ކުއްލިއަކަށް ގަދަ ވައިރޯޅިއެއް ޒައިލީންގެ ގައިގައި ބީހިލިއެވެ. ފާޚާނާތެރޭ ހުރި ކުޑަ ފެންލައިޓުން އެފަދަ ބާރު ވައިރޯޅިއެއް ޖެހިދާނެ ކަމަށް ޒައިލީންއަކަށް ގަބޫލެއް ނުކުރެވުނެވެ. ކުރިއަށްވުރެ ބާރަށް ވައި ޖެހެން ފެށުމުން ޒައިލީންއަށް އެދިމާލަށް ބަލަން ހުރެވުނެވެ. ކުއްލިއަކަށް ކުރިމަތިން ފާޅުވީ ރަވިކާންއެވެ. އަމިއްލަ ދެލޯ އޭނާއަށް ޚިޔާލީ މަންޒަރު ދައްކަނީ ހެއްޔެވެ.؟ ނޫނީ ރަވިކާންއާއި ދޭތެރޭ ވިސްނަމުން ގޮސް ޒައިލީންގެ ސިކުނޑީގެ ބާރު ކެނޑުނީ ހެއްޔެވެ.؟ ޒައިލީންއަށް އަމިއްލަ އަތުގައި ވިކާލެވުނެވެ. މިފެންނަނީ ހުވަފެނެއް ނޫނެވެ. […]
“ދަރިފުޅާ އެއީ ކޮން ކުއްޖެއްތަ؟… އޭރުނެއްނޫންތަ މަންމަޔަށްވެސް އެހީތެރިކަމެއް ވެދެވޭނީ..” ނައިނާ ބުންޏެވެ. ” މަންމާ އަޅުގަނޑު ބުންޏަސް މަންމަޔަކަށް އެކަމެއް ނުވާނެ… އެއީ އެހެންމީހެއްގެ ހައްގަކަށް ވުމަށްޓަކާ ތައްޔާރުވަމުންދާ ކުއްޖެއް…” ރާވިން އެދައްކަނީ ކޮންކުއްޖަކުގެ ވާހަކަކަން ކޮންމެވެސް ވަރަކަށް ނައިނާއަށް ފަހުމް ވިއެވެ. ” ދަރިފުޅާ!.. މަލާއިންގެ ވާހަކަތަ ތިބުނަނީ..” ނައިނާ އަހާލިއެވެ. ރާވިން އަނގަޔަކުން ނުބުންޏެވެ. ނަމަވެސް އެހިތައް ކުރަމުންދާ އަސަރު އެމަންމަޔަށް އިހުސާސް ވަމުން ދިޔަކަހަލައެވެ. ” އެކަމަކު ދަރިފުޅާ.. އެއީ ދަރިފުޅު […]
ބާވީސްވަނަބައި އެރޭ ހަތަރު ދަމު އައިނާ އަށް އޮވެވުނީ ރޯށެވެ. ފަތިސް ވާން ކައިރި ވަނިކޮށް ވަރުބަލިވެގެން އައިނާގެ ދެލޯ މެރުނެވެ. އޭރުވެސް މުޅި ކުއްޖާއަށް ގިސްލެވެމުން ދިޔައެވެ. ދެލޯ ކައިރީގައި ތާޒާ ކަރުނަ ނުހިކި ހުއްޓެވެ. *** ހިޝާން އަށް ދެލޯ ހުޅުވާލެވުނީ އިރުގެ ރަން ދޯދިތައް ބެލްކަނީގެ ދޮރު ފޮތިގަނޑުގެ ތެރެއިން ފުރޭނިގެން އައިސް މޫނަށް އެޅުމުންނެވެ. ދެލޯ ހުޅުވާލިހާ އަވަހަށް ލައްޕާލަން ޖެހުނީ ދެލޮލުން ނަގައިގަތް ދިލައަކުންނެވެ. ރޭގައި އެތާގައި އިށީން ގޮތައް […]
ފަތިސް ނަމާދަށް ބަންގި ގޮވި އިރުވެސް އަންޖަލްގެ ލޮލަކަށް ނިންޖެއް ނާދެއެވެ.. ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އޮންވާ ފޯނު އެލާމްވާން ފެށިއެވެ. ތެދުވެލާފައި އެލާމް ކަޑާލުމަށްފަހު އަންޖަލް ގޮސް ފާހަނައަށް ވަދެ ވުޟޫކޮށްލައިން އައިސް ނަމާދަށް އެރިއެވެ. **** ޖައިޝް އޮފީހަށް ދާން ތިރީގައި މަޑުކޮށްލައިން ހުންނަތާ 15 މިނިޓު ވިއިރުވެސް އަންޖަލް ތިރިރއަކަށް ނުފައިބައެވެ. ދެތިންފަހަރަކު އަންޖަލްއަށް ގުޅަންވެސް ގުޅައިފިއެވެ. ފޯނުއޮތީ ނިއްވާލާފައިކަމުން ނުގުޅެއެވެ. ޖައިޝް ކަންބޮޑުވެފައި ހުރެ ގޮސް އަންޖަލް ކޮޓަރީގައި ޓަކި ޖަހާލިއެވެ. […]
ޖަމީލާ ހަޅޭއްލަވައިގަނެފައި ޖިނާނާއި ޒާޔާ ދުރުކުރުވިއެވެ. ޒާޔާ އަވަހަށް ޖަމީލާގެ ގައި ފަހަތަށް ވަނެވެ. ޖަމީލާ ޖިނާނާއި ދިމާލަށް އެއްޗެހި ގޮވަމުން ދިޔައިރު ޒާޔާއަށް ހުރީ ރޮވިފައެވެ. “ކަލޭ ދޭ މިތަނުން. ނުވާނެ ދެން މީނަ ފެންނަ ހިސާބަށް އައިސްގެނެއްވެސް. މީގެ ފަހުން ކަލޭ މީނަ އާ ބެހެން އުޅެފިއްޔާ ރަށު ކައުންސިލަށް އަންގާނަން.” ޖަމީލާގެ މޮޅު އެކްޓިންއަށް ސާބަސް ދޭވަރު ވެއެވެ. ޖިނާން އިސްޖަހައިލައިފައި އެތަނުން ދިޔައެވެ. ޖިނާން ދިއުމުން ޖަމީލާ ފަހަތަށް އެނބުރި ޒާޔާގެ […]
ސިއްރުން މިހިތާ ކުޅެނީހޭ މާލޭގެ މަގެއްގައި ދުއްވަމުންދިޔަ ކަޅު ކުލައިގެ ކާރު ގޮސް މަޑުކޮށްލީ ހަތް ބުރީގެ ބޮޑު އިމާރާތެއްގެ ކުރިމައްޗައްށެވެ. އެ ކާރުގެ ދޮރުފަތް ހުޅުވާލާފައި ފޭބި ޒުވާނާ އެތަނުގައި ހަރުކޮށްފައިވާ ނަން ބޯޑަށް ބަލާލިއެވެ. ” ހެވެންލޭން” ޖަހާފައި ހަރުކޮށްފައިވާ ނަން ބޯޑު ވަނީ ރީތި ގޮތަކަށް ފަވާލެވިފައެވެ. ތަނަށް ބަލާލުމުން ވެސް އެތަނުގެ ފުރިހަމަކަން އިގިގެން ދެއެވެ. ފުން ނޭވާއެއް ލަމުން އޭނާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. ޒުވާނާ އަކީ ހެޔޮވަރުގެ އިސްކޮޅަކާއެކު ވަރުގަދަ ހަށިގަނޑެއްގެ ވެރިއެކެވެ. […]
17 ވަނަ ބައި “މަރިޔަމަށް ވާ ސާބަސް! އަހަރެން މި އިންނަނީ މަރިޔަމް ގާތު! ގައިމު އަހަރެން ހީނިނަމަ މަރިޔަމަށްވެސް އެނގޭނެ ދޯ!” ހަސަނު ބަސްތަކުން އެންމެންގެ ހިތްތަކުގައިވެސް ބިރުވެރިކަން އުފެދެން ފެށިއެވެ. އަނެއްކާވެސް އެ އަޑުއިވިގެން ދިޔުމާއި އެކު ކަރަންޓު އައެވެ. “އޭ ކަޑައޭ! އަހަރެން އަދި މިއުޅުނީ ތިމީހުން ބިރުގަންނަވާލާށޭ!” ބިރުވެރި އަޑުތަށް ލައްވަން ހުރި ނާހިލް ކަރަންޓު އައުމާއި އެކު ބުނެލިއެވެ. “ތިކަން ކާމިޔާބު ވެއްޖެއެންނު! ބަލާބަލަ!” ރީމްއަށް އިޝާރާތް ކޮށްލަމުން ސުމައްޔާ ބުނެލިއެވެ. އޭރުވެސް […]
ހާތިބު ދިޔަ ދިމާލަށް ބަލަން ހުރި ރާވިންގެ ހިތުގައި އެތައް ކަމެއް ހިނގާލިއެވެ. ރާވިން ދިޔައި ހިތްހަމަޖައްސާލުމަށްޓަކައި އުނދޯލިތައް ތިބި ދިމާލަށެވެ. ހާތިބަށް އުނދޯލީގައި ނުއިށީ ދެވެނީސް އޭނާއާ ދިމާލަށް ބާރެއް އަންނަކަމުގެ އިހުސާސެއް ވިއެވެ. އެހެންކަމުން އެއަންނަ ދިމާލަށް ވަރަށް ފަރުވާތެރިވެގެން ހުއްޓެވެ. ހާތިބު އިނގިލިން ކޮށްލި އިޝާރާތާއެކު ބާރު މިނުގައި ހާތިބުއާ ދިމާލަށް އައި ދަނޑިބުރި ބިންމައްޗަށް ވެއްޓުނެވެ. އަނެއްކާވެސް ދެވަނަ ހަމަލާއެއްއައެވެ. ނަމަވެސް ހާތިބުއާ ހަމައަށް ނުފޯރަނީސް ވެއްޓިއްޖެއެވެ. ރާވިން ދިން ހަމަލާ […]
ލޯމަރައިލައިގެން އިން އިޔާޝް ސިހިފައި އޭނާގެ ދެލޯ ހުޅުވާލީ ނާޔާ އޭނާއަށް ގޮވާލިހެން ހީވެގެންްނެެވެ. އެއަޑުގައި ރިހުމާއި ބަލިކަން ވިއެވެ. ނާޔާގެ މަތިން މާބޮޑަށް ހަނދާންވާން ފެށުމުން އަވަސް އަވަހަށް ޖީބުގައި އަތް ޖައްސާލީ ފޯނު ނަގާ ކައިރާ އަށް ގުޅުމަށެވެ. ނަ،މަވެސް އާދެވުނީ ފޯނު ނުލާކަން އެނގުންވުމުން އަމިއްލަ ނފްސަށް ކުދިކިޔާލެވުނެވެ. އިންތަނުން ތެދުވެ ގެއަށް ދިއުމަށް ހިނގައިގައިން އިރުވެސް ނޭންގޭ ބާރު މިނެއްގައި އިޔާޝްގެ ހިތް ތެޅެމުން ދިޔައެވެެ. **************************** ” ޔާޝް.. ނާޔާ […]