އަތްދޮވެލުމަށްފަހު ޓިޝޫއަކުން އަތް ފުހެމުން ދޮރާ ދިމާލަށް އެނބުރުން ނާޔާ އަށް ސިހުމެއް ލިބުނީ އޭނާގެ ހިމަ އުނަގަނޑުގައި ވަރުގަދަ އަތަކުން ވަށާލެވި އެ ބާރު މިނުގައި ގޮސް އެތާ ހުރި ފާރާ އެ މީހެއްގެ ވަރުގަދަ ހަށިގަނޑާ ދެމެދު ނާޔާގެ ކުޑަ ކުޑަ ލޫޅާފަތި ހަށިގަނޑު ފިތިގެންދިޔުމުންނެވެ. ******************************************************* ” ކިހާ ދެރަވެއްޖެ ކަމެއް ނަބީލް.. ބުނިން ދޯ ގައިގަ އަތްނުލާ…” ރުޅިން ތުރުތުރު އަޅާ ހާލު ނާޔާ ބުނެލި ޖުމްލަ ވަކި ހިސާބަކުން މެދު […]
ދަރިފުޅު ނޯޓު: މިއީ މީގެ ދެމަސްދުވަސް ކުރިން އަޅުގަނޑު ގެނެސްދިން ވާހަކައެކެވެ. މި ވާހަކައަށް ވާނީ ބަދަލުތަކެއް ގެނެސްފައެވެ. ހަވީރުގެ ވަގުތުގައި ރަސްދޫގެ ގޮނޑުދޮށަށް ފިނި ވައިރޯޅި ޖެހެމުން ދިޔައެވެ. މި ހިތްގައިމު ވަގުތުކޮޅުގެ ފޮނިމީރުކަން ހާސިލްކުރުމަށްޓަކައި ކުދިބޮޑު އެތައްބަޔަކު ގޮނޑުދޮށުގެ އެކި ހިސާބުތަކުގައި ތިއްބެވެ. އޭގެތެރެއިން އެކަކީ ނަވާއެވެ. ނަވާ ގޮނޑުދޮށަށް ދިޔައީ ބޯހަމަޖައްސާލާށާއި ދަރިފުޅުގެ އެދުމުގެވެސް މަތިންނެވެ. ނަވާ އޭނަގެ ދަރިފުޅު ޒީކް ކުޅެން ދޫކޮށްލުމަށްފަހު ހިޔަލުގައި އިށީދެލިއެވެ. ނަވާ އަކީ ބަލާލަން ރީތި […]
ހަތްވަނަބައި އައިނާ ލޯޝަން އުނގުޅާލައިފައި ފުޅި ދަބަސް ތެރެއަށް ލިއެވެ. އަދި އަވި އައިނު ނަގާ ލޮލުގައި ހެޔޮވަރު ކޮށްލާފައި ފޯނު އަތައް ހެޔޮވަރު ކޮށްލީ ރަށުގެ ރީތި ފޮޓޯ އެއް ނަގާށެވެ. ފޯނު ނަގާފައި ފަރާތް ފަރާތައް ބަލާލީ ލޯ ދުށުމަށް އެދޭ ފަރާތް ފެނޭތޯއެވެ. *** ތަންކޮޅެއް ދުރުގައި އިން ގަހަކަށް އަރައި އޮތް ހިޝާން އައިނާ އަށް ފެނުނެވެ. ކަކުލާ ހަމައަށް އަރާ ސޯޓަކާއި ކަނޑޫ ނޫކުލައިގެ ޓީޝާޓިގައި ހިޝާން ފެންނަނީ ވަރަށް […]
ގަޑިން އެއްކެއްޖަހައި ބޮނޑު ވެއްޖެއެވެ. ރަށުތެރެ ވަނީ ހަމަހިމޭން ވެފައެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅީގެ އެހީގައި ގަސްތައް ނަށަމުން ދިޔައީ ނިމުމެއްނެތް ގޮތަކަށެވެ. ކަނޑުގެ ރާޅުތައް ވަނީމަޑުވެ ހަމަހިމޭން ވެފައެވެ. ސާދަވިލޭރޭގެ ހަދުން މުޅިރަށުވަނީ އަލިވެފައެވެ.އަތިރިމަތީ ރުކެއްގެ ދަށުގައި އިން އަރީބާ ސިޓީއެއް ލިޔަން ހުއްޓެވެ. އަރީބާގެ ހިތް އަތުލި ޒުވާނާ އަށް ލީޔަމުން ދިޔަ ލޯބީގެ ސިޓީއެކެވެ.” ގްރޭޑް 10 ފެށުނު ދުވަހު އެންމެ މޮޅު ދަރިވަރުންގެ ވާހަކަ ދެއްކި އިރު އެޒުވާނާ އަރީބާގެ […]
5 ވަނަ ޕާޓު: ލަމްހާ އެ ދުވަސް މަތިން ހަނދާން ވިއެވެ. ******************** އެއީ ލަމްހާގެ އާއިލާއާ އެކުވެރިންނާ އެއްކޮށް ދިޔަ ދަތުރެކެވެ. *** އެންމެން އަރާ ހަމަވުމުން ދޯނި ނައްޓައިލިއެވެ. އެންމެން ވެސް ދޯނީގައި ވަރަށް މަޖާ ކުރިއެވެ. މަޖާ ވާހަކަތައް ދެއްކިޔެވެ. ލަވަ ބާޒީއާ އެކި އެކި މަޖާ ކަންކަން ކުރިއެވެ. ނަމަވެސް ލަމްހާ އިނީ ވަރަށް މަޑުންނެވެ. އެކަކަށްވެސް އެކަމެއް ފާހަގައެއް ނުވިއެވެ. އެކަމަކު ލަހުފާ އަށް އެކަން ފާހަގަ ވެގެން އެއްޗެކޭ […]
ކޮޓަރިއަށް ވަދެގެން އައި ރީޝް ގެ ސިކުނޑީގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. ކޮޓަރީގައި ހުރި ކަޅު ސޯފާގައި އިށީންދުމަށްފަހު ޖައިޝްގެ މޫނަށް ހުއްޓާ ނުލައި ބަލަން ފެށިއެވެ. އެއާއިއެކު މާޒީގެ އެކިއެކި ސޮފުހާތައް ރީޝްގެ ކުރިމަތީގައި އުކެން ފެށިއެވެ. ~ ހަ އަހަރު ފަސް ~ ނޫ އުޑުގެ ދަށުގައި ހުދު ކުލައިގެ ބޯ ވިލާތައް ރަސްކަން ކުރަމުން ދިޔައީ ދުނިޔެއަށް ދެމުން ދިޔަ ދިލަ އަވިން އަރަމުން އައި ހޫނު މަތަކުރެވޭތޯއެވެ. ސާފު ފިނި […]
ޖުނާން އައިސް ކޮޓަރިއަށް ވަނީ އޭނާ އަށް އިތުރަށް އެއްވެސް ގޮތެއް ހެދޭނެތޯ ވިސްނަމުންނެވެ. އަންޖަލް އޮފީހަށް ގެންދަން ބޭނުންވީ ވެސް ހުރިހާ ވަގުތެއްގައި އަންޖަލް އޭނާ ކައިރީ ހުރުމަށް އެދޭތީއެވެ. އެރޭގެ ވަގުތެވެ. މެންދަމުން 1 ޖަހަން އުޅެނިކޮށް ޖުނާން ގޮސް އަންޖަލް ގެ ކޮޓަރިއަށްވަނެވެ. މަޑު މަޑުން ހިގާފައި ގޮސް އަންޖަލް އޮތް އެދުގެ ކަނުގައި އިށީދެލިއެވެ. އަދި ގަދަ ނިދީގައި އޮތް އަންޖަލްގެ މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. އަންޖަލް އަށް ހޭލެވުނީ […]
އެގޭގެ ފަސްވަނަ ބުރީގެ ފާރުގައި ގަދަ ކަޅު ކުލަ ހުރި އިރު ތަޅުންގަނޑުގައި ވެސް ޖަހާފައި ހުރީ ކަޅު ކުލައިގެ މުއްޓެވެ. ނުވިތާކަށް ހުރިހާ ފަރުނީޗަރެއްވެސް ހުރީ ކަޅު ކުލައިގެއެވެ. ތާރާ އަށް އެންމެ ކަމުދަނީ ކަޅު ކުލައެވެ. ކޮންމެހެން އަންހެން ކުއްޖަކަށް ވީތީ ފިޔާތޮށި ކުލަ ރީތި ވާކަށް ނުޖެހެއެވެ. ތާރާ ފާހަނަ އަށް ވަދެ ފެންވަރައިގެން މަހުމާ ފޮތީގެ އަތްދިގު ކަޅު ކުލައިގެ ކުރުތާއަކާ ކުރު ސޯޓެއް ލިއެވެ. އެވަގުތު ތާރާގެ ލޮލުގައި އަޅައިގަތީ […]
ދިރިއުޅުމުގައި އަބަދު އަންނާނީ އުސްގަނޑުތައް ނޫންކަން ސާރާގެ ޒުވާން ސިކުނޑިއަށް ވިސްނެއެވެ. އެހެންނަމަވެސް ދިރިއުޅުން އަބަދުހެން ނާކާމިޔާބީގައި ހޭދަ ކުރަން ޖެހުމަކީ ސާރާހެ އެ ނިކަމެތި ލަގޮނޑި ކެތްކުރަން ބޭނުންވާ ކަމެއް ނޫނެވެ. ހިތް އެދޭގޮތަށް ކަންތައް ވަމުން ނުދާތީ ސާރާގެ ހިތް އަބަދުވެސް ޝަކުވާ ކުރެއެވެ. ދިރިއުޅުމުގެ ހިތި ތަޖުރިބާއިން ސާރާގެ ހިތުގައި ޖެހޭ ކޮންމެ ލައްގަނޑަކާއެކު ސާރާ ހިތާ ކުރަމުން ދިޔައީ ހަމަ އެންމެ ސުވާލެކެވެ. ކީއްވެހެއްޔެވެ؟ ސާރާގެ އުމުރުން 18 އަހަރު ފުރުމާއެކު […]