ލަމްހާ – 2

- by - 31- June 30, 2020

ފިހާރައަށް ނުވަދެވި އުޅެނިކޮށް މީހަކު ލަމްހާގެ ކޮނޑުގައި ޖަހާލިއެވެ.
********************
ލަމްހާ ފަހަތް ބަލާލިއިރު ހުރީ ލަމްހާގެ އެންމެ ގާތް އެކުވެރިޔާ ޝަމާއެވެ. ޝަމާ އަހާލިއެވެ.” އޭ ލަމް.. މިއަދު ފްރީތަ؟ އާދެބަލަ އޭނިތާ އިށީންނަން.” ޝަމާ އެތާހުރި ގާގަނޑެއް ދައްކާލަމުން ބުންޏެވެ.
އެއްޗެއް ބުނުމެއް ނެތި ލަމްހާ ޝަމާއާ އެއްކޮށް ހިނގައިގަތެވެ. ޝަމާ އަނެއްކާވެސް އަހާލިއެވެ.” ލަމް ކޮންތާކަށް ތިދަނީ. މިހާރު ފެނިވެސް ނުލާ.” ލަމްހާ ބުންޏެވެ.” އާ ޝަމާ. ތިއޮއް ދައްތަ ގަނޑު ހުން އައިސްގެން މަންމަ ހުންނަނީ އަބަދު އެކަމަށް ވިސްނަ ވިސްނާ. ބޯ ހަލާކު.” ލަމްހާ އެހެން ބުނީ ރުޅި އައިސްފަ އެވެ.
” ލަމް ބުނެދީފާނަންތަ ކީއްވެކަން ތި ދައްތަދެކެ ތިހާ ރުޅި އަންނަނީ.” ޝަމާ އަހާލިއެވެ.
ޖަވާބުގައި ލަމްހާ ބުންޏެވެ.” އަބަދު މަންމަ އުޅެނީ ދައްތައާ ހެދި މޮޔަވެގެން. ކިރިޔާ އެއްޗެއް ލިބޭއިރަށް ދައްތަ އަތައް ނުދެވިގެން. އެހެންނު ވާނި. އަބަދު ދައްތަ ބޮޑާ ހާކަނީ. ވަރަށް ފޫހިވޭ.” އަނެއްކާ ވެސް ލަމްހާ ރުޅި އައެވެ. ޝަމާ ބުންޏެވެ.” ލަމް. ތިހެން ހަދާކަށް ނުވާނެ. އެއީ ލަމްގެ ދައްތައޭ. ލަމް ކީއްވެތަ އަބަދު ހަސަދަވެރިވަނީ. އެއީ ވަރަށް ގޯސް ސިފައެއް ލަމް. ލަމް ދައްތަ ލަމް ދެކެ ވަރަށް ލޯބިވެއޭ.” ޝަމާ މިފަހަރު ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. އެވަރުންވެސް ލަމްހާ ލަމްހާ ގާތަށް ރުޅި އައިސްގެން ހަޅޭއް ލަވައިގަތެވެ.” އެންމެން ނުޖެހޭ އަހަރެންނަށް ވިސްނަދޭކަށް. ކަލޭމެން އަމިއްލައަށް ދާންވީނު މާ ރަނގަޅު މީހަކަށް ވެގެން އުޅެން.”
އެހެން ބުނުމަށްފަހު ލަމްހާ ފިހާރައާ ދިމާއަށް ހިނގައިގަތެވެ.
ލަމްހާ ނައިސްގެން ލަމްހާގެ މަންމަ އިނީ ކަންބޮޑުވެފައެވެ. އިރުކޮޅެއް ނުވެ ލަމްހާ ގޭތެރެއަށް ވަދެގެން އައެވެ. އެވަގުތު ލަމްހާގެ މަންމަ ކޮޅަށް ތެދުވެ ކުޑަކޮށް ހިތްހަމަނުޖެހިފައި ބުންޏެވެ.” ލަމްހާ! ކޮންތާކަށް ގޮސްފަ ތިއައީ. މިހާރު ކިހާ އިރެއް މަންމަ މިތާ އިންނަތާ.” ޖަވާބު ގައި ލަމްހާ ބުންޏެވެ.” އަހަރެން ފިހާރައަށް ދަނިކޮށް ޝަމާއާ ދިމާވީ. އެހެންވެ ލަސްވީ.” ލަމްހާ އެހެން ބުނުމަށްފަހު އަތުގައި އޮތް ބޭސް ކާޑު ދިއްކޮށްލިއެވެ. ލަމްހާގެ މަންމަ އަވަހަށް ބޭސް ކާޑު ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އޭރު ލަމްހާގެ ބައްޕަ ވެސް ހިތްހަމަނުޖެހިފައި އިނެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެ ލަމްހާގެ މަންމަ ފަހަތުން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
***
ލަމްހާއަށް ހިޔާލުތަކުން ބޭރުވެވުނީ މަޢްރިބު ނަމާދު ބަންގި ގޮވާ އަޑަށެވެ. އަވަސްއަވަހަށް ތެދުވެ ލަމްހާ ހިނގައިގަތީ ފާހަނައަށެވެ. ވުޟޫ ކޮށްލައިގެން އައިސް ނަމާދު ކުރަން ފެށިއެވެ.
ނަމާދުކޮށް ނިމިގެން ޚަތިމެއް ހިފައިގެން އައިސް އެނދުގައި އިށީނދެ ކިޔަވަން ފެށިއެވެ. ލަމްހާ ކިޔެވުން ހުއްޓައިލީ އިޝާނަމާދަށް ބަންގި ގޮވުމުންނެވެ. އަވަސްއަވަހަށް ޚަތިމް ބާއްވާ ލުމަށްފަހު އިޝާނަމާދަށް އެރިއެވެ. އިރުކޮޅެއްނުވެ ދޮރުގައި ޓަކިޖެހިއެވެ.
ލަމްހާ ނަމާދުކޮށްލައިގެން ގޮސް ދޮރު ހުޅުވާލި އިރު ހުރީ ލަހުފާ އެވެ. ލަހުފާ ބުންޏެވެ.” ލަމް އާދެބަލަ ރޭގަނޑު ކާނެ އެއްޗެއް ހަދަން. ދައްތަ ވެސް މި އައީ ދެންމެ ނަމާދު ކޮށްގެން. ލަމް ދޮރުގަ ޓަކިޖެހީމަ ނުއެއް ހުޅުވި. އެހެންވެ އިނގިއްޖެ ނަމާދަށް ހުރީކަން. އެހެންވެ ދެން ދައްތަ ވެސް ނަމާދުކޮށްލީ.” ލަހުފާ އެހެން ބުނުމާއެކު ލަމްހާ ވެސް ދިޔައީ ރޭގަނޑު ކާނާ ހަދާށެވެ.
ލަމްހާ މެން ކައިގެން އިނީ ޓީވީ ބަލާށެވެ. އޭރު ޓީވީ އިން ދައްކަމުން ދިޔައީ ބިރުވެރި ފިލްމެކެވެ. ކުއްލިއަކަށް ހުރެފަ ލަހުފާ ހަޅޭއްލަވައި ގަތެވެ.

31

You may also like...

Leave a Reply

Your email address will not be published.