ޝަހަރު 15ވަނަބައި

- by - 9- June 30, 2020

” ދަރިފުޅާ ހާދަވަރަކަށޭ ތި ނިދާލީ.. ބައްޕައަށް މިހާރު އެތައް ފަހަރަކު ގޮވާލެވިއްޖެ.. މާބޮޑަށްވަރުބަލިވީތަ؟..” ހާތިބު ތެދުވެފައި ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަކަށް ބޯހޫރާލައިފިއެވެ. ވިސްނެމުންދަނީ ހުވަފެނާ މެދުގައެވެ. އަދިވެސް ހީވަނީ ކުރިމަތިން ފެންނަމުންދަނީ ހެންނެވެ. ބައްޕަގާތުވެސް ދެންމެ ފެނުނު ހުވަފެން ކިޔައިދޭކަށެއް ނުކުރޭނެއެވެ. މިހާރުވެސް ހާތިބަށް ދެވުނު ބައެއް ރަށްރަށުން އެފަދަ އުސްފަރުބަދަތަކާ ފެންކޯރުތަކާ މާގަސްތަށްވެސް ވަނީ ފެނިފައެވެ. ނަމަވެސް އެހާ ރީތިކޮށް އެފަދަ މަންޒިލަކަށް އަދި ނުދެވެއެވެ. އަދި އެފަދަ ރީތިކަމެއް ލިބިފައިވާ ބައެއް އުޅޭ ތަނަކަށްވެސް ނުދެވެއެވެ.  ދަތުރަށް އެނބުރި ނައްޓާލިއިރުވެސް ހާތިބު މާ މަޑުން ހުންނާތީ ވަރުދާން ސުވާލު ކުރިއެވެ. ނަމަވެސް މާ ބޮޑަށް ނިދުމުން ވެފައިހުރިގޮތެއް ކަމުގައި ބުނެ ހަމަޖައްސާލިއެވެ.

މަތިންފެންނަ ކުދިތަރިތައް ހީވަނީ އެމީހުންގެ ދަތުރަށް މަރުހަބާ ކިޔަމުންދަނީހެންނެވެ. ހަނދުވެސް އެހާ ފުރިހަމަރެއެކެވެ. މުޅި ދުނިޔެވެސް ވަނީ އެއަލިން އަލިކޮށްދީފައެވެ. ދަތުރުމަތީގައި އެކިކުލައިން ބަބުޅަމުންދާ ތަރިތަކަށް ބަލަބަލާ ހާތިބުއަށް ފޫހިކަމެއް ނުލިބުނެވެ. ބަލާވަރަކަށް ލިބެމުން ދިޔައީ އިތުރު ހިތްހަމަޖެހުންތަކެވެ. ދެތިން ރަށް ފަސްދެވުނުފަހުން އެމީހުނާ ދިމާލަށް ވަރަށް ބާރު ދުވެއްޔެއްގައި އަންނަ ފެހިކުލައިގެ އައްޔެއް ފެނުނެވެ. އެއަންނަ އެއްޗެއް އެމީހުނާ ހަމައަށް އަންނަދެން ދެބަފައިންވެސް ތިބިތާ މަޑުކޮށްލައިފިއެވެ. ވަރަށް ބާރުމިނުގައި އެއާ އަލި ކޮންޓްރޯލް ނުވެ އެމީހުންފަސްދީ ހިނގައްޖެއެވެ. ނަމަވެސް ލޮލުކޮޅަށް ގެއްލޭވަރެއް ނުވެއެވެ. އެނބުރި އަނެއްކާވެސް އެއަލި އަންނަތަން ފެނުނެވެ. ނަމަވެސް މިފަހަރު އަންނަނީ މަޑުންނެވެ. ވަރުދާންމެން ތިބި ހިސާބަށް އާދެވުމުން އޭތީގެ އަސްލު ސިފަޔަށް ބަދަލުވެއްޖެއެވެ. ” ލީޖިން…” އެތަށް ޒަމާނެއްފަހުން ކުއްލިއަކަށް ފެނުނު ސޫރައަކުން ވަރުދާންއަށް ހުރީ ހައިރާންވެފައެވެ. ” އަހަރެން ހީކުރީ ފެނުނަސް ނޭނގޭނެކަމަށް…” ހިނިގަނޑެއް ޖަހާލުމަށްފަހު ލީޖިން ބުންޏެވެ. ހާތިބުއަށް ހުރެވުނީ މިވަނީ ކީއްކަން ނޭނގިފައެވެ. ހުޅުވިފައިވާ ދެވަރައިގެ ރީތިކަން ފުރިހަމަކަމުން އަންތަރީސްވެފައެވެ. ” މީ ދަރިފުޅުތަ؟.. އަޑު އެހިން ދަރިއަކު ލިބުނު ވާހަކަ.. އުންމީދުކުރިން ކޮންމެވެސް ދުވަހަކުން ފެންނާނެ ކަމަށް..” ލީޖިން ބުންޏެވެ. ” އާނ! ކޮބާތަ ލީޖިންގެ ފިރިމީހާ ޒަންގް؟..” ވަރުދާން އަހާލިއެވެ. ” ރަށުގަ.. ވަރުދާންމެން ތިދަނީ ކޮންތާކަށް؟..” ވަރުދާންމެން ދާ ތަނެއް ބަލާލުމުގެ ގޮތުން ލީޖިން އަހާލިއެވެ. ވަރުދާން އޭނަ ދާން އުޅޭތަން ބުނުމުން ލީޖިން އެދުނީ އޭނަގެ ރަށަށް ގޮސްފައި ދިޔުމަށެވެ. ނަމަވެސް ވަރުދާން އެކަމާ ދެކޮޅު ހެދިއެވެ. ލީޖިންގެ އާއިލާއިން އޭނާ އެތަނަށްދާން ދެކޮޅުހަދާނެތީއެވެ. އެމީހުން ހިތްހަމަނުޖެހިދާނެތީއެވެ.

ލީޖިންއަކީ ވަރުދާންގެ ބައްޕަގެ ބޭބެ ވިދާދުގެ ދަރިފުޅެވެ. ވަރުދާންގެ ކާފަ ނިޔާވުމުގެ ކުރިން ރަސްކަންދޭން ބޭނުންވީ ވާބިސް އަށެވެ. ވިދާދުގެ އުޅުން ހަރުދަނާ ނޫންކަމުން ކާފަ އެއްގޮތަކަށްވެސް ވިދާދުއަށް ރަސްކަން ދޭން ބޭނުމެއްނުވިއެވެ. ވިދާދުއަކީ ދޮށީ ދަރިފުޅަށްވެފައި ރަސްކަން އޭނައާ ހަވާލު ނުކޮށް އޭނަގެ ކޮއްކޮއަށް ދޭތީ ވިދާދުގެ ހިތުގައި އެކަމުގެ ހަސަދަވަރަށް ބޮޑުވިއެވެ. ވިދާދު ބޭނުންވީ އޭނާއަށް ރަސްކަން ލިބިއްޖެއްޔާ އޭރު އޮތްގޮތުން ބަދަލުކުރާށެވެ. ހުރިހާ ދީނެއްގެ މީހުނަށްވެސް އޭނާގެ ރަސްކަމުގައި މަރުޙަބާ ކިޔޭ ގޮތަށެވެ. އަދި އޭނައާ އެއްކޮޅަކަށް ނާރާ އެންމެނާ ހަނގުރާމަ ކުރާގޮތަށެވެ. ކާފަޔަށް އެކަން އެނގޭތީ ކާފަ ނިޔާވުމުގެ ކުރިން ރަސްކަން ހަވާލުކުރީ ވާބިސްއާއެވެ. އެކަމާ ރުޅިއައިސް ކާފަ ނިޔާވުމުގެ ކުރިން ވިދާދު އެގަނޑުވަރުން އަދި އެޝަހަރުންވެސް އޭނަގެ އާއިލާއާއެކު ނިކުތެވެ. އޭރު ވަރުދާންގެ އުމުރުންވާނީ ހަތްވަރަކަށް އަހަރެވެ. ނަމަވެސް އާއިލާތެރޭގައި ކޮންމެވެސް ބޮޑު ކަންތައްގަނޑެއް ހިނގައިގެން އުޅޭކަން ވަރުދާންއަށް އެނގެއެވެ. އަދި ކާފަ ވަރަށް ބަލިވެ އުޅޭކަންވެސް އެނގެއެވެ. އޭރު ލީޖިންގެ އުމުރުން ވާނީ ފަސްވަރަކަށް އަހަރެވެ. ނަމަވެސް ގަނޑުވަރު ތެރޭގައި އެދެކުދިން އުޅެމުން އައީ ވަރަށް އުފަލުގައި އެކީގައެވެ. ވިދާދު ނިކުމެގެން އޭނަގެ އާއިލާ ގޮވައިގެން ދިޔަތަނެއް ނޭނގޭތީ ކާފަ ނިޔާވި ޚަބަރުވެސް އޭނައާ ހަމައަށް ފޯރުކޮށް ދެވޭނެގޮތެއް ނުވިއެވެ. ކާފަ ނިޔާވި ފަހުންވެސް ވިދާދު ރަސްކަމާ ހިފެން އެނބުރިއައެވެ. ނަމަވެސް ވާބިސް އޭނަގެ ކޮޅު ދޫ ނުކުރުމުން ވާބިސްއާ ހަނގުރާމަ ކޮށްވެސް ހެދިއެވެ. ހަނގުރާމައިގައި ކޮންމެ ފަހަރަކުވެސް ކާމިޔާބު ލިބެނީ ވާބިސްގެ ކޮޅަށެވެ. އެންމެ ފަހުން އޭނާގެ ކޮޅު ބަލިވީކަން ޤަބޫލުކޮށްގެން ރަސްކަމާ ހިފޭކަށް ނާދެއެވެ. ވިދާދު ކައިވެނިކޮށްގެން އުޅެނީ ހުވަފެން ޝަހަރުގެ ރަސްކަލެއްގެ ދަރިކަބަލަކާއެވެ. އެދުވަސްކޮޅު ނިކުމެގެން ދިޔަތަނެއް ނޭނގުނު ނަމަވެސް ހަނގުރާމަކޮށްކޮށް ކުރި ނުލިބުމުން އޭނަ ބަދަލުވީ ހުވަފެން ޝަހަރަށެވެ.

ލީޖިންގެ މަންމަ ނޫޝަފްރިންގެ ބައްޕަގެ ފިރިހެން ދަރިއަކު ނެތުމުން އެޝަހަރުގެ ރަސްކަން ޙަވާލުކުރީ ވިދާދުއާއެވެ. ވިދާދުއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ ވަރަށް ރަގަޅަށް ހިފިއެވެ. އޭނަ ބޭނުންވާފަދަ ރަސްކަމެއް އޭނާ އެތަނަށް ގެނައެވެ. ހުރިހާ ދީނެއްގެ މީހުން އެއްތަނެއްގައި އުޅުމުގެ ފުރުސަތުދިނެވެ. ދުވަސްކޮޅަކުން އެތަނުގައި މުސްލިމުންނަށްވުރެ އެހެން ދީންތަކުގެ މީހުން ވަޒަންވެރިވިގޮތް ގިނަވެގެންދިޔައެވެ. ވަރުދާންގެ އުމުރުން ފަނަރަވަރަކަށް އަހަރު ތަންތަނަށް އެކަނި ދިޔުމުގެ ހުއްދަ ވާބިސްދިނެވެ. އެއީ ވަރުދާން ވަރަށް ކުޑައިރުއްސުރެން ފެށިގެން އޭނަ އަންނަނީ ވަރުދާންއަށް އެނގެންޖެހޭ ހުރިހާކަމެއް ދަސްކޮށްދެމުންނެވެ.

ދުވަހަކީ ދުނިޔެމަތި ފިނިހޫނުމިން އެއްވަރެއްގައި އޮތްރީތި ދުވަހެކެވެ. ވަރުދާން އެދުވަހު ހިތަށްއެރީ އޭނަގެ ރައްޓެހިންތަކަކާއެކު މަޖާކޮށްލުމަށްޓަކައި ނިކުމެލާށެވެ. ނަމަވެސް އެދުވަހު އޭނާއާއެއްކޮށް ދެވެން ހުރީ އަބްސަލްއަށް އެކަންޏެވެ. ދެންތިބި މީހުން ކުރަން ޖެހޭ އެހެން ކަންތަކެއް ހުރުމުން އެމީހުނަށް ދެވޭ ގޮތެއް ނުވިއެވެ. ދެމީހުން ކުރިއަށް ދަނިކޮށް ލޮލުގައި އަޅައިގަތީ އެކިކުލަތަކުން ދިއްލިފައިވާ ރަށެކެވެ. ކޮންމެއަކަސް ރަށަށް ކައިރިވި ވަރަކަށް އެރަށުގެ ރީތިކަމަށް އެމީހުން މަސްތުވަމުން ދިޔައެވެ. ރަށުގެ ގަސްބޯދިމާލެއްގައި ހުރި ފެތިރޯނު ގަހެއްގެ ހިޔަލުގައި ދެމީހުން މަޑުކޮށްލައިފިއެވެ. ކުއްލިއަކަށް ވަރުދާން އެ މަސްތުކަމުން ބޭރުވެ ލޯ ހުޅުވިގެން ދިޔައެވެ. މިފަހަރު އޭނައަށް ފެންނަމުން ދިޔައީ އެމީހުންފަދަ ބައެކެވެ. އެމީހުން ތިބީ އަލިގުޅަތަކެއްގެ ސިފަ ޖެހިގެންނެވެ. އޭރުވެސް އަދި އަބްސަލްއަކަށް ހޭވެރިކަމެއް ނުލިބެއެވެ. މިރަށް ދުރުން ފެންނައިރުވެސް މީހުން މިރަށުގެ މަސްތުގައި ޖައްސުވަން ހަދާފައިވާ ޖާދޫއެއްކަން ވަރުދާންއަށް ވިސްނުނެވެ. ވަރުދާން ހުރި ސަރަހައްދަށް ރަގަޅަށް ބަލައިލެވުނެވެ. އެމީހުންގެ ވަށައިގެން ބަޔަކުތިއްބެވެ. ނަމަވެސް އެއިން ކޮންމެ މީހެއް ފެންނަމުންދަނީ އެކިކުލައިގެ އަލިގުޅަތަކެއްހެންނެވެ. ވަރުދާން މަޑުމަޑުން އަބްސަލްއަށް ގޮވާލިއެވެ. ނަމަވެސް އަބްސަލްއަކަށް ހޭވެރިކަމެއް ނުލިބުނެވެ. މިފަހަރު އަބްސަލްގެ ގައިގައި ވަރުދާން ޖަހާފިއެވެ. ހުވަފެނަކުން ހޭލެވުނުފަދައަކުން ލޯހުޅުވާލެވުނެވެ. އަބްސަލްގެ ހިތަށް އެރިއެވެ. މިހުރެވުނީ ކޮންތާކުބާއެވެ. ވަށައިގެން ބަޔަކުއެބަތިއްބެވެ. ނަމަވެސް އެއިން ކޮންމެ މީހކުވެސް ފެންނަނީ އަލިގުޅަތަކެއްހެންނެވެ. ” ކޮންތަނަކަށްތަ މި އާދެވުނީ؟..” އަބްސަލް އަހާލިއެވެ. ” ނޭނގެ ކޮންރަށެއްކަމެއް.. އަބްސަލް އެމީހުންގެ ޖާދޫގައި ނުޖެހޭތި.. އެމީހުން ދައްކާފައި ހުރި ޖާދޫގެ ބާރުގައި އަހަރެމެންނަށް މިރަށަށް މިވަދެވުނީ.. ކުރިމަތީގައި މިތިބަ މީހުން އެތިބީ އަހަރެމެންނާ ދިމާކޮށްލާފައި.. ވަރަށް ވިސްނައިގެން ހުންނާތި..” ވަރުދާން ބުންޏެވެ. ވަރުދާންއަށް ކިރިޔާއެހެން ބުނެވުނީއެވެ. އަލިތަކެއް ފޮނުވަން ފަށައިފިއެވެ. އެއަލީތަކުންރެކެން ދެމީހުން ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އެމީހުން އެއަލިތައްފޮނުވާ އަވަސްކަމުން އަބްސަލްއަށް އެއިންރެކެން ދަތިވިއެވެ. އެންމެފަހުން އަބްސަލްގެ އަތަށް އޭގެ ހަމަލާއެއް އަމާޒުވިއެވެ. އަބުސަލްއަށް ހީވީ އޭނާގެ އަތް ބިންދާގެން ދިޔައީހެންނެވެ. އެހާވެސް ތޫނުކަމެއް ހުއްޓެވެ. ވަރުދާން ވަގުތުން އެމީހުންގެ ވަށައިގެން ނުފެންނަ ފަދަ ފަށަލައެއް ލިއެވެ. އެބައިގަނޑުން ދޭންފެށި ހަމަލާ ވަރުދާންމެނަށް އަމާޒުނުވާކަން އެނގުމުން އެމީހުންގެ ހަމަލާއެއަށްވުރެ ވަރުގަދަ ކުރިއެވެ.  ވަރުދާން ލާފައިވާ ފަށަލަ ކަނޑައިގެން ދިޔަކަން އެނގުމުން އަނެއްކާވެސް އެގޮތަށް ދެތިންފަށަލަ ލިއެވެ. އެމީހުންގެ ހަމަލާތަކުން ވަރުދާންމެނަށް އަސަރެއް ނުކުރާކަން އެނގުމުން ހުއްޓާލައިފިއެވެ.

އެތާތިބި ބައިގަނޑު އެމީހުންގެ ސިފަ ބަދަލުކުރިއެވެ. އެމީހުންގެ ސިފަ އިންސިންނާ ގާތް ކުރާނެއެވެ. ނަމަވެސް ގައިގައިވާކެހެރިތަކުންނާ ލޮލުން އެއީ އިންސާނުން ނޫކަން އެނގޭނެއެވެ. އިތުރު ހަމަލާއެއްނާންނަނީސް ދުރުން ފެހިކުލައިގެ އައްޔެއް އަންނަތަން ފެނުނެވެ. ވަރުދާންއާ އަބްސަލްއަށް އެއަލި އަންނަދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެމީހުންގެ ތެރެއަށް ކުއްލިއަކަށް ފާޅުވީ ފެހިކުލައިގެ ބޮޑު ދެވަރަލައިފައި ހުރި ރީތި އަންހެން ކުއްޖެކެވެ. ވަރުދާން މެންގެ ސިފަތަކާ މާބޮޑު ތަފާތުކަމެއް ނެތެވެ. ރީތި ދޮންކަމެއް ލިބިފައި ހުރި އެއަންހެންކުއްޖާގެ މޫނުމަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ. އެއަންހެން ކުއްޖާއެދުނީ އެމީހުންކައިރީ ދެން ދިޔަޔަސް ހެޔޮކަމަށެވެ. އެއަންހެންކުއްޖާގެބަހުން އެއީ އޭނަ ގެންގުޅޭ ބައެއްކަން އެނގުނެވެ.

“ހާއި!.. އަހަރެންނަށް ކިޔަނީ ޖީން.. ތީ ކޮންތަނަކުންއާ ކޮންބައެއް؟..” އެފުޅާ ހިނިތުންވުމާއެކު ޖީން އަހާލިއެވެ. ޖީންގެ ވާހަކަ ދެއްކުމުގައި ހުރި ކުޅަދާނަކަމާ ހުޝިޔާރުކަމުން ވަރުދާންގެ ހިތް އޭނަގެ އަތުން ދޫވެއްޖެހެން ހީވިއެވެ. އެއޮމާންއަޑު ޖެހުމުން ހަމަގައިމުވެސް ނޭނގޭފަދަ ގޮތްތަކެއްވެއްޖެއެވެ. ވަރުދާންއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަބްސަލް ވާހަކަދެއްކިއެވެ. އެމީހުންގެ ނަން ބުނުމަށްފަހު ތަންތަން ބަލާލުމަށްޓަކައި ނިކުމެގެން އުޅެނީކަމުގައި ބުންޏެވެ. ވާހަކަ ދެއްކުމުގައިވެސް ޖީންގެ ފަރާތުން ދުރުކަމެއް އިޙުސާސެއްނުވެއެވެ. ހީވާނީ އެތައްދުވަހަކު ދެކެފަރިތަވެފައިވާ ގާތް ރައްޓެއްސެއްހެންނެވެ. ޖީން އެމީހުންގޮވައިގެން ރަށުގެ އެކިތަންތަން ބަލައިލުމަށްޓަކައި ދިޔައެވެ. އަނބުރާ ރަށަށް ދިއުމަށްޓަކައި ވަރުދާންމެން އުދުއްސައިގަތުމުން އެނބުރި އަދި އެރަށަށް އައުމަށް ޖީން ދައުވަތު ދިނެވެ. ވަރުދާން އަނެއްކާވެސް މަޑުކޮށްލައިފައި މާދަމާ އަދި އަންނާނެ ކަމުގައި ބުންޏެވެ. އޭގެފަހުން ކޮންމެ ދުވަހެއްވެސް ހޭދަވަމުން ދަނީ ވަރުދާންއާ ޖީންގެ ގުޅުމަށް އިތުރުވަމުންއައި ބޮޅުތަކެއްގެ ގޮތުގައެވެ. ޖީންއާ ބައްދަލުކުރުމަށްޓަކައި ވަރުދާން ކޮންމެ ދުވަހަކުވެސް އެރަށަށް އާދެއެވެ.

(ނުނިމޭ )

9

kudhoo

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

You may also like...

2 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.