Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނޭނގި ވެވުނީ ލޯތްބޭ- 27 (ފަހުބައި)

Raaya Level 210 Stories100 Comments
August 21, 2020 10 Mins Read
22 Comments

“ޔޫޝައު… ލަމްނާ… ލަމްނާ!” މައިނޭވާ ލެވޭވަރުން ހުދާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

“އަޅެ ޔޫޝައު ދޭބަލަ ކީއްތޯވީ ބަލާފަ އަންނަން!” ޔޫޝައު އެކަމަށް އެހާ ބޮޑަށް ސަމާލުކަން ނުދިނުމުން ރީމް އެދުނެވެ.

“ރީމް… ލަމްނާ ކޮންމެވެސް މޮޔަކަމެއް ކޮށްގެން އަހަރެން ހޯދަނީ ތޯއްޗެއް! ދެން ކީއްކުރާކަށް ދަނީ؟!” ޔޫޝައު އިނީ ހިތްހަމަނުޖެހިފައެވެ.

“ޔޫޝައު! ހިނގާބަލަ… ގަބޫލުވެސް ނުކުރާނެ ވީކަމެއް!” ހުދާ ބުނެލިއެވެ. އަނެއްކާވެސް ރީމް އެދުމުން ޔޫޝައު ހުދާއާއި އެކު އެގެއަށް ދާން ހިނގައިގަތެވެ. ނާއިފްވެސް އެމީހުންނާއި ބައިވެރިވިއެވެ.

ހޮސްޕިޓަލުން ނުކުމެގެން ދުވެފައި ކަހަލަ ގޮތަކަށް ލަމްނާމެންގެއަށް މިސްރާބު ޖެހި ހުދާއާއި ޔޫޝައުގެ އިތުރުން ނާއިފްގެ މޫނު މަތިން ފެނިގެންދަނީ ހާސްކަމެވެ. ރޭގަނޑުގެ ވަގުތުގައި މީހުންތަށް އެގޭ ދޮށައް އެއްވާނީ ކޮންމެވެސް ބޮޑުކަމެއް ވެގެންތާއެވެ.

“ވެދާނެ ލަމްނާ ހައްޔަރު ކުރީ ކަމަށް؟” ޔޫޝައު ހިތަށް އެރިއެވެ. ކޮންމެއަކަސް ވާނުވާ އެނގޭނީ އެގެއާއި ހަމައަށް ދެވުނީމައެވެ. ފުނި ޖެހިފައިވާ މީހުންތަކުގެ ތެރެއިން ފުރޭނެމުން ހުދާއާއި ޔޫޝައުއާއި ނާއިފަށް އެރުނީ ހުދު ފޮތިގަނޑަކުން ނިވާކޮށްފައިވާ ހަށިގަނޑެއްގެ ކުރިމައްޗަށެވެ. ގާތުގައި ލަމްނާގެ މަންމައާއި ބައްޕަ އިންތަން ފެނުމުން އެންމެގެ ސިކުނޑިއަށްވެސް ލިބުނު އިންޒާރުން އެމީހުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހުދު ފޮތިގަނޑަކުން ނިވާކޮށްފައި އެއޮތީ ހަމަ ލަމްނާ ހެއްޔެވެ؟ އެންމެންގެ ސިކުނޑީގައި ކޮއްޓާލީ މިސުވާލެވެ. އިތުރު ވިސްނުންތަކެއް ނުވިސްނާ އެންމެނަށްވެސް އެއީ ކާކުކަން ޔަގީންވެގެން ދިޔައީ ލަމްނާގެ މަންމަ އޭނަގެ ފުރާނަނެތް މަސްގަނޑުގައި އޮޅުލައިގަތުމުންނެވެ. މަގޭ ދަރިފުޅާއޭ ކިޔާ އަޑުން އަޑުނަގައި ރޯންއޮތް ޒާހިދާ ހަމައަކަށް އެޅުވޭތޯ މޫސާ ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ނާއިފް ބަލަކާށް ނުހުރެ ލަމްނާގެ ހަށިގަނޑު ކައިރީ ދެކަކޫ ޖަހައިފައި ތިރިވިއެވެ. އޭނަގެ ލޮލުން ކަރުން ފައިބައި ގަތީ އެޔެއް މިއެއް ބަލައިފައެއް ނޫނެވެ. ލަމްނާ ނާއިފް ދެކެ ލޯބިނުވިއެއްކަމަކު ނާއިފް ލަމްނާ ދެކެ ލޯބިވިއެވެ. އޭގެ އިންތިހާއަށެވެ. ލަމްނާއަށް ނާއިފަކީ އޭނަ ފޫހުފިލުވަން ގެންގުޅުނު ކުޅޭކުޅޭ އެއްޗަކަށް ވިޔަސް ނާއިފަށް ލަމްނާވީ އޭނަގެ މުޅި ދުނިޔެއަށެވެ. ނާއިފް އެފަދަ ގޮތަކަށް ހިތާމަ ކުރާތަން ޔޫޝައުއަށް ފެނުން މީ ފުރަތަމަ ފަހަރެވެ. ޔޫޝައުގެ ހިތުގައި ނާއިފަށްޓަކައި ހަމްދަރުދީ އުފެދުނެވެ. އެހެންކަމުން ލަސް ފިޔަވަޅުތަކެއްގައި ޔޫޝައު ގޮސް ނާއިފް ގާތު ހުއްޓިލައި އޭނަގެ ކޮނޑުގައި އަތް ބާއްވާލީ ހިތްވަރު ކުރާށޭ ބުނާ ފަދައިންނެވެ. އެތިން މީހުން އަދިވެސް ތިބީ ހައިރާންވެފައެވެ.

“ކިހިނެއް؟…” ޔޫޝައު މުސާއާއި ދިމާލަށް ބަލައިލަމުން އަހައިލިއެވެ.

“މޫސަބެމެން ޕޮލިސް ސްޓޭޝަނަށް ގޮސް އައީ ޕޮލިހުންނާއި އެއްކޮށް…” ފުން ނޭވާއެއްދޫކޮށްލަމުން މޫސާ ވާހަކަ ދައްކަން ފެށިއެވެ. “ގޭ ދޮރުހުޅުވައިލިއިރު މުޅި ގެއަށް ހީވީ ތޫފާނެއް އައިސް ދިޔަހެން… މިހާރުވެސް ބަލާލަބަލަ ގޭތެރެ… ހަމަ މިހެން އޮތީ… މޫސަބެމެން ވަރަށް ބިރުގަން… ބަދިގެ ތެރޭވެސް ހުރިހާ ތަށިތަކެއް ތަޅާލާފަ ހުރީ… ޕޮލިހުން ވަން ގޮތަށް ވަދެ ލަމްނާ ހޯދަން ފެށީ… އޭނަގެ ކޮޓަރީގަ ތަޅާ ތަޅާ ދޮރެއް ނުހުޅުވި! އެންމެ ފަހުން ތަޅު ހަލާކު ކޮށްލާފަ އެތެރެއަށް ވަނީ… ވަން އިރު.. ވަން އިރު ބޮޑު ލޭކޯރެއް އެނދު ފަހަތުން ފެނުނީ… އެދިމާލަށް ދިޔަ އިރު ލަމްނާ އޮތީ އަތުގެ ހުޅާ ވީ ދިމާލުން އަތް ބުރި ކޮށްލައިގެން އަމިއްލައަށް މަރުވެފަ!” މޫސާ މިހުރިހާ ވާހަކައެއް ކިޔައިދީ ނިމުނު އިރު އޭނައަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ.

“މިތަނުން ޔޫޝައު އަކީ ކާކު؟” ލަމްނާގެ ކޮޓަރިން ނުކުތް ފުލުހަކު އެހިއެވެ.

“އަހަރެން!” އިން ތަނުން ތެދުވެ ޔޫޝައު ބުނެލިއެވެ.

“މީ ލަމްނާގެ ސުއިސައިޑް ނޯޓު!” ގަނޑުކޮޅެއް ޔޫޝައުއާއި ދިމާލަށް ދިއްކުރަމުން އެމީހާ ބުނެލިއެވެ. އަވަސް އަވަހަށް ޔޫޝައު އެ ގަނޑު ކޮޅު ކިޔަން ފެށިއެވެ.

—
ލޯބިވާ ޔޫޝައުއަށް،
ޔޫޝައުއަށް މިގަނޑުކޮޅު ލިބޭ އިރު އަހަރެން ވާނީ މި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. އަހަރެން އަމިއްލައަށް މަރުވަން ނިންމީ އަހަރެން ޔޫޝައު ނުލިބޭނެ ދުނިޔެއެއްގައި އުޅެން ބޭނުން ނުވާތީއެވެ. ރީމް އެ ބުނީ ތެދެކެވެ. އަހަރެން ރީމް ގަންބާލީމެވެ. ރުޅި އައިސްގެންނެވެ. ޔޫޝައު އޭނައަށް ލިބިދާނެތީއެވެ. އަހަރެން ހަމަ ރަނގަޅަށްވެސް މޮޔަވެއްޖެއެވެ. ޔޫޝައުއަށްޓަކައި އަހަރެން ޖާނުން ގުރުބާން ވާން ކީ ވާހަކަތަށް މިއަދު ހަގީގަތަކަށްވީތާއެވެ. އަހަރެން އަމިއްލައަށް މަރުވީ އަމިއްލައަށް ފެނިގެންނެވެ. ޔޫޝައު އެހެން މީހެއްގެ މިލްކަކަށް ވާތަން އަހަންނަށް ބަލަން ކެތްނުވެދާނެތީއެވެ. ކެތްނުވެދާނެތީއެއް ނޫނެވެ. އެއްގޮތަކަށްވެސް ކެތްނުވާނެތީއެވެ. އަހަންނަށް މާފު ކުރާށެވެ.
އަހަރެން އަބަދުވެސް ޔޫޝައު ދެކެ ލޯބިވީމެވެ. އަބަދުވެސް ވާނަމެވެ. ނަމަވެސް އެ ރީމްއޭ ކިޔާ އިންސާނެއް އައިފަހުން ޔޫޝައު ތިވަނީ އޭނަގެ އަވައިގައި ޖެހިފައެވެ. ނިކަން ވިސްނާލަ ބަލާށެވެ. ރީމް ނައިނަމަ މިއަދު ޔޫޝައުއަށް މިދުވަސް ދެކޭކަށް ނުޖެހުނީސްތާއެވެ. އަޔަސް އޭނަ ޔޫޝައު ފަހަތުން ނޫޅުނު ނަމަ އަހަރުމެން ދެމީހުން އުޅޭނީ ކިހާ އުފަލަކުން ހެއްޔެވެ؟ މިއަދު ރީމް ގެނބިގެން މަރުވިނަމަ އަހަންނަށް ޔޫޝައު ލިބޭނެ ފުރުސަތެއްވެސް ލިބުނީހެވެ. ނަމަވެސް ތަގްދީރުގައި އޮތީ އެހެނެއް ނޫނެވެ. އަހަރެން އޭނައަށް އެވަރު ކުރިއިރުވެސް ގެނބިގެން މަރުވި ނަމަ އަހަންނަށް ކިހާ ފަސޭހަ ވާނެ ހެއްޔެވެ؟ އަހަރެން އޭނަ ގަންބާލީ ކޮންމެހެން ބޭނުން ވެގެނެއް ނޫނެވެ. މަޖުބޫރުވީއެވެ. އަހަރެން ރީމްއަށް އިންޒާރުވެސް ދިނީމެވެ. އަހަރެން ޔޫޝައު ހޯދަން ކޮންމެ ފަދަ ކަމެއްވެސް ކުރަން ފަހަތަށް ނުޖެހޭނެ ކަމަށް ބުނީމެވެ. ނަމަވެސް އޭނަ އެކަމާއި އެހާ ނުވިސްނިއެވެ. އެހި ސާބުން އަހަންނަށް މަޖުބޫރުވީއެވެ.
ޔޫޝައުއެވެ. ހަނދާން ކުރައްޗެވެ! ރީމް ދުވަހަކުވެސް ޔޫޝައުގެ މިލްކަކަށް ނުވާނެއެވެ. ރީމްއަކީ މުޅި ދުނިޔެއިންވެސް އަހަރެން އެންމެ ނަފްރަތު ކުރާ މީހާއެވެ. އޭނައަށް ދުވަހަކުވެސް އުފަލަކު ނޫޅެވޭނެއެވެ. އަހަރެން އަބަދުވެސް ޔޫޝައު ދެކެ ލޯބިވާނަމެވެ.
ލަމްނާ
—

“މިހާ ބޮޑު ފާފައެއް ކުރަން ލަމްނާއަށް ކެރުނީވެސް ކިހިނެއް ހެއްޔެވެ؟ ކުފުރު މަރުން މަރުވާ މީހާ ދާނީ ސީދާ ނަރަކައަށްކަން ލަމްނާއަށް ނުވިސްނުނީ ހެއްޔެވެ؟ ނޫނީ ވިސްނަން ބޭނުން ނުވީ ހެއްޔެވެ؟ އެހާ ބޮޑު ފާފައެއްކޮށްފައި އަނެއްކާ ރީމްއަށް ބަދުދުޢާ ކުރަން ލަމްނާއަށް ކެރުނީވެސް ކިހިނަކުން ހެއްޔެވެ؟ އަހަރެން ހަމަ އަޖައިބު ވާވަރު ވެއްޖެއެވެ. މަރުވެގެން ދިޔައިރުވެސް އެދިޔައީ މިހެން ނަމަ އެހެންވި ނަމަ ކިހާ ރަނގަޅުވީސްހެއްޔޭ ކިޔައިފައެވެ. ގައިމު އޭނަ މިކަން ނުކޮށް ކުރެވުނު ފާފައަށް ތައުބާވެ ރަނގަޅުމަގަށް ރުޖޫޢަ ވިނަމަ ‘ނަމަނަމަ’ ކިޔާކަށް ނުޖެހުނީސް ނޫންހެއްޔެވެ؟” މި ލިޔުންކޮޅު ކިޔައި ނިމުނު ޔޫޝައުގެ ސިކުޑިއަށް އެތަކެއް އެއްޗެއް އަރައިފޭބިއެވެ. މި ސިޓީ ލަމްނާގެ މައިންބަފައިންގެ އިތުރުން ހުދާއާއި ނާއިފްވެސް ކިއެވެ. އެންމެންވެސް ތިބީ ހަމަ ހައިރާންވެ އަންތަރީސްވެފައެވެ. މޫސާއާއި ޒާހިދާ އެތަކެއް ފަހަރަކު ޔޫޝައުގެ ކިބައިން މާފަށް އެދުނެވެ. ސާފު ހިތަކާއި އެކު ޔޫޝައު އެދެމަފިރިންނަށް މާފުކުރިއެވެ. ހުދާ ވީހާވެސް އަވަހަށް މިހަބަރު ރީމްއަށް ފޮނުވިއެވެ. ރީމްމެންވެސް ތިބީ ވެގެން ދިޔަކަންތަށްތަށް ގަބޫލު ކުރަންވެސް އުނދަގޫ ވެފައެވެ.

ކަށުކަމާކެމީގެ ކަންތަށްތައް ނިންމައި ޔޫޝައުއާއި ނާއިފް ހޮސްޕިޓަލަށް އައިއިރު މެންދަމު އެއްގަޑިބައިވަނީއެވެ.

“ނާއިފް… މިހާރު ވަރަށް ލަސްވެއްޖެ އެންނު ދެންދޭ ގެޔަށް ގޮސް ނިދާލާފަ އާދޭ!” ނާއިފް ވަރުބަލި ވެފައި ހުރިކަން ޔޫޝައުއަށް އެނގުމުން ޔޫޝައު ބުނެލިއެވެ.

“އޭގެ ކުރިން…” ޔޫޝައުއާއި ދިމާލަށް ބަހައްޓައިގެން ހުރެ ނާއިފް ބުންޏެވެ. “އަހަންނަށް މާފުކޮށްފިންތަ؟ އަހަރެން އަދިވެސް މާފަށް އެދެންވިތަ؟ އަހަރެން ގަބޫލުކުރަން އަހަންނަށް ކުރެވުނީ ރަނގަޅު ކަމެއް ނޫންކަން… ކީއްކޮށްގެން ޔޫޝައު އަހަންނަށް މާފު ކުރާނީ؟ ޔޫޝައު މާފު ނުކުރިޔަސް އަހަރެން ބާކީ ނުކުރާތި… ސްކޫލު ދައުރުން ފެށިގެން ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ… އިންޝާﷲ މުޅި އުމުރަށްވެސް ޔޫޝައުގެ ބެސްޓް ފްރެންޑެއްގެ ގޮތުގަ ހުންނާނަން! ހެޔޮނުވާނެ އަހަންނަށް މާފު ކުރޭ!” ނާއިފްގެ ލޮލުން ކަރުނަ ވިދާލިއެވެ.

“ބްރޯ! ޑޯންޓް ވޮރީ! މާފު ކޮށްފިން! ތިހުރިހާ ވަރެއް ކުރާކަށް ނުޖެހޭނެ!” ނާއިފްގެ ކޮނޑުގައި އަތް އަޅުވައިލަމުން ޔޫޝައު ބުނެލިއެވެ.

“އަސްލުތަ؟ ސޮރީ!” އުފަލުން ގޮސް ނާއިފް ޔޫޝައު ގައިގައި ބައްދައުގަތެވެ.

“ދެން އޯކޭ ވާނެޔޭ! އެކަމު ޝަރުތެއްގެ މަތިން މާފުކުރާނީ!” ޔޫޝައު ބުނެލިއެވެ.

“ކޮން ޝަރުތެއް؟” ނާއިފް އަހައިލިއެވެ.

***

ދުވަސްތަށް ހަލުވި މިނުގައި ފާއިތުވަމުން ގޮސް މިރެއަކީ ރީމް ހޮސްޕިޓަލުން ދޫކޮށްލާ ރެއެވެ. ރީމްގެ ހެދުންތަކާއި އެނޫންވެސް ސާމާނުތަށް ކުޑަ ދަބަހަކަށް އަޅަން ހުރި އައިނާ ސިއްސައިގެން ދިޔައީ އޭނަގެ ފޯނަށް ޒިއުނީ ގުޅުމުންނެވެ.

“އޭ ކޮބާ ރީމް؟؟ އަވަސް ކޮށްބަލަ! މިހާރު ކެތްތެރިކަން ކޮޅުން ލައިފިއޭ! މިހާރު މިހެންވެސް ތިބޭތާ ކޮންއިރެއް؟!” ޒިއުނީ އޭނާގެ ޝަކުވާތަށް އޮއްސައިލިއެވެ.

“ޕިސް ޕިސް! ރީމް މިހާރު ޗޭންޖު ކުރަނީއޭ… މިދަނީ އިރުކޮޅަކުން… ބުނީމެންނު މެސެޖު ކުރާނަމޭ! އޭ އެއޮށް ރީމް އަންނަނީ! ދެން ބާއްވަނީ!” ރީމް އަންނަތަން ފެނުމުން އައިނާ ފޯނު ބޭއްވިއެވެ.

“ކާކު ގުޅީ؟” އެނދުމަތީގައި އިށީންދެލަމުން ރީމް އެހިއެވެ.

“އެއީ ޒިއުނީ… ރީމް ނައިސްގެން ލަސްވެގެން… ދެން ރީމްއަށްވެސް އެނގޭންނު ދޯ ޒިއުނީގެ ގޮތް!” ދަބަސް ނަގައި ކޮނޑުގައި އަޅުވައިލަމުން އައިނާ ބުނެލިއެވެ.

ދެމީހުންވެސް ހޮސްޕިޓަލު ނުކުމެ ގެއާއި ދިމާލަށް ދާން ހިނގައިގަން އިރު ގަޑިން ނުވައެއް ޖަހަނީއެވެ. ތިން ދުވަހު ހޮސްޕިޓަލުގައި އުޅުމަށްފަހު ގެއަށް ދެވޭތީ ރީމް ހުރީ ނިކަން އުފަލުންނެވެ. މިއަދު އެއްގޮތަކަށްވެސް ޔޫޝައު ހޮސްޕިޓަލަށް ނައިސް އޭނައަށް ގުޅައި ނުލާތީ ރީމް ހުރީ ޔޫޝައުއަށް ބޮނޑިއެއް ދޭން ވިސްނައިގެންނެވެ. ގެއަށް އައިސް ދޮރު ހުޅުވައިލި ރީމްއަށް ލިބުނޫ ހައިރާންކަމެވެ. ގޭތެރެއެއްކޮށް އޮތީ އަނދިރިކޮށްލައިފައެވެ.

“މިޔޯ؟” އެއްވެސް އަލިކަމެއް ނެތުމުން ރީމް އައިނާ ގާތު އަހައިލިއެވެ.

“ވަދެބަލަ!” އައިނާ ބުނެލިއެވެ. ރީމް އެތެރެއަށް ފިޔަވަޅެއް އެޅުމާއި އެކު މުޅި ތަން އަލިވެގެން ދިޔައީ “ސަޕްރައިޒް!!” މިހެން އެންމެން އަޑުގެ ނެތްކޮޅަށް ގޮވުމާވެސް އެކުއެކީގައެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ރީމްއަށް އޭނާގެ އަނގަމަތީ އަތްއަޅައިލެވުނެވެ.

“ވެލްކަމް ބެކް!” ރީމްއާއި ދިމާލަށް ހިނގައިފައި އައި ޔޫޝައު ބުނެލިއެވެ.

“ސަޅި ދޯ ސަޕްރައިޒް؟” ދުރުގައި ހުރި ނާއިފް އަހައިލިއެވެ.

“ވަރަށް ސަޅި! ހަމަ އަހަރެން ގެއަށް އަންނާތީ ކުރިހާ ވަރުތަ މީ؟” ރީމް އަހައިލިއެވެ.

“ޔެސް! އަދި އެބަ އޮތް އެހެން ސަޕްރައިޒެއްވެސް!” ޔޫޝައު ރީމް ފަހަތަށް ގޮސް އޭނަގެ ލޮލުގައި އަތްއަޅައިލަމުން ބުނެލިއެވެ.

“އަދިވެސް؟” ރީމް އަހައިލިއެވެ.

“ކޮބާ… ބުނެ އަންނާށޭ!” ޔޫޝައު ވައިއަޑަކުން ބުނެލިއެވެ. ކޮޓަރިން ނުކުމެގެން އައި ތިންމީހުން އައިސް ހުއްޓުނީ ރީމް ކުރިމަތީއެވެ. މަޑު މަޑުން ޔޫޝައު ރީމްގެ ލޮލުން އަތްނެގިއެވެ. ކުރިމަތިން ފެނުނު މީހުންގެ ސަބަބުން ރީމްގެ ލޮލުން ފައިބައިގަތީ އުފާވެރިކަމުގެ ކަރުނަ ތިކިތަކެވެ.

“ބޮޑައްތާ!” ރީމް ދިޔަގޮތަށްގޮސް އަސްމާ ގައިގައި އޮޅިލައިގަތެވެ.

“ދަރިފުޅު ރަނގަޅުތަ؟” އަސްމާގެ ދެއަތުން ރީމްގެ ކޮލުގައި ފިރުމާލަމުން އަހައިލިއެވެ.

“ލައްބަ!” ފުޅާ ހިނިތުންވުމަކާއި އެކު ރީމް ޖަވާބު ދިނެވެ. “ބޭބެމެން ކޮންއިރަކު އައީ؟” ރީމްގެ ބައްޕަގެ ބޭބެ މުސްތަފާ ގާތު ރީމް އަހައިލިއެވެ.

“މިއަދު އައީ!” ރީމްގެ ބޮލުގައި ފިރުމާލަމުން މުސްތަފާ ބުނެލިއެވެ.

“ކުޑާ!” ޝާނީވެސް ރީމްގައިގައި އޮޅުލައިގެތެވެ. “އިނގޭތަ ކިއްވެކަން މިއައީ؟” ޝާނީ އަހައިލިއެވެ.

“އެކީއްވެ؟” ރީމް އަހައިލިއެވެ.

“އެއީ ސަޕްރައިޒެއް!” ހިނިގަނޑެއް ޖަހައިލަމުން ޝާނީ ބުނެލިއެވެ.

“ކޮބާ… އެންމެންވެސް މިރޭގެ މެއިން އިވެންޓަށް ތައްޔާރުތަ؟” ނާހިލް އަޑުގެ ނެތް ކޮޅަށް ހަޅޭއްލަވައިގަތެވެ.

“ހޭވައްލާ ތައްޔާރު!” އެންމެންވެސް އެއްއަޑަކުން ބުނެލިއެވެ.

“ކޮން މެއިން އިވެންޓެއްތަ؟ ކިހިނެއްތަ ވީ؟ ކޮންކަމެއް އޮތީ؟” ފަހަރަކު ސުވާލެއް ރީމް އަހަމުންދިޔައެވެ.

“ތިހާ ސުވާލު ގިނަ ނުކޮށް އައިސްބަލަ!” ޔޫޝައު ރީމް ގާތު ބުނެލިއެވެ. ކާގެއިން ކުޑަވަރެއްގެ ކޭކެއް ހިފައިގެން އައި ސުމައްޔާ އައިސް ސިޓިންރޫމުގައި އިން މޭޒުމަތީގައި ބޭންދީ އެވަގުތުއެވެ. ޔޫޝައު ރީމްގެ އަތުގައި ހިފައިގެން ގޮސް ކޭކު ކައިރީ މަޑުކޮށްލައިފައި އަދި އެހަށް ކޭކާއި ދިމާލަށް ނުބަލަން އެދުނެވެ. އިރުކޮޅެއް ނުވެ ޔޫޝައު މުސްތަފާއާއި ސިއްރުން ކޮންމެވެސް ވާހަކައެއް ދައްކާލައިފައި އައިސް އަނެއްކާވެސް ރީމް ކުރިމަތީ ހުއްޓެލިއެވެ.

“ދެން ކޭކާއި ދިމާލަށް ބަލާލަބަލަ!” ޔޫޝައު ބުނެލިއެވެ. ވަގުތުން ރީމް ކޭކާއި ދިމާލަށް ބަލައިލިއެވެ. އޭގައި އިނީ އިނގިރޭސި ބަހުން “ވިލް ޔޫ ބީ މައިން؟” މިހެން ޖަހައިފައެވެ. ރީމްގެ އުފަލުގެ ކޮޅެއް ނެތެވެ. އަނެއްކާވެސް ޔޫޝައުއާއި ދިމާލަށް ބަލައިލި ރީމްއަށް ލިބިގެންދިޔަ ކުއްލި ސިހުމަކުން އޭނައަށް ފަހަތަށް ޖެހެވުނެވެ. ކުރިމަތީ ޔޫޝައު އެ އިނީ އެއްކަކޫ މައްޗަށް ތިރިވެއެވެ. އެވަގުތު އެންމެންކަހަލަ ގޮތަކަށް އުފަލުން ހަޅޭއްލަވާއަޑު މުޅި ގޭތެރޭގައިވެސް ގުގުމާލިއެވެ. ގުޑާލަން ނުކެރިފައި ހުރި ރީމް ސިއްސައިގެން ދިޔައީ ޔޫޝައު ރީމްގެ އަތުގައި ހިފާލުމުންނެވެ. ދެމީހުންގެވެސް ހަތަރު ކަޅިހަމަވީ އެވަގުތުއެވެ.

“ރީމް… ވެދާނެ އަހަރެން މިހެން އަހަން މިއުޅެނީ މާ އަވަހަށްކަމަށް.. އެކަމު އަހަންނަށް ރީމް ދެކެ ލޯބިވެވިއްޖެ! ދުވަހަކުވެސް ދެން ވަކިން ނޫޅެވޭ ވަރަށް ލޯބިވެވިއްޖެ! ލޯބިވެވުނީ ކޮންއިރަކުހޭ އަހައިފިއްޔާ ނޭނގެ ބުނާކަށް… ރީމް… އަހަރެން ހީކުރީ ރީމް އުޅުނީ އަބަދުގެ އަބަދަށް އަހަރެން ދޫކޮށްފަ ދާން ކަމަށް! އެކަމު އަލްހަމްދުﷲ ރީމް މިހާރު އެއްކޮށް ރަނގަޅުވެއްޖެ… އަހަރެން މިކަމަށް ވަރަށް ގަދަޔަށް ވިސްނާލީމަ އިނގުނު އެއްޗެއް އިނގޭ މީ… ރީމްއާއި ލޯންޗުން ދިމާވުން… މިރަށައް އައުން… އެއްގެޔަކަށް އާދެވުން… މީ ހަމަ ހުސް އިއްތިފާގުތަކެއްތަ؟ މާތްﷲ ގެ މޮޅު ރޭވުންތެރިކަމާއި މެދު ނިކަން ވިސްނާލަބަލަ! މިހުރިހާ ކަމެއް ނުވި ނަމަ މިއަދު އަހަރުމެން ދެމީހުން އެކުގައި ވާނެތަ؟ މިހެން ނުވިނަމަ ވާނެ ކަންތަކާއި ދޭތެރޭ ވިސްނާކަށް އަހަރެން ބޭނުމެއްވެސް ނޫން! އައި މޭ ނޮޓް ބީ ޔުއަރ ފަސްޓް ލަވް އޯ ފަސްޓް އެނީތިންގ… ބަޓް އައި ވޯންޓް ބީ ޔުއަރ ލާސްޓް އެވްރީތިންގ! އެހެންމަ މި އޮތީ ސުވާލު… އަހަންނާ އިންނާނަންތަ؟” ޔޫޝައު އެހި ސުވާލުން ރީމް ލޮލުން ނިރާލީ އުފާވެރިކަމުގެ ކަރުނައެވެ. މިކަހަލަ ކަމަކަށް ތައްޔާރުވެސް ނުވެ ހުއްޓާ މިކަމާއު ކުރިމަތި ލާންޖެހުމުން ރީމް ހުރީ ހަދާނެ ގޮތްވެސް ނޭނގިފައެވެ. އެހެން ހުއްޓާ ޔޫޝައު ދިއްކޮށްލި އަނގޮއްޓިގެ ސަބަބުން ރީމްގެ ލޮލުން ފޭބި ކަރުނަތަށް އިތުރުވެގެން ދިޔައެވެ.

“އޯކޭ ވިސްނާލާފަ ޖަވާބެއް ދިނަސް… ރީމްގެ އިންތިޒާރުގަ މުޅި އުމުރުދުވަސް ހޭދަ ކުރަން ޖެހުނަސް އަހަރެން ހުންނާން! މާ އަވަހަށް ތަ އަނެއްކާ އިންނަން މި އެހުނީ؟” ރީމްގެ ފަރާތުން ޖަވާބެއް ނުލިބުމުން ޔޫޝައު އިތުރުކޮށްލިއެވެ.

“އަވަހީތަ؟ އަހަންނަށް އަދިވެސް ލަހީ!” ހިނިގަނޑެއް ޖަހައިލަމުން ރީމް ބުނެލިއެވެ. “އަހަރެންވެސް ޔޫޝައު ދެކެ ވަރަށް ލޯބިވޭ! ވަރަށް ވަރަށް ވަރަށް ބޮޑަށް!” ރީމް މިހެން ބުނެލީ އޭނަގެ ލޮލުން ފައިބާ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުންނެވެ.

“ސޯ… ވިލް ޔޫ ބީ މައިން؟ އަހަންނާއި އިންނާނަންތަ؟” ޔޫޝައު އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. ރީމްއަވަސް އަވަހަށް ބޯޖަހައިލާފައި އޭނަގެ ވާ އަތް ދިއްކޮށްލީ ޔޫޝައުއަށް އޭނަގެ އަތުގައި އަނގޮއްޓި އެޅުވުމުގެ ފުރުސަތު ދެމުންނެވެ. އަނެއްކާވެސް ރީމްއަށް އުފަލުން ރޮވެން ފެށުނެވެ. ކޮޅަށް ތެދުވެލަމުން ޔޫޝައު ރީމްއާއި ގާތްވެލައި އޭނަގެ ކަރުނަތަށް ފޮހެލަދިނީ ނިކަން ލޯބިންނެވެ. މުޅި މާހައުލުގައި ވީ ހިމޭންކަން ފޫދުއްވާލީ އެންމެން އަތްޖަހާ އަޑާއި ހުނުމުގެ އަޑުންނެވެ.

“ބޭބެއާއި ކޮން ސިއްރު ވާހަކައެއްތަ ދެއްކީ؟” ރީމްގެ ސިކުނޑީގައި މާންބުރެއްހެން އެނބުރެމުން ދިޔަ ސުވާލު އަހައިލިއެވެ.

“ހެހެ… ޕްރޮޕޯޒް ކުރަން ހުއްދަ ހޯދީއެންނު!” ފުޅާ ހިނިތުންވުމަކާއި އެކު ޔޫޝައު ބުނެލިއެވެ. ދެމީހުންވެސް އެކުއެކީ ކޭކު ފަޅައި އެކަކު އަނެކަކަށް ލަވައިދިނެވެ.

“މްމްމް… ހާދަ މީރޭ ކޭކު! ކާކު އެޅީ؟” މަންޒަރުތަށް ފޯނުގައި ރިކޯޑު ކުރަން ހުރި ޒިއުނީ އަހައިލިއެވެ.

“ތިއްތައާއި ނާއިފްގެ އަތުގެ މޮޅުކަން މީ!” ޔޫޝައު ބުނެލިއެވެ.

“ނާއިފް..” ރީމް އަހައިލިއެވެ. ރައްދުގައި ޔޫޝައު މާނަފުން ހިނިތުންވުމެއް ބަދަލުކޮށްލުމުން އެދެމެދުގައި ހުރިހާ ކަމެއްވެސް ރަނގަޅުވީ ކަމަށް ރީމްއަށް އެނގިގެންދިޔައެވެ.

“ކިހިނެއް؟” ރީމް އެހިއެވެ.

“ޝަރުތު ފުރިހަމަ ކޮށްގެން!” އެދެމީހުންނާއި ދިމާލަށް އައި ނާއިފް ބުނެލިއެވެ. ރީމްއަށް ޔޫޝައުއާއި ދިމާލަށް ބަލައިލެވުނީ ސުވާލުން ފުރިފައިވާ ނަޒަރަކުންނެވެ.

“އެހާ ބޮޑު ޝަރުތެއް ނޫން… މިކޭކާ.. މި މޭޒުގެ ޑެކަރޭޝަންއާއި މި އައިޑިއާ މީ އަހަރެން ދިން އައިޑިއާއެކޭ! މިކަން ކުރަން ހެލްޕް ކޮށްދިނީމަޔޯ އަހަންނަށް މާފު ކުރާނީ!” ނާއިފް ވާހަކަ ދެއްކިއެވެ.

“ވެން އިސް ދަ ޑޭޓް؟” އައިނާ އަހައިލީ ޖޯޝުން ފުރިގެންވާ އަޑަކުންނެވެ. ސުވާލުގެ ޖަވާބު ރީމްވެސް ބޭނުންވިއެވެ. އެހެންކަމުން ރީމް ޔޫޝައުއަށް ނިތްއަރުވައިލިއެވެ.

“މީ… އަހަރެން މިވިސްނަނީ އަހަންނާއި ދޮންތަގެ ކައިވެނި އެއްދުވަހަކު ކުރަން ކަމަށް!” ޔޫޝައު ބުނެލިއެވެ. ރީމްގެ ތުންފަތާއި ކުޅެލީ އުފާވެރި ހިނިތުންވުމެކެވެ.

“ސަޅި އައިޑިއާއެއް! ތިހެން ހަދާނީ އެހެންމަ! ނަސީބެންނު އިންވިޓޭޝަން ކާޑުތަށް ޕްރިންޓުކޮށް ނެހެދުންކަން!” ހުދާ ބުނެލިއެވެ.

“އެހެންމަ މި ސަޓަޑޭތަ؟” އައިނާ އަހައިލިއެވެ.

“ޔެސް! އެންޑް ރީމް ޖެހޭނެ މާދަމާ މާލެ ދާން ހެނދުން ކަންތަކަށް… މާދަމާ ގޮއްސަ އަނެއްދުވަހުން އަންނަން ދާނީ ދޯ؟ އަހަރެން ދާނަން ރީމްއާއި އެކު! އެންމެ ހަތަރު ދުވަސް ބާކީ! އެހެންމަ މާދަމާއިން ފެށިގެން ރެޑީ ވާންވީ އެންމެން!” އަޑުގެ ނެތްކޮޅަށް ޒިއުނީ ހަޅޭއްލަވައިގަތެވެ.

ކައިވެނީގެ ކަންކަން ކުރިއަށް ދިޔައީ ހަލުވި ބާރުމިނެއްގައެވެ. ރީމް ހުރީ ނުލާހިކު އުފަލުންނެވެ. އައިނާއާއި ރީމް އެއްދަވަހަކު ކައިވެނި ކުރުމަކީ ދެއެކުވެރިން ކުރިންވެސް ވަރަށް ގިނައިން ދައްކައިފައިވާ ވާހަކަތަކެވެ. އޭރު އެކަން ނާދިރު ކަމަކަށް ވިޔަސް ދުވަސް ކޮޅަކުން އެކަންވެސް، އިންޝާﷲ ހަގީގަތަކަށް ވާނެއެވެ. ހުވަފެނީ ދުނިޔެއެއްގައި ރީމް އުޅެމުން ދިޔައީ ނުލާހިކު އުފަލުންނެވެ. ކައިވެނީގެ ތައްޔާރީތަކުގައި އަތްގާތްކޮށްދެންވެސް ހުދާއާއި ޒިއުނީ ވަނީ ރީމްއަށް މަނާކޮށްފައެވެ. ކުޑަމިނުން ތަން އޮންނާނެ ގޮތާއި މިހުރިހާ އެއްޗެއްވެސް ރީމްއަކަށް ނޭނގެއެވެ. ހަމައެކަނި އެނގޭ ކަމަކީ އޭނަގެ ކައިވެނި ހެދުން އިންނާނެ ގޮތެވެ. މިކަންތަށް ނޭނގެނީ ރީމްއަށް އެކަންޏެއް ނޫނެވެ. ކައިވެނި ކުރާ ދެޖޯޑަށްވެސް ވަނީ ސަޕްރައިޒެކޭ ކިޔާ މިކަން ސިއްރުކޮށްފައެވެ. މިހެން ކަންތަށް އޮތްނަމަވެސް ރީމްއަށް ލިބިފައިވާ އުފާވެރިކަން މާ ބޮޑެވެ. އެއުފާވެރިކަން ބަޔާން ކޮށްދެންވެސް އެހާ އުނދަގުލެވެ.

ރީމްއާއި ޔޫޝައުގެ ގުޅުމަށް ހަފްތާއެއްވެސް ނުވާއިރު އެދެމުދުގައި ލޯބި އުތުރު އަރަނީއެވެ. އިތުރަށް ލަސްކުރަން ދެމީހުންވެސް ބޭނުން ނުވަނީއެވެ. އެމީހެއްގެ ހަގީގަތް އެނގޭނީ އެމީހަކާއި އެއްކޮށް އުޅެގެންކަން ދެމީހުންވެސް ހިތުގެ އަޑިން ގަބޫލު ކުރެއެވެ. ރީމް ހުރީ މާދަމާ ކުރެވެން އުޅޭ ކައިވެންޏާއި ދޭތެރޭ ހިތްއަވަސްވެފައެވެ. ރީމް އެކަންޏެއް ނޫނެވެ. އައިނާވެސް މެއެވެ. ރީމް އެރޭ ނިދީ އައިނާގެ ކޮޓަރީގައި ސަކަރާތްޖަހައި ކުރީގެ ހަނދާންތަށް އާލާކުރަމުންނެވެ.

ރީމް އެދުވަހަކަށް އެންމެ ގަދަޔަށް އިންތިޒާރު ކުރި ދުވަސް އައިސްޖެހުނީއެވެ. ގަޔަށް ހެޔޮވަރު ކޮށްލި ބޮޑު ވެޑިންގ ޑްރެސް ގެ ސަބަބުން ރީމް ވައްތަރީ “ސިންދްރެލާ”އަށޭ ބުންޏަސް ގޯހަކަށް ނުވާނެއެވެ. އައިނާވެސް ލައިގެން ހުރި “މާރމެއިޑް” ވެޑިންގ ޑްރެސްގެ ސަބަބުން އޭނަ ވައްތަރީ ތަނެއްގެ ރާނީއަކާއެވެ. ކޮއްފައިވާ ލުއި މޭކަޕާއި ތުންފަތުގައި ޖައްސައިފައިވާ މެރޫން ކުލައިގެ ސަބަބުން ރީމް އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ރީމްއާއި އައިނާގެ ރީތިކަމަށް ހުދާއާއި ޒިއުނީގެ އިތުރުން މަރިޔަމާއި ސުމައްޔާވެސް ދިޔައީ ތަޢުރީފުގެ ބަސްތަށް އިއްވަމުންނެވެ. ބޮލުގެ އިސްތަށިގަނޑު މައްޗަށް ވާގޮތަށް ސްޓައިލް ކުރެވިފައި ވީއިރު ޔޫޝައުގެ ކަސްރަތީ ހަށިގަނޑަށް ފުރިހަމަކަން ގެނެސްދިނީ އޭނަ ލައިގެން ހުރި ހުދުކުލައިގެ ގަމީސްގެ މަތިން ލައިފައިވާ ކަޅުކުލައިގެ ކޯޓެވެ. ކޯޓާއި އެއްކުލަކޮށް ލައިފައިވާ ޓްރެކްސޫޓުގެ އިތުރުން ކޯޓުގެ ވާތްފަރާތު މަތީގައި ހަރުކޮށްލި މެރޫން ކުލައިގެ މަލުން އޭނަ ފެންނަލެއް ރީތިވެފައި އެހާމެ ހިތްގައިމެވެ. ޔޫނުސްވެސް ހަމަމިގޮތަށް ހެނދުން އެޅުމުން ފަހަތުން ބަލައިލާ މީހަކަށް ދެމީހުން ދެމެދު ވަކި ކުރާކަށް ނޭނގޭނެއެވެ.

ކައިވެނި ކުރެވޭ ވަގުތު ޖެހުމުން އެންމެންވެސް މިސްރާބު ޖެހީ ރަށު ކޯޓާއި ދިމާލަށެވެ. ޔޫޝައުއަށް ރީމް އަންނަތަން ފެނުމުން ކަޅި ޖަހައިނުލާ ރީމްއާއި ދިމާލަށް ބަލަހައްޓައިގެން އޭނައަށް ހުރެވުނެވެ. މިމަންޒަރު ފެނި ރީމް އޭނާގެ ތިރީ ތުންފަތުގައި ދަތްއަޅުވައިލައިފައި އިސްޖަހައިލިއެވެ. އަނެއްކާވެސް ރީމް ޔޫޝައުއާއި ދިމާލަށް ބަލައިލާފައި ހީލީ ޔޫޝައު އޭނާގެ މޭމަތީގައި އަތްބާއްވާފައި “ހައެ” މިބަސް ޔޫޝައު ދުލުން ނުކުތުމުންނެވެ. އެންމެ ފުރަތަމަ ކުރެވުނީ އައިނާއާއި ޔޫނުސްގެ ކައިވެންޏެވެ. ޔޫޝައު ފާޑަކަށް ނުތަނަސްވެފައި ހުރި ތަން ފެނުމުން ނާއިފް އޭނަގާތަށް ދިޔައެވެ.

“ހާދަ ބިރުން؟” ޖެއްސުން ކުރާ ރާގަކަށް ނާއިފް ބުނެލިއެވެ.

“އެއްކަލަ! ވަރަށް ނާރވަސް ވެފަ!” ޔޫޝައު އޭނާގެ ދެފައި ހަލުވަމުން ބުނެލިއެވެ. އެވަގުތަކީ އައިނާއާއި ޔޫނުސްގެ ކައިވެނިކޮށް ނިމި ޔޫޝައުއާއި ރީމްގެ ކައިވެނި ކުރަން ހަމަޖެހިފައިވާ ވަގުތެވެ.

“ޔޫޝައު އެކޭ އަންހެން ކުއްޖެކޭ ނެތެންނު ތަފާތެއް! އަހަންނަށް ޔަގީން ރީމްވެއަށްވެސް ތިހާ ވަރެއް ނުވާނެކަން! ބީ އަ މޭން ބްރޯ!” ޔޫޝައު ކޮޅަށް ތެދުވެ ދާން ތައްޔާރު ވިއިރަށް ނާއިފް ޔޫޝައު ކޮނޑުގައި ޖަހައިލަމުން ބުނެލިއެވެ. ބޯޖަހައިލައިފައި ޓައި ރަނގަޅުކޮށްލަމުން ޔޫޝައު މިސްރާބު ޖެހީ މޭޒާއި ދިމާލަށެވެ. އިރުކޮޅެއްނުވެ ރީމްއާއި ޔޫޝައުގެ ކައިވެނި ކުރެވިގެން ދިޔައެވެ. ގޮޑީގައި އިށީންދެގެން އިން ރީމްގެ ހިތްހީވަނި ދެންމެ ދެންމެ އޭނަ އަތުތެރެއަށް އައިސްދާނެހެންނެވެ. ޔޫޝައުގެ ހާލަކީވެސް ހަމަމިއެވެ.

“އަނބި ގަބޫލު ކޮށްފިން!” ޔޫޝައުގެ ދުލުން ނިކުން ބަސްތަކާއިއެކު ރީމް އޭނައާއި ދިމާލަށް ބަލައިލައިފައި ލަދުރަކި ގޮތަކަށް ހީލިއެވެ. ޔޫޝައުވެސް ރައްދުގައި ބަދަލުކޮށްލީ ފުޅާ ހިނިތުންވުމެކެވެ. ކައިވެނީގެ ވަލީމާ ބާއްވަން ހަމަޖެހިފައިވަނީ ރަށުގެ ބީޗުގައި ކަމުން އެންމެންވެސް މިސްރާބު ޖެހީ އެދިމާލަށެވެ. އެތަނަށް ވަދެވުނު އިރު ރީމް ހުރީ އާޝޯޙުވެފައެވެ. ދުވަހަކުވެސް ރީމް އޭނަގެ ކައިވެނި ސިފަނުކުރާހާ ހިތްގައިމުކޮށް މިރޭ މުޅިތަން ވަނީ ތައްޔާރު ކޮށްފައެވެ. ކުލަކުލައިގެ ބޮކިތަކުން މުޅިމާހައުލު ޒީނަތްތެރި ކޮށްފައިވީއިރު ބުރުހަމަ ހަނދާއި މުޅިޖައްވުގައި ފިޔަޖަހަމުން ދިޔަ ތަރިތަކުންވެސް ތަނުގެ ފުރިހަމަކަން ދެގުނަވެގެން ދެއެވެ. ރީމްއަށް އެންމެ ރީތީ ދެމަފިރިން ތިބެން ހަމަޖެހިފައިވާ ތަންކޮޅެވެ. ވައްބުރެއްގެ ސިފަޔަށް އިން ސްޓޭންޑު ވަށައިވަނީ މެރޫންކުލައާއި ހުދުކުލައިގެ އިތުރުން ރަން ކުލައިގެ ކަރުދާހުން ހަދައިފައިވާ މާތަކެވެ. މުޅި މާހައުލުގައި ވަނީ ކާން ތައްޔާރު ކުރެވިފައިވާ ތަކެތީގެ ވަހުން އެއްވަސް ވެފައެވެ. މިއަށްއިތުރުވެގެން ދަނީ މީހުންގެ ހުނުމުގެ އަޑުވެސް ހިފާލައިފައެވެ. ރީމްގެ އަތުގައި ހުދާއި މެރޫން ކުލައިގެ މާބޮނޑިއެއް އޮތް އިރު ޙަފްލާއަށް އައި އެންމެންވެސް ދަނީ އެދެމަފިރިނަށް މަރުހަބާ ކިޔައި ހަދިޔާ ދެމުންނެވެ.

މީހުންތަށް މަދުވާން ފެއްޓުމާއި އެކު އާއިލާ އެންމެންވެސް ކައިގެން ފޮޓޯ ނެގުމުގެ ކަންކަމާއިގެން ކުރިއަށް ދިޔައެވެ. މުޅިއާއިލާއާއި އެއްކޮށް ފޮޓޯ ނެގުމަށްފަހު ދެން އައީ ޔޫޝައުއާއި ރީމްގެ ފަހު ފޮޓޯ ނެގުމުގެ ވަގުތެވެ. ދެމީހުންވެސް ފޮޓޯ ނަގަން ތައްޔާރުވެލިއެވެ. ޔޫޝައު އޭނާގެ ދެއަތުން ރީމްގެ މޫނުގައި ހިފައްޓައިލައިގެން ހުއްޓެލި އިރު ރީމް ހުރީ ޔޫޝައުގެ އުނޅަބޮއްޓާއި ވީހިސާބުގައި ހިފައްޓައިލައިގެނެވެ. ޔޫޝައު ރީމްއާއި އިތުރަށް ގާތްވެލައިފައި ރީމްގެ ނިތްކުރީގައި އޭނާގެ ތުންފަތް ޖައްސައިލިއެވެ. އެވަގުތަކީ ކެމަރާމަނު އެދެމީހުންގެ ފޮޓޯ ނެގިވަގުތެވެ. އެރޭ ނިމިގެންދިޔައީ އެންމެންގެ ހިތުންވެސް ފިލައިގެން ނުދާނެހާ އުފާވެރިކޮށެވެ.

***ހަތަރު އަހަރު ފަސް***

“ސާބަސްވާ ރީމްއަށް! އަހަންނާއި އިނދެގެން އުޅޭތާ ހަތަރު އަހަރުވީ އިރުވެސް އަހަރެންގެ އައިޑީ ސްޓޯކް ކުރަނީއޭ ދޯ!” ފަހަތުން ހިނގައިފައި އައި ޔޫޝައު ރީމްގެ މަގަތުގައި އިށީންދެލަމުން މަޖާ ފާޑަކަށް ބުނެލިއެވެ.

“މީ ވެޑިންގަ އެންމެ ފަހުން ނެގި ފޮޓޯއެންނު… މިގަނޑު ރީތިކަމުން އަބަދު މިއަށް ބެލެނީ!” ވިލިގިލީ ބީޗުގެ ގަހެއްދަށުގައި އިން ރީމް ޔޫޝައުގެ ކޮނޑުގައި ބޯއަޅައިލަމުން ބުނެލިއެވެ.

“މަންމީ! ޑެޑީ! ހިނގާބަ މޫދަށް އެރެން ދާން! މާމައާއި ހުދާ ދައްތިއާއި ތިއްތައާއި އެންމެވެސް އެބަ އުޅޭ!” މޫދުން އަރައިގެން ރީމްއާއި ޔޫޝައުއާއި ދިމާލަށް ދުވެފައި އައި ތިންއަހަރުގެ ނީމް އޭނަގެ ލޯބިލޯބި އަޑުން ބުނެލިއެވެ.

“ހިނގާދޯ!” ޔޫޝައު ތެދުވަމުން ބުނެލިއެވެ. ދެމީހުންވެސް އެމީހުންގެ ދަރިފުޅުގެ އަތުގައި ހިފާއްޓައިލައިގެން މޫދާއި ދިމާލަށް ދިޔައެވެ. އެމީހުންނާއި ދިމާލަށް ބަލައިލާ ކޮންމެ މީހަކަށްވެސް އެއީ ވަރަށް އުފާވެރި އާއިލާއެއްކަން ހާމަވެގެންދާނެއެވެ. ކައިވެންޏަށް ހަތަރު އަހަރުވެގެން ދިޔައިރުވެސް އެދެމެދުގައި ވީ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެއުފާވެރިދިރުއުޅުމަށް އިތުރު އުފަތަކެއް ގެނެސްދިން ނީމްއާއި އެކު އުމުރުގެ ބާކީ ދުވަސްތަށް ލޯތްބާއިއެކު ހޭދަކުރުމަށް ޔޫޝައުއާއި ރީމްވަނީ ޢަޒުމުކަނޑައަޅާފައެވެ. ޔޫޝައު ކުރިން ބުނީ ތެދެކެވެ. އޭނަ ގާތު ރީމް ދެކެ ލޯބިވެވުނީ ކޮންއިތަކުހޭ އެހިޔަސް އޭނައަކަށް ދޭނެ ވަކި ޖަވާބެއް ނޭނގޭނެއެވެ. ރީމް ގާތު އެހިޔަސް ވާނީހަމަ މިހެންނެވެ. ދެމީހުންނަށްވެސް ލޯބިވެވުނެވެ. ނަމަވެސް ނޭނގިއެވެ.

-ނިމުނީ-

މިވާހަކަ އަޅުގަނޑަށް ކާމިޔާބު ކަމާއެކީ ނިންމާލެވުނީތީ މާތް ﷲއަށް ހަމްދުކުރަމެވެ. މިފުރުސަތުގެ ބޭނުން ހިފާ، އަޅުގަނޑުގެ އާއިލާ އެންމެނަށާއި، ވާހަކަ ކިޔުއްވި، ލަވް ރިއެކްޓް ކުރި ކިޔުންތެރިންގެ އިތުރުން ކޮމެންޓު ކުރެއްވި ހުރިހާ ކިޔުންތެރިންނަށްވެސް ފަށްފަށުން ޝުކުރު ދަންނަވަމެވެ! އަޅުގަނޑު އުއްމީދުކުރި ވަރަށް ވުރެ ގިނަ ސަޕޯޓު މިވާހަކައަށް ލިބިގެން ދިޔައީތީ ހުރިހާ ކިޔުންތެރިންނަށްވެސް ފިނިފެން މަލުގެ ގުލްދަސްތާތަކުން ޝުކުރު ދަންނަވަމެވެ.

ސުކޫލުގެ ފަހު އަހަރުކަމުން ހުރިހާ ކަމެއް އެއްފަހަރާ ކުރަން އުނދަގޫވާނެތީއާއި ވަގުތު ނުވުމުގެ ސަބަބުން މިވާހަކަ ވެގެންދާނީ އަޅުގަނޑު ލިޔާ އެންމެ ފަހު ސިލްސިލާ ވާހަކައަށެވެ. މިކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ. ނަމަވެސް، އިންޝާﷲ އަޅުގަނޑުގެ ކުރުވާހަކަތަށް ވަގުތުވީ ވަރަކުން ތިޔަ ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭން އަޅުގަނޑު ވަނީ ނިންމާފައެވެ. މިވާހަކަވެސް ތިޔަ ކިޔުންތެރިންނަށް ކަމުދިޔަ ކަމުގައި އުއްމީދުކުރަމެވެ.

ހުރިހާ ކިޔުންތެރިން މަތިންވެސް އަޅުގަނޑު ވަރަށް ހަނދާންވާނެ! ކިޔެވުން ނިމުމާއިއެކު އައު ވާހަކަތަށްވެސް ތިޔަ ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނަން! އިންޝާﷲ! ހުރިހާ ކިޔުންތެރިންނަށްވެސް އުފާވެރި ބާއްޖަވެރި ދުވަސްތަކަކަށް އެދެން! އަދިވެސް އެއްފަހަރު ހުރިހާ ކިޔުންތެރިންވެސް ތި ދެއްވާ ސަޕޯޓަށް ވަރަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! އުއްމީދުކުރަން ކުރިޔަށް އޮތްތަނުގައިވެސް ހަމަތިހެން ސަޕޯޓު ލިބޭނެކަމަށް! ޝުކުރިއްޔާ!
-ރާޔާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Raaya

Level 210 Stories100 Comments

Other Articles

Previous

ކައިރީގައި ހުރެލަން އަދު ބޭނުންވޭ-1

Next

ފުރަ ބަންދު – 2

Next
August 21, 2020

ފުރަ ބަންދު – 2

Previews
August 21, 2020

ކައިރީގައި ހުރެލަން އަދު ބޭނުންވޭ-1

22 Comments!

  1. Frozenquinny says:
    August 21, 2020 at 11:55 pm

    Wow vaahaka nimmaali goi Vvvvvvvvvvvvv salhi?? maa sha Allah ❤️? Rayaa ge kuru vaahaka thakah inthizaaru kuraanan ? raaya ge vaahaka kiyaalaahithun Konmes dhuvahaku vs hunnaany…. Abadhu vs balan vaahaka upload vefa intho.. Dhe site in vs check kuran…. Mihaaru raaya thy Alhugan ge favourite author…Alhugan ge Mi comment ah Reply kurahchey ??? please .. Mi vaahaka mathin Vvvvvvvvvvvvv Miss Vaane and Raaya ge kuruvaahaka thakah vs in sha Allah Hama mihaa support libeyne cx rayaa Hama ehaa molhu vaahaka Liyan… sifa kohdhenshaa basmagu beynun koffa hunna Gothaa dhen mihen gos vaahakaige hurihaa baithakeh vs Hama ehaame furihama maa sha Allah…And Gud luck? take care.. Be safe??.. Please please kuruvaahaka liyedheythi skl bandhu dhuvas dhuvahu ?? study well..will Miss you sooooooooooooooooooooooooooooooo much??.. Love you sis?❤️?

    1. Raaya says:
      August 22, 2020 at 2:17 pm

      awwwn! thank you soo much frozenquinny!! vrh ufaavehjje vaahaka ninmaali goii salhi ey bunyma! and thank you for commenting on some of the other parts as well! in sha allah vrh avahah kuru vaahaka eh genesdheynan! alheyy thats so sweet of you!! vrh vrh vrh vrh ufaa vehjje dear ge fav author ah vyma! it really really really means a lot! yes of course reply kuraanamennu 🙂 alheyyy i will miss you morree frozenquinny! thank u for the support! awwn thanks dear! you too stay safe! and take care ingey! yess in sha allah vrh avahah kuru vaahaka eh genesdheveythoa balaanan! yess! love yoy morrreee dear!!!

  2. Lam ? says:
    August 22, 2020 at 12:52 am

    Finally last part kiyaalan libuny.. V v reethi mi story.. ❤️❤️❤️❤️❤️❤️❤️❤️

    1. Raaya says:
      August 22, 2020 at 2:31 pm

      awwwn thank you sooo much lam!!! <3 🙂

  3. Nafu✨ says:
    August 22, 2020 at 6:43 am

    masha allah.. kykey dhn bunaany.. i’m speechless dear.. wow.. just wow.. vr interesting.. vr rythi mi story.. vr rythikoh sifa vs kohlaafa mihury.. masha allah.. last part v ma vr dhera.. adhi vs kiyaa hiyy vany.. hehe.. btw will miss u a lot raaya.. stay safe and gud luck on studying.. once again the story is obbiness to the max??????????????????? konme part eh vs vr vr vr vr shauguverikamaa eku kiyaalevunu. wonderful dear.. u have improved a lot, and u are talented.. masha allah.. keep going.. keep it up..??????????????????????? waiting for ur short stories.. again will miss u a lot.. stay safe.. love u.. and keep it up.. ???

    1. Raaya says:
      August 22, 2020 at 8:04 pm

      alheyy thank you sooo much nafu! thank you soo much for always supporting mr from the beginning! it gave me confidence to write the story! really appreciate your love and support! vrh ufaa vehjje nafuge comment kiyaalafa! alheyyy i will miss you moree dear! luv u and stay safe!!! and thank you soo soo sooooooo much once again!

  4. ?Ril? says:
    August 22, 2020 at 1:41 pm

    ❤️❤️❤️Wow sis last part is amazing❤️❤️
    ❤️❤️Masha Allah keep it up ❤️❤️
    ❤️❤️Hama speechless vehje nimun ves ehaa reethi Hama
    Sifakohlevey demeehun ge wedding❤️❤️❤️ ehaa ves sifakurun sali ❤️❤️and last part vee maa deravefaa mihuree ves Sis aa meet eh nuvaane dhw❤️❤️❤️ sis buny kiyavaa ninmaafaey dhw❤️❤️ dhen stry eh liyanee❤️❤️❤️ vrh kiyaa hie vehje sis ge Next stry❤️❤️❤️ I will wait for it ingey. ❤️❤️And gonna miss u a lotttttt. ❤️❤️❤️
    And Mi furusathugaa Ril beynun Sis Ah shukuru adaakuran ey mihaa furihama adhi reethi stry eh kiyaalan libuny maa so thank you sisoo.
    ❤️❤️Waiting for u are next stry❤️❤️
    ❤️❤️Luv usssssssssssssmmmmmmmm❤️❤️
    ❤️❤️Gona misssss uuuuuuuuusssssmmm❤️❤️
    ❤️❤️Have a bright future ❤️❤️
    ❤️❤️May God bless u ❤️❤️
    ❤️❤️Stay safe❤️❤️

    1. Raaya says:
      August 22, 2020 at 8:10 pm

      alheyy thank you soo much for the sweet lovely and long comment ril! it really means a lot dear! vrh ufaavehjje vaahakavx adhi nimun vx reethi vi kan engunyma! meet vaane adhi in sha allah! kuru vaahaka thah liyaanan! but not silisila 🙂 yes dear keep waiting! awwn i will miss you morre ril! alheyy your welcome! thats soo sweet of you ril!! thank you fo supporting me! and the love you gave mee! luv mooorreee and will miss you morreee awwn thanks same to you! and stay safe!

    2. ?Ril? says:
      August 22, 2020 at 10:06 pm

      Wlcm sis bigu koh
      Hama sis ge cmnt ah reply nudevi nuhurevuny Ril ah Ril vrh wait kurin sis ge reply ah
      Hehehehhe
      Yaa dhi Allah ge iraadafulun sis aa ves meet vaane dhw I will wait for that day
      Seriously gonna miss u
      Ohh sis kuru stry liyaana tha yey Ril kiyaana iraadhakurehveeyaa ingey
      And sis Ril ves vrh stry liyaa hie vey mihaaru vaahaka eh liyan fashaafin 1 part nimihje heheheh
      But 10 nimuny up kuran huhdaothy Ril ah hehehhe
      Luvvvv uuuu more

    3. Raaya says:
      August 22, 2020 at 10:25 pm

      aslutha ril? alhey vrh bodah sorry lahun reply kurevunyma! vrh buxy koh miadhu ulhunt… ehnve aslu avahah reply vx nukurevuny! in sha allah! i am also gonna miss you soo much! 🙁 yes kiyaalahchey ingey! aslu tha? best of luck ingey ril.. evvx help eh beyunumiyya just ask me wihtout any hesitation ingey! ril liyaa story akah inthizaaru kurevey eba.. btw kon kahala story ehtha? and all the best dear! luv you sooo much!

    4. ?Ril? says:
      August 23, 2020 at 8:30 am

      Adhi neyge Sis Name eh vs nuden stry akah
      Life ninmaafaa Name deyn kamah heheheh
      Labba Help beynun vehjeyaa angaalaananingey Sis
      Mibalany sad and love stry eh kamah liyaanee hehehe

    5. Raaya says:
      August 23, 2020 at 3:24 pm

      salhi ingey! best of luck dear!

    6. ?Ril? says:
      August 23, 2020 at 4:36 pm

      Thankx sisoo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    7. Raaya says:
      August 23, 2020 at 6:35 pm

      your welcome ril!!

  5. Naani says:
    August 23, 2020 at 8:23 am

    Hi Raayaa☺️☺️☺️ meeni hama bunaane ehcheh ves neyngifa mivaahaka nimun iru????????????????????????????????????? Maasha Allah????????????????????????? Raaya haadha molhey??????? hurihaa part eh ves keen hama hurihaa part akah ves satheyka dheyhaa vey??????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Sorry ekam comment nukurevuneema????????????????
    Mee hama varah varah varah varah looooooooaaaaaabiiii vaahaka eh????????????????? Good luck ingey exam thakah☺️☺️☺️☺️???????????????? Varah miss vaane mivaahaka mathinnaa Yushau mathin???????? mikahala loabi loabi vaahaka eh 10 ninmaafa genesdhehychey??? varah varah inthixaaru kurevey??? tc?????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????????????????????????????????️?️?️??????????????????

    1. Raaya says:
      August 23, 2020 at 1:36 pm

      alheyyy thank you soo much naani! vrh vrh ufaa vehjje naani ge commwnt kiyaalaafa! vv colourful… hehe.. alhey its ok! awwwn thanks dear! yes… in sha allah genesdheynan! luv you stay safe!

  6. unknown queen says:
    August 23, 2020 at 9:08 am

    Vvvvvvv reethi maasha Allah ❤️♥️♥️♥️
    Ur truly talented?
    Mikayla salhi vaahaka eh adhi genesdhecchey ingey??

    1. Raaya says:
      August 23, 2020 at 1:40 pm

      awwwn thanks unknown queen! really means a lot! in sha allah very soon!

  7. Raaya says:
    August 23, 2020 at 1:44 pm

    shamm.. ge comment iny pending ga ekamvx thank you soo much dear!

  8. Raaya says:
    August 23, 2020 at 2:46 pm

    vrh vrh vrh bodah shukuriyaa musla! alheyy it really means a lot to me! vrh ufaa vehjje comment eh kohlyma! 🙂 <3

  9. Raaya says:
    August 23, 2020 at 3:26 pm

    thank you eny!! awwn luv you too! no.. mee felidhoo raaya

  10. Raaya says:
    August 23, 2020 at 3:28 pm

    alheyy thank you soo Eekko_11! thank you soo much for supporting mee! will miss u! and i have commented in your story but pending ga iny… will try again!! 🙂 <3

Comments are closed.

Next Episodeނޭނގި ވެވުނީ ލޯތްބޭ 2 – ޓްރެއިލަރ←


All Right Reserved!