ޒާންވެސް ގޭތެރޭގައި އަޑުގަދަ ވެގެން ކޮޓަރިން ނުކުމެފައި ހުއްޓެވެ. އަދި ޖައިޝް ކޮޓަރިއަށް ވަދުމުން އެނާވެސް ގޮސް އެކޮޓަރިއަށް ވަދެލިއެވެ.

”ދަރިފުޅާ ތީ މީހުން އުޅޭ ގޮތްތަ؟ ދަރިއަކު ބެލުމަކީ ހަމައެކަނި އަނބިމީހާ ކުރަން ޖެހޭ ކަމެއް ނޫނޭ. މަންމަ އާއި ބައްޕައާ ދެމީހުން ވެގެން ރަނގަޅަށް ދަރިއަކު ތަރުބިއްޔަތު ކުރެވެނީ. ބައްޕަމެންނަށްވެސް އިނގޭ ދަރިފުޅު އޮފީހުގަ ބިޒީކަން. އެކަމަކު އޮފީހުގަ ވެސް ހުސް ވަގުތު ލިބޭނެ ދޯ. އެ ހުސްވަގުތުގަ ގެޔަށް އައިސް ޝިޒާއާ އެކު ވަގުތު ހޭދަކޮށްލަން ވީނު. ހަމަގާމުވެސް ރައްޓެހިންނާއިއެކު ހޭދަ ކުރާ ވަގުތަށް ވުރެ ދަރިފުޅާއެކު ހޭދަ ކުރާ ވަގުތުގެ ސަބަބުން ސިކުނޑިއަށް ހިތްހަމަޖެހުން ލިބޭނެ.” ޖައިޝް އިން ސޯފާގައި ޒާން ގޮސް އިށީންދެލިއިރުވެސް ޖައިޝް އިސްއުފުލާ ބަލައިވެސް ނުލައިއެވެ.

”ބައްޕާ. އެހެންނެކޭ ކިޔާފަ އަހަރެންވެސް އަހަރެންގެ މިނިވަންކަން ބޭނުންވާނެ ދޯ. ރައްޓެހިންނާއެކު ވަގުތު ހޭދަ ކޮށްލާފަ މަޖާ ކުރަން އަހަރެންވެސް ބޭނުންވާނެ ދޯ. އޮފީހުގަ އަނެއްކޮޅުން އެހައި ގިނަ މަސައްކަތް އޮވޭ. ދަރިފުޅާއެކު ވަގުތު ހޭދަ ކުރަންވެސް އަހަރެން ބޭނުމޭ. އެކަމަކު ވަގުތު ނެތިއްޔާ ކީއްތަ ދެން މިކަމުގަ އަހަރެން ކުރާނި.” މޫނުގައި އަތް އަޅާލަމުން ޖައިޝް އޭނާގެ މޫނު ފޮރުވާލިއެވެ. ޖައިޝް ދެއްކި ވާހަކަތަކުން ޒާން އިނީ ހައިރާންވެ އަންތަރީސްވެފައިއެވެ. މީހަކާ އިނެ ދަރިއަކު ލިބުނު އިރުވެސް ހަގީގީ ރޯލު ކުޅެން ނޭނގޭތީއެވެ.

”މީހަކާ އިނެ ދަރިއަކު ހޯދަން ޖެހޭނި އެކަމުގެ ސަބަބުން ތިމާގެ މިނިވަންކަން ގެއްލޭނެކަން އެނގިގެން. އަނބިމީހާއާ ދަރިފުޅަށް ވުރެ ރައްޓެހިން މުހިންމު ވެގެން ނުވާނެ. ރައްޓެހިންނާއިއެކު ވަގުތު ހޭދަ ނުކުރެވުނަސް އަނބިމީހާއާ ދަރިފުޅާއެކު ވަގުތު ހޭދަ ކުރަން ޖެހޭނެ. ދަރިފުޅު މިހާރު ތި އަމަލުތައް ބަހައްޓާ ގޮތުން ޝިޒާއަށް އެލިބެނީ ކިހައި ބޮޑު ނިކަމެތިކަމެއް. ބައްޕައެއް ހުއްޓާ ބައްޕައެއްގެ ލޯބި ނުލިބޭ ކަމުގެ އިހްސާސް އެކުޑަ ކުޑަ ކުއްޖައަށް ވިސްނޭނެ. ހިތަށް އަސަރު ކުރާނެ. ދަރިފުޅާ. ވަގުތަކީ ހޯދީމަ ލިބޭ އެއްޗެކޭ. ވަގުތެއް ދަރިފުޅުގެ ފަހަތަކުން ނުދުވާނެ. ދަރިފުޅު ޖެހޭނި ވަގުތުގެ ފަހަތުން ދުވަން. ދަރިފުޅު ވިސްނާލަބަލަ. ރީޝްގެ ވެސް ރައްޓެހިން ތިބޭ. އެކަމަކު ޝަކުވާއެއް ނުކުރެއެއްނު ރައްޓެހިންނާއެކު ވަގުތު ހޭދަ ނުކުރެވިގެންނެއް.” ޒާން ޖައިޝްގެ ކޮނޑުގައި އަތް ބައްވާލާއި މަޑުމަޑުން ފިރުމާލިއެވެ. އިރުކޮޅަކު އެއިން ގޮތަށް އިނެފައި އިތުރަށް އެކައްޗެއްވެސް ނުބުނެ ޖައިޝް ގޮސް ފާހަނާއަށް ވަދުމާއެކު ޒާން ވެސް ކޮޓަރިން ނުކުމިއެވެ.

ޒާން އެކޮޓަރިން ނުކުމެލާ ގޮސް ސޯފާގައި އިށީންދެލީ ނިޔާޝާއާއި ރީޝްވެސް އެތަނުގައި އިނުމުންނެވެ. ރީޝްގެ ލޮލުން އަދިވެސް ކަރުނަ އެތި ފައިބަމުން ދިޔައިރު ނިޔާޝާ ދިޔައީ ރީޝްއަށް ހިތްވަރު ލައިދެމުންނެވެ.

”ދަރިފުޅާ. އަދި ޖައިޝްއަށް ވިސްނޭނެ. ނުރޮއި ހުއްޓާލާ. ދަރިފުޅު ހިތްވަރު އެލުވާލާގެން ކާކު ޝިޒާ ބަލާނީ. ދަރިފުޅު ޖެހޭނެ ދޯ ޝިޒާއަށް ފުރިހަމަ ލޯބި ދޭން. އެހެންނޫނީ އެދަރިފުޅު މުޅިން ހަލާކުވެދާނެ.” ނިޔާޝާ ރީޝްގެ ބޮލުގައި ފިރުމާލިއެވެ. އަދި އެއްއަތުން ރީޝްގެ ކޯތާފަތުގައި ރޮނގަކަށް ކުރަހާލާފައި ހުރި ކަރުނަތައް ފުހެލިއެވެ.

ރީޝްގެ މޫނަށް ބަލަން އިން ޒާން ދުރުބަލައިލީ އޭނާގެ ލޮލުންވެސް ކަރުނަ ނީރާލުމުންނެވެ. މިކަހަލަ ދުވަހެއް އެނާގެ ހަޔާތުގައި ފެނިދާނެ ކަމަކަށް ކުޑަކޮށްވެސް އޭނާ ހިތަކަށް ނާރުވާލައިއެވެ. ނަމަވެސް ހަޔާތުގައި ވަނީ ހިތަށް އަރުވާ ކަހަލަ ކަންތައްތަކެއް ނޫނެއް ނޫން ހެއްޔެވެ؟ ދުނިޔެއަކީ ތޮށަލި ދުޅަޔަށް ދުވާ އެއްޗެކޭ ބުނަނީވެސް އެހެންވެ އެއް ނުން ހެއްޔެވެ؟ ތިމާ އުންމީދު ކުރާ ގޮތަކަށް ހަޔާތުގެ މިސްރާބު ދަތުރެއް ނުކުރާނެ ނޫން ހެއްޔެވެ؟

ރީޝް ސޯފާއިން ތެދުވެލައި ލުއި ފިޔަވަޅުތަކެއް ނަގަމުން ގޮސް ކޮޓަރިއަށް ވަދެލީ ލޮލުން ފައިބާފައި ހުރި ކަރުނަތައް ފޮހެލާ މީހާގެ މޫނުމަތިން އާދައިގެ އަސަރެއް ފާޅުކުރަމުންނެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު އެނދުމަތީގައި ދެ ލޯ ހުޅުވާލައިގެން އޮތް ޖައިޝަށް ރީޝް ބަލައިލިއެވެ. އަދި ޖައިޝް ބަލައިލުމުން ނޫން ކަމަށް ހަދައިލައި އޭނާގެ ނިދާ ހެދުން ހިފައިގެން ފާހަނާއަށް ވަދެލިއެވެ. ރީޝް ފާހަނާއިން ނުކުތް އިރުވެސް ޖައިޝް ހަމަ އެގޮތުގައި އެނދުމަތީގައި އޮތެވެ.

”ކާކު ދެއްކި ވާހަކައެއް އަހަރެންނާ ދިމާލަށް ތި ކީ؟” ރީޝް އެނދުގައި އޮށޯވެލައި ގައިގައި ރަޖާގަނޑު އަޅައިލިއެވެ. އޭނާއަށް ޖައިޝް ބުނި އެއްޗެއް އަޑު ނީވޭ ފަދައެވެ. ނޫނީވިއްޔާ އަޑު އިވުނު ކަމަށް ނުހެދީއެވެ. ”އަހަރެން މިއަހަނީ ކާކު ދެއްކި ވާހަކައެއް ހޭ އެއީ؟ އަޑުވެސް ނީވެނީތަ؟” ޖައިޝްގެ އަޑު ބާރުވެފައި ރުންކުރުކަމެއް އެކުލެވިފައި ހުއްޓެވެ. ނަމަވެސް އެއަޑުގެ ސަބަބުން މިހާރަކު ރީޝް ބިރުގަންނަ ހެންނެއް ހިޔެއް ނުވެއެވެ.

”ޖައިޝްއަކަށްވެސް އަހަރެން ދައްކާ ވާހަކައެއް ނީވެއެއްނު. އަހަރެންނަކަށްވެސް ދެން ޖައިޝް ދައްކާ ވާހަކައެއް ނީވޭނެ.” ރީޝް އެނދުގެ އެނެއް ފަރާތަށް އެނބުރިލާ އޭނާގެ ދެލޯ މަރައިލީ ދެން އިތުރު ވާހަކައެއް ނުދައްކާ ނިދާލުމަށެވެ. ޖައިޝްވެސް އެއްޗެކޭ ނުބުނު ދެލޯ މަރައިލިއެވެ.

***

އާދުވަހަކަށް އިރު އަރައިގެން އައީ މުޅި ރާއްޖެ ހޭލައްވާލަމުންނެވެ. ދެމީހުން އެއްތަން ވެއްޖާ ކޮންމެ މީހެއްގެ ދުލުންވެސް ބޭރުވަނީ އެއްވާހަކައެކެވެ. ކޮންމެ މީހެއްގެ ހިތުގައިވެސް ބިރުވެރިކަމާ މާޔޫސްކަން ހަނާ އަޅަމުން ދިޔައެވެ.

”ސުބްހާނަﷲ. އެންމެ ފަހުން އެ ނުރައްކާތެރި ބަލި އަހަރެމެންނާ ހަމައަށްވެސް އައީ.” ޒާން ބާރުބާރަށް އެހެން ބުނެލިއިރު ނިޔާޝާ އާއި ރީޝް ދިޔައީ ސިއްސައިގެންނެވެ. ދެމީހުންގެ ކަންފަތަށް ވެސް އެއަޑު ފޯރީ ހޮނު ގުގުރިއެއްގެ ސިފާގައިއެވެ. ދެމީހުންވެސް ބަދިގެއިން ނުކުމެފައި ޓީވީ ކައިރީގައި ގޮސް ހުއްޓިލީ ޓީވީއިން ދައްކަމުން ދިޔަ ވާހަކަ އަޑު އަހަމުންނެވެ.

ކުއްލި ހަބަރުގެ ދަށުގައި ރާއްޖެއިން ކޮރޯނާ ވައިރަހަށް މީހަކު ފައްސިވި ވާޙަކަ އޮތް އިރު އޭގެ ދަށުގައި ވަނީ އެއީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައި އިޓަލީ ވިލާތުގެ ފަތުރުވެރިއެއް ކަމެވެ. މުޅި ރާއްޖެ ސިއްސުވާލި އެ ހަބަރު އެންމެންނަށްވެސް ބޮޑު ބިރަކަށް ވެއްޖެއެވެ. ”އަދިވެސް ރާއްޖޭގެ ބޯޑަރު ބަންދެއް ނުކުރޭތަ؟ ބޯޑަރު ބަންދު ކުރީމަ އެކި ގައުމުތަކަކުން ފަތުރުވެރިންނަކަށް ނާދެވޭނެ ދޯ.” ނިޔާޝާ އާއި ޒާން އާ ދެމީހުން އެއްފަހަރާ ރީޝްއަށް ބަލައިލިއެވެ.

”ބޯޑަރު ބަންދުކޮށްގެން މުޅި ރާއްޖެ ދާނި އަޑިއަށެއްނު. ލާރިއެއް ގައުމަކަށް ނުވަންނާނެ. މީހުން ބަނޑަށް ޖެހޭނި.” ޒާން އޭނާގެ ދަތްދޮޅީގައި އަތް އަޅުވާލިއެވެ.

”ނޫން. ބޯޑަރު ބަންދު ކުރީމަ ހަމަގައިމުވެސް ރާއްޖެއަށް ބަލިވަންނަ ދޮރު ދޯ ބަންދުވާނި. އެއަންނަ ފަތުރުވެރިންގެ ގައިގަވެސް ނެތްކަމެއް ނޭނގޭނެ ދޯ. ހަމަގައިމުވެސް ބަނޑަށް ޖެހުމަށްވުރެ އެބަލިން އެތައް ބައެއް ސަލާމަތް ވާނެ.” ރީޝް އޭނާއަށް އެއްބަސްވެވޭ ކޮޅު އިއްވާލިއެވެ.

”ތިބުނީވެސް މުޅިއަކުން ދޮގު ވާހަކައެއް ނޫން. މިރޭ އަށެއް ޖަހާއިރު އަންނާނެ ޕްރެސް ކޮންފަރެންސް. އެ ޖެހޭނެ ކޮންމެހެންވެސް ބަލަން. ވާނުވާ އިނގޭނި އޭރުން.” ނިޔާޝާ ޓީވީއަށް ނަޒަރު ހިންގައިލައިގެން ހުރެ ބުނެލިއެވެ. ތިން މީހުން އެކަމުގައި ތިއްބާ ޖައިޝް އޮފީހަށް ދާން ތައްޔާރުވެލައިގެން ކޮޓަރިން ނުކުމެލިއެވެ.

”ވަރަށް ބަނޑުހައި. ކައްކާ ނުނިމޭތަ؟” ރޭގައި ވީ އެއްވެސް ކަމެއް ޖައިޝްގެ ހަނދާނުގައި ނެތް ފަދައެވެ. ނޫނީ ގުޅުން ރަނގަޅު ކުރަން ގެންގުޅުނު މޮޅު އުކުޅަކަށް ވެސް ވެދާނެއެވެ.

”އިރު އެރިއިރަށް ލިބުނު ހަބަރަކުން ކައްކަންވެސް ހަނދާން ނެތުނި.” ރީޝް ބަދިގެއަށް ވަދެލައި ނިކަން އަވަހަށް ކޮފީއެއް ގިރާލައިގެން އައިސް ޖައިޝްއަށް ދިއްކޮށްލިއެވެ. އޭނާވެސް ބޭނުންވީ ދެމީހުން އެއްބަސް ކިޔައިގެން ގުޅުން ރަނގަޅު ކުޜާށެވެ. ވާހަކަ ނުދައްކައެއް އެއްވެސް ކަމެއްގެ ހައްލު ނުލިބޭނެކަން ރީޝް ވެސް ދަނެއެވެ. ރުޅިން ހުންނަން ވެއްޖާ މުޅި އުމުރަށްވެސް ހުރެވޭނެކަން ދަނެއެވެ.

”ފަރެސް އައިލެންޑް ރިސޯޓުން މީހަކު ކޮރޯނާއަށް ފައްސިވެގެންނެއްނު އުޅެނީ. ބޮޑު ބިރުވެރިކަމެއް. ދަރިފުޅު ވެސް މާގިނަ ތަންތަނަށް ނުގޮސް ގެޔަށް އަންނާތި.” ނިޔާޝާވެސް ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށް އަވަސްވެގަތެވެ.

ކޮފީތަށި ބޮމުން ޖައިޝް އައިސް މޭޒުދޮށުގައި އިން ގޮޑި ދަމާލާ އޭގައި އިށީންދެލިއެވެ. އަދި ކޯވަރުން ކޯވަރުން ކޮފީބޮމުން ދިޔައީ މާޔޫސްވެފައި އިނެއެވެ. މާލެއަށް އެ ބަލި ފެތުރިއްޖެ ނަމަ ތަނަކަށް ނުދެވިދާނެ ކަމުގެ ބިރު އޭނާގެ ހިތުގައި މިހާޜުން ސުރެ އެބަ އޮތެވެ. އެހެން ގައުމުތަށް ވެސް ފުރަބަންދު ކުރަމުން ދާއިރު ރާއްޖެވެސް ފުރަބަންދު ކުރާނެކަން ޔަގީނެވެ.

”ރާއްޖެ ފުރަބަންދު ކުރާނެއްނު ދެން ނުލާހިކު އަވަހަށް. ހާދަ ފޫއްސެއްވާނޭ އޭރުން. އޮފީސް ތަންތަން ވެސް ބަންދު ވާނެ.” ފުޅި އަރިކޮށްލާ އަނގައަށް ފެން ކޯވަރެއް ޖައިޝް އަޅައިލިއެވެ. އަދި ރީޝް އާ ނިޔާޝާގެ މޫނަށް ބަލައިލިއެވެ. އެމީހުންގެ މޫނުމަތިން ފެނިގެންދާނެ ކުލަވަރުތައް ބަލައިލާ ހިތުންނެވެ.

”ގައިމު ދަރިފުޅާ އެކު ވަގުތު ހޭދަ ކުރަން ރަނގަޅު ފުރުސަތެކެއްނު އެލިބެނީ. ތި ބިޒީކަމުން ވެސް މިންޖުވެވޭނެ ނޫންތަ؟” ޖައިޝް ހީކުރި ގޮތާ ހިލާފަށް އަޑު އައީ އެހެން ކޮޅަކުންނެވެ. ޖައިޝްގެ އެ ބުނުމަށް ރައްދު ދިނީ ޒާންއެވެ. ޖައިޝްގެ އަމަލުތަކާ ބަސްތައް ހުންނަ ގޮތުން ޒާން އިނީ ހިތްހަމަ ނުޖެހިފައިއެވެ. ބުނާނެ އެއްޗެއް ނޭނގިފައިއެވެ. ކިތަންމެ ވަރަކަށް މީހަކު އެއްޗެއް ކިޔަސް ކަހާތަން ހިރުވާވެސް ނުލައޭ ޒާންގެ ހިތަށް އަރަމުން ދިޔައެވެ. ފޫނެއް ފަޔަށް ފެން ފުރުން ކަހަލަ ކަމެއްގެ ގޮތުގައި ދެކެމުން ދިޔައެވެ.

”ބައްޕީ. ބައްޕީ. މިއަދު ޝިޒް ބަލާ އަންނައްޗެ އިނގޭ ސުކޫލަށް. ކޮންމެ ދުވަހަކު މަންމި އަންނަނީ. މިއަދު ދެން ބައްޕި އާދެ. އޭރުން ޝިޒް ވަރަށް އުފާވާނެ.” ހުދު ކުލައިގެ ޓީޝާޓެއްގައި ފިޔާތޮށިކުލައިގެ ‘ހެލޯ ކިޓީ’ ކުރުހާފައި ހުރިއިރު ޝިޒާ ލައިގެން ހުރީވެސް ހަމަ އެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަރުވާޅެކެވެ. ޝިޒާ އައިސް ޖައިޝްގެ އުނގަށް އަރައިލީ ނުހަނު އުފާވެފައި ހުރެއެވެ. ހަތަރު ދުވަސް ފަހުން ޖައިޝް ފެނުމުން ވާނީ ވެސް އެކަހަލަ ގޮތެއް ނޫން ހެއްޔެވެ؟

”ދަރިފުޅު ހާދަ އަވަހަކަށް މިއަދު ތި ހޭލީ.” ޖައިޝް ޝިޒާގެ ކޮލުގައި މަޑުމަޑުން ހިފައިލިއެވެ. އަދި ހޭވިފައި ހުރި އިސްތަށިތަކުގައި އޭނާގެ އަތުން ފުނާ އަޅާލިއެވެ.

”ބައްޕި ކައިރީ މިހެން ބުނަން.. ބުނަން ޝިޒް އެހައި އަވަހަށް މި ހޭލީ ވެސް. ވަރަށް ދުވަސްވެއްޖެ ބައްޕި ކައިރީ ބަލާ އަންނާށޭ ބުންނަން އުޅެން. އެކަމު ޝިޒްއަށް ނުހޭލެވެނި.” ޝިޒާގެ ވާހަކަ ދެއްކުމުގައި ކޮށިކަމެއް ހުއްޓަސް ރީތިކޮށް ވާހަކަ ދައްކާލެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ”ދެން ބައްޕި ބުނެބަ ޝިޒް ބަލާ އަންނާނޭ.” ޝިޒާ އާދޭސް ކުރާ ކަހަލަ ރާގެއްގައި އެހެން ބުނުމުން ޖައިޝް އެންމެ ފަހުން އެކަމަށް އެއްބަސް ވެފައި އޮފީހަށް ދިޔުމަށް ހިނގައިގަތެވެ.

ޝިޒާވެސް ނުހަނު އުފާވެފައި ހުރެ ދެއަތް މައްޗަށް ހިއްލަމުން މުޅިތަނުގައި ދުވެން ފެށިއެވެ. ޔޭ ޔޭ އޭ ކިޔައި ހަޅޭލަވަމުން ދިޔައިރު މުޅި ގޭގައިވެސް ހަރުލާފައި ހުރީ ޝިޒާގެ ކުޑަކުޑަ ތޫލި އަޑެވެ. ”މަންމީ. މިއަދު ޝިޒް ކުލާސް ކުދިން ކައިރީ ވެސް ބުނާނަން ބައްޕިއޭ ބަލާ އަންނާނީ. ޝިޒް ވަރަށް އުފާވެއްޖެ މިއަދު. ވަރަށް ވަރަށް ބޮލަށް.” ރީޝްގެ އަތުގައި ހިފައި ތަޅުވަމުން ޝިޒާ އޭނާގެ އުފާ ފާޅު ކުރަމުން ދިޔައެވެ. އެމަންޒަރު ބަލަން ނިޔާޝާ އާއި ޒާންވެސް ހެވިލާފައި ހުރިއިރު ދަރިފުޅަށް ލިބުނު އުފާ ބަލަން ރީޝް ހުރީ ފެންކަޅިވެފައިއެވެ. އެމަންޒަރު ޖައިޝްއަށް ފެނުނު ނަމަ އެނާގެ ހިތުގައި އޮންނާނީ ކީކޭ ބާއޭ ރީޝްގެ ހިތަށް އަރަމުން ދިޔައެވެ.

އަށެއް ޖަހަން ސާޅީސް ފަސް މިނެޓަށް ވުމާއިއެކު ރީޝް ޝިޒާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެލީ ސުކޫލަށް ގެންދިޔުމަށް ތައްޔާރު ކުރާށެވެ.

~ ނުނިމޭ ~

89

8 Comments

 1. Riff💜

  June 30, 2020 at 8:24 pm

  Finally up vehjje… vr reethi mi part masha allah … curiously waiting

  • 🧚Nafu✨

   July 1, 2020 at 5:56 pm

   yah finally up vehjje.. thank u soo much riff. it means a lot..

 2. Kairaa

  June 30, 2020 at 8:49 pm

  varah varah reethi mi bai vx….masha allah….curiously waiting for the nxt part…..lysm stay safe siss…

  • 🧚Nafu✨

   July 1, 2020 at 5:57 pm

   thank u soo much kairaa. it means a lot.. u too stay safe and lymm

 3. Lamko

  July 1, 2020 at 11:43 am

  Masha allah vrh vrh reethi mi part vc💕💕
  Ur a good story writer sisoo😘😊
  Curiously waiting for the nxt part💖💗

  • 🧚Nafu✨

   July 1, 2020 at 5:58 pm

   thank u soo much lamko.. alheyy vr vr ufaavehjje lamko ge commentun.. once again thank u soo much

 4. Bluebird

  July 1, 2020 at 1:31 pm

  Maashaa Allah V v v Salhi…….. 🌟🌟🌟🌟🌟Keep it up….. Miduvas kolhaa v gulhey Vaahaka eh veema v ufaavehge……. ☺️☺️☺️☺️☺️Will be waiting Curiously….
  Very nice 😍😍😍
  Lyssssssm 💖💖💖💖💖💖
  Take care 💞💞💞💞

 5. 🧚Nafu✨

  July 2, 2020 at 5:53 am

  thank u sooo much bluebird.. it means a lot.. ya midhuvas kolhaa gulhey vaahaka eh mifaharu migenes dheny.. once again thanks.. stay safe.. lymm

Comments are closed.