އަންޖަލް (15)
އަންޖަލް މޫނު ދުރުކޮށްލުމަށްފަހު ބާރަކަށް ރޮއެގަތެވެ. ކުރީގެ އަންޖަލް ނަމަ މިހާރު ޖައިޝްގެ މޫނު މަތީގައި އެތިފަހަރެއް އަޅާލީހެވެ. ނަމަވެސް އޭނާ ވަނީ މިވަގުތު އެއްވެސް ކަމަކާމެދު ވިސްނުމަށް އުދަގޫވެފައެވެ. ޖުނާންދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ޖައިޝް މަޑުމަޑުން އަންޖަލްގެ ގައިގާ ބައްދާލިއެވެ. މިފަދަ ވަގުތެއްގައި ހަދަންވީ ގޮތެއް ހުދު ޖައިޝްއަކަށްވެސް ނޭގެއެވެ. އަންޖަލް ހިތްފުރެންދެން ރޯން ދޫކޮށްލާނީ ބާއޭ ނުވަތަ ހަމަޖެއްސޭތޯ ވަހަކަ ދައްކަންވީ ބާއޭ ހިތަށް އަރަމުން ދިޔައެވެ.
****
ޖައިޝްގެ ކެބިން ދޮރު މަތީގައި އަންޖަލް ރޯ އަޑު އަހަން ޖުނާން ހުއްޓެވެ. އެތެރެއަށް ވަދެ އަންޖަލް އަށް ހުރިހާ ކަމެއް ކިޔާ ދޭނެމޭ އެތަށްފަހަރަކު އޭނާގެ ހިތަށް އެރި އެވެ. ނަމަވެސް ވިސްނާނުލާ އެޅުނު ޅައެއްޗަކުން ދެން އަންޖަލް އޭނާ ދައްކާ ވާހަކައެއް އަޑު ނާހާނެކަން އެގެއެވެ. ޖުނާން ސިއްސައިގެން ދިއައީ ކުއްލިއަކަށް އަންޖަލް ދޮރު ހުޅުވާފައި ޖުނާންގެ އަތުގައި ހިފާ އެތެރެއަށް ދަމާލުމުންނެވެ.
” އައި ނީޑް އަ އެކްސްޕްލަނޭޝަން.. އަހަންނަށް ކޮންކަމެއް ގޯސްކޮށް ކުރެވުނީ… އަޅެ އަހަރެން ކައިރި ބުނެލި ނަމަ އަހަރެން ރަގަޅު ކުރީހެއްނުން..” މި ބުނި އެއްޗަކުންވެސް އަންޖަލް އިންތިހާއަށް ޖުނާން ދެކެ ލޯބިވާކަން ހާމަވެގެން ދިޔައެވެ. ބޭވަފާތެރިކަން ފެނުމުންވެސް އަދިވެސް އަންޖަލް ޖުނާޏް ދެކެ ފޫހި ނުވޭ ބާއޭ ޖައިޝް ހިތަށް އަރަމުން ދިޔައެވެ.
” އެއްވެސް އެކްސްޕްލަނޭޝަންއެއް ނެތް… އަހަރެން ހަމަ ފޫހިވީ އަންޖަލް މަތިން… އަހަންނަކަށް އެންމެ އަންހެނަކުން ނުފުދޭ..” ޖުނާން ކެއްކޮށްލާފައި ބުނެލީ ވަރަށް ހަރުކޮށެވެ. ހީވަނީ ހަމަ ހިލަހިތެއްގެ ވެރިއެއް ހެނެވެ.
” ތިބުނީ އަހަރެން ދެކެ ޖުނާން ލޯބި ނުވެޔޭތަ..” ޖައިޝް ހުރިހެންވެސް ދެމީހުނަކަށް ހީނުވޭއެވެ.
” ލޯތްބޭ އެއީ ކޯއްޗެއް.. ކާއެއްޗެއްތަ..” ޖުނާން މަލާމާތް ކުރާ ފާޑު ޖައްސާލަމުން އަހާލިއެވެ. އަންޖަލް ކައިރިއަށް އައި ރުޅިއެއް ބުނަންވެސް ނޭގުނެވެ.
” ޝަންމަ އާ އިދެގެން ހުރެ އަހަންނަށް އެއްލި ކަޅި ތަކުންވެސް އަހަންނަށް ނުވިސްނުނީތީ ދެރަވޭ.. އަހަރެންގެ އަމިއްލަ އެދުމައިގެން އުޅުނު އިރު ނޭގެ އަހަރެގެންގެ ދައްތަ ދިޔައީ މަރާ ހަގުރާމަކުރަމުން ކަމެއް.. މި ހުރިހާ ކަމެއްވެސް މިވީ ކަލެއާ ހެދި… ދެން އަހަރެންގެ ކުރިމައްޗަށް ނާންނާތި.” ޖުނާންގެ ކޮލުގައި އެތިފަހަރެއް ޖަހާލުމަށްފަހު އަންޖަލް ބުނެލިއެވެ. ޖުނާންއަށް ހިނިގަޑެއް ޖަހާލުން ނުން އިތުރު ކަމެއް ނުކުރެވުނެވެ. އަންޖަލް ވީ ފޫސެއް ބޫނާކަށްވެސް ނޭގުނެވެ.
” އަހަރެން ޔުމްނާ ކައިރި ހުރީމަދޯ އަންޖަލް އަށް މައްސަލައަކަށްވީ.. ތީ މާ މާތް މީހެއްތަ… ދޮންބެ ގައިގަ ބައްދާ ފިރުމާ ހަދާ ދެމީހުން ދެމީހުންނަށް ތިބާލާ އިޝްޤީ ބެލުން އަހަންނަށް ނޭގެނީއޭތަ ހީކުރީ… އަހަންނަށް ހުރިހާ އެއްޗެއްވެސް އެގޭ. އަންޖަލް ލޯބިވަނީ ދޮންބެ ދެކެކަންވެސް އެގޭ..” ޖުނާން މިހެން ބުނެލިތަނާ އަންޖަލް ދެވަނަ ފަހަރަށް ޖުނާންގެ މޫނު މަތީ ޖެހިއެވެ. މިއޮއްހާ ދުވަހު އޭނާ އަށް ލޯބިވެވުނީ ޖައިޝްދެކެ ހެއްޔެވެ. ހުރިހާ ކަމެއް އިގިހުރެ ޖުނާން މިހެން ބުނުމުން އަންޖަލް ގެ ހިތުގައި ޖެހުނެވެ.
” ޖުނާން އެއީ..” ޖައިޝް އެއްޗެކޭ ބުނަން އަގަ ހުޅުވާލިތަނާ ޖުނާން އަތް ހިއްލާލުމަށްފަހު ހުއްޓާލާށޭ ބުންޔެވެ.
” ދޭ.. އަހަރެން ބޭނުމެއް ނުން ތިކަހަލަ ބޭވަފާތެރި ގޮތް ކުޑަ މީހެއް ފެންނާކަށްވެސް… އައި ހޭޓް ޔޫ…” އަންޖަލް ކަރުނަތައް ފޮހެލުމަށްފަހު އެ ކެބިން އިން ނިކުމެގެން ދުއްވައިގަތެވެ.
” ޖުނާން އަހަރެން ހިޔެއް ނުކުރަން ޖުނާން ތިހެން ހަދާނެކަމަކަށް…” ޖައިޝް ރުޅިވެރި ގޮތަކަށް ޖުނާން އަށް ބުނެލުމަށްފަހު އެތަނުން ދާން ހިގައިގަތެވެ.
***
” އަންޖަލް އަންޖަލް… ތިތަނުން ފައިބާ…” ޖައިޝް ގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އޮފީހުގެ ޓެރެހުގެ ފާރުމަތީ އަންޖަލް އިނީ އިށީދެލައިންނެވެ. ޖައިޝް ގޮވާލިއަޑަށް އަންޖަލް ފަހަތަށް އެބުރިލިއެވެ. އެ ކުރަގި ދެލޯވަނީ ރޮއެ ރޮއެ ރަތްވެފައެވެ. ނޭފަތްވެސް ހީވަނީ ކުޑަ ކުޑަ ފިޔާތޮށި ޖަންބެއްހެނެވެ. އަންޖަލްގެ ދޮންކަމުން ރޯލިއަސް މުޅި މީހާ ރަތްވެއެވެ.
” އަންޖަލް ހެޔޮނުވާނެ ތިތަނުން ފައިބާ… އާދޭސް ކޮށްފަ މިބުނަނީ…” ޖައިޝް އަށް އުދަގޫތަކެއް ކުރަމުން ދިޔައެވެ. ކުއްލިއަކަށް ނޭވާލާން އުދަގޫވިއެވެ. މޭގައި އަތް އަޅައިގެން ޖައިޝް ބިންމައްޗަށް ތިރިވާން ފެށިއެވެ. ލޮލުން ކަރުނަ ހިލެން ފެށިއެވެ.
“އަން… އަންޖަ.. އަންޖަލް..” ޖައިޝްގެ ހަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓުނެވެ. އަންޖަލް ފަސް އެބުރި ބަލާލީ އެއްޗެއް ވެއްޓުނުހެން ހީވެގެންނެވެ. ޖައިޝް ހޭނެތިފައި އޮތްތަން ފެނުމުން އަންޖަލް އަށް ތެޅި ގަނެވުނެވެ. ފާރުމަތިން ފައިބައިގެން ދުވެފައި ކަހަލަ ގޮތަކަށް އައިސް ޖައިޝްގެ ބޯނަގާ އޭނާގެ އުގުގައި ބާއްވާލިއެވެ. މީހަކަށް އެހީއަކަށް އެދުނަސް ޓްރަހުގައި ތިބި ކަމުން އަޑެއް ނީވޭނެއެވެ. އަންޖަލް ފޯނު ހޯދަމުން ދިޔައެވެ. މާ ފަހުން ފޯނު ދަބަހުގައި އޮތް ހަދާންވިއެވެ. ހާސެވެފައި ހުރިވަރުން ހަދަންވީ ގޮތް ވެސް އަންޖަލް އަކަށް ނޭގުނެވެ. ޖައިޝް ލައިގެން ހުރި ފަޓްލޫނުގައި އަތް ކާއްތާލީ ފޯނެއް ލިބޭތޯއެވެ. ނަސީބަކުން ޖައިޝްގެ ފޯނު އޮތެވެ. އަވަސް އަވަހަށް ފޯނު ނަގާ އެންބިއުލާންސްއަށް ގުޅަން ހުޅުވާލިއެވެ. ފިންގާއިން އަންލޮކް ކުރެވެން އިނުމުން ޖައިޝްގެ އަތް ނަގާ ފަހަރަކު އިގިއްޔެއް ޖައްސަމުން ދަނިކޮށް ފޯނު ހުޅުވުނެވެ. ބަލަން ނުހުރެ އަންޖަލް އެންބިއުލާންއަށް ގުޅިއެވެ.
” ހަލޯ.. ހަލޯ… މީ މީ… ސޯލް… ސޯލް ކޮންޕެނީ.. މީހަކު ހޭނެތިފަ އެބައޮތް.. އާދެބަލަ.. ވަރަށް އަވަސް… ޓެރެސް…” ހާސްވެފައި ހުރިވަރުންނާއި ރޮމުންދިޔަވަރުން އަންޖަލްއަށް ޖުމްލައެއް ފުރިހަމަ ނުކުރެވުނެވެ.
***
ޖައިޝް އަށް ހޭވެރިކަން އައި އިރު އޭނާ އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައެވެ. އޭރު އަންޖަލް ފެންނާކަށް ނެތެވެ. ތަންކޮޅެއް ދުރުގައި ޑަކްޓަރާއި ވާހަކަ ދައްކަން ހުރިތަން ފެނުނެވެ. އައިވީ ގުޅާފައި އޮތުމުން ޖައިޝް އަންޖަލް އަންނަންދެން އޮށޯވެލައިން އޮތެވެ.
” ޑޮކްޓާރ.. ކިހިނެއްތޯވީ؟ ޖައިޝް ވަރަށް ބަލިތޯ.. ކެންސަރުތޯ؟ ” ހާސްވެފައި ހުރިވަރުން އަންޖަލް ކިޔޭ ނުކިޔޭއެއް ނޭގެއެވެ.
” ރިލެކްސް… އިޓްސް ނޮޓް ކެންސާ… ޖައިޝް ވަނީ މީގެ 3 އަހަރު ކުރިންވެސް ޓްރޯމާއަށް ފަރުވާ ހޯދާފަ… އެކިއުޓް ޓްރޯމާ… އަޅުގަޑުމެންނަކަށްވެސް ސީދާ ކޮންކަމެއް ކަމެއް ނޭގެ.. އެޔެއެއް ދެނެގަނެވޭނީ ސައިކޭޓްރިސްޓުންނަށް.. ހީ ނީޑް އަ ލޮޓް އޮފް ހެލްޕް ފްރޮމް ފެމިލީ… ” ޑަކްޓަރު ބުނެލިއެވެ.
” ރަގަޅުވާނެތޯ؟” ޖައިޝް ހާސްވާގޮތް ވީ ކީއްވެކަން އަންޖަލްއަށް ނޭގުނަސް އެއީ ޓްރޯމާއިންކަން އިގިއްޖެއެވެ. މީގެ ތިން އަހަރު ކުރި ކަމުގައި ވާނަމަ ޖައިޝް އޭރު އުޅުނީ ލަންޑަން ގައި ކިޔަވަންށެވެ. އެތަނުގައި ދިމާވީ ކޮންކަމެއް ބާއެވެ. ޖައިޝް އެހާ ބިރުގަނެ ހާސްވަނީ ކީއްވެބާއެވެ. ހުރިހާ ސުވާލެއް ޖައިޝްއާ ކޮށް އޭގެ ޖަވާބު އަންޖަލް ބޭނުމެވެ. ޑަކްޓާރު ދިއުމުން އަންޖަލް އައިސް ޖައިޝް އޮތް އެދުގައި މަޑުކޮށްލިއެވެ.
***
ޖުނާން ގެއަށް އައިސް ވަތް ގޮތަށް ކޮޓަރިންވެސް ނުނިކުމެއެވެ. އާންމުކޮށް ހަވީރު ސައިބޯން ތިރިއަށް ފައިބާ ޖުނާން ނައުމުން އަސްމާ އެކޮޓަރިއާ ދިމާލަށް ހިގައިގަތެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު އެދުމަތީގައި ހެދުން އަޅާފާއި ހުރި ފޮއްޓެއް ހުއްޓެވެ. އަލަމާރި ތެރޭ ހުރި ހެދުންތައް ނަގަމުން ޖުނާން ދިޔައެވެ.
” ދަރިފުޅާ.. ތީއޯ..” އަސްމާ އަވަސް އަވަހަށް އައިސް ޖުނާންގެ އަތުގައި ހުރި އެއްޗެހި ނަގާ އަނެއްކާ އަލަމާރިއަށް ލިއެވެ.
” މަންމާ ޕްލީސް.. އަހަރެން މިތަނުން ދިޔަދީ… މަންމަ އަށް ޓަކައި އަހަރެން އަންޖަލް މި ދޫކޮށްލީ.. އެފަކީރުގެ އެއްވެސް ކުށެއް ނެތިސް އެހާ ހިތްދަތިކަން ދީފަ… އަހަންނަކަށް އަންޖަލް އާ އެއް ގެއެއްގަ އުޅެން ކެތެއް ނުވާނެ.. އޭނަ ރޮއެ ހިތާމަ ކުރާތަން ބަލަން އަހަންނަކަށް ކެތެއް ނުވާނެ..” ޖުނާން އަސްމާ ލީ ހެދުންތައް އަބުރާ ނަގަމުން ބުނެލިއެވެ.
” މީ ދަރިފުޅުގެ ގެ.. މިގެއިން ދާން ޖެހޭނީ އަންޖަލް.. ދަރިފުޅެއްނުން… ” އަސްމާ ކުޑަކޮށް ހިތްހަމް ނުޖެހުނެވެ.
” އަންޖަލް މިގެއިން ނެރެލައިފިއްޔާ ދެން މަންމަވެސް ބަލާ މަންމަ އަށް ފެންނާނީ އަހަރެންގެ ފުރާނަ ނެތް މަސްގަޑުކަން…” ޖުނާން ފޮށީގެ ޒިބު އަޅުވާލަމަށްފަހު ފޮށި ހިފައި ނިކުމެގެން ދިޔައެވެ. އަސްމާ ޖުނާންގެ ފަހަތުން ދާން ބޭނުންވެފައި ހުއްޓަސް ނުދިޔައި މިހުރިހާ ކަމެއް ފަޅާއަރާފާނެތީއެވެ.
ރޭގަޑު 8 ޖެހިތަނުން ޖައިޝް އާއި އަންޖަލް އައިސް ގެއަށް ވަނެވެ. އަންޖަލް އެއްޗެއް އަހަން ބޭނުންވެފައި ހުރިކަން ޖައިޝްއަށް އެގެއެވެ. ނަމަވެސް އެކަމަށް ސަމާލުކަން ނުދިނީ އޭނާގެ މާޒީ އަދި އެއްވެސް މީހަކަށް ކިޔާދެން ބޭނުން ނުވާތީއެވެ.
ރޭގަޑުގު ނާސްތާ ކުރަން އެންމެން އައި އިރު އަންޖަލް އާޖުނާން ނެތެވެ. އިސްހާގު އަސްމާ ކައިރީ ދެމީހުން ކޮބައިތޯ އަހާލިއެވެ.
” ޖުނާންވީ ބިޒްނަސް ޓްރިޕަކު ގޮސް.. އަންޖަލް.. އެހަރަ އަންނަނީ ނުން ފަރިކަމަނާ..” އަސްމާ މިކުރި މަލާމާތް އެންމެންވެސް ހީކުރީ އެއީ އޭނާ ލޯބިން ބުނިއެއްޗެއް ކަމަށެވެ. އަންޖަލް އައިސް އިށީން އިރު ޖުނާން ފެންނާކަށް ނެތެވެ. ކޮބައިތޯ އަހަން ނުކެރިފައި ހުރެ ކައި ނިންމާލުމަށްފަހު އަންޖަލް ގޮސް ކޮޓަރިއަށް ވަނެވެ. އަންޖަލް ފޯނު ނަގާ ނަންބަރަކަށް ޑައިލް ކޮށްލިއެވެ. އެކޮޅުން ފޯނު ނެގުމާއެކު އަންޖަލްގެ ބަޑި ފަޅާއިން ދިޔައެވެ.
” އަންޖޫ.. ކިހިނެއްވީ.. ޕްލީސް ޓޯކް… ” ފައިހާ ހާސްވާ ގޮތްވިއެވެ. އަންޖަލް ގިސްލާ ރޮމުންދާނީ ކޮންމެވެސް ކަމެއް ގޯހުން ދިޔައިމަކަން ފައިހާއަށް އެގެއެވެ. އިރުކޮޅެއް ތެރޭ އެބަ އަންނަމޭ ބުނެ ފައިހާ ފޯނު ބޭއްވިއެވެ. އިރުކޮޅަކުން ޖޫދު އައިސް އަންޖަލްގެ ކޮޓަރިއަށް ވަނެވެ. ފައިހާ ގުޅާފައި އަންޖަލް ކައިރީ މަޑުކޮށްލަދެން ބުނުމުން ވީ ގޮތެއް ބަލަން ޖޫދުވެސް އައިއެވެ.
” އަންޖޫ.. ކިހިނެއްވީ..” ޖޫދު އަހާލިއެވެ. އަންޖަލް އަކަށް ޖޫދު ކައިރީ އެވާހަކަ ދައްކާކަށް ނުކެރުނެވެ. ބޯ އަޅާލައިން އޮތްގޮތަށް އަންޖަލް އޮތެވެ. 15 ވަރަކަށް މިނިޓް ތެރޭގައި ފައިހާ އައެވެ. އަންޖަލްގެ ކޮޓަރިއަށް ވަތްގޮތަށް އައިސް އަންޖަލް ގައިގާ ބާރަކަށް ބައްދާލިއެވެ. މިވަގުތު އަންޖަލް އަށް އެންމެ މުހިންމީ މީހެއްގެ އަޅާލުމެވެ. ފައިހާ ބޮލުގެ އިޝާރާތުން ޖޫދު ގާޓު ބޭރަށް ދާޏް ބުނެލިއެވެ.
” ފައި.. އަހަރެން ދެން ކިހިނެއް ހަދާނީ… ޖުނާން.. ޖުނާން..” ޖޫދު ނުކުމެގެން ދިއުމާއެކު އަންޖަލް ވާހަކަ ދެއްކޭތޯ އުޅުނެވެ.
” ހުމްމްމްމް.. ޖުނާން.. ކިހިނެއްވީތަ އަންޖޫ.. ބުނީމަ ދޯ އިންގޭނީ..” ފައިހާ މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ.
” ވީ ބްރޯކް އަޕް.. ” އަންޖަލް ގިސްލަމުން ބުނެލިއެވެ.
” ވަޓް… ކިހިނެއްވީ.. ޖުނާންތަ ރުޅިވީ…” ފައިހާއަށް ގަބޫލްކުރަންވެސް އުދަގޫވިއެވެ. ލައިލާ އާ މަޖުނޫން ފަދައިން ލޯބިވެގެން އުޅުނު ދެމީހުން ކުއްލިއަކަށް ރުޅި ވިއޭ ބުނުމުން އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ.
” ޖުނާން.. ޔުމްނާ އާ އެކު..” އަންޖަލް މޫނު އަނެއްފަރާތަށް އަބުރާލިއެވެ. އަންޖަލް ބުނަން އުޅުނު އެއްޗެއް ފައިހާ އަށް ނަގައިގަންނަން މާ އުދަގުލެއް ނުވިއެވެ. ފައިހާ އަކީވެސް ހަޔާތުގައި އެގޮތަށް އޭނާ އެންމެ ލޯބިވި މިހާ ބޭވަފާތެރިވެ ހިތްދަތިކަން ތަހަންމަލު ކުރި އެކަކެވެ.
” އޮފޯ.. އަންޖޫ.. ޖަސްޓް ފޮގެޓް ހިމް.. ނޭގޭތަ އަހަންނަށް ވީ ގޮތް… އިކޫ އަހަންނަށް ކަންތައްކުރީ ކިހިނެއް.. ބަޓް ސީ… މިހާރު އިކޫ ދެރަވާނެ އަހަރެން އުޅޭ ހެޕީގޮތް ބަލާފަ… ޔޫ ޖަސްޓް ނީޑް ޓު މޫވް އޮން.. އަހަރެން ވެސް އިކޫ އާ ރުޅިވިތާ ކޮޅު ވަރަށް ދެރަވެ ހިތާމަކުރިން.. އަވަހަށް އެހަދާން ތަކާ ދުރުވާން އަހަރެން އެހެން މީހަކާ ރައްޓެހިވީ.. މިހާރު އަހަރެން ހިތަކަށް ނާރާ ކެހެރެވަކޭވެސް އިކޫ ފެނުނުނަސް..” ފައިހާ ބެލީ އޭނާގެ ތަޖުރިބާއިން އަންޖަލްއަށް ވިސްނަ ދެވޭތޯއެވެ.
” ފައި.. އައި ރިއަލީ ލަވް ހިމް… އަހަންނަކަށް ޖުނާން އާ ނުލާ ނޫޅެވޭނެ. އެހެން މީހަކާ އަހަރެން ކިހިނެއް ރައްޓެހިވާނީ.. އެއީ އަނެކާއަށް ދެވޭ ކިހާ ބޮޑު ދެރައެއް.. އަހަރެންގެ ހިތް އޮތީ އެހެން މީހަކަށް ދެވިފަ.. ޖަސްޓް ބިކޯޒް އައި ވޯންޓް ޓު ފޮގެޓް ސަމްވަން އައި ކާންޓް ރުއިން އަދާރސް ހެޕިނަސް..” އަންޖަލް ބުނެލިއެވެ.
” އަހަރެންވެސް އިކޫ ދެކެ ވަރަށް ލޯބިވީމޭ… ފަސްޓް ލަވް އަކީ އަސްލު ލޮއިބެއް ނޫނޭ އަންޖޫ… އެހެން މީހަކާ ރައްޓެހި ވީމަ އޭނަގެ އޯގާތެރިކަމުން އަންޖޫ ހުރިހާ ކަމެއް ހަދާން ނެތޭނެ.. އޭނަ ދެކެ ލޯބިވެސް ވެވޭނެ..” ފައިހާ ދައްކަމުން ދިޔަ ވާޙަކަ އަންޖަލްއަށް މަޑު މަޑުން ގަބޫލް ކުރެވެން ފެށިއެވެ.. ފައިހާ އެދައްކަނީ ތެދުކަން ހުދު އޭނާއަށްވެސް އެގެއެވެ. އެހުރިހާ ކަމެއް ހިގައިދިޔައީ އޭނާގެ ކުރިމަތީގައެވެ. ދެމީހުން އެތަކެއް ވާހަކައެއް ދައްކަން ތިބުމަށްފަހު ފައިހާ ގެއަށް ދާން އަންޖަލްގެ ކޮޓަރިން ނިކުތެވެ. އެވަގުތު ޖޫދު އައިސް ފައިހާގެ އަތުގައި ހިފާލައިގެން ގޮސް އޭނާގެ ކޮޓަރީ ބެލްކަންޏަށް ނިކުތެވެ.
” ކިހިނެއްވީ؟” ޖޫދު ހާސްވެފައި އަހާލިއެވެ. ހީވަނީ ފައިހާ ނުނިކުމެގެން ހުރިހެންނެވެ.
” ކިހިނެއްވާންވީ..” ފައިހާ ހުރީ ޖޫދު އެހެން ކަންތައް ކުރުމުން ބަސް ހުއްޓިފައެވެ. އޭނާއަށް ނޭގިނަމަވެސް މަޑުމަޑުން ޖޫދަށް އޭނާގެ ހިތް ވަނީ ދެވިފައެވެ. ޖޫދު ފުއްޓަތްކެއް ޖަހާލުމުން ފައިހާ ސިއްސައިން ދިޔައެވެ. ގޮޑީގައި އިށީނުމަށް ފަހު ޖޫދުއަށް ހުރިހާ އެއްޗެއް ކިޔާދިނެވެ.
” އައި ނިއު އިޓް.. ތިއްތި އާ ދެމީހުން ދޯ.. ތިއްތި އެއީ އެކަހަލަ ކަމެއް ކުރާނެ މީހެކޭ ހީވެސް ނުވޭ… ހުރިހާ ކަމެއް ކޮއްފަ ކޮން ބިޒްނަސް ޓްރިޕް އެކޭ ކިޔާކަށް..” ޖޫދު ކައިރިއަށް ރުޅިއައެވެ.
” އަންޖޫ އަށް ބަލާދެއްޗޭ އިނގޭ..” ފައިހާ ދަމުން ބުނެލިއެވެ. ޖޫދު އާ އެކު ވަގުތު ކޮޅެއް ހޭދަކޮށްލެވުމުން ފައިހާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ފަރި ހިގުމެއްގައި ފައިހާ ހިގާފައި ދިޔަތަން ބަލަން ޖޫދުއަށް އިދެވުނެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.




Anneyong sis?????
Olenmanieyo????
Wow mi part ves vrh Sali ?????
Masha Allah????????
Mi haaru asmaa Vs anjal deke foohi vanee tha Aley…????. But Ril ah heevanee anjal ge real love akee jaish hen❤️❤️❤️❤️
But anjal ah veegothun vrh dera vehje?????????????????
Waiting for next?????
Saarangey sis❤️❤️❤️
Josimheyo❤️❤️❤️
annyeong rillll…
thank you sweety 🙂
hehe ril ship kury anjal aa jaish ehnuntha?
Yess sis Ril ship kuree edemeehuna???????
Alhe anjal eh ehn nahadhabaaa siss ????☹️☹️??????? pooorrr anjal ,
??☹️☹️ Siss hama afu rohvaalaifi ???☹️☹️☹️??? varah reethi mi bai ♥️♥️♥️ curiously waiting for nxt ?????? lysssssmmmmmm ❤️ ❤️❤️❤️❤️
Stay safe ❤️❤️❤️❤️
TC ♥️♥️♥️♥️
Eid Mubarak ???????♥️❤️❤️??
Saranghae ❤️♥️♥️♥️♥️♥️♥️♥️
Hii afuuu
Mihaaru haadha dhimàanuvey dhw
Miss uuuuu
Saarangey
Ohhh hi riloooo ♥️♥️
Yh varah dhimaanuvey dhww ????♥️♥️♥️
Ekam mioh dhimaa v nun ????
Rilooo Eid maja thr ????
Nado saranghae ♥️♥️♥️♥️♥️♥️
Yaaa dhw mioh dhimaa vee thaa
Heheheh?????
Yaa Eid majaa frnds aa ehkoh dhen ??rashugaa ves eki Eid kulivaru kulunu night gaa ves??? Kula kulives kulunu but this Eid was not so funny compare to others?????
Afuu men rashugaa majaa the???
krystal nahadhan gotheh.. hurihA gothehves hedhi junaan.. hehehe 😛
alhey afu an tissue eh.. avahah karunathah fohelaa…
LYSM.. and though its late eid mubarak.. 😀
Hey sis???…
Hama shaayan rovvaalaifi???…
Alheyyyyy anjoo ah ehn nuhadhaba plxxx???…
Ekujja kihaa dhera vaane???…
Anjoo dheynvii jaish ashey junaan akah nooney???…
Waiting for the nxt part dearrr???…
Lyssssssssssssssmmmmmmm sisssooo?❣️?…
Stay safe nd take care sisssooo???…
Oh! I forgot… EID MUBAARAK sisssooo???
awwnnn shayan.. dont cry gurl… happy ending eh dheveytho krystal try kuraanan ingey..
Take care… stay safe 😀 😀