އައިނާ (2) 5
“ނޫން.. އެއޯކޭ ވާނެ.. އެކަނި ގޮސްފާނަމޭ.. އަދި އެބައިނޭ ދިހަވަރަކަށް މިނިޓު..” އައިނާ ބަހަނާ އެއް ހޯދާލި އެވެ. އެވަގުތު ކޮޓަރިއެއްގެ ދޮރު ހުޅުވުނެވެ. އައިނާ ބަލާލި އިރު އައިނާގެ ކޮޓަރިއާއި ޖެހިގެން އިން ކޮޓަރީގެ ދޮރުހުޅުވާލައިފައި ނިކުތީ ހިޝާން އެވެ.
***
ޝަހާދަތް އިނގިލީގައި ކާރުގެ ތަޅުދަނޑި އަނބުރަމުން ނިކުތް ހިޝާން މަޑު ޖެހިލެވުނީ އާޝިޔާ ގޮވާލުމުންނެވެ. އައިނާ އަށް ދެލޯ މަރާފައި “ޑޭމިޓް” އޭ ބުނެލެވުނީ ވާން މިއުޅޭ ގޮތް ފަހުމު ވުމުންނެވެ.
“ދޭބަލަ އައިނާ ޓިއުޝަނަށް ލާން..” އާޝިޔާ ވަގުތުން ބުނެލިއެވެ. ހިޝާން ވެސް ބަލާލީ އައިނާ އަށެވެ. އެއްވެސް ދެކޮޅު ހެދުމެއްނެތި ހިޝާން ހިނގައި ގަތުމުން އައިނާ އަށް ވެސް ޖެހުނީ ހަތިޔާ ރު ބަހައްޓާފައި ހިނގައި ގަންނާށެވެ.
“ހިޝާން ނުވަގަޑި ބައިގައި އައިނާ ބަލައި ވެސް ދާތި އިނގޭ..” އާޝިޔާ މިހެން ބުނުމުން އައިނާ އަނެއްކާވެސް ޑޭމިޓް އޭ ބުނެލެވުނެވެ.
ކާރު ތެރޭގައި އެވީ ވަގުތުގައި އެކަކުވެސް އަނގައިން ނުބުނެއެވެ. ހީވަނީ އަނގައިން ނުބުނަން ހުވާ ކޮށްގެން ތިބި ދެމީހުން ހެންނެވެ. ރަނގަޅައް ކާރު މަޑު ކުރެވުނު ކަމެއް ނޭނގެއެވެ. އައިނާ ވަގުތުން ނިކުތެވެ. ހީވަނީ ބޮޑައް ފުންމާލި ހެންނެވެ. ފުން ނޭވައެއް ބޭރުކޮށްލިގޮތުން ހީވީ މިއޮއް ހުރިހާ އިރު ނޭވައި ނުލާ ހުރިހެންނެވެ.
ނުވަގަޑި ބައިގައި ނިމިގެން ނިކުތް އިރު އައިނާ ބަލައި ހިޝާން އިނީ އައިހެވެ. އައިނާ އައް ނިތް ކުރީގައި އަތް ހިންގާލެވުނީ ކަންތައް ބޮޑުވި ވަރުންނެވެ. ހިޝާން ފެނުމުން ހަށިގަނޑު ތެރޭގައި އެއުފެދޭ ހައިޖާނު ގަނޑެއްގެ ސަބަބުން ކުރިމައްޗައް އަރަން އުނދަގޫވަނީއެވެ.
“ހި.ޝާން އޯކޭ އޭ ދިޔަސް.. އަހަރެން އެކަނި ގޮސްފާނަމޭ..” އައިނާ ހިޝާންގެ ނަން ކިޔަންވެސް އުނދަގޫ ވާ ގޮތް ވިއެވެ. “ނޫން.. އަންހެން ކުއްޖަކު އެކަނި މިގަޑީ ދާކަށް ދުލެއް ނުކުރެވޭނެ.. އައިނާ ނަމަވެސް ކޮންމެ އަންހެން ކުއްޖެއް ނަމަވެސް..” އެންމެ ފަހުން ބުނި ޖުމުލަ އަކީ ބޮޑައް ހިޝާންގެ ހިތައް ޔަޤީން ކޮށްދެން ބުނިއެއްޗެކެވެ.
ހިޝާން އެހެން ބުނުމުން އައިނާގެ ހިތް ރޮއިލީ ކީއްވެގެން ކަން ޚުދު އައިނާ އަށް ނޭނގެއެވެ. ދެމީހުންވެސް ކަރާސް އަރައި ނައްޓާލިއެވެ. ކުރީފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ކާރުތެރޭގައި އޮތީ ހަމަ ހިމޭން ކަމެވެ.
“އަދިވެސް އުނަގަނޑައް ތަދުވޭތަ..؟” ހިމޭން ކަން ނަގާލީ ހިޝާންގެ ފިރިހެން ވަންތަ ބަރު އަޑުންބެވެ. ހިޝާން މަގުމައްތިން ނަޒަރު ވަކިކޮށްނުލައި އަހާލިއެވެ. “ނޫން.. ނުވޭ އެހާ ބޮޑަކަށް.. ބޭސް ހޭކީމަ ރަނގަޅު ވެދާނެ..” އައިނާ ފަރުވާ ކުޑަ ޖަވާބެއް ދިނެވެ.
“ދެން ޑޮކް އަކަށް ނުދައް ކަންތަ..؟” ހިޝާން ކަންބޮޑުވެފައި އެހިއެވެ. އަވަސް ނަޒަރެއް އައިނާ އަށް މިފަހަރު ދިނެވެ. އައިނާ މަޑު މަޑުން ހޫމް އެއް އަޅުވާލިއެވެ. އެއިރު ކާރު ގޭދޮރު މައްޗައް މަޑު ކޮށްލަނީ އެވެ.
“އައިނާ އާދެ ކާން..” އާޝިޔާ އައިނާ ގާތު ކާން އަންނަން ގޮވާލި އެވެ. “ނޫން.. މިއައީ ކައިގެން.. ޓިއުޝަން ކުދިން އޯޑަރު ދީގެން ގެނައީ ކާން..” އައިނާ މިހެން ކިޔައިފައި މައްޗައް އަރައިގެން ދިޔައެވެ.
އެއް ހަފްތާ ފަސް..
މިއަދަކީ އިސްރާ އާއި އަނީލް އަންނަ ދުވަސް ކަމުން ހުރިހާ އެންމެން އެއާޕޯޓުގައި ތިއްބެވެ. ތަންކޮޅެއް ދުރުގައި އައިނާ އެކަނީ ފޯނާއި ކުޅެން އިނެވެ. ފްލައިޓް ޖެއްސުމާއެކު ފޯނު ނިއްވައިލައިފައި އައިނާ ކޮޅައް ތެދުވިއެވެ. އެވަގުތު ބޭރު ދޮރުން ވަދެގެން އައި އިސްރާ އާއި އަނީލް އެންމެން ނަށް ފެނުނެވެ. އައިނާ ހަނާވެސް އަޅާލިއެވެ.
އެދެމީހުން މަޑު ކޮށްލައިގެން އިނީ ފޮށި އަންނަން ދެންނެވެ. ފޮށި ހިފައިގެން ނިކުތުމާއެކު އެންމެ ފުރަތަމަވެސް އައިނާ ބައްދައި ގަތީ އިސްރާގެ ގައިގައެވެ.
އެންމެންވެސް އިސްރާ އާއި އަނީލް އާއި އެއްކޮށް އެގެއަށް އައެވެ. އިސްރާ އަށް ފާހަގަ ކުރެވުނު ކަމަކީ އައިނާ އަބަދުވެސް އޭނާކައިރީގައި ހުންނަކަމެވެ. ދުރައް ވިސްނުން ދަތުރު ކުރާ އިސްރާ އިނީ އައިނާ އަށް ފަރުވާތެރި ކަމާއެކު ބަލާށެވެ.
އިސްރާ އަށް ފާހަގަވީ ހުރިހާ އެންމެންނާއި ވާހަކަ ދައްކާ އިރުވެސް ހިޝާން އާއި ވާހަކަ ނުދައްކާތީވެއެވެ. އަދި އޭނާ އާއި ދިމާލަށް ނަޒަރު ވެސް ހިންގާ ނުލާތީވެއެވެ. އިސްރާ އަށް ފާހަގަވި އަނެއް ކަމަކީ ހިޝާން އަބަދުވެސް ދުރުގައި އެކަނި އިންނަ ކަމެވެ. އެއީ އެހެންޏާ ހިޝާން އުޅޭ ގޮތެއް ނޫނެވެ.
ހިޝާން އަބަދުވެސް އުޅޭނީ އަޝްހާ އެހެން ނޫނީ ހައިފާ އަށް ޖެއްސުމެއް ކުރެވޭތޯއެވެ. ބެލްކަނީގައި އެކަނި އިން ހިޝާން ކައިރީގައި އިސްރާ މަޑު ކޮށްލިއިރުވެސް ނޭނގުނެވެ. އިސްރާ ހިޝާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
“ކިހިނެތް ވެފަ..؟” އިސްރާ ވަރަށް އޯގާތެރި ކަމާއެކު އަހާލިއެވެ. ހިޝާން ވަގުތުން ދެކޮޅު ހެދިއެވެ. “ދޮންބެދައްތަ ކަމަކުތަ..؟” ހިޝާން އެތާގައި އިން ގޮނޑީގައި އިސްރާ އިށީންނަން އެހީތެރިވެދެމުން ބުނެލިއެވެ. “ނުބުންޏަސް އެނގޭކަމެއްވެފަކަން.. ޔޫ ކެން ޝެއާ ވިތް މީ..” އިސްރާ މިހެން ބުނުމުން ހިޝާން އަށް ކިޔައިދެން ޖެހިލުންވިއެވެ. “ޕްރޮމިސް.. އެއްވެސް އިތުރު މީހެއް ކައިރިއަކު ދޮންބެދައްތައެއް ނުބުނާނަން..” އިސްރާ އިތުރު ކޮށްލިއެވެ.
“އިޓްސް އަ ގާލް.. ވަރަށް ކްލޯސް އެކަމަކު ވަރަށް ދުރުގަ.. އައި ލައިކް ހާ.. އެކަމަކު ހިއެއް ނުވޭ އޭނަގެ އެއްވެސް އިންޓަރެސްޓެއް ހުންނަ ހެނެއް..” ހިޝާން ފުރަތަމަ ފަހަރަށް އޭނަގެ ހިތް ހުޅުވާލައިފައި ބުނެލީ އިސްރާ އަށް އިތުބާރު ކޮށްފައެވެ. “އެކުއްޖާ އާއި ވާހަކަ ދައްކަންތަ..؟” ހިޝާން ޖަވާބު ދިނީ ދުވާލަކު އެއްފަހަރުވެސް ނުދެއްކޭ ކަމަށެވެ. “އޭނަ ހީވަނީ އަހަންނާއި ވާހަކަ ދައްކަން ޖެހިލުންވާހެން.. ބަލައިވެސް ނުލާނެ.. ހިތައް ވަރަށް ތަދުވޭ.. އަހަރެން ވެސް ފިނޑިވެފައި މިހުންނަނީ ދުރުގައި ބަލަން..” ހިޝާން އަށް ބުނެވުނު ބަހަކުން އިސްރާއަށް ޝޮކެއް ލިބުނެވެ. “އޭނަ އާއި ވާހަކަ ދައްކަން ޓްރައި ކުރަން ވީނު.. މިބުނީ.. ތިހެން ދުރުގައި ބަލަން ހުއްޓަކަސް ކާމިޔާބެއް ނުވާނެ.. ޖެހޭނީ މަސައްކަތް ކޮށްލަން.. އިންޝާ ﷲ ކާމިޔާބު ވާނެ.. އޭނަ އަށް އެނގޭތަ އެކަން..؟” އިސްރާގެ ޝައްކު ޔަޤީން ކުރަން ވެގެން ފަރުވާތެރިކަމާއެކު ހިޝާންގެ މޫނައް ބަލަން އިނެވެ.
އިސްރާ މިހެން ބުނުމުން ހިޝާން ބަލާލީ ދުރުގައި ރީތި ހިނިތުން ވުމެއް ދީގެން އިން އައިނާ އަށެވެ. “ނޭނގޭނެ..” ހިޝާން ދެއަތް ތިލަ ތެރޭގައި މޫނު ފޮރުވާލަމުން ބުނެލިއެވެ. ހުރިހާ ވާޙަކަ އެއް ކިޔައިދިން އިރުވެސް އެކުއްޖެއްގެ ނަން ހިޝާން ނުބުނެއެވެ. އެއީ އައިނާ އޭ ބުނާނީ ކޮން ދުލަކުން ހެއްޔެވެ.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.




Vvv habeys??…… Avh hishaan nd ainaa gulhuvan ulhey ??….. Waiting for nxt part ?♥️….. LYSM ???
Jazaakallah Khairan Shaiiii ❤️
Miothy mibai vx up vefa.. mibai thankolheh kuruvaane ? ekam Mee mibai alhugandu ninmaalan bey nunvi hisaabu ❤️.. sorry to upset u guys ?.. nxt bayah inthixaaru kohlaa.. ❤️
I’m reading this story for the first time…. And I didn’t read previous parts…. Do you mind telling me a small summary of the previous parts and characters????? Maashaa Allah it’s nicer than I thought….?????????? I Don’t know much cuz I didn’t read previous parts but I will give comments about this story….. BTW Hope to see the same effort in next parts…..☺️☺️☺️☺️☺️☺️☺️☺️??????? Good luck with this story….???????? hehehe I am also grade 8….Can I be your friend?? LYM TC ❤️❤️❤️???????????????????????????❤️❤️❤️
Hi blue bird…. nice to see u?????❤❤❤❤❤❤
Jazaakallah khairan kuryge prt thah dhw.. I dnt knw hw to summarise kuryge baithah.? aneh hen maabodu Kameh nuvaane ekam kuriah Adhi stry othy ingey. gaigandakah 20 or more vaane episodes… N of course we can be friends..❤️ If u want mail me [email protected]
Once again sorry vvv bodah☺️
Mi part ves varah sali. Masha Allah
A aar. But sorry kuree part thakah commenteh nukohlevuneemaa. But I have read all that part. ?Sorry again.
Love uuu❤❤❤❤
Take care??????
Jazaakallah khairan.. It’s ok ey cmmnt nukurias?❤️.. Lyt ril dear❤️❤️??
i hv submitted 6th prt yesterday mrng..
A aar v v nise
aw jazaakallah khairan mal..
Mi part vrh salhi??ekamu vrh bodah sorry kuryge part thakah comment nukohlevunyma
jazaakallah khairan Aalif.. its ok ey.. ?
K thx
?
❤️❤️??varah Reethi ?Mashaa Allah ????