އިރު އޭގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ދިޔައެވެ. އުޑުމަތީގައި ކަޅުވިލާ ރޮއްޖެއްވެސް ނެތް އިރު، ދައްކުވައި ދެމުންދިޔައީ މީހުންގެ ހިތްތަކަށް އުފާވެރިކަން ލިބޭނެ ފަދަ، ހިތްގައިމު މަންޒަރެކެވެ. ގަސްތައް ވެސް ޖެހިލާ ވައިރޯޅިތަކާއި އެއްވަރަށް ނަށަމުން ދިޔައެވެ. މާލޭގެ މަގުމަތި ހަލަބޮލިކަމުން މުޅި ފަޒާވަނީ ކާރުތަކާއި ސައިކަލުތަކުގެ ބޫންއަޑުތަކުން ފުރާލައިފައެވެ. މީހުންތައްވެސް ބަލަނީ އަވަސް އަރުވާލައިގެން އެމީހެއްގެ މަންޒިލަށް ވާސިލްވެވޭތޯއެވެ. ދާނެ މިސްރާބެއް ނެތި އުޅޭ މީހުންވެސް ވަކި މަދެއްނޫނެވެ. އިރުކޮޅަކުން އެންމެންގެ ނަޒަރުތައް […]
ޖައިޝް އަކީ އަހަރެންގެ ދަރިއެއް… އަސްމާވެސް ނޭގޭ ކަންތައް ތަކުގަ އަގަ ނުބޭނިއްޔާ އަހަންނަށް ރަގަޅީ.. ކަންތައްތަކުގެ ހަގީގަތް ބަލާފަ ވާހަކަ ދައްކާ..” އިސްހާޤު ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނާގެ ސަބަބުން އާތިކާއަށް ވަނީ އެތަކެއް ވޭނެއް މީގެ ކުރިން ތަހަންމަލު ކުރަން ޖެހިފައެވެ. ދެނެއް އެ ފުރުސަތެއް އޭނާ ނުދޭނެއެވެ. އޭނާ އާތިކާދެކެ އިންތިހާއަށް ލޯބިވެއެވެ. އާތިކާގެ ލޮލުން ކަރުނަ ހިލުނެވެ. ޖައިޝްދެކެ އަންނަ ރުޅި އޭނާ ނާންނަން ހުއްޓަސް އާދެވެއެވެ. ޖައިޝްގެ ކުށެއް ނެތްކަން […]
އެ ދެކުދިން ފެނުމާއެކު ނަވްޔާގެ މަންމަ ނަބީހާ ގެ މޫނު މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. “ދަރިފުޅުމެން ދެން ވަދޭ އެތެރެއަށް ” ލޮލުން ވެއްޓުނު އުފާވެރިކަމުގެ ކަރުނަތިކި ފޮހެލަމުން ނަބީހާ ގެއަށް ވަންނަން ހިގައިގަތީ އެދެކުދިންނަށް ތާއަބަދަށް ދުނިޔޭގެ ހުރިހާ އުފަލެއް ލެއްވުން އެދި ދުއާކުރަމުންދާ ހާލުގައެވެ. ************************************* ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. ރަށުން ލިބެން އޮތް އެންމެ މައްޗަށް ތައުލީމު ހާސިލް ކުރުމަށް މިއަދުމީ ނަވްޔާ މާލެ އަށް ފުރަން އޮތް ދުވަހެވެ. ނަވްޔާ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންގެ ލޯބިލޯބި ނުހާ ޔަތީމުވީއެވެ. ބައްޕައެއްގެ ލޯބިން މަޙްރޫމްވީއެވެ. މިކަމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ އަހަރެންނެވެ. އެއީ އަހަރެންގެ ބޯހަރުކަމުގެ ނަތީޖާއެވެ. ނުހާގެ ބައްޕައަކީ އެއް އިރެއްގައިވެސް އަޚްލާޤު ރަގަޅު މީހެއްނޫނެވެ.އޭނާގެ ރީތީ ހަމައެކަނި ބޭރުފުށެވެ.ރަށުގެ ހުރިހާ ޖިންސުއްލަތީފުން މަށަށްމަށަށް ގޮވަމުން ހަސަން ފަހަތުން ދުވަންޖެހުނު ސަބަބަކީ އެއެވެ. ހަސަންއަކީ ރީތި ފިރިހެނެކެވެ.ތުނިކޮށް ކޮށާލާފައިވާ ކަޅުކަންގަދަ ތުނބުޅި އިތުރު ރީތިކަމެއް ގެނެސްދެއެވެ.މޭމަތީގެ ތަނަވަސްކަމާއި،ފުޅާ ބާމަތީގެސަބަބުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.ހަސަނަށް ލިބިފައިވަނީ ވަރަށް […]
“ސޭވް ދި ސްމައިލް ފޯ ލޭޓާރ! ޔޫ ވިލް ނީޑް އިޓް ބޭޑްލީ!” ރީމް ވަރަށް ޔަގީންކަމާއި އެކު ބުނެލިއެވެ. ލަމްނާ ފަހަތަށް އެނބުރިލައިފައި ބޯއަރިކޮށްލަމުން އެއްބުމަ މައްޗަށް އަރުވައިލިއެވެ. “ސީރިއަސްލީ؟” ހިނިގަނޑެއް ޖަހައިލަމުން ލަމްނާ ބުނެލިއެވެ. ޖަވާބުދާރީ ވުމުގެ ގޮތުން ރީމް ބޯޖަހައިލައިފައި އެތަނުން ދާން ހިނގައިގަތެވެ. “ހަދާ އަވަހަކަށް ދާން ތިއުޅެނީ؟” ލަމްނާ ހުރީ ޒުވާބުކޮށްލަން ބޭނުންވެފައެވެ. “އަހަރެން މިތާ މާގިނަ އިރުމަޑުކޮށްފިއްޔާ ހަމަ ލަމްނާއަށް ކެތްނުވާނީ!” ވަރަށް ފުރިހަމަކަމާއި އެކު ރީމް ޖަވާބު […]
އަށާވީސްވަނަބައި އައިނާ އެފޮތް ހުޅުވާލިއ އިރު ފުރަތަމަ ގަނޑުގައި ވެސް ވަނީ ހިޝާންގެ ނަން ހިތެއްގެ ތެރޭގައި ލިޔެފައެވެ. *** އޭގެ ތިރީގައި އައިނާ އާއި ހިޝާން ދެމީހުން ނަގާފައި އިން ދެލްފީ އެއް އިނެވެ. އެފޮޓޯގަނޑު އިނީ ދެފަޅިވެފައި އިން ހިތެއްގެ ތެރޭގައެވެ. ދެން އިން ޞަފްޙާ ތަކުގައި ހުރީ ހުސް ހިޝާން ދެކެ ވާލޯބި ބަޔާން ކޮށްފައި ހުރި އިބާރާތް ތަކެވެ. އައިނާ ގަލަމެއް ނެގިއެވެ. އޭގައި އެތަކެއް ވާހަކަ އެއް ލިޔުނެވެ. މިހައަހަރު […]
* އެކުދިންގެ ކުރިމަތީގައި މި ކުރިއަށް ދަނީ ލިޔުންތެރިއަކު ލިޔެގެން ކުޅެމުންދާ ފިލްމެއް ނޫނެވެ. އެއީ ހިތި ހަގީގަތެވެ. ދުނިޔޭގައި އެންމެ ހިތިކޮށް ހުންނަ ބޭހަށް ވުރެވެސް ހިތިކަންގަދަ އަސަރުގަދަކަމުން ލޮލުން ކަރުނަ އޮހޭވަރުގެ ހިތި ހަގީގަތެވެ. ޒައިލީންއަށް ވަރަށް ބޮޑަށް ވިސްނެމުން ދިޔައެވެ. ރަވިކާން ކެއެއްކަމަކު ރަވިކާންގެ ނަޒަރުން ޒައިލީންއެއް ނުނެއްޓެއެވެ. ހީވާ ކަހަލައެވެ. އެ ނަޒަރު ޒައިލީންގެ މޫނުން ދުރު ކޮއްލެވޭނީ ލޮލުގެ ފެނުން ދުއްވާލައިގެންނެވެ. ޒައިދާން އަދި އަލްޔާވެސް ކަމުން އެ މަންޒަރުތައް […]
ނާޔާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ހިތަށް ކިތަންމެ އަސަރެއްކުރި ނަމަވެސް އިޔާޝް އެކްަން ފޮރުވާލަމުން ނާޔާ އާއި ދެމީހުން ޖަދަލު ކުރަން ފެށީ ތާކުން ތާކުން ނުޖެހޭ ކަންތައްތަކާއެވެ. އެމޙުންގެ ހިތް ބުނާކަހަލައެވެ. މި ގޮތަށް އެކަކު އަނެކަކާ ޒުވާބުކޮށް ޖަދަލު ކުރިޔަސް އެ ދެ ހިތަށް ވެސް ނޭނގޭ ހަމަޖެހުމެއް ލިބެއެވެ. އެއާއެކު ދެން ތިބި މީހުނަށް ދެފަރާތަށް ބޯހޫރާލެވުނީ އެދެމީހުންގެ އެ ހުންނަ ގޮތުންނެވެ. ” ލޯބިވާނެ މީހަކު ނެތޭ ނާޔޫ ދެކެ.. […]
ހަތާވީސްވަނަބައި ލޯކައިރީގައި އަނދުން އަޅާ ފަވާލައިފައި ހުރުމުން އިތުރަށް ނުރައްކާތެރި ކަމަށް ދައްކައެވެ. ހީވަނީ ބިރުވެރި މޭކަޕެއް ކޮށްލައިގެން ހުރިހެންނެވެ. މަގުމަތިން ދާހައި މީހަކު އޭނާ އާއި ދިމާއަށް ބަލާލަނީ ޖެހިލުންވެ ހުރެއެވެ. *** ގޭތެރެ އަށް ވަދެގެން އައި ހިޝާން ދިޔައީ ސިޓިންގ ރޫމްގައި ތިބި އެއްވެސް މީހަކަށް ބަލައި ނުލައެވެ. ލެޕްޓޮޕް ދަބަސް ކޮނޑުގައި އަޅުވައިގެން ދިޔައިރު ހީވަނީ މީހަކު އޭނަ އާއި ވާހަކަ ދައްކަފާނެތީވެ ދިޔަހެންނެވެ. ދައްކާނެ ވާހަކަ ވެސް އިނގޭނެއެވެ. ހިޝާން […]