އައިނާ (2) 20

- by - 57- July 31, 2020

ވިހިވަނަބައި

“ހާސްނުވޭ.. ބޭނުންވަނީ އައިނާ އެއްނު.. އަހަރެން ބުނާ ގޮތައް ކަން ކުރޭ…” ނަޝްވާ ހަރަމް ބަނދެލިއެވެ.

***

“ކޮންކަމެއް..؟؟” ޔުއާލް ބުނެލީ އައިނާ ހާސިލް ކުރަންވެގެން އެހިތް އެދި ގޮވަމުން ދާތީވެއެވެ.

***

“އައި ލަވް ޔޫ..” އައިނާގެ ކަންފަތް ދަށައް ގުދުވެލަމުން ހިޝާން ބުނެލިއެވެ. ވަގުތުން އައިނާ ލަދުން ގޮސް މަލެއްހެން މިލާ މޯޅިވިއެވެ.  ކޯވެސް ޗެރީ ކޮޅެއްހާ ރަތްވިއެވެ. އައިނާގެ ލަދުވެތި މޫނަށް ބަލަން ގެއްލިފައި ހިޝާން އަށް ހުރެވުނީ އާޝޯހު ވެފައެވެ. އައިނާގެ ރީތި ކަމަކީ ދުލަކުން ގަލަމަކުން ބަޔާން ކުރެވޭހާ ރީތި ކަމެކޭ އެވަގުތު ހިޝާންގެ ހިތައް އެރީ ކިތައްފަހަރުކަމެއް ޚުދު ހިޝާން އަށްވެސް ނޭނގެއެވެ.

***

“ވާނެ..؟؟!!” ވިހަ ހިނިތުންވުމެއް މޫނުމައްޗައް ގެންނަމުން ނަޝްވާ ޔުއާލް ކުރެން އެހިއެވެ. “އޭރުން ޔުއާލް އަށް އައިނާ.. އަހަންނަށް ހިޝާން.. ޑީލް؟؟” ނަޝްވާ އޭނާގެ އަތް ކުރިމައްޗައް ދިއްކޮށްލަމުން އަހާލިއެވެ.

ޔުއާލްގެ ސިކުނޑި ވެސް މިހާރު ވަނީ ޝައިޠާނާގެ ވަސްވާހުން ފުރިފައެވެ. އޭނާގެ ލޯތްބާއި އުފާތައް އިސްކުރަމުން ނަޝްވާގެ އަތުގައި ހިފިއެވެ.

***

“ހެއި.. ހިޝާން.. ވަރަށް ދުވަސް ވެއްޖެ ދޯ ނުފެންނަތާ ވެސް..” އައިނާ އާއި ދިމާލަށް ހެވިފައި ބަލަން އިން ހިޝާން އަށް ހޭވެރިކަމެއް ވީ ޔުއާލްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. “ހެއި ޔުއާލް.. އާނ ދޯ.. ސްކޫލް ބަންދުވީ މައި ދިމައެއްވެސް ނުވޭ ދޯ..؟” ހިޝާން ވެސް ޔުއާލް އާއި ދިމާ އަށް ބަލާލަމުން ބުނެލިއެވެ.

“ހިނގާބަ އަހަންނާއި އެއްކޮށް މިއަތައް ޖެހިލަން..” ޔުއާލް ބުނެލީ އެތާގައި އިން ބުއިންތައް އަތުރާފައި ހުރި ދިމާ އަށް އިޝާރާތް ކުރަމުންނެވެ. “ޔެސް ލެޓްސް ގޯ.. މިއަންނަނީ އެނގޭ ލަވް.. ނުވާނެ ގިނައިރެއް..” އައިނާ އާއި އެހާ ގަތްކޮށް ހިޝާން ވާހަކަ ދެއްކުމުން ޔުއާލްގެ އަތް މުށްކެވުނެވެ. ނަމަވެސް ކޮންޓްރޯލް ކުރަމުން ހިޝާން އާއި އެއްކޮށް ހިނގައި ގަތެވެ.

ބުއިންތައް އަތުރާފައި ހުރި މޭޒާއި ހަމަ އަށް ދެވޭ އިރަށް ޔުއާލް ހިޝާން އާއި ދިމާ އަށް އެނބުރުނެވެ. “އެބަ އަންނަން އެނގޭ… މިތާގައި މަޑު ކޮށްލައްޗޭ..” ޔުއާލް ހުރިހާ މީހުންގެ ތެރެއަށް ގޮސް ގެއްލުނެވެ. ނަޝްވާ އަށް އޭނަ ބޭނުންވި ފުރުސަތު ލިބުނެވެ.

***

ފޫހިވެގެން އައިނާ އެހެން ދިމަ ދިމާ އަށް ކަޅި ހިންގަން ފެށުނީ އަޝްހާ ފެންނަން އިންތޯ އެވެ. އެވަގުތު ވީ އަޝްހާ އަށް ފޯނު ކޯލެއް އައިސްގެން ބޭރަށް ނިކުތް ވަގުތަށެވެ.

***

“ހެއި ހިޝާން.. ކިހިނެތްތަ..؟” ނަޝްވާ ހިޝާން ކައިރީގައި މަޑުކޮށްލަމުން ބުނެލިއެވެ. “ރަނގަޅު..” ހިޝާން ކުރު ޖަވާބެއް ދިނީ ނަޝްވާ އާއި ދުރައް ޖެހި އެހެން ދިމާ އަކަށް ނަޒަރު ހިންގާލަމުންނެވެ. “މިހާރު އަހަރެން އެހާ ވަރަކުން ނޫޅެމޭ ހިޝާން އާއި ހެދިއެއް.. އެކަމު އެންމެ ފަހު ފަހަރު ކަމަށް ހިނގާބަ އަހަރެންނާއި އެއްކޮށް ޓެރަސް މައްޗައް.. އަހަރެން މިއުޅެނީ ފުރަން…” ނަޝްވާ މިހެން ބުނުމުން ހިޝާން ވިސްނަން ފެށިއެވެ.

ނަޝްވާގެ ކިބައި ސަލާމަތް ވާން ވެގެން ހިޝާން އެއްބަސް ވީ އެންމެ ފަހު ފަހަރު ކަމަށް ނިންމައިގެންނެވެ. ފަރުދާގެ ފުރަގަހުގައިވި ނުބައި ރޭވުން ހިޝާން އަށް މޭރުން ވާނަމަ ނުދިޔައީސް ކަން ގައިމެވެ. ނަޝްވާގެ ފަހަތުން ހިޝާން މައްޗައް އަރަން ދިޔައެވެ.

***

ނުދަންނަ ނަންބަރަކުން ގުޅަން ފެށުމުން އަޝްހަ ނިކުތީ ބޭރަށެވެ. އެތެރޭގައި އަޑުގަދަކަމުންނެވެ. “އައްސަލާމް އަލައިކުމް.. އަޝްހާ ވާހަކަ ދައްކަނީ..” ފޯނު ނެގިގޮތައް އިސްލާމީ ރިވެތި ސަލާމުން އަޝްހާ ގޮވާލިއެވެ.

“އެހެންތަ..؟ އެހެންވީރު މީކާކު ކަން އެނގިއްޖެތަ..” އެކޮޅުން ވާހަކަ ދެއްކި މީހަކު ބުނެލިއެވެ. “ނޫން ނޭނގުނު..” އަޝްހާ ބުނެލީ އެއަޑު ކޮންމެވެސް ތާކުން އިވުނު އެހެން ނަމަވެސް ފާހަގަ ނުކުރެވުމުންނެވެ. “ވަރަށް ދެރަ.. އަހަރެން ހީކުރީ އެދުވަހު އެއާޕޯޓުން އަހަރެން ފެނިގެން އަނގަ ނެގިފައި ހުރީމައި އަހަރެންގެ އަޑު އިނގޭނެ ކަމަށް..” އެކޮޅުން ވާހަކަ ދެއްކި މީހަކު ބުނެލިއެވެ.

“ނައިލް…؟؟” އަޝްހާ އަށް ބުނެލެވުނެވެ. “ގުޑް ކެޗް.. މީ ނައިލް.. އަޝްހާ ކިހިނެތްތަ..؟” އެކޮޅުން ވާހަކަ ދެއްކި ނައިލް ބުނެލިއެވެ. “ރަނގަޅު ހަމަ.. ނަ.. ނައިލް ކިހިނެތްތަ..؟” އަޝްހާ އަހާލިއެވެ. “އަހަރެންވެސް ރަނގަޅު.. ކޮބާ އެހެން މީހުން ކިހިނެތްތަ..؟ ކޮބާ އައިނާ އާއި ހިޝާންގެ ދެމީހުން..” ނައިލް ގާތް ކޮށް ވާހަކަ ދެއްކުމުން އަޝްހާ ވެސް ލަދުން ވާހަކަ ނުދައްކައެއް ނީނދެވުނެވެ. އެހެނީ އަޝްހާ އަކީ ވެސް ވާހަކަ ދައްކަން ނިކަން ކެރޭ މީހަކެވެ.

***

ނަޝްވާ އާއި ހިޝާން މައްޗައް އަރައިގެން ދިޔައެވެ. އެދެމީހުން މަޑުކޮށްލީ ރެއިލިން ކައިރީގައެވެ. “ދެން ކޮން ވާހަކަ އެއް ބުނަންތަ އަހަރެން މިތަނަށް ތިގެނައީ..” ހިޝާން އެމީހުން އެތަނަށް އައިތާ ގިނައިރު ވާން ފެށުމުން އެހެން ބުނީ ނަޝްވާ ވާހަކަ ދައްކަން ނުފެށުމުންނެވެ.

***

“ކޮބާ ހިޝާން.. ނާދޭތަ..؟” ނަޝްވާ އާއި ހިޝާން ހިނގައި ގަތުމުން ތަންވަޅު ބަލާފައި ޔުއާލް އައިނާ ކައިރިއަށް ދިޔައެވެ. “ޔުއާލް އާއި އެއްކޮށެއްނު ދިޔައީ..؟” އައިނާ ހައިރާންވެފައި ބުންޏެވެ. “އަހަރެން ކައިރީގައި އިނދެފައި އޭނާ ދިޔަތާ މިހާރު ކިތަންމެ އިރެއް..” ޔުއާލް ހަމަޖެހިލައިފައި ބުނެލިއެވެ.

“ބުނަންތަ ސީކްރެޓެއް.. އިނގޭތަ ހިޝާން އަކީ ތި ހީކުރާ ކަހަލަ މީހެއް ނޫން..” ޔުއާލް ބުނެލިއެވެ. “ޔުއާލް.. ކޮންކަހަލަ ވާހަކަ އެއްތަ ތިދައްކަނީ.. އަހަރެން އަޑު އަހާކަށް ބޭނުމެއްނޫން..” އައިނާ ހިތްހަމަ ނުޖެހިފައި ބުނީ ހިޝާންގެ އެއްވެސް ދެރަބަހެއް އަޑު އަހަރެން ކެތް ނުވާތީވެއެވެ.

“އިނގޭ އަހަރެން ބުނީމައި ގަބޫލު ނުކުރެވޭނެ ކަން.. އެކަމު އެންމެ ފަހަރަކުވެސް އަހަރެން ދައްކާ ވާހަކަ އެއް އަޑު އަހާބަލަ.. ހިޝާން އަކީ ދެފަހަރު ދެއަންހެން ކުދިން ގެން ގުޅޭ މީހެއް.. އަހަރެންގެ ވާހަކަ އެއް ގަބޫލު ކުރަންޏާ ޓެރަސް އަށް ގޮސް ބަލާބަލަ.. ގައިމުވެސް އޭރުން އެނގޭނެ..” ޔުއާލް ނިކަން ކުޅަދާނައެވެ.

ތުންފަތް މައްޗައް ވެރިވި ވިހަ ހިނިތުންވުން އައިނާ އަށް ނުފެނުނީ އޭނާ ފުރަގަސް ދިނުމުންނެވެ.

_ނުނިމޭ

57

A aaR

i am a girl who loves to read n write dhivehii stories☺.... luv to read comments frm readers..❤ Accepting positive and negative comments tooo... study in dh.a.e.c gr. 8... dh. Kudahuvadhoo.. age 14.. can contact via my insta acc @a.s.n.a.03______... or my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru.. My long stories: Aina, Kaamiyaabu, Aharenge Vaahaka... My on going story: Aina S2.. _A aaR

You may also like...

9 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Alhe Ainaa gaboolu nukurahchey e Yuaal dhahkka vhk… Aina Hishaan ah ithubaaru kuramehnnu dhw…. vrh vrh reethi mi part vx… curiously waiting 4 the nxt part….

  2. Love this story 🧡🧡🧡🧡this part is even amazing😊😊😊😊 can’t wait for next part 🙂🙂🙂🙂🙂By the way Eid mubarik to everyone

  3. Wow mi part ves vrh Sali💯💯💯💯💯
    Amazing 👌👌👌👏👏👏👏
    Mi nashvaa aa yuaal haadha nulafaey 😡😡😡ekaku aaina beynunvegen anekaku hishaan pis pis🤦🤦🤦 by don’t let anything happen to aainaa and hishaan😥😥😥😥😥😥😥😥😥😃😃😃😃😃
    Waiting for next❤️❤️❤️
    Luv uuu❤️❤️❤️
    Stay saf😃😃😃😃e

Leave a Reply

Your email address will not be published.