” ހޭ ބްރޯ އެކޮޅު ބަލާފަ ފެއިންޓް ނުވައްޗޭ ” ކޯޓުގެ އަތުކުރި ރަނގަޅުކޮށްލުމަަށް އިސްޖަހާލި ޝާނިމް އިސްއުފުލާލީ ޒީވާންގެ ލާނެތް އަޑުންނެވެ. ދެވަނަ ސިކުންތުގައި ބޯކިރުކޮޅެއްފަދަ ޝާނިމްގެ ހުދު ދެ ލޮލަށް ހިޔަނިއެޅި އެ ހިތުގެ ރާނީ ފެނި ޝާނިމްގެ ހިތް އޮބިނޯންނަ ވަރަށް ތެޅިގަތެވެ. ********************************* ސަމީރާ އާއި ސަލީމްގެ މެދުގައި ހުރެ ދޮރުން ވަދެގެން އައި ސާޔާއަށް އެވަގުތު އެތާ ތިބި އެންމެންގެ ނަޒަރު ހުއްޓުނެވެ. ހުދުކުލައިގެ ބޮޑު ވެޑިންޑްރެސް ގައި ސާޔާ […]
އާދައިގެ މަތިން މިއަދުވެސް ރޭގަނޑު ތިނެއް ޖެހީ އަހަރެން ހޭލާ ހުއްޓައެވެ. އެހެން ރޭތަކެކޭވެސް އެއްފަދައިން ފެންވަރައިލައިގެން ތަހައްޖުދު ނަމާދު ކޮށްލީމެވެ. ހިތައް އެންމެ ބޮޑު ހަމަޖެހުމެއް ލިބިގެންދަނީ ދަމުތެދުވެ މިކުރާ ނަމާދުންނެވެ. ފަތިސް ނަމާދާ ދެމެދު އޮތް ވަގުތު ދިޔަގޮތެއްވެސް ނޭނގެއެވެ. ދުޢާ ކުރުމަށް އަތް އުފުލިގޮތަށް އަތް ތިރިކޮށްލެވުނީ ފަތިސްނަމާދު ބަންގީގެ ހިތްގައިމު އަޑުންނެވެ. ދިރިއުޅުން ބާއްޖަވެރިކޮށްދެއްވުމަށްއެދި އެތައް ފަހަރަކު ދުޢާކުރެވިއްޖެއެވެ. އެއީ ކޮންމެ ނަމާދެއްގެ ފަހުގައި ވެސް ކުރެވެމުންދާ އާދޭހެކެވެ. ފަތިސްނަމާދުކޮށްލައިގެން އިށީދެލީ […]
ހަޅޭލަވަމުން ތެޅެމުން ފޮޅެމުން އަންހެންކުއްޖަކު މަގުމައްޗަށް ނުކުތެވެ. ބާރުދުވެލީގައި އައިކާރުގައި ޑްރައިވަރަކަށް އިން އަހުމަދަށްވެސް އެކުއްޖާ ކާރުގެ ކުރިމައްޗަށް އެރުމާއި އެކު ފައިން އޮބާލެވުނީ ރޭހަށެވެ. އެއާއި އެކު ފުންމައިގެން ދިޔަކާރުންޖެހިފައި އެކުއްޖާ ވެއްޓުނީއެވެ. އަހުމަދަށް ކާރު ކޮންޓްރޯލް ކުރެވުނި އިރު އެއަންހެންކުއްޖާ އޮތީ ކާރުގެ ދަށުވެފައެވެ. ކާރުން ފޭބި އަހުމަދަށް ފެނުނީ އަންހެންކުއްޖާ ނުކުތް ގޭގެ ދޮރުން ފިރިހެނަކު ދުވެފައި ނުކުމެގެން އައިތަނެވެ. މޫނު ނިވާކޮށްފައި ހުރި އެމީހާގެ ފަހަތުން ކެމެރާއެއް ހިފައިގެން ހުރި އަންހެންކުއްޖަކުވެސް […]
* ހިޒްލީގެ ވޭނީ ހަޅޭކުގެ އަޑުން ގޭތެރެ ގުގުމައިގެން ދިޔައެވެ. އެކަކަށްވެސް އަޑެއް ނީވުނެވެ. އަޑު އިވޭނީ ވެސް ނުނިދާ އޮތިއްޔާތާއެވެ. އެންމެންވެސް އޮތީ ނިދާ ހަރުވެ ހުވަފެންތައް ބެލުމުގައި އަވަދިނެތިއެވެ. * ޒައިލީންއަށް ހޭލެވުނީ އަލްޔާ ގޮވާލުމުންނެވެ. ރޭގައި ނުނިދިފައި އޮތުމުގެ ސަބަބުން ޒައިލީންއަށް އެންމެ ލަހުން ހޭލެވުނުކަމީވެސް ހަގީގަތެވެ. ޒައިލީންއަށް ފުރަތަމަވެސް ބަލާލެވުނީ ރަވިކާން އަށެވެ. އޭރު ރަވިކާންވެސް ހޭލައިގެން އުޅެއެވެ. ހަމަ އިއްތިފާގުން ޒައިލީންއާއި ދިމާލަށް ރަވިކާންއަށްވެސް ބަލާލެވުނެވެ. ހީވީ ކަރަންޓުގައި ޖެހުނުހެންނެވެ. […]
ފަންސަވީސްވަނަބައި ބޯޑިން ޕާސް ދިއްކޮށްލައިފައި އަދިވެސް އެއްފަހަރު ހިޝާން އެދޮރާއި ދިމާއަށް ބަލާލީ އުންމީދުގެ ހުޅުކޮޅު ދިއްލިފައި ހުރުމުންނެވެ. *** ސެކިއުރިޓީ ބޯޑިން ޕާސް ދިއްކޮށްލައި އެތެރެއަށް ވަންނަން އިޝާރާތް ކުރުމުން ހިޝާންގެ ބައްތީގެ ހުޅުކޮޅު ނިވެން ކައިރިވިއެވެ. ދެލޯ މަރައި ބާރު ކޮށްލީ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެފައި ހުރުމުންނެވެ. އަދި ވެސް އެއްފަހަރު ދޮރާއި ދިމާ އަށް ބަލައިލީ އައިނާ އަންނާނެ ކަމަށް ހީކޮށެވެ. ނަމަވެސް، ހިޝާން އެތެރެއަށް ވަދެގެން ދިޔައިރުވެސް އައިނާ އެއް […]
އޮއްސެމުންދިޔަ އިރުގެ ދޯދިތަކުން ކަނޑުގެ ސަތަޙަ އެކަށްވަނީ ދިއްލާލާފައެވެ. ރަތްވިލާތައް އުޑުމަތިވަނީ ފުރާލާފައެވެ. ހަވީރު ފިންޏަށް ހިންގާލަން ނިކުމެ އުޅުނު އަންހެންވެރިން އިރުއޮއްސުމާއެކު އެމީހުންގެ ޅަދަރިން ގޮވައިގެން ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ފަޒާގައި އުދުހެމުންދިޔަ ދޫނި ސޫފާސޫފިތައްވެސް އޭއްޗިހީގެ ހާއްޔަށް ތިރިކުރަންފެށިއެވެ. ރަށުގެ ހުޅަނގުފަރާތު އަތިރިމަތީ ހޮޅުއަށީގައި ތިބި ފުރާވަރުގެ ތިން އަންހެންކުދިން ފިޔަވައި މިހާރު މުޅި ހިސާބުގަނޑުންވެސް މީހެއްގެ ހިލަމެއް ނެތެވެ. މުޅި މާޙައުލު ވަނީ ހަމައެކަނި މިކުދިންގެ ހުނުމުގެ އަޑުން ގުގުމާލާފައެވެ. އެކުވެރި ދެކުދިންނާއެކު […]
ސައުވީސްވަނަބައި ކޮޓަރީގައި ވިސްނުމަކަށް ގެއްލިފައި އޮތް އައިނާ އަށް ހޭވެރިކަމެއްވީ ގޭގެ ފޯނު ރިންގް ވި އަޑަށެވެ. އެކަކުވެސް ފޯނު ނުނެގުމުން އައިނާ އޭނާގެ ކޮޓަރީގައި އިން ފޯނުން އެކޯލް ނެގިއެވެ. *** “ހަލޯ.. އައިނާ ވާހަކަ ދައްކަނީ..” އައިނާ އެއްވެސް އަސަރެއްނެތި ބުނެލިއެވެ. އެއް ދުވަސް ތެރޭގައި އައިނާގެ އަޑައް އައިސްފައި ހުރި ބަދަލު ހިޝާން ދެނެގަތެވެ. “ހަ.. ހަލޯ.. ލަވް؟؟” ހިޝާން ޖެހިލުންވެ ހުރެ ނަމަވެސް ގޮވާލީ އޭނާ އަބަދުވެސް ލޯބިން ގޮވާލާ ނަމުންނެވެ. […]
ސާރާ އަށް ފަހަތުގައި މީހަކު ހުރިހެން ހީވުމާއި ފަހަތަށް އެނބުރިލި ގަޑީ ސާރާ ދިޔައީ ސިއްސައިގެނެވެ. ” ޕްލީޒް ނުޖަހަށްޗޭ. ސާރާ ބެލްކަނިން ގޮސް ދާނަމޭ.”މޫނު މަތީގައި ދެއަތް ހުރަސް ކޮށްލަމުން ސާރާ މިހެން ބުނުމާއި އެކު ޝާއިފް އަށް ހީވީ އޭނާގެ ހިތުގައި ހިފާ މީހަކު ފިތާލިހެނެވެ. އަދި ސާރާ ގޮސް ގޮސް ހުއްޓާ ކުއްލި ހަރަކާތަކާއި އެކު ސާރާ ހިފުމަށް ފަހު ސާރާ ގެ ގައިގައި ބައްދާލިއެވެ. އަދި އެތައް ފަހަރަކު ސޮރީ އޭ […]
19 ވަނަ ބައި “ނަމަނަމަ ދާނިޝް ގާތަށް އަނބުރާ ނުދާތި! އެއީ ވަރަށް ނުލަފާ މީހެއް! އެއީ ވަރަށް އަނިޔާވެރި މީހެއް! އަހަރެން މި ހުރިހާ ވާހަކައެއް މިކިޔައިދެނީ ކޮންމެހެން އަހަރެން ހަސަދަ ވާތީއެއް ނޫން އިނގޭ… އޭނަ އަހަންނާއި އިނީ ރީމް ދޫކޮށްލާފަ އައިތާ ހަފްތާއެއް ފަހުން! އޭނަ އަހަރެން ފަހަތުން އުޅުނީ ފުރަތަމަ ކޮޅުގަ… ދެން އަހަރެންވެސް އޭނަގެ މަޅީގަ ބެދުނީ! ރީމްގެ ނަސީބު އޭނަ ރީމް ދޫކޮށްލާފަ ދިޔަކަންވެސް! އެހެންނޫނީ ރީމް ޖެހޭނީ އޭނަގެ ވަކި […]