Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އައިނާ (2) 30

Annna Level 510 Stories100 Comments100 Login
August 21, 2020 3 Mins Read
12 Comments

ތިރީސްވަނަބައި

އައިނާ ނިކުތް އިރު ހިޝާން އޭރުގައި އާންމުކޮށް ދުއްވާ ކާރު ގޭކުރިމަތީގައި އޮތުމުން އައިނާ ހައިރާންވިއެވެ. އަދި އެހިސާބަށް ދާން ޖެހިލުން ވިއެވެ.

***

އައިނާ އެހިސާބައް ދާން ނުދާން ހުއްޓައި ކާރުގެ ދޮރުފަތް ހުޅުވާލައިފައި ނިކުތީ އަޝްހާ އެވެ. އައިނާ ހައިރާންވީ ކާރުގެ ޑްރައިވާ ސީޓް ހުޅުވާފައި އަޝްހާ ނިކުތުމުންނެވެ.

“މާހައިރާންވެފައި ބަލާނެކަމެއްނެތް އެނގޭ އަނާ.. އަހަރެންގެ އަތުގައިވެސް މިހާރު ސައިކަލް، ކާރު ލައިސަންސް އެބައޮތް..” އަޝްހާ ފަޚުރުވެރިވެލަމުން ލިސްޓް ގުނާލިއެވެ. “ހޫން.. ޕިކަޕާއި އައިލެންޑް ޕިކަޕާއި ބެޓްރި ބައިސްކަލް ވެސް އިތުރު ކޮށްލި ނަމަ..؟” އައިނާ ވެސް ކުރީސީޓަށް އަރަމުން ބުނެލިއެވެ.

“ހޫން.. އަނާވެސް ވީ ދަސްކުރާށޭ.. އަޅޭ.. އަނާ ހާދަ ރީއްޗޭ ބުރުގާ އެޅީމަ.. މާޝާﷲ..” އަޝްހާ ކާރު ނައްޓާލަމުން ބުނެލިއެވެ.

“ގައިމު ބުނި ހިނގާލާށޭ ދަނީ.. ކީއްވެޔޯ ކާރުގައި ތިއައީ..؟” އައިނާ ބުނެލިއެވެ. “ދެން ހަމަ ކާރު ދުއްވާލާހިތްވީ.. އެހެންވެ ހިޝާންބެ އަތުން ކާރުގެ ތަޅުދަނޑި ނަގައިގެން މިއައީ..” އައިނާ އާއި ދިމާއަށް ލޮލުގެ ހިމަކޮޅުން ބަލާލަމުން އަޝްހާ ބުނެލިއެވެ.

އައިނާގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުމުން އަޝްހާ އަށް މޫނަށް ގޮތެއް ހަދާލެވުނެވެ. ނަމަވެސް އެތަނެއް އައިނާ އަކަށް ނުފެނުނެވެ. އައިނާ އިނީ އެއަށް ވުރެ އެހެން ދުނިޔެއަކަށް ގެއްލިފައެވެ.

“ކޮންތާކަށް ދަނީ..؟” އަޝްހާ އައިނާ ކުރެއް އަހާލީ އޭގެ އިރުކޮޅެއް ފަހުންނެވެ. “އަޝޫ އަކަށްނު އެނގޭނީ.. އަހަރެން ގޮވައިގެން އައީ އަޝޫ ވިއްޔަ..؟” އައިނާ ބުނެލިއެވެ. “އޯކޭ ފައިން.. ޖޫގޯ އެއް ގަނެގެން ދާނީ ސަންސެޓް ބީޗަށް.. އޯކޭ ދޯ އެގޮތް..” އަޝްހާ އައިނާ އަސް ބަލާލަމުން އަހާލިއެވެ. އައިނާވެސް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

އާދައިގެ މަތިން އައިނާ އޯޑާ ދިނީ އައިނާއަށް އެންމެ މީރު ވެނީލާ ފްލޭވާ ޖޫގޯ އަކަށެވެ. އަޝްހާ ބްލޫ މިންޓް އަކަށެވެ.

ޖޫގޯ ހިފައިގެން ދެމީހުންވެސް މިސްރާބުޖެހީ ސަންސެޓް ބީޗަށެވެ. ދެތިން މިނިޓު ތެރޭގައި އެހިސާބަށް ފޯރިއެވެ. ކާރު ޕާކުކޮށްލުމަށްފަހު ދެމީހުން ވެސް އެތާގައި އިން ހަޓެއްގެ ދަށުގައި އިށީންދެލައިފައި ޖޫގޯ ބޯންފެށިއެވެ. އެކިވާހަކައިގައި އެމީހުންނަށް އެތާގައި ތިބިއިރު ގަޑި ހިނގައިދިޔަ ގޮތް ވެސް ނޭނގުނެވެ.

އެހެން އިނދެފައި އަޝްހާ ދިޔައީ އާޝިޔާމެންގެ ފެމެލީ ބައެއް އެތާގައި ތިބެގެން އެދިމާލަށެވެ. އައިނާ ކައިރީ ދާން ބުނުމުން އައިނާ އެކަމުން މަނާވެގަތެވެ. ފޯނުނަގައިގެން އެތާގައި އިންދާ ކައިރީގައި މީހަކު އިށިންކަންވެސް އައިނާ އަށް ނޭނގުނެވެ.

“އައިނާ ދޯ؟” އެމީހަކު ކަރު ކެހިލާފައި ބުނެލިއެވެ. އައިނާ ސިއްސައިގެން ދިޔި ގޮތުން އަތުން ފޯނުވެސް ނުވެއްޓުނީ ކިރިޔާ އެވެ. އެހެން ނަމަވެސް އައިނާ ބޯޖަހާލިއެވެ. އައިނާ އަށް އެމީހަކު ކޮންމެވެސް ތާކުން ދުއްހަނދާނެއް ވިއެވެ. ކޮންތާކުން ކަމެއް ނޭނގުނެވެ.

“ނޭނގުނުތަ؟” އެމީހަކު އައިނާ ކުރެން އަހާލިއެވެ. “ޔު.. ޔުއާލް..!!!” އައިނާ ކުއްލިއަކަށް ހަނދާންވި ފަދައަކުން ބުނެލިއެވެ. “ޔަހް..” ޔުއާލް ޖަވާބުގައި ބުނެލިއެވެ. “އަހަރެން އަސްލު މިއައީ އައިނާ ގާތު ވަރަށް ބޮޑު ވާހަކަ އެއް ބުނަން.. މިކަން ކުރަން އުޅޭ ތާ ވަރަށް ދުވަސް ވެއްޖެ.. އެކަމް ހައްތާހާވެސް އަހަރެންނަށް ކުރެވިފައި އޮތް ކަމަކުން ޖެހިލުން ވަނީ..

އެކަމް މިއަދު މިއައީ ހަމަ ވަރަށް ހިތްވަރު ކޮށްގެން.. ފަހަރެއްގައި އަހަރެން ބުނާ ވާހަކަ އަކުން އައިނާ އަހަރެންދެކެ ރުޅިއައިސް ނަފްރަތު ކޮށްފާނެ.. އެކަމްވެސް އަހަރެންނަށް މިވާހަކަ ނުބުނެ ނުދެވޭނެ.. އެހެންވެ ވާހަކަ ފެށުމުގެ ކުރިންވެސް އަހަރެން އައިނާ ގާތުން މިބުނަން އުޅޭ ވާހަކަ އަށް މާފަށް އެދެން.. އައިމް ސޮރީ އައިނާ…” ޔުއާލް މިހާހިސާބަށް ބުނެފައި އިސްޖަހާލިއެވެ.

“އައިނާ.. އަހަރެން އައިނާދެކެ ކުރިން ވަރަށް ލޯބިވިން.. އޭރު އައިނާ ކައިރީގައި އެވާހަކަ ބުނަން ވަރަށް މަސައްކަތްވެސް ކުރިން.. އެކަމް އެކަހަލަ އެއްވެސް ފުރުސަތެއް އަހަރެންނަކަށް ނުލިބުނު.. އެހެންވެ އަހަރެން ހުރީ ފުރުސަތަކަށް ބަލަބަލާ.. އެހެން އުޅެނިކޮށް އިވުނީ ފެއާވެލްގެ ވާހަކަ.. އެއީ މީގެ ހައަހަރު ކުރިން..

އެޕާޓީގައި އައިނާ އަށް ޕްރޮޕޯސް ކުރަން އަހަރެން ވަރަށް ތައްޔާރު ވިން.. އައިނާ އަށް ދޭން އަނގޮޓި އެއްވެސް އަހަރެން ގަތިން.. ހެހެ. އެކަމް އަހަރެންގެ ނަސީބް ދެރައީ..

ގެއިން ނިކުމެގެން އެގެއާއި ދިމާއަށް އައީ ވަރަށް ފޮނި އުންމީދަކާއި އެކީ.. އަހަރެންނަށް އައިނާގެ ފަރާތުން އޭރު ވަރަށް ހިނިތުންވުން ބަދަލު ކުރެވުނު.. އޭރުގައި އަހަރެން ފަހަރެއްގައި ވެސް ނުބަލަން އައިނާގެ ހިތް އޮތް ގޮތެއް.. އެކަމް އެރޭގައި…

އެރޭގައި އަހަރެން ގެއިން ނިކުމެގެން އައިސް ގޯޅިން ނިކުތް ވަގުތު ފެނުނީ އަހަރެން މުޅި އުމުރުގައި ވެސް އެންމެ ދެކެން ބޭނުންނުވި މަންޒަރު.. އައިނާ ހިޝާންގެ އަތުގައި ހިފާލައިގެން އެތެރެއަށް ވަތް މަންޒަރު ދެކުމަކީ އަހަރެންގެ ހިތަށް ކުޅަދާން ވާވަރުގެ ކަމަކަށް ނުވި.. ވަގުތުން ހިޝާންގެ މައްޗައް ރުޅިވެރިކަން ކުރި ހޯދި..

ހަސަދައިގެ އަލިފާނުން އަހަރެންގެ ހިތް އަނދަމުން ދިޔަ.. އެއަލިފާނުގައި އަހަރެންނަށް ހެވާއި ނުބައި ވަކިވާވަރުވީ ހުޅުގަނޑު ނިވުނުފަހުން.. އޭރު އޮތީ ވާނެ އެއްވެއް ވެނިމިފައި..” ޔުއާލް ކުރިއަށް ނުގެންގޮސް ހުއްޓާލިއެވެ. “ޓެލް މީ މޯ..” އައިނާ ދެލޮލުން ކަރުނައަންނަ ޙާލު ބުނެލިއެވެ.

“އެރޭގައި އަހަރެން ޑްރިންކްސް އަތުރާފައި ހުރި މޭޒު ކައިރީ ހުއްޓައި އެތަނަށް އައީ ނަޝްވާ.. ނަޝްވާ އައިސް އަހަރެން ކައިރީ ބުނަނީ އައިނާ އާއި ހިޝާން އުޅެނީ ރައްޓެހި ވެގެނޭ.. އަދި.. އަދި.. އަދި އައިނާ ބޭނުންނަމަ އޭނާ ބުނާކަމެއް ކޮށްފިއްޔާ ލިބޭނެއޭ.. ނަޝްވާ.. ނަޝްވާ ބޭނުންވީ ހިޝާން..” ޔުއާލް މިހާސިސާބަށް ބުނާއިރަށް އައިނާ އަށް ކޮއްޅައް ތެދުވެވިއްޖެއެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ލޯބީގެ ހައްގުގައި 2

Next

މިދެލޯ ފުހެލަ ދޭށޭ ލޯބިން 23

Next
August 21, 2020

މިދެލޯ ފުހެލަ ދޭށޭ ލޯބިން 23

Previews
August 21, 2020

ލޯބީގެ ހައްގުގައި 2

12 Comments!

  1. Faiherrr?? says:
    August 22, 2020 at 4:00 am

    Varah nice mi part ves and i am first dhw yayyyyyy. ???????

    1. A aaR says:
      August 22, 2020 at 1:33 pm

      🙂 Jazaakallah khairan ril.. yh ur first

    2. A aaR says:
      August 22, 2020 at 1:36 pm

      Oops sorry.. faiherr dhw.. vv bodah sorry engey..:)

  2. ?Ril? says:
    August 22, 2020 at 8:13 am

    ❤️Wow mi part ves vvvvvvv Sali ❤️
    ❤️Masha Allah❤️
    ❤️Aley A aaR haadha curiouse kohlaafaey dhw thininmaalee ❤️I am so curious❤️
    ❤️When next plxx avaha up kohlaachey ❤️
    ❤️Luvvv uuuuu❤️
    ❤️Stay safe❤️

    1. A aaR says:
      August 22, 2020 at 1:39 pm

      Jazaakallah khairan ril.. next miadhu submit kohlaanan… Lyt stay safe

  3. Anonymous says:
    August 22, 2020 at 9:26 am

    ?Alhe dhn pls dhn oi part dhigu kohlahchey……?btw very nice

    1. A aaR says:
      August 22, 2020 at 1:48 pm

      Yh.. mi part kuruvaane.. srry

  4. aalif says:
    August 22, 2020 at 9:28 am

    Ooops aalif e comment post kohly ekm name nujehunu handhaan nethign n asluves Hama vrh salhi mi part

    1. A aaR says:
      August 22, 2020 at 1:49 pm

      🙂 Jazaakallah khairan aalif..

  5. A aaR says:
    August 22, 2020 at 1:53 pm

    Here is the 30th episode of aina s2.. hope you all would love it.. readers ah kihineh hen heevany.. will yuaal tell all that to gain aina’s trust and to get her?? Read 31st episode which is now submitted.. have a good day.. stay safe and tc

  6. 16 SHABAKKO 7 says:
    August 23, 2020 at 9:15 am

    ♥️❤️❤️♥️❤️♥️Oh????basted ?????Masha Allah varah reethi mi part ves❤️♥️❤️♥️❤️♥️
    When next brw☺️☺️☺️

    1. A aaR says:
      August 23, 2020 at 12:44 pm

      Jazaakallah khairan shabakko.. next part 🙂 submitted

Comments are closed.

Next Episodeއައިނާ (2) 31←


All Right Reserved!