Skip to content
އެސްފިޔަ

ނޭނގި ވެވުނީ ލޯތްބޭ- 14

“ނޫން! އަހަރެން ބޭނުމީ ހަމައެކަނި ޔޫޝައު! ޔޫޝައު އެހެންމީހެއްގެ މިލްކަކަށް ވިޔަކަ ނުދޭނަން! އަދި އަމުދުން އެ ރީމްގެ!” ލަމްނާ ބުންޏެވެ. އޭނާގެ ލޯ ވަނީ ރަތްވެ ވަޅުޖެހިފައެވެ. ޒާހިދާ ގަދަކަމުން ލަމްނާ ދޮރުމަތިން ދުރުކުރިއެވެ. ލަސްނުކޮށް ޔޫޝައުމެންވެސް ގެއިން ނުކުންނަން ހިނގައިގަތެވެ. އެ ހަތަރު މީހުންގެ ފިޔަވަޅު ހުއްޓުނީ ލަމްނާގެ ވޭނީ އަޑަށެވެ.

“ޔޫޝައު! އެންމެ ފިވަޅެއް ކުރިއަށް އެޅިޔަސް އަހަރެން… އަހަރެން މި ވަޅި އަތުގަ އަޅާނަން!” ލަމްނާ އަޑުގެ ނެތް ކޮޅަށް ބުންޏެވެ. މި ބަސްތަށް ޔޫޝައު މެންނާއި ހަމައަށް ފޯރީ ހޮނު ގުގުރިއެއް ފަދައިންނެވެ. ޔޫޝައު ފަހަތަށް އެނބުރުނު އިރު ލަމްނާ ހުރީ ދޮރު މަތީގައި ވަޅި އޭނާގެ އަތުގެ ހުޅު އިންނަ ހިސާބުގައި ޖައްސައިގެންނެވެ. ޔޫޝައުގެ ލޯބޮޑުވެގެން ދިޔައެވެ. އޭނަގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނޫނީ ގެއްލުމެށް ވާކަށް ޔޫޝައު ދުވަހަކުވެސް ނޭދެއެވެ. އައިނާމެން ތިބީ ހަމަރަނގަޅަށްވެސް އަންތަރީސްވެފައެވެ. ލަމްނާގެ މަންމައާއި ބައްޕަ އެވަގުތު ލަމްނާއަށް ވިސްނައިދެމުން ދިޔައެވެ.

“ލަމްނާ! މޮޔަވަނީތަ؟” ލަމްނާއާއި ދިމާލަށް ދުއްވައިގަންނަމުން ޔޫޝައު ބުންޏެވެ.

“ބަލަ މަންމާ… ބައްޕާ… ބަލަ! ޔޫޝައު އަނބުރާ އައީ! އޭނައަކަށް އަސްލު ނުކެރޭނެ އަހަންނަށް ގެއްލުމެއް ވިޔަ ދޭކަށް!” އެއްފަހަރު މަންމައަށް އަނެއްފަހަރު ބައްޕައަށް ބަލަމުން ލަމްނާ ވާހަކަ ދެއްކިއެވެ.

“އަހަންނެއް އަނބުރައެއް ނާންނާނަން! ތި ވަޅި ދީބަލަ!” ޔޫޝައު ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

“ނުދޭނަން! ނުދޭނަން! ނުދޭނަން!” ވަޅި ކިރިޔަ ކިރިޔާ އަތަށް ނެހެރޭވަރަށް އަތަށް ފިއްތައިގެން ހުރި ލަމްނާ ބުންޏެވެ.

“ލަމްނާ!؟ ކޮންހާ ވަރެއް ތިކުރަނީ؟ ތިހެން އަހަރެން ބިރުގަންނަވައިގެން އަހަރެން އަނބުރާ ގެންނަން ވިސްނައިގެންވެސް ނުވާނެ!” ޔޫޝައު ލަމްނާއަށް އިންޒާރު ދިނެވެ.

“އަހަރެން ބޭނުން ޔޫޝައުއާ ވާހަކަ ދައްކަން!” ލަމްނާ އަމުރުވެރި ރާގަކަށް ބުނެލިއެވެ.

“މިހާރު ކޮންވާހަކައެއް ދައްކާކަށް؟ އަހަރެން ބޭނުމެއް…” ޔޫޝައު ހުއްޓުނެވެ.

“އަހަރެން ބޭނުން ޔޫޝައުއާ ވާހަކަ ދައްކަން!” ހަމައެރާގަށް ނަމަވެސް މިފަހަރު އެއަށް ވުރެ ބާރަށް ލަމްނާ ބުންޏެވެ. “ނައިސިއްޔާ ދެން ފެންނާނީ އަހަރެން މަރުވެފައި އޮތް ތަން!”

“ދަރިފުޅާ! ތިހެން ނުކިޔަބަލަ! މަންމަ ގެނެސްދީފާނަން ޔޫޝައުއަށް ވުރެ ރަނގަޅު ކުއްޖެއް!” ޒާހިދާ ލަމްނާއަށް ވިސްނައިދެމުން ދިޔައެވެ.

“ލަމް! ތި ވަޅި ދޫކޮށްބަލަ އަތުން! ކުޑަކުދިން އުޅޭހެން ނޫޅެބަލަ!” މޫސާވެސް ދިޔައީ ލަމްނާއަށް ވިސްނައިދެމުންނެވެ.

“ވާހަކަ ދައްކަން ބޭނުންވަނީ ދޯ؟ އާދޭ!” ޔޫޝައު ލަމްނާގެ އަތުގައި އޮތް ވަޅި ޖަހައިގަނެ ދުރަށް އެއްލާލުމަށްފަހު އޭނަގެ އަތުގައި ހިފައިގެން އަނެއްކާވެސް ލަމްނާގެ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. އައިނާއާއި މަރިޔަމާއި ހަސަންމެން ތިބީ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައެވެ. ހިނދުކޮޅެއް ތެރޭގައި ހިނގައި މިދިޔައީ ކިތަށް ކަންތަށް ހެއްޔެވެ؟ މިގެއަށް އައިތާ ގަޑި އިރެއްވެސް ނުވާނެއެވެ. އެހާ ކުޑަވަގުތު ކޮޅެއް ތެރޭ އެމީހުންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ހަޔާތް ބަރުބާދު ވާތަން ދެކެން ހަސަނަށާއި މަރިޔަމަށް ކެތްވާނެހެއްޔެވެ؟ އެހާ ރުޅި ގަދަ އެހާ ޒީލަގަދަ އަންހެނަކާއި އެކު ޔޫޝައު ކުރިއަށް އޮތް ތާގައި ދިރިއުޅުމަށް ދޫކޮށްލާން ކެރޭނެހެއްޔެވެ؟

“ޔޫޝައު ނުދޭ!” މަރިޔަމަށް ބޭއިޙްތިޔާރުގައި ބުނެވުނެވެ. އަދި ގިސްލަ ގިސްލައިފައި ރޮވެން ފެށުނެވެ.

“ފަސް މިނެޓު މިދެނީ! ބުނާ އެއްޗެއް ބުނޭ! ފަސް މިނެޓު ހަމަވާއިރަށް އަހަރެން މިތަނުން ދާނަން!” ލަމްނާގެ ކޮޓަރިއަށް ވަދެ ފޯނުން ގަޑި ބަލައިލަމުން ޔޫޝައު ރުންކުރު ގޮތަކަށް ބުނެލިއެވެ.

“ހަހަހަ! ޔޫޝައުތަ ތިހެން ތިބުނަނީ؟ ހަހަ!” ނުލާފާ ހިނިގަނޑެއް ޖަހައިލަމުން ލަމްނާ ބުނެލިއެވެ. “މިހާރު ކިހިނެއްވާނީ ޔޫޝައު އަހަންނާއި އިންނަން އާދޭސްކޮށް ސަލާން ޖެހިއްޔާ؟” ނުލަފާ ހިނިތުންވުމެއް ޔޫޝައުއަށް ރައްދުކުރަމުން ލަމްނާ ބުނެލިއެވެ.

“ނުވާނެ ތިކަމެއް!” ޔޫޝައު ވަގުތުން ބުނެލިއެވެ.

“ވަޓް އިފް އައި ޓޯލްޑް ޔޫ… ދެޓް އައި ވިލް ހާރޓް ރީމް؟” އެއްބުމަ އަރުވައިލަމުން ލަމްނާ އަހައިލެވެ. ޔޫޝައުގެ ދެލޯބޮޑުވެ ނިތްކުރި މައްޗަށް ރޫތަށް ގިނަވިއެވެ.

“އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ!” ޔޫޝައުގެ އަޑުގައި ވަނީ ނުތަނަވަސް ކަމެވެ.

“އަހަ!” ކަނާތު ޝަހާދަތް އިނގިލި ދެފަރާތަށް ހަލުވަމުން ލަމްނާ ބުނެލިއެވެ. “އެއްވެސް މީހެއް ނޫން! އޮންލީ ރީމް!” ލަމްނާ ބުނެލިއެވެ. ޔޫޝައުގެ ހިތުގެ ހިނގުން އަވަސްވެ އޭނާގެ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. އަމިއްލަ ހަށިގަނޑަށް ގެއްލުމެއް ދޭން ފަސްނުޖެހޭ މީހަކު އެހެންމީހަކަށް ގެއްލުމެއް ދޭން ފަސްޖެހޭނެ ހެއްޔެވެ؟

“ލަމްނާ! އާދޭސް ކޮށްފަ މި ބުނަނީ ތިހެން ނަހަދަ! ހެޔޮނުވާނެ ލަމްނާ! ލަމްނާ ބޭނުމީ އަހަންނެންނު! އަހަރެން ލަމްނާ ގާތަށް އައިސްފާނެމޭ! އެކަމު… އެކަމު ރީމްއަށާ އެކަކަށްވެސް އެއްވެސް ގޮތެއް ނަހަދާތި!” ޔޫޝައު އާދޭސް ކުރާ ރާގަކަށް ބުނެލިއެވެ.

“ކޮބާ! ވަގުތުން އެއްބަސް ވިއެންނު ތި! ހަހަ!” ލަމްނާ ވަރަށް ބާރަށް ހޭންފެށިއެވެ.

“އެކަމު ހަނދާން ކުރާތި! އަހަންނަކަށް ދެނެއް ލަމްނާ ދެކެ ލޯތްބެއް ނުވެވޭނެ! އަދި އެއްކަމެއް! ނާއިފްއާއި ލަމްނާ ދޭތެރޭ ކަމެއް އޮތްކަން ފަޅާއަރާދުވަހަކުން އަހަރެން ލަމްނާ ދޫކޮށްފަ ދާނަން! ހަނދާން ބަހައްޓާތި! އެދުވަހަކުން އަހަރެން ރީމް ސަލާމަތް ކުރާނީ!” ޔޫޝައު އިންޒާރު ދިނެވެ.

“އެދުވަހެއް ނާންނާނެ!” ލަމްނާ ބުންޏެވެ. “މިތަނުން ނުކުންނާނީ ހުރިހާ ކަމެއްވެސް ހަމަޖެހިއްޖެ ކަމަށް ހެދިގެން! ސޯ ޑޯންޓް އިވެން ތިންކް އޮފް ޓެލިން އެނީބޮޑީ އެބައުޓް އިޓް!!” ލަމްނާ އިންޒާރު ދިނެވެ.

ލަމްނާއާއި ޔޫޝައު ނިކުތް ތަން ފެނި އެންމެންގެ މޫނުމަތީގައިވެސް ވަނީ ބޮޑު ސުވާލު މާކެކެވެ. ދާދި ދެންމެއަކު ބޮޑު ޒުވާބު ގަނޑެއް ހިނގުމަށްފަހު ދެމީހުން އަތުގަޅާލައިގެން ނުކުތުމުން ވާނީވެސް އެހެންތާއެވެ. ދެމީހުންގެވެސް މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ.

“މަންމާ! އަޅުގަނޑާއި ލަމްނާ ވަރަށް ވިސްނައިފިން! އެކަކު އަނެކަކަށް ޗާންސެއް ދޭން ނިންމައިފިން!” ޔޫޝައު ލަމްނާއާއި ދިމާލަށް ބަލައިލައިފައި ބުނެލިއެވެ.

“އެކަމު… ދަރިފުޅު..” ލިބިފައިވާ ހައިރާންކަމާއިއެކު މަރިޔަމަށް ވާހަކަ ދައްކަން އުނދަގުވިއެވެ.

“ދެން އެކެށްވެސް މިވާހަކަ އިތުރަށް ނުދައްކާތި!” ޔޫޝައު ބުނެލިއެވެ. އަދި ލަމްނާއާއި ހިނިތުންވުމެއް ބަދަލު ކޮށްލުމަށްފަހު ހަސަން މެނާއި އެކު އެގެއިން ނުކުންނަން ހިނގައިގަތެވެ.

“ދަރިފުޅާ… ކުއްލިއަކަށް ބަދަލުވީ؟” މަރިޔަމް އެހިއެވެ. ޔޫޝައުގެ ލޯ ވަގުތުން ފެންކަޅިވިއެވެ. އެކަން ފޮރުވަން ވެގެން ޔޫޝައު އަނެއްފަޅިއަށް އެނބުރެލިއެވެ.

“ކަމެއް ނުވޭ… ދެމީހުންވެސް ހަމަ ވާހަކަ ދައްކައިގެން މިކަމަށް ޗާންސެއް ދޭން ނިންމީ!” ކަރުނަތަށް ފޮރުވަމުން ޔޫޝައު ހީނލިއެވެ. ޔޫޝައު މިކަން ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް އައިނާއަށް ކޮންމެވެސް ނުބައެއް އުޅޭކަން ދެނެގަނެވުނެވެ. ގެއަށް އައިގޮތަށް ހަތަރު މީހުންވެސް ގޮސް ވަނީ އެމީހެއްގެ ކޮޓަރިއަށެވެ. ބޭރު ޖޯލީގައި އިން ރީމް އެމީހުންނާއި ދިމާލަށް ބަލަން އިނީ ވެގެން އުޅޭ ގޮތް އޮޅުންފިލުވާ ހިތުންނެވެ. ނަމަވެސް އެންމެން ކޮޓަރިއަށް ވަނުމުން ރީމް މަޑުކޮށްލިއެވެ. ރީމް ކޮޅަށް ތެދުވެލީ ގޯތި ތެރޭގައި ހިނގާލުމުގެ ނިޔަތުގައެވެ. ގޯތީގެ ފަހަތު ބައިން ކުރިމައްޗަށް އަންނަނިކޮށް ރީމްގެ ލޮލުގައި އަޅައިގަތީ ޔޫޝައުގެއިން ނުކުމެގެން ދާ ތެނެވެ. ދެލޯ ރަތްވެފައި ހުރުމުން ކޮންމެވެސް ގޯހެއް އުޅޭކަން ރީމްއަށް ފަހުމުވިއެވެ. ގޭގެ ފަހަތު ދޮރުން ނުކުމެގެން ރީމް ޔޫޝައު ފަހަތުން ހިނގައިގަތެވެ.

ޔޫޝައުގެ ހިނގުން އަވަހެވެ. މިހާ ބާރަށް ޔޫޝައު އެދަނީ ކޮންތާކަށް ބާއޭ ރީމް ހިތަށް އެރިއެވެ. އިރު އިރު ކޮޅަކާހެން ޔޫޝައު ލޮލުކައިރި ފޮހެލައެވެ. އެކަމުން ރީމްއަށް ޔޫޝައު ރޮނީކަން އެނގިގެންދިޔައެވެ. ނަމަވެސް ރީމްއަށް ނޭނގުނު ކަމަކީ ޔޫޝައު ރޯ ސަބަބެވެ. ޔޫޝައު ހިނގަމުން ދިޔައީ ކުރިން ދުވަހަކު ހެނދުނު ރީމް ހިނގި މަގުންނެވެ. ނަމަވެސް މަސްފެންގަނޑާއި ހިސާބަށް ގޮސް ޔޫޝައު ގޮނޑުދޮށައް ފޭބިއެވެ. އުނދަގުލުންނަމަވެސް ރީމްވެސް އެތަނުން ފޭބިއެވެ. އެއީ ވަރަށް ރީތި ތަންކޮޅެކެވެ. ބައެއް ތަންތާގައި ވަޅު ބުރިތަށް ޖަހައިފައި ވާއިރު ދިޔަވަރު ހިކިފައި އޮތުމުން ފެންނަން ހުރި ގާތަކުން ގޮނޑުދޮށުގެ ރީތިކަން ހާސްގުނަ އިތުރުކޮށްދެއެވެ. ރާޅުތަށް ބީއްސާލާ އަޑާއި ވައިރޯޅީގެ އަޑު އެކުވެގެން ކަންފަތާއި ހަމައަށް ފޯރާއިރު ހީވަނީ މިއުސިކެއް ކުޅެލާ ހެންނެވެ. ތަނުގެ ހިތަގައިމު ވަނީ އޭގެ އިންތިހާގައެވެ.

ޔޫޝައު ލަސް ހިނގުމެއްގައި ގޮސް ވަޅުބުރިއެއްގެ ފަހަތުގައި އިށީންދެލީ މީހަކު އެތަނަށް ވަނަސް ޔޫޝައު ނުފެންނާނެ ގޮތަކަށެވެ. ރީމް ހުރީ އެ ވަޅުބުރިތަކުގެ ކައިރީގައި ހެދިފައި ހުރި މަގޫގަސްތަކުގައި ނިވާވެގެންނެވެ. އިރުކޮޅެއް ފަހުން އިވިގެންދިޔައީ ޔޫޝައުގެ ރުއިމުގެ އަޑެވެ. އެއަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ހިތާމަވެރިކަމެވެ. ޔޫޝައު ގިސްލަގިސްލައިފައި ރޯ އަޑުއިވޭ ކޮންމެ މީހަކަށްވެސް އަސަރު ކުރާނެކަން ޔަގީނެވެ. ރީމްގެ ލޯ ވަގުތުން ފެންކަޅިވެގެން ދިޔައެވެ. ރީމްގެ ހިތުގައި ޔޫޝައުއަށްޓަކައި ހަމަދަރުދީ އުތުރު އަރަނީއެވެ. ރީމްއަކަށްވެސް ކެތެއް ނުކުރެވުނެވެ. މަޑު މަޑުން ގޮސް ޔޫޝައު މަގަތުގައި ރީމް އިށީންދެލިއެވެ. ޔޫޝައު އިނީ އިސްޖަހައިގެން ކަމުން ރީމް އެތާގައި އިންކަމެއް ޔޫޝައުއަކަށް ނޭނގުނެވެ. ރީމްއަށް ޔޫޝައުގެ ހާލަތު ފެނިފައި އަނގަމަތީ އަތްއަޅައިލެވުނީ ޔޫޝައި ރޯންއިންތަންފެނުމުންނެވެ. އެއީ ރީމްވެސް ދުވަސްކޮޅެއްގައި އިން ގޮތެވެ. އޭރު ރީމްގެ ކަމަކީ އަބަދު ހިތާމަ ކުރުމެވެ.

ރީމް މަޑު މަޑުން ޔޫޝައު ގާތަށް ޖެހިލިއެވެ. އަދި ޔޫޝައުގެ ކޮނޑުމަތީ އަތްބާއްވައިލިއެވެ. ޔޫޝައުއަށް ސިހިފައި ރީމްއާއި ދިމާލަށް ބަލައިލެވުނެވެ. ޔޫޝައުގެ ބަޑިފަޅައިގެން ގޮސް އޭނަ ރީމްގައިގައި ބައްދައިގަތެވެ. ހަނދާނެ ގޮތެއް ނޭނގިފައި އިން ރީމް އިނީ ހަމައިންގޮތަށެވެ. ގުޑެލަންވެސް އޭނަ އަކަށް ނުކެރުނެވެ. ޔޫޝައު އެހެން ހަދާފާނެކަމަށް ރީމް ހުރީ ތައްޔާރު ވެގެނެއް ނޫނެވެ.

“ރީމް… ރަށުން ދޭ! ޕްލީސް! އަވަހަށް ރަށުން ދޭ!” ޔޫޝައު ބުނަމުން ގެންދިޔައެވެ. ރީމް ހުރީ ވާނުވާގައެވެ.

“ޔޫޝައު؟؟ ކިހިނެއްވީ؟” ރީމްއެހިއެވެ.

“ލަމްނާ….” ޔޫޝައުއަށް ހުއްޓަން މަޖުބޫރުވީ ބުނެވެން އުޅުނު އެއްޗެއްގެ ސަބަބުންނެވެ. ލޯމަރައިގެން އޮތް ޔޫޝައު ލޯހުޅުވާލިއެވެ. އޭނަ ހުރީ ރީމްގައިގައި ބައްދައިގެންކަން ރޭކާލީ ދެނެވެ. އަވަސް އަވަހަށް ދުރަށް ޖެހިލިއެވެ. އަދި މަޢާފަށް އެދުނެވެ.

“ކީއްވެ ތި ރޮނީ؟” ރީމް އޭނަގެ ލޮލުން އަންނަ ކަރުނަތަށް ފޮހެލަމުން އެހިއެވެ.

“ކީއްވެ ރީމް ރޮނީ؟” ވޭނީ ނަޒަރަކުން ބަލައިލަމުން ޔޫޝައު އެހިއެވެ.

“ނޭނގެ!” ވަޅު ބުރީގައި ލެނގިލަމުން ރީމް ބުނެލިއެވެ.

“މަޑުކޮށްބަލަ! ރީމް ކިހިނެއް މިތަނަށް އައީ؟” ޔޫޝައު އަހައިލިއެވެ.

“މީ… އަމްމް…” ރީމް ހުރީ ބުނަން ނުކެރިފައެވެ.

“އަހަރެން ފަހަތުން އައީ ދޯ؟ އަނެއްކާވެސް ލަމްނާގެ ވާހަކަ ދައްކަން ތަ؟ އޮހް! އަދި ހެޕީ ނިއުސްއެއް ނުދެމޭ ދޯ! އައި އޭމް ގެޓިންގ މެރީޑް ޓު ލަމްނާ!” ގަދަކަމުން ހީނލަމުން ޔޫޝައު ބުނެލިއެވެ.

“ނޯ! ޔޫ ކާންޓް ގެޓް މެރީޑް ޓު ހާރ! ޕްލީސް ޔޫޝައު!” ރީމްއަށް ރޮވެން ފެށުނެވެ.

“އައި ހޭވް ޓު! އެހެންނޫނީ! ރީމް…” ޔޫޝައު އޭނާގެ ބޯ މަތީ އަތް އަޅާލިއެވެ. ” ރީމް އަހަރެން ބުނާ އެއްޗެއް ރަނގަޅަށް އަޑުއަހާތި! ވީހާވެސް އަވަހަކަށް މާލެ ފުރާ! ޕްލީސް!”

“އެ ކީއްވެ؟ އައިނާގެ ވެޑިންގ؟” ރީމް ހުރީ ވާނުވާގައެވެ.

“ޕްލީސް ރީމް!” ޔޫޝައު ރީމްގެ ކޮނޑުގައި ހިފިއެވެ. “ފޯ މައި ސޭކް! ލީވް!”

“ލަމްނާ ބުނެގެން ދޯ؟ ޑިޑް ޝީ ބްލެކް މެއިލް ޔޫ؟!” ރީމްގެ ސިކުނޑި ސުވާލުން ފުރި ބަންޑުން ވަނީއެވެ. ޔޫޝައު ހުއްޓުން އެރިއެވެ. ބުނާނެ އެއްޗެއް ނޭނގިގެންނެވެ.
-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (24)

  1. Cutie??❤️

    Heyyy Raayaa??this part is awesome Masha Allah?????I love it♥️♥️♥️ can’t wait for next part????Eid Mubarak everyone ?????

    1. Raaya
      Cutie??❤️

      hii cutie 🙂 thank you soo much dear… in sha allah vrh avahah 15 vana bai genesdheynan 🙂 EID MUBARAK!

  2. Starlight vixx

    Yayyy me first dho anyways varah reethi mi part ves curiously waiting for the next part ☺️☺️☺️ eid mubaarak ♥️♥️♥️♥️♥️♥️♥️

    1. Shamna
      Starlight vixx

      Cutie first comment kuryy?not you dear

    2. Raaya
      Starlight vixx

      starlight vixx mifaharu 2nd dhw… thank you soo much dear… EID MUBARAK!

    3. Cutie??❤️
      Starlight vixx

      It’s ok starlight aai cutie aai dhenmeehun ge comment ga one minut ge thafaathey huryyy?? so dhe meehun ves firsteyy comment kuryy dhoo starlight

  3. Shamna

    Eidh Mubarak cutie❤️❤️❤️❤️❤️

  4. Raaya

    huirhaa kiyuntherinnah vx EID MUBARAK!

  5. Anonymous

    Kondhuvahakun part 15 nereyny??
    Raayaa

  6. Someone

    Kondhuvahakun part 15 nereyny??
    Raayaa

    1. Raaya
      Someone

      in sha allah maadhama 15 vana bai genesdheynan

  7. ,

    What is valhuburi?

  8. Raaya

    ރަށް ގިރުމުން ސަލާމަތް ކުރުމަށްޓަކައި މޫދުގަ ޖަހާފަ ހުންނަ ވަޅު ތަކެއް

  9. azka

    Woow I love this

    1. Raaya
      azka

      alheyy thank you soo much azka 🙂

  10. Nafu✨

    masha allah.. mi part vs vr rythi.. wow.. juss speechlesssssssssss.. curiously waiting for next part

  11. Raaya

    awwn thanks a lot nafu 🙂 btw i have commented on your story but it went to pending…

  12. Someone

    Very heart touching ????? …..hama rovijje?????….. anyways story hama eh vana???

  13. Sham

    Nice

    1. Raaya
      Sham

      thanks sham 🙂

  14. Jams

    Kobaa next part?

    1. Raaya
      Jams

      reyga submit kohlin 🙂 miadhu kiyaalan libeyene kamah mi balany 🙂

  15. Dead already

    Can’t wait for next part?. Your story was amazing?

    1. Raaya
      Dead already

      alheyy thanks dead already 🙂

Comments are closed.