަޤީޤަތުގައި ހިތާއި ދެކޮޅަށެވެ. އެކަމަކު އޭނާގެ ސަބަބުން މީހަކަށް އަދި އަމުދުން އޭނާގެ ޕޭޝެންޓަކަށް ދެރައެއް ލިބޭ ކަމެއް ވެއްޖެނަމަ އޭނާއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވޭނއެވެ. މަލާކް އަލޫކްއަށް އަޅާލާކަން އެނގިހުރެ އޭނާގެ ސަބަބުން އަލޫކްއަށް ދެރައެއް ލިބިގެން، އަލޫކްގެ ސިއްޙަތަށް ގެއްލުމެއް ލިބިގެން މަލާކްގެ ހިތުގައި ޖެހި މަލާކްއަށް ‘ރިގްރެޓް’ ކުރެވެން ފަށައިފިއްޔާ ޒާޙިލްއަކަށް އޭނާގެ އަމިއްލަ ނަފުސަށް ދުވަހަކުވެސް މަޢާފެއް ނުކުރެވޭނެއެވެ. މަލާކް މިވަގުތު އެހީ ބޭނުން ވާނެއެވެ. އޭނާ އެހާސްކަމުގެ ތެރޭގައި ނަގާ ޑެޒިޝަންތަކާއި ކަންކަމުގައި ޒާހިލް އެހީވާންޖެހއެވެ. ޒާހިލްއާ ކައިވެނި ކުރެވިގެން އެންމެ މިނެޓަކަށްވެސް މަލާކް އެކަމާ ރިގްރެޓް ކުރާކަށް ޒާހިލް ބޭނުމެއްނޫނެވެ. މިކަންތައްގަނޑޫގެ ތެރޭގައި ކައިވެނި ފަސްކުރަން ނިންމީވެސް އެހެން ވެގެންނެވެ. ޒާހިލް ބޭނުންވަނީ އަލޫކް އަވަހަށް ރަނގަޅުވާށެވެ. އަލޫކްއަކީ އޭނާގެ ޕޭޝަންޓްއަކަށް ވެސް ވީމައެވެ. މަލާކްގެ ހާސްކަން ފިލާނީވެސް އޭރަށެވެ. ކައިވެންޏާ ހަމަޔަށް ދެވޭނީވެސް އޭރަށެވެ. އަމިއްލަ އެދުމެއް އެކަމުގައި އޮތުމަކީ އޭނާ ކުށްވެރިވާނެ ކަމެއް ހެއްޔެވެ؟

 

“ޑޮކްޓަރ…އަހަރެން ސުވާލެއް ކޮށްލަންތަ؟” އެއްދުވަހެއްގެ ސެޝަން ނިމިގެން މަލާކް ބޭރަށްދާން ނުކުމެ ނުކުމެ ހުއްޓާ އަލޫކް ގޮވާލިއެވެ. އޭނާ އިނީ ވަރަށް ސީރިޔަސް ވެގެންނެވެ. “ޝުއަރ އެނީތިންގް”. “އަހަރެން މޮޔައޭ ހީނުކުރައްޗެ…. ޔަގީން؟” އަލޫކް ދެން ބުނެލި ޖުމްލައިން މަލާކް ގަނޑުވިއެވެ. ވަރަށް ސީރިޔަސް ވާހަކައެއް ބުނަން އުޅެނީތާއެވެ. “އޮފްކޯރސް. ޕްރޮމިސް. ޔަޤީން.” ” އެހެންމީހުން މިވާހަކަ ބުނީމަ ހީކޮށްފާނެ އަހަރެންމީ މޮޔައެކޭ… ކުރިން އަހަރެން ހުރީ ކުޑަކޮށް ހަނދާން ނެތިފައި.. ފަހުން ފަހުން އަހަރެންނަށް ރަނގަޅަށް ހަނދާނަށް އަންނަން ފެށީ..ސިފަވާންފެށީ… މޮޔައެކޭ ހީނުކުރައްޗޭ ތާކުން ތާކުން ނުޖެހޭ ވާހަކައަކަށްވެސް ވެދާނެ …އެކަމު ކީއްވެތަ ޑޮކްޓަރއާ މަލާކްއާ އެހާ ވައްތަރީ. ހަމަ އޭނާގެ އަޑު… ހަމަ އޭނާގެ މޫނު… ކީއްވެ؟” މަލާކްގެ ކަންފަތް ބުޑުގައި ހޮނު ގުގުރިއެއް ޖެހު ފަދައެވެ. މޭފަޅާފައި ހިތް ބޭރަށް ނުކުތް ފަދައެވެ. އެއީ މަލާކްކަން ބުނާތަނުން އަލޫކްއަށް އަނެއްކާ ޝޮކެއް ޖެހޭކަށް ބޭނުމެއް ނޫނެވެ. އޭނާ އަދި މުޅިން ސްޓޭބަލްއެއް ނޫނެވެ. މަލާކްއަށް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބުނާނީ ވަކި ކީކޭ ހެއްޔެވެ؟

(ނުނިމޭ)

95

2 Comments

  1. Z A L 🐙

    May 24, 2020 at 2:00 pm

    Assalaam alaikum hurihaa kudhin. Hurihaa kudhinge haaluves rangalhuvaane kamah heekuran. mihaaru innaae mi part ge ithurun ehen part eh ves nerevifa. Inshaallah 26th vana bai ves nereynan miadhu noonee maadhan. Hurihaa kudhinnves kiyaalaafa feedback dhehchey. Stay safe all. ❤️ ❤️

  2. Ishyy

    May 24, 2020 at 2:10 pm

    Heyyy me first dho. varah dhuvas koffa Ishyy ah mikiyaalevunee. Alhe Alook. Will Malaak call off the wedding????? Aneh part ves ebain dho. Kiyaalaafa comment kollaanan. Good to see u back dear

Comments are closed.